……

“ތީ އަޒުރާއްތަގެ ދަރި..ދަރިފުޅުތަ؟” ކުރިމަތީގައި ހުރި ޒުވާނާއަށް ބަލާލަމުން ނުތަނަވަސްވެ ހުރެ އަރިޔާ އަހާލިއެވެ. އެޒުވާނާ ޖަވާބުގައި ބޯ ޖަހާލިއެވެ. އެޒުވާނާ ކުރަން އުޅުނު ސުވާލު އަރިޔާއަށް އިހުސާސްކޮށްލެވުމާއެކު އަރިޔާ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.

……

އީތާން އެހެން ބުނެލި އެއްޗަކުން އަރިޔާ ކޮށިއެރިއެވެ. “ތީ ދޮގެއް” އަރިޔާ އެކަމާ ދެކޮޅުހެދިއެވެ. އެވަގުތު އަރިޔާ ސިކުނޑިއަށް ކަމެއް ނަގާގަނެވުނެވެ. ވޭތުވެދިޔަ މި ދެހަފްތާތެރޭގައި ޑޮކްޓަރ ވިވިއަން އޭނާ އަށް ނުގުޅާ ސަބަބު އޭނާ އަށް އެނގުނެވެ. އެވަގުތު އަރިޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފޭބިއެވެ. ދެފައިން ވާގިނެތިގެން އޭނާ ވެއްޓެން ދިޔައެވެ. އީތާން އަވަސް އަވަހަށް އަރިޔާ ހިފެހެއްޓިއެވެ. އަރިޔާ އަނގަމަތީއަތް އަޅާގެން ހުރި އިރު އީތާން އަށް އަރިޔާގެ ގިސްލުމުގެ އަޑުއިވުނެވެ.

…….

“ފްރޮމް ޓުޑޭ އޮންވާޑްސް ޔޫ އާރ މައި ޕާރސަނަލް އެސިސްޓެންޓް” އީތާން ހީލަމުން ކުރިމަތީގައި ހުރި އަރިޔާ އަށް ބަލާލިއެވެ.”ވަޓް؟؟”

…….

އަރިޔާ އަށް ކެތްނުކުރެވުނެވެ. އަތްމުއްކަވާލަމަށް ފަހު އަވަސް ހިނގުމެއްގައި ގޮސް އަމީރާގެ ކުރިމައްޗަށް އެރިއެވެ. ހިނިންވެލުމަށްފަހު އަމީިރާގެ މޫނުމަތީގައި އަތުގައި ހުރި ބާރެއްލާފައި ޖެހިއެވެ.

……..

“އެއީ އަލްވާ އެއްނޫން އެއީ އަހަރެން”

…….

ވަރަށް އަވަހަށް އަންނާނީ…. އިންތިޒާރުކޮށްލައްވާ

20

1 Comment

  1. shudhr;!?

    December 1, 2018 at 10:00 pm

    Waiting….hope reethi vaane kamah..??

Comments are closed.