
“ޔެސް…” ދަތް ޖައްސާލަމުން އަލިޝްކާގެ ކަންފަތް ބުޑުގައި އަވްޔަން ބުނެލިއެވެ. އަލިޝްކާ ދެލޯ ކުޑަކޮށްލަމުން އަވްޔަންއަށް ބަލާލީ ކޭކުފޮތި އަތަށް ނަގައިގެން ހުރެއެވެ. “ޔެސްއޭ..ކޮންކަމަކަށްބާ..” އަވްޔަންގެ އަނގަޔަށް ކޭކުފޮތިލައިދިން އަލިޝްކާގެ ހިތުގައި ސުވާލު އުފެދުނެވެ. މަންޒަރު ބަލަން އެންމެން ތިބީ ހިމޭންވެފައެވެ. ހިނިގަނޑު ހިފާއްޓާލައިގެންނެވެ.
“ސުވާލު ކުރީމެއްނު..މަ މިދިނީ ޖަވާބު..” ކޭކު ކައިނިންމާފައި އަވްޔަން މަސަތްކަތް ކުރީ ވާހަކަ ދަށްކާށެވެ. ނާއިލް ނިއްކުރި މަތީގައި ޖަހާލިއެވެ. “ހަމަ އެއަށްވުރެ ރީއްޗަށް ބުނަން ނޭނގުނު ބާ..” ސައިފްވެސް ހުރީ އަނގަނޑު ޗޭވެފައެވެ. ސައިފްގެ ކޮނޑުގައި ޖަހާލަމުން ނާއިލްވެސް އެ ވާހަކަތާކާ އެއްބަސްވިއެވެ.
“ކޮންއިރަކު ސުވާލުކުރީ..” އަލިޝްކާ ހުރީ ވާނުވާގައެވެ. އަވްޔަން ބޯ ކަހާލިއެވެ. “އަވްޔަނާ ހަމަ އެއަށްވުރެ ރީއްޗަކަށް ނުބުނެވުނުތަ..” އޭނާގެ ހިތް އޭނާއާ ދިމާލަށް ހަޅޭއްލަވައިގަތް ކަހަލައެވެ. “ޕްރޮޕޯސަލް..” އަވްޔަން ބުނެލިއެވެ. އަލިޝްކާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް އެއްޗެއް ބުނެވުމުގެ ކުރިން އަވްޔަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ޕްރޮޕޯސަލްއަށް ދޭ ޖަވާބު މި ބުނީ…” އޭނާގެ ވާހަކަ ރަނގަޅަށް ނުނިމެނީސް ދެކޮލަށް ރަތް އަރަން ފެށިއެެވެ. މާހައުލުގެ އަނދިރިކަމަކީ މިވަގުތު އޭނާގެ ނަސީބުަ ކަންނޭނގެއެވެ. “ކޮބާ..ޖަވާބަކީ..” މޫނު އަރިކޮށްލަމުން އަލިޝްކާ އެއްސެވެ. އެ ދެމީހުން ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުންކަމުން އަޑު އިވޭ ހިސާބުގައި ތިބި އެންމެން ފިޔަވާ އަނެއްބައި މީހުން ކާ ތަށިތަކަށް ކޭކު އަޅައިގެން ކާން ފަށާއިފިއެވެ.
“ޔެސްއޭ މި ބުނީނު މޮޔަޔާ..” އަވްޔަން އަލިޝްކާގެ ނޭފަތުގައި ހިފައި ދަމައިގަތެވެ. ހިނިގަނޑެއް ޖަހާލަމުން އަލިޝްކާ އަވްޔަންގެ ބަނޑުގައި ގޮށް މުށެއް ޖަހާލިއެވެ. ބަރު ހެދުމަކާ އެކު ނަމަވެސް އަވްޔަން އުނަގަނޑުގައި ދެފައި އަޅުވާލިއެވެ. ތުންފަތް ޖައްސާލުމުންގެ ބަދަލުގައި އެ ދެ ޒުވާނުން ނޭފަތް ޖައްސާލަމުން އެމީހުންގެ ސަގާފީ ގޮތަށް ދެފަރާތަށް ހާކާލިއެވެ. “އައި މެން އެވީ ކަޕަލްއަކަށް ދޯ..” ތުންފަތް އޫކޮށްލަމުން އަލިޝްކާ ބުނެލިއެވެ. އެނާގެ އަތުގައި އޮތް ކޭކުފޮތި އަވްޔަންއަށް ކައިރިކުރަން ހެދުމުން އަވްޔަން އެއެތިކޮޅު ދުރުކުރީއެވެ. “އާން..އެހެންދޯ އެވީ..” އެއްމިޔަކުން އަވްޔަން ހީލިއެވެ. އޭނާގެ މޫނު އަރިއަކަށް ޖައްސާލީ ކޭކުފޮތިން ސަލާމަތް ވާށެވެ. “އެކަމަކު ހާދަ އަވަހަކަށޭ ޖަވާބު ތިދިނީ..މަ މިހާރު ޕްރޮޕޯސް ކުރިތާ އަހަރެއް ވީ؟.” އަވްޔަންގެ ކޮނޑުގައި އަތް އަޅުވާލަމުން އަލިޝްކާ ސަމާސަ ކޮށްލިއެވެ
“ބުނީމެއްނު އިންތިޒާރުކުރާނަމޭ…” އަވްޔަން ބުމަ އަރުވާލިއެވެ. “ދެން ރިޔާޝާޔޯ” އަލިޝްކާގެ މޫނުމަތިން މާ އުފާވެރި ކުލަވަރެއް ނުފެނުނެވެ. “މަރުވެފަ އޮތް މީހަކު ދެން އަލުން ނާންނާނެއެއްނު..އެހެންނޫނަސް މަ ވެސް މާދަން ލޯމަރާލަން ޖެހުމުގެ ކުރިން ލިބިފަ މިއޮތް ކުޑަދުވަސްކޮޅުގެ ބޭނުން ހިފަންޖެހޭނެއެއްނު” އަވްޔަން ބޯ ކާހާލަމުން ތަންކޮޅެއް ކުރިން އަލިޝްކާ އޭނާ ގާތު ބުނި ވާހަކަ ހަނދާން ކޮށްދިނެވެ. އަލިޝްކާ ހިނިތުންވެލިއެވެ. ދޮގެއް ވާ ނޫނެވެ. އަވްޔަން ގާތު އެހުރިހާ ވާހަކައެއް ބުނީވެސް ހަމަ އޭނާއެވެ. “ލަވް ޔޫ..” ބައްތިރީސް ދަތްޕިލަ ދައްކާލަމުން އަލިޝްކާ ބުނެލިއެވެ. “ވަވް މޯރ..” އަވްޔަންގެ ވާހަކައިން އަލިޝްކާ ދެބުމަ ކައިރިކޮށްލިއެވެ. “ހަމަ މަ ބުނި ގޮތަށް ބުނަންޖެހޭނީ..ލަ..ވް..ޔޫ” އޭނާ އަމުރުކޮށްލިއެވެ. “ނޮޕް..އަމުރުކުރުމަކީ ހޯހޯ ކަމެއް…އަވްޔަން ރޫލްސް..” އަވްޔަން ހުރީ ގޮތުގައެވެ. “ލަވް” އެބަސް ބޭނުންކުރަން ކިތަންމެ ބޭނުންވިޔަސް އަލިޝްކާ ރުޅި އެރުވުމަކީ މާ މުހިންމު ކަމެއް ނޫންހެއްޔެވެ.
“އެވް ރީ ބަޑީ…ދެހާސް އަށާރަ ވަނަ އަހަރުގެ ޑިސެންމްބަރު ބާރަވަނަ ދުވަހުގެ ބާރަގަޑި ސުމިނެޓު..” މައިކް އަނގަޔާ ކައިރިކޮށްލަމުން ޏާއިލް ބުނެލި އަޑަށް އެންމެންގެ ސަމާލުކަން ހުއްޓުނީ އޭނާއަށެވެ. “އިންޓްރޮޑިއުސިން..ބިލްބޯ ކަޕަލް..ބަރަބޯ އަލިޝްކާ އެން ބިލިމަގު އަވްޔަން” ސައިފް ނާއިލް އަތުން މައިކް އަތުލުމަށްފަހު ހަޅޭއްލަވައިގަތެވެ. އެންމެންވެސް އެއްއަޑަކުންނެވެ. ތަށިތަށް ތެޅޭ އަޑާ ޖެހޭ އަޑުގެ އިތުރަށް ހުނުމުގެ އަޑާއި ޕާރޓީ ޕޮޕާރސްގެ އަޑު ގޭތެރޭގެ ހިމޭންކަން ނަގާލިއެވެ.
އަވްޔަންގެ މޫނުގައި ކޭކު އުނގުޅުމަށް އަލިޝްކާ މަސަތްކަތް ކުރަމުން ދިޔައިރު އުނގުޅާ ނިންމާލާއިރަށް އަވްޔަން އެނާގެ މޫނުގައި ހުންނަ ކޭކުކޮޅު އަލިޝްކާގެ މޫނުގައި އުނގުޅައެވެ. ކާއެއްޗެހި ކެއުމުގެ ބަދަލުގައި އެންމެންވެސް މަސަތްކަތް ކުރީ އެ އެއްޗެހި ފެންވެރޭތޯއެވެ. އެކި ކުލަކުލައިގެ އަލިތަކުން މުޅި ގޭތެރެ އަލިވެފައިވާއިރު އެންމެން ސަކަރާތް ޖެހުނު އެންމެ މަތީދަރަޖަޔަށް ޖަހަމުން ދިޔައީ މާދަމާއެއް ނާންނާނޭ ބުނާ އުސޫލުންނެވެ. ވަގުތު ބޭނުން ހިފަމުންނެވެ. އަވްޔަން ފަހައި ކޭކު އުނގުޅަށް ދުވަމުން ދިޔަ އަލިޝްކާ ހިމޭންވީ ސޯފާ މަތީގައި ހުރެ މައިކުން ނާއިލް ގޮވާލިއަޑަށެވެ. “އޭ ސައްޕޭ ލަވައެއް ޖަހާބަލަ..” އަލިޝްކާ އޭނާގެ މަސަތްކަތާއެކު ކުރިއަށް ދިޔައީ ގޭގެ އެއްކަނުގައި ހުރެފައި އަނެއްކަނުގައި ހުރި ސައިފްއަށް ނާއިލް ގޮވިކަން ޔަގީންވުމުންނެވެ.
“އޯކޭ..” ސައިފް އޭނާގެ ޕްލޭލިސްޓް ހާވަން ފެށިއެވެ. އޭނާއަށް އޮޅިގެން ފިއްތާލެވުނު ލަވަ މުޅި ތާނގައި ގުގުމަން ފެށިއެވެ. “ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތަށް އާކުރަނީ..އައުދާނަ އިތުރު އަބްތޯލުންނާ ޒިކުރާގެ މަލުން މި ވެދުން ކުރަނީ..” އަވްޔަންއާއި އަލިޝްކާ މޫނަށް ވައްތަރު ޖައްސާލިއެވެ. އެންމެން ހައިރާންވިއެވެ. މީދެން މިކަހަލަ ތަނެއްގެ ޖަހާ ލަވަ ހެއްޔެވެ. “ކަލޭ ދެން މީ ކޯއްޗެއް..ތަންކޮޅެއް މާހައުލާ ގުޅޭ އެއްޗެއް ޖަހާބެ..” ދުވެފައި ދިޔަ ނާއިލް ސައިފް އަތުން ފޯނު އަތުލާ އެ ލަވަ ނިވާލިއެވެ. އޭނާ ދެން ޖަހާލި ޕޮޕް ލަވައިގެ އަޑަށް އެންމެން އުތުރި އަރައިގަތެވެ. ކުޑަކުދިންތަށް ހެމުން ހެމުން ދުވަންފެށިއެވެ.
ޖޫސް ތަށި ބޯން ހުރި އަވްޔަންގެ ކޮނޑުމަތިން އަތެއް ނުކުތެވެ. ކުޑަ ހަރަކާތަކާއެކު އެ އަތް އަވްޔަންގެ އަތުތެރޭ ހައްޔަރުކޮށްފައިވާ ޖޫސްތަށި ދަމައިގަންނަމުން މޭޒު މަތީގައި ބަހައްޓާލިއެވެ. އަވްޔަން ފަސް އެނބުރި ބަލާލިއެވެ. ކަންވީ ހަމަ އޭނާ ހީކުރި ގޮތަށެވެ. ތުންގަނޑޫ އޫކޮށްގެން ހުރި އަލިޝްކާއަށް ބަލާލަމުން އޭނާ ވައްތަރު ޖައްސާލިއެވެ. “ރިންގަ ރިންގަ ރޯސަސް..” އަވްޔަންގެ ދެއަތުގައި ހިފާއްޓާލަމުން އަލިޝްކާ އެނބުރެންފެށިއެވެ. ކިތަންމެ ނިދިއައިސްފާ ހުއްޓަސް އަވްޔަން އެނބުރެން ފެށުމުން އޭނާއަށް އެކަން މަޖާވިއެވެ. މުޅި މާހައުލުވެސް އެމީހުންނާއެކީ އެނބުރުނު ކަހަލައެވެ. އެނބުރުން އަރައިގެން ދެމީހުން އެކީގައި ސޯފާއަށް ވެއްޓުުމުގެ ކުރިން ހުނުމުގެ އަޑު ކެނޑިނޭޅި އުވުނެވެ.
އަވްޔަންގެ ގައިމަތީގައި އޮތް އަލިޝްކާގެ އޭނާގެ ކަށި އިނގިލިން އަވްޔަންގެ މޫނުމަތިން ފެންނަމުން ދިޔަ ހުރިހާ ގުނަވަނެއްގައި އަތް ޖެއްސިއެވެ. “އޭ ބަލަގަ ކީއްތިކުރަނީ..” ސުވާލު މާކު ޖެހިފައި އޮތް އަވްޔަން އެއްސެވެ. “އަވޫވޫގެ މޫނު އެކްސްޕްލޯރ ކުރާނީ..ކީއްވެ އެހާ ލޯބޮޑީ؟ އަނގަވެސް އެހާ ބޮޑުވީމަ ދޯ ޖެއްސުން ކުރަނީ.؟” އަލިޝްކާވެސް ކޮށްލީ ސުވާލެކެވެ. ދެފަރާތުގައި ހިފައި އަވްޔަން އަނގަ އަލިޝްކާ ހުޅުވާލިއެވެ. “އާން ހަމަ ރަނގަޅަށް ތިބުނީ..ދެން ބަރަބޯމެން ކަހަލަ ކުދިން ކުރިމަތީގަ އަބަދު އުޅެންޏާ ކާހިތުންވެސް އަނގަ ހުޅުވާނެދޯ” އަވްޔަން ބުނެލީ ޖެއްސުމަށެވެ. އަނގަ ދެފަރާތަށް ފޭވެފައި ހުރުމުން އޭނާއަށް ވާހަކަ ދައްކަން އުނދަގޫވިއެެވެ. އަލިޝްކާ އޭނާގެ ނޭފަތުގައި ވިކާލިއެވެ.
އަވަގުތު ވެގެން ދިޔައީ ބައުޖަހާފައި އަމްރު އަލިޝްކާ ބުރަކަށި މައްޗަށް އެރި ވަގުތެވެ. ތަނެއް ދޮރެއް ނޭނގިހުރެ އެ ސޮރު ވަރަށް ހަމަޖެހިލައިގެން އިށީނދެލީ އަލިޝްކާގެ ބޯ މަތީގައެވެ. “އާއާ..” ހަޅޭއްލަވައިގަތް އަލިޝްކާ އަޑު ކެނޑުނީ އަވްޔަންގެ މޫނާ އޭނާ މޫނާ ޖެހި ޗިސްވުމުންނެވެ. “އާމާ..”އަލިޝްކާގެ ނިއްކުރި އޮތީ އަވްޔަންގެ ނޭފަތް މަތީގައި ކަމުން އޭނާއަށް ނޭވާ ލާން އުނދަގޫވިއެވެ. އަލިޝްކާގެ އިސްތަށިތަށް ނޭފަތަށް ވަންނަން ފެށުމުން ކެއްސައިގަންނަން ބޭނުންވިއވެ.
“ސުއްބޫހު..ހޯހޯހޯ..ދަރިފުޅޫ..ކީއްތިކުރަނީ..” ސޯފާ މަތީގައި ހިނގަމުން ދާ ކާރީސާ ފެނުމުން ދުވެފައި އަޝްފާއައެވެ. އޭނާ އަމްރު އުރަށް ޖަހާލިއެވެ. އެކުއްޖާފުޅު ހީހީފައި ހަމަ އަތްޖަހަނީއެވެ. ހީވަނީ އޭނާއަށް މާ މޮޅު ކަމެއް ކުރެވުނު ހެންނެވެ. އަލިޝްކާގެ ސޯފާގައި ތެދުވެ އިށީނދެލިތާ ސިކުންތުކޮޅެއްވެސް ހަމަ ނުވަނީސް އަވްޔަން އިށީނދެ ކެއްސަން ފެށިއެވެ. “ތި މީހުން ތަންކޮޅެއް އަވަހަށް މެރީކުރަން ފެނޭ..އެހެންނޫނީ ތަންކޮޅެއް ބޮޑެތި ކާރިސާތަށް ހިނގާފާނެ މިތާނގަ..” ހިނިގަނޑެއް ޖަހާލަމުން އަޝްފާ ހިނގައިގަތީ އަވްޔަންގެ ބޯ ހާވާނުލާ ކެތްނުވުުމުން އެވެސް ހާވާފައެވެ. “ދޮންތަވެސް ތަންކޮޅެއް ގިނައިން ދޮންތަބެޔާ އެކީ ކާރިސާތަށް ހިނގާފަ އަމްރު ކަހަލަ ބައިވަރު ކުދިން ހޯދަން ފެނޭ..” ކެއްސުންގަނޑު މަތަ ކުރަމުން އަވްޔަން ބުނެލިއެވެ. އަޝްފާ މޭޒު ކައިރިއަށް ދިޔައީ އަވްޔަންއާ ދިމާލަށް ބާލިހެއް އެއްލާފައެވެ.
“ޗިލް ޑޭޑީ..” އަވްޔަން ބުރަކަށީގައި އަލިޝްކާ ތަޅާލަމުން ބުނެލި އަތީގެ ސަބަބުން އަވްޔަންގެ ނޭވާވެސް ހުއްޓުނު ކަހަލައެވެ. ތުންފަތް އެއް އަރިއަކުން ހިއްލާލާފައި އަވްޔަން އަލިޝްކާޔަށް ބަލާލީ ފަކުރު އެއްޗަކަށް ބާލާ ގޮތަށެވެ. ބަރަބޯ ސެލެޑަށް ބަލާ ގޮތަށެވެ. “އައްޗީޑި އެހެން ނުކިޔާ..” އަވްޔަން ފަކުރުގަތެވެ. އަދި އަލަށް މީހަކު އޭނާޔާ ދިމާލަށް ގޮވި އެއްޗަކަށް ވުމުންނެވެ. އަލިޝްކާ ބުމަ އަރުވާލިއެވެ. “އެކީއްވެޔޯ އެންމެންވެސް ކިޔާނެ އެހެން..” އަލިޝްކާ ބުނެލިއެވެ. “ނުކިޔާނެ އެންމެންނެއް ބަރަބޯ އެކަނި..ދެން އިޔޫ..މަމީ ބަފައެއް ނޫނޭ..” އަވްޔަން ބޯ ކަހާލިއެވެ. އޭނާ ހިސާބަަކަށް ލަދުވެސް ގަތެވެ. “ނޯ ހުރިހާ އެންމެންވެސް ބޯއިފްރެންޑްސްއަށް ކިޔާނެ އެހެން..” އަލިޝްކާ ހުރީ ވަރަށްވެފައެވެ. އަވްޔަންގާތަށް ހިނިއައެވެ.
“މަމީ ބޯއިފްރެންޑްތަ..” ނޭނގޭ ކަމަށް ހަދާލަމުން އަވްޔަން ބުންޏެވެ. “އާން މަގޭ އެއްނު..” އޭނާގެ އަުޅަނބޮށީގައި އަލިޝްކާ އޮޅިލައިގަތެވެ. “އޯކޭ މަގޭ ހުރޭ ބައިވަރު ބޯއިފްރެންޑްސް..ސައްޕެޔާ ނާލުވެސް…ގޮވަންތަ އޭގެން މީހަކަށް..” ދުރުގައި ހުރި ސައިފްއަށް އިޝާރާތްކުރަމުން އަވްޔަން އެއްސެވެ. އަލިޝްކާގެ ޖަވާބަކަށް އޭނާ އިންތިޒާރެއް ނުކުރިއެވެ. “ސައްޕޭ…ހޭ ޑެޑީ..” ސައިފްއަށް ހަނާއަޅާލަމުން އަވްޔަން ހަޅޭއްލަވައިގަތެވެ. ސައިފްއާއި އޭނާގެ އަންހެނުންނަށް ވެސްވީ އަވްޔަންއަށް ވީވަރެވެ. އެމީހުންގެ މޫނުމަތީ ކުލަަވަރު އަލިޝްކާޔަށް އަވްޔަން ދައްކާލިއެވެ. އަލިޝްކާ ކަޑަވިއެވެ. އޭނާޔަށް ކުރަން އިނގުނު ހަމައެކަނި ކަމަކީ ސޯފާމަތީގައި އޮތް ބާލިހުން އަޝްފާ ޖެހިހެން އަވްޔަންގެ ގައިގައި ޖެހުމެވެ.
އެކެއް ޖެހިއިރު ޕާރޓީ ނިމުމުން ކޮންމެ މީހަކުވެސް ނިދަން ހަމަޖެހިފައިވާ ތަންތަނަށް ދާންފެށިއެވެ. ބައެއް މީހުން ގެއިން ބޭރަށެވެ. އަނެއްބައި މީހުން ގޭގައި ހުރި ކޮޓަރި ތަކަށެވެ. ކޮންމެއަކަސް އެންމެންވެސް ތިބީ އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވުމުން ނިކަން ހިތްހަމަޖެހިފައެވެ.
** *** ** *** ** *** ** ***
ގޭމް ކުޅެން ހަމަޖެހިލައިގެން އިން އަވްޔަން އޭނާގެ އަތުކުރީ ގަޑިއަށް ބަލާލިއެވެ. ދޭއްޖަހަނީއެވެ. ހުސްގަޔާއެކު ސޯޓެއްލައިގެން އިން އިރު އެ ދޮން ހަށިގަނޑުގައްޔާއި އިސްތަށިގަނޑުގައި ވިދަމުން ދިޔަ ފެންތިކި މުތީތަކުން ދާދި ދެންމެއަކު ފެންވަރައިގެން އައިކަން ހާމަވެއެވެ. ނިދަން އުޅެފައިވެސް އަލިޝްކާ ތަންމަތި އަޅަން ފެށުމުން އޭނާ ނިކުމެލީއެވެ. އެހެންނަމަވެސް ޙިޔާލު ބަދަލުވުމުން ގޭމް ކުޅެން ފެށިއެވެ.
ގޭމުގެ މެދުތެރެއިން އަވްޔަންއަށް ދަތްތަށް ޖައްސާ ބާރުކޮށްލެވުުނެވެ. ލައްޕާފައިވާ އޭނާގެ ކޮޓަރިތެރެއިން އިވެންފެށި ތޫލި އަޑުގެ ސަބަބުންނެވެ. މޮޅު ގިޓަރިސްޓެއް ގިޓާ ޖަހަނީކަން ވަގުތުން ޔަގީންވިއެވެ. “ކުޅެން ނޭނގޭއިރުވެސް މީނަ..ގައިމު ތަންމަތި އަޅައިދޭން ވަތް މީހާއޭ..” ކުދިކިޔަމުން އަވްޔަން ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އެނދުމަތީގައި ހަމަޖެހިލައިގެން ގިޓާ ކުޅެން އިން އަލިޝްކާޔަށް އަސަރެއް ނެތް ގޮތަކަށް ބަލާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހެވިފައި އިން އަލިޝްކާ ފެނުމުން އޭނާއަށްވެސް ހީލެވުނެވެ. އެ ހިނިތުންވުން ދުވަހެއްގެ ކޮޅުންވެސް ފިލައިގެން ދާ ގޮތެއް މެދުވެރިނުކުރުމަށް އަވްޔަންއަށް ހުވާކުރެވުނު ފަދައެވެ.
“އާދޭ ދަސްކޮށްދޭން..” އަތުން އިޝާރާތްކުރަމުން އަލިޝްކާ ބުނެލިއެވެ. “މިހާރު އެހެރަ ދޭއް ޖަހަނީއެއްނު..މާދަން ދޯ ދެން..” އަވްޔަން ޖަވާބުދާރީވިއެވެ. ކިތަންމެ ބޭނުންވިނަމަވެސް މިކަހަލަ ގަޑިއެއްގައި ހިނގާފާނެ ކަމަކާމެދު ވިސްނާލެވުނީއެވެ. “ނޯނޯ ފަނަރަ މިނެޓޭ..” އަލިޝްކާ އާދޭސްކުރަން ފެށުމުން އަވްޔަން އެނދުގެ އެއްފަޅީގައި އިށީނދެލިއެވެ. ބޮޑު ގިޓަޔާއެކު އަލިޝްކާ އުފުލާލައިގެން ގެނެސް އަވްޔަން އުރުގައި ބައިންދާލިއެވެ. ޓީޗަރެއް ފަދައިން އޭނާ ގިޓާ ކުޅެއް ދަސްކޮށްދިނީ އަލިޝްކާ ހިމަ ލޯލި އިނގިލަށް އޭނާގެ އަތުން ހަރަކާތްކޮށްދެމުންނެވެ.
ފަނަރަ މިނެޓު ހޭދަވިއިރު އަލިޝްކާޔަށް ކިޔަވަދިނުންވީ ވަރަށް އުނދަގޫކަމަކަށެވެ. ދަސްކޮށްދޭ ގޮތް އެއްފަހަރު ހަދާލުމާއެކު ހަނދާންނެތެއެވެ. ދެން މޮޔައެއްހެން ދެއަތުން ނަރުތަކުގައި އުނގުޅަނީއެވެ. ފުންނޭވާއެއް ލަމުން އަވްޔަން ފަހަތަށް ބޯ އެއްލިއެވެ. އޭނާއަށް ކަޅި އަނބުރާލެވުނެވެ. “އައްޗި ކުއްޖެއްތީ..” ފަހަތުން އަލިޝްކާ މޮޑެގަންނަމުން އަވްޔަން އޭނާގެ އިސްތަށިގަނޑުގައި އަނގަ ޖެހިއެވެ. ޝޭމްޕޫ ރަހައެވެ. ނުބައެއް ނޫނެވެ. ބޮލުގައި ޝޭމްޕޫ ލާ ދުވަހެއް ވެއްޖެއްޔާ އޭނާއަށް އެ ނުބޮވޭ ދުވަހެއް މަދުވާނެއެވެ. “އައްޗީޑި މަ ޝޭމްޕޫއެއް ނުލަން މިއަދަކު..” އިސްތަށިގަނޑު ދޫކުރަން މަސަތްކަތް ކުރި އަލިޝްކާ ބުންޏެވެ.
“އާންް ދޯ ވަރަށް ނުަބައި ވަސްދުވާ..” ނޭފަތްތަށް ގޮތެއް ހަދާލާފައި އެކްޓް ކުރަން އަވްޔަން ވަރެއް ހަމަނެތެވެ. އަލިޝްކާ ތުންއަނބުރާލަމުން އެނދު ތެދުވެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް ފަހަތުން އަވްޔަން އޭނާގެ އަތުގައި ހިފާ ދަމާލިއެވެ. އަލިޝްކާ ފަސް އެނބުރި ބަލާލިއެވެ. ނިއްއަރުވާލިއެވެ. “ގުޑް ބާއި ކިސް..؟” އަވްޔަން އަހާލީ އޭނާގެ މޫނުމަތިން މައުސޫމްކަން ދައްކުވައިދެމުންނެެވެ. ކަންވީ ހީކުރި ގޮތާ ޙިލާފަށެވެ. “ފަލައިން ކިސް” އެ ރައްދުކޮށްލައިފައި ރެކިގަންނަމުން އަލިޝްކާ ކޮޓަރިން ނިކުތީއެވެ.
އެނދުގައި އޮށޯވެފައި ބޮކި ނިންވާލި އަވްޔަން ސީލިންގަށް ނަޒަރު ހުއްޓާލިއެވެ. މިއަދު ކަންހިނގައި ދިޔަ ގޮތާ މެދު ވިސްނާލެވުނެވެ. ހަގީގަތުގައިވެސް މިކުރެވުނީ ރަނގަޅުކަމެއްބާވައެވެ. ހަވާލުވެވުނީ ރައްކާތެރިކުރެވޭނެ ވަރު މީހަކާ ހެއްޔެވެ. އަލިޝްކާގެ ތުންފަތްމަތިން ހިނިތުންވުން ފިލުވާނުލާ ގެންގުޅެވޭނެބާއެވެ. އަތުތެރޭގައި އޮތް ބާލިން ބާއްވާލަމުން އަވްޔަން ނައިޓްސްޓޭންޑްގެ ވަތްގަނޑު ކަހާލިއެވެ. އޭގެތެރެއިން ނެގީ ފްރޭމަކަށް ލާފައިވާ އަންހެން ކުއްޖެއްގެ ފޮޓޯގަނޑެވެ. ކަޅު ޝޯލްއެއް އޮޅާފައިވާއިރު އެކުއްޖާގެ ދޮން މޫނު ފާޅުވީ ހަނދެއް ފަދައިންނެވެ.
ރަތް ކުލައިގެ އެ ދެތުންފަތަށް ބަލާލުމުން ކުރިއެކޭ އެއްފަދައިން މިއަދުވެސް އަވްޔަންގެ ހިތް ފެންބޮވައިގަން ކަހަލައެވެ. އަހަރަކަށް ފަހު އަނެއްކާވެސް އަވްޔަންގެ ހިތާ ސިކުނޑީގައި ގުގުމަންފެށީ އޭނާގެ އެންމެ ބޮޑު ބިރެވެ. އެންމެ ފޮޓޯގަނޑެއްގެ ސަަބަބުންނެވެ. ރިޔާޝާޔާ ގުޅުން ހުރި ހުރިހާ އެއްޗެއް އުކާލިއިރުވެސް މި ފޮޓޯގަނޑު އެއްލާލަން އޭނާގެ ހިތްހަމަ އެއްބަސްނުވީއެވެ. “މަށަށް މިކަން ވާނެދޯ..އައި ކެން ޕްރޮޓެކްޓް ހާރ..” އޭގައި އަތް ހާކާލަމުން އަވްޔަން ސުވާލުކޮށްލިއެވެ. ނަމަވެސް ދިރުމެއް ނެތް ފޮޓޯގަނޑަށް ދެވޭނީ ކޮން ޖަވާބެއް ހެއްޔެވެ. “އެކަމަކު ރިޔާޝާ ތީ ކާކު..މަ މިހުރިހާ އެއްޗެއް ކިޔައިދޭން..އައިމް ސޮރީ..” އަވްޔަންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ބީއްސާލީ އެ ފޮޓޮގަނޑުގައެވެ. އަވްޔަން ނޭފަތް ދަމާލަމުން އަނގަ މަތީ އަތް އަޅާލީ މާހައުލުގެ ހިމޭންކަމުގެ ސަބަބުން އެ އަޑު އަލިޝްކާޔާ ހިސާބަށް ފޯރަން ނޭދޭތީއެވެ.
އަވްޔަންގެ އަޑެއް ބަޑެއް ނީވުމުން އަލިޝްކާގެ ލޮލަށް ހަމަ ހިލާ ނިދި އައި ކަމަކަށް ނުވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ކަންފަތުގައި މަޑު ގިސްލުމެއްގެ އަޑު ގުގުމާލިއެވެ. “އަވޫވޫ..” އަލިޝްކާ ގޮވާލުމާއެކު އަޑު މެދު ކެނޑުނެވެ. އޭނާއަށް ނޭނގުނު ކަމަކީ އަނެއް ކޮޓަރީގައި އޮތް އަވްޔަން ދެލޯ ފޮހެލަމުން ރުއިން ހުއްޓާލިކަމެވެ. “ބިލިމަގު ޔޫ ކްރައިން..” އަލިޝްކާ އެއްސެވެ. އަވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. “މަ ރުޅިއައީމަތަ..” ހީވާއެއްޗެއް އަލިޝްކާ ބުންޏެވެ. “އޭ އާން..” އަޑު ހަމަޖައްސާލަމުން އަވްޔަން ބުނެލީ ފޮޓޯގަނޑު ބާލިސްދަށަށް ލާފައެވެ. ގަބޫލު ނުކުރެވޭ ވާހަކަޔަކާއެކުގައިވެސް އޭނާއަށް ދޮގު ހަދަން މަޖުބޫރުވިއެވެ.
“އަމައްޔާއި ދެންތީ ކުޑަކުއްޖެއްތަ..” އަލިޝްކާގެ ހުނުމާއެކު އަވްޔަންވެސް ހިނިގަނޑެއް ޖަހާލިއެވެ. “އޭ އަވޫވޫ އަދި ޖެހޭނެ ޕްރޮޕޯސް ކުަރަން..” އަލިޝްކާ ގޮވާލިއެވެ. އޭނާގެ ހިތުގެ އެދުން ހާމަކޮށްލިއެވެ. “އޭން ބަރަބޯ ކުރީމެއްނު ދެން މަދިނީ ޖަވާބޭ..” އަވްޔަން ބުންޏެވެ. “ނޯނޯ..ހުރިހާ ފިލްމްތަކުގަވެސް އަސްލު ބޯއިއޭ ކުރާނީ..” އަލިޝްކާ ގޮތްދުލެެއް ނުކުރިއެވެ. ގިޓާ އުނގުމަތީގައި ބައިންދާލަމުން އަވްޔަން ލަވަ ކިޔަން ތައްޔާރުވެލިއެވެ. ޖެއްސުން ކުރުމެއްނެތި އެންމެ ފަހަރަކުވެސް އަލިޝްކާގެ އެދުން ފުރިހަމަކޮށްދޭށެވެ. އޭނާއަށް ނޭނގުނުނަމަވެސް މިއީ އަލިޝްކާޔަށް އޭނާ ދޭ ވަރަށް ޙާއްސަ ހަދިޔާއެއްކަމެވެ. މާދަން ވާނެގޮތް އިނގޭނީ ކާކަށްހެއްޔެވެ. ގިޓާގެ ނަޒަރުތަކާ ކުޅެމުން އަވްޔަން ލަވަ ފެއްޓިއެވެ.
ހޭދަވާ މި ވަގުތުގާ..ދޭ ޙިޔާލުން ފަޅުފިލާ…އިނދެވެނީ އެ އަޑުއަހަން ދުވަސް މި ދާގޮތް ނޭނގިފާ
ވިސްނުމުގަ ތިވާ ވިދާލުމުންނެ ކުރެވުނީ ޙިޔާލު… އިސްކުރާ ތި ސަކަ މިޒާޖުން ފޮހެވިދާތީ މޮޅި މިސާލު
ގެންދަވާ ތި ދުނިޔެއަށް… ދައްކަވާށެ ހުރި އެތަށް އުފާތަކާ އިނާމުތަށް ފަހުމް ނުވާ މި ދުނިޔޭގާ
ފޮނިކަމެއް ހަގީގަތަށް ލިބި ހިޔާ ވަނީ މަށަށް.. ހުވަފެނެއްގެ ބޭނުމެއް ނެތޭ ހަޔާތްވެ އުފަލަކަށް…
ލަވައިގެ ވަކި ހިސާބަކަށް ކިޔާލަމުން އަވްޔަން ހުއްޓާލިއެވެ. “ބީ މައިން..” އަވްޔަން ގޮވާލިއެވެ. “އޯލް ޔޯސް..” ލަވައިގެ ސަބަބުން ނިދި ތާއްޔާ ޖެހިފައި އޮތް އަލިޝްކާ ޖަވާބުދާރީވިއެވެ. “ލަވް ޔޫ..” އަވްޔަންގެ ފަރާތުން އަލަށް އިވުނު ބަހުގެ ސަބަބުން އަލިޝްކާގެ ހިތް އުފަލުން ފުރި ބަންޑުން ވި ކަހަލައެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. “ލަވް މޯރ.” ކުރެހިފައިވާ އަޑަކުން އަލިޝްކާ ބުނެލަމުން ލޯ މަރާލިއެވެ. މާދަމާ ވާނެގޮތް ނޭނގިހުރެއެވެ. އަލިޝްކާއާ އަލްވަދާޢު ކިޔެނީކަން ނޭނގިހުރެ އަވްޔަންވެސް ވަދާޢީ ސަލާމުކޮށްލީ އުފާވެރިކަމުން އަލިޝްކާ ފުރައިދެމުންނެވެ.
މުޅިތަން ހިމޭންވުމުން ހަލުވި ފިޔަވަޅުތަކެއްގައި ޒިޔަލްއާއި އަޖްވަދު ސިޑިން އަރައިގެން ދިޔައެވެ. ތިންވަނަ ފްލޯރއަށް އެރުމުން އަޖްވަދުގެ ފޯނު ރިންގުވާންފެށިއެވެ. އަވަހަށް އަޑު މަޑު ކޮށްލަމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ. އަތުގައި ފޮތިގަނޑެއް ހިފާއްޓައިގެން ހުރި ޒިޔަލްގާތު އަލިޝްކާ ކޮޓަރިއަށް ވަންނަން ސިއްރުން ބުނެލިއެވެ.
“ހަލޯ އޭ އާން އިންޖިކްޝަންވެސް އެބަ އޮތް..ޒިޔަލް އެވަނީ އެ މަންޖެ ކޮޓަރިއަށް ދެން މާގިނަ އިރެއް ނުވާނެ މިގޭ ދޮރުމަތީގަ ކަލޭ ކާރު ރެޑީކޮށްފަ ބާއްވާ..” އަޖްވަދު ފޯނު ކަނޑާލިއެވެ. އެ ހިތް އިންތިހާޔަށް ތެޅެމުން ދިޔައީ ތަޅު ހަލާކުކުރަމުން ދިޔަ ޒިޔަލް ފެނުމުންނެވެ. އެހެންނަމަވެސް އަޖްވަދުގެ ހިތުގައި އުފާވެރިކަމުގެ ހުޅުގަނޑު ރޯވިއެވެ.
(ނުނިމޭ)
48 Comments!
Comments are closed.
stry up vee yeyeyy
Yeeeeehhhhh ??
Wow vvvv salhi
Aye ❤❤❤ Thank you so much my loverr ?????????????????
Gigi ur the bst…. Kiyaalaafa commnt kohlaanan ingey dhoonx
Hama neygun bunaane ehcheh vs…. Waa waa waa… Hama speechles ingey gigi…. Egadi bxy v ma cmmnt nukurevuny …. Srry… Alhe dhoonx… Barabolah gotheh nahdhah chey…. Baraboa ge hero mi faharu vs kotariyah save kuran gennaathi… Bilimagu endhah chas vefa otha nudhee… Baraboa save kuran fonuvaathi.. Go @BILBO ….. LYSM gigi … 😉 …
Snp in mee cute lips ey bunefiyaa ingeyne… Mi buny konms kuhjje bunedhaane dw thimanna aky ey cute lips…… Btw i will try to find ” gigitteyy”” dw… Inna goih bunedheefihyaa v rangalhu …. Cux it would be easy than haavaaninx tha snp
Snp in mee cute lips ey bunefiyaa ingeyne… Mi buny konms kuhjje bunedhaane dw thimanna aky ey cute lips…… Btw i will try to find ” gigitteyy”” dw… Inna goih bunedheefihyaa v rangalhu …. Cux it would be easy than haavaaninx tha snp… Neyge kon irakun kameh tlk kureveynee.. Btw i will try .
Oooooops eynee repeat vefa…. Srry gigi…. Ly … Plz anehba up kohba…
Awwwwwn ❤❤❤❤❤❤❤ alheyyyyyy cute lips u be adhi maa best ??????? such much luvvv u make me hama speechless Komme comment akunves ??????????????? e ok vaane free vi irakun kohleema hama baraabaru ????????? I’ll try not to but let’s hope dhw baraboa and bilimagu will stay together ??? bilimagu hama hisaabah vure kannethiiiyeyy luv u lots and lots moree ?? and yeah my snap Id dhw it’s “gigittey” pic ga innanii burugaa naalhaa gurl eh thankolheh kalhu koh and with a headphone in a hoody ??????
varah best
but i hate that AJYAL
lysm gigi
story hama best
love it
avyan was the best mi part ga
Assu thr ???? awwn ❤❤❤ Thank you so much luv ???????????????????❤❤❤?? luv u much much 2 ???? so sweet of uuuuuuu uumwahh ¥ avyan mi part ga best vii? ????
Yaaaayyyy finally they are a couple… ? ? ?and after a long time avyan said luv u…. Gigi u r the best….. ? ? ? luv you a lot…..❤❤❤❤❤❤❤❤srry ingey mifaharu thankolheh kurukoh dhw comment mi kurevuny…i am kinda bxy….❤❤❤❤❤❤❤
Ayeeee yeeeyyyhhh ❤❤❤❤❤ so happy to see u happy ????? ur be adhi much much sweet and ur hama best ehh….llysmm 2 ??????? e ok vaane kuruviyas as long as it’s u it means alot ?????
Wow vvv reethi
Vaahaka kiyaa iru hyvanee lo kuri mathee sifa vaahen
Keep it up Gigi. Gigi vareh nei hama
OMG really !! ????? adhi alah mi ivunee I’m soo happy ??????I always thought sifakurun vrh sakaraatheyy but thank you so much ????❤❤❤❤???????????? gigi speechless kuran hazu vareh vess hama Neii so sweet and loabiiiii ????
U thought what.gigi… Seriusly sifakurun hma habeysssss. Heevany kurumathee hama hingaa kanthah hen…. Baeh faharu hithah araa gigi bayaku kuraa kanthah ba ey mionnany share kohffa
Aslu ves eyy I never knew I was that good sifakuran ❤❤❤❤❤❤❤❤❤ awwwn and u both so sweet ???????????? vrh vrh ufavejje asluves thank you so much ????????????
even amru ships bilbo ? n finally avyan said love u dhigu inthizaareh dhw alishka kuree
Ohhh yeahh indeed vaanuvaa.com ga ves ❤❤❤❤❤❤ that name’s special if only u understand duhh ????????????????? ahah I luv u 2 oxox ???
Alhe barabolah gotheh nahadhaathi… Save her
Hingaa dhaan dhw I menn heevaa gothun nama avyan othee endhan chiss vefa ??
What!?!??!! ? Dhn gigi ?.. Keeh ve BILBO ge emme fahu dhuvahah thi hedhi? Eyrun evves majaleh nuvaaney.?.khaasaru hingaane meeheh ves nuhunnaane ennu ?.. E ajvadh ah ves ingeyni eynage amilla kujjeh ge dhiri ulhun halaaku kuran tha? Kihaa dhera kameh? ?Hithah araa E ee aslu dad baa ey? Aslu dad eh nooon dhw? ? Gigi story thi nimmaali hurihaa readers varah haas kohlaafa as usual?. Ekam alishka ge reaction varah Salhi ingey ?. Over all Mi part varah majaa until the last two paragraphs… #IN WAITING… ❤️❤️❤️
Awwwwn srry for the late reply ❤❤❤❤❤ alheyy I didn’t mean emeehun dhurukurann ? but let’s hopes dhw adhi eh zamaanehga kairi vaane kamah ???? ajwadh menge kanthakey dhw hama rangalhah thibunee hegaabe emeehun maraannn ??????? ??? BTW thank you so much for being so lovelyyyy and Sweeet ?????????? lots luvvv
cute ma has Allah… but story liumuge experience huryma varah bunelaa hiyyve improve kurevidhaane baivaru Kantian ebahuhte.. but yu have creative ideas dear..
Awwwwn so sweet of uuuuuuu ❤❤❤❤❤❤❤ Btw the lodgyy side frnd ehtha cux lodgy ge frnd eh ulheyne eekko kiyaa? ???????? alheyy vvvvvvvvvvvvvv happyvejje thanks a lott for telling me??????? ik i have a lot to learn and insha allah readers thigothah faahaga kohdhineema I’ll always be improving ????????????????????????????? fahfashun shukuru ??????
Alhe oh nooo dhn thihen nahadhaa aleesh ah.. Gigi plzzz Alhe aleesh ah dhera gotheh nahadhahchey heyonuvaane… Plzz.. Anyways mi part vess vrh obi..???? ❤️❤️❤️????❣️❣️????????????????????????????????Ekm aleesh.. ???.. Avyan rohvaalantha gigi thi ulheny aleesh ah dhera gotheh hadhaalaafa? ? Alhe ehen nahadhahchey ingeyyy????
That’s not me alhe ????? I’ll try not to ingey dear but it’s obivious pain shows pleasure in the end ???????? awnn alheyy thank you so much ???❤❤❤???????????? I luv avyan so bad why would I make him cry ?????????
v salhi???im speechles…omg bilimagu aadhebala Barabo save kuran..puleezzz…avyanooo!!!heylaashey…avuvuu???endhah chas nuvaathi…hehe
#TeamBILBO
Waitingss buddy
Me to bronthiiiiieyyy ❤❤❤❤❤❤❤❤❤ hama speechless lovzy ?????? I will try bilimagu endhun negeythoa but I think he is glued on the bed….?????aan hamutti baarah govaa AVYAN HEYLAAAAAA ????????????????? such much luv k real life koh ves thihaa sweet vebe ?????
2 meehun dhuru nukohba. eyrun story hadi vaane. maa shaa allah story varah awwsum❤?
Ahah ? I’ll try not to make the stry hadi then ❤❤❤❤❤❤??????????? Btw thanks alot anaa dear vrh happy vejje anaa ge comment eh libuneema ???????
Gigi Alhe aleesh ah ehen nahadhahchey.. Eyrah Avyan kihaa dhera vaane dw..? anyways this part vess hama vrh obi seen thah genesfa inn gothun..??????❤️?Ekm aleesh ah dhera gotheh nahadhahchey plzz my loabi gigi kolhaa??
Ehehe it’s not up to me but I’ll try ehn nuveythoa ?????????? and yes my mazu dear being vry supportive again it so sweet of her ???????????❤❤❤??????????my loabi u too
This story’s cuteness is overloaded ??????☺️☺️❤️❤️❤️☺️☺️???❤️Haaadha haadha haadha ryhchey huvaa mibuni sometimes hihi Bandah thadhu vefq hunnany??????????vv reeethi ekamu avyan ge last day ey ????ehen nuhadhahchey eyrun baraboa dhera vaanehnu egohyage haadha dhigu inthizaarehge nimummey eii????????????????????☹️☹️??????????????????????????????????????????ehen nuhadhaba alhe i love this story to the moon n back?????❤️❤️❤️❤️❤️❤️❤️Avahah United kohdhehchey vvvvvvvvvvvvvvvvvvvvvvvvvvvvvvvvv curious vey Eva mihaaru love vvvvvvbeeeeeeeg koh❤️❤️❤️❤️❤️❤️❤️Mashaallah may allah protect this osm talent from the evil eyes ????☺️☺️??????????
This story’s cuteness is overloaded ??????☺️☺️❤️❤️❤️☺️☺️???❤️Haaadha haadha haadha ryhchey huvaa mibuni sometimes hihi Bandah thadhu vefq hunnany??????????vv reeethi ekamu avyan ge last day ey ????ehen nuhadhahchey eyrun baraboa dhera vaanehnu egohyage haadha dhigu inthizaarehge nimummey eii????????????????????☹️☹️??????????????????????????????????????????ehen nuhadhaba alhe i love this story to the moon n back?????❤️❤️❤️❤️❤️❤️❤️Avahah United kohdhehchey vvvvvvvvvvvvvvvvvvvvvvvvvvvvvvvvv curious vey Eva mihaaru love vvvvvvbeeeeeeeg koh❤️❤️❤️❤️❤️❤️❤️Mashaallah may allah protect this osm talent from the evil eyes ????☺️☺️??????????team bilbo avuvu heylaba bilimagu go and save your baraboa??❤️❤️❤️?????????
Alhe OMG aleesh ah ehen nahadhaa gigi plzzz… ???Eyrah Avyan kihaa dhera vaane.. Anekka Avyan Riyaasha ge hiyaal thakun dhuruve mulhin aa life eh start kuran hiyyvaru dhee, Avyan ge hithuthereyga huri hurihaa hithaamathah filuvaaladhiny Aleesha.. So aleesh ah kameh vejjiyya Avyan ah dhen jehey haalu maa boduvaane kanneyge dw.. Ehen nahadhahchey gigi ingey.. Eyoh loabi couple Dhuru vejjiyya dhn kada ehnu dw.. Kihaa loabi e dhemyhun.. Loabyge furihama misaaleh… Dhn mihen bunyakas gigi plan Kohfa oiy gothakah dw story kuriyah dhaani ehennu gigi..hope e dhemyhun Dhuru nuve, thi ziyal and ajwadh ah rangalhu filaavalheh libey kahala bondieh libeyne kamah??..Umm curiously waiting to c what happens in da nxt part.. Owkk vuv u loads gigi loab❤️??❤️
Oww.those two couple akah v dhoa.but vvv sad e dhemy hn couple akah v dhuvahu ehen vaathy.anyway , vvv curious.v salhi storyeh. N v majaa n cute.
heyaru vaala bala nikan barabo a ziyal n ajwadh
Eyyyy nooooooo …..alishka gaiga aiy ves nulaathi …..nulafaaa ajuvadhooooo i am gonna killl u ????? ….giggi mikan viya nudheythi…vuv this part ???????
Waiting for next part
Kon irakun next part up vaanee???waiting waiting
Sooon very soon im trying my best ?????
Masha Allah varah reethi mi part. Inthixaaru kurevey abadhuves mi story ah. Mi story ge hurihaa baehves hama varah varah ryhchey buneveyny. Story enme furathama feshi irahvure
Mihaaru story hurihaa kameh vx maa reethi. Enme furathama story feshi irahvure mihaaru genna baithakuge sifa kurun thah maa furihama. Eygen vx egey gigi kuriaramun annavaru. Varah varah vx molhey buneveyny. Mi part vx varah kiyaa hithun indhe kiyaalevunee. ?????Love u
Assu tha? ❤❤❤❤ vvvvvvvvvvvvvv ufaavejje fan ge faraathun thihaa supportive loabi sweet comment ehh libuneema ?????????????????????????????? Komme part akahfahu libey thikahala comments akee dhen oii part liyan libey vrh bodu hihvareh ? ? ? ? ? ? ? ? ? ? and adhi emme happy eee gigi ah libunu kuri erun faahaga kohdhineeema asluves hama vrh bodu hihvareh ????????❤❤?????????????? thank you so much dearrrrrr u r so sweet bless u and luv u more lots in bunches ?????
Heyy..gigiis….v habeys vaahaka…i loved..it…feshign nimendhn…ummmmaaaaaaawwwahhhhh…???????????????????❤?
Heyy xenny kolhu ❤❤❤❤❤❤❤❤❤ as usual hama vrh sweet and loabi plus one of the best comments ???????????????????????????all the comments ves vrh best hama ???????? mwaaaaaaahhhh thanks luvvv ???????
Kobaaheyyyy……Story up koh dheeeeeeeeeeba……
Mihaaru school bandhu vex vejje eh nun……………………PLEASE PLEASE PLEASE UP KOHDHEEBA gigi