Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 5

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 13, 2025 5 Mins Read
10 Comments

އަރީން އެޕާޓްމަންޓަށް ވަނުމާއި އެކު ފެނުނީ ސޯފާ ގޮނޑީގައި އިށީނދެ އިން ބައްޕައެވެ. އަފްޒަލްގެ މޫނުމަތިން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އަރީން ފެނުމާއި އެކު އެ ހަށީގައި ހިފާ އޮޅުލައިގަތެވެ. ވާނުވާ ނޭނގިފައި އަރީން ހުރީ ބައްޕަގެ ފަރާތުން މި ފެންނަ އާދަޔާ ޚިލާފު ޙަރަކާތްތަކުގެ ސަބަބުން ފާޑަކަށް ބިރުގަނެފައެވެ. އަނެއްކާ މަންމައަށް ނޫނީ ދޮންބެއަށް ކަމެއް ވީ ހެއްޔެވެ؟ މިފަދަ ތަފާތު ސުވާލުތައް އަރީންގެ ހިތަށް އަރަމުން ދިޔައެވެ.

“ދަރިފުޅާ. އަލްޙަމްދުﷲ އެއްވެސް ގެއްލުމެއް ނުލިބޭ ދޯ. ދެން މީގެ ފަހުން ސުކޫލަށް ދާން ފިޔަވައި ގެއިން ބޭރަށް ނުނުކުންނައްޗޭ. ދަރިފުޅުގެ ރައްކަލަކަށް ބައްޕަ މިހެން މި ބުނީ. ހުވަފެނެއްގައި ވެސް ނޭދެން ދަރިފުޅާއި ވަކިވާކަށް.” އަފްޒަލް ބުނެލިއެވެ. ބައްޕަގެ މި ޢަމަލުން އަރީންގެ ހާސްކަން އިތުރުވެގެން ދިޔައެވެ. އަނެއްކާ މިއަދު އެ ހިނގައިދިޔަ އެކްސިޑެންޓުގެ ޙަޤީޤީ އަމާޒަކީ އޭނާ ހެއްޔެވެ؟ އެކަމަކު އޭނާ އަށް އަމާޒުކުރަންވީ ކީއްވެ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ 

“ބައްޕާ. ކިހިނެއްތަ މިވަނީ؟ އަޅުގަނޑު ވަރަށް ބިރުގަނޭ އެބަ. އަޒާ ގެއަށް ދާން އެރި ބަހުގައި އައިސް ކޮންމެވެސް ލޮރީއެއް ޖައްސައިފި. އެހެންވެ މިއަދު ގުރޫޕް ސްޓަޑީ ހަދަން ސަމާލުކަން ދޭން ވެސް އުނދަގޫވެފަ އިނީ.” އަރީން އެއްސެވެ. އަފްޒަލް ހިތި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ މި ކަންތައްގަނޑާއި ކުރިމަތިލަމުން ދާތާ މިހާރު ކިތަންމެ ދުވަހެކެވެ. ކޮންމެ ދުވަހަކު ފޯނަށް އެ މީހުންގެ އިންޒާރުގެ މެސެޖުތައް އާދެއެވެ. މާޒީގައި ދިމާވި ކަންތައް އަލުން ތަކުރާރުވަމުން ދާތީ އަފްޒަލް ހުންނަނީ ހަދާނެގޮތް ހުސްވެފައެވެ. އޭރު ގެއްލިގެން ދިޔައީ އޭނާގެ ގާތް މިތުރަކާއި އޭނާގެ އާއިލާއެވެ. މި ފަހަރު އަމިއްލަ އާއިލާ އެ ނުރައްކަލަށް ހުށަހެޅިއްޖެއެވެ. މި ކަން ހާމަ ކޮށް އަރީން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން އަފްޒަލަށް ލާހިކެއް ނޫނެވެ. އެ ކަހަލަ ކަމަކުން ދިހައެއްގެ މި މުހިންމު އަހަރު ކިޔެވުމަށް ހުރަސް އެޅޭކަށް އަފްޒަލް ބޭނުމެއް ނުވެއެވެ. 

“ކަލޯ! އެ ފަރަންޖީ ގޮލާއަށް ހާހުން ގުނާފަ ލާރި ދިނީމަ ވެސް އަމާޒަކަށް ވާޞިލުވެވުނީއެއް ނޫން. ބޭކާރު ބަޔަކު މަރުވެއްޖެ. އެތެރޭގަ ބޮން ހަރުކުރީމަ ވެސް އެ ގޮވަން ވާއިރަށް އެ ** ފައިބެއްޖެ. ރިޒޭ މިކަމާ ހަވާލުވާން ވީނުން. އަހަރެމެންގެ އަމިއްލަ އަތް ހަޑިކޮށްގެން މިކަން ކާމިޔާބު ކުރެވޭނީ. ބޮސް ބޭނުންވާ ލިޔުންތަކާއި ލާރިގަނޑު ހޯދަން ޖެހޭނެ. އެ ބޮލަށް ތުރާ ކުންފުނި އިނދަ ޖައްސާލާފަ ނޫނީ ހުއްޓާލެވޭކަށް ނެތް. ހަމަ ބޮސްގެ ވިޔަފާރި ނާކާމިޔާބު ކުރަން ހިފާލާފަ ތިބި ބަޔެއް. އެއްފަހަރު ގޮތެއް ހަދާލީމަ ވެސް އެހެން މަސައްކަތެއް ފަށާކަށް ނޭނގުނު.” ލާޝީން ހުރީ ރުޅިއައިސްގެން ގޮސް ފަޅައިގެން ދާ ވަރުވެފައެވެ. 

އެ ކުޑަ ކޮޓަރި ގަނޑުގައި ތިބީ ތިން ފިރިހެނުންނެވެ. ބޮޑު މީހާގެ އަމުރަށް ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ތިބި މީހުންނެވެ. ލައިގެން ހުރީ އުއިފޮތީގެ ގަމީހާއި ކީއްތާނީ ފޮތީގެ ޖިންސު ފާޑުގެ އެއްޗެކެވެ. އެ ޖިންސު ތިރިކޮށްފައި ހުރި ވަރުން ލައިގެން ހުރި ބޮކުސާ ވެސް އޮތީ ހާމައަށެވެ. ނުވީތާކަށް ހަތަރެސްފަޔާއި ކަނދުރާގެ ފަޅުކަން ފިލުވާލުމަށް އެތައް ޗޭނަކާއި ޕެކިން އެއް އޮޅައިފައި ހުއްޓެވެ. 

“މަ އެކަނިތަ؟ ލާއްޓުއާއި ރައިފަލް ވެސް ޖެހޭނެއްނު މަސައްކަތް ކުރަން.” ރިޔާޒު ބުނެލިއެވެ. “”****! މަ ކުރަން ޖެހޭ މަސައްކަތް މަދުވެގެންނެއް ނޫނޭ މި އުޅެނީ. އެތިކޮޅު އެތެރެކުރާ ދުވަސްކޮޅެއްނު މިއީ. ރައިފަލް އަށް ވެސް އެބަ އޮތް ވަރުގަދަ މަސްއޫލިއްޔަތެއް ހަވާލުކޮށްފަ. ކައެ އެކަންޏޭ ހުސްކޮށް ހުރީ. އެހެން ނޫނަސް މާ ބޮޑު ޓާސްކެއް ނޫނޭ. ހަމައެކަނި އެ އަންހެން *** ފުރާނަ ނަގާލަން ޖެހޭނީ. އޭރުން އިތުރު ފުރާނައަކާ ކުޅެނުލަނީސް އެ އަފްޒަލް އަހަރެމެން ބޭނުންވެގެން އުޅޭ ލާރިގަނޑާއި ލިޔެކިޔުންތައް ހުރި ތަނެއް ބުނާނެއްނު. މިހާރު ވާ ވަރަށް އިންޒާރު ދެވިއްޖެ. އޭނާގެ ކުށެއް މިހާ ގިނަ ދުވަސް ވާއިރު ވެސް އަހަރެމެންގެ ބޭނުން ފުއްދައި ނުދީ ހުރުމަކީ.” ލާޝީން އަޑަށް ބާރުލައިފައި ބުނެލިއެވެ. “ހެވޭ. ކައެ ހަމަޖެހިބަލަ. މަ އެ *** ދުވަސް ދުއްވާލަފާނަމޭ.” ރިޔާޒު އެއްބަސްވިއެވެ. 

“މައާފްކުރޭ ދަރިފުޅާ! އެ ކަންކަމުގެ ތަފްސީލު އަދި ދެވޭކަށް ނެތް. ފަހުން ހުރިހާ ކަމެއް ކިޔައިދޭނަން. އިހަށް އެންމެ ރަނގަޅުވާނީ ސުވާލެއް ނުކޮށް ބައްޕަ ބުނާ ގޮތަށް ޢަމަލުކުރިއްޔާ.” އަފްޒަލް މަސައްކަތް ކުރީ އަރީންގެ ސުވާލުތައް އޮއްބާލާށެވެ. ކުރަން ބޭނުން ސުވާލު ގިނަވިއެއް ކަމަކު އިތުރަށް އެއްޗެއް ނުބުނެ އަރީން އޭނާގެ ކޮޓަރިއަށް ދާން މިސްރާބު ޖެހީ ބައްޕަގެ އަމުރާއި ޚިލާފު ވާން ބޭނުން ނުވުމުންނެވެ.

ކޮޓަރިއަށް ވަންނަން ދިޔަ ވަގުތު ވީ ޔަޒާން އޭނާގެ ކޮޓަރިން ނުކުތް ވަގުތަށެވެ. އަރީން ފާޑަކަށް ބަލައިލައިފައި އަވަހަށް އެތެރެއަށް ވަދެ ދޮރު ޖެހިއެވެ. ޔަޒާން އިސްޖަހާލަމުން ގޮސް ވަނީ ބަދިގެ ތެރެއަށެވެ. ދެ އަހަރު ކުރިން އެ ދެބޭންގެ ގުޅުން ހީނަރުވި ގޮތަށް އަދި ވެސް ހުންނަނީ މޫނު ކެނޑިފައެވެ. އޭރު އަރީން ހުށަހެޅި ޝަރުތަށް ޔަޒާން އެއްބަސް ނުވުމުގެ ނަތީޖާއެވެ. 

****

އުމުރުން ސަތާރަ އަހަރުގައި ޔަޒާން ބެންކޮކަށް ކުރި ދަތުރެކެވެ. މުޅި ޢާއިލާއަށް އޮޅުވާލައިގެން އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ކަމުގައިވާ ލީޒާ އާއި އެކު އެ ޤައުމަށް ދިޔައީ އެ އަންހެން ކުއްޖާގެ އެދުމަކަށެވެ. ލީޒާއާއި ރައްޓެހިވީފަހުން އޭނާއަށް އައިސްފައިވާ ނުރަނގަޅު ބަދަލުތައް ފާހަގަ ކުރެވުނީ އަރީނަށެވެ. މި ކަންތައް ރަނގަޅު ކުރުމަށް އަރީން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އެހެނަސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. މިކަމުގެ ސަބަބުން އެ ދެކުދިންގެ މެދުގައި ކުރިން އޮތް ބަދަހި ގުޅުމަށް ދުރުކަމެއް އަންނަން ފެށިއެވެ. 

އެ ރޭ މުޅި ބެންކޮކުގައި އެ ދެމީހުން އެނބުރި އެނބުރިފައި ހޮޓެލަށް އައީ އެގާރަ ވެސް ޖެހި ފަހުންނެވެ. ލީޒާ އަކީ ޒަމާނީ ކަމުގެ އިންތިހާއެވެ. ލައިގެން ހުރި ގަޔަށް ބާރު ތުނި ޓޮޕުކޮޅުން ހުރަހެއް ނެތި އޭނާގެ ވަނާތައް ހާމަވާން ހުއްޓެވެ. ދެން ލައިގެން ހުރީ ފަލަމަސްގަނޑު ނިވާ ނުވާ ވަރުގެ ކުރު ނޫކުލައިގެ ޖިންސު ސޯޓު ކޮޅެކެވެ. އެ ހުރީ ހެދުން ލައިގެން އޮރިޔާން ޙާލުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 

ލީޒާ އަކީ ނަން މަޝްހޫރު މިފްކޯ ކުންފުނީގެ ޗެއާރމަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ ބައްޕަގެ މުއްސަނދި ކަމާއި ހެދި އެންމެ ޅައުމުރުން ސުރެ ބޭނުންހާ އެއްޗެއް ލިބެއެވެ. ބޮޑުވެގެން އައި އިރު އޭނާގެ ކިބައިގައި ހަރުލައިފައި ވަނީ މުޅީން ވެސް ގޯސް ސިފަތަކެވެ. ބޮޑާކަމާއި ކިބުރުވެރިކަމާ ދެއްކުންތެރިކަމަކީ އޭނާގެ އުޅުމުގައި ހުރި އެންމެ ފާޅުކަން ބޮޑު ސިފަތަކެވެ.

ހޮޓެލުގެ ދޮރު ލައްޕާލައިފައި އެނބުރެލި ޔަޒާންގެ ދެލޯ މިސްރާބު ޖެހީ ލީޒާއަށެވެ. އެ ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލީޒާ ލައިގެން ހުރި އަންނައުނު ވަނީ ތެމިފައެވެ. ފިނިވެގެން ތުރުތުރު ލަމުން ދިޔަ ލީޒާގެ ތުންފަތް ފެނި ޔަޒާންގެ ޙިއްސުތައް ހޭލައްވާލި ކަހަލައެވެ. އެ ތަނުގައި ހުރި ފައިވާން ހަރެއް ފާޑު އެއްޗެއްގެ މައްޗަށް އަތުގައި ހުރި ނަމަހާ އެއްޗެއް އެއްލާލައިފައި ގޮސް ލީޒާއާއި ދިމާލަށް ދިޔައެވެ. ލީޒާ ހަދިޔާ ކޮށްލީ ދައުވަތުގެ ނަޒަރެކެވެ.

ދުވަހަކު އެ ފަދަ ކަމެއް ނުކުރާ ޔަޒާނަށް ލީޒާގެ ފަރާތުން ޖިންސީ އުފަލެއް ލިބުން ވެގެން ދިޔައީ އޭނާގެ އުޅުން އިތުރަށް ނުބައި މަގުން ދިޔަ ސަބަބަކަށެވެ. ހަފުތާއެއް ވާންދެން އެ ގައުމުގައި އުޅެފައި އަނބުރާ ރާއްޖެ އައި އިރު އޭނާގެ ކިބައިގައި ނުރަނގަޅު އެތައް އާދަތަކެއް ވަނީ ހަރުލައިފައެވެ.

އެއީ ވެސް ހަމަ އެފަދަ ރެއެކެވެ. ވާރޭގެ ހަމަލާތައް ވަރުގަދަވެފައިވީ ފިނި ރެއެކެވެ. އެރޭ ލީޒާއާއި ބައްދަލުކުރަން ނިންމީ ބްލޫ ވޯޓާސްގެ ހޮޓެލަކުންނެވެ. އާންމުކޮށް އެ ދެމީހުން ބައްދަލުކުރަން ދަނީ ބްލޫ ވޯޓާސްގެ ހޮޓެލް ތަކަށެވެ. ޑައިމަންޑް ސްކައި ހޮޓެލްތައް ހިންގަނީ ބައްޕަ އާއި ޒިޔާދުބޭ ކަމަށް ވުމުން އެއިން ތަނަކަށް ދިޔައިއްޔާ އެ ކަންތައް ފަޅާ އެރުމުގެ ފުރުސަތު ބޮޑު ވީމައެވެ.

ލީޒާ އައުމުން އަވަސް ޙަރަކާތާއި އެކު ޔަޒާން ދޮރު ތަޅުލިއެވެ. ދެމީހުންގެ މޫނުމަތީގައި ރަސްކަންކުރަމުން ދިޔައީ މަސްތީ ކުލަވަރެވެ. ލީޒާ ވެސް ލަސްނުކޮށް އޭނާ ލައިގެން ހުރި ޖެކެޓް ބޭލިއެވެ. ހާމަވެގެންދިޔަ ގުނަވަންތަކުގައި ޔަޒާން އަތް ބީއްސާލިއެވެ. 

“އަޅޭ! ހަމަ ސޮނިވެއްޓޭ ވަރުވޭ. ޔޫ ލުކް ސޯ ހޮޓް އެންޑް ސެކްސީ.” ލީޒާގެ ކަނދުރާގައި ވަސްގަންނަމުން ޔަޒާން ބުނެލިއެވެ. ލީޒާ ބަދަލުގައި ރަކި ހިނިގަނޑެއް ޖަހާލިއެވެ. “ޒެންނު ތިހާ ޗީޒީ ލައިނުތައް ދަސްކުރީ ކޮންތާކުންތަ؟” ތުއި ގޮތަކަށް އޭނާ ވާހަކަ ދެއްކިއެވެ. “ދެން އަހަރެންގެ ވަން އެންޑް އޮންލީ ހޮޓް ބޭބީއަށް އިޝްޤީ ބަސްތައް އަމުނާލަދޭން ވާނެއްނު.” ޔަޒާން ލީޒާގެ ތުންފަތް ގައިދުކޮށްލިއެވެ. 

އަރީން އެރޭ ނުނިދާ އިނީ ޔަޒާން ނައިސްގެންނެވެ. މިހާރަކަށް އައިސް ގިނަ ރޭ ތަކުގައި ޔަޒާން ގެއަށް ނިދަން އަންނަނީ ވަރަށް ލަހުންނެވެ. ބައެއް ރޭ ތަކުގައި ގެއަށް ނިދަން ނާންނާތީ އަރީން ހުންނަނީ ކަންބޮޑުވުމުގެ އަނދަވަޅެއްގެ ތެރޭގައެވެ.

މިއީ ޔަޒާނަށް އަށާރަ އަހަރު ފުރޭނެ ރެއެވެ. އަރީން އަމިއްލަ އަށް ދޮންބެއަށް ޚާއްސަކޮށް ކޭކެއް އަޅާ ތައްޔާރު ވެލައިގެން އިނީ ޔަޒާން އަންނާނެ އިރަކަށް އިންތިޒާރު ކުރާ ޙާލުގައެވެ. ލޯކޮޅު މައްޗަށް ހަންކޮޅު ވެއްޓުނެއް ކަމަކު ނިދުމުގެ ޚިޔާލެއް އޭނާގެ ކިބަޔަކު ނެތެވެ. ބުނާ ކަހަލައެވެ. ދޮންބެ ނާންނަނީސް މިރޭ ލޮލުފިޔަ ޖަހައި ނުލާނަމެވެ. މި އުފަންދުވަހުގެ ތަހުނިޔާ އާއި އެކު ދެމީހުންގެ ދެމެދުގައިވީ ގުޅުން އިތުރަށް ބަދަހިކުރެވޭތޯ ބަލާނަމެވެ.

އެގޮތަށް އިންތިޒާރުގައި އިންދާ އަރީން ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. އެއީ އޭނާގެ މަންމަ ބޭނުންކޮށްފައި އާ ފޯނެއް ހަދިޔާ ކުރުމުން އަރީނަށް ލިބުނު ފޯނެކެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އަރީން އެ މެސެޖު ބަލާލުމުގެ ނިޔަތުގައި ފޯނު ހުޅުވާލިއެވެ. ގޮތްނޭނގޭ ނަންބަރަކުން ފޮނުވައިފައިވީ މެސެޖަކަށް ވުމުން އޭނާއަށް ދެބުމަ ގާތްކޮށްލެވުނެވެ. 

“ރީން. އަހަރެންނަށް ރީން ވަރަށް ކަމުދޭ. ތި ގޮތަށް ރީންގެ ހަކަތަ ބޭކާރު ކުރާނެ ކަމެއް ނެތް. ރީންގެ ދޮންބެ އަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން.” މެސެޖާއި އެކު ވީޑިއޯ ކޮޅެއް ވެސް ފޮނުވައިފައި އޮތެވެ. އެއިން ފެނިގެން ދިޔަ މަންޒަރުން އަރީންގެ ހިތް ހުއްޓުނު ކަހަލައެވެ އޭނާގެ ރޯލް މޮޑެލް ކަމަށް ޤަބޫލުކުރި ދޮންބެގެ ފަރާތުން އެހާ ބަދު އަޚުލާޤީ ޢަމަލެއް ފެނުމުން އެ ކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. 

“ޤަބޫލު ނުކުރެވެންޏާ މިހާރު ވެސް ގޮސް ބްލޫ ވޯޓާސް ހޮޓެލްގެ 104 ވަނަ ރޫމަށް ދޭ ބަލަ. ރިސެޕްޝަނަށް ގޮސްލީމަ އެ ތަނަށް ވަންނަން ކީ ކާޑެއް ލިބޭނެ. ހީކޮށްލާ މިއީ އަހަރެންގެ ފަރާތުން ލިބޭ ކުޑަކުޑަ ހަދިޔާއެކޭ.” އަނެއްކާ ވެސް ހަމަ އެ ނަންބަރުން މެސެޖެއް ފޮނުވާލައިފިއެވެ. އަރީންގެ ދޮންބެ ބަދަލުވެއްޖެކަން އޭނާއަށް އެނގެއެވެ. އެހެނަސް އެހާ ދަށު ދަރަޖައަކަށް ވެއްޓިގެން ދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެ ވީޑިއޯގެ ތެދު ދޮގު ބަލާލުމުގެ ނިޔަތުގައި އަރީން ޔަޒާންގެ ކޮޓަރިން ނުކުތެވެ. 

އަރީން އޭނާގެ މަންމަ މެންނަށް ވެސް ސިއްރުން ގެއިން ނުކުތެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ އެ ޢިމާރާތުން ބޭރަށް ނުކުތެވެ. ފައި މަގުގައި އޭނާ މިސްރާބު ޖެހީ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ހޮޓެލަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔަ އަރީންގެ ޙަރަކާތްތައް ބަލަން އިތުރު މީހަކު ހުއްޓެވެ. ކަޅުކުލައިގެ މާސްކެއް އަޅާ ހުޑީއަކާއި ޖިންސެއް ލައިގެން ހުރި ޒުވާން ކުއްޖާ ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އެ ފިރިހެން ކުއްޖާގެ ތޫނު ނަޒަރު އަރީނަށް އަމާޒުވެފައި ހުރި ގޮތުން ވެސް މީހެއްގެ ހަށިގަނޑުން ހީބިހި ހިލުވާލާނެއެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މާސްކު (ޕާޓް 21)

Next

އަބަދުވޭ ހިތުގާ މަގޭ 18

Next
October 13, 2025

އަބަދުވޭ ހިތުގާ މަގޭ 18

Previews
October 13, 2025

މާސްކު (ޕާޓް 21)

10 Comments!

  1. Anonymous says:
    October 13, 2025 at 1:05 pm

    Wow! It’s perfect! When next???

    1. White rose White rose says:
      October 13, 2025 at 1:24 pm

      IA Thursday ga submit kohlaanan
      Shukran Anonymous ✨✨

  2. Your fav bab Your fav bab says:
    October 13, 2025 at 7:18 pm

    Areen laigen mi ulhenee kon katheh gadeh ga baa??
    So yazaan um.. What?? Ehenve tha sibling sibling bond eh nethee!?? yazaan Kada ingey!!
    Btw who’s stalking my poor areen?
    Loved this part💗💗💗
    You actually trapped me in curiosity ingey!
    When next?
    Ly❤

    1. White rose White rose says:
      October 15, 2025 at 1:05 pm

      Yhh, ehenve sibling bond nethy.
      Rangalhehnu curious veema.
      IA Thursday ga submit kohlaanan.
      Shukran Your fav bab ✨✨
      Lyt darl 💕💕

  3. elly says:
    October 14, 2025 at 12:49 am

    mi part ehen part thaka balaafa thankoleh kuru hen hyvey why do i feel like that guy who told areen abt her bro is naail

    1. White rose White rose says:
      October 14, 2025 at 5:25 am

      Konme part eh ves fix vefa innaany 5 – 10 mins ah, yea mi part ehen part thakah vure kuru vaane.
      Eii naail ah ves hama vedhaane.
      Shukran elly ✨✨

  4. Anonymous says:
    October 14, 2025 at 1:19 pm

    This was an absolutely woderful read 🥹✨ love how you write .. it’s super engaging and the emotions really come through so well. You’re truly talented 😊👏 Curiously waiting to see what happens next! 👀🔥 lysm ❤️”

    1. White rose White rose says:
      October 14, 2025 at 1:36 pm

      Shukran Anonymous ✨✨

  5. Twinkle.. says:
    October 14, 2025 at 1:19 pm

    This was an absolutely woderful read 🥹✨ love how you write .. it’s super engaging and the emotions really come through so well. You’re truly talented 😊👏 Curiously waiting to see what happens next! 👀🔥 lysm ❤️”

    1. White rose White rose says:
      October 14, 2025 at 1:37 pm

      Shukran Twinkle.. So happy to hear this lovely comment ✨✨
      Lyt darl 💕💕

Comments are closed.

Next Episodeދެވުނީ ވޭނޭ 6←


All Right Reserved!