ހުވަފެން
ހުވަފެން
ހުވަފެނަކީ، ވޭނީ، ބިރުވެތި، އުފާވެރި، އަޖއިބުކުރުވަނިވި އެއްޗަކަށްވެއެވެ. ބައެއް ހުވަފެން ތެދުވެއެވެ. އަދި ބައެއް ހުވަފެން ކުރިމަތިވަމުން އަންނަ ކަމަކަށް އިޝާރާތް ކުރެއެވެ.
ހަރުގަނޑު– ހަރުގަނޑެއްގެ އެންމެ މައްޗަށް އެރީތީ ހުވަފެނުން ފެނިއްޖެ މީހަކުގެ ކުރިމަގު ވަރަށް އުޖާލާވާނެއެވެ. ބޮޑެތި ކާމިޔާބީތަށް ހާސިލްކުރެވޭނެއެވެ. މީ ކިޔަވާ ކުދިންނަށް ވަރަށް މުހިއްމު ހުވަފެނެކެވެ. އެ ކުދިންނަށް ކިޔެވުމުގެ ރޮނގުގައި އޭނާ ކުރިއަށްދާން ބޭނުންވާ ކޮންމެ ހިސާބަކަށްވެސް ކުރިއަށް ދެވޭނެއެވެ. އެންމެ ހިތްއެދޭ މީހާއާއި ކައިވެނިކުރެވޭނެއެވެ. މި ހުވަފެނަކީ މުއްސަނދިކަމާއި ގަދަރުވަރިކަން ލިބޭނެކަން ދޭހަވާ ހުވަފެނެކެވެ. ވިޔަފާރިވެރިންގެ ވިޔަފާރި ކުރިޔަށް ދާނެއެވެ. އެކަމަކު ހަރުގަނޑުގެ އެންމެ މަށްޗަށް އަރާ ތިރިބަލައިލުމުން ބޯއަނބުރާގޮތް ވީތީ ހުވަފެނުން ފެނިއްޖެނަމަ ދިރިއުޅުމުގެ ކަންތަށް ގެންދާނެ ފުރިހަމަ ގޮތެއެ ނޭނގޭނެއެވެ. އަބަދުވެސް ހިތާމަތަކަށް އެނބުރި އަންނަށް ޖެހޭގޮތް ވާނެއެވެ. ހަރުގަނޑަށް އަރާ ހުއްޓާ ހަރުގަނޑު ހަލާކުވެ ފުޑުފުޑުވިނަމަ ކުރާ ހުރިހާ އުންމީދެއް ނާކާމިޔާބު ވާނެއެވެ.
ހިތާމަކުރުން– މީހަކު މަރުވެގެން ނުވަތަ ވިޔަފާރީގައި ވާ ގެއްލުމަކާއިހުރެ ހިތާމަކުރާތީ ހުވަފެނުން ފެނުނުނަމަ މުދާތަކެއް ލިބިގެން ނުވަތަ ދަރިންގެ ހެޔޮ އަމަލެއްގެ ސަބަބުން އުފާކުރާނެއެވެ. އެހެންމީހުން އުފާކުރާތީ ފެނިއްޖެނަމަ ރަހުމަތްތެރިން ނުވަތަ އާއިލާ މީހުންނަށް ލިބޭ އުފަލުގައި ކަލޭވެސް ބައިވެރިވާނެއެވެ. ހިތާމަ ކުރާތީ ހުވަފެނުން ފެނުމަކީ ކައިވެނީގެ އަލާމާތެއްވެސް މެއެވެ. ތިމާއަށް ލިބިފައިވާ ލޯބިވެރިއަކީ އިޙްލާސްތެރި މީހެކެވެ.
ހުނުން- ހުނުމަކީ ގިނަ ފަހަރަށް ހިތާމައާއި ހިތްދަތިކަމަށް އިޝާރާތް ކުރާ ހުވަފެނެކެވެ. ހޭތީ ހުވަފެނުން ފެނިއްޖެނަމަ ހިތްހަމަ ނުޖެހޭކަމެއް ކުރިމަތި ވެދާނެއެވެ. ލޯބިވެގެން އުޅޭ މީހެއްނަމަ އޭނާގެ ލޯތްބަކީ ބޭކާރު އެއްޗަކަށް ވާނެއެވެ. އޭނާ ލޯބިވާ މީހާގެ ލޯތްބާ ޔަޤީންކަމެއް ނެތެވެ. އޭނާ ނޫން އިތެރު ފަރާތަކާއިމުދު އޭނާ ޙިޔާލުކުރެއެވެ. ބޮޑަށްގާތީ އޭނާ ބާކީވުމެވެ.
ހަނދު- ހަނދު ހުވަފެނުން ފެނިއްޖެނަމަ ހީނުކޮށް ހުއްޓާ އުފާވެރިކަމެއް ލިބޭނެއެވެ. އަދި ލޯބީގައި ކާމިޔާބު ވާނެއެވެ. މަހެއްގެ ފުރަތަމަ ހަނދު ފެނުމަކީ ވިޔަފާރިވެރިންނަށާއި، ދަނޑުވެރިންނަށާއި ލޯބިވެރިންނަށް ރަނގަޅު ހުވަފެނެކެވެ. ހަނދު ފުރިހަމަވެފައިވަނިކޮށް ފުނުމަކީ ކައިވެނީގެ އަލާމާތެކެވެ. މިއީ ހުވަފަތް އަންހެނުންނަށް ރިނގަޅު ހުވަފެނެކެވެ.
ހާރު- އަގުބޮޑު ރީތި ހާރެއް އަޅައިގެން އުޅޭތީ ފެނިއްޖެނަމަ، ބޮޑު މުއްސަންޖަކާއި ލޯބީގެގޮތުން ގުޅެވޭނެއެވެ. އަދި ކާވެނިކުރެވޭނެއެވެ. ގިނަ ދަރިން ލިބޭނެއެވެ. ގިނަވާނީ ރީތި އަހެންދަރިންނެވެ. މި ދަރިން އިންނާނީ މުއްސަނދިންނާއެވެ. އަންހެނަކަށް އޭނާގެ ހާރު ހަލާކުވެ އޭގެ ބައިތަށް ގެއްލޭތީ ފެނިއްޖެނަމަ ދަރިން ޅަ އުމުރުގައި މަރުވާނެއެވެ. އަދި މުސްކުޅިވާދުވަހު ފަޤީރު ހާލުގައި ގެހޭނެއެވެ.
ހަރުފަ- ދުވެދުވެއޮތް ހަރުފައެއް ފެނުނުނަމަ ދޭހަވަނީ ކަލޭ ހަލާކުކޮށްލަށް މަސައްކަތްކުރާ ދުޝްމަނުންހުރި ކަމެވެ. ކަލޭ ލޯބިވެރިޔަކު ހުރިނަމަ ލޯބިވެރިޔާގެ ހިތުގައި ކަލޭއާއިމެދު ނަފުރަތު އުފަށްދަން ނުބައި ރޭވުންތަށް ރާވާ އަދާވަތްތެރިޔަކު އެބަހުއްޓެވެ. އަދި ކަލޭއަށް އޭގެ ގެއްލުން ލިބެންފަށައިފިއެވެ. ވީމާ މިކަހަލަ ކަންތަށްތަކާއި ހުރެ ކަލޭގެ ހަމަޖެހުން ގެލުނަ ނުދޭށެވެ. ކަލޭ ހަރުފަ މަރާލާތީ ފެނިއްޖެނަމަ ދުޝްމަނުންގެ އުދަނގޫ ތަކުން ސަލާމަތްވާނެއެވެ. ލޯބީގައި ކާމިޔާބު ވާނެއެވެ. އަދި ޒަވާޖީ ހަޔާތް ބާއްޖަވެރި ވާނެއެވެ. (ނުދުވެ)ހަރުފައެއް ފެނުނުނަމަ ފޮރުވިގެންތިބި ނުލަފާ ދުޝްމަނުން ކަލޭގެ އަގުވަށްޓާލައި ގެއްލުން ދިނުމަށް ރާވައެވެ. ރަހުމްކުޑަގޮތަކަށް ކަލޭގެ ލޯބިވެރިޔާއާއި ކަލޭ ވަކިވާނެއެވެ. ކަލޭ ހަރުފަ މަރާލާތީ ފެނިއްޖެނަމަ ދުޝްމަނުންނާއި ލޯބީގައި ކިލޭއާއި އަދާވަތްތެރިވެގެން އުޅޭ މީހުންގެ އުދަނގޫ ތަކުން ސަލާމަތްވާނެއެވެ.
ރައްޔިތުންގެ މަޖިލިސް- ހުވަފެނުގައި ކަލޭ ރައްޔިތުންގެ މަޖިލިސްގެ މެންބަރަކަށް ވެއްޖެނަމަ ކަލޭ ކުރިއަރާނެއެވެ. އެތަނަށް ގޮސް އެތަނުގެ ބަހުސް އަޑުއަހާތަން ފެނިއްޖެނަމަ އާއިލާގެ ތެރޭގައި މައްސަލަޖެހި އަދި ލޯބިވެރިޔައާއި މައްސަލަޖެހި ރަޙްމަތްތެރިންނާއި ދެބަސްވާން ޖެހޭނެއެވެ.
ބަގީޗާ- ޕޮޓޯލެވީ ބުނާގޮތުގައި މިއީ ހުވަފެންތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ހުވަފެނެކެވެ. ފްރާންސިމަސް ބުނެފައިވެއެވެ. “ވަރައް ގިނަހުވަފެން އަހަރެން ތަޢުބީރު ކޮއްފައިވާނެއެވެ. އޭގެތެރޭގައި މިހުވަފެން ހިމެނެއެވެ. އަދި މިހުވަފެންވަނީ އަބަދުވެސް ރަނގަޅު ހުވަފެނަކަށް ވެފައެވެ. މިހުވަފެން ފެނުމަށްފަހު މީސްމީހުން ކުރިއަރާފައިވެއެވެ. ވިޔާނުދާ ރައްޓެހިންގެ ކިބައިން ސަލާމަތްވެފައިވެއެވެ. ވިޔަފާރީގައި ކާމިޔާބުވުމާއި ދަތުރު ވެރިންނަށް ނިޔާމަ ދަތުރުތައް ލިބުމާއި ދަޑުނވެރިންގެ ގޮވާންތައް އިތުރުވުމާއި ލޯބިވެރިން އުފަލުން ފޮޅިފައިތިބުމަކީ މިހުވަފެން ފެނުމައްފަހު ވެފައިވާ ކަންތައްތައްކަން އަހަރެން ދެނެހުރީމެވެ. މިހުވަފެން ފުށް ކޮންމެ މީހެއްގެ މުއްސަނދިކަމާއި ޤަދަރު ބޮޑުވާނެއެވެ. އެކަމަކު ހުވަފެން ރަނގަޅަށް ހަދާންކުރާށެވެ. ބަގީޗާ ވާންވާނީ ގަސްގަހާއި މާމަލާއި މޭވާއީން ފުރިފައިވާ ބަގީޗާއަކަށެވެ.”
ކާވެނި- ކާވެންޏެއް ހުވަފެނުން ފެނިންޖެނަމަ ކަލެއާއި ގުޅުންހުރި ކޮންމެވެސް މީހެއްގެ ޖަނާޒާ ބޭއްވޭނެއެވެ. ކަލޭ ކާވެނި ކުރާތީ ހުވަފެނުން ފެނުމަކީ މަރުގެ އަލާމާތެކެވެ. މިއީ ބަދު ނަސީބު ހުވަފެނެކެވެ. މި ހުވަފެނަކީ ފަޤީރުވުމާއި ޖަލަށްލުމާއި ބަދުނަސީބު ކުރިމަތިވުމާއި ލޯބިވެރިޔާއާއި ވަކިވުންފަދަ ކަންތަށްތަކުގެ އަލާމާތެކެވެ. ކަނޑުދަތުރުކުރާމީހަކަށް މި ހުވަފެން ފެނުމަކީ ތޫފާންތަށް ކުރިމަތިވުމާއި، ބޯޓު ހަލާކުވުމާއި، ކިރިޔަކިރިޔާ ފުރާނަ ސަލާމަތްވާފަދަ ހާދިސާތަށް ކުރިމަތިވުމުގެ އަލާމާތެކެވެ. ކާވެންޏެއްގެ ކަންތަށްތަކުގައި ކަލޭ އެހީވާތީ ފެނިއްޖެނަމަ ދިރިއުޅުން ރަނގަޅުވުމާއި ބެހޭ އުފާވެރި ހަބަރެއް ލިބޭނެއެވެ.
ލޯބިވެރިޔާ- ކަލޭގެ ލޯބިވެރިޔާ ރީތިވެފައި ހިތްދަމައިގަންނަ ގޮތެއްގައި ފެނިއްޖެނަމަ އޭނާއަކީ ތާހިރު އަދި ތެދުވެރި މީހެކެވެ. ކުލަމަރުވެ ބަލިވައްތަރަކަށް ހުރީތީ ފެނިއްޖެނަމަ އޭނާއަކީ ދޮގުވެރި މަކަރުވެރިއެކެވެ.
އަނބިމީހާ- ކަލެއަކީ އަތްބެއް ކަމުގައި ހުވަފެނުން ފެނިއްޖެނަމަ މީހަކާ ނުއިނދެވޭނެއެވެ. ފިރިހެނަކަށް ހުވަފެނުގައި އޭނާގެ އަނބިމީހާ ފެނިއްޖެނަމަ އަނބިމީހާ ބަލިވެއުޅޭނެއެވެ. އެކަމަކު އެބަލިން ގަދަވާނެއެވެ.
ނަރުދަމާ ވަޅުގަނޑު- މި ހުވަފެނުން ފެނުމަކީ ސުންޕާކަމެކެވެ. އެއިން ދޭހަވަނީ ނުރައްކަލާއި، ގެއްލުމާއި، އަނިޔާ ކުރިމަތިވާނެކަމެވެ. ނުލަފާ ދުޝްމަނުން ކަލެއާ ކުރިމަތިލާނެއެވެ. ލޯބިވެގެން އުޅޭ މީހަކަށް ނަރުދަމާއަށް ވެއްޓުނީތީ ފެނުމަކީ އުންމީދު ކުރަމުން އަންނަ ކައިވެންޏަކީ ރަނގަޅުނޫން ކައިވެންޏެން ކަމުގެ ނިޝާނެކެވެ.
ވިއްސާރަދުނި- މިއީ ރަނގަޅު ބަދަލެއް އައުމުގެ ނިޝާނެކެވެ.
ދަތް– އެއްވަރަކަށް ހުރި ސާފު ދަތްޕިލައެއް ހުރި މީހަކު ހުވަފެނުން ފެނިއްޖެނަމަ ބުރުސޫރަ ރީތި ލޯބިވެރިއެއް ލިބޭނެއެވެ. އަދި އޭނާ އާއި ކައިވެނި ކުރެވޭނެއެވެ. ކަލޭގެ ދަތްތަށް ބަލިކަމުން ހެލޭތީ ފެނުމަކީ ކަލޭ ބައްޔެއްވެ އުޅުމުގެ އަލާމާތެކެވެ. ދަތެއް ވެއްޓުނީތީ ފެނިއްޖެނަމަ ރައްޓެއްސެއް ނުވަތަ ތިމާގެ މީހެއް މަރުވާނެއެވެ. ހުރިހާ ދަތެއް ވެރޭތަން ފެނުމަކީ އަމިއްލަ މަރުގެ އަލާމާތެކެވެ. ދަތުގައި ރިއްސާތީ ފެނުނުނަމަ އުފަލާއި ހިތްހަމަޖެހުން ލިބޭނެއެވެ. އަލަށް ދަތެއް ފެޅީތީފެނިއްޖެންމް އުޅޭތަން ބަދަލުވާނެއެވެ. މީހަކާ އިނދެގެން އުޅޭ މީހެންނަމަ އާއިލާއަށް މެމްބަރެއް އިތުރުވާނެއެވެ.
ފޮތް– ފޮތްކިޔާތީ ފެނުމަކީ ކަލޭ މަޝްހޫރުވުމުގެ އަލާމާތެކެވެ. ފަހަރުގައި އަދަބީ ރޮނގުން މަޝްހޫރުވެދާނެއެވެ. ކިޔާ ހިތްނުވާ ކަހަލަ ފޮތެއްކިޔާތީ ފެނިއްޖެނަމަ ހިތްހަމަނުޖެހޭ މީހުންނާ ގުޅުން އުފެދޭނެއެވެ. ފައިދާއެއްނުވާކަހަލަ ވިޔަފާރިއެއް ކުރަން ފެށޭނެއެވެ. ރައްޓެއްސަކު ގަޔާވާފާޑު ފޮތެއް ދޭތީ ފެނިއްޖެނަމަ ޤަބޫލު ލޯބިވެރިޔަކާ ބައްދަލުވެ ކައިވެނި ކުރެވޭނެއެވެ.
ގުރާ- ގުރާ ވާހަކަ ދައްކާ އަޑު ހުވަފެނުގައި އިވުނުނަމަ ކަލެއަށް ވަރަށްއަނގަ ގަދަ ރަހްމަތްތެރިއެއް ލިބޭނެއެވެ. ގިނަ ގުރާތަކެއް ފެނުނުނަމަ ދިރިއުޅުން އެހެން ޤައުމަކަށް ބަދަލުކޮށް އެތަނުން މީހަކާއި ކައިވެނި ކޮށްގެން އުފަލުގައި އުޅޭނެއެވެ. އެތަނުގައި މަސައްކަތް ކޮށްގެން މުއްސަނދި ޤަދަރުވެރިއަކަށް ވެވޭނެއެވެ.

810 Comments
Comments are closed.
Intresting….????
wat is this? *confused*
but interesting
Meee kn kameh…..
nice
Not bad… Great shuruwaath
Interesting but i don’t believe all of that.
Viha gadha dhirey ehchehi fenun that is sihr and things kan gaboolu kuran but mivani ehche fenigen loabiveri eh libeyney meehaku maruvaaney hieh nuvey thedheh heneh.
Wallahu aulam.
Sunathuge aleega huvafenn thaubeer kiyaa dheebala….
Adhi mi fenuny.. Ehnve dhenme kiyaalevuny.. Ekam suvaaleh eboi.. Thi kanthah liyuny kon ehchakun nagaigen hey? Mi buny kaafarun dhakkaafa huri kankamah balaigen hey? Aslu huvafen thaubyru kurumaky kithanme molhah kiyevias vaki bayakah vaa kameh… Konme konme myhaku ehchekey bunyma e nuvaane hagygathakah… Ma thi liyunu myheh ingi, eynage mauluumaathu rangalhah ingigen noony gabuuleh nukuraanan..
Nah. being a muslim we cant beleive in those things. and huvafen fenuneema vaane vaki gotheh ekakahves neyngeyne. this is some kimd of nonsense to me. its like kuree zamaan ge boadha hiyaaluge meehun dahkaafa huri floak vaahaaka thah.