މާލޭގެ ތަނަވަސް ބޮޑު ގެއެއްގެ ގޭޓު ކުރިމައްޗަށް ރަތްކުލައިގެ ފެރާރީ ކާރެއް މަޑުކޮށްލިއެވެ. ގޭޓު ބަލަހައްޓަން ތިބި ދެ ސެކިއުރިޓީން ގޭޓު ހުޅުވުމާއިއެކު ކާރު މަޑުމަޑުން ވޯކްވޭއިން ދުއްވާލައިފައި ގޮސް ގޭގެ ބޮޑު ގަރާޖުތެރެއަށް ވަނެވެ. ކާރު ޕާކްކޮށްފައި ޑްރައިވަރަކަށް އިން މީހާ ކާރުތެރެއިން ނުކުމެ ޕެސެންޖަރ ސީޓުގެ ދޮރުފަތް ހުޅުވައިލިއެވެ. އެއާއިއެކު ކާރުތެރެއިން ފޭބީ އެކާވީސް އަހަރުގެ ޒުވާނެކެވެ. ރީތިކަމުގެ ހުރިހާ ސިފައެއް މިލްކުކޮށްލައިގެން ހުރި ފުރިހަމަ ޒުވާނެކެވެ. ކަޅުކަންގަދަ ބުމައެއް ލިބިފައިވީއިރު އެންމެ އަޅައިގަންނަނީ […]
“އޭނާ ދަންނަންތަ؟” ރިފާ ކުރި ސުވާލުގެ ސަބަބުން އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. ރިފާގެ މޫނަށް ވެރިވި ކުލަވަރުންނާއި، އެ އަޑުގައިވާ ހާސްކަމުން، އެމީހާ އެއީ އާދައިގެ މީހެއް ނޫންކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. ރިފާގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ސުވާލު އުފެދިފައެވެ. ********************** “ޝަބާ؟… އޭނާ ދަންނަންހޭ؟…” ރިފާ ދެވަނަ ފަހަރަށްވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. “ނޫން… ނުދަންނަން… ނޭންގެ އެއީ ކާކުކަމެއް…” އަހަރެން […]
އަޒްހަދުގެ ވާހަކަތަކަށް ރައްދެއްނުދީ އިންނަމަވެސް ނަފީސާގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފާޅުވާން ހުއްޓެވެ. ދިމްނާ އަވަސް އަވަސްކޮށްލައިގެން ނުކުތީ އޭނާ އިނުމުން އެމައްސަލަ އިތުރަށް ހޫނުވެދާނެތީއެވެ. ހުކުރުން ފައިބައިގެން ކާރުގައި ގޭގެ ދޮރުމަތީގައި ވިޝާލް މަޑުކޮށްލައިގެން އިނީ އަންހެނުންނާއި ދަރިފުޅުގެ އިންތިޒާރުގައެވެ. ލަސްތަކެއްނުވެ އެދެމައިން ނިކުންތަން ފެނި ވިޝާލްގެ ތުންފަތަށް ހިނިތުންވުމެެއްވެރިވިއެވެ. ވިޝާލް ކާރުން ފޭބުމަށްފަހު އޭނަގެ ގާތުގައި އައިސް ހުއްޓިލި ރާޔާ އުރާލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރުވާ ސީޓް ބެލްޓް އަޅުވާލަދިނެވެ. ރިއާޝާ […]
ލޫޝާ. ވަރަށް ރީތިނަމެއް. ” ޒުލޭޙާ އުފާވެރި ރާގެއްގައި ބުންޏެވެ. ” ކޮބާ ރަޝީދާ؟” ހަލީމް ރަޝީދާ ފެންނަން ނެތުމުން އަހާލިއެވެ. ” ރަޝީދާވީ ބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ. ” ޒުލޭޙާ ބުންޏެވެ. ” އެހެންތަ؟ ” ހަލީމް ބުނެލިއެވެ. އަދި ޒުލޭޙާގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލިއެވެ. ” ކާފަގެ ހުރިހާ ހުވަފެނެއް. މިދަރިފުޅުގެ ބައްޕަ ވެއްޔާ މޮޑެލާފި. މިދަރިފުޅުވެސް ބޮޑުވެގެން ޝަކުވާ ކުރާނެ. ގޯސްވާނީ މިމުސްކުޅިކާފަ އާއި މާމަ. ” ހަލީމް […]
އާކިފްގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު ހަފްޒާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އިކާން އާއި މަލްހާގެ ގުޅުމުގެ ކަންކަން ނޭނގިތިބެ އެދެމީހުން ދަނީ އެދެކުދިންނަށްޓަކައި އެތައް ހުވަފެންތަކެެއް ދެކެމުންނެވެ. އެތައް އުއްމީދުތަކެއް ކުރަމުންނެވެ. ސައިބޮއެގެން ކޮޓަރިއަށް ވަން ގޮތަށް ނިކުންނަ ހިތްނުވެފައި ޔަނާލް ކޮޓަރީގައި މަޑުކުރިއެވެ. އިޝާ ނަމާދަށްފަހުވެސް ޔަނާލް ކޮޓަރިން ނުކުންނަ ޚިޔާލެއްނުކުރިއެވެ. މުޅި ދުވަހުވެސް އުޅެންޖެހުނު ބުރަކަމާއެކު އޭނަގެ ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ވަރުބަލިކަމެވެ. މިއަދު ކަންތައް ދިމާވީ ގޮތުން މާޒީގެ ބައެއް ޚިޔާލުތަކުން އަދިވެސް […]
” ޑެޑީ… ” އެތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ސިޓިންރޫމު ސޯފާގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އެޒުވާނާ ފެނިފާ ގޮވާލިއެވެ. އެއަޑަށް އިސްއުފުލާ ބަލައިލި ވިޝާލް ނުހަނު ބޮޑަށް ހިނިތުންވެލަމުން ތިރިވެލާ ދެއަތް ފުޅާކޮށްލިއެވެ. އެއާއެކު އެއަންހެން ކުއްޖާ ދުވެފައި ގޮސް ވިޝާލްގެ ކަރުގައި ދެއަތް ވަށާލިއެވެ. ނުހަނު ލޯތްބާއެކު ވިޝާލް އެއަންހެން ކުއްޖާގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ”ޑެޑީގެ ޕްރިންސަސް… ޑެޑީ ވަރަށް […]
ހިތްމަގޭ އެ ލަފުޒުގެ އަޑު އެހުމަށް ވަނީ ކެތް މަދުވެފާ. ހިތް އެދޭ ލޯތްބާއި އުފާ ވީ އެލަފްޒާ ގުޅުވިފާ. ******************************************* މުޅިކާއިނާތުވަނީ ނިދާމަރުވެފައެވެ. ހަމަހިމޭންކަން ވަނީ ހިސާބު ގަނޑަށް ވެރިވެފައެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. އިރުއިރު ކޮޅާ ކާޅުގޮވާލާއަޑު އިވިލައެވެ. ކުއްލިޔަކަށް ފުރާޅުމަތިން ބުޅާ ކޯޅިގަތް އަޑު އިވިގެން ދިޔައެވެ. މެދުއުމުރަށް ދާ ސަކީނާ ސިއްސައިގެން ދިޔައެވެ. އެވަގުތު ރަޝީދާ އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ސިއްސައިގެން ގޮސްފައި ސަކީނާގެ އަތުގައި ހިފިއެވެ. ސަކީނާ […]
ޔަނާލްގެ އަމަލުތައް ހުންނަ ގޮތުން އޭނަގެ ހަޔާތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިކާންއަށް ގަބޫލުކުރެވުނެވެ. މިފަދަ އެތައް ކަންތައްތަކެއް އިކާންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އޭނަގެ ލޮލަށް ނިދި ސަވާރުވީވެސް އެވިސްނުންތަކުގައި އޮތްވައެވެ. ރޭގައި ލަހުން ނިދުމުގެ ސަބަބުން ހަތެއް ޖަހާއިރަށް ފޯނު އެލާމްކުރުމަށްފަހު ޔަނާލް ފަތިސް ނަމާދުކޮށްލައިގެން ކުޑަ ވަގުތުކޮޅަކު ނިދާލުމަށް އޮށޯވެލިއެވެ. ގަޑިން ހަތެއް ޖެހުމާއެކު އިވިގެންދިޔަ އެލާމްގެ އަޑާއެކު ޔަނާލްއަށް ނިދިން ހޭލެވުނެވެ. ކަންނެތްކަމާއި ވަރުބަލިކަން އިހުސާސްވި ނަމަވެސް މިއަދުވެސް ބުރަ ދުވަހަކަށް […]
“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗަރއެއްގައި ގެންދަމުން ދިޔަ އޭނާގެ މަންމަ ފެނިފައެވެ. އެ ލޮބުވެތި މޫނުގައި އެތައް ކޫރުންތަކެއް އެޅިފައިވީ އިރު ދިރިހުރި ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ މަަންމަ ގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި އޭނާގެ ބައްޕައާއި ބޭބެގެ އިތުރުން ފަހަރިވެސް ގެން ދިޔައީ އޭނާގެ ލޯކުރިމަތީގައެވެ. ހަމައެއާއި އެކު ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތުގައި އޮތް ތަން ފެނި މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން […]