![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ޙިބާ އާއި ހުމާޔާ ދެކުދިންނަކީވެސް ހިކި ކޮށް ތިބޭ ދެކުދިން ކަމުން ހިބާގެ ހެދުން ހުމާ ލުމުންވެސް ހުމާގެ ގަޔައް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ނަމަވެސް ހުމާ އާންމުކޮށް ލައި އުޅޭ ހެދުންތަކާއިބަލާފައި މާބޮޑައްވެސް ދޫކަން ހުމާއަށް އިހްސާސް ކުރެވުނެވެ. ޢެހެން ކަމުން ދެންވެސް އެ ލައިގެން ތިރިއަށް ދާންވީކަމާއިމެދު ޔަޤީން ނުވެފައި ލޯގަނޑުން ބަލަހައްޓައިގެން ހުރީއެވެ.
ޙިބާ ގޮސް އޭނާގެ އަލަމާރީގެ އެކިއެކި ދިމާ ހޯދާފައި އެންމެ ފަހުން އައީ ޝޯލެއް ހިފައިގެންނެވެ. އެއީ ހިބާ މެލޭޝިއާގައި އުޅުނުއިރު، މޫނުބުރުގާ ނާޅާއިރު ފިނިދުވަސްކޮޅުގައި ކަރުގައި އޮޅާލަން ގެންގުޅުނު ދެތިން ޝޯލް ތެރެއިން ޝޯލެކެވެ. ލައިގެންހުރި ކަޅު ހެދުމާއެކު ކަނޑު ނޫ ކުލައިގެ އެ ޝޯލް އަޅާލުމުން ނުލާހިކު ފުރިހަމަކަމަށް ދައްކައެވެ. ރަނގަޅައް މޭމަތި ނިވާވާ ވަރަށް ޝޯލް އަޅާދީފައި ހިބާ އަނެއްކާވެސް އަލަމާރި ކައިރިއަށް ޖެހިލީ އެއްފަރާތުގައި ޖަހާލާނެ ރީތި ދައްޗެއް ހޯދާލާށެވެ. ދަތި ހިފައިގެން ހުމާ އާއި ދިމާލައް އެނބުރިލި ހިބާއަށް ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން ހުރެވުނީ ޤަބޫލު ނުކުރެވިގެންނެވެ.
ޙިބާ އަޅަން ގެންގުޅިފައި ހަރުގަނޑުގެ އެއްފަރާތުގައި ކޮނޑުގައި އަޅުވާފައި އިން މޫނުބުރުގާ އެއް ނަގައިގެން އަމިއްލަ އަށް މޫނުބުރުގާ އަޅައިގެން ލޯގަނޑައް ބަލަހައްޓައިގެން ހުރި ހުމާ ފެނުމުން ހިބާވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ގަނޑުވެފައި ހުރި ހިބާ ފެނުމުން ހުމާ ހިނިއައެވެ. “ބުރުގާ އެޅީމާ މާރީތި ކަމަށް ފެންނަނީ.. މާ ބޮޑައް އެޓްރެކްޓިވް. ހަމައެކަނި މޫނު ފެންނަން އިންނަ އިރު މޫނުގެ ރީތިކަމަށް މާ ބޮޑައް އަޅައިގަންނާނެ ގޮތްވަނީ.. އެންޑް އައި ޑޯން ވޯންޓް ޓް ބީ ޓޫ އެޓްރެކްޓިވް. އައި ޖަސްޓް ވޯންޓް ޓު ހައިޑް މައި ބިއުޓީ.. ޒީނަތް ތެރިކަން ފުރިހަމަ އަށް ފޮރުވުމެއްނު ހިޖާބުގެ ބޭނުމަކީ.. ސޯ އައި ތިންކް މިހާރުހެން ޕާފެކްޓީ..” ޙުމާ އޭނާގެ ސޫރަޔައް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
…………………………
ނާސިރައް އިރުއިރުކޮޅާއި ސިޑި އާއި ދިމާލައް ބެލެމުން ދިޔައީ އަދިވެސް ދެކުދިންކުރެ އެއް ކުއްޖަކުވެސް ނާންނާތީއެވެ. އެހެން އިންދާ ކޮޓަރި ދޮރު ހުޅުވާލާފައި ނިކުމެގެން އައި ރަހްމާ ފެނުމުން އެ ހިތައް ކުޑަ ހިތްހަމަ ޖެހިލުމެއް ލިބިގެންދިޔައެވެ.
މާހިލް އާއި އޭނާގެ އާއިލާ އިންތިޒާރު ކުރަމުން ދިޔައީ ހިބާ އަންނާނެ އިރަކަށެވެ. ދެކުދިންގެ ކައިވެނީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއިމެދު ވާހަކަ ދެއްކޭނީވެސް ދެކުދިންގެ ހާޒިރުގައި ނޫން ހެއްޔެވެ؟
ނާސިރުވެސް އެކިއެކި ވާހަކަ ދައްކަމުން މެހެމާނުން ހިތްހަަމަ ޖައްސުވާދެވޭތޯ ބަލަމުން ދިޔައެވެ. އެހެންއިންދާ އޭނާގެ ފޯނު ރިންގުވާން ފެށުމުން ފޯނައް ބަލައިލިއިރު ހިބާގެ ނަން އަރާފައި އޮތުމުން ޙައިރާންކަން ލިބިގެންދިޔައީ އަނެއްކާ ކިހިނެއްވީ ބާއޭ ހިތައް އެރުމުންނެވެ. މެހެމާނުން ކައިރިން ކުޑަވަގުތު ކޮޅެއްގެ ހުއްދަ ހޯދާލުމަށްފަހު ފޯނު ހިފައިގެން އެއް ފަރާތަކަށް ޖެހިލާފައި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ހިބާ ދެއްކި ވާހަކައިން ޙައިރާންކަން ލިބިފައި ހުރި ނާސިރައްވެސް ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. ލިބުނު ޙައިރާންކަމާއިއެކު އޭނާއަށް ބަލާލެވުނީ ރަހްމާގެ މޫނަށެވެ. އޭރު ރަހްމާވެސް އިނީ ނާސިރާއި ދިމާލައް ބަލަހައްޓައިގެންނެވެ.
އިތުރު އެއްޗެކޭ ބުނުމެއްނެތި ފޯނު ކަނޑާލާފައި އެނބުރި އައިސް ނާސިރު ކުރިން އިށީނދެ އިން ގޮނޑީގައި އިށީނެވެ. ނަމަވެސް ނާސިރުގެ މޫނުމަތިން ދޭހަވަނީ ކަމަކާ ފިކުރު ބޮޑުވެފައިވާކަމެވެ. އެކަން ރިޔާޒައްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އެ މާހައުލުގެ ގޮތުން އެކަމާއިމެދު ސުވާލުކުރަން ބޭނުމެއް ނުވިއެވެ.
ދެން ފެނިގެންދިޔައީ ސިޑިން ފައިބައިގެން އައި ދެކުދީންނެވެ. މޫނުބުރުގަލުގެ ނިވަލުގައި ފުރިހަމައަށް ނިވާވެގެން ހުރި ދެކުދިން އިސް ޖަހާލައިގެން އައިސް މޭޒުގެ އެއްފަރާތުގައި ހުރި ސޯފާއިންކުރެ ސޯފާއެއްގައި އިށީނދެ ހަމަޖެހިލިއެވެ. އެތަނުން އެކަކީ ހިބާކަން އެންމެނަށް އެނގުނު ނަމަވެސް ދެވަނައަށް އިނީ ކާކުކަމާއިމެދު އެންމެ ބޮޑައް ސުވާލު އުފެދުނީ ރަހްމާގެ ހިތުގައެވެ. މާހިލް މެނަށް ހީވީ އެވާނީ ހިބާގެ ގާތް ރަހްމަތްތެރިއެއް ކަމަށެވެ. ރަހްމާގެ ހިތްވެސް އެހެން ބުނެލިއެއްކަމަކު ހިބާގެ ރަހްމަތްތރިއަކު އެގެއަތް އައިތަން އޭނާދެކެފައި ނުވާތީ ޝައްކުގެ ނަޒަރުން ބަލަން އިނދެވުނީއެވެ. ޢެވަގުތު އަދި ހުމާ ނާންނަކަން ހަނދާންވިއެވެ.
“ދަރިފުޅާ ހުމާ! ދޭބަލަ މޭޒުމަތި ރަނގަޅުތޯ ބަލާލަން. ނީލާ ހުރިހާ އެއްޗެއް ފުރިހަމައަށް އަތުރާފަ ހުރިތޯ ގޮސް ބަލާލަބަލަ”. ނާސިރުގެ ބޭނުމަކީ އެއީ ހުމާކަން އެންމެނައް އެންގުމެވެ. ހާއްސަކޮށް ރަހްމާ ހުމާ ކޮބައިތޯ ސުވާލު ކުރުމުގެ ކުރިން އެއީ ހުމާކަން އެންގުމެވެ. ނާސިރު އެހެން ބުނެލުމާއެކު ހުމާ ތެދުވެގެން ގޮސް މޭޒުކައިރިއަށް ހުއްޓިލި މަންޒަރު ފެނުނު ރަހްމާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަދި ސުވާލުން ފުރިގެންވި މޫނަކާއެކީ ނާސިރައް ބަލާލެވުނީ އެއީ ހުމާ ހެއްޔޭ އަހާ ލުމަށެވެ. ޢެވަގުތު ރަހްމާގެ ދުލުން ލަފްޒެއް ބޭރުކުރުމަކާއި ނުލާ ރަހްމާގެ ހިތުގެ ހާލު ނާސިރު ދެނެގަނެ ބޯޖަހާލީ އާއެކޭ ބުނުމަށެވެ. ރަހްމާގެ ދެބުމަ ގޮށްޖެހިގެން ދިޔުމާއިއެކު ނިތައް ރޫގިނަވެގެން ދިޔައެވެ.
ހުރިހާ އެންމެނައްވެސް ހުމާ އާއި ދިމާލައް އެއް ފަހަރާ ބަލާލެވުނީ ޙައިރާންކަމާއިއެކުއެވެ. މާހިލް އޭނާގެ އިލާހައް ޙަމްދުކޮށްލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
ޙިބާއިނީ އެއްވެސް މީހަކާއި ދިމާލައް ނުބަލަން އިސްދަށައް ޖަހައިގެނެވެ. އެންމެންގެ ސަމާލުކަން އޭނާއަށް ވާނެކަން އެނގޭތީ ޖެހިލުންވަނީއެވެ. ހާއްސަކޮށް އޭނާ ވާންއުޅޭ ފިރިމީހާ އޭނާޔާއި ދިމާލައް ބަލާނޭ ހީވާލެއް ބޮޑުކަމުންނެވެ. ޙިތުގެ ވިންދު އަދިވެސްވަނީ އަވަސް ވެފަ ވިއްޔާއެވެ.
ނަމަވެސް ނާސިރު ހުމާ އަށް ގޮވާލި ވަގުތު ހިބާއަށްވެސް ބޭ އިޚްތިޔާރުގައި އިސް އުފުލާ ބަލާލެވުނެވެ. ޢެވަގުތު ހިމާގޮސް މޭޒުކައިރިއަށް ހުއްޓުމުން ހިބާގެ ނަޒަރު އެތާތިބި އެންމެނައް ދަޢުރު ކޮށްލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގަމުން ގޮސް މާހިލްގެ މޫނަށް ބަލާލެވުނެވެ. ޙުމާއަށް ބަލަހައްޓައިގެން އިން މާހިލްގެ މޫނު ފެނުމުން ހިބާގެ ހިތް ކުރިއަށްވުރެވެސް ބާރަށް ތެޅިގަތީ ހަމަ ކުއްލިއަކަށެވެ. ލިބުނު އުފަލުގެ ބޮޑުކަމުން ކަންނޭނގެއެވެ. ހަމައެވަގުތު މާހިލް އަށްވެސް ހިބާއަށް ބަލާލެވުނެވެ. އެޔާއިއެކު ހިބާއަށް ހީވީ އޭނާގެ މެޔައް ކުއްލިއަކަށް ގަނޑުފެން އެއްޗެއް އޮށްސާލި ހެނެވެ. ލިބުނު ސިހުމާއެކީ އަވަހައް އިސް ޖަހާލިއެވެ.
ހިބާ މާހިލް ބަލާލުމާއިއެކު އިސްޖަހާލި މަންޒަރު ފެނުމުން މާހިލްގެ ގާތައް ލާނެތް ހިންޏެއް އައެވެ. ނަމަވެސް އެ ހިނިތުންވުން އެހެން މީހުންނައް ސިއްރު ކުރުމަށްޓަކައި އަވަހައް އެތެރެއަށް ހިންދާލީއެވެ.
“ކޮބާ ދެން އުޅެމާ ދޯ ފަށަން” ރިޔާޒު އިސްވެ ވާހަކަ ދެއްކިއެވެ. “އާން. އިތުރައް ދެން މަޑުކުރާނެ ކަމެއް ނެތް.” ކޮޅައް ތެދުވެ ރިޔާޒު ދިން ފޯމުތައް މޭޒުމަތީގައި ބާއްވާފައި އޮތް ފޮތެއް މަތީ ބާއްވަމުން ދެ ހެކިވެރިންނަށް އެ ފުރަން އައުމަށް ބޮލުން އިޝާރަތް ކޮށްލަމުން ނާސިރު ބުނެލިއެވެ. އަދި އެޔާއިއެކު ހިބާ އަށް ގޮވާ މޭޒު ކައިރިއަށް ގެނައެވެ.
ޙިބާގެ ރަނާއިއެކު ފޯމު ފުރާ ނިމުމުން ކައިވެނީގެ ހަފްލާ އާއި މެދު ދެ އާއިލާ ޚިޔާލު ބަދަލު ކޮށްލިއެވެ. މާހިލްގެ ޖަވާބަކަށްވީ ހިބާ ބޭނުންވާ ގޮތައް ކަންކަން ނިންމުމުން ރަނގަޅު ވާނެ ކަމަށެވެ. އެޔާއިއެކު ރިޔާޒާއި ނާސިރުވެސް އެގޮތައް އެއްބަސްވެ ކައިވެނީގެ ހުރިހާ ކަމެއް ހިބާ ބޭނުންވާގޮތަށޭ ކުރާނީ ބުނެ ހިބާގެ ބޮލުގައި އެ ޒިންމާ އެޅުވިއެވެ. އެ ނޫން ގޮތަކައް އެ ދެކުދިން ކައިވެނީގެ ކަންކަމުގައި އިސްވެ ނޫޅޭނޭހެން އެ ދެމީހުންނަށް ހިވާތީ އެގޮތައް ނިންމީއެވެ. އެހެންނޫނީ ބުނާނީ ހަަމަ ބައްޕަ މެނައް ފެންނަ ގޮތެއް ރަނގަޅުވާނޭ ކަމަށޭކަން އެދެމީހުންނައް އިނގެއެވެ. އަދި ދެ މީހުންގެ ހަނީމޫނުގެ ކަންކަން ރޭވުމަށް ހަވާލުކުރީ މާހިލް އަށެވެ. އަދި ހިބާ ކޯހެއް ހަދަމުންދާވާހަކަ ނާސިރު ރިޔާޒްމެނާއި ހިއްސާކުރިއެވެ.
އެކަމާއިމެދު އެމީހުންގެ އެއްވެސް ޝަކުވާއެއް ނެތްތާގައި ރިޔާޒް ޙިބާއަށް ތަޢުރީފް ކޮށްލިއެވެ. ނާސިރުގެ ހިތައް ހަމަޖެހުން ލިބުމާއިއެކު ކައިވެންޏައްފަހު މާހިލް އުޅެން ގަސްތުކުރަނީ ކޮންތާކުތޯ ސުވާލުކުރިއެވެ. އަދި ބޭނުންނަމަ ނާސިރުމެން ގޭގައި ޙިބާއަށް ޙާއްސަ ކޮށްފައިވާ ދެވަނަ ފުލޯ ހަމަ ހުސްކޮން ހުރި ވާހަކަ ބުނެލިއެވެ. އެސުވާލަކީ ޙިބާވެސް ނުލާހިކު ޖަވާބު އެނގެން ބޭނުންވާ ސުވާލެއްކަމުން މާހިލް އަށް ނަޒަރު ސީދާ ކޮށްލެވުނީ ޖަވާބު އެނގެން ބޭނުންވި ވަރުންނެވެ.
އެޔާއިއެކު މާހިލް އުޅެންބޭނުންވަނީ އޭނާގެ ރަށުގައިކަަމަށް ބުނެލިއެވެ. އަދި ރިޔާޒުމެންގެ ގެ ރަށުގައި ރަނގަޅު ފެންވަރަކަށް ހަދާފައި ހުރިވާހަކަޔާއި އަދި މިހާރު ކުއްޔައްދީފައިވީނަމަވެސް އެމީހުން ކައިރީ އެތަން ހުސްކުރަން ބުނެފައިވި ވާހަކަ ބުންޏެވެ. އެކަމާއި ރިޔާޒު ކުޑަކޮށް ހިތްހަމަނުޖެހުނެވެ. މުޅިޤައުމުގެ އެންމެން މާލޭގައި ދިރިއުޅެން ބޭނުންވާހިނދު މާހިލް ރަށައް ދާން ޚިޔާލުކުރީ ކީއްވެގެން ކަމެއް ނާސިރަކަށް ނުވިސްނުނެވެ. ނަމަވެސް އެއީ އެދެކުދިންގެ އަމިއްލަ ދިރިއުޅުންކަމާއި އެމީންގެ ނިންމުން ބަދަލު ކުރުވަން އުޅުން ރަނގަޅު ނުވާނޭހެން ނާސިރައް ހީވުމުން އެކަމަށް އިތުރު އެއްޗެކޭ ނުބުނީއެވެ. މާހިލްގެ އެ ނިންމުން ރަހްމާ އަކަށްވެސް ކަމަކުނުދިޔައެވެ. ޙިބާ އޭނާޔާއި ދުރައްދާތީ ދެރަނުވިނަމަވެސް ރަށައްދާން ޚިޔާލުކުރުމުން މާހިލްއަކީ ވިސްނުންކޮށި މީހެކޭ ރަހްމާގެ ހިތްބުނެލިއެވެ. އަދި ނާސިރު ބުނިހެން ހަރުދަނާ ޒިންމާދާރު މީހަކަށްވެސް ނުވިތާޔޭބުނެ ހިތާހިތުން ޝަކުވާކޮށްލިއެވެ. އެކިއެކި ވާހަކަތައް ދެއްކުމަށްފަހު ދެ އާއިލާ ވަކިވީ ހަފްތާއެއްފަހުން ކުރެވޭ ކައިވެނީގެ ހަފްލާއިން އެންމެން ބައްދަލުވާނޭކަން ޔަޤީންކޮށްފައެވެ.
ކައިވެނި ޕާޓީގެ ޒިންމާތައް ޙިބާގެ ބޮލުގައި އެޅުމުން ބޮލައް ބަރުވެފައި އިން ޙިބާ ރަހްމާއަށް ބަލާލީ މަންމަ އޭނާއަށް އެކަމުގައި އެހީވާނެ ނަމައޭ ހިތާއެވެ. ނަމަވެސް ރަހްމާ ޙިބާ އާއި ހަތަރުކަޅި ހަމަކުރަންވެސް ބޭނުންނުވާ ކަހަލައެވެ. ޙިބާ ބަލާލުމުން އެނގޭ ކަމަށްވެސް ނަހަދާ އަނެއް ފަރާތައް މޫނު އަނބުރާލިއެވެ. އެވަގުތު އެ ފަރާތުގެ ސޯފާއެއްގައި އިށީނދެއިން ހުމާ ފެނުމުން ސުވާލު ކޮށްލިއެވެ.
“މިރޭ ފިހާރައަށް އެއްޗެހި ގަންނަންދާން ކިޔާފައި އެހާއިރައްވެސް މަޑުކުރިޔަ ނުދިންދޯ؟” ރަހްމާ އެހެންބުނީ ހުމާ މޫނުބުރުގާ އެޅުވީ ޙިބާ ކަމަށް ހީކޮށެވެ. ރަހްމާ އެހެން އެބުނީ ޙިބާގެ ބޮލުގައި އެކަން އަޅުވަންކަން އެނގުންވުމުން ނާސިރައް އަނެއްކާވެސް ޕިސް ޕިސް ޖަހާލަމުން ދެކޮޅައް ބޯހޫރާލެވުނެވެ. ހުމާގެ އެ ނިންމުން މަންމަގެ ހިތުގާ ދޮންތަޔާއިމެދު އިތުރައް ނަފްރަތު އުފެދުނުކަން އިހްސާސްވުމުން ހުމާގެ ހިތުގައު ރިއްސާލިއެވެ. “ނޫން މަންމާ.. އަޅުގަނޑު މޫނުބުރުގާ އެޅީ ދޮންތަ ބުނެގެންނެއް ނޫން. އަޅުގަނޑައް ޢަޢުރަ ނިވާނުކޮށް މީހުންގެ ކުރިމައްޗައް ނިކުންނަން ނުކެރިގެން ދޮންތަ ކައިރިއަށް ދިޔައީ ދޮންތަގެ ހެދުމެއް ލާންކަމަށް. ދޮންތަ ވަރަށް ރީތި ހެދުމަކާ ޝޯލްއަކާ ދިނީ.. އެކަމަކު އަޅުގަނޑައް ކަމުދިޔައީ މި މޫނުބުރުގާ.. އެންމެ ފުރިހަމަކޮށް ޒީނަތްތެރިކަން ފޮރުވެނީ މިގޮތައްވީމާ މިގޮތް ކަމުދިޔައީ.. ބަޓް ސްޓިލް ވީ ހޭވްޓު ގޯ ފޯ ޝޮޕިން. މިކަހަލަ ހެދުންކޮޅެއް ގަންނަންވާނެއްނު.” ހުމާ ރަހްމާއަށް ވީގޮތް ކިޔައިދިނީ ރަހްމާ އަށް ހަޤީޤަތް ހާމަކޮށްދޭށެވެ. ނަމަވެސް ރަހްމާ އެއިން އެންމެ ލަފްޒެއްވެސް ޤަބޫލު ނުކުރެއެވެ. ޙިބާގެ އަތެއް އެކަމުގައި ނުވެނުދާނޭކަމަށް އޭނާގެ ނަފްސު ބުނާ ކަހަލައެވެ.
“އާހްްހް… ބައްޕަ އަޅުގަނޑުގެ ބޮލުގައި ތި އެޅުވީ ހާދަހާ ބޮޑު ޒިންމާއެކޭ.. ކައިވެނީގެ ހުރިހާ ކަމެއް އަޅުގަނޑު އެކަނި ކިހިނެއް ކުރާނީ؟؟” ޙިބާ ވާހަކައިގެ މައުޟޫ ބަދަލު ކޮށްލީ ރަހްމާގެ ހާޒިރުގައި އެ ޒިންމާ ތަކުގެ ވާހަކަ ދައްކައި ރަހްމާއާއިވެސް ކަމެއް ހަވާލުކުރުމުގެ ނިޔަތުގައެވެ. “ދަރިފުޅައް އެކަންތައްތައް އެންމެ ފުރިހަމައަށް ވާނީ.. އެހެންވީމަ ދަރިފުޅައް ހަވާލުކުރީ.. އެހެންނޫނަސް އަބަދުވެސް ކައިވެނީގެ ފޮނި ހުވަފެންތައް ބޮޑައް ދެކޭނީ އަންހެން ކުދިންނެއްނު.” ނާސިރު ވާހަކަދެއްކީ ވަރަށް ހަމަޖެހިލާފައެވެ.
“އެންމެ ރަނގަޅު. އަޅުގަނޑު ކޮށްފާނަން. އެކަމަކު މަންމަ އާއި ބައްޕަ ހަވާލު ވާންވީނުން ކާޑު ޑިޒައިންކޮށް ޕްރިންޓް ކުރުމުގެ މަސައްކަތާ… މަންމަ ވަރަށް މޮޅުވާނެ ޑިޒައިން ޗޫސް ކުރަން.” ޙިބާ އެހެން ބުނެލުމުން ރަހްމާ އެއްޗެކޭ ނުބުނި ނަމަވެސް ނާސިރު އެކަމާއި އެއްބަސް ވެލިއެވެ. ޙިބާ ހުމާ ގޮވައިގެން ކޮޓަރިއަށް ދިޔައީ ހުމާއާއިވެސް މަސައްކަތެއް ހަވާލު ކުރުމުގެ ނިޔަތުގައެވެ.
ދުވަސްތައް އޭގެ ބާރުމިނުގައި ދަތުރު ކުރަމުންދާލެއް މާ އަވަސްހެން ޙިބާއަށް ހީވަމުންދިޔައެވެ. އޭނާ ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަކަމުން ކަންނޭނގެއެވެ. ޙިބާއަށް އެންމެ ގާތުން ހުރިހާ ކަމެއްގައިވެސް ހުމާ އެހީ ވަމުން ދިޔައެވެ.
ނަމަވެސް އަނެއްކޮޅުން މާހިލް ހުރީ ދުވަސްތައް ފާއިތުވާލެއް ލަސްވެފައެވެ. ކޮންމެ ދުވަހެއްވެސް ނިމިގެން ދިޔުމުން އަދި މިވެނި ވަރަކަށް ދުވަސް ބާކީ އެބައޮތޭ ހިތައް އަރަނީ ދިގު ދިގު އިންތިޒާރެއް ކުރަންޖެހޭ ފަދައިންނެވެ. ޙިބާ އޭނާގެ އަންބަކައް ހަދަން މިހާރުވެސް ލަސްވެފައިވާ ކަހަލައެވެ. އެއް ހަފްތާ އޭނާއަށްހީވީ އެއް މަސް ދުވަސް ހެންނެވެ.
ރަހްމާގެ ހިތް އަދިވެސް ޙިބާއަށް ހެޔޮ ނުވިތާ އޭނާގެ ގޮތް ދޫކޮށްފާ އެކައިވެންޏައް ރުހެންވެސް ރަހްމާ ބޭނުމެއް ނުވެއެވެ. ޙިބާ ކާޑު ތައްޔާރު ކުރުމުގެ ކަންކަން ނާސިރާއި ރަހްމާއަށް ހަވާލު ކުރިނަމަވެސް އެކަމާއި އިސްވެ އުޅުނީ ނާސިރު އެކަންޏެވެ. ކާޑު ޕްރިންޓް ކޮށްދޭ އެކި ތަންތަނައްގޮސް ނާސިރައް ކަމުދިޔަ ދެތިން ޑިޒައިނެއްގެ ފޮޓޯ ރަހްމާ އަށް ދައްކާފައި އެތަނުން ރީތީ ކޮން ކާޑެއްތޯ އެހުމުން ރަހްމާ އަށް ރީތިވީ ޑިޒައިނަށް ޙިބާ އެދުނު ފަދައިން ތަނާއި ވަގުތުގެ މަޢުލޫމާތާއި އަދި ވާން އުޅޭ ދެމަފިރިންގެ ކުޑަކުޑަ މައުލޫމާތުކޮޅަކާއި ރީތި ޖުމްލައެއް ލިޔެ ޕްރިންޓް ކުރުމަށް ތަނަކާ ހަވާލު ކުރިއެވެ.
ކައިވެނި ޕާޓީގައި ބޭނުންކުރާނެ ހެދުންތައް ގަތީ ޙިބާއާއި ހުމާއާއި ދެކުދިން އެކީގައި ގޮހެވެ. ޙިބާއަށް ކަމުދިޔަ ހެދުންތައް ހުމާއަށްވެސް ވަރަށް ކަމުދިޔައެވެ. ކައިވެނީގެ ކަންކަމުގައި މާ ބުރަކޮށް އުޅެން ޖެހުމުން ޙިބާވަނީ އޭނާ ހަދަމުންދިޔަ އޮންލައިން ކޯހުން މަސްދުވަހެއްގެ ބްރޭކެއް ނަގާފައެވެ. އެ ބްރޭކްގެ ސަބަބުން ސިކުނޑިއަށް ކުޑަކޮށް ލުއި ލިބުނީ ބޮލުގައި އަޅައިގެން އުޅުނު ޒިންމާތައް މަދުވެލުމުންނެވެ.
ކޮންމެޔަކަސް އެންމެ ފަހުން މާހިލްގެ ދިގު އިންތިޒާރުގެ ނިމުން އަންނާނެ ދުވަސް އައިސް ޖެހިއްޖެއެވެ. ލޯގަނޑު ކުރިމަތީ ކައިވެނީގެ ހަފްލާއަށްދާން ތައްޔާރުވެލައިގެން ހުއްޓުނު މާހިލްގެ ހިތުގެ ހިނގުން ވަނީ ކުޑަކޮށް އަވަސް ވެފައެވެ. ފުން ނޭވާއެއް ދޫ ކޮށްލާފައި ކޮޓަރިން ނިކުންނަން ހިނގައިގަތީ ގޭ އެންމެނާއިއެކު ހަފްލާ ރޭވިފައިވި ތަނައް ދިއުމަށެވެ.
މާހިލް ހުދުކުލައިގެ ޖުއްބާއެއް ލައިގެން ނިކުތްއިރު ރިޔާޒުމެން އެންމެން ތިބީ ގުރޭކުލައިން ހެދުން އަޅައިގެންނެވެ. އެ އެންމެން އެއްކުލައިން ހެދުން އަޅަން ބޭނުންވެގެން ޙިބާ ކައިރީ އެހުމުން ޙިބާ އެދުނީ އެކުލަ ލުމަށެވެ. ހުރިހާއެންމެން ގޮސް ދެކާރަކަށް އަރައިގެން ދަރުބާރުގެއަށް މިސްރާބު ޖެހިއެވެ. ދެއާއިލާގެ ގާތްތިމާގެ މީހުންނާއި ގާތްއެކުވެރިންނަށް އެކަނި ދަޢުވަތު ދެވިފައިވުމުން މީހުން މާގިނަ ނުވާނެކަމަށް އެންމެނައްވެސް ލަފާކުރެވުނެވެ.
ކައިވެނި ހަފްލާ އޮތްމާހައުލައް ވަތްއިރު މާހިލްމެނައް މަރުހަބާ ކިޔުމަށް ތިބީ ނާސިރާއި އޭނާގެ އާއިލާދެތިންމީހެކެވެ. ރަހްމާ ތަންކޮޅެއް ދުރުގައި އޭނާގެ އާއިލާ މީހުންނާއިއެކު ހުއްޓެވެ.
މާހިލްގެ ނަޒަރު އެކިދިމަދިމާ ހޯދަންފެށީ ޙިބާފެނޭތޯއެވެ.
ކައިއިވެނި ކުރަން ކަނޑައަޅާފައިވާ ވަގުތު ޖެހެން އޭރު އަދި ފަނަރަވަރަކައް މިނަޓް ހުއްޓެވެ. ފަސްވަރަކަށް މިނަޓް ހިނގިތަނުން ޤާޒީއާއިއެކު ކޯޓުން އަންނަބޭފުޅުން ހާޒިރުވެއްޖެއެވެ. ޤާޒީ އިށީންނާނެ ތަން ދެއްކުމަށްފަހު ނާސިރު އަވަހައް އެއްކައިރިއަކަށް ޖެހިލީ ހިބާއަށް ފޯނުކުރުމަށެވެ. އެވަގުތު ކާރުން ފައިބައިގެން އައިސް އެމާހައުލައް ވަތް ޙިބާއާއި ހުމާ ފެނުމުން މާހިލްގެ ހިތުގައި ފިނިކަމެއް ދުވެލި ނަމަވެސް ދެންތިބި އެންމެނައްވެސް ލިބުނީ ޙައިރާންކަމެވެ. ރަހްމާއަށްވެސް ލިބުނު ޙައިރާންކަމާއި ވީ ފޫއްސަކުން “ޕިސް ޕިސް” ޖަހާލާފައި ދެކޮޅައް ބޯހޫރާލެވުނެވެ. އަދި އައި ރުޅީގައި ދެދަތްތިލަ ޖައްސާ ބާރުކޮށްލެވުނެވެ.
**ނުނިމޭ**
11 Comments!
Comments are closed.
Rahma rulhi aisa ves ulheythy v majaa hahaha
?☺ hehe..
Wow….mihaaru nxt prt kiyaa hithun keih madhu vejje..hiba yaa maahil ge kaiveni balahithunn..
☺☺
Fridayga In Shaa Allah
yess..me too
☺?
Jazaakumullah khair (May Allah reward u all for good)
Vvv salhi.hibaa aai maahil ge kaiveni vvv cute vaane hn heevey.cant wait till the next part.hehe. may allah keep this telent of ur,s within u.
Aameen. ☺ jazaakillah
?????
????Rahma konha rulhi eh
hehehe