Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން، 2-2

umny Level 210 Stories
September 18, 2025 4 Mins Read
4 Comments

” ނޫން. ދަރިފުޅުމެން ކުޑަކޮށް ބާއްވަންޏާ ހަމަ ބާއްވަންވީ… އެކަމަކު ބައްޕަ ބުނަން ބޭނުންވަނީ ހަފްތާއެއްވަރު ވަންދެން އަދި މަޑުކޮއްލާށޭ.. ދަރިފުޅަށް ވެސް އެނގެ އެއްނު މަންމަގެ ގޮތް. އެހާ ކުރިޔާ ހެދުމާއި އެއްޗެހި ނުގަތިއްޔާ ނޫނީ މަންމަ ހިތްހަމަޖެހިއެއް ނުލައްވާނެކަން.. ” އަރީން މަލަކްއަށް އެއްލޯ މަރާލިއެވެ.

” ޔެސް މެޑަމް އެންޑް ސަރ… ” އިރުފާން އަދަބު އިޙުތިރާމް އަދާ ކުރާހެން ލާނެތް ރާގަކަށް ބުންޏެވެ.

” ބައްޕަ އެހެން ބުންޏަސް ދަރިފުޅުމެން ބޭނުމިއްޔާ މާދަމާ ވެސް ކައިވެނި ކުރެވިދާނެތާ ޕާޓީ ފަހަށް ބާއްވާފައި… ” މަލަކްއަށް އަރީން ދިން ހިޔާލު ކަމަކު ނުދިޔައެވެ.

” އޭ.. ތީވެސް ތެދު ވާހަކައެކޭ ދޯ؟ މާދަމާ މެރީ ކޮއްފައި ވީކެއް ވަރު ފަހުން ޕާޓީ ބާއްވަންވީތަ؟ ” އިރުފާން ބަލާލީ ޒޯޔާއަށެވެ. ލަދުވެތި ހިނިތުންވުމަކާއިއެކު ޒޯޔާ ބޯޖަހާލިއެވެ.

” ދެން އެހެންވިއްޔާ މާދަމާއަށް ރެޑީކޮއްލަމާ ދޯ؟ ރޭގަނޑު ރަނގަޅުވާނެ.. މާދަމާ ހުކުރު ދުވަސްވީމައި އަމާނީ ވެސް ގޭގައި އުޅޭނެ. ދެން އެކަމަކު ހަމަ ދަރިފުޅުމެން ގެޔެއް ނުބަލާނަންތަ؟ ބައްޕަ ކުރިން ވެސް ބުނިން ދޯ ތިދެކުދިންނަށް އުޅޭނެ ގެޔެއް ބައްޕަ ގަނެދޭނަމޭ ކައިވެނީގެ ހަދިޔާގެ ގޮތުގައި… ” އަރީން އިރުފާންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.

” ލައްބަ ބައްޕާ.. އަޅުގަނޑުމެން ދެމިހުން ވެސް ބޭނުންވަނީ މިގޭގައި އުޅެން. މިއޮއް ބޮޑު މެންޝަންގައި އެހާ ކޮޓަރި ވެސް އެބަ ހުރިއެއްނު. މިގޭގައި އުޅުނީމައި ދޯ ޒޯޔާއަށް ފެމެލީއެއް ކައިރީގައިި އުޅެވޭހެން ހީވާނީ. އަނެއްކާ ޒޯޔާއަށް ވެސް މަންމައަށްވެސް ފަސޭހަކޮއްދެވޭނީ ކަންކަމުގައި… ” އިރުފާން ދިނީ ވިސްނުންތެރި ޖަވާބެކެވެ. އެހިޔާލާއި މަލަކްއާއި އަރީންވެސް ވެސް ތާއީދު ކުރިއެވެ.

—

އިރުއޮއްސުމުގެ ކުލަތައް އުދަރެސްމަތިން ފެންނަމުން ދިޔައީ ކުރެހުމެއް ހެންނެވެ. އޮރެންޖާއި ރަތްކުލަ އެއްވެފައިވާ ވިލާތައް ބަލާލަން ނުހަނު ހިތްގައިމެވެ. އަނދިރިވަމުން ދިޔަ ޤުދުރަތީ ހިތްގައިމު މާހައުލަށް ގެއްލިފައި އިން އަމާނީގެ ސިކުނޑީގައިވަނީ އުއްމީދުން ފުރިގެންވާ ވާހަކަތަކެކެވެ. ރައްޓެހިވެގެން އުޅޭ ޔާނިއު ކޮލެޖުގައި ހަވީރު ދެއްކި ވާހަކަތަކެވެ.

‘ އަނާ އަދިވެސް މަންމަ ގާތުގައި ނުބުނަންތަ؟ އަހަރެންނަށް އަނާ ގެއްލޭކަށް ބޭނުމެއް ނޫން… މިހާރުވެސް ލަސްވެއްޖެ. ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރުވީ. ހަލާލު ގޮތުގައި ދެމިހުންނަށް އެކުގައި އުޅެވެން އޮތީ މެރީކޮއްގެން ދޯ… ޕުރޮޕޯޒް ކުރި ފަހުން ވެސް މިހާރު ފަސް މަސް. އަނާ އަދިވެސް އެއްޗެކޭ ނުބުނާތީ ޕުލޭނިން ނުފެށިގެން މިއުޅެނީ.. މިއަދު މަންމަ ގާތުގައި ވާހަކަ ދައްކަބަލަ. ‘

ހިޔާލުތަކަށް ގެއްލިފައި އިން އަމާނީ ހޭވެރިކަންވީ މެންޝަންގެ ގޭޓު ހުޅުވުނު އަޑަށެވެ. ކާރު ގޮސް މެންޝަންގެ ދޮރު މައްޗަށް މަޑުކޮއްލުމާއެކު ދަބަސް ހިފައިގެން ކާރުން ފޭބި އަމާނީގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. ޔާނިއުގެ ވާހަކަ މަލަކްއާއި އަރީންގެ ގާތުގައި ކޮންމެ ގޮތެއް ހަދާދައި ވެސް ދައްކާނެއެވެ. މިއޮއް ހުރިހާ ދުވަހު އެކަން ސިއްރުކޮއްގެން ހުރީ ޔާނިއުއަކީ ލަންކާ ކުއްޖަކަށްވެފައި ބައްޕަމެން ދެކޮޅު ހަދާފާނެތީއެވެ.

ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަތް އިރު ގޭގައި މަސައްކަތް ކުރަން އުޅޭ ދެނޯކަރުން ތައުމާއާއި އިރްދީނާ ކާގޭގައި އުޅޭ އަޑު އިވެއެވެ. ހީވާ ގޮތުން ރޭގަނޑު ކެއުން ތައްޔާރުކުރަނީއެވެ. އެދެމިހުންނަށް ގޮވާފައި ސައި ތައްޔާރު ކުރުމަށް ބުނެ އަމާނީ ހިނގައިގަތީ މައްޗަށް އަރާށެވެ. ފުރަތަމަ ފަންގިފިލާގެ އެންމެ އެތެރެއަށް ހުރި ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލި އިރު ދޮރު ހުޅުވީ އަރީންއެވެ.

” އަހަން ދަރިފުޅު..؟ ހާދަ ލަހުން ކޮލެޖުން ތިއައީ؟ ” އަރީން އަމާނީގެ އަތުގައި އޮތް ދަބަހަށް ބަލާލަމުން ހައިރާންވެފައި ސުވާލުކުރިއެވެ.

” ކުޑަ ކަމެއް ދިމާވެގެން ލަސްވީ… މިގަޑީގައި ބައްޕަ މިސްކިތަށް ދޯ ތިދަނީ؟” އަމާނީ ސުވާލުކުރިއެވެ.

” އަދި ނުވޭ… ދާންވީ ދެން އިރުކޮޅަކުން… ކިހިނެތްވީ؟ ” އަރީން ކިހިނެތްވީހޭ އަހާ ފަދަ ގޮތަކަށް ނިއްއަރުވާލިއެވެ.

” ވާހަކައެއް ބުނަން ވެގެން. އެކަމަކު ބައްޕަ މިސްކިތުން އައީމައި ކައިގެން… ދޮންބެ ނުބުނޭތޯ ވާހަކައެއް؟ ” އަމާނީ ހިނިތުންވެލަމުން އަހާލިއެވެ.

” ބުނި… މާދަމާ ކައިވެނި އޮތީ… ދޮންބެމެން ބޭނުންވަނީ މާދަމާ މެރީކޮއްފައި އަންނަ ހަފްތާގައި ޕާޓީ ބާއްވަން. ދަރިފުޅު ވެސް މާދަމާ ގޭގައި އުޅޭނަމެއްނު ދޯ.. މާދަމާ ރޭގަނޑު ގޭގައި މެރީކުރާ ގޮތަށް ދޮންބެ ހެދީ.. ދަރިފުޅު ވާނެ އިނގޭ ގޭތެރޭ ކަންކަމުގައި އެހީވާން… މިރޭ އިޝާގެ ފަހުން ފިހާރައަށް ހެދުމާއި އެއްޗެހި ގަންނަން ދާން ޖެހޭނެ ވާހަކަ މަންމަ ބުނި ޒޯޔާ ވެސް ގޮވައިގެން. ރެޑިވައްޗޭ ނަމާދުކޮށްލައިގެން. ދެން ދޭ ސައިބޮއެގެން ނަމާދުކުރަން… ” އަރީން އަމާނީގެ ކޮލުގައި ހިފާލަމުން ހިނިތުންވެލިއެވެ. ދޮރު ލެއްޕި އަރީންއަށް ނުފެނުނީ ކުލަވަރު ބަދަލުވި އަމާނީއެވެ. ރުޅިއައިސްގެން ރަތްވެފައި ހުރި އަމާނީގެ މިސްރާބު ހުރީ ދެވަނަ ފުލޯގައި ހުރި އިރުފާންގެ ކޮޓަރިއަށެވެ.

” ދޮންބޭ!!! ” އަމާނީ އައިސް އިރުފާންގެ ކޮޓަރި ދޮރުގައި ތަޅައިގަތެވެ.

” ކިހިނެތްވީތަ އަނާ؟ ތިވަރަށް ނުގޮވިޔަސް ވެދާނެއެއްނު… ” ހިތްހަމަނުޖެހިފައި އިރުފާން ކޮޓަރިން ނިކުތެވެ. މިސްކިތަށް ދާންވެގެން ނިކުތްކަން އަންގައިދެނީ އަތުގައި އޮތް މުސައްލަ އިންނެވެ.

” ކިހިނެތްވީ އަނާ؟ ” ރުޅި އައިސްގެން ރަތްވެފައިވާ އަމާނީ ފެނި އިރުފާންގެ ދެލޯ ބޮޑުވިއެވެ.

” ކުރިން ވެސް ބުނިން ދޯ އަހަރެން ވެސް ދޮންބެ އެއްކޮށް މެރީ ކުރަން ބޭނުމޭ. ކިހާ ދުވަހެއް ޔާނިއު މަންމަމެންނަށް އިންޓުރޮޑިއުސް ނުކުރެވިގެން އުޅެނީ. ޒޯޔާ ގެޔަށް ގެންނަ އިރު ޔާނިއުވެސް ގެންނަން ބޭނުމޭ ބުނީމެއްނު. ނުވެސް ބުނެ މިހާރު ހުރިހާ ކަމެއް ނިންމައިލީއޭ… ” އަމާނީ އަތުގައި ހުރި ކޮލެޖު ފޮތްތަކާއި ދަބަސް ވައްޓާލަމުން ކުސްތަޅައިގަތެވެ.

” ދެމިހުންގެ ވެޑިން ދެދުވަހެއްގައި ބާއްވަން ބޭނުންވާތީއޭ… އަނާއެއްނު ބުނީ ބޮޑުކޮށް ބާއްވަން ބޭނުމޭ.. ދޮންބެމެން ބޭނުންވަނީ ކުޑަކޮށް ބާއްވާށޭ… ސޯ އަދި ފަހުން ބޮޑުކޮށް އަނާމެން އެކަނި ބޭއްވިދާނެއެއްނު. އެހެންނޫނަސް ދޮންބެއަކަށް ހިޔެއް ނުވޭ ބައްޕައަށް ޔާނިއު ކަމުދާނެހެނެއް… އަބަދު ދެއްކުންތެރި ފާޑަކަށް އުޅޭހެން ދޮންބެއަށް ހީވަނީ އޭނަ.. ” އިރުފާން ފުންނޭވާއެއް ދޫކޮއްލަމުން ބޯހޫރުވާލިއެވެ.

” ދޮންބެއަށް އޭނަ އަދި ދަސްނުވާތީ ތިއުޅެނީ… އެއީ ވަރަށް ރަނގަޅު ކުއްޖެއް. ދެން ހެވޭ… ދޮންބެ އަބަދުވެސް އަހަރެން ރުޅި ނޭރުވިގެން އުޅޭނީ… ދެން ހެޔޮ… ޒޯޔާ އިންޓުރޮޑިއުސް ކޮއްދިނީމައި ލިބުނު ހަދިޔާ ދޯ މިއީ… ” އަމާނީ ފޮތްތަކާއި ދަބަސް ނަގައިގެން ގޮސް ކޯރިޑޯގެ އެންމެ އެތެރެއަށް ހުރި ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަނީ އިރުފާން ގޮވަ ގޮވާ ހުއްޓައެވެ.

—

އާދުވަހަކަށް އިރު އެރި އިރު މެންޝަން ވަނީ ހަލަބޮލިވެފައެވެ. މިރޭގެ ކައިވެންޏަށް މެންޝަން ރީތިކޮށް ކައިވެންޏާއި އެއްކޮށް ކުޑަ ކެއުމަށް ބޭއްވުމަށް ހަމަޖެހިފައިވާތީ ގޭގެ އެންމެންހެން މަސައްކަތުގައި އުޅެމުން ދިޔައެވެ. މަލަކްގެ އެދުމަށް ކައިވެނި ވަގުތުގެ ކުރިން މެންޝަންއަށް ޒޯޔާ ބަދަލުވާން އުޅޭތީ ގެސްޓް ރޫމްވެސް އޭނަ ހިތްހަމަ ޖެހޭ ގޮތަށް މަލަކް ހަދާފައި ބެހެއްޓިއެވެ. މިރޭގެ ކައިވެންޏާ ކިތަންމެ ދެކޮޅު ވިޔަސް މައިންބަފައިންގެ އުފަލަށް ވިސްނާ އަލަތު ކައިވެނީގެ ދެމަފިރިންގެ ކޮޓަރި ރީތި ކުރުމަށް އުޅުނީ އަމާނީއެވެ.

—

” ކޮބާ ދަރިފުޅު ނުނީމޭތަ؟ ” މަލަކް އައިސް ގެސްޓް ރޫމްއަށް ވަތް އިރު ޒޯޔާ ތައްޔާރުކޮއްދޭން ދެކުއްޖަކު އުޅެއެވެ. ޒޯޔާއަށް އެންމެ ކަމުދާ ކުލައިގެ މާ ގޮތް ބޮޑު ނޫން ގޮތަކަށް އަތާއި މޭމައްޗާއި ދިމާލުން ގޯލްޑްކުލައިގެ އެސްޖަހާފައިވާ ރޭނދާ އަޅާފައިވާ މަޑު ގޯލްޑްކުލައިގެ ހެދުމާއި ނުހަނު ގުޅޭ ޝޯލްއެއްވަނީ އަޅާފައެވެ. އެހާ ފާހަގަ ނުވާ ގޮތަށް ޤުދުރަތީ މޭކަޕެއް ކުރުމަށްޓަކައި އެދެ އަންހެންކުދިން އުޅެމުން ދިޔައެވެ.

” ނޫން… މިނިމެނީ… ” ޒޯޔާ ކުރިމަތީގައި ހުރި ލޯގަނޑުން މަލަކްއަށް ބަލާލަމުން ހިނިތުންވެލިއެވެ. ކަޅާއި ހުދާއި ގޯލްޑްއާއި ފިޔާތޮށިކުލައިން ތީމް ހަދާފައިވުމުން މަލަކް ލައިގެން ހުރީ މަޑު ފިޔާތޮށިކުލައިގެ ހެދުމެކެވެ. ދޫކޮއް ފަހާފައިވާ އެހެދުމާއި ގުޅޭ ރޯޒް ގޯލްޑްކުލައިގެ އެސްތަކެއް ހަރުކޮއްފައިވެއެވެ. ހެދުމާއި ގުޅޭ ބުރުގަލެއް އަޅާފައިވާ އިރު މާބޮޑު މޭކަޕެއް މަލަކް ވެސް ކޮއްފައި ނުވެއެވެ.

” ދޮންބެދައްތައަށް ވާ ކުއްޖަކު ދެން އެހާ ގިނަ އިރެއް ނުވާނެތާ… ނުލާހިކު އަވަސްވާނެ ދޯ… ” އަމާނީ ވެސް މަލަކްއާއި އެއްފަދައިން އެއްވައްތަރަކަށްދާ ހެދުމެއްގައި ހުރި އިރު ފާހަގާ ގޮތަށް މޭކަޕް ކޮއްފައިވެއެވެ.

” އަނާ ވެސް ދައްކާ ވާހަކަ… މިހާ ހާއްސަ ރެއަކު ޒޯޔާ ވެސް ބޭނުންވާނެ ދޯ ރީތިވާން… ” މަލަކް އަމާނީގެ ކޮނޑުގައި ތަދުނުވާނެހެން ޖަހާލިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށްވުމުން މަލަކްއަށް އަމާނީ ގެންގުޅެވިފައި ހުރީ މުޅިން ވެސް ގާތް ކޮށެވެ. ބެސްޓް ޕުރެންޑްއެއް ގޮތަށެވެ.

” މާޝާﷲ ދަރިފުޅު ހާދަ ރީއްޗޭ… ” މޭކަޕްކޮށް ނިމިގެން ތެދުވި ޒޯޔާގެ ގައިގައި މަލަކް ބައްދާލަމުން ތައުރީފުކޮއްލިއެވެ.

” ކޮބާ؟ މަންމައަށް އެހެން އަންހެން ދަރިޔެއް ލިބުނީމައި މަށެއް ދެން ނުވާނެ މީހަކަށް ވެސް… ” އަމާނީ ތުން ހަދާލިއެވެ.

” ސާބަސް އަނާ… ތިކަހަލަ އެއްޗެހި ދެން ބުނަން ވެސް ނުވާނެ ދޯ؟ ” ޒޯޔާ ބޯ ހޫރުވާލިއެވެ. މަލަކް ހީގަތެވެ.

” ބަހައްޓާ ޒޯޔާ… އަނާ އުޅޭނީ މުޅިން ވެސް އެހެން.. އަލްޙަމްދުލިﷲ މަންމައަށް އިތުރު އަންހެންކުއްޖެއް ލިބުނީމައި… މަންމަ ވަރަށް ދިގު އިންތިޒާރެއް ކުރި ރެއެއް މިއީ… ” މަލަކް ޒޯޔާއަށް ބަލާލަމުން ފުންކޮށް ހީލީ ހިތްހަމަޖެހިފައި ހުރެއެވެ.

” ހިނގާ ތިރިޔަށް ދަމާ ދޯ…” ޒޯޔާ ހެދުމުގެ ފަސްބައިގައި ހިފައިގެން އަނެއް އަތުން މަލަކްގެ އަތުގައި ހިފައިގެން ހިނގައިގަތުމުން އަމާނީވެސް އެދެމިހުންގެ ފަހަތުން ތިރިޔަށް ހިނގައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ޣައްޒާގެ ނޫސްވެރިން ސަލާމަތްކުރުމަކީ ހަގީގަތް ސަލާމަތްކުރުން

Next

ހިތަކުން ނުދާނޭ ފިލާ

Next
September 18, 2025

ހިތަކުން ނުދާނޭ ފިލާ

Previews
September 18, 2025

ޣައްޒާގެ ނޫސްވެރިން ސަލާމަތްކުރުމަކީ ހަގީގަތް ސަލާމަތްކުރުން

4 Comments!

  1. Ghost girl 👻 says:
    September 20, 2025 at 8:17 pm

    When’s next part?? Haadha inthizaaru kuramey eba next ah never expected mi story ge s2 eh aisfaane kmh ves lysm

    1. umny says:
      September 22, 2025 at 9:21 pm

      Upload kohlaafa ihnaaney next part. I also didn’t plan before to make a S2. Just came to my mind recently. I always try to make my stories unique, so my stories will be different from other authors. Jazakillah hairan for all the support through my writing journey 🩷🩷🩷

  2. Ekuhjaa 🫀 says:
    September 20, 2025 at 8:25 pm

    Vahhh loabi when’s next?????? Haadha hard work eke dear ❤️🫀🫶🏻

    1. umny says:
      September 22, 2025 at 9:22 pm

      Already uploaded. Jazakillah hairan 🩷🩷🩷
      Hard work ekey thibuney?

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން، 3-2←


All Right Reserved!