Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 23

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 29, 2018 4 Mins Read
9 Comments

“އިޝް. މަށަށް އިނގޭ މީގެ އަހަރުތަކެއް ކުރިން މަށަަށް އިޝްގެ ހިތުގަ ޖެއްސުނުކަން. ލޯބިވަމޭ ކިޔާފަ ދޮގު ހެދުނުކަން. އޭރު އަހަންނަކަށް ނޭންގެ ލޮތްބަކީ ކޯޗެއް ކަމެއްވެސް. އަހަރެން އޭރު ބޭނުންވީ ވީހާވެސް ގިނަ ކުދިން އަހަރެންގެ ލިސްޓަށް އަރުވަން. އަހަންނަކީ ކާމިޔާބު މީހެއްކަން އެންމެންނަށް ދައްކަން. އިޝް އެހުރިހާ ކަމެއް ބަދަލު ވެއްޖެ. އަހަންނަށް ވިސްނިއްޖެ ލޮތްބަކީ ކޯޗެއްކަން. އިނގޭ މިހާރު އިޝްއަށް އުނދަގޫ ވާނެކަން މަށަަށް ޓްރަސްޓު ކުރަން. އެކަމު އިޝް އަހަންނަށް އިޝްދެކެ ވަރަށް ލޯބި ވެވިއްޖެ ވަރަށް ބޮޑަށް. އެއްޗެއްގެ އަގު ވިސްނޭނީ އެ ބީވެގެން ދިޔުމުންނޭ މީހުން ބުނާ އަޑު އަހަރެން އެހިން. މިހާރު އެއީ ހަގީގަތެއްކަން އަހަންނަށް ވިސްނިއްޖެ. އިޝް އައި ލަވް ޔޫ. ވިލް ޔޫ ބީ މައި ގާލްފްރެންޑް؟” އަކްމަލްގެ ތޫނު ނަޒަރު ހުއްޓިފައިވަނީ އިޝްމާގެ ލޮލަށެވެ. އޭރު މުތީ ތަކެއް ފަދައިން އިޝްމާގެ ލޮލުގައި ކަރުނަތައް ބަބުޅަމުން ދިޔައެވެ.

ލޮލުން ކަރުނަ ނައެއް ކަމަކު އަކްމަލްގެ ހިތް ދިޔައީ ރޮމުންނެވެ. އިޝްމާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކީ އޭނާގެ ހިތަށް ހެރޭ ހަންޖަރެކެވެެ.

“އިޝް ޕްލީޒް ނުރޮއެ ކޮންމެސް ޖަވާބެއް ދީބަ. އޯކޭއޭ ނޯއޭ ބުންނަސް. އެކަމު ނުރޮއެ ކޮންމެސް އެއްޗެކޭ ބުނެބަ. ޕްލީޒް” އަކްމަލް އަސަރާއެކު ބުންޏެވެ. އަކްމަލް އިޝްމާ ދެކެ ވާ ލޯބި ސާފުކޮށް ފެންނަމުން ދިޔައެވެ. އިޝްމާ އިން ގޮނޑިން ތެދުވުމަށްފަހު ފަހަތަށް އެނބުރުނެވެ. އަކްމަލްވެސް ތެދުވެ އިސްދަށަށް ޖަހާލިއެވެ.

އަކްމަލް ނުވިސްނާ ހުއްޓާ އިޝްމާ އައިސް އަކްމަލްގެ ކޯތާފަތަށް ބާރު ހަމަލާއެއް ދިނެވެ. އެއާއެކީ އެންމެނަށް ތިބި ތަނުން ތެދުވެވުނެވެ. އަދި އިޝްއޭ ކިޔާ އެންމެން އެއްފަހަރާ އިޝްމާއަށް ގޮވިއެވެ. “ހައު ޑެއާ ޔޫ! ލޯބިވެޔޭ ކިޔާފަ ތިބުނީ އިޝް ނޯ ބުންޏަސް ހެވޭ! އަކްމަލް ހައު ކުޑް ޔޫ އީވެން އިމޭޖިން އިޝް ނޯ ބުނާތަން؟ މިވީ ހަތަރު އަހަރު ދުވަހު މި އިންތިޒާރު ކުރަނީ އަކްމަލަށް އިޝްދެކެ ލޯބިވެވޭނެ ދުވަހަކަށް. އަދި ޕްރޮޕޯސްކޮށްފަ ތި ބުނީ ނޯ ބުންޏަސް ހެވޭ! ދެން ކީއްކުރަން ތި އެހީވެސް؟” އަކްމަލް ގަމީހުގެ ގިރުއާނުގައި ހިފައިފަ ދައްކަން ފެށި ވާހަކަ އިޝްމާ ނިންމާލީ އަކްމަލްގެ ތަނަވަސް މޭމަތީ ބޯއަޅާލަމުންނެވެ. އިޝްމާގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަ އަކްމަލްގެ މޭ ތެންމަމުން ދިޔައެވެ. “ޝްޝްޝް އިޝް ދެން ހުއްޓާލާ. އަހަރެންގެ ހިތަކަށް ކެތެއް ނުވޭ އިޝް ރޯ އަޑު އަހާކަށެއް.  އިޝްގެ ތިލޮލުން އެންމެ ކަރުނަ ތިއްކެއް ވެެއްޓުނަކަ ނުދޭނަން ދުވަހަކުވެސް ޝްޝްޝް” އަކްމަލް އޭނާގެ ދެއަތުން އިޝްމާގެ ކަރުނަތައް ލޮތްބާއެކީ ފުހެދިނެވެ. އެހެން ބަޔަކު އެތާ ތިބިކަންވެސް އެމީހުން ހަދާންނެތުނެވެ. “އަހަމް އަހަމް” އެންމެން އެއްފަހަރާ އެހެން ބުނެލި އަޑަށް އަކްމަލްއާ އިޝްމާ ދުރަށް ޖެހުނެވެ. ކަރުނައިގެ ތެރެއިން ވެސް އިޝްމާއަށް ލަދުރަކި ހިނިތުންވުމެއް ވެރިވެވުނެވެ. “ދޮންތަ އަދިވެސް އަކްމަލަށް ޔޭސް ނުބުނޭ އިނގޭ” މާނީ މަޖާވެލައިފައި ބުންޏެވެ. އިޝްމާ އާނއެކޭ ބުނަން އުޅެނިކޮށް އަކްމަލް އޭނާގެ ތުންފަތުގައި ޝަހާދަށް އިނގިލި ޖައްސާލިއެވެ. އަނެއްކާވެސް އެއް ފައި މައްޗަށް އިޝްމާގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. އެއަށްފަހު އޭނާ ލައިގެން އިން ޖިންސުގެ ޖީބުން ނޫކުލައިގެ ކުޑަ މަހުމާފޮށްޓެއް ނެގިއެވެ.”އިޝް ވިލް ޔޫ ބީ މައި ގާލްފްރެންޑް. އައި ލަވް ޔޫ” “ޔެސް އައި ލަވް ޔޫ ޓޫ. އާމް” އިޝްމާ އަކްމަލްގެ ލޮލަށް ބަލަަހައްޓައިގެން އިނދެ ބުންޏެވެ. “އާމް” އަކީ އިޝްމާ ލޯބިން އަކްމަލްއަށް ކިޔާ އުޅުނު ނަމެވެ.

އަކްމަލް އޭނަ އަތުގައި އޮތް މަހުމާފޮށި ހުޅުވިއެވެ. އޭގެ ތެރޭގައި އޮތީ ވަރަަށް ރީތި ރިހި ކުލައިގެ އަތުގަ އަޅާ އެއްޗެކެވެ. އިޝްމާ އަތް ދިއްކޮށްލުމާއެކު އަކްމަލް އެއެތި ކޮޅު އިޝްމާގެ އަތުގައި އަޅާދިނެވެ. އަދި އިޝްމާގެ އަތުގައި ބޮސް ދިނެވެ.

އަކްމަލްގެ ތުންފަތް އިޝްމާގައި ޖެހުމާއެކު އިޝްމާ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަދުން ގޮސް އަވަހަށް އިޝްމާ އަތް ދަމައިގަތެވެ.

އެހުރިހާ މަންޒަރެއް މާނީ ދިޔައީ އޭނާގެ ފޯނުގައި ރައްކާކުރަމުންނެވެ.

ހުރިހާ ކުދިން އެއްފަހަރާ އަތް ތިލަބަޑި ޖަހާލިއެވެ. ނަވްޔާ ދުވެލައިފައި ގޮސް އިޝްމާ ގައިގަ ބައްދާލިއެވެ. އަދި އިޝްމާގެ ކަންފަތް ބުޑުގައި މަޑުމަޑުން ޝުކުރިއްޔާއޭ ބުންޏެވެ.

“މިހާރު މާނީއާ އާރާޝް އެކަނި ސިންގަލްކޮށް މިތިބީ. ކޮން އިރަކުން ތި ދެމީހުންގެ ކަންތައް އޮތީ؟” ވެއިޓަރު ކާއެއްޗިހި ހިފައިގެން އައިސް ދިއުމުން އަހުސަމް އަހާލިއެވެ. ދެމީހުން ކުރެ އެކަކުވެސް އެއްޗެކޭ ނުބުނެއެވެ.

އެކުދިން ކޭގަޑީގައި ވަރަށް ވާހަކަ ދެއްކިއެވެ. މާނީމެން ސުމާ އުޅުނު ގޮތުގެ ވާހަކަ އެންމެނަށް ކިޔާ ދިނެވެ. އެއާއެކު ހުރިހާ ފިރިހިން ކުދިން ސުމާއޭ ކިޔާ އާރާޝްއާ ދިމާ ކުރަން ފެށިއެވެ. ކައި ނިންނައިގެން ހުރިހާ ކުދިން ދިޔައީ ރަސްރަނި ބަގީޗާއަށެވެ. ބަހީޗާއަށް ވަދެވުމާއެކު ހުރިހާ ޖޯޑުތައް ވަކިވިއެވެ. ކޮންމެ ޖޯޑެއްވެސް އަމިއްލަ މާބަގީޗާ ފޮޅުވަން އެކި ދިމާދިމާއަށް ދިއުމުން އާރާާޝްއާ މާނީ އެކަނިވިއެވެ. ދެމީހުން މަޑުމަޑުން ހިނގަމުން ގޮސް ބެންޗެއްގައި އިށީނެވެ.

“ހައު އިޒް ލައިފް؟ އައި މިސްޑް ޔޫ ސަންތިމަރިޔަނބު” ހަމަހިމޭން ވަގުތު ކޮޅަކަށްފަހު އާރާާޝް ބުންޏެވެ. އެކޮޅުގައި ހޭދަވީ ކޮންމެ ދުވަހަކު އާރާޝް މާނީ މަތިން ހަނދާންވިއެވެ. މާނީއާ ދިމާކޮށްނުލައި އޭނާގެ ދުވަސް ފުރިހަމައެއް ނުވެއެވެ. “ހަމަ ވަރަށް ރަނގަޅު. އިނގެޔޭ މިސްވާކަން އައި މިސްޑް ޔޫ ޓޫ. ވެލް ވަރަށް އުފާވި ރޭގަ އާރާާޝް ކޫބެއާ ވާހަކަ ދެއްކީމަ. ކުޑާ ފަހުން އެވާހަކަ ދެއްކިތަ؟ އަސްލު ހިތަށް އަރާ ކިއްވެބާއޭ ކުޑާއާ ކޫބެ ސެޕަރޭޓްވީ. އައި މީން ދޭ ސްޓިލް ލަވް އިޗް އަދާ.ނޫންތަ؟” “މަވެސް ހިތަށް އަރާނީ ތިހެން. ރޭގަ ބައްޕަ މަންމަގެ ވާހަކަ ދެއްކިއިރު ބައްޕަގެ މޫނު މަތިން ފެނުނު ކަންތަކުން އިނގޭ ބައްޕަ އަދިވެސް މަންމަ ދެކެ ލޯބިވާކަން. ވެދާނެ ދޯ މިހާރު ދެމީހުން މެރީ ކޮށްގެން އުޅޭތީ އެކަން ދައްކަން ބޭނުންނުވަނީ ކަމަށް” ބެންޗުގައި ރީއްޗަށް ހަމަޖެހިލަމުން އާރާޝް ބުންޏެވެ. ދެމީހުންވެސް އެތަށް އިރެން ވަންދެކަށް އަފްރާއާ އަރްޝާދްގެ ވާހަކަ ދެއްކިއެވެ. “ކޮބާތަ އެންމެން އަދިވެސް އަންނާކަށް ނުވޭތަ؟ މިހާރު މިތާ އިނދެ އިނދެ ފޫހި ވެއްޖެ. އާރާޝް ހިނގާބަ ފެން އަރުވާތަނަށް ދާން” އާރާޝްގެ އަތުގައި ހިފައި ދަމަމުން މާނީ އަާރާޝް ފެން އަރުވައި ވަޑާންކައިރިއަށް ގެންދިޔައެވެ. މާނީ ފޯނު ހިފައިގެން އެތަނުގެ އެތަށް ފޮޓޮއެއް ނެގިއެވެ. އާރާޝް ލައްވާ އޭނަގެ އަމިއްލަ ފޮޓޯވެސް ނެގިއެވެ. ކުޑަކުއްޖެއް ފަދައިން މާނީ އުޅެމުން ދިޔަ ގޮތް ފޫހިކަމެއް ނެތި އާރާާޝް ބަލަމުން ގެންދިޔައެވެ.

އެއްވެސް ތަރުތީބެއް ނެތި ދިގުވެފައިވާ ބޯ ކަހަމުން ކަޅު ކުލައިގެ ގަމީހަކާއި އަޅި ފަޓުލޫނެއް ލައިގެން ހުރި މީހަކު މާނީ އުޅެމުން ދިޔަ ގޮތް ބަލަމުން ދިޔައެވެ. ބަލާބެލުމަށް އެމީހާ ހަމަޖެހޭ މީހެއް ވައްތަރެއް ނުޖަހައެވެ. ކޮރުކޮށް ހިނގަމުން އެމީހާ މާނީމެން ތިބި ތަނާ ކައިރިއަަށް ދިޔައެވެ.އެއާއެކު އޭނާގެ ލޮލުގައި އާރާޝް އަޅައިގަތެވެ. ވަގުތުން އޭނާގެ ލޯ އަނގުރު އަލިފާނަށް ބަދަލުވިއެވެ. އެމީހާ އާރާޝަށް ބަލަމުން ދިޔަ ގޮތުން ދެންމެ ދެންމެ އާރާޝް އަންދާ އަޅިއަަށް ހަދާފާނެހެން ހީވިއެވެ.

ހަވީރު އުފާވެފި ވަގުތުތައް ހޭދަކުރުމަށްފަހު އިރުއޮއްސުމުން ހުރިހާ ކުދިން އަހުސަމްމެންގެއަށް ދިޔައެވެ. އިސްރާ ޖެހިލުންވެ ހުރެވެސް އެންމެންގެ އެދުމުގެ މަތިން އެގެއަށް ދިޔައެވެ. ނަސީބަކުން އާލާ އަދި އައްމާރުވެސް ގެޔަކު ނޫޅެއެވެ. ހުރިހާ އަންހެންކުދިންނަށް އަހުސަމްގެ ކޮޓަރި ދެއްކުމަށްފަހު ފިރިހެން ކުދިން ބަންގި ގޮވުމުން މިސްކިތަށް ދިޔައެވެ.

“ވާއު” އަހުސަމާއި ރަށްޓެހިވެގެން މިވީހާ ދުވަހު އިސްރާ އަހުސަމްމެންގެއަކަށް ނުދެއެވެ. އަހުސަމް ގެ ކޮޓަރިފެނުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. މުޅި ކޮޓަރީގައި ވަނީ މަޑުނޫކުލައާއި ގަދަ ނޫކުލަ ލާފައެވެ. ކޮޓަރީގެ އެއްފަރާތެއްގައި ކަޅު ކުލައިގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ކޮޓަރީގެ މެދަށް ވާކަހަލަ ގޮތަކަށް ކިންގް ސައިޒްގެ އެނދެން ހުއްޓެވެ. ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަނީގެ ވައަތް ފަޅީގައި ބޮޑު ފޮތް ހަރުގަނޑެއް ހުއްޓެވެ. އެހަރުގަނޑުގެ އެންމެ މަތީގައި ބައިވަރު ތަށްޓާއި މެޑަލް ހުއްޓެވެ.

ހުރިހާ ކުދިން އަވަހަށް ވުޟޫ ކޮށްގެން ނަމާދަށް އެރިއެވެ. ސަލާން ދިންތާ އިރުކޮޅެއް ވީތަނުން ފިރިހެންވެރިންގެ އަޑު ތިރިން އިވެން ފެށިއެވެ.

“އޭ އަހޫ މެސެޖްކޮށްފި މަށަށް މާއިޒްމެން އެންމެން އަހަރުންގޭގަ ތިބި ކަމަށް.” އާލާ އޭނާގެ ފޯނަށް އަހުސަމް ކުރި މެސެޖްގެ ވާހަކަ އަފްރީނާއި އަފްރާ ގާތު ބުންޏެވެ. އާލާ އެގޭގައި މަޑުކޮށްގެން ހުރީ އަފްރާއާ ހެދިއެވެ. ރޭގަނޑުގެ ކެއުން ނުކައި ނުދެވޭނެކަމަށް ބުނެ އަފްރާ އޭނަ އެގޭގައި ހިފެހެއްޓީއެވެ. ނުވިތާކަށް އަންޖަލްވެސް ހުރީ ގެއަަށް ދާކަހަލަ ގޮތަކަށް ނޫނެވެ. އަޝްވާއާ ދެމީހުން ދިޔައީ ފޯރީގައި ކުޅެމުންނެވެ.

ހުރިހާ އެންމެން ގަދަޔަަށް ސަކަރާތްޖަމުން ދިޔައެވެ. އާރާޝްއާ މާނީ ވެގެން ދެންތިބި އެންމެންނާ އެކި އެއްޗިހި ކިޔާގެން ދިމާ ކުރަމުން ދިޔައެވެ. އެމީހުން ސަކަރާތުގައި ތިއްބާ އައްމާރު ގެއަށް ވަނެވެ.

“އަނހާ އެންމެން މިގޭގަތަ؟” އައްމާރު ވަތް ގޮތަށް އެހެން އެހިއެވެ. އޭނާގެ ފަހަތުން އަރްޝާދްވެސް ގެއަށް ވަނެވެ.

އައްމާރު ގެއަށް ވަނުމާއެކީ އިސްރާ ބުދަކަށް ވިއެވެ. ނޭވާވެސް ލަމުން ދިޔައީ މީހަކަަށް އަޑުނީވޭނެހާ މަޑުންނެވެ.

އަރްޝާދް ވަނުމާއެކު އާރާޝް އަކްމަލްގެ ކަންފަތް ބުޑުގައި އިޝްމާއާ އިންނަން ވަލީ ހޯދަން ދާށޭ ބުންޏެވެ. އެއާއެކު އަކްމަލްގެ ހޫނު ހަމަލާއެއް އާރާޝްގެ ފަޔަށް އެރިއެވެ.

“ކޮން އިރަކުން ތިކުދިން ގެއަށް ދަނީ؟ ހުރިހާ ކުދިން ދާންވީނު މިރޭ އެކޮޅަށް ކާން. މާނީމެންގެ ކާފަ އެބައުޅޭ އައިސްގެން ތި ކުދިން ގޮސްފިައްޔާމުން ކާފަ ވަރަށް އުފާވާނެ!” ހުރިހާ ކުދިންވެސް އެކަމަށް އެއްބަސްވިއެވެ. އަކްމަލް ރައުފާއަށް ގުޅުމަށްފަހު އެރޭގެ ކެއުން އޮތީ މާއިޒް މެން ގެއިންނޭ ބުންޏެވެ. ރައުފާ އެންމެ ރަނގަޅޭ ބުނެ ފޯނު ބޭއްވިއެވެ.

އެ ވަގުތު ކޮޅުވެސް އާރާޝް މާނީއަށް އުނދަގުލެއް ކޮށްލިއެވެ. އެއާއެކު މާނީ ތުން ދަމާފައި ދެން އާރާޝޭ ކިޔާ ކުސްތަޅައިގަތެވެ. “އެއްކަލަ ދެމީހުން އެ ސްޓާޓުވީ. ދެން ނުތިބޭނެ އެންމެ ހިނދުކޮޅަކަށްވެސް ޒުވާބު ނުކޮށެއް މިތަނުން ފެންނަ ހިންނަކާ ހެދި ވެސް ދެ މީހުން ޒުވާބުކޮށްފާނެ” ދެ ފަރާތަށް ބޯ ހޫރުވަމުން އަހުސަމް ބުންޏެވެ. ދެން ތިބި އެންމެން ވެސް އެކަމާ އެއްބަސް ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އަބަދުވެސް ލޯބި ދޭނަން….7

Next

“ހިތް” ލޭ ކޮށެވިފައި……16

Next
July 29, 2018

“ހިތް” ލޭ ކޮށެވިފައި……16

Previews
July 29, 2018

އަބަދުވެސް ލޯބި ދޭނަން….7

9 Comments!

  1. hamtii says:
    July 29, 2018 at 12:50 pm

    me first….yeyy

  2. S?aa says:
    July 29, 2018 at 12:54 pm

    me second…am i right?
    vaahaka v v obi….keep it up kiyaa…lysm??

  3. Baby girl ❤ says:
    July 29, 2018 at 1:01 pm

    yeyy….Me second …
    mihaaru vrh vrh inthizaaru kuraa vaahaka eh up veythw….masha allah ….. vaahaka vrh vrh reethi ….nd…..fabulous ……..
    When next part……curiously waiting waiting

    1. maldivian manje says:
      July 29, 2018 at 2:53 pm

      oww baby girl…..u are 3rd ey…hehe….kuryge comments nufenuny dhw….ehenvx vaane baeh faharu….its ok…eheheh

  4. Akuu says:
    July 29, 2018 at 1:27 pm

    so amaxin. keep it up kiyaa.. ???❤️

  5. naash says:
    July 29, 2018 at 3:14 pm

    wow wonderfull… maasha allah….

  6. Twinkle? says:
    July 29, 2018 at 6:33 pm

    alhey hama habeys masha allah…?????? whn nxt part

  7. Aesh says:
    July 30, 2018 at 1:01 pm

    Maa sha Allah.. Vrh Vrh Vrh reethi mi part ves.. Mihaaru I’m site Fa in Hama meme reethi vaahaka miee.. ??? mi vaahakaige part thakah Vrh inthizaaru kurevey.. Maa sha Allah.. Just woooww!!!! ???????? dear.. Nxt part thankolheh dhigu kollevidhaanetha? ☺️

  8. Aesh says:
    July 30, 2018 at 4:00 pm

    Dear when nxt?? Vrh Vrh Vrh kiyaa hiyy vey eba.. Miadhu up vaane tha? ☺️☺️???

Comments are closed.

Next Episodeރާސްތާ 24←


All Right Reserved!