Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 22

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 28, 2018 5 Mins Read
8 Comments

މުޅި ދުވަސް މާނީ ހޭދަ ކުރީ ސުހެއިދު ގެނައި ޖާޒީ ހިފައިގެންނެވެ. ލިބިދާނެ ކަމަށް އުއްމީދު ނުކޮށް ހުއްޓައި ސަލާހުގެ އޮޓޮގްރާފް ލިބުމުން މާނީއަށް ބަޔާންކުރަދަތި އުފަލެއް ލިބުނެވެ. ފުޓްބޯޅައަށް މާނީ ހުންނަ ޝައުގު އެކަކަށްވެސް ނޯޅޭނެއެވެ. މާނީއަކީ ހަގީގީ ފުޓުބޯޅަ ފޭނެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މާއިޒަށް ވުރެ ބޮޑަށް ޓީމުތަކާއި ކުޅުންތެރިން މާނީއަށް އެނގެއެވެ.

ހަވީރުގެ ހިތްފަސޭހަ ގަޑީގައި އަހުސަމް ގެއިން ނުކުތީ އާރާޝް ގުޅާފަ ކޮފީއަކަށް ދާން ބުނުމުންނެވެ. އާލާ އަދި އައްމާރު އަންޖަލް ގޮވައިގެން ޕާކަށް ދިއުމުން އަހުސަމް ގޭގަ ހުރީ އެކަންޏެވެ. ފެހި ކުލައިގެ އަތްދިގު ގަމީހަކާއި މަޑު ނޫކުލައިގެ ޖިންސް އަހުސަމްއާއި ވަރަށް ގުޅެއެވެ. ފަން އިސްތަށިގަނޑު އޮތީ ނިއްކުރި މައްޗަށް ވައްޓާލާފައެވެ. ލޮލުގައި އަޅާފައި އިން އަވިއައިނު ރަނގަޅުކޮލަމުން މަގުގެ އަނެއް ފަރާތް ބަލާލީ އާރާޝް އާދޭތޯއެވެ.

އަހުސަމްމެންގޭ ކުރިމައްޗަށް ތިން ސައިކަލު ހުއްޓާލިއެވެ. އެއް ސައިކަލުގައި ތިބީ ނަވްޔާ އާ އަކްމަލެވެ. އަނެއް ސައިކަލްގައި އާރާޝްއާ އިޝްމާއެވެ. ދެން އިން ސައިކަލްގައި ތިބީ މާއިޒްއާ މާނީއެވެ. “މިމީހުން ގޮވައިގެން ކޮފީއަަށް ދަނީ؟” ހުރިހާ އަންހެން ކުދިން އައުމުން އަހުސަމް އަހާލިއެވެ. ” އަދި އިތުރު އެއް ކުއްޖެއްވެސް ދާނެ. އެކުއްޖާ އެބަ އާދޭ އެކުއްޖާ ބައްޕާއާ އެކީ މިތަނަށް. އެއޮށް އައިނު. އެއީ އަހަރުންގެ ބެސްޓް ފްރެންޑް އިސްރާ. އަހަރުމެން ތާކަށް ދަންނާ ދާނީ އިސްރާ ގޮވައިގެން” ނައުޝާދް ގެ ސައިކަލް އެމީހުންނާ ހަމަވަމުން ނަވްޔާ ފައްޗަކަށް އަމުނާލިއެވެ. ފުރަތަމަ އަހުސަމާއި ދިމާކުރަށް ނަވްޔާ ކިޔެއްކަމަކު ފަހުން އެހެންކީ ނައުޝާދަށް ޝައްކެއް ވެދާނެތީއެވެ. “ތިކުދިން ރަނގަޅަށް އިސްރާ ބަލާތި އިނގޭ. ގެއަަށް ދާންވީމަ ބައްޕައަށް ގުޅާލާ އޯކޭ؟ ކިހިނެއްތަ ހުރިހާ ކުދިން. މީ ދާނިޝްގެ އަކްމަލް ދޯ. ވަރަށް ބޮޑަށް މަރުހަބާ އިނގޭ. އަނެއް ތިން ކުދިންނަށްވެސް.” ނައުޝާދް އެހެން ބުނުމަށްފަހު ސައިކަލު ދުއްވާލިއެވެ. އަނެއް ތިން ކުދިންވެސް ސައިކަލު ޕާކު ކުރިއެވެ.

“ހިނގާ ގްރީންބެލަށް ދާން. އެތަނުން ފްރީކޮށް ކެވޭނެ އަހަރުންނަށް” ސައިކަލުގެ ހުންގާނުގައި އަތް އަޅުވާލަމުން މާއިޒް ބުނެލިއެވެ. ސާފް ޗެމްޕިއަން ތަށި ނެގި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް އަހަރު ދުވަސް ވަންދެކަށް އެއްވެސް އަގަކާ ނުލާ ގްރީންބެލިން ކެވޭނެ ގޮތް  ވަނީ ހަދާދީފައެވެ. “އަސްލުތަ؟ އޭ ދޮންބޭ ނާޔާ ގޮވައިގެން ކޮންމެ ދުވަހަކު ޖެހޭނެ އެތަނަށް ދާން. މި ދޮންބެގަނޑު ނުވެސް ބުނޭ” އަކްމަލް އަތުގައި ބޮނޑިއެއް އަޅާލަމުން ނަވްޔާ ބުންޏެވެ. އެއާއެކީ އެންމެން ހޭންފެށިއެވެ. ހުރިހާ ކުދިން މިސްރާބު ޖެހީ ގްރީންބެލަށެވެ.

ބަންދު ދުވަހަކާ ބަލާފަ ފުދޭވަރަކަށް މީހުން މަދެވެ. އެހެންވެ ވަރަށް ފަސޭހައިން އަށް މީހުންގެ ޖާގައިގެ މޭޒެއް އެކުދިންނަށް ލިބުނެވެ.

އަހުސަމް އެންމެ ފުރަތަމަ ޖެހުނު ގޮނޑީގަ އިށީނެވެ. އަހުސަމްގެ ކުރިމައްޗަށް ވާ ގޮތަށް އިސްރާ އިށީނެވެ. އަހުސަމްއާ ޖެހިގެން އިށީނީ މާއިޒްއެވެ. ނަވްޔާ އިނީ މާއިޒްގެ ކުރިމައްޗަށް ވާގޮތަށެވެ. މާއިޒްއާ ޖެހިގެން އިން ގޮނޑީގައި އިށީނީ މާނީއެވެ. މާނީގެ ކުރިމައްޗަށް ވާގޮތަށް އިނީ އަކްމަލެވެ. މާނީއާ ޖެހިގެން އިން ގޮނޑީ އާރާޝް އިށީނުމުން އިޝްމާއަށް ޖެހުނީ އަކްމަލްއާ ޖެހިގެން އިން ގޮނޑީ އިށީންނާށެވެ.ލަދުވެތި ހިނިތުންވުމެއް އަކްމަލަށް ހަދިޔާ ކުރުމަށްފަހު އިޝްމާ ގޮސް އެ ގޮނޑީގައި އިށީނެވެ.

ހުރިހާ އެންމެން އިށީންދެ ހަމަ ޖެހުމަށްފަހު ކާއެއްޗިައްސަށް އޯޑަރުދިނެވެ. ތިން ބީފް ޕިއްޒާއަށާއި ބޯން ކޯކް ފްލޯޓަށެވެ.

އެކުދިން ތިބީ ގްރީންބެލް ގެ މަތީ ބައިގައެވެ. އެވަގުތު އިތުރު އެއްވެސް ބަޔަކު މަތީގައިނެތެވެ. ވެއިޓަރު އޯޑަރު ނެގުމަށްފަހު ތިރިއަށް ދިއުމުން އަކްމަލް އޭނަ ކުރަން އައި ކަންތަން ނިންމަން އަވަސްވެގަތެވެ.

އަކްމަލް އިން ގޮނޑިން ތެދުވުމާއެކު އެންމެންގެ ނަޒަރު އަކްމަލްއަށް ހުއްޓުނެވެ. ހުރިހާ ކުދިން ބަލަން ފެށުމުން އަކްމަލް ކުޑަކޮށް ހާސްވިއެވެ. އެންމެ ބޮޑަށް ހާސްވީ އޭނަ ކުރަންއުޅޭ ކަންތައް ކޮށްފިނަމަ އެކުވެރިން ގެއްލިދާނެތީއެވެ. އެހެނަސް ނެތް ހިތްވަރި ނެރިގެން އޭނާ މިއަދު އެކަންކުރަން ބޭނުމެވެ. ލައްކަ ދުވަހު ކެތް ކޮށްގެން އުޅެވިއްޖެއެވެ.

އަންޖަލް ގޮވައިގެން ޕާކަށް ދާން ނުކުތް އާލާގެ ޚިޔާލު ބަދަލުވެގެން ދިޔައީ އަފްރާމެން ގެއަށެވެ.  އަފްރާ ހުރީ ސުހެއިދު ގާތު ސުހެއިދުމެން ބައިގައެވެ. އޭރު އަފްރީންއާއެކީ އަޝްވާވެސް އެބައިގައި ހުއްޓެވެ. އަފްރާމެންގެއަށް އާލާއާ އަންޖަލް ލައިފައި އައްމާރު ދިޔައީ އައްޒާމާއެކު ވިޔާފާރީގެ ކޮންމެސް ކަމެއްގައެވެ. “އަޝްކޮ ބަލާ އެއޮއް އައި އަންޖަލް. އާލާ ރަނގަޅު ގަޑިއެއްގަ އިނގޭ ތިއައީ މިގެއަށް ހުރިހާ ކުދިން އަޝްކޮ ބަހައްޓާފަ ބޭރަށް ގޮސްގެން ފޫހިވެގެން އުޅެނީ. ދަރިފުޅު ދޭބަ އަންޖަލް ގޮވައިގެން ކުޅެން. ކާފަ ގެނައި ޗޮކްލެޓް ދެއްޗޭ އަންޖަލްއަށް އިނގޭ” އަފްރީން އަޝްވާ ގާތު އެހެން ބުނުމާއެކު މަޑުކުރުމެއްވެސް ނެތި އަންޖަލް ގޮވައިގެން އަޝްވާ ކުޅެން ދިޔައެވެ. އަޝްވާ ނުލާ މާނީމެން ބޭރަށް ދިޔުމުން އަޝްވާ ހުރީ ކުޑަކޮށް ތަބީއަތު ގޯސްވެފައެވެ. އެހެނަސް އަންޖަލް އައުމުން ވަގުތުން ތަބީއަތު ރަނގަޅުވިއެވެ.

“އާލާ ކޮބާ ކިހިނެއްތަ؟ މަންމަމެން ކޮންއިރަކުން މިކޮޅަށް އައްނަނީ؟” ސުހެއިދު އާލާ ކުރެން އަޒީޒާމެން މާލެ އަންނަދުވަސް އޮޅުންފިލުވަން އެހިއެވެ. އަޒީޒާ ފައި އޮޕަރޭޝަން ކުރަންވެގެން މީގެ ހަމަސް ކުރިން ވަނީ ލަންކާއަށް ގޮހެވެ. “ހަމަ ވަރަށް ރަނގަޅު. ބައްޕައަށް މިއަދު ގުޅީމަ ބުނީ އަދި ދެތިން މަސް ވާނެޔޯ ރަނގަޅުވާން. ޑޮކްޓަރު އަންގާފަ އޮތީ އެއްކޮށް ރަނގަޅުވީމަ އަންނަން. ބޭބެ ކިހިނެއްތަ؟” އާލާ ސުހެއިދުގެ ހާލު އެހިއެވެ. “ބޭބެ ވެސް ހަމަ އެކަހަލަ ގޮތެއް ގޮތެއް ދެން. އާލާގެ ބޮޑު ސޮރު ވެސް މިގޭ މާއިޒްއާ އާރާާޝްއާ އެއްކޮށް ކުޅެން ދިޔަދޯ” އަފްރީން ގެނައި ކޮފީތަށިން ކޯވަރެއް ބޯލަމުން ސުހެއިދު ބުންޏެވެ.

ވިޔަފާރީގެ ކަންކަން ނިންމާލުމަށްފަހު އައްމާރާއި އައްޒާމް ކޮފީއަކަށް ދިޔައެވެ. ދިޔަ މަގުމަތީގައި އައްމާރު އަރްޝާދަށް ވެސް ގުޅިއެވެ. އައްޒާމާއި އަރްޝާދްގެ ގުޅުން ހީނަރުވިއެއް ކަމަކު އައްމާރުއާއި އަރްޝާދްގެ ގުޅުން ވަނީ ވަރަަށް ބަދަހިވެފައެވެ.

އައްމާރުގެ ކާރުގައި އެމީހުން ދާން ބޭނުންވި ތަނަށް ދެވުނުއިރު އަރްޝާދް އެތާ ދޮރުމަތީ ހުއްޓެވެ. ކާރު ޕާކު ކޮށްފައި އައްމާރު އައުމުން ތިން މީހުން އެކީ އެތެރެއަށް ވަނެވެ.

އަކްމަލް ވަރަށް ހިތްވަރު ކޮށްފައި ތެދުވެގެން ގޮސް އިޝްމާ ކުރިމަތީގައި ހުއްޓުނެވެ. އަދި އޭނާގެ ޖީބުން ކޮންމެސް އެއްޗެއް ނަގަން އުޅެނިކޮށް މައްޗަށް އަރައިގެން އައި މީހުން ފެނި އޭނާގެ ހަރަކާތް ހުއްޓުނެވެ. އަކްމަލަށް ވީގޮތް ފެނުމުން އެންމެން އެކީ ސިޑިއާ ދިމާއަށް ބަލާލިއެވެ. އެއާކު ފެނުނު މީހުންނިން އެންމެންގެ ދެލޯ ބޮޑުވިއެވެ.

އަހުސަމަށް އިން ތަނުން ތެދުވެވުނީ ސިޑިން އަރައިގެން އައި އައްމާރު ފެނުމުންނެވެ. މުޅި މީހާ ދާހިއްލަން ފެށީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ.

މައްޗަށް އަަރައިގެން އައި އައްޒާމަށް އެކުދިން ފެނުމުން އައްމާރަށް ދައްކާލިއެވެ. އައްމާރު އެދިމާއަށް ބަލާލިއިރު އަކްމަލްއާއި އަހުސަމް ކޮޅަށް ތިބިއިރު ދެން ތިބި ކުދިން ބޮޑު މޭޒެއް ދޮށު އިށީންދެގެން ތިއްބެވެ. އަހުސަމްގެ ކުރިމައްޗަށް ވާގޮތަށް އިން އިސްރާ ފެނި އައްމާރު ގާތަށް ލާނެއް ހިންނެއް އައެވެ. އަދި އަހުސަމް ކޮޅަށް ހުރީ ކީއްވެކަންވެސް އައްމާރަށް އިނގުނެވެ.

އަރްޝާދް ފެނުމާއެކު އަކްމަލް އަރްޝާދަށް ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އެނބުރި ގޮނޑީގައި އިށީނެވެ. އަކަމަލްގެ މޫނު މައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަތު ތަކުން އަކްމަލް ކުރަން އުޅުނީ ކީއްކަން އަހުސަމް ނޫން ދެންތިބި ކުދިންނަށް ކޮންމެސް ވަރަކަށް ވިސްނުނެވެ. ކޮންމެ މީހެއްވެސް ހިނި ގަނޑު ހިފަހައްޓާލީ ފަހުން އަކްމަލްއާ ދިމާކުރަންވެގެންނެވެ.

“އަހަރުންގެ ދަރިން ކޮޅު ބޮޑުވެއްޖެ ދޯ!” ފޮރުވިފައި ވި މާނައަކާއި އެކު އައްމާރު ބުންޏެވެ. އަހުސަމްގެ މޫނު އެކީ ރަތްވެގެން ދިޔައެވެ. އަރްޝާދާއި އައްޒާމް އާއެނކޭ ބުނީ އައްމާރު ބުނީ ކީކޭ ކަން ރަނގަޅެއް ނޭންގިއެވެ.

“އިސްރާ ކޮބާ ކިހިނެއް ރަނގަޅުތަ؟” އިސްރާ ސިއްސައިގެން ދިޔައީ ހުރިހާ ކުދިން ތިއްބަ އައްމާރު ވަކިން އިސްރާއަށް ގޮވައި ހާލު އެހުމުންނެވެ. ވަގުތުން އަހުސަމާއި ދިމާއަށް ބަލާލެވުނެވެ. އެއަށްފަހު ކިރިޔާ ނަވްޔާއަށްވެސް އިވޭ ވަރަށް ރަނގަޅޭ ބުންޏެވެ. އިސްރާއަށް ވަމުން ދިޔަ ގޮތް ފެނި އައްމާރަށް ހެވުނެވެ. އޭނާގެ ދަރިފުޅު ހޯދައިގެން މި އުޅެނީ ލަދުރަކި ކުއްޖެކޭ ހިތަށް އެރިއެވެ. އެވާހަކަ އާލާ ގާތު ބުނަން އައްމާރު ކެތް މަދުވިއެވެ.

” އޭ ހިނގާ އަހަރުން އެހެން ތާކަށް ދާން. އެއްތަނެއްގަ ތިބީމަ ކަމަކު ނުދާނެއްނު ދޯ!” އައްމާރު އައްޒާމާއި އަރްޝާދް ގޮވައިގެން އެތަނުން ދިޔައެވެ.

އަކްމަލަށާއި އަހުސަމަށް އެއް ފަހަރާ އޯ ޝިޓް އޭ ބުނެވުނެވެ. ” ކަލޭނޭ މިއަދު ގެއަށް ދިޔާމަ ހުންނާނެ ކަމެއް. ރޭގަ ބައްޕައަށާ މަންމައަށް ކިޔާދިނިން މަށާ އިސްރާގެ ވާހަކަ. ބައްޕަ ނިކަން ދިމާ ކުރި. އަނެއްކާ މިއަދު މިތަނުން އެ ފެނުނީ ޕިސް ޕިސް” އަހުސަމް އެހެން ބުނުމާއެކު އިސްރާ ނޫން އެންމެން ހޭން ފެށިއެވެ. އިސްރާ ހީވީ ލާދުން ގޮސް އެ ތަނަަށް ވިރިގެން ފައިބަފާނެހެއްނެވެ. ” އެހެންވެ ދޯ އައްމާރުބެ އިސްރާގެ ހާލު އެހީ އޯނނ. އިސްރާއަަށް ނުލާހިކު ލޯބި ބަފާބެއެށް ދޯ މިލިބެނީ” އިސްރާ އިތުރަށް ލަދު ގަންނާވާލަން މާނީ ބުންޏެވެ. އެހެން ބުނުމާއެކު އިސްރާ ދެނޭ ކިޔާ ކުސް ތަޅައިގަތެވެ. ” އަހޫ ބައްޕައަށް ފެނުނީމަ އެހެން ވެދާނެ. ދެން އާކޭ ކީއްވެޔޯ އޯ ޝިޓްއޭ ބުނީ. ދެން ބައްޕަ ފެނުނި ހާއިރަކުން ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ. ކައޭ ކީއްކުރަން އުޅެނިކޮށް ބައްޕަމެން އައީ؟” އާރާާޝް ހިނިއައިސް ހުރެ އަކްމަލާ ދިމާއަށް ބުންޏެވެ. އެއާކު އަކްމަލާ ހިންދިރުވާލުމަށްފަހު އަނެއްކާވެސް ގޮނޑިން ތެދުވިއެވެ. އާރާޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އެއް ފައި މައްޗަށް އިޝްމާވެ ކުރި މަތީގައި އިށީނެވެ.

“އިޝް. މަށަށް އިނގޭ މީގެ އަހަރުތަކެއް ކުރިން މަށަަށް އިޝްގެ ހިތުގަ ޖެއްސުނުކަން. ލޯބިވަމޭ ކިޔާފަ ދޮގު ހެދުނުކަން. އޭރު އަހަންނަކަށް ނޭންގެ ލޮތްބަކީ ކޯޗެއް ކަމެއްވެސް. އަހަރެން އޭރު ބޭނުންވީ ވީހާވެސް ގިނަ ކުދިން އަހަރެންގެ ލިސްޓަށް އަރުވަން. އަހަންނަކީ ކާމިޔާބު މީހެއްކަން އެންމެންނަށް ދައްކަން. އިޝް އެހުރިހާ ކަމެއް ބަދަލު ވެއްޖެ. އަހަންނަށް ވިސްނިއްޖެ ލޮތްބަކީ ކޯޗެއްކަން. އިނގޭ މިހާރު އިޝްއަށް އުނދަގޫ ވާނެކަން މަށަަށް ޓްރަސްޓު ކުރަން. އެކަމު އިޝް އަހަންނަށް އިޝްދެކެ ވަރަށް ލޯބި ވެވިއްޖެ ވަރަށް ބޮޑަށް. އެއްޗެއްގެ އަގު ވިސްނޭނީ އެ ބީވެގެން ދިޔުމުންނޭ މީހުން ބުނާ އަޑު އަހަރެން އެހިން. މިހާރު އެއީ ހަގީގަތެއްކަން އަހަންނަށް ވިސްނިއްޖެ. އިޝް އައި ލަވް ޔޫ. ވިލް ޔޫ ބީ މައި ގާލްފްރެންޑް؟”

ނުނިމޭ

 

 

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

މާޒީގެ ހިތި ޞަފްޙާ…

Next

ހިތް މަގޭ ދެވިއްޖޭ

Next
July 29, 2018

ހިތް މަގޭ ދެވިއްޖޭ

Previews
July 28, 2018

މާޒީގެ ހިތި ޞަފްޙާ…

8 Comments!

  1. Kiyara says:
    July 28, 2018 at 4:38 pm

    Slm hurihaa kudhin. Miothy mi vaahakaige 22 vana part. Mi bai ves hurihaa kudhinnah kamudhaanekamah ummedhu kuran. Kury bai thakah comment kuri hurihaa kudhinnah ves varah bodah shukuriyya alhugandah dhehvva supportah. Alhugandu busy kamun comments thakaha reply nukureveythy kiyuntheringe kibain maafah edhen.

  2. eekko says:
    July 28, 2018 at 4:53 pm

    V rythi..Whn nxt

  3. Haxoo says:
    July 28, 2018 at 5:10 pm

    Ohhh my boyfrnd ahusam is like that
    But eynage manma dhimaa kuraanee eyna yaa
    N Whn is next part ….. mihaaru mihuree mi vaahaka kiyaa hithun kemadhuvefaaa pls upload it faster and story is very nice
    Keep it up and rise like a star in middle of the sky kiyara ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. Baby girl ❤ says:
    July 28, 2018 at 6:58 pm

    Vrh vrh reethi when next part.curiously waiting waiting

  5. Twinkle? says:
    July 28, 2018 at 7:34 pm

    OMG… kykeybaa ishma bunaany???curiously waiting for the nxt part… stry hama habeys masha allah???

  6. Akuu says:
    July 28, 2018 at 9:01 pm

    ??? adhi vx hewey eba… Ahusam ah eoh V gotheh dh w?????.. btw vrh rythi waahaka..❤️❤️❤️

  7. shai says:
    July 28, 2018 at 10:37 pm

    varah reethi vaahaka …….
    when next part ..
    waiting

  8. naash says:
    July 29, 2018 at 9:14 am

    maasha allah mioh stry eh ge furihama kamaae…. alhey ishma ky k baa bunaany curiously witng 4 nxt part….. keep it up dear

Comments are closed.


All Right Reserved!