Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތު(3)

naberr
naberr Level 210 Stories100 Login
September 20, 2025 4 Mins Read
4 Comments

ރޭގަނޑުގެ ހިތްގައިމު ވަގުތުގައި އެކި އުމުރުފުރާތަކުގެ މީހުން ހަރަކާތްތެރި ވަމުންދިޔައެވެ.މާދަމާ އަކީ ހުކުރު ދުވަސް ކަމުން ކުޑަކުދިންވެސް ގިނައެވެ.ޖެހެމުންދިޔަ ފިނިރޯޅިން ކޮންމެ މީހެއްމެ މޫނުމައްޗަށް ހިތްގައިމު ހިނިތުންވުމެއް ގެނެސްދެމުން ދިޔައެވެ.ނަމަވެސް ރައިޝާމެންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ދެރައެވެ..ޒާރާގެ އުނގުމަތީގައި ލޯބިކޮށް ނިދާލާފައި އޮތް ޒައިހާންގެ އިސްތަށިކޮޅުގައި ރައިޝާ އޭނަގެ އަތް ހިންގާލިއެވެ.ރައިހާން ސައިކަލު ޕާކުކޮށްލާފައި ރަސްފަންނު ތެރެއަށް ވަދެ ރައިޝާމެން ފެނޭތޯ ވަށައިގެން ނަޒަރު ހިންގާލިއެވެ.ރައިޝާމެން ފެންނަން ނެތުމުން ކުދިކިޔަމުން ފޯނުނަގައި ރައިޝާ ނަންބަރަށް ޑައިލް ކޮށްލިއެވެ.”ޗައިރާ ކޮންތާކުތަ؟މަމިދަނީ..މަށަކަށް ނުފެނެ ތިޔަ ސަންތިމަރިޔަބެއް”ރައިޝާ ފެނޭތޯ ރައިހާން ނަޒަރު ހިންގާލިއެވެ.”ކަލޭއަށްވާ ރެވިތެޔޮ ބޮވިގެންތަ ތިޔައުޅެނީ. މަމިދަނީ. ތިތާ މަޑުންހުރޭ”ޒައިހާން އުރާލަމުން ރައިޝާ ބުނެލިއެވެ.ސައިކަލު ކައިރީގައި ފޯނާއި ކުޅެން ހުރި ރައިހާން މީ ކާކުގެ ކުއްޖެއްހޭ އަހާފަދަ ގޮތަކަށް ރައިޝާ އަށް ބަލާލިއެވެ.”އެކޮޅުގަ ކާރު ޕާކުކޮށްފަ އޮންނާނެ. ޒައި ގޮވައިގެން ގޮސް އަހަރެން ރޫމްގަ ބާއްވާލާ..”ރައިހާން އަށް އިތުރު އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރައިޝާ އަނބުރާ ދިޔައެވެ.

“މަންމަ މިދަނީދެން ކޮޓަރިއަށް ޖައްސާލަން. ދަރިފުޅު ރައި އަށްނަންދެން ޒައިހާން ކައިރި ހުންނަށްޗެ.”ނާދިޔާ ކޮޓަރިން ނިކުށްނަމުން ބުނެލިއެެވެ.ރައިހާން މަޑު ހޫމްއެއް އަޅުވާލުމަށް ފަހު ޒައިހާން ކައިރި އޮށޯވެލިއެވެ..އޭރު ރައިހާންގެ ބޮލު ތެރޭގައި ތަފާތު އެކިއެކި ސުވާލުތައް އެނބުރެމުން ދިޔައެވެ.”ޒާ! ޒާ މީހަކާ އިނީބާ؟ޒައިހާން މީ ޒާ ގެ ދަރިފުޅުބާ؟ ޒައިހާން ގެ ބައްޕަ އަކީ ކާކު.ނޫނީ ޒައިހާން އަކީ”ރައިހާން އަށް އޭނަގެ އަމިއްލަ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. ހިތާހިތުން ޒައިހާން އަކީ ޒާރާ ގެ ދަރިފުޅަށް ނުވުމަށް ދުޢާ ކުރެވުނު ނަމަވެސް ރައިހާން އަށް ނޭނގުނީ ޒައިހާން އަކީ ޒާރާ ގެ ދަރިފުޅު ކަމެވެ. ރައިޝާ އާއި ޒާރާ އަކީ ކުޑައިރުއްސުރެވެސް އެންމެ ގާތް މިތުރުންނެވެ.ޒާރާ ގެ މަންމަ ނިޔާވީ ޒާރާ އުފަންވުމަށްފަހު ލޭ މަނާ ނުވެގެން ކަމަށް ޒާރާ ބައްޕަ ބުނި ހަނދާން ޒާރާ ވެއެވެ. އޭގެ ފަހުން ޒާރާ ބައްޕަ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކީ ލޭގެ ކެންސަރު ބަންޔާއި ހަނގުރާމަ ކުރަމުންދަނިކޮށެވެ. އޭނގެ ފަހުން ރައިޝާ ގެ އެދުމުގެ މަތިން ޒާރާ ދިރިއުޅެމުން އައީ ރައިޝާމެން ގޭގައި އެ އާއިލާ އެކުގައެވެ.ރައިހާން ޒާރާ އަށް ލޯބި ހުށައެޅި ނަމަވެސް ޒާރާ އެލޯތްބަށް ފަސްދިނީ ރައިހާންގެ ހިތްކުދިކުދި ކޮށްލަމުންނެވެ.ރައިހާން އެއްވެސް މަސަތްކަތެއް ނުކުރާ ކަމަށާއި އަބަދު ޒާރާ އަށް އުނދަގޫ ކުރާތީ ނަފްރަތު ކުރާކަމަށްބުނި ހަނދާން ދެންމެ ބުނި ވާހަކައެއްހެން ރައިހާން ކަންފަތުގައި ގުގުމަމުން ދިޔައެވެ.

“ޒާ! ޕްލީޒް ކިޔާދީބަލަ ވީ ގޮތް.އެއްވެސް މީހެއް ކައިރި ވީކަމެއް ނުބުނެ ކުއްލި އަކަށް ނުކުމެގެން ދިޔައިމަ މަންމަމެން ދެރަވެ މާޔޫސްވިވަރު އެނގޭތަ؟ދޮންބެ ދެރަވި ވަރު އެނގޭތަ؟އައިނޯ ޒާ ދޮންބެ ދެކެ ރުޅި އަށްނަކަން.އެޓްލީސްޓް ރައި ކައިރި ވީގޮތް ބުނެލިނަމަ.ޒާ ލައިފްގެ ހުރިހާ ކަމެއްގައިވެސް ރައި އަބަދުވެސް ޒާ އާއި އެކީވިން.އަބަދުވެސް..ޒާ މިހަކާ އިނީތަ؟ޒައި އެއީ ކާކުގެ ދަރިޔެއް.ކުރުކޮށް ކިޔާދިނަސް ރައި އަށް އޯކޭ”ރައިޝާ ހިތުގައި ފުނިޖެހިފައިވާ ޒާރާ މޫނުގައި ހިފަހައްޓައިގެން ހުރެ ކޮށްލިއެވެ.އަތުގައި ހުރި ޖޫގޯ ތަށްޓަށް ޒާރާ ބަލާލީ ރައިޝާ އަށް ބަލަހަށްޓައިގެން ހުރެެ ވާހާކަ ދައްކަން ފަސޭހަ ނުވުމުންނެވެ.”ރައި ހެޔޮނުވާނެ ވީހާވެސް އަވަހަކަށް ވިޔާމްގެ ތި ކެހިވަރި އަނިޔާތަކުން ސަލަމާތްވޭ.މާގިނަ ވަގުތެއް ނެތް”ޒާރާ އަށް ރޮވެން ފެށުނެވެ.ވާނުވާ ނޭނގޭހާލު ރައިޝާ އަށް ޒަޔާން އާއި ދިމާލަށް ބަލާލެވުނެވެ.”ޒާރާ ކީކޭ ތިކިޔަނީ”ޒަޔާން އަހާލިއެވެ.”ރަނގަޅަށް ތެދު މިބުނަނީ.އަހަރެންނަަށް އެނގޭ ރައި ވިޔާމް އާއި އެކީ އުޅެނީ އުފަލުގަ ނޫންކަން.ރައި..އަހަރެން މީގެ އެއް އަހަރު ގެއިން ނުކުމެގެން ދިޔައީ ރައިހާން އާއި ހެދިއޭ ބުންޏަސް އަހަރެން އަސްލު ގެއިން ނުކުތީ އެ ސަބަބާއި ހުރެއެއް ނޫން.އަހަރެން އަދިވެސް ރައިހާން އާއި ނަފްރަތު ކުރަން. އަބަދު ޖެއްސުން ކޮށް ކައިރީގަ ހުންނާތީ.އަހަރެން ގެއިން ނުކުތީ ރައި ގެ ރައްކަލަކަށް.އަހަ..އަ.އަހަރެން..އަހަރެން ނަށް މަޖުބޫރުވީ..އަޅައިލާނެ އާރެއް ޔާރެއް އަހަރެންގެ ނެތް ރައިމެން ފިޔަވާ..އަހަރެންނަށް ދެން ކިހިނެއް އިތުރަށް ރައިމެން ނުރައްކަލަކަށް ވައްޓައިލަން ކެރޭނީ އަހަރެންނާއި ހެދި. ކޮލެޖް ނިންމާފަ ރައްޓެއްސަކާއެކު ކޮފީއެއްގަ ހުއްޓަ ނުދަންނަ ނަންބަރަކުން ގުޅި.ނުނެގީމަ އަނެއްކާވެސް ގުޅި.”ޒާރާ ގެ ރުއިން ފަހަރަކަށްވުރެއް ފަހަރެއް ބާރުވަމުން ދިޔައެވެ.”ނައި އެކްސިޑެންޓް ވެގެން އުޅޭ ވާހަކަ ވިޔާމް ބުނި.ޒާ އަށް ބިންގަނޑު ފައިދަށުން ދަމައިގެންދިޔަ ކަހަލަ އިހުސާސްއެއް ކުރެވިގެންދިޔަ. ކޮން ހޮސްޕިޓަލް އެއްގަހޭ އެހީމަބުނީ އަދި ނުގެންދަމޭ ޒާ އައިސްބަލާށޭ އަވަހަށް. ދިޔަފަހުން އެނގުނީ ބެދިގެން މިދިޔައީ ވިޔާމްގެ ނުބައި މަޅިއެއްގައިކަން.އޭނގެ ފަހުން އަހަރެން ވެގެން ދިޔައީ އެމީހުންގެ ތުންފުއްސަކަށް. ދެކޮޅުހަދާ ކޮންމެ ފަހަރަކު ރައިމެންގެ ފުރާނަ އަށް ކުޅޭނެ ކަމަށް ބުނެ ބިރުދަށްކާ.އަލިފާން ޖައްސާ…ރައި އަށް އަހަރެން ވަރަށް މެސެޖު ކުރިން.ވިޔާމް ގެ ވާހަކަ ހުރިގޮތުން އެނގުނީ ރައިގެ ފޯނުން ޒާ ބްލޮކް ކުރީ އޭނަކަން..އޭނގެ ފަހުން ނޭނގޭ ގޮތަށް ފޮޓޮ އާއި ވީޑިއޯ ނަގަން ފެށިން.ވިޔާމް އަށް ޝައްކު ކުރުވަން އަހަރެން އޭނަ ސިނގިރޭޓް ބޯން ހުއްޓަ އެދިމާލަށް ފޯނު ދިއްކުރީ ސެލްފީއަށްލާފަ.އެދުވަހު އޭނަ ފޯނު ޗެކުވެސް ކުރި.އެކަމު އަހަރެން ހުންނާނީ ހުރިހާ އެއްޗެއް ވަކިން ފޯލްޑަރ އަކަށް އަޅާ ޕާސްވޯޑް ޖަހާފަ”ޒާރާ މޫނުފޮރުވާލިއެވެ. ވިޔާމްމެން ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވީނަމަވެސް ޒައިހާން ގެ ކުށެއް ނެތްކަމަށް ޒާރާ ގަބޫލުކުރެވެ.”ޒައިހާން އަކީ ވިޔާމް ގެ ދަރިއެއްތަ”ރައިޝާ އަށް ބަލާލުމަށްފަހު ރައިޝާ އެންމެ ރަނގަޅު ކަމަށް ބުނުމުން ޒަޔާން އަހާލިއެވެ.”ނޫން…ވިޔާމް އެން..އެންމެ ފަހަ.ފަހަރަކު..ދެން ހުސްމެން އެހެނެ އަންހެން ކުދިން.އަދި އަދަށް ދާންދެންވެސް ނޭގިފައޮތް ހަމައެކަނި ކަމަކީ ޒައި ބައްޕަ އަކީ ކާކުކަން..އަހަރެން އަމަލުތައް ހުރިގޮތުން ވިޔާމް އަހަރެން ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކީ…އޭރު 1 މަސް…އަނބުރާ އައިއްސަ އަހަރެން ވިސްނީ ސަލާމަތް ވެވޭނެ ގޮތަކަށް.ވިޔާމްމެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ތުއްތު ދަރިފުޅުގެ އެއްވެސް ކުށެއް އެޔަކު ނެތް..އެކި ގޮތްގޮތުން ދަރިފުޅު ވައްޓަން ވިޔާމް މަސައްކަތްކުރި.ނަމަވެސް ﷲ ގެ އިރާދަފުޅުން އެކަމެއް ކާމިޔާބެއް ނުވި.އޭނގެ އަނެއްދުވަހު ބަނޑަށް ތަދުވާ ކަމަށް ބުނެ ޑޮކްއަށް ދައްކަން ދިޔައީ.ކަންދިމާވީވެސް ވަރަށް ރަނގަޅަށް. އެ އެންމެން ވަރަށް ބިޒީ ކަމަށްބުނެ އެކަނި ދިޔުމަށްބުނި.އެ ދަނޑިވަޅުގެ ބޭނުން ހިފައިގެން ފިލީ.”ރައިޝާ ކޮޑުގައި ޒާރާ ބޯ އަޅާލިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތުގައި އެންމެން ނިދީގެ ފޮނިމީރުކަން ހާސިލްކުރަމުން ދިޔައިރު ސިޓިންރޫމު ތެރޭގައި ޒަޔާންގެ އިތުރުން ޒާރާ އިންތިޒާރު ކުރަމުން ދިޔައީ ރައިޝާ އަންނާނެ ވަގުތަކަށެވެ. ބޮލަށް އެބުރުން އަރައިގެން ރައިޝާ އެޓްމިޓް ކުރުމުން ރައިޝާ ކައިރީގައި ޒާރާ އާއި ޒަޔާން ތިއްބެވެ.ނަމަވެސް ވިޔާމް އައުމުން ޒާރާމެން ގެޔަށް އައީ ޒައިހާން ހޭލައިގެން ޒާރާ ނެތުމުން ރޮއިފާނެތީއެވެ.

ފަތިސްނަމާދުން ފައިބައިގެން ކޮފީއެއް ގިރައިގެން ޒަޔާން ބަގީޗާ ގައި އެލުވާފައި ހުރި އުނދޯލީގައި އިށީދެލިއެވެ.ޖެހެމުންދިޔަ ފިނިވައިރޯޅިން ހިތަށް ފިނިކަމެއް ގެނެސްދެމުން ދިޔައެވެ.ފޯނު ނެގުމަށްފަހު ޒަޔާން ނަންބަރަކަށް ގުޅާލިއެވެ.”މަ ބުނި ކަންތައް މިޔަދު ކުރާތި.އަހަރެން ގެ އެއްވެސް މައްސަލަ އެއް ނެތް ބޭނުން ކޮންމެ 2 މީހެއް ލިޔަސް”އެކޮޅުން އެންމެ ރަނގަޅު ކަމަށް ބުނުމުން ޒަޔާން ފޯނު ބޭވުމަށްފަހު ކޮފީ ކޯވަރެއް ބޯލިއެވެ.”ކާކު ކަން ދިމާކޮށްފިއްޔާ ބުނި އެއްޗެއް ދޭނަން”ޒަޔާން ލޯ މަތީގައި އަތް އަޅައިގެން ހުރެ އެކުއްޖާ ބުނެލިއެވެ.”ތިދެން މީހަކަށް ނޭނގޭވަރުގެ އަންހެނެއްތަ؟މަރިޔަމް ރައިޝީ ރިޔާޒް.އަހަރެން ބޭނުމީ ރައިޝީ ގެ ހިތް.”ރައިޝާ އަތުގައި ހިފާ ކުރިމައްޗަށް ދަމާލަމުން ޒަޔާން ލާނެތް ގޮތަކަށް ބުނެލިއެވެ.”ވަރަށް ފޫހި..މީނަ އަށް ނޭނގޭނެ ސަމާސާ ކުރަންވެސް.ތިޔެއް ނޫން 9 އަށް ބްރޭކް ފާސްޓަ އަށް ރެޑީވޭ..މައި ޓްރީޓް. އަދި އެއްޗެއް ދައްކަން ވެސް އެބޮތް.”ގޭތެރެ އަށް ވަންނަން ދުއްވައިގަންނަމުން ރައިޝާ ބުނެލިއެވެ.19 އަހަރު ވާން ކައިރި ވެފައި ވި ނަމަވެސް ބައެއް ފަހަރު ރައިޝާގެ އަނަލުތައް ހުންނާނީ ކުޑަކުދިންގެ ހުންނަގޮތަށެވެ.ކޮފީ ހުސްވެފައި ހުރި ތަށި ބަދިގެއަށްވަދެ ދޮވެލުމަށްފަހު ތާޒާވެލަން ކޮޓާރިއަށް ޒަޔާން މިސްރާބުޖެހި އެވެ.ޒަޔާން ގެ ކޮޓަރި ހުންނަނީ ރައިޝާ ގެ ކޮޓަރިއާއި ޖެހިގެންނެވެ.

ރައިޝާ ތައްޔާރު ނިމިގެން ސިޓިންގރޫމް ތިރިޔަށް ދިޔައިރު ތުއްތު ޒައިހާން ކާރެއް ހިފައިގެން ދެރަވެފައި ހުއްޓެވެ.”ޒައި! ކިހިނެއް ވެފަ؟ ކޮބާ މަންމި؟” ޒައިހާން ނަގައި އުނގުމަތީގައި ބައިންދާލަމުން ރައިޝާ އަހާލިއެވެ.”މަންމި ނޭނގެ…ޒައި ތިއްތިވި ބައްޕި އެއްކޮ..ބައްޕި ދިޔައި ޒައި ބައިންދާފަ”މައުސޫމް ގޮތަކަށް ޒައިހާން ބުނެލި ނަމަވެސް ރައިޝާ މޫނު މައްޗަށް ހައިރާންކަން ވެރިވެގެން ދިޔައީ ޒައިހާން ބައްޕި އޭ ބުނުމުންނެވެ.”ޒައި..ކޮން ބައް..ބައްޕި އެއް..”ޒާރާ އަށްވެސް ވީ ރައިޝާ އަށްވީ ވަރެވެ.”މަންމި އައްޗި ކުއްދެއް.މަންމި ދޮގު ހެދި ބައްޕި ނެތޭ ބުނެފަ ޒައި ބައްޕި ހުރެ..މަމްމި އައްޗި”ރިޔާޒް އާއި އެކީ އެވަގުތު ތިރިޔަށް ފައިބެގެން އައި ރައިހާން ފުރަގަހަށް ވަދެ ޒައިހާން ފިލިއެވެ.ޒައިހާން ގެ އަމަލުން ވީ ގޮތް ކޮންމެވެސް ވަރަކަށް ފަހުމް ވެގެން ދިޔަ ނަމަވެސް ޒާރާ ގހިތުގައި ރައިހާން އާއި މެތުގައި އޮތް ނަފްރަރުވީ އިތުރެވެ.”ޒާރާ ދަރިފުޅާ!ބައްޕަ އަށް އެނގޭ ދަރިފުޅު ހިތްހަމަ ނުޖެހޭނެކަން.އެކަމު ޒައި ކައިރި ރައިހާން އަށް ބައްޕަ ކިޔަން ބުނީ މަންމައާ ބައްޕަ”ޒައިހާން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.ހިތްހަމަ ނުޖެހުނު ނަމަވެސް ޒާރާ މޫނުމަތިން އެކަން ނުދައްކާ ވޭތޯ މަސައްކަތް ކުރިއެވެ.”މަންމި އަށް އައްޗި ނުކިޔާނެ އިނގެ.އޭރުން މަންމިވެސް ދެރަވާނެ އެންނު.އެހެން ކުއްޖެއް ޒައި އާއި ދިމާލަސް އައްޗި ބުނީމަ ދެރަވާނެ އެއްނު ދޯ. އެހެންމަ ދެން ނުކިޔާނެ އިނގެ.”ޒައިހާން ގެ ފަން އިސްތަށިކޮޅު ހާވާލަމުން ރައިހާން ބުނެލިއެވެ.

ފުޑް ކޯޓުގައި ސައިބޮމުން ދިޔައިރު ރައިޝާ ދައްކަމުންދިޔަ ވާހަކަ އަށް ޒާރާ އާއި ޒަޔާން ގެ ސަމާލުކަން އެއްކޮށް ވަނީ ގޮސް ހުސްވެފައެވެ.”މި އަޑު އަހާބަލަ” ރޮށި ކޮޅެއް އަގަޔަށް ލަމުން ރައިޝާ ބުނެލިއެވެ.އެ ވީޑީޔޯ ޓޭޕް އެއްކޮށްނިމުން އިރު އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ބިރުވެރިކަމެވެ”ޒަޔާން..ލަސް ކުރެވޭކަށް ނެތް.. ވީޙާވެސް އަވަހަކށް މިކަން ކޮޅެއްގަ ޖެއްސޭތޯ ބަލަންވީ”ހާސްވެފައި ހުރެ ޒާރާ ބުނެލިއެވެ.”ހޫމް! އަހަރެން އޮންނާނެ ޕްލޭން އެއް ރާވާފަ.އެޔާ އެއްގޮތަށް ޒާރާ ވެސް ރައިޝީ ވެސް ޖެހޭނެ ކަންތައް ކުރަން.”ޒަޔާން އެހްނ ބުނެލުމަށްފަހު މިޔަދު ހެނދުނު އޭނަ ކުރި ފޯނު ކޯލުގެ ހަގީގަތް ބުނެލިއެވެ.އެއާއި އެކު ރައިޝާ އާއި ޒާރާ ގެ މޫނުމަތި އެއްކޮށް ބަނަވެގެންދިޔައެވެ.”ތިނޫން އެހެން ގޮތެއް ހަމަ ނެތީތަ؟”ޒާރާ ބުނެލީ ފޫހި ކަމާ އެކުގައެވެ.”ނެތް. އޮތް ހަމައެކަނި ގޮތަކީ މީ.ނޫނީ ޒާރާ ބޭނުމީ ޒައި ގެއްލިގެން ދާންތަ؟ޒަޔާން ދައްކާލީ ބިރެން ނަމަވެސް ކަންކުރެވެން އޮތްހަމައެކަނި ގޮތަކީ މިއީއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

މަލާމާތް ނުކުރަމާ

Next

މާސްކު (ޕާޓް 17)

Next
September 20, 2025

މާސްކު (ޕާޓް 17)

Previews
September 19, 2025

މަލާމާތް ނުކުރަމާ

4 Comments!

  1. ... says:
    September 20, 2025 at 11:31 am

    Nabaahath….
    I knew it… I just knew it… 😭😭
    Dhen next part avahah up kurey.. eyrun kanneynge avas musthagubalehga new episode eh kiyaalan libeynee..
    Lynn

    1. naberr naberr says:
      September 20, 2025 at 6:37 pm

      cill my dear chill allah vodigen vany kehtherinaa eku
      next part on the way tuesday ga libeyne kiyaalan insha allah
      love you more

  2. Elly🥀 says:
    September 20, 2025 at 4:03 pm

    Alhey jus woow NABERR haadha reehchey
    Zaihaan and raihaan ge bond you make me speechless ehaa ves reethi wooow
    I think zaaraa zaihaan e name dhiny raihaan aa gulhuvaafahen🥲
    Anehka kn kmh ge vhk ehbaa zayaan ebuni whole thing make me fell for this story woooow
    Curiously waiting for next part
    I LOVE YOU SO MUCH NABERR❤️🎀

    1. naberr naberr says:
      September 20, 2025 at 6:40 pm

      glad to know baeh faharu vaane ehnu ELLY speechless kohlan ves hehehe
      yhh nabaa ah ves vrh heevey zaihaan ah name dhiny raihaan aa gulhuvaafahen
      next part will tell us zayaan egadi buny kn vhk ehkan
      tuesday ga insha allah
      LOVE YOU MORE ELLY

Comments are closed.

Next Episodeނަފްރަތު(4)←


All Right Reserved!