Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 21

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 27, 2018 5 Mins Read
12 Comments

ނޯޓު:މިވާހަކައިގެ އުޅޭ މައިގަނޑު އެއް ޝަޚްސިއްޔަތު ކަމަށްވާ އިސްރާގެ މަންމަގެ ނަން އިންނާނީ ފަރުހާއިން ޝަހުދާޔަށް ބަދަލުކުރެވިފައެވެ.

މިހާރު..

އެކިވައްތަރުގެކެއުން ތަކުން ސުފުރާމަތި ވަނީ ފުރާލެވިފައެވެ. ބަލާބެލުމަށް ހީވަނީ ބަޔަކަށް ހެނދުނުގެ ސަޔަށް އިންސާފުކުރަން ދަޢުވަތު ދީފައި ވާހެނެވެ. އަފްރީންއާ އަފްރާ ވަރަށް ބުރަކޮށް މޭޒުމަތި ތައްޔާރުކުރުމައިގެން އުޅުނެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ސައި ތައްޔާރު ކުރަމުން ދިޔައީ ގޭގެ ޓެރަހުގައެވެ. އަފްރާމެންނަށް އަތްގާތްކޮށްދިނުމަށް މާނީ އަދި އިޝްމާވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

ގޭގެއެންމެތިރީގައި އަޝްވާ ގޮވައިގެން މާއިޒްއާ އާރާޝް ކުޑަކުދިން ފަދައިން ސަކަރާތްޖެހުމުގައިއަވަދިނެތު އުޅުނެވެ.

އަރްޝާދް އާއި އައްޒާމް ވަރަށް ބުރަކޮށް ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަމުން ދިޔައެވެ. ދެ މީހުންގެ މެދުގައި އަހަރުތަކެއް ކުރިން އޮތް ރަހުމަތްތެރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށެއް ނެތެވެ. ދެ މީހުން އެއްތަނެއްގައި ތިބި އިރުވެސް ދެ ބީރަށްޓެހިންނެކޭ އެއްފަދައެވެ.

ގޭގެ ގޭޓުން އެތެރެއަށް ވަދެގެން އައި ޕްރައިވެޓް ކާރަށް އަޝްވާގެ ނަޒަރު ހުއްޓުނެވެ. އެގޮތަށް އާންމު ގޮތެއްގައި ވަދެ އުޅޭނީ އައްމާރުގެ ކާރެވެ. އެހެނަސް އައްމާރުގެ ކާރަށްވުރެ އެކާރު ބޮޑެވެ. އަދި އައްމާރުގެ ކާރައި ޚިލާފަށް އެކާރުގައި ވަނީ ރަތްކުލައެވެ. އަޝްވާ ދުވެފައި ގޮސް އާރާޝް ގާތު އޭނަ އުރުމަށް އެދުނެވެ. އެއްވެސް ދެކޮޅުހެދުމެއް ނެތި އާރާޝް އަޝްވާ އުރާލިއެވެ. އަދި މާއިޒަށް އެއީ ކޮން ކާރެއްތޯ އަހާލާ ގޮތަށް ލޯހަރަކާތް ކުރިއެވެ. މާއިޒް ދެކޮނޑު އަރުވާލީ އޭނާއަށް އެއީ ކޮންކާރެއްކަން ނޭންގޭތިއެވެ. ދެ މީހުންވެސް އެއީ ކޮންބައެއްތޯ ބެލުމަށް އަޝްވާ ގޮވައިގެން މަޑުކުރިއެވެ.

ލެޕް ޓޮޕަށް ނަޒަރު ހިންގައިގެން ހުރި އަރްޝާދް ސިހުނީ އޭނާގެ ފޯނު ރިންގްވާންފެށުމުންނެވެ. އޭނަ ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު ފޯނު ނަގަން އަވަސްވެގަތެވެ. އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އަނެއް އަތުން ގަޑި ބަލާލުމަށްފަހު އަފްރީން ގާތަށް ގޮސް ވައި އަޑުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އެއާއެކު އަފްރީންގެ އަތްމަތި އިތުރަށް އަވަސް ވެގެން ދިޔައެވެ.

ތަބަކަކަށް ކިރުތަށްޓަކާއި ދެތިން ދޮންކެޔޮވަށްލައިގެން ރައުފާ އަކްމަލްގެ ކޮޓަރިއަށް ވަނެވެ. އޭރު މައުސޫމް ގޮތަކަށް އަކްމަލް އެނދުގައި ނިދާފައި އޮތެވެ. އެނދުގެ އެއް ފަރާތެއްގައި ހުރި ކުޑަ މޭޒުމަތީ ތަބަށް ބެހެެއްޓުމަށްފަހު ރައުފާ އަކްމަލަށް ގޮވަން އަވަސްވެގަތެވެ. ރޭގައި އަކްމަލް ނިދީ ނުކައި ކަމުން ރައުފާ ބެލީ އަވަހަށް އަކްމަލްް ހޭލައްވައިފައި ކާންދެވޭތޯއެވެ. “ދަރިފުޅާ އަކްމަލް ތެދުވެބަ. މިހާރު އެއޮތް އަށްގަަޑި ބައިވަނީ ރޭގަ ނުވެސް ކައެއްނު ތި އޮތީ މަންމަ މިއައީ ދަރިފުޅަށް ކިރުތަށްޓަކާއި ދޮންކެޔޮ ކޮޅެއް ހިފައިގެން ތެދުވެބަ” އަކްމަލް ބަރުހެލިކަމާއެކު އެސްފިޔަތަށް ހުޅުވާލިއެވެ. ކަންނެއް ގޮތަކަށް ތެދުވެގެން ގޮސް ފާޚާނައަށް ވަނެވެ.

އިސްރާ ހެނދުނު ހޭލައިގެން ބަދިގެއަށް ދިޔަ އިރު ޝަހުދާ ސައި ތައްޔާރުކޮށްފައި ހުއްޓެވެ. އަނގައިން ބަހެއް ބުނުމެއް ނެތި އިސްރާ ސައިބޯން އިށީނެވެ. އިރުކޮޅަކުން ނައުޝާދްވެސް ސައިބޯން މޭޒުދޮށަށް އައެވެ. “އިސްރާ މާދަންދޯ ދެން ސްކޫލަށް ދާންޖެހެނީ. އެމީހުން ތަށި ނެގީމަ ސަރުކާރުވެސް ބަންދުކޮށްލީދޯ. ދެން ރަނގަޅުތާ އަހަރުމެންނަށްވެސް ބްރޭކެއްނު” ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ތަށި ނެގުމުން ސަރުކާރުންވަނީ އެދުވަސްތައް ބަންދޮކޮށްފައެވެ. އެދުވަސްތައް ބަންދުކުރުމުން ނައުޝާދް ހުރީ ނިކަން ހިތްހަމަޖެހިފައެވެ.

އަހުސަމް ހެނދުނު ހޭލައިގެން ކޮޓަރިން ނުކުންނާކަށެއް ނުކެރުނެވެ. ރޭގައި މަންމަ އާއި ބައްޕައަށް އިސްރާގެ ވާހަކަ ކިޔައިދެވުމުން އޭނަ ހުރީ ހިސާބަކަށް ލަދުގަންފައެވެ. ކޮޓަރިން ނިކުންނަށް ހައެއްކަ ފަހަރު ދޮރާ ހަމަޔަށް ދެވިއްޖެއެވެ. ނަމަވެސް ނުކުންނާކަށެއް ނުކެރެއެވެ.

ހެނދުނު ނުވައެއް ޖެހި އިރު ވެސް އަހުސަމް ސައިބޯން ނައުމުން އާލާ އަހުސަމަށް ގޮވަން ދިޔައެވެ. އަހުސަމް ސައިބޯން ނާންނާތީވެ އަންޖަލްވެސް ސައި ނުބޮއެވެ. އައްމާރުވެސް ހުރީ އަހުސަމްއާއެކީ ސައިބޯން މަޑުކޮށްގެނެވެ.

އާލާ ގޮސް އަހުސަމްގެ ކޮޓަރީގައި ޓަކި ޖަހާލުމާއެކު ދޮރު ހުޅުވިއެވެ. އަވަހަށް ސައި ބޯން އަންނާށެ ބުނެ އާލާ ދާން ހިނގާގަތުމާއެކު އަހުސަމްވެސް އާލާގެ ފަހަތުން ހިނގައިގަތެވެ.

އަހުސަމް ކާގެއަށް ވަނުމާއެކު ހުރިހާ ދަތްތަކެއް ފެންނަ ވަރަށް އަންޖަލް ހީލިއެވެ. “މަންމީ ކޮއްކޮ މިއަދު ކާނީ ދޮންބެ އަތުން” އަހުސަމް އިށީން ގޮނޑިއާ ޖެހިގެން ހުރި ގޮނޑިއަށް އަރަމުން އަންޖަލް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އާލާ ވަގުތުން ނޫނެކޭ ބުންޏެވެ. އެކަމު އަހުސަމް އެދުމުން އެއްބަސްވިއެވެ.

ރަތް ކުލައިގެ ބޮޑު ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފޭބީ އުމުރުން ދުވަސްވީ ފިރިހިނެކެވެ. ކަޅު ފަޓުލޫނަކާ ހުދު ގަމީހެއް ލައިފައި ޓައި އަޅާފައި ހުރުމުން އެ މީހަކީ ވަރަށް ޤަދަރު ވެރި މީހެއް ކަން އެނގެއެވެ. އިސްތަށިގަނޑު އެއްކޮށް އޮތީ ނުރަވެފައެވެ. މޫނު މަތީގައިވެސް ރޫގިނައެވެ. އެމީހާ އެއްކޮށް ކާރުން ފޭބުމާއެކު އަޝްވާގެ މޫނު އެކީހެން އުޖާލާވިއެވެ. އަދި އާރާޝްގެ އަތުތެރެެއިން ވީއްލިގެން ގޮސް އެމީހާ ގާތަށް ދުއްވައިގަތެވެ. އާރާޝްގެ އިތުރުން މާއިޒްގެ މޫނަށް ވެސް ހިނިތުންވުން ވެރިވިއެވެ. “ސަޕްރައިޒް” އެމީހާ އަޝްވާ އުރާލަމުން ބުންޏެވެ. “ކާފަ އަޝްކޮއަށް ވަރަށް ބައިވަރު ގިފްޓްސް ގެނައިން ދޯ!” އަޝްވާ އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. އެއާކު ސުހެއިދުގެ އިތުރުން މާއިޒްއާ އާރާޝަށްވެސް ހެވުނެވެ. ” އަޝްކޮ ކާފައައިމަކާ ނޫން ދޯ ހެޕީވެގެން ތިއުޅެނީ. ހަދިޔާ ލިބޭތީދޯ އަވަހަށް ދުވެފަ ތިޔައީ ކާފަގެ ރަންގަނޑު” އަޝްވާގެ ކޮލުގައި ސުހެއިދު ހިފާލިއެވެ. އަޝްވާ ރަކިވެގެން ގޮސް ދެއަތުން އޭނަގެ މޫނު ފޮރުވާލިއެވެ.

” ކާފަ އަންނާތީވެ ދޯ ކުޑާއާ ތިއްތަ މާ ބިޒީ ކޮށް އެއްޗިހި ހަދާ އެއުޅެނީ އޭރުވެސް ހީވިޔޭ ކޮންމެވެސް މީހަކު އަންނަނިހެން.” މާއިޒް ގޮސް ސުހެއިދުއާ ސަލާން ކުރިއެވެ. “ހެހެ ވަރަށް ސާމާނު އެބަ ހާދާދޯ. ރީންއާ އަފްރާއަށް ހަމަ ސާބަސްދޭވަރުވޭ. ކާއެއްޗިހި ނުހަދާށޭ ބުނީމަވެސް ނުތިބެވުނު ދޯ މަޑަކުން. މިހާރުވެސް މިއުޅެނީ ހަކުރު މަތިވާތީ” ސުހެއިދު ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނާއަށް ލިބިފައި މިތިބީ ވަރުގަދަ ދެކުދިންނޭ ހިތަށް އެރިއެވެ.

“ބައްޕަ ދުރުވީ ދޯ! އަވަހަށް އާދޭ މައްޗަށް ދާން. އަޅުގަނޑުމެން މިތިބެނީ ބައްޕަ އަންނަން ދެކަަށް ސައި ނުބޮއެ” ތިރިއަށް އައި އަރްޝާދަށް ސުހެއިދު ފެނުމުން ބުންޏެވެ. ކާރުގެ ޑިކީން ފޮށިނެގުމަށްފަހު ސުހެއިދުގެ ފަހަތުން އަރްޝާދް ހިނގައިގަތެވެ.

” އަސްލު ކީއްވެ ޓެރަހުގަ މިއަދު ސައިބޮނީ؟” ސައި ހަދާ ނިންމާލުމަށްފަހު ގޮނޑިއެއްގައި އިށީންނަމުން މާނީ ހިތިގައިވި ސުވާލު ކުރިއެވެ. އަފްރާއާ އަފްރީން ވަކި ޖަވާބެއް ނުދީ ހިނިތުންވުމަކުން ފުއްދާލީއެވެ. އޭރު އައްޒާމްވެސް އެމީހުންނާ ބައިވެރިވުމަށް މޭޒުދޮށަށް އައިއްސިއެވެ. ” ސަޕްރައިޒް” ޓެރަހަށް ވަދެގެން އައި ސުހެއިދުގެ އަޑު އިވުމާއެކު މާނީއާ އިޝްމާއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. ސުހެއިދު ފެނުމާއެކު މާނީއާ އިޝްމާގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

” މިހެންވެ ދޯ މިތަނަށް ސައި މިހެދީ. އަޅޭ ކީއްވެތަ ކުރިން ނުވިސްނުނީ. ކާފަ ނުންނުއަށް ކޯއްޗެށް ގެނައީ؟” ކުޑަކުއްޖެއް ފަދައިން މާނީ ސުހެއިދު ގާތު އެހިއެވެ. މާނީގެ މޫނު ފެނުމާއެކު ސުހެއިދު އަފްޝަން މަތިން ހަނދާންވިއެވެ. އަފްޝަންވެސް އެއުމުރުގައި ހުރީ މާނީ ހުންނަ ގޮތަށެވެ. ސުހެއިދު މާލޭއިން އިނގެރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރީ އަފްޝަންގެ މަރަށް ފަހުއެވެ. މާލޭގައި އުޅޭ ކޮންމެ ހިނދެއްގައި އެދަރިފުޅު މަތިން ހަނދާންވެއެވެ. ކޮންމެ އަހަރަކުވެސް އެއް އަހަރު މާލެ އަންނަނީ ހަގު ދެ ކުދިންނާއި ކާފަ ކުދިން ގާތަށެވެ.

“ނުންނުއެކޭ އަޝްކޮއެކޭ ހުރި ތަފާތަކީ ކޮބާ.؟ ދެކުދިންވެސް އެންމެ ފުރަތަމަ ކާފަގެ ހާލުވެސް ބަލާނުލާ އެހީ ހަދިޔާގެ ވާހަކަ ވިއްޔާ! މިފަހަރު ހަދިޔާއެއް ނުގެންނަން އަޝްކޮއަށާއި ނުންުނުއަކަށް. ކާފަގެ ދެ ޗެމްޕިއަނުންނަށް ކާފަ މިފަހަރު ހަދިޔާ ގެނައީ” ސުހެއިދު މާއިޒްއާ އާރާޝަށް އިޝާރަތްކޮށް ބުނެލިއެވެ. އާރާޝް ވަގުތުން މާނީއާ ދިމާއަަށް ދޫނެރުނެވެ. ” ކުޑާ ބަލަ އާރާާޝް ދޫނެރެނީ ނުންނުއާ ދިމާއަށް” މާނީ ވަގުތުން އަފްރާގާތު އެވާހަކަ ބުންޏެވެ. ” ހެހެެހެ. އަށާރަ އަހަރު ކީއް ފަންސާސް އަހަރުވިއަސް ކާފަގެ ނުންނު ބޮޑެއް ނުވާނެ. އާރާޝްވެސް ދަނޑުމަތީ ހުންނައިރު ހިވަނީ ނިކަން ހަރުފިރިހިނެއް ހެން އެކަމު ބަލާބަ ގޭގަ އުޅޭގޮތް” ސުހެއިދު ހުރީ އޭނާގެ ކާފަ ދަރިން ގާތަށް އާދެވުމުން އުފާވެފައެވެ. ކުޑައިރު އުރައިގެން އަތްމައްޗަށް ލައިގެން ގެންގުޅުނު ކުދިން އެވަނީ ބޮޑެތިވެފައެވެ. ހުރިހާ އެންމެން އެކީ ސައި ބޮއެ ނިންމާލިއިރު ހުރީ ދިހައެއް ޖަހާފައެވެ. ކާން ތިބިއިރު ބޮޑަށް ދެކެވުނީ ވިޔަފާރީގެ ވާހަކައެވެ. ސުހެއިދު ހިންގަމުން އައި ވިޔަފާރި މިހާރު ބަލަހައްޓަނީ އައްޒާމާއި އަރްޝާދެވެ. ހުރިހާ އެންމެން ސައި ނިންމާލުމަށްފަހި ސުހެއިދުގެ އެދުމުގެ މަތިން އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ދިޔައެވެ.

ފޮށި ހުޅުވާލުމަށްފަހު ސުހެއިދު ބޮޑު ދެ ކަޅު ފޮތިގަނޑުނަގާ އަފްރީނަށާއި އަފްރާއަށް ދިނެވެ. އެއަށްފަހު ވަރަށް އަގު ބޮޑު ބްރޭންޑެއްގެ ދެ ގަޑި އައްޒާމަށާއި އަރްޝާދަށް ދިނެވެ. އިޝްމާއަށާއި އާރާޝް އަދި މާއިޒަށް ވިވޯ އެންމެ ފަހުގެ ފޯނެއް ދިނެވެ. އޭގެ އިތުރަށް ސީއާރު ސެވަން ސެންޓުފުޅިއެއް އާރާޝާއި މާއިޒަށް ދިނެވެ. އިޝްމާއަށް ދިނީ އޭނަ އެންމެ ބޭނުންވެގެން އުޅޭ ވައްތަރުގެ މޭކަޕްސެޓެކެވެ. އިޝްމާ އުފަލުން ގޮސް ހުރިހާ ދަތްތަކެއް ސޭލު އަޅުވައިގެން ހުއްޓެވެ. މާނީ އާއި އަޝްވާއަށް ހަދިޔާ ނުދީ ސުހެއިދު ފޮށި ލައްޕާލިއެވެ. އެއާކު އަޝްވާ ދެރަވެފައި ގޮސް އިޝްމާ އަތުގައި އޮތް މޭކަޕް ސެޓާއި ފޯނު ބަލަން ފެށިއެވެ. ދެރަވިޔަސް އެކަން ނުދައްކަން ކުޑަކުޑަ އަޝްވާ ވަރަށް މަސައްކަތް ކުރިއެވެ. މާނިވެސް ދެރަ ނުވާންވެގެން މާއިޒަށް ގެނައި ސެންޓުފުޅި ނަގައި އޭގެން ވަސް ބަލައި ހެދިއެވެ.

ސުހެއިދު ވަރަަށް މަޑުމަޑުން އެއް ފަރާތެއްގައި ހުރި ކުޑަފޮށްޓެއް ނެގިއެވެ. އަދި އޭގެ ޒިބު ހުޅުވާލުމަށްފަހު އަޝްވާއަށް ގޮވިއެވެ. “އަން މި ބޭގް ގަ މިހުރީ ހުސް އަޝްކޮއަށް ވީ ގިފްޓްސް” އަޝްވާ ދުވެފައި ގޮސް ދަބަހުގައި ހުރި އެއްޗިހި ނަގަން ފެށިއެވެ. ދެތިން ވައްތަރުގެ ޗޮކްލެޓް ފޮށްޓާއި ޑޯލްހައުސެއް އޮތެވެ. އޭގެ އިތުރަށް ބޫޓާއި ދެތިން ހެދުންވެސް އޮތެވެ. ” ތެންކްޔޫ ކާފާ. ކާފަ ތީ އެންމެ ބެސްޓް” އަޝްވާއަށް އުޅެވޭ ގޮތްވެސް ނޭންގުނެވެ.

ސުހެއިދު މާނީއަށް އަށް ގޮވުމާއެކު މާނީ ސުހެއިދު ގާތަށް ދިޔައެވެ. އެއާއެކު ސުހެއިދު އޭނާގެ އަތުގައި އޮތް ބޮޑު ޖާޒީ ނިއުޅުވާލިއެވެ. އެއާއެކު މާނީގެ ދެލޯ ބޮޑުވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ސުހެއިދު އޭނައަަށް ގެނެސް ދީފައި އެއޮތީ މިސްރުގެ ތަރި އަދި ލިވާޕޫލަށް މިހާރު ކުޅެމުން އަންނަ މުހައްމަދު ސަލާހުގެ އެގާރަ ނަންބަރު ޖާޒީ އޭނާގެ އޮޓޮގްރާފާއި އެއްކޮށެވެ. ޕްރިމިއާ ލީގުގައި މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން މާނީ އެންމެ ސަޕޯޓް ކުރާ ކުޅުންތެރިޔަކީ ސޮލާހެވެ. އޭނަ އަބަދުވެސް ސުހެއިދު ގާތު ސަލާހްގެ އޮޓޮގްރާފް ގެނެސްދޭން ބުނެއެވެ. މާނީ އަނގަމަތީ އަތް އަޅާގެން ދެތިން މިނެޓު ވަންދެކަށް ހުއްޓެވެ. ދުވެފައި ގޮސް ސުހެއިދު ގައިގައި ބައްދާލިއެވެ. ” ކާފަ ތީ ހަމަ އެންމެ ބެސްޓް ކާފަ. އައި ލާވް ޔޫ ކާފާ. އަޅޭ ކާފަ ހާދަ ރަނގަޅޭ މިއޮތީ ސަލާގެ އޮތޮގްރާފް އޯއެމްޖީ އަޅޭ ދޮންބެ ލުކް. އަޅޭ” މާނީއަށް ކިޔޭ ނުކިޔޭ އެއްޗެށްވެސް ނޭންގެއެވެ. އުފަލުން ގޮސް ދެފައި އެއްތާކު ނުޖެހެއެވެ. އެތާ ރިބި އެންމެނަށް އެޖާޒީ ދައްކަމުން ދިޔައެވެ. އެއަށްފަހު ފޯނުނަގައި އެފޮޓޯ ނެގުމަށްފަހު އިންސްޓަ ކުރިއެވެ. ސިކުންތެއްގެ ތެރޭ ސަތޭކައަށް ވުރެ ގިނަ ލައިކްސް އެ ފޮޓޮއަށް ލިބުނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……15

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 2

Next
July 28, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 2

Previews
July 27, 2018

“ހިތް” ލޭ ކޮށެވިފައި……15

12 Comments!

  1. akuu says:
    July 27, 2018 at 11:19 pm

    me first dhw.. hehe. vrh salhi mi prt ves. watin fr the nxt prt! ❤️❤️?

  2. ?nish? says:
    July 27, 2018 at 11:50 pm

    Me second dhw…hehe?❤️❤️
    Story vrh rythi..?
    Waiting for next part…..

  3. ? says:
    July 27, 2018 at 11:51 pm

    Me second dhw… Story is beautiful ?❤️❤️❤️
    Waiting for next part…❤️

  4. Anonymous says:
    July 28, 2018 at 12:41 am

    Awww this story vx vv salhii???…….curiously Waiting fr nxt prt…..?…whn nxt prt ……kiyaa keep it up ……luv u???

  5. Kiyaa ge fans❤ says:
    July 28, 2018 at 12:42 am

    Awww this story vx vv salhii???…….curiously Waiting fr nxt prt…..?…whn nxt prt ……kiyaa keep it up ……luv u???

  6. Baby girl ❤ says:
    July 28, 2018 at 5:05 am

    Vrh vrh vess reethi ?…
    Curiously waiting waiting ……
    Your are one of best writer…… hehe…. hama bunelaanan beynumy story is speech less ???…. fabulous etc…… ?? ….❤❤❤

  7. story lover says:
    July 28, 2018 at 7:13 am

    mihaa reethi story eh mi mulhi hayaathuga ves neynge kiyun kameh! haadha furihama story ekey.. just luv itt.. keep it up kiyaa…. MAY ALLAH BLESS YOU! ❤️??

  8. shai says:
    July 28, 2018 at 9:06 am

    mihaaru esfiya site ga in emme reethi adhi aharen emme kiyaahithun kiyaa vaahaka mee
    kiyaaraa keep it up
    mi vaahaka avahah up kuraathy varah hiyy hamajehey
    mihaa furihama vaahaka eh nukiyan adhi ahanneh
    this is the best story i am reading
    LY kiyaaraa <3 🙂 🙂 🙂 🙂 😀

  9. naash says:
    July 28, 2018 at 10:03 am

    wow wonderfullllll…… maasha allah….. mihaa salhi stry eh nukiyeh adhi + mihaa interestng stry eh vx…

    1. Twinkle? says:
      July 28, 2018 at 12:49 pm

      Ur right lwbivaa naash sis❤❤❤???

  10. Sasha says:
    July 28, 2018 at 10:31 am

    ^_^ Best

  11. Twinkle? says:
    July 28, 2018 at 12:52 pm

    Mivareh neii hama nge… masha allah… mii enme kiyaa hithun kiyaa stry… curiously waiting for the nxt part???

Comments are closed.


All Right Reserved!