މާޒީ (އެގާރަވަނަބައި)
ފަޅި ސިކުންތެއްގެ ތެރޭގައި މުޅި އެއަންހެންކުއްޖާ އަދި އެ ކުއްޖާ އޮތް ތަނުގައި އޮތީ ލޭގެ ކޯރެއްހެދިފައެވެ. ކުޑަހިނދު ކޮޅެއްގެ ތެރޭގައި މީހުންތަށް އެއަންހެން ކުއްޖާ ވަށައި ލިއިރުގައި އެކަކަށް ވެސް ވީ ގޮތެއް އިނގޭ ހެނެއް ހީއެއްނުވެއެވެ. އެތަނުން ކުއްޖެއް އަވަސް އަވަހަށް އެމް
އެންބިއުލާންސްއަށް ގުޅާލި އިރުގައި އެހެން ކުއްޖަކު އެ އަންހެން ކުއްޖާގެ ވިންދުހުރި ތޯ ބަލާލަނީއެވެ. ތާރާ އަވަސް އަވަހަށް ޓެރަސްއިން ފޭބި އިރުގައި މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ ބަދަލުގައި ހިނިތުންވުމެކެވެ. ތާރާ އައިސް ފާހާނައަށް ވަދެލުމަށް ފަހު ދިޔައީ ނައިލްމެން ތިބި ކުލާސްރޫމަށެވެ.
”ހޭ…”
ތާރާގެ މޫނުމަތިން އެއްވެސް ކަމެއް ވީހެންވެސް ހީއެއްނުވެއެވެ.
”ހާދަ ލަސްވީ؟…ކީއްކޮއްފަތަ ތި އައީ؟…”
އާރަވްގެ ސުވާލަށް ޖަވާބުދޭން އަނގަ ހުޅުވާލި ތާރާ ސިހުނީ އެދިމާލުން ބޭރުގައި މާ އަޑުގަދަ ވާ ހެން ހީވެގެންނެވެ. ނައިލްމެން އެދިމާއަށް ދާން ހިނގައިގަތުމުން ތާރާގެ މޫނުމަތީގައި ހުރި ކުލަވަރު މުޅިންހެން ބަދަލުވެގެންދިޔައެވެ.
”ހޭ….ކިހިނެއްވެގެން މިއުޅެނީ؟…..”
އާރަވް އެހެންދިޔަ ކުއްޖެއްގެ ގާތުގައި އަހައިލީ ވެގެން އުޅޭގޮތެއް އޮޅުންފިލުވުމަށްޓަކައެވެ.
“ކުއްޖެއް ޓެރަސްއިން ވެއްޓިގެން އުޅެނީ……އެއަންހެން ކުއްޖާގެ ހާލު ވަރަށް ސީރިއަސް…….”
”ވަޓް….ކޮން ކުއްޖެއް؟…..”
މިފަހަރު ސުވާލުކުރީ ނައިލްއެވެ.
”އައި ތިންކް އިޓްވޯޒް ނަޝްވާ….”
އެ ފިރިހެން ކުއްޖާ މިހެންބުނަމުން އަވަސް އަރުވައިލައިފައި ދިޔައީއެވެ. ނައިލް އަވަސް އަވަހަށް ކުލާހަށްވަދެ ދަބަސް ހިފައިގެން ހިނގައިގަތީ ހޮސްޕިޓަލަށް ދިއުމަށްޓަކައެވެ.
”ވެއިޓް ނައިލް……އަހަރެންވެސް ދާނަން….”
އާރަވްވެސް ގޮސް ދަބަސް ހިފައިގެންއައީ ނައިލްއާއި އެކުގައި ހޮސްޕިޓަލަށް ދިއުމަށްޓަކައެވެ.
”ތާރާ ނުދަންތަ؟……”
އާރަވްދަމުން ތާރާހުރި ތަނުގައި ގުޑާވެސް ނުލާހުރި ގޮތަށް ހުރުމުން ބުނެލިއެވެ.
”ނޫން…. އެބަ…. ދަން…..ހިނގާ…”
ތާރާ ހުރީ ކުޑަކޮށް ހާސްވާ ގޮތްވެފައެވެ. އެއަންހެންކުއްޖާ އެއީ ނައިލްއަށް އެއްވެސް ވަރަކަށް މުހިންމު ނޫން ކުއްޖެއްކަމަށް ތާރާއަށް ހީވިނަމަވެސް މިވީ މުޅިންއެހެން ގޮތެކެއެވެ. އެ ކުއްޖާގެ ހާލު ބަލަން ނައިލްއެއުޅެނީ ހޮސްޕިޓަލަށް ދާންކަން އިނގުމުން ތާރާ ހުރީ ހާސްވެ ކަންބޮޑުވާގޮތް ވެފައެވެ. އަނެއްކާ އެކުއްޖާ ހުރިހާ ވާހަކައެއް ނައިލްއަށް ކިޔާދީފިއްޔާ ދެން ވާނީ ކިހިނެއް ބާ އޭ ތާރާގެ ހިތަށް އެރިއެވެ. ނައިލް ދާންވާއިރަށް އެއަންހެން ކުއްޖާ މަރުވާނެނަމަ އޭ ތާރާގެ ހިތަށް އަރަމުން ދިޔައެވެ. ކާރުގައި އިންއިރުވެސް ތާރާއަށް ވިސްނެމުން ދިޔައީ ހޮސްޕިޓަލަށް ދިއުމުން ވާނެ ގޮތަކާއި މެދުގައެވެ. ވިސްނި ވިސްނިހެން ތާރާގެ ބޮލުގެ ރިހުން އިތުރުވުން ނޫން ކަމެއްނުވިއެވެ. ހޮސްޕިޓަލަށް ދެވުމާއި އެކުހެން ނައިލްއަވަސް ވެގަތީ ނަޝްވާގެ މައުލޫމާތު ސާފުކުރުމަށެވެ. އެހެން ކަމުން ނައިލް އަވަސް އަވަހަށް ރިސެޕްޝަނަށް ދިޔައީ މައުލޫމާތު ސާފު ކުރުމަށްޓަކައެވެ. އެތަނުން އިނގުނު ގޮތުގައި ނަޝްވާއަށް މި ވަގުތު ދަނީ އައިސީޔޫ އިން ފަރުވާދެމުންނެވެ. އަދި ނަޝްވާގެ ހާލު ވަރަށް ވެސް ސީރިއަސްކަން އިނގިގެން ދިޔުމުން ނައިލް އަވަސްވެގަތީ އައިސީޔޫ އިން ދިމާއަށް ދިމަށްޓަކައެވެ. އަދި ދަމުން ނިޝާއަށް ގުޅާ ނަޝްވާގެ ހަބަރު ދިނީ ނަޝްވާގެ މަންމަ އަކީ ނިޝާގެ ވަރަށް ގާތް ރަހްމަތްތެރިއަކަށް ވީތީއެވެ. އައިސީޔޫ ގައި އެތަށް ގަނޑިއިރަކަށް ފަރުވާދެމުން ދިޔަ ނަޝްވާ ދުނިޔެ ދޫކުރީ ހަމަ ކުއްލިގޮތަކަށެވެ. ޝިފާދެއްވަނީ ހަމަ އެންމެ ފަރާތަކުންނެވެ. ޑޮކްޓަރުންނަށް ކުރެވޭނީ މަސައްކަތެވެ. އެމީހެއްގެ އަޖަލު އައިސް ޖެހުމުން އެކަން ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެވެ.
”އަމް ސޮރީ …… ޝީޒް ޑެޑް….”
އައިސީޔޫ އިން ނިކުތް ޑޮކްޓަރ މިހެންބުނުމުން ބޭރުގައި ތިބި އެންމެނަށް ވެސް ލިބުނީ ޝޮކެކެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތިކަމެވެ. ނަމަވެސް އެތަނުން އެއް މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އެވަގުތު ނައިލްއަށް ތާރާގެ މޫނުމަތީގައި ވީ ހިނިތުންވުން ފެނުނުމުން ނައިލް ހައިރާންވި ނަމަވެސް އެވަގުތު އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ. ނަޝްވާގެ މޫނުބަލަން ކޮލެޖުގެ ކިޔަވަން އުޅޭ ހުރިހާކުދިންނާއި މުއައްޒަފުން ކަހަލަގެ ގޮތަކަށްދިޔައެވެ. ނަޝްވާގެ އާއިލާ އެންމެން ވެސް ލަންޑަނަށްއައެވެ. އެއީ އެ އާއިލާއަށް ލިބުނު ކިތަންމެ ހިތްދަތި ހަބަރެއް ނަމަވެސް އެމީހުން ނަޝްވާއަށް ޓަކައި ކެއްކުރާނެވެ. ދެން ކުރެވެން އޮތް ކަމަކީ ނަޝްވާއަށް ޓަކައި ހެޔޮދުއާ ކުރުމެވެ. ހުރިހާ އެނެމެން ނަޝްވާ މަރުވީމަ ވެސް ނަޝްވާއާއި ހެދި އުޅޭތަން ފެނިފައި ތާރާ ހުރީ އުނދަގޫވާ ގޮތްވެފައެވެ. ތާރާ އުޅޭނޫޅޭގޮތް ބަލަމުން ދިޔަ ނައިލް ދިޔައީ ތާރާގެ މޫނުމަށްޗަށް އަރާ ފައިބަމުން ދާ ހުރިހާ ކުލަވަރެއް ބަލަމުންނެވެ.
ނަޝްވާގެ މަރަށް މަހެއް ވީ އިރުގައި އާރަވް ވިސްނަމުން ދިޔައީ ތާރާއަށް ލޯބި ހުށައަޅާނެ ގޮތަކާއި މެދުގައެވެ. ހަމަ އެގޮތުން ތާރާވެސް ވިސްނަމުން ދިޔައީ ނައިލްއަށް ލޯބި ހުށައަޅާނެ ގޮތަކާއި މެދުގައެވެ. އާރަވް ވިސްނަމުންދިޔައީ ވެލަންޓައިންސްޑޭގައި ތާރާއަށް ރީތި ގޮތަކަށް ލޯބި ހުށައަޅާށެވެ. އެއީ ލޯބިވެރިންގެ ދުވަހަށްވީތީއެވެ. ނައިލް ކޮލެޖްގެ ޓެރަސްއަށް ދިޔައީ ތާރާ ގުޅާފައި އަންނަން ބުނުމުންނެވެ. ކިތަންމެ ދާން ބޭނުންނުވި ނަމަވެސް ތާރާ ވަރަށް ބޮޑުކަމަކު އޭ ބުނުމުން ނައިލް ދިޔައީ ކޮންމެހެން ދާން ބޭނުންވެގެނެއް ނޫނެވެ. ރޭގަނޑުގެ ވަގުތު ކަމުން ކޮލެޖުން މީހުން ފެންނަނީ ވަރަށް ވެސް މަދުންނެވެ. ނައިލް ގޮސް ޓެރެސްއަށް އެރި އިރުގައި އެތަނުގައި އެއްވެސް އަލިކަމެއްނެތެވެ. އެހެންކަމުން ނައިލް ތާރާގެ ނަމުން ދެފަހަރަކު ގޮވާލުމާއި އެކުހެން މުޅިތަން އަލިވެގެންދިޔައެވެ. ތާރާހުރީ ރީތި ގަޔަށް ހިފައިލައިފައި ހުރި ރަތްކުލައިގެ އަތްދިގު ލޭސްފޮތީގެ މެކްސީއެއް ލައިގެންނެވެ. އަދި ބޮލުގެ އިސްތަށިގަޑު އޮތީ މަށްޗަށްނަގައި ހުޅިއެއް ޖަހައިލައިފައެވެ. އެދޮން ކަދުރާ ހާމައަށް އޮތްއިރުގައި ކޮއްފައިވާ މޭކަޕުން ތާރާގެ ރީތިކަން އިތުރުވެފައިވެއެވެ. ތާރާގެ އަތުގައި ރަތްފިނިފެންމާ ބޮޑިއެއް އޮތްއިރުގައި މޫނުމަތީގައިވަނީ ހިތްތަށް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ނައިލް ޓެރެއަސްއަށް ނަޒަރު ހިންގައިލިއިރުގައި މުޅި ތަނުގައި ހުރީ ހުސް ރަތްކުލައިގެ ހިތުގެ ބައްޓަމަށްހުރި ފުއްޕާހަންތަކަކާއި ރަތްފިނިފެންމަލުގެ ފިޔައެވެ. އޭގެއިތުރުން އެތަނުގައި ކުޑަވަރެއްގެ މޭޒެއް ބަހައްޓައިފައި ހުރިއިރުގައި އެ މޭޒުވެސްވަނީ ވަރަށް ފުރިހަމަކޮށް ތައްޔާރުކޮއްލެވިފައެވެ. އުއްބައްތިތަށް ވަޔާ ނަށަމުން ދިޔައިރުގައި މުޅި މާހައަލު އޮތީ އިޝްގީގޮތަކަށެވެ. ނައިލްއަށް ކުރެވުނީ މޫނުމަތީގައި މީހަކު ބާރަށް ޖެހީމައި ކުރެވޭޖަހަލަގެ އިހްސާސެކެވެ. ތާރާ ކުރަން މިއުޅެނީ ކީއްކަން އިނގުމުން ނައިލްއަށް ތިރީ ތުންފަތުގައި ދަތްއަޅާ ލެވުނީ އާރަވް މަތިން ހަދާންވެފައެވެ. ފަހަރެއްގައި ވެސް ނައިލް އާރަވްއަށް މިކަހަލަގެ ކެއްސެއް ދޭކަށް ބޭނުމެއްނޫނެވެ. ނައިލްހުރީ މިތަނަށް އާދެވުނު މޮޔަހީވެފައެވެ.
”ނައިލް…..”
ތާރާ ނިކަން ލޯބި ގޮތަކަށް ގޮވައިލަމުން އައިސް ނައިލްގެ ކުރިމަތީގައި ހުއްޓުނެވެ.
”ތާރާ……. އިތުރަށް އެއްވެސް ބަހެއް ބުނާނެ ކަމެއް ނެތް….ވަރަށް ބޮޑަށް ސޮރީ ……އަހަރެން ތާރާ އާ ދޭތެރޭގައި ތިކަހަލަ ނަޒަރަކުން ދުވަހަކުވެސް ނުދެކެން އަދި ދެކޭކަށް ބޭނުމެއްވެސް ނޫން….ވީ އާރ ޖަސްޓް ފްރެންޑްސް އެނޫން އެއްވެސް ރިލޭޝަންއެއް އަހަރެން ބޭނުމެއް ނޫން……އަހަރެންނާ ދޭތެރޭގައި އެނޫން އެހެން ފީލިންގްސްއެއް ތާރާވެސް ނުބެއްވިއްޔާ ވަރަށް ރަގަނޅު….އެހެން ނޫނަސް އާރަވް ލަވްސް ޔޫ ވެރީ މަޗް……އަހަރެން މަތިން ހަދާން ނައްތައިލައިފައި ތާރާ އާރަވް އާ ގުޅުނިއްޔާ އަހަރެން ވަރަށް އުފާ ވާނެ….އަހަރެންނަށް ދުވަހަކުވެސް ކަމެއް ކޮއްދެންޔާ ތާރާ މިކަން ކޮއްދީ ޕްލީސް…….”
ނައިލް ހުރިހާ އެއްޗެއް ކިޔާ ނިންމާލި އިރުގައިވެސް ތާރާހުރީ އިސްޖަހައި ލައިގެންނެވެ. ނައިލް ތާރާއަށް ގޮވައިލުމުން ތާރާ ނައިލްއަށް ބަލައިލީ އަލިފާނުގެ ނަޒަރަކުންނެވެ. އެދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެއްކަމަކު މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ.
”ނައިލް ހީކުރީ ނައިލް ބޭނުންހާ ގޮތެއް ވާނެ ކަމަށްތަ؟….ސޮރީ އެކަމް ތިކަން ނެތް ވާކަށް ކޯޒް ޔޫރ ދަ ވަން ފޯމީ……އައި ލަވްޔޫ ސޯ މަޗް ނައިލް…ކާންޓް ޔޫ ސީ އިޓް…”
ތާރާމިހެން ބުނަމުން ނައިލްއާއި ކައިރި ވެލަމުން ނައިލް ލައިގެންހުރި ޓީޝާޓްގައި ހިފާކައިރި ކޮއްލަމުން ކޮލުގައި ބޮސްދިނީ ހަމަ ކުއްލިއަކަށެވެ. ނައިލް އަވަސް އަވަހަށް ތާރާ ދުރުކޮއްލި އިރުގައި ތާރާގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.
”ވަޓް ދަ…..ތާރާ މޮޔަވީތަ؟…”
ނައިލްގެ ބުމަ ގޮއްޖެހިގެން ދިޔައީ ތާރާ އެކުރިކަމަކުންނެވެ.
”ޔެސް ނައިލް އަހަރެން ހަމަ ރަނގަޅަށް ވެސް މޮޔަވެއްޖެ….ނައިލްގެ ލޯބީގާ އަހަރެން މިހިރީ ދީވާނާ ވާ ވަރު ވެފަ…..މޮޔަ ވެފަ….”
”ޖަސްޓް ޝަޓް އަޕް ތާރާ…..އަހަރެން ދުވަހަކުވެސް ތާރާގެ މީހަކަށް ނުވާނަން…….ގޮޓް އިޓް…”
ނައިލް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލިއިރުގައި ނައިލް ހުރީ ވަރަށް ރުޅިގަދަވެފައެވެ.
”ވަޓް އެވަރ ނައިލް……އެކަމް މީގެ ފަހުން އިތުރު އެހެން އެއްވެސް އަންހެންކުއްޖަކާ ދިމާއަށް ނައިލް ބަލާލިއަސް ނިމުނީ……އެން ރިލޭޝަންޝިޕް އެއް ފަށަން ހިތަށްވެސް ނާރުވާތި……ހަދާންކުރާތި ތީ ހަމައެކަނި އަހަރެންގެ މީހެއް….ހަމަ އެކަނި އަހަރެންގެ މީހެއް…”
ތާރާ ބުނަމުން ދިޔަ ޖުމްލަ މެދުކެޑުނީ މޫނުމަށްޗަށް އެރި ހަމަލާއެއްގެ ސަބަބުންނެވެ. ނައިލް އަވަސް އަވަހަށް ޖީބަށް އަތް ޖަހައިލިއިރުގައި ނައިލް ހުރީ އަންހެންކުއްޖެއްގެ ގަޔަށް އަތްލެވުނީތީ ލަދުގަނެ ދެރަވެފައެވެ.
”ސޮރީ…..އަހަރެން ގަސްދުގަ އެއްނޫން…….”
ނައިލް މަޑުމަޑުން ބުނެލީ އިސްޖަހައި ލަމުންނެވެ. މިކަހަގެ ކަމެއްކުރެވުނީތި ނައިލް އަމިއްލަ ނަފްސް ދެކެ ފޫހިވާ ގޮތްވިއެވެ.
”ހެހެހެ އިޓްސް އޯކޭ ބޭބީ…….އައި ލަވް އިޓް…..ނައިލް ވީއްޔާ އޯކޭ އަހަންނަށް ކޮންމެ ގޮތެއްހެދި އަސްވެސް…..އަމް އޯލް ޔުއާސް……އެން ނައިލްވެސް އަހަރެން ބޭނުންވާ ގޮތަށް އުޅުނީމާ އެހިސާބުން ނިމުނީ…….”
ތާރާ މިހާރު ހުރީ ހެވިލައިފައެވެ. ތާރާގެ މޫޑު ބަދަލުވާލެއް އަވަސްކަން ފެނިފައި ނައިލްހުރީ ހައިރާންވެފައެވެ. އެއްފަހަރު ރުޅި އަރައިގެން ހުންނަ ކުއްޖާ ދެވަނަ ފަހަރަށް ހެވިލައިފައި ހުރެދާނެއެވެ. ހަމަ އަޖައިބެއް ކަހަލަގެ ކަމަކެވެ.
” އަހަރެން ތާރާއާ އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން……އަހަރެން ތާރާއާއި އެކީގައި އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން…..ނުވެސް ބާއްވާނަން……ތާރާގެ ތި މޫނު ދެކޭކަށްވެސް ބޭނުމެއްނޫން……ޔޫ ގޮޓް އިޓް….”
ނައިލް ތަންކޮޅެއް ހަރުކަށިކޮއް މިހެން ބުނެލަމުން ދާން ހިނގާގަތް ތަނުން ބާރަށް އެއްޗެއް ތަޅައިގެންދިޔަ އަޑުއިވިގެން ބަލައިލިއިރުގައި ތާރާ އެތާ މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އެތަންމިތަނަށް އުކަނީއެވެ. ތާރާ ހީވަނީ މޮޔައެއްހެންނެވެ. ނަމަވެސް ނައިލް އިތުރަށް އެއްވެސް އެއްޗެކޭ ބުނަން ބޭނުންނުވާތީވެ ފަސްއެބުރި އަނެއްކާވެސް ދާން ހިނގައިގަތެވެ.
”ނައިލް…….ހަދާންކުރާތި……ދިސްއިޒް ދަ ބިގިނިން އޮފް އަވަރ އެޕިކް ލަވް ސްޓޯރީ…..”
ތާރާ ބުނަމުން ދިޔަ އެއްޗަކަށް ނައިލް ސަމާލުކަމެއް ނުދީ އަވަސް އަވަހަށް އެތަނުން ދިޔައީއެވެ. ނައިލް ގެއަށްގޮސް ނިދަން އޮތް އިރުގައިވެސް ވިސްނެމުން ދިޔައީ ތާރާއާއި ދޭތެރޭގައެވެ. ހީނުކޮއްހުއްޓާ މިއޮއްވީ ގޮތަކުން ނައިލްއޮތީ ބޯގޮވާވަރުވެފައެވެ. މިހުރިހާކަމެއް އާރަވްއަށް ކިޔާދޭނެ ގޮތަކާއިމެދު ވިސްނަމުންދިޔަ ނައިލްއަށް އެވަގުތު ގައިވެސް ތާރާ ”ގުޑް ނައިޓް ބޭބް.” ޖަހާފައި އިން މެސެޖްއެއް ފޮނުވައިލިއެވެ. ނައިލްއެރި ރުޅިން ފޯނު ނިއްވައިލީ ތާރާ އިތުރަށް އުނދަގޫ ކުރާނެކަން އިނގޭތީއެވެ.
ތާރާ ލެޕްޓޮ ފައިމަތީގައި ބާއްވައިގެން އެއަށް ބަލަން އިނީ ޝައުގުވެރިކަމާއި އެކުގައެވެ. ތާރާ ނައިލް ޓެރަސްއަށް އައިއިރުގައި އެތަނުގައި ހަރުކޮއްފައި ހުރި ކެމެރާތަކުން ނައިލްއާއި ތާރާގެ ނެގިފައިވާ ފޮޓޯތަކަށް ބަލަން އިންއިރުގައި މޫނުމަތީގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.
އަނެއްދުވަހު ނައިލް ކޮލެޖަށް ދިޔައީ އެކަންޔެވެ. އާރަވްގެ ކުރިމަށްޗަށް އަރަން ނައިލްބޭނުން ނުވީ ތާރާގެ ސަބަބުންނެވެ. ނައިލް ކޮލެޖަށް ވަދެގެން ދިޔަ އިރުގައި އެކި ކުދިންގެ ނަޒަރު ނައިލްއަށް ހުއްޓެމުން ދާކަން ނައިލްއަށް ފާހަގަ ކުރެވުނެވެ. އަދި އެއްކުއްޖެއް އަނެއް ކުއްޖެއްގެ ކަންފަތް ދޮށުގައި ކޮންމެވެސް ވާހަކައެއް ދައްކާތަން ފެނި ނައިލްހުރީ ވެގެން އުޅޭ ގޮތެއް ބަލަން ބޭނުންވެފައެވެ. ނައިލްއަށް ވެގެން އުޅޭގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭންގުނެވެ. ނައިލްގޮސް ކުލާސް ރޫމަށް ވަތް އިރުގައި އެތަނުގައި ހުރި ފަސްދޮޅަސް ފަސްއިންޗީގެ ޓީވީން ފެންނަމުން ދިޔަ އެއްޗަކަށް ނައިލްގެ ނަޒަރު ގޮސް ހުއްޓުނެވެ. ނައިލްހުރީ ފެނުނު މަންޒަރުން ކަޅި ޖަހާލަންވެސް ނޭންގިފައެވެ. އެއިން ފެންނަމުން ދިޔައީ ތާރާއާއި ނައިލްގެ ފޮޓޯތަކެކެވެ. ތާރާ ނައިލްގެ ކޮލަށް ބޮސްދިން މަންޒަރު ފެންނަމުން ދިޔަ ފޮޓޯފެނި ނައިލްގެ އަތް މުއްކެވިގެންދިޔައެވެ. ނަމަވެސް މިކަމާ މާ ބޮޑު ސަމާލު ކަމެއް ނުދީ ނައިލް ހޯދަމުން ދިޔައި ތާރާއެވެ.
”ތާރާ ވީ ލެބްގަ….”
އެތަނުން ކުއްޖެއްބުނި އަޑުއިވުމާއި އެކު ނައިލް އަވަސް ވެގަތީ ލެބަށްދިއުމަށްޓަކައެވެ. ނައިލް ގޮސް ލެބްއަށް ވަނުމާއި އެކުހެން ތާރާއިން ދިމާއަށް ދިޔައިރުގައި ތާރާގެ އިތުރުން އެތަނުގައި އެހެން ކުއްޖެއްވެސް އިނެވެ.
”ކެން ޔޫ ޕްލީސް ގޯ އައުޓް……..”
ނައިލް އެއަންހެން ކުއްޖާއަށް ނަޒަރެއް ދެމުން ބުނުމާއި އެކުހެން އެކުއްޖާ ދާން ހިނގައިގަތީ ނައިލްއާއި ދިމާއަށް ބަލާލުމަށްފަހުގައެވެ. ތާރާ އިނީ ނިކަންރީތި ގޮތަކަށް ހެވިފައި ނައިލްއާއި ދިމާއަށް ބަލާށެވެ. ނައިލް އެދިޔަ ގޮތަށް ގޮސް ތާރާގެ އަތުގެ މުލަށްދަޑީގައި ހިފައިކޮޅަށް ނެގި އިރުގައި ނައިލް ރުޅި އައިސްފައި ހުރި މިންވަރު ހާމަ ވެގެން ދިޔައެވެ.
”ވަޓް ދަ ހެލް ތާރާ……އަހަރެން ރީތި ގޮތުގަ ތާރާއަށް ނޫނެކޭ ބުނީމަ ވެސް އެއްޗެކޭ ހިތަށް ނޭރީތަ ހަމަ؟…..ހަމަ މިހާރު ގޮސް އެހުރިހާ ފޮޓޯތަށް ޑިލީޓް ކޮއްލާ…..އެހެންނޫނީ މާ ރީއްޗެއް ނޫވާނެ…….”
ނައިލް އަދިވެސް ހުރީ ތާރާގެ އަތުގައި ހިފައިގެންނެވެ.
”އޯމައި…….ޔޫ ލުކް އިވެން މޯ ސެކްސީ ވެން ޔުއަރ އެންގްރީ….”
ތާރާހުރީ ހަމަޖެހިލައިފައެވެ. ކުއްލިއަކަށް ތާރާ ކޮއްލިކަމަކުން ނައިލް ލާންއުޅުނު ނޭވާ ކަރުތެރޭގައި ތާށި ވިހެން ހީވިއެވެ.
”ނައިލް…..”
ނައިލްގެ ނަމުން ބާރަށް މީހަކު ގޮވައިލިއަޑު އިވިފައި ނައިލް ސިހިފައި ފަހަތް ބަލައިލިއިރުގައި އާރަވް ހުރީ ނައިލްގެ ފަހަތުގައެވެ. ނައިލްއަށް ބޭއިހްތިޔާރުގައި ތާރާ ދުރައްޖައްސާލެވުނީ އާރަވްގެ މޫނުމަށްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފެނިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.



Me first dhw..will comment after reading??
Heheh ya ur first jiji ?
Here is the 11th part… i hope you guys would love it.. ?
Vv nice ???
Jazakillah khairan ammi ?
Alheyyy way the hell that thaaraa did??…Inuu sis hama konme faharaku vec ehaa curiouser kohlaafa nimmaalaany.. BTW story gendhaa goiy hama ahchaaa hey??????❤❤????..heheh..nd
I can imagine every scene v v v habbu koh..woah..Amazing Story..keep going dear??????
Hehe jazakillah khairan jiji… for your amazing feedback ??
Vvvv salhi mi part vec..nd I can imagine every scene??????????..keep going
Jazakillah khairan ?
Q I have w2³1 I
O
2q2q2qoopq2q29q
Vaahaka reethi kamun comment nukohla hama nuhurevuny????????????????????????? mihaathanah kee enme salhi story
Fabulous beautiful nice perfect epic love it ????????????????????????????????????????????????????????????????
Jazakillah khairan ???
Wow mi part wes v amazing… ?
Jazakillah khairan ?
Hadha salhi ey mi part wes….
Waiting for next part… ?
Jazakillah khairan ?
Mi thara ge kanthah haadha bodey…. ?
Anw story v habeys ?
Jazakillah khairan ?
InaaSh dear ??????story kobaathr dear…bxy aa bunahche .eyrun dhwww ingeyny vec dear..