
އިމްތިހާން
ހިތަށް އަރައޭ ދުނިޔެއަށް އުފަންވީ ކޮންކަމަކަށް ބާއޭ. އަހަރުމެން ދުނިޔެއަށް ހެޔޮއަމަލާއި ނުބައިއަމަލު ދެނެގަންނަންށެވެ. އަދި އަހަރުމެންގެ ރަސްކަލާނގެ މާތްﷲ އީ އަހަރުމެންގެ ކަލާނގެ ކަމަށާއި އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ނުވާކަމަށް ހެކިވުމަށެވެ. އާދެ! އަޅުގަނޑު މިދަންނަވަނީ އިސްލާމްދީންގެ ވާހަކަ. އަހަރުމެންގެ ކާބަފައިން އުޅުނު ދުވަހާއި އަހަރުމެން މިހާރު އުޅޭ ގޮތުގަ ވާހަކަ. ދުނިޔޭގަ ވާކަންތައްތަކުގެ ވާހަކަ. އަހަރުމެން އުފަންވެގެން ބޮޑުވެގެން ދާއިރު ތިޔަބައިމީހުންނަށް އުޅެވޭގޮތް އިނގޭހެއްޔެވެ. ބައެއްމީހުން ކިތަންމެ ރަނގަޅަސް އަމިއްލަ އެދުން ބޭނުންވާ ބައެއް އުޅެއެވެ. އަދި ހެޔޮކޮށް ހިތާ މީހުންނާއި، އަޅާލާ، އެހީ ދީ ހެޔޮ މަގު ދައްކާ ބައެއްވެސް އުޅެއެވެ. ބައެއްބައި މީހުންނަކީ ވަރަށް ގޯސްކޮށް އުޅެވޭ ބައެކެވެ. މިކަހަލަ ދުނިޔެއެއްގައި އުޅޭއިރު، އެއްބައި މީހުންގެ ސުވާލަކީ، އަހަރެން މިދުނިޔެއަށް އައީ ކޮން މަޤްސަދެއްގަ ހެއްޔެވެ. ނޫނީ، އަހަރެންނަށް ދުވަހަކުވެސް ރަނގަޅުކަމެއް ދިމާނުވަނީ ކީއްވެ ހޭ، އެހެން މީހުން ރަންގަޅު ކަންތައް ދިމާވަނީ ކީއްވެހެއްޔެވެ. އަޅެ ތިބައި މީހުންނަށް އިގޭ ހެއްޔެވެ. އަހަރުމެންނަށް ދުނިޔެއަށް އައުމަށް ފަހު އަހަރުމެންނަށް ކޮންމެ ފަހަރަކު އިމްތިހާނެއް ކުރިމަތިލަކުރައްވައެވެ. އެ އިމްތިހާުނުގައި ފާސް ވުމާއި ނުވުން އެއީ ތިމާގެ އަމިއްލަ އަތްމައްޗަށް އޮންނަ ކަމެވެ.
One Comment
Comments are closed.
Varah rangalhu naseyhatheh