ކަލާޔާ ނުލާ 13
***** ތިން އަހަރު ފަސް *******
” މަންމި ދެން ކޮށްކޮ ނުކިޔާނަށް …. މަންމި ނިދަން ….” އަޒާން ފޫހިވެ އިދެ ލޯ އުނގުޅަމުން ބުނެލިއެވެ. ޒޯޔާ ހީލަމުން އަޒާންގެ ފަން ރަން އިސްތަށި ގަނޑުގައި ފިރުމައިލިއެވެ. ” އޯކޭ މަންމިގެ ދޫނީ….” ޒޯޔާ އަޒާން އަށް ކިޔަވައިދެން އިން ފޮތް އެނދުގެ ސައިޑް ކަބަޑު މަތީ ބޭއްވުމަށްފަހު އަޒާން ނިންދަވަން އޮށޯތެވެ. އަޒާން ޒޯޔާގެ ގައިގައި ބާރަށް ބައްދައިލައިގެން އޮވެ ލޯ މަރާލިއެވެ.
އަޒާން ނިދުމުން ޒޯޔާ ސިޓިންރޫމަށް ނިކުތެވެ. ރީނާ އިނީ ލެޕްޓޮޕް ފައިމަތީ ބައިން ދައިގެން އިސްކުރީންއަށް ގޮސް ހުސްވެފައެވެ. ” ރީ … އެނީ އިންފޯ …” ޒޯޔާ ރީނާ ގާތުން އަހައިލިއެވެ. ” ހޫމް … ރީ… ގެ ވަރަށް ގާތް ފުރެންޑެއް ބުނި ޖޮބެއް ލިބޭތޯ ބަލައިދޭނަމޭ … އެކަމް ހިޔެއް ނުވޭ .. އެއްތާކުން ލިބިދާނެ ހެންނެއް ..އެކަމް އޭނަ ބުނި ޓުރައި ކުރާނަމޭ .. ” ރީނާ ލެޕްޓޮޕް މޭޒްމަތީ ބެހެއްޓުމަށްފަހު ޒޯޔާއާއި ވާހަކަ ދައްކަން ފެށިއެވެ. ” އަޒާންގެ ސުކޫލް ކަންތައް ހަމަޖެހުނީމަ … ވަރަށް ހިތްހަމަ ޖެހިއްޖެ …. ކޮބާ މަންމަ ނިދީތަ…” ޒޯޔާ ސޯފާއިން ތެދުވެ ބަދިގެއާއި ދިމާލަށް ހިގައި ގަންނަމުން ބުނެލިއެވެ. ރީނާވެސް ޒޯޔާގެ ފަހަތުން ބަދިގެއާއި ދިމާލަށް ހިގައިގަތީ ކޮފީއެއް ބޯލަންށެވެ.
މާލޭގެ ކާރޫބާރު މަގުތަކުގައި މެދުކެނޑުމެއްނެތި ދުއްވަމުން ދިޔަ އުޅަދުފަހަރުގެ އަޑު މެދުނުކެޑި އިވެމުން ދިއެވެ. ޒޯޔާއާއި ރީނާ ތިބީ ސިޓިން ރޫމްއިން ނިކުމެވޭ ގޮތަށް ހުރި ބެލްކަނީ ގައި ސައިބޯންށެވެ. ޒޯޔާ މާލެ ބަދަލްވާން ބޭނުންވީ އޭނާގެ ސަބަބުން ރަށުގައި އޭނާގެ ދަރިފުޅަށް ލިބެމުން ދިޔަ ހުތުރު އަޑު އަހާނެހާ ހިތްވަރެއް ނެތީމައެވެ. މާލެ އައިތާ މަހެއް ވެއްޖެއެވެ. ވަޒީފާއެއްގެ ފުރުސަތު ލިބޭތޯ ޒޯޔާއާއި ރީނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ރަށުގައި ހުރި ރީނާގެ ގެއާއި ޒޯޔާގެ ގެ ކުއްޔަށް ދިނުމައްފަހު މާލެ ބަދަލުވީ އަޒާންއަށް ރަނގަޅު ތަރުބީއްޔަތެއް ދިނުމަށް ޓަކައެވެ.
މި ވޭތުވެ ދިޔަ ތިންއަހަރު ތެރޭ ޒޯޔާގެ ސިކުނޑިއާއި ހިތުގައި އަޔާގެ ހަދާންތަށް ދައުރު ނުވާ ހިނދުކޮޅެއް ނުދެއެވެ. އަޒާންއަކީ އަޔާންގެ ކޮޮޕީއެކޭ އެއްފަދައެވެ. އަޔާންއާއި އަޒާން އެހާމެ ވައްތަރެވެ. އަޔާންއަށް ލިބިފައިވާ ހިތްގައިމު އަޑު އަޒާންއަށް ވެސް ލިބިފައިވެއެވެ. ޒޯޔާ ކިތަންމެ ބޭނުންވިޔަސް އަޔާންގެ ހަދާންތަށް އާވެއެވެ.
އިރުގެ އަލި ކޮޓަރީގެ ދޮރުފޮތިތަކުން ފުރޭނިގެން އައިސް ޒޯޔާގެ މޫނަށް އެޅުމުން ޒޯޔާ ކަންނެތް ގޮތަކަށް މޫނު ހަދައިލިއެވެ. ފަތިސް ނަމާދު ކޮށްލައިގެން ޒޯޔާ އޮށޯވެލި ތަނާ ނިދުނީއެވެ. ” މަންމި … ކޮއްކޮ ބަނޑުހާ .. ބުއްތަށި ބޯން …” އަޒާން އައިސް ޒޯޔާގެ އަތުގައި ހިފާ ތަޅުވައިލަމުން ބުނެލިއެވެ. ” މަންމިގެ … މޯނިން ކިސް .. ކޮބާ …” ޒޯޔާ ހިނިތުން ވެލަމުން ބުނެލިއެވެ. އަޒާން ޒޯޔާގެ ނިއްކުރިއަށް މަޑުމަޑުން ބޮސްދިނެއެވެ. ޒޯޔާ އަޔާން އުރާލަމުން އެނދުމަތީ ބޭންދުމަށް ފަހު އަޒާންގެ ބަނޑުގައި ކޮށްޓަން ފެށިއެވެ. އަޒާން ހޭންފެށިއެވެ. އަދި ޒޯޔާގެ އަތް ދުރުކުރެވޭތޯ ބަލަމުން ދިޔައެވެ. މިއީ ޒޯޔާއާއި އަޒާންގެ އަބަދުވެސް އާދައެވެ. އަޒާން ޒޯޔާގެ ގައިގައި ބައްދައިލުމުން ޒޯޔާ އަޒާން އުރައިލައިގެން ގޮސް ބަދިގެއަށް ވަނެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. ޒޯޔާއާއި ފާޒިޔާ އަދި ރީނާ ތިބީ އަޒާން ގޮވައިގެން ޕާކަށް ގޮހެވެ. އަޒާން ދުރުގައި އެހެން ކުދިންނާއި އެކު ކުޅެން އުޅޭތަން ބަލަން ޒޯޔާމެން ހެވިލާފައި ތިއްބެވެ. ” އައިސް ކުރިމް .. ކާން …” އަޒާން ދުވަމުން ދުވަމުން އައިސް ބުނެލިއެވެ. ޒޯޔާ އިންތަނުން ތެދުވެގެން އައިސްކުރިމް ވިއްކާ ތަނަށް ގޮސް ވަނެވެ. “އަޔާން ….” އައިސްކުރިމް ކޯންތަށް ހިފައިގެން ކުރިއަށް ހިނގައިގަން ޒޯޔާ މަޑުޖެހުނީ އަންހެނަކު އަޔާންގެ ނަމުން ގޮވާލި އަޑަށް ށެވެ. ޒޯޔާ އަޑުއައި ދިމާލަށް ބަަލައިލިއެވެ. މެދު އުމުރުގެ އަންހެނަކާއި ދިމާލަށް ކުޑަ އަންހެން ކުއްޖެއް އުރައިލައިގެން ފިރިހެނެއް އައިސް ހުއްޓިލިއެވެ. އެއީ ޒޯޔާ ހީކުރި އަޔާން ކަމުގައި ނުވިނަމަވެސް އެނަން އިވުމުން އިރު ކޮޅަކަށް ނަމަވެސް އޭނާގެ ހިތް ނޭގޭ ބަރު މިނެއް ގައި ތެޅި ގަންކަން ގައިމެވެ.
” އާ … ވަރަށް ބޮޑަށް ތޭންކުސް … ޓުރީޓެއް ދޭނަން ފަސްްޓް ސެލަރީއިން ….ބާއި ” ރީނާ ފޯނު ބޭއްވިއިރު ނުފިލާ ހިނިތުން ވުމެއް މޫނު މަތީގައި ވިއެވެ. ރީނާ ފޯނު ބާއްވާފައި ފަހަތް ބަލައިލިއިރު ކުރިމަތީ ހުރި ޒޯޔާ ފެނުމުން ރީނާ ޒޯޔާ ގައިގައި ބައްދާލަމުން ހަޅޭއް ލަވައިގަތެވެ. ” ސާބަސް … ދެންމެ އޭ އެސޮރު އެނިދީ … އެ ސޮރު ހޭލަފާނެ….” ފާޒިޔާ ޒޯޔާ ކޮޓަރިން ނިކުން ނަމުން ބުނެލިއެވެ. ” މަންމާ އަހަރުމެން ދެމީހުންނަށް ޖޮބު ހަމަޖެހިތް ޖެ … އައިއެމް ސޯ ހެޕީ …. މާދަމާ އިންޓަވިޔު މޯނިންގަ ….” ރީނާ ދިން ހަބަރުން ފާޒިޔާ ﷲ އަށް ޝުކުރު ކޮށްލިއެވެ.
ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ޒޯޔާ ބަދިގެއަށް ނިކުތެވެ. މިއަދު މީ އަޒާން ސުކޫލައްވެސް ގެންދަން ޖެހޭ ފުރަތަމަ ދުވަހެވެ. ޒޯޔާ ސައި ތަށް ޓެއް ހަދައިލައިގެން ސައިތަށި ބޮމުން ރޮށިފިހަން ތަށްޔާރު ކޮށްލިއެވެ. ޒޯޔާ ރޮށިފިހަން ހުއްޓައި އަޔާން ޒޯޔާ އަށް ގޮވަމުން އައިސް މޭޒު ކައިރީ ހުރި ގޮޑިއެއްގައި އިށީނެވެ. ” ގުޑް މޯނިން ދޫނީ …” ޒޯޔާ އަޒާން އަށް ބަލައިލަމުން ބުނެލިއެެވެ. ” މޯނިން މަންމީ …” އަޒާން ގެ ލޯބި ތުއްތު އަޑުން ބުނެލިއެވެ. ޒޯޔާ ކުރަން ހުރި މަސައްކަތް ބެހެއްޓުމަށް ފަހު އަޒާން އަށް ސައި ތަށްޔާރު ކޮށްދިނެވެ. އަޒާން ސައި ބޯން ފެށިއެވެ.
އަޒާން އަކީ އޭނާގެ އުމުރަށް ވުރެ މާ ހަރުދަނާ ކޮށް އުޅޭ ކުއްޖެކެވެ. ވަރަށް ފަސޭހައިން ކަންކަން ދެނެގަންނާނެއެވެ. ފުރަތަމަ ކޮޅުގައި ޒޯޔާ ގާތު ބައްޕަ ކޮބާ ތޯ އަޒާން އަހައެވެ. ނަމަވެސް އެ ކޮންމެ ފަހަރަކު ޒޯޔާގެ ލޮލުން ފައިބާ ކަރުނަތައް ފެނުމުން އަޒާން އޭނާގެ ބައްޕަކޮބައި ތޯ ބަލަން ކިތަންމެ ބޭނުން ވިޔަސް ޒޯޔާ ގާތު އަހާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ މަންމަ ލޮލުން ކަރުނަ ތިއްކެއް ފައިބާތަން ވެސް އަޒާން ބަލާކަށް ބޭނުމެއް ނުވިއެވެ.
ރިނާ ހެނދުނު ހޭލިއިރު ޒޯޔާ ހުރީ ސައިހަދާފައެވެ. ޒޯޔާ ނުގޮވުމުން ހިތްހަމަ ނުޖެހިފާ ހުރުމުން ޒޯޔާ ދެން އެހެން ނުހަދާނަމޭ ބުނެލިއެވެ. ޒޯޔާ ރީނާގާތު އޭނާ އާއެކު ސައިބޯން އަންނާށޭ ބުނުމުން މޫނު ހަދާލާފައި އައިސް އިށީނެވެ. ޒޯޔާ ރީނާ އިންގޮތުން ހިނިއައިސް އިދެ ސައިބޯން ފެށިއެވެ.
ރީނާ ސައި ބޮއިގެން އަށްގަޑި ބައިވުމުގެ ވިހި މިނެޓް ކުރިން ތަށްޔާރު ވެގެން ނިކުތެވެ. ރީނާ ނިކުން އިރު ޒޯޔާ ކައިރީ ސޯފާގައި އިން އަޒާން ރީނާ ފެނުމުން ތައުރީފް ކޮށްލިއެވެ. ” ވާއޮ ދޮންތި ވަރަށް ލޯބި … ” ރީނާ އަޒާން ކައިރި އަށް އައިސް އަޒާން އުރާލަމުން އަޒާންގެ ކޮލަށް ދޮނެއް ދިނެވެ. ” ބެސްޓް އޮފް ލަކް ދޮންތީ …” ރީނާ ޒޯޔާ އަތަށް އަޔާން ދީފައި ދާން އުޅުމުން އަޒާން ބުނެލިއެވެ. ރީނާ ބާއި ކިޔާލާފައި އެޕާޓް މެންޓުގެ ދޮރުލައްޕާލާފައި ނިކުތެވެ. ލިފްޓުން ފައިބައި ގެން ރީނާ މަގަށް ނިކުން އިރު މަގު އެނެއް ފަރާތުގައި އޮތް ހުސް ޓެކްސީ ފެނުމުން ރީނާ މަގު ހުރަސް ކޮށްފައި ގޮސް އެޓެކްސީ އަށް އެރިއެވެ. އަދި ވަރަށް އަވަހަށް ‘ ޒެޑް ހޮޓެލްސް އިންޑަސްޓުރީ ‘ ގެ މައި އޮފީހަށް ގެން ގޮސް ދިނުމަށް އެދުނެވެ.
” ޒޯޔާ ދޭބަަލަ ތަށްޔާރު ވަން … މަންމަ ޒާން ރީތި ކޮށްފާނަމޭ …” ފާޒިޔާ އައިސް ޒޯޔާ ގާތު އެދުމުން ޒޯޔާ އަޒާން ފަޒިޔާ އާއި ހަވާލު ކުރުމަށް ފަހު ތަށްޔާރު ވާން ދިޔައެވެ. ޒޯޔާ ތައްޔާރު ވެގެން ނިކުން އިރު ސިޓިން ރޫމްގައި ފާޒިޔާ އަޒާން ގޮވައިގެން އިނެވެ. ” ދަރިފުޅު މާމަ އަށް ބާއި ކިޔާފަ ދާން ހިގާ ދޯ …” ޒޯޔާ އެހެން ބުނުމުން އަޒާން ފާޒިޔާ ގައިގައި ބައްދާލިއެވެ.
ޒޯޔާ އަޒާން ގޮވައިގެން ލިފްޓުން ފައިބައިގެން މަގުމައްޗަށްް ނިކުން އިރު ޒޯޔާ ގުޅައިގެން އައިސް އޮތް ޓެކްސީ މަގު ކައިރީ ގައި އޮތެވެ. ޒޯޔާ ޓެކްސީއަށް އެރުމުން އޭގައި އިން މީހާ ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ. ޒޯޔާ އެކަމާ އަޅާއެއް ނުލައެވެ. ދާންވީ ތަން ބުނެލުމަށް ފަހު އަޒާން އުގުމަތީ ބައިން ދައިގެން މަޑު މަޑުން އިނީއެވެ. އަޒާން އިނީ ޓެކްސީގެ ލޯގަނޑުން ބޭރު ބަލާން ށެވެ.
ޓެކްސީ ގޮސް ކެންގަރޫ ޕުރީ ސުކޫލުގެ ކުރިމައްޗަށް މަޑު ކޮށްލިއެވެ. ޒޯޔާ ޓެކްސީ އަށް ރުފިޔާ ދެއްކުމަށް ފަހު ދޮރުހުޅުވާފައި ނިކުތެވެ. އެވަގުތަކީ ރަގަބީލުވެސް ޖެހިވަގުތެވެ. ޒޯޔާ އަޒާން އަތުގައި ހިފައިގެން ގޭޓުން ވަނެވެ. މީހުންގެ ލޯތަށް އަޒާންއަށްށާއި ޒޯޔާއަށް ހުއްޓެމުން ދިޔައެވެ. ޒޯޔާ މިއިން ކަމަކާއި އަޅާނުލާ އަޒާން ގޮވައިގެން ގޮސް ކުލާހައް ވަނެވެ. އެކުލާހުގައި ހުރި އާންޓީ ކޮންމެ ކުއްޖަކާއި ބައްދަލު ކުރަމުން ގޮސް އަޒާން ކައިރިއަށް އައިސް ހުއްޓުނެވެ. އަދި ހައިރާންވެ އަޒާންއާއި އެއްހަމައަކަށް ތިރި ވެލިއެވެ. ” ވަޓް އިޒް ޔުއަރ ނޭމް…” އެ އަންހެން ކުއްޖާ އަހާލިއެވެ. ” މުހައްމަދު އަޒާން …” އަޒާން ބުނެލިއެވެ. އެއަންހެން ކުއްޖާ ޒޯޔާ ގާތު ދިވެއްސެއްތޯ ސުވާލު ކޮށްލިއެވެ. ޒޯޔާ ހީލަމުން އާއެކޭ ބުނެލިއެވެ. ޒޯޔާ އަޔާން ބަހައްޓާފައި ދާން އުޅުމުން އަޒާން ޒޯޔާ އަތުގައި ހިފެހެއްޓިއެވެ. ” ބެސްޓް އޮފް ލަކް މަންމީ ..” އަޒާން ބުނެލިއެވެ. ޒޯޔާ އަޔާންގެ ނިތަށް ދޮނެއް ދިނެވެ. އަޒާން ޒޯޔާ ދަންދެން ބަލަހައްޓައިގެން ހުއްޓެވެ.
ރީނާ އިންޓަވިޔު އަށް އައިސް ތިބި ކުދިންނަށް ހާއްސަކޮށް ފައިވާ ކޮޓަރީގައި މަޑު ކޮށްލައިގެން އިނެވެ. އެތާގައި ތިބި ކުދިންނާ ދިމާލަށް ރީނާ ބަލައިލިއެވެ. ބައެއް ކުދިން އިރު އިރު ކޮޅާ އަތުގައި އޮށް ކުޑަ ހޭންޑު ބޭގުން ލިޕުސްޓިކެއް ނަގައި ތުންފަތުގައި ހާކާލަ ފާނެއެވެ. އެނެއް ބައި ކުދިން މޫނުގައި ފުއްކޮޅެއް ޖަހާލަފާނެވެ. ރީނާ އިނީ އެކުދިން އުޅޭ ގޮތްފެނި އަޖައިބުވެ އަންތަރީސް ވެފައެވެ.
” ރީނާ ރިޔާޒް…” އެވަގުތު ރީނާއަށް ގޮވައިލުމުން ރީނާ އިން ގޮޑިން ތެދުވެ އިންޓަވިއު ރޫމަށް ދާން ހިގައި ގަތެވެ. ރީނާ ދޮރުގައި ހިފާލާފައި ހަމަޖެހި ލުމުގެ ފުން ނޭވާއެއް ލިއެވެ. ދޮރު ކޮށްޕާލުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ރީނާގެ ނޭފަތުގައި އެވަގުތު އެތަނުގެ ތެރޭގައި ހިފާފައި ހުރި މީރު ސެންޓުގެ ވަސް ޖެހުނެވެ. ރީނާ އަށް ބޭއިހުތިޔާރުގައި ލޯމަރާލެވުނެވެ. ދެވަނަ ސިކުންތުގައި ލޯ ހުޅުވާލާ ކުރަން އައިކަން ތަކަށް ކޮންސެންޓުރޭޓް ކޮށްލިއެވެ. އެތަނުގައި ހުރި ބޮޑު މޭޒެއް ކައިރީ ރީނާ ގޮސް ހުއްޓުނެވެ. ” .. ރީނާ ރިޔާޒް … ދެއްތޯ …” އެތާ ތިބި ދެފިރިހެން ކުދިން ތެރެއިން އެއްކުއްޖަކު އޭނާގެ ނަމުން ގޮވައިލިއެވެ. ” ލައްބަ ..އަޅުގަނޑަށް ކިޔަނީ ރީނާ ރިޔާޒް…” ރީނާ ބުނެލިއެވެ. އެވަގުތު އެތާ ދެން އިން ފިރިހެން ކުއްޖާ މޭޒުމަތިން މޫނު އުފުލާލައި ރީނާ އާއި ދިމާލަށް ބަލައިލިއެވެ. ރީނާ އާއި އެފިރިހެން ކުއްޖާގެ ހަތަރު ކަޅި ހަމަވި ވަގުތު މާޒީގެ ތެރެއަށް ދެމީހުންނަށް ވެސް ފީނައިގަނެ ވުނުކަން ގައިމެވެ.
…………..
- – ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
43 Comments!
Comments are closed.




Yeyy me first dhw..will comment After reading?Cover pic v v salhi nge?❤?
Yeah ur first ??
Week aku dhefaharu namaves vaahaka up kohdhineeyaa varah rangalhu… gap maabodah ves dhuree ?
Ish dhooni ash first term test ves aba nagaa mi dhuvas kolhu…. Ehen ve aslu regular koh nuvani…. Soon regular koh up koh dhey nah igey… Hope u understand ?
Awwn???????? ..Fayaax kanneyge dhw??❤??????????..haadha curious kohlaafa ey thi nimmaaly Ashu sis..hama v v kiyaa hithun indha nimuny??????…hope next part vec migothah interest vaane kamah..nd whn next part dear???????????????????⭐???..avahah up kohdhehchey..Can’t wait to c wat’s gonna be happen next?????????..bundles of luv from me dearrrrr
Hmm vedhaane dhw fayaaz kamah…. ???next part ves v avahah up kodhey nah igey dhooni…. ??? with lots of love from me dearrrrr ??????????????
so lovely…
Thank you lover ? ?
Maashallah…vv reethi…. hama kehnuvee comment nukohlla…i was reading this story from the begining….may allah bless your work dear…lots of love?❤❤
Vaahaka reethi v ma v ufaaa vehje dear ? thank you ????? looking forward for ur comments ???lots of love ❤?
Wow wow story is awesome ?????????????????Masha Allah ?????????vvvv reethi story ?????????????Nest part when
Thank you shaya… ???????next part tomorrow ???????isha Allah
Mi baives varah reethi kiyaahithun ineema nimunu iruves neyngunu hama varah touching story eh kon irakun next part waiting ingey
Aslu tha dear.. I am happy that u liked this part….. Next part soon upkoh dhey nah…. Ehaa inthi zaareh nukuruh vaanah igey ????
Mipart vess vvvv reethi ????????????I am speechless dear ehaavess reethi❤️❤️❤️❤️❤️❤️❤️Mashaa Allah??????????? dhen huri part vess ehaa reethi vaane kamah umeedhu kurann???? waiting for story ????
Thank you ainaa… For ur supporting comment….. ❤❤❤❤❤dhen huri part thaves v interesting Kon genes dhe vey tho balaanah….. ???????
Varah lwbi mi part masha allah kon iraku next part up kurany….
Thank you Am…. Liye laafa up kohlaanah igey
Ashly pls give me your eamail…
Dear I will think about it ok??
Nudheythi goi neygey meehunah…
.
Oh sis thank u for caring ??
V reethi next part konirakun ❤❤❤
Thank you ainth ❤❤❤next part soon ?
Vra loabi vaahaka eh aharen vra dhera vejje ayaan dhi ae maa
Alhe aslu tha.. Ma liyaa meehaa ah dhw ingeynee liyan veegoiy ?
Oh liunas… Don’t worry ayaan will understand one day ???
Alhe aslu tha.. Ma liyaa meehaa ah dhw ingeynee liyan veegoiy ?
Oh ashly kiyaa kuhjeh ves abaulhey dhw … It’s ok if any one give any opinion about my story … Ei ash varah ufaa kuraa kameh … Ashly ah ves opinion eh dhevidhaane …. It gives me idea…. ?????????????
Ashly mirey vaahaka upvaanetha … ❤❤❤❤
Yeah I am trying to …. ????
Kba tha
Dear v avahah up kohdhey nah igey
Varah reethi mi part vx and when next part
Thank you axee…. Soon up koh dhey nah
Alhe ash konirakuntha up kollanee
14 part is in pending … admin publish kurima kiyaalan libeyne …
Koba adhives nei
Yeah…. I will call admin
V salhi story… Can’t wait to read next part… Upload it fast… Plx…
Thank you sain….. Ok I have already uploaded
Kbaa 14 dha vana bai dhen ey thi up koh bah
Actually ash fonuvaafa liye fa but adhi ves pending ga ?