ހިތުގެ ރިހުން (28)
ނޫރާ އޮޅުވާލަންވެގެން މަންސޫރު އަތުން ދޫކޮށްލާފައި އައިސް ޔާސިރު އަތުގައި ހިފާލިއެވެ.
” ޔާސިން ހުރި ހާލެއް ބަލަންވީ.. ބޭކާރު މީހުންނާ ވާހަކަ ދައްކަން ހުއްޓަކަސް ނުވާނެ. ހުޝާމް އާދޭ..” ނޫރާ ގެ އަމަލްތައް ހުރި ގޮތުން ހުޝާމަށް ކަންތައް ގަޑެއް ހިގައިގެން އުޅޭ އިހުސާސެއް ކުރެވުނެވެ. އަދި ޔާސިރުވެސް ވާނުވާގައި ނޫރާ އާ އެއްކޮށް ޔާސިންގެ ހަބަރެއް ބެލުމަށް ހިގައިގަތެވެ. މަންސޫރު ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ޔާސިރުގެ ދަރިން ޔާސިރުއަށް އަޅާލާ މަންޒަރު ފެނުމުން ކުޑަކޮށް ދެރަވެސް ވިއެވެ. އޭނާއަށް އަޅާލާނެ ދަރިއަކު އަންބަކު ހުރީކީ ނޫނެވެ.
*****
” 11 މާރޗްގެ ރޭގަޑު 8:30ގައި ޔާސިން ހުރީ ކޮންތާކު؟” ސާރޖެންޓް އަހްމަދު އަހާލިއެވެ.
” އަޅުގަނޑު އެރޭ މިންހާ އަށް ފާރަލާން ދިޔައީ މިންހާ ފަހަތުން.. މިންހާ އެޕާރޓްމެންޓަށް ވަތް ގޮތަށް 1 ގަޑި އިރު ވި އިރުވެސް ނުނިކުމޭ… އެހެންވެ މިންހާއަށް ވީގޮތެއް ބަލަން އެތަނަށް އަޅުގަނޑު ވަނީ..” ޔާސިން ކިޔާދިނެވެ.
“އެޔަށްފަހު އެތާ ތެރޭ އެއްވެސް ހަމަ ނުޖެހުމެއް ހިނގިތޯ…” ފަހަރަކު ސުވާލެއް ކުރަމުން އަހުމަދު ދިޔައެވެ.
“ނުން… ނުހިނގާ.. އަޅުގަނޑު އެތަނަށް ވަތް އިރު މިންހާގެ ލޯބިވެރިޔާގަޔަށް އޮތީ ވަޅި ޖަހާފަ..” ޔާސިން ތުރުތުރު އަޅަން ފެށިއެވެ. އެރޭގެ މަންޒަރުތައް ދެންމެ ހިނގި ކަމެއްހެން ސިފަވާން ފެށިއެވެ.
“އޭރު މިންހާ ކޮބާތޯ؟ އަދި އެ އެއްގަޑި އިރު ވަންދެން ހަމަ އެ ފްލޯގަތޯ ޔާސިން ހުރީ؟”
“ނުން އަޅުގަނޑު ފުރަތަމަ މައްޗައް އެރީ މިންހާ ފަހަތުން. ދެން ވަތް އެޕާރޓްމެންޓް ބަލާފައި އަޅުގަނޑު ފޭބީ ތިރިއަށް މިންހާ އަންނާނެ ކަމަށް… މިންހާ ނައިސްގެން އަނެއްކާ އަޅުގަނޑު އެތަނަށް ވަނީ… މިންހާ އޮތީ އޭރު ހޭނެތިފަ.. މުޅި ކޮޓަރިތެރެ ހުރީ އޭރު އެފުއް މިފުށަށް ޖަހާފަ… އަޅުގަނޑު މިންހާ ހޭ އަރާތޯ ވަރަށް މަސައްކަތް ކުރިން.. އެކަމް އެކަމެއް ނުވި.. މީހެއްގެ ވާހަކަ ދެއްކުމުގެ އަޑު އިވުނީމަ އަޅުގަނޑު އަވަހަށް އެތަނުން ނިކުތީ.. އަޅުގަނޑު ނުކުރާ ކަމެއްގެ އިލްޒާމް އަޅުގަނޑު ބޮލުގައި އެޅިދާނެތީ..” ކަން ވީވެސް އެހެނެވެ. ޔާސިން ހައްޔަރުގައި އިނީ މީހަކު މަރާލި ކަމުގެ ތުހުމަތުގައެވެ.
“ސާރ.. ޔާސިންގެ ބައްޕަ އެބަހުރި ބޭރުގަ… ޔާސިންގެ ބްރީފިންގް ދޭންވީނޫންތޯ؟” ލަމްހާ މިހެން ބުނެލުމުން އަޙްމަދު ތެދުވެގެން ބޭރަށް ނިކުތެވެ.
“ޕޮލިސް ސާރޖެންޓް އަޙްމަދު މަނިކު…” ޔާސިރު އާ ސަލާމް ކޮށްލަމުން އަޙްމަދު ބުނެލިއެވެ.
“ކިހިނެއްތޯ ވީ… ” ހާސްވެފައިވާ ޔާސިރު އަހާލިއެވެ.
” ޔާސިން ހައްޔަރު ކުރެވުނީ މަރުގެ މައްސަލައަކާ ގުޅިގެން އަޅުގަނޑުމެން ހޯދި ހެކި ތަކުން ޔާސިންގެ އަތެއް އެކަމުގައި ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އިތުރު ތަހުގީގު ކުރުމަށް..” އަޙްމަދު ކިޔާދިނެވެ.
“އަޅުގަނޑުގެ ދަރިފުޅު އެކަހަލަ ކަމެއް ނުކުރާނެ… އަޅުގަނޑު ބޭނުން ލޯޔަރެއް ހަމަ ޖައްސަން… މިވަގުތު ތަހުގީގު ކުރިއަށް ނުގެންދޭ އަޅުގަނޑު ދަރިފުޅަށް ލޯޔަރެއް ހަމަ ޖެހެންދެން…” ޔާސިރު މިހެން ބުނުމުން އަޙްމަދު ޔާސިން ލޯޔަރެއް ބޭނުން ނުވާކަމަށް ބުނެލިއެވެ. އަދި ޕޮލިހުންގެ ތަހުޤީޤަށް ހުރަސް އެޅޭފަދަ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް އިރުޝާދު ދިނުމަށްފަހު އެތެރެއަށް ވަނެވެ.
މަންސޫރު، ނޫރާ، ހުޝާމް އަދި ޔާސިރު ހަތަރު މީހުން ތަހުޤީޤު ކުރާ ކޮޓަރި ކައިރި މަޑުކޮށްލައިން ތިބީ ޔާސިންގެ ހަބަރެއް ވޭތޯއެވެ. މިރޭ ހަތަރު ދަމު އެތާ ތިބެން ޖެހުނަސް ގުޑާލާނެ ވިސްނުމެއްވެސް އެ ހަތަރު މީހުންގެ ނެތް ކަހަލައެވެ.
މަނާލްގެ ތަހުޤީޤުތައް ނިންމުމަށްފަހު ބަންދަށް ދޫނިދޫއަށް ގެންދަން ނެރުނެވެ. މަނާލް ފެނުމުން ނޫރާއަށް ހީވީ ބިރެއް ފެނުނު ހެންނެވެ. އޭނާގެ ކުޑަ އިރުގެ ހަދާންތައް ވާންފެށި ހެންވެސް ހީވެއެވެ. ނޫރާ އަށް އޭނާގެ އުމުރުން 5 އަހަރު ވަންދެން ހިނގި އެއްވެސް އެއްޗެއް ހަދާނެއް ނުހުރެއެވެ. އެކަމުގެ އެތައް ސުވާލު ތަކެއް އައިޝާ އާ ނޫރާ މީގެ ކުރިން ކުރިއެވެ. ނަމަވެސް އައިޝާ ބުނަމުން އައި އެގޭގައި ހިގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ނޫރާއަށް އެކަންކަން ހަދާން ނުވަނީ ކަމަށެވެ.
“މިތާ ރީތި ކޮށް އިނދޭ… މި މެޓާ ކާލާ…. އެއްވެސް އަޑެއް ނުލައްވާތި…” މަނާލް ނޫރާ ގެންގޮސް ބުނި ބަސްތައް އޭނާގެ ސިކުޑިއަށް އަންނަން ފެށިއެވެ. ބޮލުގައި ރިއްސައިގަތީ ކިހިނެއް ކަމެއްވެސް ނޫރާއަކަށް ނޭގެއެވެ. ހުޝާމް ގާތުގައި އިނުމުން ހުޝާމްގެ ކޮޑުގައި އޭނާ ބޯ އަޅާލާ ދެލޯ މަރާލިއެވެ. ލޮލުން ފޭބި ކަރުނަ ތިކިތައް ހުޝާމްގެ އަތުގައި ބީހުނެވެ.
“ނޫރާ… ކިހިނެއްވީ” ހުޝާމް ކުޑަކޮށް ކަންބޮޑުވިއެވެ. ނޫރާ ހުޝާމްގެ އަތަށް ކުޑަކޮށް ވާން ކޮށްލިއެވެ.
“މަންސޫރު ހެޔޮ ނުވާނެ އަހަންނަށް މާފްކޮށްފަ އަހަރެން ސަލާމަތް ކޮށްދީ… އިންސާނުންނަށްވެސް ކުއް ކުރެވެޔޭ..” މަންސޫރު ގޮޑީގައި އިންތަން ފެނުމާ އެކު މަނާލް ކިޔަން ފެށިއެވެ. ނަމަވެސް މަންސޫރު އިސް އުފުލާ ބަލާވެސް ނުލައެވެ.
“އެބޭބެގެ އަންހެނުން އެއީ” ހުޝާމް ޔާސިރު ކައިރި ބުނެލިއެވެ.
“މުޅި އައިލާ އެއްކޮށް ގެނައި ދުވަހެއްތަ… ދަރި މިތާ، އަނބި މިތާ، ޅީދަރި މިތާ… އޭނަގެ ސުންޕާ ކަމުން އަހަރެންގެ ދަރިފުޅު މިކަމުގަ މި ބެދުނީ…” ޔާސިރު ކިތަންމެ މަޑުން މިހެން ބުނި ނަމަވެސް މަންސޫރަށް އަޑު އިވުނެވެ.
“އޭތް ކަލޭ ލަދެއްވެސް ނުގަނޭތަ…. އަހަރެން ކޮން ސުންޕާއެއް ވީ… ކަލޭގެ ސުންޕާ ކަން ކަލޭ ދަރިއަށް ޖެހިފަ ހުރީ… މާ އަގަ ނާރުވައްޗޭ… އަހަންނަށް އެގޭނަމަ ކަލޭގެ ދަރިއެއް އަހަރެންގެ ދަރިއަކާ ވައިވެސް ނާޅުވާނަން..” މަންސޫރުގެ ހުރިހާ އަމަލުތަކެއްވެސް ނޫރާއަށް ވަރަށް ގާތުން ފެނުނެވެ. ވީ ފޫއްސެއް ބުނަންވެސް ނޭގުނެވެ. އޭނާގެ ބައްޕަ އަކީ މިހާ ނުލަފާ މީހެއްކަން ކުރިއަކުން ނޭގެއެވެ. އައިޝާގެ ހިތް ހޮޔޮކަން ނޫރާއަށް ހުރި ލޯބި އަދި މީގެ އިތުރުން މީހުންނަށް ކުރާ ރެސްޕެކްޓް މަންސޫރުގެ އުޅުމާ ހާސްބައި ތަފާތެވެ.
މަނާލް އާދޭސް ކޮށްކޮށް އޮވާ އޭނާ ގެންގޮސް ޕޮލިސް ކާރަށް އެރުވިއެވެ. މަންސޫރުގެ ހިލަ ހިތަކަށް އަސަރެއްވެސް ނުކުރެއެވެ.
*****
“އަހަންނަށް ޔަޤީން އެއީ ޔާސިން ނުންކަން…” މިންހާއަށް އަދިވެސް އެއީ ޔާސިން ކުރި ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
“ކިހިނެއް އިނގެނީ ޔާސިން އެތެރެއަށް ވަދެ އެތެރޭގަ އިން ބޫޓެއް ނުލާކަމެއް…” އިންސްޕެކްޓަރު ޖައިޝް އަހާލިއެވެ.
“އަޅެ އަޖައިބު އަންތަރީހެއް މީހަކު ނުވާނެތަ.. މި ބަލާބަލަ ބޭފުޅާ… ޔާސިން އެޕާރޓްމެންޓްއަށް ވަންނަން ދޮރުގަ ހިފާލާ އިރު ދޮރު ހުޅުވިއްޖެ ނުން.. އަހަރެން އެތަނަށް ވަދެ ތަޅުލިން.. ދެން އެ ތަޅު ހުޅުވުނީ ކިހިނެއްތަ.. ޔާސިން ގެންގުޅޭ ޖިންނި ހުޅުވަދިނީތަ..” މިންހާގެ މިޒާޖުން ނަމަ އޭނާ މިހާރު ޕޮލިސް މީހާ އަނގަ ނުހުޅުވެ ވަރަށް ބަވާލާނެއެވެ. ނަމަވެސް އޭނާއަށް އަންނާނެ ހުކުމެއް ނޭގޭތީ ވީހާވެސް ރީތިކޮށް ވާހަކަ ދެއްކޭތޯ ބެލިއެވެ.
“މިންހާ ތިބުނަނީ ޔާސިން އެެއް ނޫނޭ.. އެކަމް މި ވީޑިއޯއިން ފެންނަނީ ޔާސިން އެކަނި… މިޔަށް ކީކޭ ބުނެލަން އޮތީ.. ނޫނީ މިންހާ ކުރި ކަމެއްތަ އެއީ؟” ޖައިޝް ތަންކޮޅެއް ހަރުކޮށް ބުނެލިއެވެ.
“ހޭ ޑޯންޓް ޓްރީޓް މީ ލައިކް އަ ކްރިމިނަލް.. އައި އޭމް އިނޮސެންޓް އަންޓިލް ޕްރޫވަން ގިލްޓީ… މަޑުން ވާހަކަ ދައްކާ.. ކޮންމެ ހެން އަހަންނަށް ބިރު ދައްކައިން އަހަރެން އެކަމަށް އެއްބަސް ކުރުވަން އުޅޭނެ ކަމެއް ނެތް..” މިންހާ ގާތަށް އައި ރުޅިން ބުނެލިއެވެ.
*****
ޔާސިން އާ ފަހަރަކު ސުވާލެއް ކުރަމުން އަހުމަދު ދިޔައެވެ. ކޮންމެ ސުވާލަކަށްވެސް ލަހެއް ފަހެއް ނުކޮށް ވަގުތުން ޔާސިން ޖަވާބު ދެއެވެ.
“އަޅުގަނޑުގެ ރިކުއެސްޓެއް އެބައޮތް… ތި ވީޑިއޯގެ ކުރީ ކޮޅު ކީއްވެތޯ ނުދައްކަނީ… ހަމައެކަނި އަޅުގަނޑު އެތަނަށް ވަތް ހިސާބުން ކީއްވެތޯ ފުޓެޖު އިނީ… އަނެއްބައި ބޭނުން އަޅުގަނޑު ބަލަން…” ޔާސިންއަށް ކަންތައްތަކެއް ގޯހަށް ހިގާ އިހުސާސް ކުރެވެން ފެށިއެވެ. އަހުމަދު ޝަހާދަތް އިގިލި އަގަމަތީ ޖައްސާލީ އޭނާ އަށް އައި ފޯނު ކޯލުގެ ސަބަބުންނެވެ. ތަހުގީގު ކޮޓަފީގެ އަނެއް ފަޅީގައި އިންނަ ތަނަށް ވަދެ ދޮރު ލައްޕާލަން ދޮރު ކޮއްޕާލިއެވެ. ނަމަވެސް އަހުމަދަކަށް އެދޮރު ނުލެއްޕޭކަމެއް ނޭގެއެވެ.
“އާދެ… އޭނަ މިހާރު ހައްޔަރުގަ އިނީ.. އެއްބަސް ކުރުވަން ޖެހޭނީ… ޔުނާން ގެ ކަމެއް ކަމެއް އެކަކަށްވެސް ނޭގޭނެ… ޔުނާން ކައިރި ބުނޭ އިހަށް މި ކޭސް ކޮޅެއްގަ ޖެހެންދެން ރާއްޖޭން ބޭރަށް ފުރައިން ދާން… މިސޮރުގެ އައިލާއަކީވެސް މާލެގަ ނަން ހިގާ ބައެއް.. އެމީހުން ފަހެއް ނުޖެހޭނެ އޭނައަށް ކަމެއް ވެއްޖެއްޔާ….” އަހުމަދު ދެއްކި ހުރިހާ ވާހަކައެއް ޔާސިންއަށް އަޑި އިވުނެވެ. ނުފޫޒުގަދަ މީހެއްގެ މަޅީގައި އޭނާ ޖެހުނުކަން އިހުސާސްވީ ދެނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Whaattttttt??????? So yaasin eh noon adam maraaly.. Thank god yaasin is innocent.. Phewh..
Yunaan aky kaaku????? So that guy killed adam.. Im so curious to know what is gonna happen nxt..
Whn next????
Tc.. Lyy💛💜
So yaasin Didn’t kill adam
Then who did
Nice part krystal
When’s next??????