“ލުކް… މިއީ ބައްޕަމެންގެ ނުގަބޫލުގަ ކުރެވޭ ކައިވެންޏެއް ވިޔަސް އައިމް ހެޕީ އޭ ދޮންބޭ. މިއީ ވިވީ ބޭނުންވާ ގޮތް. ވިވީ ހުންނާނީ ވާންއާ އެކު އުފަލުގަ. އިންޝާ ﷲ މުޅި އުމުރަށް ވެސް…” ވިނާލް ޔަގީން ކަން ދިނެވެ. “ދޮންބެގެ ޕްރިންސެސް ބޮޑުވީ ދޯ؟” ވާއިލް ހީލާފައި ވިނާލްގެ ކޮލުގާ ހިފާލިއެވެ.
(10 ވަނަ ބައި)
“ހެހެ ހޫމް މާ ބޮޑަށް ވެސް.. ހެހެ. ދެން ދޮންބެ ކޮން އިރަކުންތަ ކައިވެނި ކުރަނީ؟ ވިވީ ބޭނުން ވިއްޔާ ފަހަރިއެއް. ނެއްތަ ބިޓެއް؟” ވިނާލް ޝައުގުވެރި ވެލާފައި އަހާލިއެވެ. ވިނާލްގެ ސުވާލާއި އެކު ވާއިލްގެ ސިކުނޑީގައި ކުރެހުނީ އީނާލްގެ ސޫރައެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެހެންވެގެންނެވެ.
“އޭ އެ ވަރަށް ހެވިއްޖެ. ހީވަނީ ހަމަ ކަމެއްހެން ހަހަހަ ހަހަހަ” ވިނާލް ހީލާފައި ބުނެލިއެވެ. “ދެން އަޅެ ދެރަކަމެއްނުން. ނޭނގެ ދޯ ދެން؟ ސެޓުވީމަ ބުނާނަން” ވާއިލް ހީލާފައި ބުނެލިއެވެ. “ހަހަ އޯކޭ އޯކޭ. ހިނގާ ދަމާ؟”
ވާއިލްއާ އެކު ސައިކަލުގައި ވިނާލް ދިޔައީ އީވާންގެ ގެއަށެވެ. ގޭތެރެ ވަނީ ކުޑަ ގޮތަކަށް ޖަރީ ކޮއްލާފައެވެ. ވިނާލްގެ އިންތިޒާރުގައި ކަޅު ކުލައިގެ ގަމީހަކާ ކަޅު ކުލައިގެ ޖީންސެއް ލައިގެން ހުރި އީވާން ފެނި ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހުނެވެ.
“މާޝާ ﷲ މިއަދު ވަރަށް ރީތި” ވިނާލްގެ އަތުގާ ހިފާލަމުން އީވާން ބުނެލިއެވެ. “ހެހެ ވާން ވެސް…” ވިނާލް ތިރީ ތުންފަތުގައި ދަތް އަޅާލަމުން ބުނެލިއެވެ. “ފަހަރީ ހާދަ ރީއްޗޭ މާޝާ ﷲ” އެވަގުތު އެތަނަށް އައި އީނާލް އޭނާގެ ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ.
“ހެހެ ނާލުވެސް” ކަޅު ކުލައިގެ ދިގު ހެދުމަކާ އެކު ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އީނާލްއަށް ބަލާލަމުން ވިނާލް ބުނެލިއެވެ.
519 ރުފިޔާގެ ރަނަށް ވިނާލްއާ އީވާންގެ ކާވެނި ކުރެވުނެވެ. ހެކިވެރިންގެ ގޮތުގާ ތިބީ ނުހައިކްއާ ވާއިލްއެވެ. ކާވެނިކޮއް ނިމުމުން 5 މީހުން ދިޔައީ “ފެނީނާ” ރެސްޓޯރެންޓަށް ކާށެވެ.
“ކޮބާ ދެން ކޮން އިރަކުންތަ ވާއިލް ކައިވެނި ކުރަނީ؟” ކެއުމުގެ ތެރެއިން އީވާން އަހާލިއެވެ. “އަދި ނެތެއްނުން ތިކަން ނުވެފައެއް؟ އިންޝާ ﷲ އަދި އެދުވަސްވެސް އަންނާނެ” ކައިރީ އިން އީނާލްއަށް ވައްކަޅިން ބަލާލަމުން ވާއިލް ބުނެލިއެވެ.
“ހަހަހަހަ. ކަވެނީގެ ވާހަކަ ދައްކާއިރު މީނީ ތަޖުރިބާ ކާރު. މީނަގެ ވާހަކައެއް ނެއްތަ؟” ވިނާލް އަހާލީ ނުހައިކްއަށް ނިސްބަތް ކޮށެވެ. “ކައިވެނި ދޯ؟ ދެން ކައިވެންޏަކީ އެކި މީހުނަށް އެކި ކަހަލަ ތަޖުރިބާއެއް ނުން؟” ކްލާރާއާ މެދު ހިތްހަމަ ނުޖެހިފައިހުރި ނަމަވެސް އެންމެންގެ ކުރިމަތީގައި ކްލާރާ ފަޟީހަތް ކުރާކަށް ނުހައިކް ބޭނުމެއް ނުވިއެވެ.
ހޮސްޕިޓަލް ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ވިއާމްގެ މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. އިރުކޮޅަކު އެހެން ހުރެފައި ވިއާމް ފޯނު ނެގިއެވެ. އަދި ވިޔާމްއަށް ގުޅާލިއެވެ. “އެމީހުން ކާވެނި ކޮއްފި” ވިއާމް ބުނެލިއެވެ. ދެން އިވުނީ އެކޮޅުން ހަޅޭ ލަވާގަން އަޑެވެ.
“ކަލޭ ތިހުރީ ބުރާންތިވެފަތަ؟ ކީއްވެ އެކަން ވިޔަ ދިނީ؟” ވިއާމް އަރައިގަން ރުޅިން ރޫރޫ އަޅާގަތެވެ. “ހަމަ ޖެހިބަަލަ. އަހަރެން ވަކި ބޭނުން ވެގެން ވީކަމެއް ވިއްޔަ މިއީ” ވިޔާމް ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. “އުޅޭ އައްޑާއިން ދިމާވާން” ވިޔާމް ބުނެލިއެވެ.
އެކަހަލަ މިކަހަލަ ވާހަކަ ތަކެއްގައި ތިބެފައި އެންމެން ގެއަށް ދިޔައިރު 30 10 ވާން އުޅެޔެވެ. ދެމަފިރިންނަށް އުފާވެރި ރެޔަކަށް އެދިފައި އީނާލް ދިޔައީ ނިދަންށެވެ. އީވާންއާ ވިނާލް ދިޔައީ ދެމަފިރިންގެ ކޮޓަރިއަށެވެ.
“އާހްހްހް ފައިނަލީ ޔުއާރ މައިން” ވިނާލްގެ ކޯތާފަތުގައި ހިފާލަމުން މޫނާއި މޫނު ކައިރި ކޮއްލަމުން އީވާން ބުނެލިއެވެ. “ހެހެ ޔެސް. އަލްހަމްދުލިއްލާހި” ވިނާލް ލަދުން އިސްޖަހާލިއެވެ.
އީވާން ހިނިތުންވެލާފައި ވިނާލްގެ ހަށިގަނޑު އުފުލާލިއެވެ. އަދި ލަސް ހިނގުމުގައި ގޮސް އޭނާ އެނދުގައި ބާއްވާލިއެވެ. “ބީ އަ ގުޑް ގާލް އިނގޭ؟” އެއްލޯ މަރާލަމުން އީވާން ބުނެލިއެވެ. ވިނާލް ލަދުން އޮވެ ބޯޖަހާލިއެވެ.
ނުހައިކް އެނބުރި ގެއަށް އައި އިރު ކްލާރާ އިނީ ސިޓިންގ ރޫމް ސޯފާގައެވެ. ނުހައިކްގެ އިންތިޒާރުގައެވެ. “އިކޫ…” ކްލާރާ ތެދުވެލިއެވެ. “ހޫމް؟” ނުހައިކް ގޮސް ސޯފާގައި އިށީނެވެ.
“އައިމް ސޮރީ… އިކޫގެ އަންބަކަށްވެ ހުރެ އައި ބޭބީ ޓްރަޕްޑް ޔޫ. އައިމް ސޮރީ… ދަރިފުޅު ގެއްލުންވެސް އެއީ އެހެންވެ ވީ ކަމެއް ކަންނޭނގެ. އޭރު އަސްލު އެވަރަށް ވާހަކަ ލިޔުނީވެސް ކުށްވެރިއެއްގެ އިހުސާސް ވާވަރުން…” ކްލާރާ މަޢާފަށް އެދުނެވެ.
“ލާރާ… އިނގޭތަ ރީތިކޮށް ލާރާ މަޢާފަށް އެދެން ދެން އިކޫ އިންތިޒާރު ކުރި ކަން؟ ލާރާދެކެ އަސްލުވެސް އިކޫ ވަރަށް ލޯބިވޭ. އެކަމަކު ދޮގުވެރިންދެކެ އިކޫ ވަރަށް ފޫހިވޭ” ނުހައިކް ބުނެލިއެވެ. “އައިމް ސޮރީ… ދެން ދުވަހަކުވެސް އެހެންނެއް ނުހަދާނަން” ނުހައިކްގެ އަތުގައި ހިފާލަމުން ކްލާރާ ބުނެލިއެވެ.
މަޑުމަޑުން އިނދެފައި ނުހައިކް ކްލާރާއަށް ބޮސް ދިނެވެ. “އިޓްސް އޯކޭ” ނުހައިކް ވައިއަޑުން ބުނެލިއެވެ. އަދި ކްލާރާ ގޮވައިގެން ކޮޓަރިއަށް ވަނެވެ.
ކުޑަ ކުޑަ ކޮޓަރިއެކެވެ. އަނދިރިކަމުން ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭނގޭނެކަން ކަށަވަރެވެ. ކޮޓަރި ތެރޭގައި އިނީ ހަމަ އެކަނި ކުޑަ މޭޒަކާ ދެގޮނޑިއެވެ. މޭޒުމަތީގައި ސިނގިރޭޓު އަޅި އަޅާާފައި ހުރި ތައްޓެއް އިނެވެ. މޭޒުގެ ދެފަރާތުގައި ތިބީ ވިޔާމްއާ ވިއާމްއެވެ. މޭޒުމަތީގައި އިން އުއްބައްތި ރޯކޮއްލަމުން ސިނގިރޭޓެއްގައިވެސް ވިއާމް ރޯކޮއްލިއެވެ.
“މަވާ މޮޔަވޭ އެބަ. މަގޭ އެ ބޯހަރު ދަރިއަށް އަޅެ އެ އީވާން ނޫން އެހެން މީހަކު ނުފެނުނެއްނުން؟” ވިއާމް ބޯހޫރުވާލަމުން ބުނެލިއެވެ. “އީވާން އެކޭ އީމާންއެކޭ ހަމަ އެއްވެސް ތަފާތެއް ނެތް” ވިޔާމް ބުނެލިއެވެ. 14 އަހަރު ކުރީގެ އެހާދިސާ ހަނދާން ކޮއްލަމުން ވިޔާމް ބުނެލިއެވެ.
***14 އަހަރު ކުރިން***
ބަނޑިޔާ ހިފައިގެން ފަރި ހިނގުމެއްގައި ހިނގާފައި ދިޔަ އީމާންއަށް ފިރިހެނުންގެ ނަޒަރު ހުއްޓެމުންދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ފަންދިގު އިސްތަށިގަނޑެއް ލިބިފާ ވީއިރު ކުޑަކުޑަ ދެލޮލަކާ ބޮޑު ތުންފަތެއް ލިބިފާ ވިޔެވެ. ދިގު އެސްފިޔަތަށް އެދެލޯ ވަކިން ރީތި ކޮއްލައެވެ. ލައިގެން ހުރި ދޫ ހެދުމުންވެސް އީމާންގެ ހިމަތޮޅި ހަށިގަނޑު ވަރަށް ރީއްޗެވެ.
ފަހަތުން ތުންގޮއްވާ އަޑު އިވެން ފެށުމުން އީމާންގެ މޫނުމަތީގައި ފޫހިކަން ކުރެހުނެވެ. އަނގަ ކުނި ކޮއްލަމުން ފަހަތް ބަލާލިއެވެ. “ވިއާމް ކަލޭ ކުރާނެ ކަމެއް ނެތިގެންތަ ތިއުޅެނީ؟ ހަމަ ހުވާ ދެން ނީރާއަށް ހުރިހާ ވާހަކައެއް ކިޔާދޭނީ”
އީމާންގެ ވާޙަކަ އިވި ވިއާމްގެ ތުންފަތުގައި ކުރެހިފައިވީ ހިނިތުންވުން ފިލާ ދިޔައެވެ. މޫނު މައްޗަށް ރުޅިވެރިކަން ވެރިވީ ބަސް ބުނާހާ އަވަހަށެވެ.
“ހެހެ. އަހަރެން ވަރަށް ކެއްކޮއްފިން. އެކަމަކު އީމާން މިކަން ކުރަން ބޭނުމީ އެންމެ ހުތުރުކޮއް ދޯ؟ ހީވަނީތަ ކަލެއަށް ތި ހުމޭދުއާ އެކު އުފަލުގަ އުޅެވޭނެހެން؟ ނޫޅެވޭނެ! އީމާން ބުނަން؟ ތިއީ މަގޭ ހައްގެއް! ހަމަ އެކަނި މަގޭ ހައްގެއް!” ވިއާމް ބުނެލީ އަމުރުވެރި ގޮތަކަށެވެ.
ވިއާމްގެ ވާހަކަ އިވި އީމާން ހަގީގަތުގައި ބިރުގަނެއްޖެއެވެ. އެހެނަސް އެކަން ދެއްކުމެއް ނެތި އޭނާ ހިނގައިގަތެވެ. އެއީ އޭނާގެ ދިރިއުޅުން ހަލާކު ކޮއްލެވުނު ކަމެއްކަން ނޭނގޭ ހާލުގައެވެ.
ރޭގަނޑުގެ ވަގުތެވެ. ގޭދޮރާށި ކައިރީގައި އީމާންއާ ހުމޭދުގެ އިތުރުން އުމުރުން 4 އަހަރުގެ އީވާން ވެސް ހުއްޓެވެ. “ބައްޕި ކީއްވެތަ އަބަދު ދަނީ؟” ހުމޭދު ރިސޯޓަށް ދާން އުޅޭތީވެ އީވާން ހުރީ ދެރަވެފައެވެ. “ހެހެހެ ދަރިފުޅޫ ބައްޕި ވަޒީފާއަށް ދިޔައީމައޭނުން ދަރިފުޅަށް ކުޅޭ އެއްޗެހި ގަނެވޭނީ؟” އީވާންގެ ކޮލުގާ ހިފާލަމުން ހުމޭދު ބުނެލިއެވެ. އެވަގުތު ހުމޭދު ބަލާ ކާރެއް އައެވެ. ދެމައިންނަށް އަލްވަދާއު ކިޔާފައި ހުމޭދު ކާރަށް އަރައިގެން ދިޔައެވެ.
ހުމޭދު ދިޔުމުން އީމާން އެތެރެއަށް ވަދެ އީވާން ނިންދަވާލިއެވެ. އީމާންއަށް ވެސް ހިނދުކޮޅަކަށް ނިދިޖެހުނެވެ. ނިދިފައި އޮތްވެފާ އޭނާއަށް ހޭލެވުނީ ބާރު އަޑެއް އިވިގެންނެވެ. ގަންނާ ކުރެއްވީ ބިރުން އީވާންގެ ހަށިގަނޑުގާ ބައްދާލެވުނެވެ. “ކަ… ކާކޫ…؟” އީމާން ތުރުތުރުލާ ހާލުގައި ސުވާލު ކުރިއެވެ. އެހެނަސް އެއްވެސް ޖަަވާބެއް ނުލިބުނެވެ. ބިރުން ހުރެ ކޮޓަރިން ބޭރަށް ނިކުތީ އެހެންވެގެންނެވެ. ފެނުނު މަންޒަރުން އީމާން އުޅުނީ ހަޅޭ ލަވާގަންނާށެވެ. ނަމަވެސް…
(ނުނިމޭ)
އެގާރަވަނަބައިގެ ތެރެއިން:
“މަރުވޭ. މަރުވާށޭ! މަށަށް ކަލޭ ނުލިބެންޏާ އެކަކަށްވެސް ނުލިބޭނެ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Mashallah mi part vx vrh reethi
When is next?
Jazaakallah khairan Mesh!
Next episode in sha allah on wednesday
Masha allah mi part vs vrh reethi
Alhamdulillah….vinaal r eevaan marry kohfi
Dhn nuhaik r laara vs reethikoh ulhenvyehnu
Vrh hiivey viyaam nuny viaam hn naal ah ehn hedhy???
BTW last week in feshigen vrh busy koh ulhunyma cmnt kuraane vagutheh vs nuvi..miadhu mikiyaaly huriha baeh vs.vrh reethi
Curiously waiting when next???
Lyy🫶🏻
Jazaakallah khairan Aana
Yes there now married
Yesyes nuhaik and laaraa vess mihr okay
Hehe stay tuned to find out about it
Its okay, jazaakallah khairan
Lyt
Next on wednesday
♡♡♡♡♡♡♡
🫶🏻
Curiously waiting for the next ep. Eeeeeeeesh♡♡
Next in sha allah on wednesday
Congra👏👏👏👏 vinaal and eevan!!
So clara really deceived him??
viaam and viyaan ugh!!
Married women eh ge fahathu alhuvaalaigen ulhen jeheytha viaam ah viyas??🙄
Eiru eenaal eh neth dhw?I
Loved this part 💗💗
When next?
Ly
hehe yesss
aaekeyyy 😭😭
ya this was before she was even pregnant with her.
jazaakallah khairan dear next in sha allah on wednesday
lyt