ވަޢުދޭ ވެވޭމީ 10
- ގޭތެރެއަށް ވަދެގެން ދިޔަ ނައިނާއަށް މަރުހަބާ ކިއީ ހަމަހިމޭން ކަމެވެ. ކޮޓަރިއަށް ބޯ ދިއްކޮށްލިތަނުން ނިދާފައި އޮތް ޒާން ފެނި ނައިނާއަށް ހިނިތުންވެވުނެވެ. އެ ހިނިތުންވުން އިތުރަށް ފުން ވީ ޒާން ކައިރީ ނިދިފައި އޮތް ހައިޒަލް ފެނިފައެވެ. ލަސްހިނގުމެއްގައި ނައިނާ ގޮސް ހައިޒަލް ކައިރީ ހުއްޓުނެވެ. އެވަގުތު ނިދީގައި ހައިޒަލް ބުނެލި އެއްޗަކަށް ނައިނާގެ ސަމާލުކަން ހުއްޓުނެވެ. ދެވަނަ ފަހަރަށްވެސް ހައިޒަލް އެއްޗެކޭ ކިޔާހެން ހީވެ، ރަނގަޅަށް އަޑުއަހާލަންވެގެން ނައިނާ ތިރިވެލިއެވެ. “ނެއިން…” ހައިޒަލްގެ ދެ ތުންފަތް ފޫ އަޅުވާލައިފައި ނުކުތީ ނައިނާގެ ނަމެވެ. އެއާއެކު ނައިނާގެ ބޮލުތެރޭގައި މިއަދު ޒިޔާން ދެއްކި ވާހަކަ ގުގުމަން ފެށިއެވެ. “ނެއިން… އައި ލަވް ޔޫ…” ދެން ހައިޒަލް ބުނެލި އެއްޗަކުން ނައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
- “އައިލަވް ޔޫ ޓޫ ހައި…” ހައިޒަލްގެ ކަންފަތް ކައިރީ ނައިނާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ހައިޒަލް ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ފުންމައިގެން ތެދުވެ އެނދުން ފޭބިއެވެ. ނައިނާވެސް ސިހިފައި އެނދާއި ދުރައްޖެހެލިއެވެ. “ހައި-” ނައިނާގެ އަނގަމަތީގައި ހައިޒަލް އަތް އެޅިއެވެ. އަދި ނައިނާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. ވާނުވާ ނޭންގިފައި ހުރެ ނައިނާ، ހައިޒަލްގެ ފަހަތުން ހައިޒަލްގެ ކޮޓަރިއަށް ވަނެވެ.
- “ނެއިން… އިޓްސް ބީން އަ ވައިލް… އައި ލަވް ޔޫ ސޯ މަޗް… އެކަމަކު ބުނަން ނުކެރިފައި ހުރެވުނީ… އިނގޭތަ ކީއްވެކަން؟… ޒިޔާން… ލޯބިވެއޯ ނެއިން ދެކެ… އަހަރެންވެސް ހީކުރީ ނެއިންވެސް ޒިޔާން ދެކެ ލޯބިވެއޭ… އެކަމަކު މިހާރު އިނގިއްޖެ ނެއިން ލޯބި ވަނީ ކާކު ދެކެ ކަން… ސޯ… ނެއިން… ބީ މައިން ޕްލީސް… ވަރަށް ލޯބިވޭ ނެއިން ދެކެ… އަހަރެންނަކަށް ނޭންގެ ކޮން އިރަކު ކަމެއް މިހިތުގަ ނެއިންއަށް ވިންދު ޖަހަން ފެށީއެއް… އިނގޭހާ ވެސް އެއްޗަކީ ނެއިންއަށް ޓަކައި އަހަރެން ކޮންމެފަދަ ކަމެއްވެސް ކުރަން ފަސްނުޖެހޭހާ ލޯބިވާކަން…” ނައިނާގެ މަޑް އަތްތިލައިގައި ބޮސްދެމުން ހައިޒަލް ބުނެލިއެވެ. އެއިރު ނައިނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ފުރާނަ ފަދައިން ލޯބިވާ މީހާވެސް ތިމާދެކެ ލޯބިވާކަން އިނގުމުން އުފާ ނުވާނީ ކާކުހެއްޔެވެ؟ “ނެއިން؟… ކީއްވެ ތި ރޮނީ؟… ނެއިން ދެރަވާ ކަހަލަ އެއްޗެއް ބުނެވުނީތަ؟…” ހިތް އަވަސްވެފައި ހުރެ ހައިޒަލް އެއްސެވެ. އެއާއެކި ނައިނާ ކަރުނަތައް ފޮހެލަމުން ބޯ ހަލުވާލިއެވެ.
- “ހައި… އައިލް ބީ ޔޯރްސް… އުމުރަށް… ދުވަހަކުވެސް އަހަރެން ދޫކޮށްނުލައްޗޭ… ޒާން ވެސް…” ހައިޒަލްގެ ތަނަވަސް މޭމަތީގައި ނައިނާ ބޯއަޅާލިއެވެ. ހައިޒަލް ހިނިތުންވެލަމުން ނައިނާގެ ނިތުގައި މަޑުމަޑުން ތުންފަތް ޖައްސާލިއެވެ. އެއާއެކު ނައިނާއަށް ލޯ މަރާލެވުނީ ކުރެވުނު ފޮނި އިހުސާހެކުންނެވެ. އެގޮތުގައި ދެމީހުންވެސް އިރުކޮޅަކު ހުރުމަށްފަހު ދުރުވީ ނައިނާގެ ފޯނު ރިންގު ވުމުންނެވެ. ވަގުތުގެ ނާޒުކު ކަމުން ހައިޒަލްއަށް ހިތްހަމަ ނުޖެހުމުގެ އަޑެއް ލައްވާލެވުނެވެ. ނައިނާ ހީގަންނަމުން ގުޅަމުން ދިޔަ ފޯނަށް ޖަވާބުދިނެވެ.
- “ކާކު؟…” ނައިނާ އެ ގުޅި މީހަކާ ވާހަކަދައްކާ ނިމުމާއެކު ހައިޒަލް އެހިއެވެ. “ބައްޕަ… މާދަން ޒާން ގޮވައިން އަންނައްޗޯ…” މާ ބޮޑު ވިސްނުމަކާ ނުލައި ނައިނާ ބުނެލިއެވެ. އެއާއެކު ހައިޒަލްއަށް ހައިރާންވެފައި ނައިނާއަށް ގޮވާލެވުނެވެ. ހައިޒަލްއަށް ހަގީގަތް ނޭންގޭކަން ނައިނާއަށް ރޭކާލީ އެވަގުތުއެވެ. އަމިއްލަ އަތުން ބޮލުގައި ޖަހާލުމަށްފަހު ނައިނާ، ހައިޒަލްގެ އެނދުގައި އިށީންދުނެވެ. އަދި ލަސްލަހުން ހުރިހައި ވާހަކަތަކެއް ކިޔައިދިނެވެ. ޒިޔާން އަކީ ނައިނާގެ ކޮއްކޮ ކަމާއި ޒިޔާންގެ މަންމަ އަކީ ނައިނާގެ ވެސް މަންމަކަން ބުނެދިނެވެ. “އެހެންވީމަ ތިބުނީ؟… ޒިޔާން އާ ނެއިން އަކީ އެއްބަނޑު ދެމީހުންނޭ؟…” ހައިޒަލްއަށް ހައިރާންވެފައި އެހުނެވެ. ނައިނާ ބޯ ޖަހާލުމާއެކު ހައިޒަލްއަށް ބޯ ހަލުވާލެވުނެވެ. ހީވާގޮތުން އަދިވެސް ގަބޫލު ކުރަން ދަތި ވަނީއެވެ.
- އެވަގުތު ރިހާނާ އައިސް ބޯ ދިއްކޮށްލިއެވެ. ހައިޒަލް އާއި ނައިނާ މާ ބޮޑު ވާހަކައެއް ދައްކާހެން ހީވެ ރިހާނާ އައިސް އެ ދެމީހުންގެ މެދުގައި އިށީންދުނެވެ. އަދި ‘ކިހިނެއްވީ ތޯ’ އެހިއެވެ. އެއާކު ހައިޒަލް އެންމެ ފިއްޔެއްވެސް ވައްޓައި ނުލާ ވެގެން އުޅޭގޮތް ކިޔައިދިނެވެ. އެއާއެކު ރިހާނާއަށްވެސް ވީ ހައިޒަލްއަށް ވީ ވަރެވެ. އެހެނެއްކަމަކު ރިހާނާ ވިސްނުންތެރިކަމާއެކު ނައިނާ އާ ވާހަކަ ދެއްކިއެވެ. “ދަރިފުޅާ ނައިނާ… ތީ މި މަންމަގެ ދަރިއެއް ނޫނަސް ހަމަ ހައިޒަލްއެކޭ އެއްފަދައިން ލޯބި ދީގެން މި 5 އަހަރުތެރޭ ގެންގުޅުނު ކުއްޖެއް… އެކަމަކު ޒިޔާނާ އެއީ ނައިނާގެ ބަނޑުއަޅައި ވިހެއި މައިމީހަ… ޒިޔާނާ ބޭނުންވެއެއްނު ދަރިފުޅާ ޒާންއާ އެގެޔަށް ބަދަލުވާން… މަންމައަށް ފެންނަނީ ދާން… ދަރިފުޅު ހީނުކުރައްޗޭ މަންމަ ދަރިފުޅު ފޮނުވާލަން އުޅެނިއްޔޭ…” ރިހާނާ ބުނެލިއެވެ. އެއާއެކު ނައިނާ ބޯ ޖަހާލިއެވެ.
- “މަންމާ…” ރިހާނާގެ ސަމާލުކަން ހޯދަން ހައިޒަލް ގޮވާލިއެވެ. “އަހަރެންނާ ނެއިންއާ އުޅެނީ ރައްޓެހިވެގެން…” ރިހާނާގެ ސަމާލުކަން ލިބުމުން ހައިޒަލް ބުނެލިއެވެ. ރިހާނާ ‘އަސްލުވެސް’ހޭ ކިޔައި ނައިނާގެ ގައިގައި ބައްދާލިއެވެ. ލަދުން އަނގައިންވެސް ބުނަން ނުކެރިފައި ނައިނާ އިނީއެވެ.
- ޖެހިގެން އައި ދުވަހެވެ. ޒާން ހޭލުމުން ސައި ދީފައި ނައިނާ ދިޔައީ ހައިޒަލް ނަގާށެވެ. އެހެންނޫނީ ހައިޒަލްއަކީ ބަންދު ދުވަހެއްކަމަކު ކުރިން ތެދުވާ މީހެކެވެ. އެހެންވެ މިއަދު ނުތެދުވީ ކީއްވެތޯ ބަލާލަން ނައިނާ ބޭނުންވިއެވެ. “ހައިޒަލް؟…” ކޮޓަރީ ދޮރުގައި ޓަކިޖަހާލަމުން ނައިނާ ގޮވާލިއެވެ. އެތެރެއިން އެއްވެސް ޖަވާބެއް ނައުމުން ނައިނާ އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އަރާމުގޮތަކަށް ނިދާފައި އޮތް ހައިޒަލް ފެނި އުނދަގުލެއް ކޮއްލަން ނައިނާ ބޭނުންވިއެވެ. ސިއްރު ސިއްރުން ކުދި ފިޔަވަޅުތަކެއްގައި ނައިނާ ގޮސް ހައިޒަލްގެ އެނދުކައިރީ ހުއްޓުނެވެ. އަދި ބާރަކަށް ހަޅޭތްލަވައިގަތެވެ. އެއާއެކީ ހައިޒަލްވެސް ސިއްސައިގެން ގޮސް ނައިނާއަށް ވުރެ ބާރަށް ހަޅޭތްލަވައި ގަތެވެ.
- މީހާ ހަމައަކަށް އެޅިލުމުން ހައިޒަލް ނައިނާއާ ދިމާލަށް ވަށްކަޅިން ބަލާލިއެވެ. އަދި ސިއްރު ސިއްރުން ހީލިއެވެ. އެހެން ހުރެފައި ނައިނާގެ އަތުގައި ހިފާ ދަމާގަތެވެ. އެއާއެކު ނައިނާ ލުއި އަހިފަތެއްހެން ހައިޒަލްގެ ގައި މައްޗަށް ވެއްޓުނެވެ. “ހައިޒާލް….” ނައިނާ އަޑުގެ ނެތްތަނަށް ހައިޒަލްއަށް ގޮވާލިއެވެ. އެއާއެކު ހައިޒަލް ފެށީ ހޭންށެވެ. “ހޭންވީ އެއްނޫން… ތެދުވޭ ހަމަ މިހާރު… ހައި މެން ސައި ބުއީމަ ޒާން ގޮވައިން މަންމަމެން ކައިރިއަށް ދާން ވެގެންނޭ…” ނައިނާ ބުނެލިއެވެ. އެއާއެކު ހައިޒަލް އެންމެ ރަނގަޅޭ ބުނެ ފާހަނައާ ދިމާލަށް ހިނގައިގަތެވެ.
- “މޯރނިންގް ޒާން…” ސައި މޭޒުދޮށުގައި އިށީންނަމުން ހައިޒަލް ބުނެލިއެވެ. “މޯރނިން ޒެލްބޭ….” ލޯބި އަޑަކުން ޒާން ބުނެލިއެވެ. ހައިޒަލް ހީލަމުން ޒާންގެ ކޮލުގައި ހިފާލިއެވެ. އަދި ސައި ބުޔުމަށް އަވަސްވެގަތެވެ.
- “ޒާން… އަވަސް ކޮށްލާ ދަރިފުޅާ… ތިއްތި ވެލައިން މަންމިއާއެކު ތާކަށް ދާން ހިނގާބަ…” ބަދިގެއަށް ވަދެގެން އައި ނައިނާ ލޯތްބާއެކު ޒާންގެ ބޮލުގައި ފިރުމާލިއެވެ. ޒާން އަވަސް އަވަހަށް ކިރުތަށި ބޯލީ ބޭރަށް ދާ ހިތުންނެވެ.
- “މަންމާ… އަހަރެން މި ދަނީ ދާން އިނގޭ… އާދެވޭނެ އިރެއް ނޭންގެ…” ރިހާނާގެ ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ނައިނާ ބުނެލިއެވެ. ރިހާނާ އާންއެކޭ ބުނުމުން ޒާންގެ އަތުގައި ހިފައިގެން ނައިނާ އެޕާރޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
- މާލޭގެ ހަލަބޮލި މަގުތަކުން ނައިނާ ހިނގަމުން ދިޔައެވެ. ޒާންގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔަ ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމަތިން ހުރަސްކުރި މީހެއްގެ ސަބަބުންނެވެ.
- =ނުނިމޭ=
- * މި ޕާރޓް ނެރުން ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެން. އިތުރު ހަރަކާތްތަކުގެ ސަބަބުން ގިނަ އިރު ސުކޫލުގައި އުޅެން ޖެހުނީތީވެ މި ޕާރޓް ނެރުން ލަސްވީ!!! *
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.



Masha Allah mi part ves Vrh reethi kon duvas thakeh ga vhk nereny anehka Kaaku baa Kuramathin e huras kury can’t wait for the next part when’s next
Lyyy❤️
thankiuuu so much Nayerr
vaguthu viyyaa knme saturday aku nereveythw balaanen
hehe balamaa dhw kaaku thw
lymm darll
Vrh reethi mi part vx.. can’t wait for next.. thankolheh avahah update koh dhehchey
Thankiuu unknown
IA mi saturday ga up kohla dheynan
Naina and haizal ?
Ehn vaahaka akun vws dhekunin
yeah knmes ehn vhk aku innaane
i juss love e name thah ehnve use kury
Eyy can U accept the request plss
In Instagram I’m saying.. lol
Labba koffin
I loved this story series. While’s reading I can visualize it. Your stories are great and keep it up. Excited to read the next part! ❤️
Thankyouu so much Anonymous💗