މެންދުރުގެ ހޫނުކަން ކެނޑި ހަވީރުގެ ފިނިކަން ފަޒާއަށް އަތްގަދަކުރަން ފެށިއެވެ. ހައިޒަލް ކެބިންގައި އިނދެފައި ހަވީރުވީފަހުން ނިކުމެގެން އައިރު ވަށައިގެން ނަޒަރު ހިންގުނީ ނައިނާ ފެނިލާތޯއެވެ. ހައިޒަލް ކެބިންގައި އިންއިރުވެސް ތިރިކޮށްލެވިފައިވާ ބްލައިންޑަރސްތަކުގެ ދޭތެރެއިން ނައިނާގެ މޫނު ފެނިލާތޯ ބެލުނު އަދަދެއްވެސް ނޭނގުނެވެ. މެންދުރުއްސުރެ ނައިނާގެ މޭޒު ހުސްކޮށްވާތަން ފެނި ހިތަށް ނޭނގޭފަދަ ހުސްކަމެއް ލިބުނުއިރު ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. ހައިޒަލް ވިސްނުމެއްގައި ހުރެގެން ނައިނާގެ ކެބިންއާއި އަރާހަމަވީ ވަގުތަކީ ކެބިންގެ ދޮރު ހުޅުވާލައިފައި ޝެނާ […]
އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައިގެ ތެރެއިން..) ދުވަހަކީ އަހަރެންނާއި ޒައިދާންގެ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހެވެ. މެލޭޝިޔާގެ ރީތި ރިސޯޓަކަށް އަހަރުމެން ދިޔައީމެވެ. އަދި އެތަނުގައި ދެރޭ ދެދުވާ ހޭދަކުރީމެވެ. ޒައިދާން އަހަރެންނަށް މާބޮޑިއަކާއި ކޭކެށްވެސް ދިނެވެ. އަދި ހަދިޔާއަށް އެތަށް ބައިވަރުތަކެތި ދިނެވެ. އަހަރެން ބައެއްފަހަރު ޖެހިލުންވެއެވެ. އަހަރެންނަށް އަބަދު މިގޮތަށް އުފަލުގައި އުޅެވޭނެބާއޭ ހިތަށް އަރާފައެވެ. ވޭތުވެދިޔަ އެއް އަހަރަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. […]
ފަޅި ސިކުންތެއްގެ ތެރޭގައި މުޅި އެއަންހެންކުއްޖާ އަދި އެ ކުއްޖާ އޮތް ތަނުގައި އޮތީ ލޭގެ ކޯރެއްހެދިފައެވެ. ކުޑަހިނދު ކޮޅެއްގެ ތެރޭގައި މީހުންތަށް އެއަންހެން ކުއްޖާ ވަށައި ލިއިރުގައި އެކަކަށް ވެސް ވީ ގޮތެއް އިނގޭ ހެނެއް ހީއެއްނުވެއެވެ. އެތަނުން ކުއްޖެއް އަވަސް އަވަހަށް އެމް އެންބިއުލާންސްއަށް ގުޅާލި އިރުގައި އެހެން ކުއްޖަކު އެ އަންހެން ކުއްޖާގެ ވިންދުހުރި ތޯ ބަލާލަނީއެވެ. ތާރާ އަވަސް އަވަހަށް ޓެރަސްއިން ފޭބި އިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ބަދަލުގައި […]
މިންހާގެ އެސުވާލުން އޭނައަށް ބުނެވުނީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އަޝްރާއަށް ވިސްނުނެވެ. އޭނާ ވާނީ އިއާން ގާތު މިންހާއަށް އެވާހަކަ ނާންގަން ވަޢުދުވެފައެވެ. އެހެނަސް ނޭނގުމެއްގެ ތެރޭގައި އެވާހަކަތައް އޭނަގެ ދުލާއި ހަމައަށް ގެނެވުނީއެވެ. ” އަޝޫ… ޓެލް މީ… އެހާ ކުރިންވެސް އާން އަހަރެންދެކެތަ ހަމަ ލޯބިވަނީ… އައިމީން ހައު… ” ސުވާލުން ފުރިގެންވީ ފަދައިން މިންހާ އަހާލިއެވެ. އޭނައަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. ” އަޝޫ… އަޝޫއަށް އިނގޭދޯ ކުރިންވެސް މިކަން… ” މިންހާ […]
ކޮޓަރި ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. އެނދުގައި އަހަރެންގެ ބިއްދޮށުން އޮށޯވެ ނިދާފައި ފިރިމީހާ އޮތެވެ. ކޮޓަރީގެ އެއްފަޅީގައި ބަހައްޓާފައިވާ އެނދެއްގައި އަހަރެންގެ ދޮޅުއަހަރުގެ ދަރިފުޅު ނިދާފައި އޮތެވެ. އަހަރެން އޮތީ ނިދި ނައިސްފައެވެ. މި މެންދަމުގެ ހަމަހިމޭން ވަގުތުގައި އަހަރެންނަށް އިޙްސާސް ކުރެވެމުން ދަނީ އަހަރެންގެ މާޒީގެ ހިތި ރަހަތަކާއި އަސަރުތަކެެވެ. އެއީ ގާތްގަނޑަކަށް މީގެ ދެތިން އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެންނަކީ ރާއްޖެތެރޭގެ މެދު ފަންތީގެ ޢާއިލާއެއްގެ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމައާއި […]
***** ތިން އަހަރު ފަސް ******* ” މަންމި ދެން ކޮށްކޮ ނުކިޔާނަށް …. މަންމި ނިދަން ….” އަޒާން ފޫހިވެ އިދެ ލޯ އުނގުޅަމުން ބުނެލިއެވެ. ޒޯޔާ ހީލަމުން އަޒާންގެ ފަން ރަން އިސްތަށި ގަނޑުގައި ފިރުމައިލިއެވެ. ” އޯކޭ މަންމިގެ ދޫނީ….” ޒޯޔާ އަޒާން އަށް ކިޔަވައިދެން އިން ފޮތް އެނދުގެ ސައިޑް ކަބަޑު މަތީ ބޭއްވުމަށްފަހު އަޒާން ނިންދަވަން އޮށޯތެވެ. އަޒާން ޒޯޔާގެ ގައިގައި ބާރަށް ބައްދައިލައިގެން އޮވެ ލޯ މަރާލިއެވެ. އަޒާން […]
ކާނިވާތެރެ ވަނީ ތޮއްޖެހިފައެވެ. ބައިބޯކަމުން ކަށިތުނޑެއް ޖައްސައިލާނެ ތަންކޮޅެއްވެސް ނެތެވެ. ކާނިވާގެ ސްޓޭޖް ޙަރަކާތްތައް ފެށުމުގެ ކުރިން އެތަނަށް އައުމަށް ޖައިޝަމްވަނީ ވަޢުދުވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ވަގުތު ކުޑަތަން ވަނީއެވެ. އަވަސް އަވަހަށް އަހަރެން މޫނުމަތި ފޮހެލައި ހަމަހެޖެހިލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ހިތް ހިމޭނަކުން ނޯތެވެ. ނޭނގޭ ބިރުވެރިކަމެއްގެ ވިންދެއް އަހަރެންގެ ހިތުގެ ތެރޭގައި ޖަހައިލިއެވެ. ޖައިޝަމް އަހަރެންނަށް މަޢާފު ކުރާނެ ބާވައެވެ. އޭނާގެ ޙަޔާތުން އަހަރެންނަށް ޖާގައެއް ލިބިދާނެ ހެއްޔެވެ؟ މިފަދަ […]
އެއާއިލާ އައުމުން ލުޔޫނާ ހުރީ ރުޅިއައިސްފައެވެ. އެއީ އޭނާ އަބަދުވެސް ނަފްރަތު ކުރާ ބައެކެވެ.މާޒީ ގެ ސަފްހާތައް ހަނދާނަށް އަންނަ ގޮތްވިއެވެ.ނަމަވެސް ގަބޫލް ވެވިފާވާކަމެއް ޖެހޭނީ ކުރާކަށް ނޫންހެއްޔެވެ؟ ކިތަންމެ ރުޅި އަޔަސް މާޒީގެ ސަފްހާތަކަށް ވިސްނުމެއް ދޭން ޖެހިއްޖެވެ. ***************** އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. ލައިހާންގެ ބައްޕަ ޒަޔާން އަކީ އަހަރެން ނަފްރަތު ކުރާ މީހެކެވެ. އެއްދުވަހެއްގެ ރޭގަނޑު އަހަރެން ދިޔައީ ފިހާރައަކަށެވެ.އެރެޔަކީ ފުރަތަމަ ފަހަރަށް ރޭގަނޑު އެކަނި ދާފަހަރެވެ. މަންމަގެ އެދުން […]
އެއިވިގެން ދިޔައަޑަކީ ނައިލް ދުވަހަކުވެސް އަޑުއަހަން ބޭނުންނުވާ އަޑެކެވެ. އާރަވްގެ އަޑު ދެން ދުވަހަކުވެސް ނައިލްއަށް އިވޭނެކަމަކަށް ނައިލް ހީއެއް ނުކުރެއެވެ. ހީނުކޮއްހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ ނައިލްއަށް މާޒީގެ ސޮފްހާތަށް އީއްޔަވީކަމެއްހެން ލޮލުގެ ކުރިމަށްޗަށް ސިފަވަންފެށިއެވެ. ***************** ނައިލްއާއި ނާއިރާއަކީ އަބަދުވެސް ކިޔެވުމަށް ހާއްސަ ސަމާލު ކަމެއްދޭ ކޮލެޖުގައި މަޝްހޫރު ދެކުދިންނެވެ. އަނިލްއާއި ނިޝާވެސް ފަހުރު ވެރިވާ ތަރްބިއްޔަތެއް ދެވިފައިވާ މި ދެކުދިންނަކީ ވެސް އެމީހުންގެ ދެލޮލުގެ ނޫރެވެ. ލަންޑަނުގައި އުޅެޒުވާންވެފައި ވާ ނައިލްއާއި ނާއިރާއަށް […]