ނަފްރަތު(2)
“ބޭނުން.. ވަރަށް ބޭނުން.. އެކަމު” ރައިޝާ ދައްކަމުން ދިޔަ ވާހަކަ ކުއްލިއަކަށް ހުއްޓުނީ ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ.” ހަމަ މިހާރު މިދޮރުހުޅުވާ! ނޫނީ މާ ރީއްޗެއް ނުވާނެ!” ވިޔާމް ގެ އަތް ވަނީި މުށްކަވާލެވިފައެވެ.ހަދާނެ ގޮތެއް ނޭގިފައި ރައިޝާ އަށް ބަލާލެވުނީ ޒަޔާން އާއި ދިމާލަށެވެ.ލޮލުން ހަމަޖެހިލުމަށް އަށްގާލުމަށްފަހު ގޮސް ދޮރުހުޅުވުމަށް ޒަޔާން ބުނެލިއެވެ.އެވަގުތު އެކޮޓަރިން ޒަޔާން ފެނިއްޖެނަމަ ޒަޔާން ގެ ފުރާނަ އާއި ކުޅެލުމަށްވެސް ވިޔާމް ފަސްނުޖެހޭނެކަން ރައިޝާ އަށް ޔަގީންވެއެވެ.ނަމަވެސް ޒަޔާން ކޮންމެ ކަމެއްވެސް ކުރާނީ ވިސްނައިފަކަން އަމިއްލަ ހިތަށް ވިސްނައިދެމުން ދޮރާއި ދިމާލަށް ދަމުން ދެތިން ފުން ނޭވާއެއްލައި ރައިޝާ ހަމަޖެހިލިއެވެ.”ކަލޭ އަށް ދޮރުހުޅުވަން ހަމަ އެހާގިނަ އިރުތަކެއް ނަގައިތަ؟”ރައިޝާ މޫނުމަށްޗައް ވިޔާމް ގެ އަތުގެ ހޫނު ހަމަލާއެއް އަރައިގެން ދިޔައެވެ.މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ރައިޝާ ކޮޓަރިއަށް އަވަސް ނަޒަރު ތަކެއް ހިންގާލީ ޒަޔާން ކޮބައިތޯ ބެލުމަށެވެ.ޒަޔާން ފެންނަން ނެތުމުން ފުން ނޭވައެއް ރައިޝާ އަށް ދޫކޮށްލެވުނެވެ.”ފާ..ފާހަނައ..ފާހަނައިން ނުކުތީ މި” ރައިޝާ އެދުމަތީގައި އިށީދެލިއެވެ.”މިއަދު އިރުއެރީއްސުރެއް ފާހަނައިގަ؟މަ މިއޮށް ވަރަށް ގުޅާއިރު ފޯނުނަގާކަށް ނޭގޭތަ؟ރައިޝާ އަށް މަށަށް ވުރެއް ކޮން މުހިންމު ކަމެއް އޮތީ ކުރަން؟ބޮޑު އުނދަގުލެއް ޖެހިފަހުރި..”އަތުގައި އޮތް ލައިޓަރުން ރައިޝާ ގެ އަތުގެ އެކިތަންތަނުގައި ޖައްސަމުން ވިޔާމް ދިޔައެވެ. ދޮރު ފޮތިގަނޑުގެ ފަހަތުގައި މަންޒަރު ބަލަންހުރި ޒަޔާންގެ އަތް މުށްކެވިގެން ދިޔައިރު މޫނުމަތި ހީވަނީ ބޮމެއް ގޮވާހެން ދެންމެ ދެންމެ ގޮވާފާނެ ހެންނެވެ.ނަމަވެސް މިވަގުތު ފިޔަވަޅެއް ނަގައިގެން ރައިޝާ ވެއްޓޭނީ އިތުރު އަދަވަޅަކަށްކަން ޒަޔާން އަށް ވިސްނުނެވެ.ފޯނު ނަގައި ދެތިން ފޮޓޮއެއް ނަގައި ވީޑިއޯ އަށް ޒަޔާން ޖައްސާލިއެވެ. “ވިޔާމް އަށް އަހަރެންނަކީ ތިހާބޮޑު އުދަނގުލަކަށް ވާނަމަ ކީއްވެ ދޫނުކޮށްލެވިގެން ތިއުޅެނީ؟ ވިޔާމް ހެދިހާ ގޮތެއް ހެދިގެން އަހަރެން މިއުޅެނީ ފާއިތުވެ ދިޔަ 2 އަހަރު.. އަހަރެން ވިޔާމް އަށް ކޮށްނުދީ އޮތީ ކޮންކަމެއް..ބުނި ވަަރަކަށް ފައިސާ ދިނިން.އެންމެ ކުޑަމިނުން ކަލޭ ތިއުޅެނީ މަ ތަނުގެ ކުލިދީގެން ކާންދޭތީ..އެހެންނޫނީ ކަލޭ އޮންނާނީ މަގުމަތީގަ ސަލާން ޖަހަން.މަށަކީވެސް އިންސާނެއް.ކެއްކުރެވޭނީ ވަކިވަރަކަށް.އެހެންމީހަކާ ދޭތެރޭ ކުޑަކޮށް ނަމަވެސް ހަމްދަރުދީ ނުވިޔަސް އަހަރެންނާއި ދޭތެރެ ހަމްދަރުދީ ވިޔާމް ވިތަ؟2 އަހަރު ފާއިތުވެގެން ދިޔައިރު ވިޔާމް ބުނެބަލަ މީނި ދުވަހަކު މަ ރައިޝާ ގެ ހާލު ބެލީމޭ.ރައިޝާ އުފަލުގައި ބެހެއްޓޭތޯ މަސައްކަތް ކުރީމޭ.” ރައިޝާ އަށް ބުނެދޭން ނޭނގޭ ހިތްވަރެއް ލިބިގެން ދިޔައިރު އަވަސް އަވަހަށް ވިޔާމް އަތުން އަމިއްލަ އަތް މިނިވަން ކޮށްލިއެވެ..”އާޗާ…އަނގަވެސް ފަޅައިފިދޯ ރައިޝާ ގެ….ރައިޝާ އަށް ޖެހޭނީ މަ ބުނި ވަރަކަށް ފައިސާދޭން…ކުލިވެސް ދައްކަން..އެހެންނޫނީ ބޭނުމީ އަމިއްލަ ބަފާ ވަކިވެގެން ދާތަން ބަލަންތަ؟ބުނަން ރަނގަޅު ވާހަކައެއް..މިރޭ މަ ފޮނުވާ ލޮކޭޝަން އަށް 10ހާސް ހިފައިގެން އަންނާތި.ގަޑި އަށް ނައިސިއްޔާ ކަލެއަށް ޖެހޭނީ އަމިއްލަ އައްޕަ ކުރިމަތީގައި މަރުވެގެން ދާތަން ބަލަން. އަދި އެއް ވާހަކަ މާދަން ކަލޭ ބަފާ ކައިރިއަށް ކައިވެނީގެ ވާހަކަ ދައްކަން އަށްނާނަން….ހަހަަހަ!! ހަމްދަރުދީ؟މަ އެހެންމީހަކަށް ނުކުރާ ގަދަރެއް މަށެއް ރައިޝާ އަކަށްވެސް ނުކުރާނަން.މަ ކުރިން ރައިޝާ ފަހަތުން އުޅުނީ ކަލޭގެ ލޯބިވާ ދޮންބެގެ އެންމެ ގާތް އެކުވެރިޔާ ކަލޭ ފަހަތުން އުޅޭތީ.ރައިޝާ ހީކުރީ މަ ކަލޭ ދެކެ ލޯބިވާ ކަމަށްތަ؟” ރައިޝާ ކޮލަށް ފިތާލައި ޓައިލްސް ތަކު މައްޗަށް ހޫރުވާލިއެވެ. އެވަގުތު ވިޔާމްއަށް ޒަޔާންގެ ފައި ލޮލުގައި އަޅައިގަތެވެ.އެދިމާލަށް ހިނގައިގަތް ވިޔާމް އެޅި ފިޔަވަޅު ހުއްޓުނީ ފޯނުކޯލެއް އައުމުންނެވެ.”މީއަނެއްކާ އަނެއްގަމާރު*…ކަލޭއަށް މިޔޮއް ހުރިހާ ދުވަސް ވީއިރު އެއަންހެން ކުއްޖާ ގެ ފޮޓޯ ނުފެނުން. އަހަރެއްވަނީ މިޔޮށް. ބޮޑު ކަމެއް ކަލެޔާ ހެދި. އޭނަ ޕޮލިހަށް ގޮއްސިއްޔާ އަހަރެމެންނާ ދެކޮޅަށް ކިތަންމެ ހެއްކެއް ލިބޭނެ.ކުރިޔަށް އޮތް 1 މަސް ތެރޭގަ އެއަންހެނާ ހޯދާތި.ނޫނީ މަށަށް ޖެހޭނީ ކަލޭ އަމަޔަށް ކަލޭގެ ބޮލާ ހަށިނގަޑާ ވަކިކޮށް ހަދިޔާ ކުރަން.”ވިޔާމް ހުރީ ރުޅިއައިސްގެން ފަޅައިގެންދާ ވަރުވެފައެވެ..”10ހާސް ހަނދާންކުރާތި ތި*ވެސް.ހުސްމެން އެއްވަރުގެ ގަމާރުން ބަލާއެއް…”ރައިޝާއަށް އިންޒާރުގެ ބަލާލުމެއް ބަލާލުމަށްފަހު ވިޔާމް ނުކުމެގެން ދިޔައީ ރައިޝާ ނިތްކުރިން ފައިބަމުން ދިޔަލޭތަކަށް ބެލުމެއްނެތިއެވެ.
ޒަޔާންއަށް ހުރިހާ ވާހަކައެއް ކިޔަދީ ނިމުންއިރު އެހުރިހާ އިރު ހިފަހައްޓައިގެންހުރި ކަރުނަތަށް އޭގެމަގާމުދޫކޮށް ފައިބައިގަތެވެ.”ދައްކާބަ އަތް” ޒަޔާން ބުނެލިއެވެ.އެއްވެސް އެއްޗެއް ބުނުމެއް ނެތި އެހުރިގޮތަށް ރައިޝާ ހުރުމުން ޒަޔާން ރައިޝާ އަތް ނަގައި އަތުކުރި އޮޅާލިއެވެ.އަތުގެ އެތައް މިތަނުގައި ލަކުނުތައް ހުރިއިރު ހަވީރު އަލިފާން ޖެއްސިތަން ރީތިކޮށް ޒަޔާން އަށް ފެނުނެވެ.ވަމުން ދިޔަ ތަދުން ރައިޝާގެ އަގައިން މަޑު އަޑެއް ބޭރުވެގެން ދިޔައިރު ލައިގެންހުރި ހަރުވާޅުގެ ފައިކުރި އުފުއްލާލިއެވެ.ފެނިގެން ދިޔަ މަންޒަރުން ޒަޔާންއަށް ލޯ ބޮޑުކޮށްލެވުނެވެ.އެއްވެސް އެއްޗެއް ބުނުމެއްނެތި ތެދުވެގެން ގޮސް މެޑިސިން ބޮކްސް ހިފައިގެން އައިސް މަޑުމަޑުން ރައިޝާ ފައިގައި އުނގުޅާލިއެވެ.ވިޔާމްގެ ފަރާތުން ބޭނުންވި ލޯތްބާއި އަޅާލުން މިއަދު މިލިބެނީ ޒަޔާންގެ ފަރާތުންނެވެ.އޭރު މައިންބަފައިންގެ ބަސްއަހައިގެން ވިޔާމްއާއި ދުރުވެ ޒަޔާން އާއި ގުޅެވުން ނަމައޭ ރައިޝާ ގެ ހިތަށް އެކިފަހަރު އަރަމުންދިޔައެވެ.ނަމަވެސް ކޮންމެ ކަމެއްވެސް ވާނީ ﷲ ގެ އިރާދުފުޅުގައި ލިޔެވިފައިވާ ގޮތަށްކަން ރައިޝާ ގަބޫލުކުރެއެވެ.”ރައިޝީ އަތް” ޒަޔާން އަތް ދިއްކޮށްލަމުން ބުނެލިއެވެ.މަޑުމަޑުން އަތް އަރުވާލުމަށްފަހު ޒަޔާންގެ އަތް ތެރެއަށް އަތް ލިއެވެ.މަޑުމަޑުން ފުމެމުން ރައިޝާ އަތުގައި ބޭސް އެޅުމަށްފަހު ނިތްކުރީގެ ފަޅައިގެންގޮސްފައިހުރިތަން ސާފުކޮށް ބޭސް އަޅާލިއެވެ.ޒަޔާންގެ ކޮންމެ ހަރަކާތެއް ދިޔައީ ރައިޝާގެ ހިތުގެ ކަނެއްގައި ރައްކާ ކުރެވެމުންނެވެ.އަމިއްލަ މީހާ އަށް ވެގެންމިދާ ގޮތާއިމެދު ރައިޝާ ހުރީ ހައިރާން ވެފައެވެ.”ރައިޝީ ދެން މާދަން ވިޔާމް ގެންނާނެދޯ ކައިވެންޏާއި ބެހޭ ވާހަކަ ދައްކަން”ޕްލާސްޓިކް ހިނިތުން ވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުން ޒަޔާން ސުވާލުކޮށްލިއެވެ.ވަގުތުން ރައިޝާގެ މޫނުމަތީގައިވި ހިނިތުންވުން ފަޑުވެގެންދިޔައިރު ލޮލުން ކަރުނަ ނީރާލިއެވެ.”ބޭނުމެއްނޫނޭ އިތުރަށް އެ އަނިޔާވެރިޔާގެ ގާތުގައި އުޅޭކަށް….ރައި ބޭނުން އޭނަ ކައިރިން ސަލާމަތްވާން…”ރޮވެމުންދިޔަ ހާލު ޒަޔާންގެ ގައިގައި ރައިޝާ ބައްދައިގަތެވެ..”ޝްޝްޝް!! އެނގޭ..އެކަމު ދެން ވަރަށް ވިސްނައިގެން ކަމެއް ކުރަންޏާ ކުރަން ޖެހޭނީ ވެސް..ނަގާ ފިޔަވަޅެއްގެ ސަބަބުން ރިޔާޒް އަށް ގޮތެއް ވާކަށް ރައިޝީ އެއްވެސް އަދި އަހަރެންވެސް ބޭނުމެއްނޫން.ޕްލަސް މިހާރު ރައިޝީ ގެ ސަބަބުން ކުޑަކޮށް ފަސޭހަ ވެގެންދާނެ އެމީހުން ހައްޔަރު ކުރަންވެސް އަހަރުންނަށް”ޒަޔާން ކުުޑަކުއްޖަކަށް ވިސްނައިދޭ ރާގަކަށް ރައިޝާ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.”ތިބުނީ؟”ރައިޝާ އަށް ޒަޔާން ބުނި ވާހަކަ ފަހުމު ވާގޮތެއް ނުވިއެވެ.”އަހަރެން މިބުނީ ރައިޝީ ގެ ސަބަބުން ފަސޭހަ ވެގެން ދާނެޔެ އެ ގޭގް ހައްޔަރު ކުރަން..އެން ރައިޝީ ވެސް އޭނަ ކައިރިނަ ސަލާމަތް ވެގެންދާނެ…”ރައިޝާ ބޮލުގައި ޒޔާން ފިރުމާލިއެވެ..”ރައި އަށް ވާވަރަކުން ހެލްޕް ވާނަން…ޒަޔާން ކޮންއިރަކު ޖޮއިން ކުރީ ޕޮލިހަށް؟ އަބަދުވެސް ބުނީ ތިމަންނަ ބޭނުމީ ބިޒްނަސްމޭން އަކަށްވާށޭ” ރައިޝާ ސުވާލުކޮށްލިއެވެ..”އެއީ ކުޑަކޮށް ދިގުވާހަކައެއް…ފަހުން ކިޔާދޭނަން..ރައިޝީ މިގޮތަށް ކަންތައް ކުރޭ”ޒަޔާން މިރެޔާއި މާދަން ކަންތައްކުރަންވީގޮތް ކިޔައިދެމުން ދިޔައެވެ. ޖެހިލުންވި ނަމަވެސް ރައިޝާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.މައިންބަފައިންގެ ރުހުމެއްނެތި ކުރިޔަށް ގެންދާ އެއްވެސް ގުޅުމެއްގައި ބަރަކާތް ނުލައްވާނެކަން ރައިޝާ އަށް އިހުސާސް ވިއެވެ.ރައިޝާ އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
ޒަޔާން އިޝާ ނަމާދުން ނިމިގެން އައިރު ރައިޝާ ތައްޔާރު ވެގެން ސޯފާގައި އިށީދެލައިގެން އިންތިޒާރުގައި ހުއްޓެވެ.”މަންމާ..އަންނާނަން ބޭރަށް ގޮސްލާފަ އަށްނާނަން ޔާން އާއި އެއްކޮށް. މަންމަމެން ކާލާ”ބަދިގޭގައި ހުރި ނާދިޔާގެ ގައިގައި ބައްދާލަމުން ރައިޝާ ބުނެލިއެވެ..”މަންމަމެން ކާލާ ކާލާ ކާލާ..ޗައިރާ ކޮށްތާކަށް ވަށްނަން ތިދަނީ؟”ރައިހާން އައިގޮތަށް އައިސް ރައިޝާ އިސްތަށިގަނޑަށް ދަމައިގަތެވެ.”މިހިރަ މީހެއްދޯ…ބޭރަށްދާން ރެޑީ ވެގެން ހުރި ތަނެއްނުފެނޭތަ؟”ފޯނުން ރައިހާން ގެ ބޮލުގައި ރައިޝާ ޖެހިއެވެ.ދެމީހުންގެ ތަޅާފޮޅުން ބަލަން ދޮރުމަތީގައި ހުރި ޒަޔާން ގެ ކޮޑުގައި ރިޔާޒް އަތްބާވާލިއެވެ.”ބޭބެ އަށް އެނގޭ ރައި އުޅެނީ އުފަލުގަ ނޫންކަން…ވިޔާމް ރައި އާއި ދޭތެރެ ވަރަށް ގޯސްކަން ވެސް އެނގޭ…ރައި ހުންނަނީ އޭނަ އެންމެ ގާތް އެކުވެރިޔާ އެއްވެސް ހަބަރެއް ނެތި ވަކިވެ ދިޔުމުން އެކަމަށްވެސް ވަރަށް ދެރަވެފަ. އަބަދުވެސް އެހެންމީހުންގެ ކުރިމަތީގައި ހެވިފަ ހުއްޓަސް ރައި އެހެން ކަމަކާ ވަރަށް ވިސްނާކަން ފާހަގަ ކުރެވެ.އެހީމަވެސް ނުބުނެ ކޮންކަމަކާ ކަމެއް..ބޭބެ އެއްގޮތަކަށްވެސް ބޭނުމެއް ނޫން ރައި ވިޔާމް އާއި ގުޅޭކަށް…”ރިޔާޒް ގެ މޫނުމަތިން ރައިޝާ އާއިނެދު ފިކުރު ކުރާވަރު ހާމަވެގެން ދިޔައެވެ.ޒަޔާން އަށް ރިޔާޒް ރައިޝާ ދެކްވާ ޅޮބި ފެނުމުން އުފާވިއެވެ.ހަމައެއާއެކު ރައިޝާ ވިސްނާ ކަންތައް އޭނާއަށް އެނގުމު ކަމުގައި ވިޔަސް މީ ރިޔާޒް ކަން އަންގަން އެންމެ ރަނގަޅު ވަގުތު ނޫންކަން ޒަޔާން އަސް އެގެއެވެ.ސަބަބަކީ ރިޔާޒް އަކީ ހިތުގެ ބަލިހުންނަ މީހަކަށް ވާތީއެވެ.”ބޭބެ ދެރަނުވޭ..އަހަރެން ހުރިހާ ހިނދަކު ރައިޝީ އަށް ދެރަގޮތެއް ނުވާނެ ކަމަށް ވައުދުވަން..”ޒަޔާން ގެ ޖަވާބުން ރިޔާޒްގެ މޫނުމަތި އުޖާލާ ވެގެން ދިޔައިރު ހިތާހިތުން ޒަޔާން ރައިޝާގެ ހަޔާތުގެ ބައިވެރިޔާއަށް ވުމަށް ރިޔާޒް އަށް ދުޢާ ކޮށްލެވުނެވެ.
ޒަޔާން ކާރު ޕާކު ކުރުމާއެކު ރައިޝާ އޮފީހަށްވަދެ ފައިސާތައް ކަޅު ދަބަހަކަށް އަޅާލިއެވެ.”ޒަޔާން އަހަރެން ކުޑަކޮށް ޖެހިލުންވޭ”ރައިޝާ މަޑުމަޑުން ބުނެލިއެވެ.”ރައިޝީ އަދިވެސް ވިޔާމް ދެކެ ލޯބިވަނީތަ؟ބަދަލު ހިފާކަށް ބޭނުމެއް ނޫންތަ؟ޒަޔާން ދެރަވި ނަމަވެސް ރައިޝާ އަކަށް އެކަމެއް ނުދައްކައެވެ.”ނޫން ރައި މިހާރުނުވެ ކުޑަކޮށްވެސް ލޯތްބެއް އެ ޖަނަވާރު ދެކެއެއް.ހުވާ ކޮށްފަ މިބުނީ.ރައި ބިރުގަށްނަނީ ވިޔާމް ޔާނުއަށް ކަމެއް ކޮށްފާނެތީ.”ޒަޔާން އަށް ކަމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އަމިއްލަ މީހާ ކަމަށް ރައިޝާގެ ސިކުނޑި ބުނަމުންދިޔައެވެ.”ދެން ދެރަނުވޭ..ރައިޝީ އަށް އެހީވާން އަހަރެން މިހުރީ ތައްޔާރަށް މިހާރުވެސް. އަބަދުވެސް އިންޝާﷲ. ވިޔާމް އަކަށް އަހަރެންނަކަށް ކަމއެއް ނުކުރެވޭނެ.އޭނައަށް ވުރެ ވަކި އަހަރެން ދެރައެއް ނުވާނެ.އަހަރެންމީ ޑެޕިއުޓީ ކޮމިޝަނަރ އަޙުމަދު ޒަޔާން އިމްރާން..އެއްވެސް މީހަކަށް އަހަރެންނަކަށް ކަމެއް ނުކުރެވޭނެ އިރާދަކުރެވިއްޔާ.ރައިޝީ އަހަރެންނާއި އެކު ހުރިހާ ހިނދަކު”އެއްލޯ މަރާލަމުން ޒަޔާން ބުނެލިއެވެ.ޒަޔާން ބޭނުންވިގޮތަށް ރައިޝާގެ ތުންފަތް މައްޗައް ހިނިތުންވުން ވެރިވެގެން ދިޔައެވެ.
ވިޔާމް ފޮނުވާފައި އޮތް ލޮކޭޝަން އަށް ދިޔުމަށް މަޖީދީ މަގުން ދިޔައިރު ބާރުބޮޑުވެފައި އޮތުމުން އެހެން މަގަކުން ދިޔުމަށް ޒަޔާން މިސްރާބު ޖެހިއެވެ،ވަގުތު ކުޑަތަން ވަމުންދިޔުމާއެކު ކާރުގެ ދުވެލި ބާރުކޮށްލި ވަގުތު ޖެހިގެން ހުރި ގޯޅިން ކުޑަ ކުއްޖެއް ކޮގައިގްނ ހުރި މީހެއް ކާރު ކުރިމައްޗަށް އެރިއެވެ.ޒަޔާން ބުރެކި ޖައްސަން ކުޑަކޮށް ލަސްވިނަމަވެސް އެދެމައިންގެ ފުރާނަ ގެއްލިގެން ނުދާން ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.ޒަޔާން އާއި ރައިޝާ ކާރުން އަވަސް އަވަހަށް ފެއިބީ އެދެމައިންގެ ހާލުބެލުމަށް ނުހަނު ބޭނުންވެފައި ތިބުމުންނެވެ.ރައިޝާ އަށް އެދެމައިން ފެނުމާއެކު ޝޮކެއް ލިބިގެން ދިޔައިރު ހަމައެހާމެ ބޮޑަށް ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Oh my my giirrrrllll…..
It’s kinda interesting now…
Raishaa ge bestie kanneynge eiii… Dhwwwww..
Can’t wait for the next episode….
Hope varah varah varah varah avahah next episode kiyaalan libeyne kamah…
Lyyyy
Hey Naberr
Mi part ves Vrh reethi Masha Allah
You are a talented author anehka Kaaku baa eii Curiously waiting for the next part when’s next
Lyy❤️❤️
@soniya thank you soniya really happy cuz u find this intresting
let see dhw eii raishaa bestiee thw
next part insha allah thursday ga kiyaalan libeyne
love you more
@nayerr thank you nayerr
letss see kaaku thw eii dhw
insha allah thursday ga libeyne kiyaalan
love you more
Vrh reethi masha allah 🎀💗
This is the best story ever ❤️
You are the best most most fav authour am top fan of you naberr 🦋🎀
I wonder who they are
Curiously waiting for next part 💋
@Elly AWWW thanks ELLY
nabaa vrh ufaa vehjje elly nabaa ge top fan akh v ma it means a lot to me
lets see who they are dhw ELLY
next part thursday ga insha allah
LOVE YOU A LOT
Vrh reethi Masha Allah 💗😘💞
This is literally the best story I ever read..
You are the best author.. I always support u no matter what happens 💕.. I’m top fan of URS naberrr 😘💝😜🦋..
LOVE U SM NABERRR..
HOPE THE BEST FOR U ..