“މިއޮތީ އާދެވިފަ” ޔާލާ ރުކާން ކުރިމަތީގައި ހުއްޓުނެވެ. “އާދެވުނީތަ ތި؟ މަފަކީރު ދެފައިކޮޅު ވާގިދޭ އެބަ މިހާރު ކޮޅަށް ހުރެ ހުރެ” ރުކާން ތުންކޮޅު އޮޅާލަމުން ބުނެލިއެވެ. “ހަހަ އިށީންނަމާ…؟” ޔާލާ ބެންޗު ތަކާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ރުކާން ޔާލާ ކުރިމައްޗަށް އެރިއެވެ. ދެން ރުކާން ކޮއްލި ކަމަކުން ޔާލާގެ ދެލޯ ބޮޑުވެ، ހިތުގެ ތެޅުން އަވަސް ވެލީ ބަސް ބުނާހާ އަވަހަށެވެ.
(3 ވަނަ ބައި)
“ރުކާން!!!” ޔާލާ ރުކާންގެ މޭގައި އަތް އަޅާކޮއްޕާލިއެވެ. ދެބުމަ ގާތް ވެފައިވީ އިރު ޔާލާގެ ދޮން މޫނަށް ވެސް ވަނީ ރަތް ކުލަ އަރާފައެވެ. “ރުކާން މޮޔަ ވީތަ؟ ވައި ޑިޑް ޔޫ ކިސް މީ؟” ޔާލާ ހުރީ ވަރަށް ރުޅި އައިސްފައެވެ. ނަމަވެސް ރުކާން ހުރީ ހަމަ ޖެހިލައިގެންނެވެ.
“ލޯބިވާތީ؟” ރުކާން ޖީބަށް އަތް ޖަހާލިއެވެ. “ލޯތްބޭ؟ ނޫން. ލާލަ ލޯބި ވަނީ ވާންދެކެ. ރުކާންދެކެ ލޯތްބެއް ނުވޭ” ކަޅި އަޅާލާފައި ޔާލާ ހިނގައިގަތެވެ. “އެކަމަކު އީވާން ލާލަދެކެ ލޯބިވޭ ތަ؟ ނުވޭނުން؟” ރުކާންގެ ވާހަކަ އިވި ޔާލާގެ ފިޔަވަޅުތައް ހުއްޓުނެވެ.
“ލާލައަށް އެނގޭނެ މިއީ އީވާންގެ ފުރަތަމަ ރިލޭޝަންޝިޕް ނޫން ކަން. މިފަހަރު އެކަމް ވަރަށް ސީރިޔަސްހެން ހީވަނީ. މިރޭ ނާލުއާއި ވެސް އެކޮއެ ތަޢާރަފް ކޮއްދީފި. ދެން ލާލައަށް ވެސް އެނގޭނެ އީވާނަށް ނާލުއަށް ވުރެ ގާތް މީހަކު ނުހުންނާނެ ކަން”
ރުކާން ބުނަމުން ދިޔަ ކޮންމެ ބަހެއް ޔާލާގެ ހިތަށް ހެރެމުން ދިޔައީ ހަންޖަރެއް ފަދައިންނެވެ. ޔާލާއަށް އީވާން ގެއްލޭނީ މިހެން ހެއްޔެވެ؟ އީވާން އެކުއްޖަކާއި ކައިވެނި ކުރާނީ ބާއެވެ؟
“އެކަމަކު އަހަރެން ލާލަދެކެ ވަަރަށް ލޯބިވޭ. އަބަދުވެސް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް…” ރުކާން އިތުރު ކޮއްލިއެވެ. “އެކަމަކު ލާލަ ލޯބިވަނީ ވާންދެކެ…” ރުކާން އަތް މުއްކަވާލިއެވެ. ދަތްކުނޑިވިކާލެވުން އިރު މޫނު މަތީގައި ރުޅިވެރިކަންވީ އިންތިހާއަށެވެ.
“އެކަމަކު ދެން ލާލައަކަށް އީވާނެއް ނުލިބޭނެ. ޖަސްޓް މޫވް އޮން” ރުކާން ހަމަ ޖެހިލަމުން ބުނެލިއެވެ. “އަހަރެން ލާލައަށް ފުރިހަމައަށް ލޯބި ދޭނަން. އުމުރަށް ވެސް” ރުކާން ޔާލާގެ އަތުގައި ހިފާލިއެވެ. “ޕްލީޒް؟” ރުކާން ބުނެލީ އާދޭހުގެ ރާގަކަށެވެ. “ވިސްނާލާނަން” ޔާލާ ހިނގައިގަންނަމުން ބުނެލިއެވެ.
“މާދަމާ މަންމަމެން ގާތުގަ ވާން ވާހަކަ ބުނަން މި ވިސްނަނީ” ގެއަށް ދިޔަ މަގުމަތީގައި ވިނާލް ބުނެލިއެވެ. އީނާލްގެ ޙިޔާލު ތަކުގައި ހުރި ވާއިލްއަކަށް ވިނާލްގެ އަޑެއް ނީވުނެވެ. “އޭ!” ވިނާލް ވިއާލްގެ ކޮނޑުގައި ވިކާލިއެވެ. “އައްދޯތް” ވާއިލް ސިިހިފައި ބުނެލިއެވެ. “ހަހަ ކޮން ކަމަކަށް ތަ ތިވިސްނަނީ؟” ވިނާލް އަހާލިއެވެ. “ނުވިސްނަން؟ ކީކޭ؟” ވާއިލް ކަރުކެހިލިއެވެ.
“މަންމަމެން ކައިރީގަ ވާން ވާހަކަ ބުނަން މިވިސްނަނީ މާދަމާ” ވިނާލް ތަކުރާރު ކޮއްލިއެވެ. “ހޫމް. އަވަހަށް ބުނުން ރަނގަޅީ. ޅިޔަނު ވަރަށް ފައްކާހެން ހީވަނީ. އަވަހަށް އިންނަން އުޅޭ ހެހެ” ވާއިލްގެ ވާހަކަ އިވި ވިނާލަށް ލަދުން އިސްޖަހާލެވުނެވެ.
ގެއަށް ވަދެވުން އިރު ވެސް އީވާންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އީވާންގެ ކޮންމެ ހަރަކާތްތަކެއް ބަލަން ހުރި އީނާލްގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ކުރެހުނެވެ. “ދޮންބެ ވަރަށް ލޯބިވޭ ދޯ ވިނާލްދެކެ؟” އީނާލް އަހާލިއެވެ. “ހެހެ ވިނާލް ނުކިޔާނެ. ވިވީ ކިޔާ” އީވާން ބުނެލިއެވެ. “އާން އޯކޭ. ވިވީދެކެ” އީނާލް ހީލިއެވެ.
“ޔާ. ވަރަށް ލޯބިވޭ. އެހެން އެއްވެސް ކުއްޖެެއްދެކެ ލޯބި ނުވާވަރަށް ވިވީދެކެ ލޯބިވެވިއްޖެ. އިންޝާ ﷲ ދޮންބެގެ އަންހެނުންނަށް ވެސް ހަދާނީ ވިވީ” އީވާން އިޝްގީ ރާގެއްގައި ބުނެލިއެވެ. ލޯބިވާ ދޮންބެއަށްޓަކައި އުފާ ކުރި ނަމަވެސް ޔާލާއާއި މެދު ވިސްނާލާފައި އީނާލްގެ ހިތުގައި ރިއްސާލިއެވެ.
“ޑަކްޓަރ. ޕޭޝަންޓެއް” ދޮރުގައި ޓަކި ޖަހާލާފައި ވައިން ކިޔާރާ ބުނެލިއެވެ. “ވައްދާ” ވިއާމް ފޯނު ބާއްވާފައި ހަމަ ޖެހިލިއެވެ. އިރުކޮޅެއް ފަހުން ކޮޓަރިއަށް ވަނީ 16-17 ވަރުގެ އަންހެން ކުއްޖެކެވެ. “ކިހިނެތް ތޯ ވަނީ؟” އެކުއްޖާގެ ބޮލުންފެށިގެން ފައިގެ ބޮޑުވައިން އިނގިއްޔާއި ހަމައަށް ބަލައިލަމުން ވިއާމް އަހާލިއެވެ.
“ޕީރިއެޑް ނުވަނީ ރަނގަޅަށް” އެކުއްޖާ ބުނެލިއެވެ. “ކިތަށް މަހުން ކިތަށް މަހުން ތޯ ވަނީ؟” ކޮންޕިޔުޓަރުގައި ކޮންމެވެސް އެއްޗެއް ލިޔަމުން ވިއާމް އަހާލިއެވެ. “މިހާރު ތިން މަސް ވެއްޖެ ނުވާތާ” އެކުއްޖާ ނިޔަފަތި ތަކާއި ކުޅެން އިނދެ ބުނެލިއެވެ.
“އެނީ ސެކްޝުއަލް އިންޓާރްކޯސް؟” ވިއާމް ކޮއްލި ސުވާލުން އެކުއްޖާ ލަދު ގަތެވެ. ކުއްލިއަކަށް އެހެން އެހުމުން ކިޔާރާ ކަރުކެހިލިއެވެ. “ނޫން” އެކުއްޖާ ދުރުބަލާލަމުން ބުނެލިއެވެ. “އެނދުގަ އޮށޯވެލާ” ކައިރީ ހުރި އެނދަށް އިޝާރާތް ކޮއްލަމުން ވިއާމް ބުނެލިއެވެ. އެކުއްޖާ މަޑުމަޑުން ގޮސް އެނދުގައި އޮށޯތެވެ.
“ތަދުވޭ ތަ؟” އެކުއްޖާގެ ބަނޑަށް ފިއްތާލަމުން ވިއާމް އަހާލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން އެކުއްޖާ ބޯޖަހާލިއެވެ. ހަގީގަތުގައި އެކުއްޖާ އޮތީ އުނދަގޫ ވެފައެވެ. ވަރަށް ނޫން ކަމަށް ހެދިފައި އެކުއްޖާގެ ބަނޑުގައި ވިއާމް ފިރުމާތީއެވެ.
“އަޅުގަނޑު ދޭނަން ސްކޭނެއް ހަދާލަން. ސްކޭން ހަދާލާފައި އާދޭ ދައްކާލަން” އިރުކޮޅެއް ފަހުން ވިއާމް ބުނެލިއެވެ. ވިއާމް ދުރަށް ދިޔުމުން އެކުއްޖާއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
ބޯދަށަށް އަތް ލައިގެން ސީލިންގާއި ދިމާލަށް ބަލަން އޮތް ވާއިލްގެ ސިކުނޑީގައި ފިރުކެމުން ދިޔައީ އީނާލްއެވެ. ސާދަ ވިލޭރޭގެ ހަނދުފަދަ ރީތި ދޮން މޫނެވެ. ހިތިފަތު ބުމައެވެ. ތަރިތަށްފަދަ ރީތި ދެލޮލެވެ. ފިނިފެންމަލެއްގެ ފިޔަ ފަދަ ފިޔާތޮށިކުލައިގެ ތުންފަތެވެ. ރީތިކަމުން އެއްވަނަ ލިބޭވަރުގެ ޖާދޫވީ ރީތި ކަމެކެވެ.
“އީނާލް…” ވާއިލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ޔާލާގެ ޙިޔާލު ތަކުގައިވީ ރުކާންއެވެ. މިރޭ ރުކާން ދެއްކި ވާހަކަ ތަކެވެ. ޔާލާ އަސްލު ވެސް ރުކާންއާއި ގުޅެން ވީބާއެވެ؟ އީވާން މަތިން ހަނދާން ނައްތާލަން ވީބާއެވެ؟ ޔާލާދެން ހަދާނީ ކިހިނެތް ބާއެވެ؟
ފަތިހުގެ ހިތްގައިމު ވަގުތެވެ. ނިދިފައި އޮތް ވިނާލްއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު ސޯނާވާ އަޑަށެވެ. ފޯނު ނިވާލާފައި ވިނާލް ތެދުވެ އިށީންނަމުން މޯޅިއަކަށް ދެމިލިއެވެ. އޭރު ގަޑިން 5 ޖެހީއެވެ. އެނދުމަތި ރީތި ކޮއްލާފައި ވިނާލް ތެދުވިއެވެ.
“ގުޑް މޯރްނިންގް” އީވާންއަށް އުފާވެރި ހެނދުނަކަށް އެދިފައި ފާހާނާއަށް ވަނެވެ. ދަތް އުނގުޅާ މޫނު ދޮވެލައިގެން ނިކުމެ ސުންނަތް ދެރަކުއަތުގެ އިތުރުން ފަތިސް ނަމާދު ކޮއްލިއެވެ. އަދި އިރުކޮޅަކު ޤުރްޢާން ކިޔަވަން އިނދެފައި އެނދުގައި އޮށޯވެލީ އަދި އިރުކޮޅަކު ނިދާލާށެވެ.
ފަތިސް ނަމާދުން ފައިބައިގެން އައި ނުހައިކް ކޮޓަރިއަށް ވައިން އިރު ކްލާރާ އިނީ އެނދުމަތީގައެވެ. އަތުގައި ފޯނު އޮތް އިރު އަޅުވާފައި އިން ޑްރާމާގެ އަޑު އިވެމުން ދިޔައެވެ. “ކޯއްޗެއް މިއަދު ގެންނަން ވީ؟” ނުހައިކް ގަމީހުގެ ގޮށްތައް ނައްޓަމުން އަހާލިއެވެ.
“ހަމަ ބަޖިޔާއާއި ކަޓްލަސް ރަނގަޅުވާނެ” ކްލާރާ އިންގޮތަށް އިނދެ ބުނެލިއެވެ. “ދެން މެންދުރަށް؟” ނުހައިކް އަހާލިއެވެ. “އިކޫ… މިއީ އަޅެ ކިހާ ބޭކާރު ޙަރަދެއް؟ މިގެއަށް ކައްކާނެ އެއްޗެހި ވައްދަބަ ހެޔޮނުވާނެ. ލާރާ ކައްކާނަމޭ” ކްލާރާ ފޯނު ބޭއްވިއެވެ.
“ނޫން. ލާރާ ކައްކައިގެން ނުވާނެ. ލާރާދެކެ ލޯބިވާތީއޭ އަހަރެން މިހެން މިބުނަނީ. ކީއްވެ ތަ ލާރާ ތިހާ ބޯހަރީ މިހާރު؟” ނުހައިކް ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ސުވާލު ކުރިއެވެ. ކްލާރާ ކަޅިއަނބުރާލާފައި އެނދުގައި އޮށޯތެވެ. “ބޮކި ނިވާލާ” ކްލާރާ ރަޖާ އަޅާލަމުން ބުނެލިއެވެ.
ނިދިފައި އޮތް ވިނާލްއަށް ދެން ހޭލެވުނީ 8 ޖަހަނިކޮށެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ކާގެއަށް ވައިން އިރު ވިއާމް، ނީރާ އަދި ވާއިލް ކާގޭގައި ތިއްބެވެ. “މަންމާ. ބައްޕާ. އަޅުގަނޑު ބޭނުން ވާހަކައެއް ބުނަން” ގޮނޑީގައި އިށީންނަމުން ވިނާލް ބުނެލިއެވެ. “ބުނެބަލަ” ވިއާމް ސޮސެޖް ރޯލެގައި ދަތްއަޅަމުން ބުނެލިއެވެ. ނީރާ ވެސް ވިނާލްއަށް ހުރިހާ ސަމާލު ކަމެއް ދިނެވެ.
“އަޅުގަނޑު ކުއްޖަކާ ރައްޓެހި ވެގެން މިއުޅެނީ” ވިނާލް ލަދުން އިނދެ ބުނެލިއެވެ. “އެހެންތަ؟ ކޮން ކުއްޖެއް ތަ؟” ނީރާ ހީލާފައި އަހާލިއެވެ. “މިރަށު ކުއްޖެއް. އީވާން ކިޔަނީ” ވިނާލްގެ ޖުމްލަ އަޑު އިވި މޭޒުމަތީގައި ބާރަކަށް ޖަހާފައި ވިއާމް ތެދުވިއެވެ.
“ވިނާލް މޮޔަވީ ތަ؟ މިއޮށް ބޮޑު ދުނިޔެއިން ކަލެއަށް އީވާން ނޫން އެހެން މީހެއް ނުލިބުނީ؟ އޭނ؟ އެއީ މަންމައެއް ބައްޕައެއް ނެތް ކުއްޖެއް. އެކަހަލަ މީހުން އެއީކީ ކަމުދާ ކަހަލަ ބައެއް ނޫން” ވިއާމް ދަތްކުނޑިވިކާލިއެވެ.
“އަޅެ ލޯބި ވެވުން އެއީ ކުށެއް ތަ؟ ކީއްވެ ތަ އަބަދު ވެސް ތިހެން ތި ހަދަނީ؟ ކޮބާ ތަ އަޅުގަނޑުގެ ކުށަކީ؟ ކޮބާ ތަ އޭނަގެ ކުށަކީ؟” ވިިނާލަށް ރޮވުނެވެ. “ބައްޕަ އިރުއިރުކޮޅާ ވިވީ ފޮނުވާ ބްލައިންޑް ޑޭޓްސްއަށް. އެހެން އެފޮނުވާ ކުއްޖަކާ ވިވީ ރައްޓެހި ނުވީމަ ތަ ކަމު ނުދިޔައީ؟” ވިނާލް ސުވާލު ކުރިއެވެ.
“މަށަށް ހެޔޮ. މަށަށް އެނގޭހާ ވެސް އެއްޗަކީ ތި އީވާންއަކާއި އެކު އުޅޭހާ ހިނދަކު މަގޭ ވިނާލް ކިޔާ ދަރިއަކު ނުހުންނާނެކަން” ވިއާމް ފަހު ނިންމުން އިއްވާފައި ކާގެއިން ނިކުމެގެން ދިޔައެވެ.
(ނުނިމޭ)
ހަތަރުވަނަބައިގެ ތެރެއިން:
“ވަޓް؟ ކީކޭ؟ ކޮން އިރަކު؟ ކީއްވެ؟ ކިހިނެތް؟” އީނާލް އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ. ހައިރާންވެ އަންތަރީސް ވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Omg
Vinaal is gonna be so heartbroken
Why did her dad choose that decision!
Nice part Btw
When’s next
jazaakallah khairan anonymous 🫶🏻
aslu vess dhw she will be devastated… hmmmmmm i am curious about it tooo keke.. adhi ingeyne fahun keehvve kan why her dad refused… in sha allah next episode on sunday 🫶🏻
Alhe fahe kiyyve tha like hurihaa story thakehga vx mikahala goiyy vanyy..
I meant parents decision naganyy..
Hopefully they will marry..
4th ep ge therein kiyaafa vrh curious ..
N yaalaa dheyne answer akah vx..
Curiously waiting
Whn nxt???
Take Care
Lyy💜🖤💜🖤💜
Ahahha😭😭😭
Hehe balmaa dhw eevaan and vinaal ah marry kureveytho🫶🏻
Hehe yaalaa dheyne answer engeyne next episode ga.. stay tuned for itt
Next in sha allah sunday ga
Lyt🫶🏻
nice poster XD
Jazaakallah khairan🫶🏻