ޕާރޓް 1 ގެ ނިމޭ ބައި : އަނެއްކާ ލާރާގެ ހިތުގައި ރުހާމް އަށް ޖާގަ އެއް އޮތީބާއެވެ. ؟؟ ޕާރޓް 2 : ދުވަސްތައް ފާއިތުވަމުން ގޮސް އޯލެވެލް އިމްތިހާނު ނިމި ،ނާތީޖާ ވެސް ލިބިއްޖެ އެވެ. ދެ މީހުންނަށް ލިބުނީ ހަމަ ދާދި އެއްވަރެއްގެ ނަތީޖާ އެކެވެ. ސްކޫލް ދައުރުގެ މާޖާ ދުވަސްތަކުގެ މަތިން ހަނދާން އައު ކުރުމަށް ރަށުގެ ގޮނޑުދޮށުގައި އިށީންދެލައިގެން އިން ލާރާގެ ހިތަށް ސިހުމެއް ލިބުނީ މީހަކު ގޮވާލި އަޑަށެވެ. […]
މަންމަގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމަކީ ނަސީބުވެރިންގެ ހައްގެކޭ މީހުން ބުނާތީ އަހަރެން އަހަމެވެ. ނަމަވެސް ، އަހަރެން ވަނީ އެނަސީބުން މުޅި އުމުރަށް މަހުރޫމު ވެފައެވެ. މައެއްގެ އޯގާތެރި ފިރުމުންތަކާއި ، ބަސްތައް އަހަރެންނަށް ބީރައްޓެއްސެވެ.އިރުކޮޅަކަށް އަހަރެންގެ ސިކުނޑީގައިވާ ހިޔާލު ތަކުން ދުރަށް އާދެވުނީ އަހަރެންގެ ދެ ލޮލުގައި ކަރުނައިގެ މުތީތައް ފުރި ބާރު ވަމުންނެވެ.ނަމަވެސް ، އަނެއްކާވެސް ހިޔާލު ތަކަށް އެނބުރި ދާން މަޖުބޫރު ކުރުވީ މަންމަގެ މަތިން ހަނދާން ވުމުން ނެވެ. ހަނދާންވާ ގޮތުން […]
މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އުމުރުން 17 ވަރަކަށް އަހަރު ޒުވާން އަންހެން ކުއްޖެއް ގަދަ ނިދީގައި އޮތެވެ. އެލާމު ސޯނާވާ އަޑަށް އޭނާ ކަންނެއް ކަމާއި އެކު އެނދުން ތެދުވިއެވެ. ދެ ލޯ އުނގުޅަމުން އޭނާ ފާހަނަ އަށް ވަނެވެ. ފާހަނަ އިން ނުކުމެގެން ރީތިވާން ފެށިއެވެ. *************************************************** މަގު މަތީގައި ތިބި ހުރިހާ އެންމެންގެ ލޯތައް ބީއެމް ޑަބްލިއު އަކަށް އަމާޒުވަމުން ދިޔައެވެ. އެ ކާރުން 19 ވަރަކަށް އަހަރު ޒުވާން ފިރިހެނެއް ނުކުތެވެ. […]
ޗެޕްޓާ 1 ޒާނާ ރީތި އެތަކެއް ކުލަތަކަކުން އުޑުމަތި ޖަރީ ކުރަމުންދަނީ އިރުއޮއްސުމުގެ ނިސާނެއްގެ ގޮތުންނެވެ. އިރު އޭގެ ޒިންމާ އަދާކުރުމަށްފަހު ރޭގަނޑުގެ ރާނީއަށް ތަންދެމުން ވަކިވެލަނީއެވެ. އުދަރެހުން އެދައްކާ ކުލަތަކަށް ގެއްލިފާ އަހަރެން އޮތީމެވެ. އެފަދަ ރީތި ކުލަތަކެއް އަހަރެންގެ ހަޔާތުގައިވެސް ވީނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އެފަދައިން ކަންތައް ވީނަމަ އަހަރެން މިއަދު މިވަގުތު ހޮސްޕިޓަލުގެ މި އެނދުގައި އޮންނާކަށް ނުޖެހުނީހެވެ. ފިރިއެއްގެ ފަރާތުން ލިބެންވީ ހިމާޔަތާއި ރައްކާތެރިކަން ލިބުނުނަމަ އަހަރެން ހަޔާތް […]
އިތުރަށް މަޑުކުރުމެއް ނެތި ރައިހާން އެ ޕޯސްޓް ބަލައިލި އިރު އެއީ މަޝްހޫރު ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރެކެވެ. ރައިހާންގެ ދިގު އިނގިލިތައް ފަރިތަކަމާ އެކީ ފޯނުގެ ސްކްރީނުގައި ޙަރަކާތްކޮށްލުމާ އެކީ އެ ޚަބަރު ހުޅުވުނެވެ. ފުރަތަމަ އެ ޚަބަރުގެ މައި ފޮޓޯގައި އިން އޭނާއާއި ޔާނިއުގެ ފޮޓޯގެ ދަށުން ލިޔެފައި އޮތް ސުރުޚީ ފެނިފައި ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ. “މުޅި ރާއްޖޭގެ އިތުބާރާއި މަޤުބޫލުކަން ހޯދާފައިވާ އޭ.އާރް މެމޯރިއަލްސްގެ އަނދިރި ޙަޤީޤަތް ފަޅާއަރައިފި!” އެ […]
ނިދަން އަރާފަވެސް އަލައިކާ އަށް ވިސްނެމުން ދިޔައީ ޝިފާން އާއި މެދުއެވެ. ޝިފާން އަކީ އޭނާގެ ބޮޑުދައިތަ އަނާގެ ދަރިފުޅެވެ. ޝިފާން ނުދެކޭތާ މިހާރު އެތަކެއް އަހަރެއް ވެދާނެއެވެ. މިހާރު ޝިފާން ވަރަށް ތަފާތު ވާނެ ދޯއެވެ. އަނެއްކާ ޝިފާން އޭނާ އާއި ވާހަކަ ދައްކާނެ ހެއްޔެވެ؟ އެތަކެއް ހިޔާލުތަކެއް ކޮށްފައި ސިކުނޑި ވަރުބަލި ވުމުން އަލައިކާގެ ލޮލަށް ނިދީގެ އަސަރު ފޯރިއެވެ. އިސާހިތަކު އެހެން އޮވެ އޭނާ އަށް ނިދިއްޖެއެވެ. *ޕާރޓް-2* ދޮރުގައި ޓަކިޖަހާއަޑަށް އެސްފިޔަތަށް […]
އައްސަލާމް އަލައިކުމް. އެއްމެހާ ކިޔުންތެރިންގެ ހާލު ރަގަނޅު ހެއްޔެވެ؟ އުއްމީދު ކުރަނީ ހުރިހާ ކިޔުންތެރިންގެ ވެސް ހާލު ރަގަނޅު ވާނެ ކަމަށެވެ. އަޅުގަނޑުގެ ވާހަކަ ކިޔާ ކުދިންނަށް ހުންނާނީ އަޅުގަނޑުގެ ކޮމެންޓް ސެކްޝަން ފެނިފަތާއެވެ. ހިތަށް އަރާނެއެވެ. މިއީވާ ފޯރި ބޮޑު ތަނެކެވެ. އާއެކެވެ. އެއީ ވެސް ދޮގެއް ނޫނެވެ. އެއްކުއްޖަކު އަނެއްކުޖަކު ދަނެ ކަންތައްދަނީ މި ކޮމެންޓް ސެކްޝަންގަ ކުރަމުންނެވެ. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތެވެ. އެއް ވެސް ޝަކުވާ އެއް ނެތެވެ. 9 މާރޗް […]
އަޝްވާންގެ އެދުމާއި އެކީ ޔޫރާ އޭނާގެ ލޯމަތީ ފޮތިކޮޅެއް އެޅިއެވެ. އަޝްވާން ބުނެފައިވަނީ އޭނާ އަށް ސަޕްރައިސް އެއް ދޭން ކަމަށެވެ. ޔޫރާ މިހާ ފަސޭހައިން އެއްބަސްވީ އޭނާ އަށް އަޝްވާން ކާރީ ރައްކާތެރިކަން އިހްސާސް ކުރެވޭތީއެވެ. އަޝްވާން ޔޫރާގެ އަތުގައިި ހިފައިގެން ގެންދިޔައީ އޭނާ ސަޕްރައިޒް ތައްޔާރު ކުރިތަނަށެވެ. އެތަނަށް ގޮށްސައި އަޝްވާން ޔޫރާގެ ލޯމަތިން ފޮތި ކޮޅު ނެގިއެވެ. *ޕާރޓް-16* ވިނަ ގަނޑުމަތީގަ ބާއްވާލެވިފައިވާ ކަޅުކުލައިގެ ފޮތިގަނޑު ވަށާ ވަނީ އުއްބައްތި ތަކެއް ރޯކޮށްލެވިފައެވެ. […]
”ޝަފް…އަޅެ ކޮންތާކުތަ ތިއުޅެނީ…؟އަހަރެން ވަރަށް ވަރަށް ހަނދާންވޭ….“ އެ ބަސްތައްވީ އަހަރެންގެ ހިތު ތެރޭގައެވެ.އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.އެވަގުތު އަހަރެންގެ ލޮލު ކުރިމައްޗަށް ސިފަވެގެން ދިޔައީ ޝަފްކާގެ ކަރުނުން ފުރިފައިވީ ދެލޮލެވެ.ދިރުން ގެއްލިފައިވީ މޫނެވެ.އެއީ އަހަރެމެން ދެމީހުން އެންމެ ފަހުން ބައްދަލުވީ ދުވަހު ޝަފްކާގެ މޫނު މަތިން ފާޅުވޭވޭ ހުރި އަސަރުތަކެވެ. އަހަންނަށް އެންމެ ފަހުން ޝަފްކާ ފެނުނީ އަހަރެން ހައްޔަރުކުރުމުގެ ތިން ދުވަސް ކުރިންނެވެ.އޭރު އަހަރެމެންގެ ހުރިހާ މުއާސަލާތީ ގުޅުމެއް އޮތީ ކެނޑިފައެވެ.ނުހާޒަށް އަހަރެމެންގެ ގުޅުން […]