ޢީދު މުބާރަކް މާތް އެ ރަމަޟާންގެ ބަރަކާތް ހިތްތަކަށް ފެތުރުނީ މާތް ދުވަސްތައް ސަލާމާ އަލްވިދާ އިން ނިންމަނީ ވަކިވެ ދިޔަ އަޅުކަން ކުރަން ލިބުނު ރަން ފުރުޞަތު ވަކިވުމުން ހިތުގައި ހިތާމައިގެ އަސަރެއް އުފެދެނީ އުފަލުން މިއައި ފިޠުރު ޢީދުގެ ބަރަކާތާ އުފާވެރިކަން ހިތްތަކަށް ލިބިދޭ މި ޢީދުގެ ހެޔޮ ދުޢާތައް ކޮށްލަނީ ކުޑަކުދިންނާ އެހެން އެންމެން އުފަލުގައި ކޮށްލާ މަޖާ ބައިބަޔަށް ހަދިޔާ ބަހާލާ ޢީދުގެ އުފާވެރިކަން ދެނީ އަޟްޙާ ޢީދުގެ ފޮނި އިންތިޒާރުގެ […]
” އާދައެއްތަ؟ ” ނައިރާގެ އެރީތި ދެލޮލަށް ބަލަހައްޓައިގެންހުރެ ދާނިޝް އަހާލިއެވެ. ދާނިޝްގެ އަތުތެރޭގައި ފިތިފައިހުރި ނައިރާ ވަރަށް ލަދުގަތެވެ. ނައިރާގެ ހަށިގަނޑު ބިމުގައި ފައި ހަމަވުމުން ދާނިޝް މަޑުމަޑުން، ނައިރާގެ އުނަގަނޑުން އަތް ދޫކޮށްލިއެވެ. ފަޔަށާއި ބަނޑަށްވާ ތަދުން ނައިރާއަށް ފިޔަވަޅު ނެގެނީ ފާޑަކަށެވެ. ” ސޮރީ.. ދާނިޝް މިގަޑީ ނުނިދާ ބޭރުގަ ތިއުޅެނީ ކީއްވެ؟” ފާރުގައި އަތްއަޅުވާލަމުން ނައިރާ ވާހަކަދެއްކިއެވެ. ނައިރާއަށް ވަމުންދިޔަގޮތް ވަރަށް ރަނގަޅަށް ދާނިޝްހުރީ ސަމާލުވެ ބަލާށެވެ. ވާރޭ ކަނިޖަހަމުން ދިޔަ […]
“ޒެވް… ވަރަށް ސަކަރާތް ކަމެއް ވެއްޖެ.” ލީވާން މަޑުމަޑުން ބުނެލިއެވެ. “ކިހިނެއްވީ؟” ޒަވިއަން ކޮންޕިޔުޓަރުން ނަޒަރު ވަކި ނުކޮށްލާ އިނދެ އެހިއެވެ. ލީވާން ދެން ބުނެލި އެއްޗަކުން ޒަވިއަންގެ ޙަރަކާތްތައް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި ގޮނޑިން ފުންމައިގެން ތެދުވި އިރު ރުޅި އައިސްގެން އޭނާ ތުރުތުރު އަޅަމުން ދިޔައެވެ. “ކީއްވެ އެ މީހުން ޖަލުން ދޫކޮށްލަންވީ؟ އޭނ. ދިހަ އަހަރު ދެ އަހަރަށް ވާންވީ ކީއްވެ. ފައިސާ އަށް ވިކޭ މީހުން ތިއްބަސް އެ ވަރުގެ ކަމަކަށް […]
ޒާންގެ އެތޫނު ބެލުމަށް ލޯއަމާޒު ކުރަން ނުކެރިފައި ނައިރާ ހުއްޓެވެ. ދޭނެ ރަނގަޅު ޖަވާބަކާއިމެދުގައި ވިސްނާށެވެ. ނައިރާއަށް ކުރިމަތިލައިގެން ހުރި ޒާންގެ ފަހަތުން ދެން ފެނުނީ، ދާނިޝްގެ ކޮޓަރި ބެލްކަނީގައި އެދިމާއަށް ނަޒަރު ހުއްޓައިލައިގެން ހުރި ދާނިޝްއެވެ. ނައިރާ ފިނިވިއެވެ. ޒާން ފަހަތަށް ބަލައިލަފާނެތީ ހިތްތެޅެނީއެވެ. ދާނިޝްގެ ބެލުމުގައި ވަނީ ރުޅިވެރިކަމޭ ހީވެއެވެ. މާރަނގަޅަށް ސާފުނުވިޔަސް ހުރީ ވަރަށް ހިތްހަމަނުޖެހިފަހެން ހީވެއެވެ. ނައިރާގެ ނަޒަރު އެހެން ދިމާލަކަށް ހުރިކަން ފާހަގަވެގެން ޒާން އެނބުރިލިއެވެ. ނަސީބެކެވެ. އެއީ ހަމަ […]
ކިޔުންތެރިންގެ ސަމާލުކަމަށް…. ތެދުވެރިކަމާއެކު ހީވެސް ނުކުރަން އަހަރެންގެ ބްރޭކަށްފަހުވެސް މިތާ އެއްވެސް މީހަކު ހުންނާނެ ކަމަށް، އެކަމަކު ތިޔަބޭފުޅުންގެ ސަޕޯޓް ފެނުމުން ކެތްތެރިކަމާއި މިވާހަކައަށް އަޅާލި ކަމަށްޓަކައި ޝުކުރިއްޔާ. އަދި އޅުގަނޑަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން އިންތިޒާރުގެ އަގު ވަޒަން ކޮއްދެން… އަދި ހަމަ އެހެންމެ ހުރިހާ ކިޔުން ތެރިންގެ ކިބައިން އަޅުގަނޑު މާފަށް އެދެން.. މިހާގިނަ ދުވަސް ވަންދެން ވާހަކަ ނުލިޔެ މަޑުޖައްސާލެވުނީތީ…. އިރާދަ ކުރެއްވެއްޖެޔާ ވަރަށް އަވަހަށް މިވާހަކައިގެ އަނެއްބައި ކިޔާލަން […]
ޒިހާންގެ ނަން އިވުމާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ދެ މީހުން އުޅެ ބޮޑުވީ އެކީގައެވެ. ދިޔައީ އެއް ސުކޫލަކަށެވެ. ކިޔެވީ އެއްކުލާހެއްގައެވެ. އެއް މާއްދާ ތަކެކެވެ. ދެ މީހުން ދެތަން ވާން ޖެހުނީ ޒާން ޕައިލެޓުކަން ކިޔަވަން ރާއްޖޭން ބޭރަށް ފުރުމުންނެވެ. ހަމަ އެ އަހަރު ނަރުސް ކޯސް ލިބިގެން އަހަރެން ޗައިނާއަށް ބަދަލުވީމެވެ. ” ދަރިފުޅާ ޒިހާން އަންނައިރު އަންނަނީ އިންނާނެ ކުއްޖަކުވެސް ގޮވައިގެން ނޯ” މަންމަގެ އެ ޖުމްލަ އިވި ހިޔާލުގެ […]
މުޅި މަގުތައް ވަނީ ފުންނިދީގައެވެ. ސަރަހައްދުގަނޑުގައި އެކަށް ތެތްފިނިކަން ހިފައިލައިފާ އޮތްއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. ހިތުގައި ވަހުމުތައް އިތުރުވާންފެށީ އެހެންވެއެވެ. ގޭގެ ކުރިމަތީގައި ހުންނަނީ ތިން ބުރިއަށް ހަދައިފައި ހުންނަ ރީތި ގެއެކެވެ. ރޭގަނޑަށް ފަނޑު އަލިކަމެއް ބައެއްފަހަރު ހުރެއެވެ. އެހެނަސް އަދި މިހާތަނަށް ނައިރާ އެގޭގެ އެއްވެސް މީހަކު ނުދެކެއެވެ. މީހެއްގެ އަޑެއްވެސް ދުވަހަކު އެގެއިން އިވިފައެއްނެތެވެ. އަޖައިބެކެވެ. ހީވި ހީވުމެއްކަމަށް ނިންމާފައި ދާންއެބުރިލި ވަގުތު އަނެއްކާވެސް ސިނގިރޭޓު ދުމުގެ ވަސް ދުވާފިއެވެ. މިފަހަރު […]
ރުއި ރުއި ވަރުބަލި ވުމުން އަހަރެން ވަނީ ކޮޓަރިއަށެވެ. ދެން އެކޮޓަރިގަނޑުން ނުނިކުންނަން ހިތުލައިގެންނެވެ. ބަނޑުހައިވި އަސް ހެވެ. ބަނޑަށް މަރުވާނީއެވެ. އެގޮތް ވެސް މާރަގަނޅު ވާނެއެވެ. މި ތާގައި ދިރިއުޅުމަށް ވުރެއް ކައްވަޅެއްގައި އޮތަސް މާ ހިތްހަމަ ޖެހުން ލިބޭނެއެވެ. *ޕާރޓް-5* އޭގެ އަނެއްދުވަހު ހެނދުނު އަހަރެން ފެންވަރައިލައިގެން އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ. ބޭރުގައި އިންނަ ހިތެއް ނުވެއެވެ. އަހަރެންނާއި މެދު ނުވިސްނާ މީހުން ތަކެއްގެ ކުރިމަތީގައި އަހަރެން ހުންނާކަށް ބޭނުމެއް ނޫނެވެ. އެމީހުންނާއި […]