ފޮހެވިނުދާނެ ލޯބީގެ ދާސްތާ
މިއީ މީގެ 90ވަރަކަށް އަހަރު ކުރީ ހިނގި ހާދިސާއެއްގެ ސަބަބުން ނިޝާއަށް ދިމާވަމުން އަންނަ ކަމެކެވެ. މާޒީގެ ރަން ދުވަސް ތަކެވެ. ޖިންނީންގެ ދުނިޔޭގައި ވަރަށް މަދުން އުޅޭ ލޭބޯ ޖިންނީންގެ އާއިލާއަކަށް ނިސްބަތްވާ ލޭބޯ ޖިންނިއެއް ކަމަށްވާ އަބީޔު ޖިންނި ލޯބީގެ ގޮތުން ގުޅިފައިވާ މައިޝާ ސިހުރުވެރިއެއްގެ އަތްދޮށުވެއްޖެއެވެ. މި ސިހުރުވެރިޔާއަށް މައިޝާވަރަށް ކަމުދިޔައެވެ. އަދި މި ޖިންނި އޭނާގެ ސިހުރުގެ ބާރު ބޭނުން ކޮށްގެން އިންސާނަކަށް ބަދަލު ކުރުމަށް ސިހުރުވެރިޔާ މަސައްކަތްތައް ފަށައިފިއެވެ. އަބީޔު މޮޔައެއް ފަދައިން މައިޝާ މުޅި ޖިންނި ދުނިޔޭގައި ހޯދަމުން ދިޔައެވެ. ވަރަށް ގިނަ އަދި ބުރަ މަސައްކަތުން މައިޝާވީ ތަން އަބީޔުއަށް އެނގުނެވެ. އިންސާނީ ދުނިޔޭގައެވެ. މި ދުނިޔެއަކީ އެއްފަހަރު ގޮސްފިނަމަ އެނބުރި ނާދެވޭތަނެކެވެ. މިއީ އެންމެ ކުރީއްސުރެންވެސް އޮންނަ ގަވާއިދާއި އުސޫލެވެ. އަބީޔު އަވަސްވެގަތީ އިންސާނީ ދުނިޔެއަށް އޭނާ ދިޔުމަށް އޭނާ ޖިންނި ދުނިޔޭގައި ހުންނަ އިންސިޖިންނިދުނިޔެ ދަތުރު ފެށިއެވެ.
އަބީޔު މި ފެށި ދަތުރަކީ އިންސި ދުނިޔެއަށް ދިޔުމަށް ކުރާ ދަތުރެވެ. 10ވަރަކަށް އަހަރުގެ ދިގު ދަތުރެއްކުރުމަށް ފަހު އަބީޔުއަށް އިންސި ދުނިޔެއަށް އާދެވިއްޖެއެވެ. ބިމަށް ފޭބެވުމާއެކު މައިޝާ ހޯދުމަށް މަސައްކަތް ފެށިއެވެ. މިކަމުގައި އަލި އުޖާލާ ކަމެއް ފެނުނީ މައިޝާ ހައްޔަރުކޮށްގެން މި ދުނިޔެއަށް ގެނައި ސިހުރުވެރިޔާގެ ސަބަބުންނެވެ. އަބީޔު މައިޝާ ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ސިހުރު ހަދާ މީހާ ފެނިއްޖެއެވެ. މި އިންސާނާ ފަހައި ދުއްވާ ވަރުބަލި ކުރުމަށް ފަހު އަބީޔު މިމީހާ އާއި ސުވާލު ކުރިއެވެ.
“ކޮބާ މަގޭ މައިޝާ؟ . ކީއްވެ މައިޝާ ގެންދިޔައި؟ ބުނަންވީ އެހެންނޫނީ ލޭ ބޯލާނަން! ” އަބީޔު އޭނާގެ ލޭބޯ ދެދަތް ނެރުމަށްފަހު ވަރަށް ބިރުވެރި ގޮތަކަށް ބުންޏެވެ. “އަހަންނަށް ތިޔަހެން ނަހަދާ . އާދޭސްކޮށްފަ މިބުނަނީ . އަހަރެން އެ ޖިންނި ހައްޔަރުކުރީ އަހަންނަށް ރީތިކަމުން އިންސި އަކަށް އޭނާ ހެދުމަށްފަހު އަހަރެން އޭނާއާއި ކައިވެނި ކުރަން . އޭނާ އިންސިއަކަށްވެ މި ދުނިޔެއަށް ނޭވާލި ދުވަހު އަހަރެންގެ ލޮލުގެ އަލިކަން ގެއްލުނު . އަދި އޭނާ މި ދުނިޔެއަށް އުފަންވި ދުވަހަކީ އަހަރެންގެ ހުރިހައި ބާރުތަކެއްވެސް އޭނާއަށް ލިބިގެން ދިޔަދުވަހެއް. ހަމައެގޮތުން މިހާރު އަހަރެންގެ އެއްވެސް ބާރެއް ނެތް. އޭނާއެއީ މިހާރު އިންސި ކުއްޖެއް. އަމިއްލަ މަންމައެއްގެ ދިރިހުރުމުގެ ހަމައެކަނި ސަބަބު .” މިހާހިސާބަށް ސިހުރުވެރިޔާ ކިޔައިދެވުނީވެސް ވަރަށްވެސް ބިރުގަނެ ތުރު ތުރު ލަމުންނެވެ. “ކަލެޔަށް އޮތް އަދަބަކީ ހަމަ މަރު. އަހަރުން ޖިންނިން ގެ ގޯނާ ނުޖެހެނީސް ކަލޭމެން އަހަރުމެންނަށް ގޯނާކޮށް ތިހެދީ .” އަބީޔު ސިހުރުވެރިޔާގެ ލޭ ބޯލަން އޭނާގާތަށް ގާތް ވަމުން ބުންޏެވެ. އަބީޔު އޭނާގެ ކަރުގައި ދަތްއެޅުމަށް ފަހު ލޭބޯން ފަށައިފިއެވެ. ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި އެސިހުރުވެރިޔާގެ ހަށިގަނޑު ހުދުވާން ފަށައިފިއެވެ. އިރުތަކެއް ނުވެއެވެ. އެސިހުރުވެރިޔާ މަރުވެއްޖެއެވެ.
“ނިޝާ” ސާޖީ އޭނާގެ ދަރިފުޅަށް ގޮވައިލި އެވެ. “ހެޕިބަރޑޭ ނިޝާ. މިއީ މަންމަ އާއި ބައްޕަގެ ފަރާތުން ދޭ ހަދިޔަލެއް.” ސާޖީ ނިޝާއަށް އޭނާގެ އުފަންދުވަހުގެ ތަހުނިޔާ ދިނެވެ. އަދި ހަދިޔަލެއްވެސް ދިނެވެ. “މަންމާ. މަންމައަށް އިނގޭނެ ދޯ ބައްޕަދެކެ ނީޝް ނަފްރަތުކަރާވަރު. ދެންކީއްވެ ބައްޕައޭ ވެސް ކިޔާފަ އޭނަ ނުދޭ އެއްޗެއް އޭނަ ދިނީއޭކިޔާފަ ތި ދެނީ!. މަންމަ ހަނދާން ނެތިދާނެ ބައްޕަ މަންމައަށާއި ނީޝް އަށް ހެދި ގޮތް. ނީޝް އެއްގޮތަކަށްވެސް ހަނދާނެއްނުނެތޭނެ. އަހަރުމެން ދެމައިން…..” ނިޝާއަށް މިހިސާބަށް ދެވުނުތަނާ އޭނާގެ މަންމަގެ ބޮލަށް އެނބުރުމެއް އަރައިގަނެގެން ވެއްޓުނެވެ. “މާންމާ” ނިޝާ އަވަހަށް ގެސް އޭނާގެ މަންމަ ނެގިއެވެ. “މަންމާ ލޯހުޅުވަބަލަ. މަންމާ.” ނިޝާ އޭނާގެ މަންމަ އަށް ވީގޮތެއް ނޭންގިފައި އޭނާގެ މަންމަ ގާތު އިންނާކަށް ބޭނުމެއް ނުވިއެވެ. އަވަހަށް އެންބިއުލެންސަށް ގުޅިއެވެ. އިރުކޮޅެއްފަހުން އެންބިއުލެންސް ގެއަށް ވަރަށް އެމަޖެންސީކޮށް އަތުވެއްޖެއެވެ. ސާޖީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށް ހޮސްޕިޓަލުގައި މަންމަ ޗެކްކުރި ޑަކްޓަރ ބުންޏެވެ.
ސާޖީ ހޮސްޕިޓަލަށް ގެންދެވުނުތާ މާގިނައިރެއް ނުވަނީސް ސާޖީގެ ގާތް ތިމާގެ އެންމެން ހޮސްޕިޓަލަށް އައެވެ. މިއެންމެނަށްވެސް މިލިބުނު ހަބަރާއެކު މިއެންމެން އެތިބީ ގާވެފައެވެ. ދިހައަހަރުގެ ކުޑަކުޑަ ނިޝާއަށް އަދިވެސް ވެގެން މިއުޅޭގޮތެއް އެއްގޮތަކަށްވެސް ނޭންގެއެވެ. އެފަކީރަށް މިކަން އިނގިއްޖެޔާ އެފަކީރަށް ވާނެ ގޮތެއްވެސް ނޭންގެއެވެ. ނަމަވެސް ނިޝާއަށް އޭނާގެ މަންމައަށް ވީގޮތް އެނގުނެވެ. ނިޝާއަށް ރޮވިއްޖެއެވެ. ލޯބިވާމަންމަ އޭނާދޫކޮށް ދިޔައީމައެވެ. ސާޖީ ވަޅުލެވުނު ފަހުން ނިޝާ ބަލަމުން އައީ އޭނާގެ ބޮޑުދައްތައެވެ. މާގިނަދުވަސްތަކެއް ނުވަނީސް ނިޝާގެ ބައްޕަ ނިޝާތު އޭނާ ބަލައި އައެވެ. ނިޝާ ނިޝާތުއާ އެކު ދާކަށެއް އެއްވެސް ގޮތަކަށް ގަބޫލެއް ނުވިއެވެ. ނަމަވެސް ނިޝާތަކީ ވެސް ގޮތް ދޫނުކުރާ މީހެކެވެ. އެންމެ ފަހުން ނިޝާއަށް މިޖެހުނީ ނިޝާތާއި އެކު ދާށެވެ. ނިޝާ އޭނާގެ ބައްޕައާއި އެކު މިހާރު އުޅޭގައުމުން ބޭރަށް ދިޔައެވެ. ނިޝާ ބޭރަށް އޭނާގެ ބައްޕަ ގެންދިޔަޔަސް މަންމަގެ މީހުންނާއި ކިތައްމެ ދުރުކުރިޔަސް ނިޝާގެ ހިތުގައިވާ ނަފްރަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
އެޕިސޯޑް 1 ނިމުނީ.
އެޕިސޯޑް 2 އަންނަ ބުދަދުވަހު.
އިންތިޒާރުކޮށްލައްވާ!!
ނޯޓް: މިވާހަކައިގެ ބައިތައް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ރޭ ގެނެސް ދެވޭނެއެވެ.
59 Comments
Comments are closed.
Waiting..
Kamaku nudhey. Heevany kuda kujjaku liyefa oiy vaahaka eh hen. Evves asareh neiy
Wow varah Reethi
Dhevana bai avas kohlahcheyy
Waiting for 2nd part
Kamaku nudhey Hmmm
Manikubey haadhareethi vaahakaekey mi
Haadha kurey manikubey cha hai kuru veema faku chakoe dhen oih part fhigu kohleythi ??????
Varah foohi, vaahaka liyaakah neyge
mi vx dhn vaahakaehtha????
Evvx kahala asareh neh.. Kuda kujjeh liyefa hen hyvany..??
Foohi kamaaeve..??
As i read the story title i thought story vrh nyc vaane kamah…
Bt it wasnt tht good…
No expression…
Anyways good luck for the next part…Hope ull come up with something good…