Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެން އެނބުރި އަންނާނަން (9 ވަނަ ބައި)

Yaas4 Level 110 Stories
April 28, 2019 3 Mins Read
4 Comments

އަހަރެން އެނބުރި އަންނާނަން (8 ވަނަ ބައިގެ ތެރެއިން..)

ދުވަހަކީ އަހަރެންނާއި ޒައިދާންގެ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހެވެ. މެލޭޝިޔާގެ ރީތި ރިސޯޓަކަށް އަހަރުމެން ދިޔައީމެވެ. އަދި އެތަނުގައި ދެރޭ ދެދުވާ ހޭދަކުރީމެވެ. ޒައިދާން އަހަރެންނަށް މާބޮޑިއަކާއި ކޭކެށްވެސް ދިނެވެ. އަދި ހަދިޔާއަށް އެތަށް ބައިވަރުތަކެތި ދިނެވެ. އަހަރެން ބައެއްފަހަރު ޖެހިލުންވެއެވެ. އަހަރެންނަށް އަބަދު މިގޮތަށް އުފަލުގައި އުޅެވޭނެބާއޭ ހިތަށް އަރާފައެވެ. ވޭތުވެދިޔަ އެއް އަހަރަކީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް އަހަރެވެ. އެއީ ޒައިދާން އަހަރެންގެ ޙަޔާތް އުފާވެރިކޮށްދިނުމުންނެވެ. ކޮންމެ އާ ދުވަހަކަށް އިރު އަރަނީ ވެސް އަދި އެ ދުވަހެއްގެ އިރުއޮއްސެނީވެސް އަހަރެން ޒައިދާންގެ ލޯބިގައި ފިޔަޖަހަ ޖަހާ އިންދައެވެ. ކިތަންމެ ބުރަކޮށް ދެމީހުން އުޅުނަސް އެކަކު އަނެކަކުދެކެ ވާލޯތްބަށް ކުޑަވެސް ބަދަލެއް އަންނަކަމުގެ އިޙްޞާޞްއެއް އަހަރެންނަަކަށް ނުކުރެވެއެވެ.

++++++++++++++++++++++++++++++++++++++++++++++++++++

އޭގެ އެއްހަފްތާފަހެވެ. ޒައިދާން އޮފީހުގައި ވަރަށް ބުރަވާނެ ކަމަށާއި، ރޭގަނޑުވެސް ގެއަށްއައުން ލަސްެވެދާނެކަމުގައި އަހަރެންގާތު ބުންޏެވެ. އަހަރެންނަކަށް އެއީކީ މާބޮޑު މައްސަލައެއް ނޫނިއްޔާއެވެ. ޒައިދާން ގޭގައި ނެތަސް ކިތަންމެ ކުޑަވަގުތެއް ލިބޭ އިރަށްވެސް އަހަރެންނަށް ގުޅާނެއެެވެ. ގޭގައި އެކަނި ގިނަ އިރުވިޔަސް އަހަރެންނަކީ އެކަނި ވެގެން ފޫހިވެ ކުރާނެ ކަމެއް ނޭނގޭ މީހެއްނޫނިއްޔާއެެވެ.

+++++++++++++++++++++++++++++++++++++++++++++++++++++

އެއި ތެދެކެވެ. ޒައިދާން ބުނިގޮތަށް ޒައިދާން ގިނަވަގުތު މިހާރު އުޅެނީ ބޭރުގައެވެ. ކުރިން ގުޅާވަރަށްވުރެ ގުޅުންވެސް މަދުވެއްޖެއެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މިހާރު ވަރަށް ވާހަކަ މަދެވެ. ރޭގަނޑުވެސް ގެއަށް އައިސް އަވަހަށް އޮށޯންނާނީއެވެ. ގެއިން ކެއުންވެސް މަދުވެއްޖެއެވެ. އަހަރެންނަށް މިކަންތަކުން ޙައިރާންކަމެއް ލިބުނެވެ. އަހަރެންނަކީ ދުވަހަކުވެސް ޒައިދާންއަށް ޝައްކުރާ މީހެއްނޫނީމެވެ. އެހެނަސް ކޮންމެވެސް ކަމަކާއި ޒައިދާން ކަންބޮޑުވެގެން އުޅެނީ ކަމަށްވެސް ވެދާނެއޭ އަހަރެންހިތަށް އެރިއެވެ.

“ކީއްވެ..މިހާރު އެހާވާހަކަ މަދީ.. ގެއިންކާލެއްވެސް މިހާރުމަދުވެއްޖެ!.. ކަމަކާ ކަންބޮޑުވެފަތަ؟.. އޮފީސް މާބުރައީމަދޯ…” އޮޅުން ފިލުވާލުމުގެ ގޮތުން ބަރިއަކަށް ސުވާލުތަކެއް ކުރެވުނެވެ.

“އާން.. ބުރައީ…” ޒައިދާންގެ ޖަވާބު ވަރަށް ކުރެވެ.

ސޯފާގައި ދެމީހުން ޖެހިޖެހިގެން ތިބިއިރު، ޒައިދާން އިނީ ޓީވީއާއި ދިމާލަށް ބަލަންށެެވެ. ޖަވާބުދިނީ ހަމައެގޮތަށް އިނދެއެވެ. ވުމާއެކު، އަހަރެން ޒައިދާންގެ މޫނަށް ބަލަން އިރުކޮޅަކު އިނދެވުނެވެ. ޒައިދާން އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާ އެހާ ކުރުޖަވާބެއް އެދިނީ ކީއްވެބާއެވެ. އިތުރު ސުވާލެއް ކުރަން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ.

“އަލަނާސި ފަންޏެއް ގެނެސްދެންތަ..؟ އަހަރެން ޒައިދާންގެ މޫނަށް ބަލަންއިނދެ އަހާލީމެވެ.

“ނޫން…” މިފަަހަރު ޒައިދާންގެ ޖަވާބު އަދި އިހުނަށްވުރެ ކުރެވެ.

އަހަރެން އަދިވެސް ޒައިދާންގެ މޫނަށް ބަލަން އިނީމެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެެވެ. ޒައިދާންއަކީ އަލަނާސި ފަންޏަކަށް “ނޫނެކޭ” ބުނާނެ މީހެއް ނޫނެވެ. އެހެނަސް، މިއަދު އެބުނީ “ނޫނެކޭ”

އެވެ. އަހަރެންގެ ޙައިރާންކަން އިތުރުވިއެވެ. އެހެނަސް އެކަން ޒައިދާންއަށް ނޭންގުމުގެ ގޮތުން އަހަރެން ޒައިދާންއާއި ސަމާސާކޮށްލުމަށް ނިންމީމެވެ.

“ހޫން.. ދެން މީނައަކާ ނުވެސް ގުޅޭ ތިހިން އުޅޭކަށް…!” އަރިކަށީގައި ގިލިގިލި ކޮށްޓާލަމުން އަހަރެންބުނީމެވެ.

އަހަރެންގެ މަޤްޞަދަކަށްވީ ޒައިދާން ހެއްވާލުމެވެ. އަދި ބަދަލުގައި އަހަރެންނަށް ކޮންމެވެސް “ގޯނާ” އެއް ކޮށްލާނެކަމުގެ އުއްމީދުގައިމެސްވެއެވެ.

ކަންތައްވީ ހީކުރިގޮތާއި ދިމާ އިދިކޮޅަށެވެ.

ޒައިދާން ހަމަވަގުތުން ސޯފާއިން ތެދުވެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އަހަރެންގެ ޙައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. އެއީކީވެސް ޒައިދާން އެެހެންޏަކާ އުޅޭ ގޮތެއް ނޫނެވެ.

+++++++++++++++++++++++++++++++++++++++++

އޭގެ އަނެއްދުވަހެވެ. ޒައިދާން އޮފީހަށްދިޔައީ ސައިވެސް ނުބޮއެ އެވެ. އޮފީހުގައި އިންދާ މެސެޖު ކުރުމުންވެސް ޖަވާބެއް ނުދިނެވެ. އަހަރެންވެސް ކްލާސް ނިންމާާލާފައި އައިސް ޒައިދާންއަށް މީރު އެއްޗެއް ތައްޔާރުކޮށްލުމަށް ނިންމީމެެވެ. ޒައިދާން ހިތްހަމަޖެހޭނެ ކޮންމެވެސް ގޮތެއް ފެނޭތޯ މަސައްކަތްކޮށްލުމުގެ ނިޔަތުގައެވެ. ކޮންމެ އިރަކު އަޔަސް ކައިފާނެކަމުގެ އުއްމީދުގައެވެ. ޒައިދާންއަށް ޑެވިލްޑް ޗިކަން ތައްޔާރުކުރީމެވެ. އަދި އަންނާނެއިރެެއްގެ އިންތިޒާރުގައި ސޯފާގައި އޮތީމެވެ.

ޒައިދާން އައި އިރެއްވެސް ނޭނގުނެވެ. އެހެންއޮއްވާ ހޭލެވުނީ ހެނދުނެވެ. ކޮޓަރިއަށް ދިޔައިރު ޒައިދާން އުޅެނީ ފާހާނާގައެެވެ. ލަފާކުރެވޭގޮތުގައި ނިދާހޭލައިގެން ފާޚާނާއަށް ވަނީއެވެ. ސޯފާގައި އަހަރެން ނިދިފައި އޮތްއިރު އަޅާވެސް ނުލާ ކޮޓަރިއަށް ދިޔައީތާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަަހަރެން އަސްލުގައިވެސް ވަރަށް ދެރަވެއްޖެއެވެ. އެހެނަސް މާބޮޑުކަމަކަށް ނުހަދާ ޒައިދާންއާއި ވާހަކަ ދެއްކޭތޯ އަނެއްކާވެސް މަސައްކަތްކުރީމެވެ.

“ރޭގަކިހާއިރަކު އައީ.. ޒައިދާން އަންނަންދެން އޮށްވާ އަހަރެންނަށް ނިދުނީ ސޯފާގައި..!” ޒައިދާން ފާޙާނާއިން ނިކުމެ ލޯގަނޑު ކައިރީ ހުއްޓުމުން އަހަރެން އެހީމެވެ.

“ގަޑިއެއް ނުބަލަން..” ޒައިދާން ކުރުކޮށް ޖަވާބުދިނެވެ.

“އަޅެ ގޮވާލިނަމަ…ޒައިދާންއަށް ޑެވިލްޑް ޗިކަންވެސް ހަދާއިގެން އަހަރެން އޮތީ… ޒައިދާން އަންނަންދެން.. އެހެންއޮއްވާ ނިދުނީ..”

“އެހެންތަ؟..ނިދިފައި އޮތީމަ އަޅާނުލީ..” ޒައިދާން ބޮލުގައި ޖެލްލާ ސްޓައިލްކޮށްލަމުން ޖަވާބުދިނެވެ.

“ކިރުތައްޓެއް ގެނެސްދެންތަ؟ އަހަރެން ސުވާލުކުރީމެެވެ.

“ނޫން..ލަސްވެއްޖެ ތަންކޮޅެއް” ޒައިދާން މިހެން ބުނެފައި އޮފީހަށް ދިޔުމަށް ނިކުމެއްޖެއެވެ. އަހަރެންނަށް އެހުރި ފިޔަވަޅުމަތީ ހުރެވުނެވެ. ޒައިދާން އަބަދުވެސް އޮފީހަށް ދާނީ އަހަރެންނާއި ކޮންމެވެސް ސަމާސާއެއްކޮށްލާފައެވެ. އެހެނަސް އެހުރިހާ ކަމަކަށް މިވަނީ ކުއްލި ކުއްލި ހުއްޓުމެެއް އައިސްފައެވެ.

++++++++++++++++++++++++++++++++++++++++

އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔައެވެ. މިކަމާމެދު ހަދާނެ ގޮތެެއް ނުވިސްނުނެވެ. ލީޝާ އާއި ހުވޭއާއިވެސް މި ވާހަކަތައް ޙިއްސާކުރީމެވެ. އެކަމާއި ޝަކުވާނުކޮށް އަދި އިތުރަށް ވަގުތު ދިނުމަށްވެސް އެމީހުން އަހަރެންނަށް މަޝްވާރާ ދިނެވެ.

އަހަރެން ވިސްނާލިއިރު ޒައިދާން މާސްޓާސް ނިންމުމަށް ހަދަންޖެހޭ ފައިނަލް ތީސީސްގެ މަސައްކަތްވެސް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ޒައިދާން ބުނެފައިވެއެެވެ. އަދި އޭގެ މަސައްކަތް އޮފީހުގައި ކުރިއަށްދާކަމަށްވެސް ޒައިދާން އޭގެ ދިހަވަރަކަށް ދުވަސްކުރިން އަހަރެންގާތު ބުންޏެވެ. އެއީ އެ އޮފީހުގައި ޒައިދާންއާއި އެކު އެ ކޯސްހަދާ އެހެން ކުއްްޖަކުވެސް އުޅޭތީކަމުގައިވެސް ޒައިދާން އޭރު ބުންޏެވެ.

ވުމާއެކު، ޒައިދާން ޓެންޝަަނަށްގޮސްފައި އެ ހުންނަނީ އެކަމުގައިކަމަށާއި، އަދި ޒައިދާން ބުނިހެން އޮފީހުގައިވެސް ބިޒީކަމުންކަމުގައި އަހަރެންނިންމީމެވެ. އަދި އިތުރަށް ޒައިދާން ހިތްހަމަޖެއްސޭނެ މަގެއް އޮތްތޯވެސް އަހަރެން ވިސްނަމުން ގެންދިޔައީމެވެ.

++++++++++++++++++++++++++++++++++++++++

 

ޖެހިގެން އައި ދުވަހެވެ. ޒައިދާން އޮފީހަށްދާން ތައްޔާރުވާން ހުއްޓާ އަހަރެން އެހީމެވެ.

“މިރޭ ތަންކޮޅެއް ކުރިން ނިމޭނެހެން ހީވޭތަ؟

“އަދި ނޭނގެ ބުނާކަށް! ކިހިނެތްވީ؟ ޒައިދާން ލޯގަނޑާއި ދިމާލަށް ހުއްޓިހުރެ،ގަމީހުގެ ގޮތްތައް އަޅުވާލަމުން އެހިއެވެ.

“އެއީ.. މިރޭ ޑިނަރ އަކަށް ގޮސްލަންކަމަށް ދެމީހުން.. ޒައިދާން މާ ސްޓްރެސް ވެފައި ހުންނަހެން ހީވާތީ، ގެއިންބޭރުގައި އެއްކޮށް ވަގުތު ހޭދަކޮށްލަންކަމަށް” ޒައިދާންގެ މޫނަށްބަލަންހުރެ އަހަރެން ވަރަށް ތަފްޞީލުކޮށް ބުނީމެވެ.

“ނޭނގެ އަދި .. އޮފީހަށް ދިޔައިމަ އެނގޭނީ..އަވަހަށް ނިމެންޏާ މެސެޖެއްކޮށްލާނަށް!” ޒައިދާން ކުޑަކޮށް ޔަޤީންނުވާކަހަލަ ގޮތަކަށް ބުންޏެވެ.

“އާން.. އެންމެ ރަނގަޅު!” އަހަރެންނަށް ކުޑަކޮށް ހިތްހަމަޖެހުމެއް ލިބުނެވެ.

އަހަރެން އެދުވަހު ކްލާހުގައި އިންއިރުވެސް ޒައިދާންގެ މެސެޖަކަށް އިންތިޒާރު ކުރީމެވެ. ގެއަށްއައިފަހުން ހަވީރު ޒައިދާންގެ މެސެޖެއްް ލިބުނެވެ. އަދި ތަންކޮޅެއް އިރާކޮޅު އާދެވޭނެ ވާހަކަ ބުންޏެވެ. އަހަރެން ވަރަށް އުފާވިއެވެ.

އެރޭ އަހަރުމެން ދެމީހުން ރެސްޓޯރެންޓަަަކަށް ދިޔައީމެވެ. އަދި ދެމީހުން އެކުގައި ވަގުތުހޭދަކުރުމުގެ އުއްމީދުގައެވެ. އެހެނަސް ކަންތައްވީ ހީކުރިގޮތާއި ޚިލާފަށެވެ. ޒައިދާން އަހަރެންނަކާއި އެއްވެސް ވާހަކައެއް އިސްވެ، ނުދައްކައެވެ. އަހަރެން އެއްޗެއް އަހާލިއަސް ދިނީ ކުރުޖަވާބެވެ. ގިނަވަގުތު އިނީ ފޯނަށްބަލަންށެވެ. އަހަރެން ސީދާ ޒައިދާންގެ ފޯނުގެ ސްކްރީނަށް ސަމާލުކަން ދީގެން ނުބަލާތީ، އަހަރެންނަކަށް ޒައިދާން ކުރަނީ ކީއްކަމެއް ނޭނގެއެވެ. އެރޭވެސް ވެގެން ދިޔައީ މޮޅިވެރިރެއަކަށެވެ. ހިތްތަދިކަން އިތުރުވި ރެއަަކަށެވެ.

+++++++++++++++++++++++++++++++++++++++++++

ކޮންމެއަަކަސް އަހަރެންނަށް އެކަނިވެރިކަން އިޙްޞާޞްވާން ފަށްޓައިފިއެވެ. ޒައިދާންއާއި އިނދެގެން ހުއްޓަސްމެއެވެ. ކަންބޮޑުވުމާއި ހިތާމަތަށް ބޮޑުވާން ފަށައިފިއެވެ. ތުއްތައާއި މަންމައާއި މިކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް އަހަރެންނަށް އެހާފަސޭހައެއް ނުވިއެވެ. ޒައިދާން މަންމަ ގުޅާއިރުވެސް ޒައިދާން ގޭގައި ނޫޅޭވަގުތުގިނަކަން ޒައިދާން މަންމައަށްވެސް އެނގެއެވެ. އެހެނަސް އަހަރުމެން ދެމީހުންގެ ދެމެދަށް އައިސްގެން އުޅޭ ހަމަހިމޭންކަމުގެ އިޚްޞާޞްއެއް މަންމައަކަށް ނޭނގެއެވެ.

(ނުނިމޭ..)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yaas4

Level 110 Stories

Student Abroad | Writing stories out of the hectic schedule to improve Dhivehi writing skills :-D and of-course for the Readers sake!! XoXo

Other Articles

Previous

މާޒީ (އެގާރަވަނަބައި)

Next

ބުނެދޭށޭ ރުހެމޭ 22

Next
April 28, 2019

ބުނެދޭށޭ ރުހެމޭ 22

Previews
April 28, 2019

މާޒީ (އެގާރަވަނަބައި)

4 Comments!

  1. jiji says:
    April 28, 2019 at 6:05 am

    Me first dhw??… v salhi mi part vec..avahah next part up kohdhehchey Inge❤

  2. Anonymous says:
    May 12, 2019 at 5:07 am

    Koba next part haadha dhuvaheh vejjeyey dear please uplod it fast

  3. NAF says:
    June 1, 2019 at 5:17 pm

    hey dear.. v vr avahah next part up kohladhyba.. haadha dhuvaheh vehjey inthizaaru kuraathaa

  4. Anonymous says:
    June 6, 2019 at 7:29 pm

    Pls up it soon??????

Comments are closed.

Next Episodeއަހަރެން އެނބުރި އަންނާނަން (10 ވަނަ ބައި)←


All Right Reserved!