އަބަދަށް-34
ހަމަ އެވަގުތު އެމީހާ ދޮރު ހުޅުވާލި އަޑަށް މާހީ ވަގުތުން ކޮޅަށް ތެދުވިއެވެ. އެމީހާ ދޮރު ލައްޕާލާފައި އެނބުރިލުމާއި އެކީގައި މާހީ އަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާ އަށް ލިބުނު ހައިރާން ކަމުގެ ސަބަބުން އޭނާ އަށް އަނގަހުޅުވުނެވެ. އޭނާގެ ލޮލަށް މިފެންނަނީ ހަމަ ރަގަނޅަށް ހެއްޔެވެ. އާއެކެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ އަރަން އެވެ. މާހީ ހުރީ ގަބޫލުކުރަން ދަތިވެފަ އެވެ. އަރަން މިތަނަށް އަންނަންވީ ކީއްވެ ހެއްޔެވެ؟ އޭނާ މިތަނަށް އެއައީ ކީއްކުރަން ހެއްޔެވެ.
“އަރަން..” މާހީ އަށް މަޑުމަޑުން ގޮވާލެވުނެވެ.
*ޕާރްޓް-34*
އަރަން ލުއި ހިނިތުން ވުމެއް ދިނެވެ. އަދި އޭނާ އައިސް މާހީ އާއި 2 ފޫޓެއް ހާ ދުރުމިނުގައި ހުއްޓުނެވެ. މާހީ އޭރު ވެސް ހައިރާންވެ ބަލަހައްޓައިގެނެވެ.
“އަރަން މިތާ ކީއްތިކުރަނީ..؟” މާހީ އަށް އެއްމެ ފަހުން އަހާލެވުނެވެ. އޭނާ އަށް ލިބުނު ޝޮކެއް ގެ ސަބަބުން އޭނާ އަށް ހުރެވުނީ އިރުކޮޅެއް ވަންދެން ގަނބުވެފައެވެ.
“އަހަރެންނޭ މިއޮތްހާ ދުވަހު މާހީ މިތާ ބަންދުކޮށްގެން ގެންގުޅުނީ..” އަރަން ބުނެލިއެވެ. އޭނާ ހުރީ ޖިންސް ޖީބަށް އަތް ޖަހައިލައިގެންނެވެ.
“އެއިން.. އެއީ ކީއްކުރަން..؟” މާހީ ރުޅި އައެވެ. އޭނާ ހުރީ އަރަންއަށް ހަމަލާއެއް ދޭން ބޭނުންވެފަ އެވެ.
“އަހަރެން ބުނީމެއްނު ވަރަށް އަވަހަށް ހުރިހާ ކަމެއްގެ ހަގީގަތް ކިޔައިދޭނަމޭ.. މިއީ އެދުވަސް.. ހުރިހާ ވާހަކައެއް މިއަދު އަހަރެން މާހީ އަށް ކިޔައިދޭނަން..” އަރަން ޔަގީންކަމާއި އެކު ބުންޔެވެ. މާހީ ހުރީ އެ ހަގީގަތެއް އެނގޭ ހިތުން ކެއްމަދުވެފައެވެ. އަނެއްކާ އަރަން ކިޔައިދޭން އެއުޅެނީ ކޮންވާހަކައެއް ހެއްޔެވެ.
“އިހަށް ތިތާ އިށީންދެ ބަލަ..” އަރަން އެނދާއި ދިމާއަށް އިޝާރާތް ކޮށްލައިފައި އައިސް އެނދުކިރިމަތީ ހުރި ސޯފާގައި އިށީނެވެ. މާހީ އިރުކޮޅަކު ވިސްނަން ހުރެ ފައި އިށީންދެއްޖެއެވެ.
“އަރަން އަށް އެނގޭދޯ މާއިލް ވީތަނެއް.. އަޅެ އޭނަ ކޮބާތަ..؟” މާހީ ހާސްވެ ހުރެ އަހާލިއެވެ.
“އާން އެނގޭ.. އެކަމު ތަރުތީބުންނެއްނު ހުރިހާ ވާހަކައެއް ކިޔާނީ.. އިހަށް ހަމަޖެހިލަބަލަ..” އަރަން ހުރީ ވަރަށް ހިތްހަމަ ޖެހިލައިގެނެވެ. މިހުރިހާ ހަގީގަތެއް އެނގުމަށްފަހު މާހީ އޭނާ އާއި ދޭތެރޭ ދެކޭނެ ގޮތް އެނގޭތީވެ ކަންނޭންގެ އެވެ. ރުޅިވެސް އައިސް ދާނެއެވެ. ނަމަވެސް އަރަން ހުރީ އެހާ ފަސޭހައިން އޭނާގެ ހަތިޔާރުތައް ބަހައްޓާ ގޮތަކަށް ނޫނެވެ.
“ހޫން.. ދެން ތިކިޔަން އުޅޭއެއްޗެއް ކިޔާބަލަ..” މާހީ ބުނެލިއެވެ.
އަރަން ވާހަކަ ފެށީ މާހީގެ މައިންބަފައިން ނުންނެވެ.
މާހީގެ ބައްޕަ ނައުފަލް އަކީ ބޮޑު ވިޔަފާރީ ކުންފުންޏެއްގެ މަސައްކަތު މީހެކެވެ. މާހީގެ މަންމަ މައިހާ ހުންނަނީ ގޭގައި މާހީ އަށް ބަލާށެވެ. ނައުފަލް މާހީ އަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދާދެއެވެ. ފައިސާގެ އެއްވެސް ދަތިކަމެއް ނުލިބެއެވެ. ނަމަވެސް މާހީގެ މާމަ ބަލިވެގެން ވަރަށް ބޮޑު އޮޕަރޭޝަން އަށް ހަދަން ޖެހުމުން އެހާ ވަރަކަށް ނައުފަލް އަތަކު ލާރިއެއް ނެތެވެ. އެހެން ކަމުން އޭނާ ނިޒާމްގެ ގޭންގް މީހުން އަތުން ލޯނެއް ނެގިއެވެ. އެއީ 2 އަހަރު ދުވަސްތެރޭގައި އަނބުރާ އެލާރި ދެއްކުމަށް ހުވާކޮށްފައިވެސް މެއެވެ. ނަމަވެސް ދެ އަހަރު ދުވަސް ފާއިތުވެ ދިޔައިރުވެސް ނައުފަލަކަށް އެ ލާރިއެއް އަނބުރާ ނުދެއްކުނެވެ. އެހެންވެގެން ހުޒާމް މެންގެ ގޭންގް މީހުން ވެގެން ބޮޑު ބަންދަކާއި ދިމާކޮށް އެރަށަށް އައިސް މައިހާ އާއި ނައުފަލްގެ އިތުރަށް އެދެމީހުންގެ ބޮޑު ދަރި މިއުހާން ވެސް ލާއިންސާނީ ގޮތަކަށް މަރާލި އެވެ. އޭރު މާހީ ޒަހީނާ ކައިރީ ހުރުމީ ނަސީބެކެވެ. އެނޫނީ އޭނާވެސް މިހާރު މިދުނިޔެއާއި ނެތީސްކަން ގައިމެވެ.
ހުޒާމްގެ ގޭންގް މީހުން މިވާހަކަ އެންގުމުން އޭނާ ބުނެފައިވަނީ މާހީ އަތުޖެހުމުން އޭނާގެ ވެސް ދުވަސްދުއްވައިލާނެ ކަމަށެވެ. އެހެންކަމުން މާއިލް ބޭނުން ކޮށްގެން ވަނީ އެކަން ކުރަން މާކުރިންވެސް ހަމަޖެހިފައެވެ.
މާއިލް އަށް ހުޒާމް ބުނެފައިވަނީ މާހީ އާއި ކައިވެނި ކުރުމަށް ފަހު ދެން އޭނާ ބުނާގޮތަކަށް ކަންކުރުމަށެވެ. އަދި މާއިލް މާހީ ދެކެ ހަގީގަތުގައި އެއްވެސް ބާރަކަށް ލޯބި ނުވާ ކަމެވެ. އޭނާ މާހީ އެބޭނުން ކުރަނީ ހުޒާމްގެ ފަރާތުން ބަދަލު ހިފުމަށެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެލާ މަރާލުން އެކަމުގެ ބަދަލަށެވެ.
މިހުރިހާ ވާހަކަ އެއް ކިޔައިދިނީ ތި މާހީ އަށް ހުރީ ރޮވިފަ އެވެ. އެއްވެސް ކުށަކާއި ނުލާ އެމީހުން ވަނީ އޭނާގެ މުޅި އާއިލާ މަރާލާފަ އެވެ. އަދި އެމީހުން އެމަސަށްކަތް ކުރަނީ އޭނާގެވެސް ދުވަސް ދުއްވާ ލުމަށެވެ. އޭނާ މިއަދު އަރަންގެ ބެލުމުގެ ދަށަށް ނައިނަމަ އޭނާ ހުންނާނީ ހުރިހާ ކޮޅަކުން ބެދި ނުރަށްކަލިގެ ތެރޭގައެވެ. މާހީ އަށް ހިތުގެ އަޑިން އަރަން އަށް ޝުކުރި އަދާކުރެވުނު އަދަދެއްވެސް ނެއިންގުނެވެ. އެކަމު މާއިލް ދެކެ އޭނާ ރުޅި އަންނާނީ ކިހިނަކުން ހެއްޔެވެ. އޭނާގެ ހިތުން މާއިލް އަށް ދެވިފައި ވަނީ ނުލާހިކު މަތީމަގާމެެކެވެ. އެކަމު މާއިލްގެ މިޔަށް އެނގުނު ފަހުން މާހީ މާއިލް އާއި ދޭތެރޭ ނަފްރަތުގެ ހުޅުކޮޅު އަދަން ފެށިއެވެ.
“ދެ.. ދެން މިހާރު ކޮބާ މާއިލް..؟” ރޮވިފައި ހުރުމުން މާހީގެ އަޑު ނުކުތީ ކެޑިކެޑިގެން ނެވެ.
“މާއިލް.. ހެހެ..” އަރަން ހީލިއެވެ. ނުލަފާ ގޮތަކަށެވެ.
“އަރަން މާއިލް އަށް ކިހިނެއް ހެދީ..؟” މާހީ ލަސްލަހުން އަހާލިއެވެ. އޭރު އޭނާ ހުރީ ފުދޭވަރަކަށް ބުރުންނެވެ. މާއިލް މިހާރު މިދުނިޔެ ދޫކޮށް ގޮސްފި އޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
***
މާއިލް ގޮސް ހުއްޓުލީ ރާޅުޖަހާ ހިސާބުގެ އެވެ. އެހިސާބުގައި މަޑުކޮށްލާ ފައި އޭނާ މާހީ އަށް މެސެޖް ކޮށްލިއެވެ. އަދި ވަށައިގެން ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މާހީ ކޮބާހެއްޔެވެ؟ އޭނާ އަދި ނާންނާނެ ހެއްޔެވެ؟ މާއިލް ފޯނު ހާވަން އިންދައި ފަހަތުން ތުންފުމެލި އަޑު އިވުނެވެ. އޭނާ ފަހަތް ބަލާލުމާއި އެކު ހައިރާންވިއެވެ.
އޭރު އަރަން ލަސް ހިގުމެއްގައި މާއިލް އާއި ދިމާއަށް އެބައާދެއެވެ. މާއިލް ފޯނު ޖީއްބައް ލައިފައި އަރަން އަށް ސުވާލު ކޮށްލިއެވެ.
“މިތާ ކީއްތިކުރަނީ..؟” މާއިލް އަހާލިއެވެ.
“އަހަރެންނެއްނު މާއިލް ކުރެ މިސުވާލު ކުރަން ޖެހޭނީ..” އަރަން އައިސް ހުއްޓިލީ މާއިލް އާއި ފުދޭވަރަކަށް ކައިރީގަ އެވެ.
“ހެހެ.. މީހަކަށް ގަޑިކިޔައިގެން..” މާއިލްގެ މޫނުމަތިން ހާސްކަން ފެނުނެވެ. އޭނާ އެ ބިރުގަންނަނީ ކީއްވެ ހެއްޔެވެ.
އަރަން ކުއްލިއަކަށް މާއިލްގެ ނިޔާވި ދިމާއިން ތޫނު ވަޅި އެއް ހަރާލިއެވެ. އަދި ހުށިޔާރު ކަމާއި އެކު މާއިލްގެ އަނގަމަތީ އަތް އެޅި އެވެ. ނަމަވެސް މާއިލްގެ އަޑު ނިކުތެވެ. އޭނާ ބެލީ އަރަން ދުރުކުރެވޭތޯއެވެ. ނަމަވެސް އަރަން ހުރީ ވަރަށް ބާރަށް މާއިލްގެ ގައިގައި ހިފާއްޓައިގެނެވެ. އަނެއްކާވެސް އަރަން އެބަލި އަނބުރާލިއެވެ. އިތުރަށް އެތެރެއަށް ކޮށް ޕާލިއެވެ. މާއިލް ވަގުތުން އަރަންގެ އަތް މަށްޗަށް ދެމުނެވެ. އަރަން ވިހަ ހިނިތުން ވުމާއި އެކު މާއިލްގެ އެހަށިގަނޑު ދަމަމުން ވަނީ ފާސްވީ ޖަންގަލީ ތެރެއަށެވެ.
***
މާހީ އަށް ހުރެވުނީ ކަންފަތަށް އެއިވުނީ ހަމަ ތެދުހޭ ހިތަތް އަރާފަ އެވެ. އަރަން ހަމަ އަސްލައްވެސް މާއިލް މަރާލީ ހެއްޔެވެ. އެކަމު ދެން މާއިލްގެ ހަށިގަނޑަށް ހެދީ ކިހިނެއް ހެއްޔެވެ. އަރަން އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެއެވެ.
“ދެން މާއިލްގެ ހަށިގަނޑޯ..؟” މާހީ އަހާލިއެވެ.
“ކުކްޑް، ފްރައިޑް، ބޮއިލްޑް، އެންޑް އީޓެން..” އަރަން އެއްމިޔަކަނަށް ހީލަމުން ބުނެލިއެވެ. ވަރަށް ފަޙުރުވެރިވެފަ އިނދެއެވެ. މާހީގެ އަތް ފައި ފިނިވެ ލިއެވެ. ބިރުން އަނެއްކާވެސް ރޮވެން ފެށުނެވެ.
“ތިބުނީ..؟”
“އެތާ އުޅޭ ވިލާތަކަށް ކާންދިން ވާހަކަ..” އަރަން ސޯފާގައި ލެނގިލިއެވެ. މާހީ އަށް އަނގަމަތީ އަތް އަޅައިގެން ހުރެ ރޮވެނީއެވެ. އަރަން އޭނާއަށްޓަކައި މީހަކު މަރާލީ އެވެ. ދެން އަރަން ޖަލަށް ގެންގޮސް އިއްޔާ އެވެ. މާހީގެ ހިތަތް އެކި އެއްޗިހި އަރަމުން ދިޔައެވެ.
“ދެން މިރޭ އިހައް ނިދާލާ.. ވަރަށް ލަސްވެއްޖެ އެއްނު ދޯ..” އަރަން ނިކަން ލޯބިން އެހެން ބުނެ ނުކުމެގެން ދިޔައެވެ.
މާހީ އަށް އެނދުމައްޗަށް ޖެހިގަނެވުނެވެ. ބާލީހުގައި މޫނުފޮރުވައިލައިގެން އޮވެ ރޮމުން ދިޔައިރު މަންޒަރު ފެންނަ ކިތައްމެ ހަރު ހިތެއްގެ ވެރިޔާގެ ހިތްވެސް މަޑުކަފަކޮޅަކަށް ބަދަލުވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫންހެއްޔެވެ. މީހުން ބުނެ އުޅޭ އެއް ނޫންހެއްޔެވެ. ތިމާ ދެކެ ކިތައްމެ ލޯބިވާ މީހެއް ތިމާ ކިތައްމެ އަނިޔާއެއް ދިނަސް އަބަދުވެސް ތިމާދެކެ ލޯބިވާނެެވެ. މާހީ އަށް މިއަދު އެވަނީ މިކަން ޔަގީންވެފަ އެވެ. އަރަން އޭނާ ދެކެ ކިހާ ލޯތްބެއް ވޭހެއްޔެވެ. އެހާ ބޮޑު ގުރުބާނީ ތަކެއް ވެއްޖެއެވެ. ގައި މުވެސް މާއިލް އަށް ވުރެ އަރަން މާރަނގަޅެވެ. ބަންދުކޮށްގެން ކިތައްމެ ދުވަހަކު ގެންގުޅުނަސް އެއްމެފަހަރަކުވެސް އޭނާގެ ގައިގައި އިނގިލި ކުރީވެސް ޖައްސާލާފައެއް ނެތެވެ. ތެދުވެރި ލޯތް ބާކީ މިއެވެ. މާހީގެ ހިތުގައި އަރަން އަށްޓަކައި ވިންދެއް ޖަހާލިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha Allah mi part ves Vrh reethi Thankolheh Las vany up vaaleh @MuXo baly tha? Kiyaa hithun kehmadhu vefa mi hunanyy umeedhu kuran dhen huri part thah Avahah kiyaalan libeyne kamah shihaama kahala readers ge attention libey gothah vhk dhuvahun dhuvahah genes dheveytho balah chey shihamaa aky Mihaaru readers ge Loabi hoadhaafai vaa number 1 ge author eh hope you will be a author like shiherr gaboolu kuran dhiriulhu muge kanthah thakuga buxy vaane kamagyves muxo ge masaiy kathuga Allah barakaiy lahvaashi Aameen
Lysm❤️
Thank you so much! Yeah, actually kurin hafthaa ga test ah ready vaatheeve dhw! And I will try to avahah up kohdhevey tho!
Why did he kill him 😭. Alhe kiha reethi vees ethanah Maahy gos Mail aa confront vee nama.. adhi buni nama I don’t want to marry you cuz now I like Aran😔👉🏻👈🏻. Hageegah egey kamah nuhadha. Anyways I trust the process and my opinion doesn’t matter dho. Reethi Hama vaahaka💘
Don’t say that! Your opinion also matters! But as for my story now it couldn’t be changed dhw! 🙂 Thank you for your support!
omg! mi part ves varah reethi! Wonder whats gonna happen next! By the way I love ur stories! Keep it up!
Thank you! Glad you like my stories!