Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޯބިވެވުނީ 15

Lilac Level 1
October 13, 2025 9 Mins Read
6 Comments

އެ ޕިކަޕުގައި ސައިކަލުޖެހި އަލާންއާ އައިރާ ދިޔައީ ވިއްސައިގެންނެވެ. ސައިކަލު މާދުރުގައި އިން ގަހެއްގައިޖެހި ފުނޑުފުނޑުވިއެވެ. ލޯ ހުޅުވާލި ވަގުތު އެ ޕިކަޕުގައި އިން މީހާ ދުވެފައި ދާތަން ފުސްކޮށްފެނުނެވެ. އަލާންއަކަށް ވީނުވީއެއް ނޭނގުނެވެ. ގަޔަކު ވަރެއްނެތެވެ. އޮތީވެސް ބަނޑުވަތަށެވެ. މުޅިގައިގާވަނީ ހުސްލެޔެވެ. ނަމަވެސް ތަދެއް އިހުސާސެއްނުވެއެވެ. ހުރިހާތަނެއް ފެންނަނީ ފުސްކޮށެވެ. ނަމަވެސް މީހުންގެ އަޑުއިވެއެވެ. އެވެސް ކުޑަކޮށެވެ. ދެފަރާތަކަށް ކަޅި ހިނގާލިވަގުތު މާ ދުރުގައި ވެއްޓިފައި އޮތް އައިރާ ލޮލުގައި އަޅައިގަތެވެ. އައިރާގެ ހެދުން ވަކިނުކުރެވޭވަރަށްވަނީ ލެއިން ފޯވެފައެވެ. އޮތީވެސް ގުޅައަކަށް ޖެހިފައެވެ. އެ ހާލުގައިވެސް އަލާން އުޅުނީ އައިރާގާތަށް ދާށެވެ. ނަމަވެސް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ކުރެވުނުހާވެސް ކަމަކީ އެދިމާލަށް އަތްދިއްކޮށްލުމެވެ. މަޑުމަޑުން އަލާން އަނގަ ހަރަކާތްކޮށްލިއެވެ. އެވަގުތު އަނގައިން ބަޑިޖަހާފައި ލޭފައިބަން ފެށިއެވެ. “އައިރާ..” އެއާއެކު ނެގިއަތްވެސް ވެއްޓި އަލާންގެ ހަބަރު ހުސްވިއެވެ.

 

*ފަނަރަވަނަ ބައި*

 

މަޑުމަޑުން އަލާން ލޯހުޅުވާލިއެވެ. ނަމަވެސް ލޯމައްޗަށް އެޅުނު އައްޔެއްގެ ސަބަބުން އަނެއްކާވެސް ލޯމަރާލަން މަޖުބޫރުވިއެވެ. ދެތިންފަހަރަކު އެސްފިޔަ ޖަހާލަމުން އަނެއްކާވެސް ލޯހުޅުވާލިއެވެ. މެޝިނުތަކުގެ އަޑުވެސް އިވެމުންދިޔައެވެ. އަނގަމަތީގައި މާސްކެއް އެޅުވިފައިވިކަންވެސް އެނގުނީ ދެނެވެ. ބޮލުގައި ބޭންޑޭޖެއްވެސް އެޅުވިފައިވިއެވެ. އެހާލުގައިވެސް ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް ބޮލަށް އެރި ތަދަކާއެކު އަލާންއަށް އަނެއްކާވެސް އޮށޯވެވުނެވެ. “ދަރިފުޅާ! ކިނެއްވީ؟ މި އަންނަނީ ޑޮކްޓަރުގޮވައިން. ޑޮކްޓާރ!!” ހާސްވެފައިހުރި ނަދާ އަވަސްއަރުވަމުން ޑޮކްޓަރަށް ގޮވިއެވެ. “މަންމާ!” ބަލިއަޑަކުން އަލާން ގޮވާލިއެވެ. އެއާއެކު ނަދާވެސް ކުޑަކޮށް ހަމަޖެހިލާފައި ދެރަވެފައިވާ ހިތަކާއެކު އަލާންކައިރިއަށް ދިޔައީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މަންމައަށް ގޮވާލިލެއް ބަލިކަމުންނެވެ. ކައިރީގައި ލާމިއުވެސް ހުއްޓެވެ. “އަޅުގަނޑަށް ކިހިނެއްވީ؟؟” ވައިއަޑަކުން އަލާން އަހާލިއެވެ. “ދަރިފުޅާ.. އެހަށް އަރާމުކުރޭ.. މަންމަ ފަހުން ދަރިފުޅަށް ކިޔައިދޭނަން.. އިނގޭ؟” ކުޑަކުއްޖަކަށް ވިސްނައިދޭގޮތަށް އަލާންގެ ބޮލުގައި ފިރުމަމުން ނަދާ ބުންޏެވެ. “ނޫން.. އަޅުގަނޑަށް ކިޔައިދީ މިހާރު!” ކުޑަކޮށް ބާރަށް އަލާން ބުންޏެވެ. އެވަގުތު ގަޔަށް ތަދެއްވެސް އެރިއެވެ.

 

ކުއްލިއަކަށް އަލާންއަށް ކުރިމަތިން ފެންނަ ރޯލްޕްލޭއެއްހެން ހުރިހާ ކަމެއް ހަނދާނަށް އަންނަންފެށިއެވެ. ޕިކަޕެއްއައިސް ސައިކަލުގައި ޖެހުނު މަންޒަރާއި އައިރާ ދުރުގައި ވެއްޓިފައި އޮތްތަންވެސް ހަނދާންވިއެވެ. އެއާއެކު އަލާންގެ ބޮލަށް ތޫނު ތަދެއް އަރައި އައިރާއަށް ގޮވަމުން އަލާން ތެޅިގަންނަން ފެށިއެވެ. މެޝިނުތަކުގެ އަޑު ބާރުވާންފެށިއެވެ. އެވަގުތު އެތަނަށް އައި ޑޮކްޓަރުންގެ ހަރަކާތްތައް އަވަސްކުރިއެވެ. ނޭވާނުލެވިގެން އުޅޭހެން އަލާން ތެޅެމުންދިޔައެވެ. ނަދާއާއި ލާމިއު ތިބީ ހަދާނެގޮތް ހުސްވެފައެވެ. ނަދާއަށް ރޮވެންފެށުނެވެ. ޑޮކްޓަރުންގެ އިޝާރާތާއެކު އެދެމަފިރިން ހިތާދެކޮޅަށް ނިކުތީ ބޭރަށެވެ. ބޭރަށް ނިކުމެވުމާއެކު ނަދާއަށް ލާމިއުގައިގައި ބާރަކަށް ބައްދައިގެން އޮވެ ރޯންފެށިއެވެ. ނަދާ ރޯއަޑަށް އެތާ ތިބި އަލާންގެ އެކުވެރިންތައް އެތަނަށް އައެވެ. ޒިލާލް ވީކީއްތޯ އެހުމުން ލާމިއު ހުރިހާ ކަމެއް ކިޔައިދިނުމާއެކު އެކުދިންވެސް ވަރަށް ހާސްވިއެވެ. އެންމެ ގާތް އެކުވެރިންނަށް އެހާލު ޖެހުމުން އެކުދިންނަށްވެސް ތިބީ ވަރަށް އަސަރުކޮށްފައެވެ.

 

ގާތްގަނޑަކަށް 15 ވަރަކަށް މިނެޓުފަހުން ޑޮކްޓަރު ނިކުތްތަނާ ނަދާ އެދިމާލަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ. “މަގޭ ދަރިފުޅު ކިހިނެއްތަ ޑޮކްޓަރ؟؟” އަވަސްވެފައިވާ ހިތަކާއެކު ނަދާ އަހައިލިއެވެ. “ހީޒް ފައިން ނައު.. ކުއްލިއަކަށް އެއްފަހަރާ ހުރިހާ ކަމެއް ހަނދާނަށް އައީމަ ޖެހުނު ކުޑަ ޝޮކެއް އެއީ.. މިހާރު އިންޖެކްޝަނެއް ދީގެން ނިންދުވާފަ އޮންނާނީ.. އެންޑް ޕްލީޒް ކީޕް ހިމް އަވޭ ފްރޮމް އެނީ ސްޓްރެސް.. މާ ބޮޑަށް ކަންކަމާ ވިސްނުމުގެ ފުރުސަތު ކުޑަކޮށްލަދީ… އެހެންނޫނީ މާ ބޮޑުވަރުވެދާނެ..” އެ އިޝާރާތާއެކު ޑޮކްޓަރުންތައް ދިޔައެވެ. ނަދާއަށައި ލާމިއުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

 

އަނެއްކޮޅުން އައިރާގެ ހާލަކީ ކޮބައިތޯއެވެ. ޕްރައިވެޓް ރޫމެއްގައި އައިރާއޮތްއިރު އެއްވެސް ހަރަކާތެއްނެތެވެ. އެތަންމިތަނަށްވަނީ ހޮޅިތަކެއް ގުޅިފައެވެ. ބޮޑެތި މެޝިނުތަކުން އަޑުގޮވަމުންދެއެވެ. އަނގައަށްވަނީ ޓިއުބެއްލެއްވިފައެވެ. ބޮލުގައިވީ ބޮޑު ބޭންޑޭޖެއް އެޅުވިފައެވެ. އައިރާގެ މޫނުން އަބަދުފެންނަ ހިނިތުންވުން ފެންނާކަށް ނެތެވެ. މަރުވެފައޮތް މައްޔިތައެކޭ ތަފާތެއްނެތެވެ. އައިރާ ކައިރީގައި އެނދުގައި ބޯއަޅައިގެން އޮތް ފާތުންހުރީ ރޮވިފައެވެ. ދެލޯވެސް އެކީ ދުޅަވެފައެވެ. މިހާރު ނުރުޔެއްކަމަކު ދޭތެރެއިން ގިސްލެވެއެވެ. މޫނުމަތިން ހީވީ ދުވަހަކުވެސް ނުނިދާ މީހެއްހެންނެވެ. ނިދޭނީވެސް ވަކި ކިހިނެއްހެއްޔެވެ؟ އަމިއްލަ ލެއިން ކާންދީގެން ބޮޑުކުރި ކުއްޖަކު އެހާލުގައި އޮންނަތަން ބަލަން ބޭނުންވާނީ ކޮން މަޔަކު ހެއްޔެވެ؟

 

“ފާތީ.. އެއްޗެއް ކާލަންވީނު؟” ކޮޓަރިއަށް ވަދެގެން އައި ނަދީމް ފާތުންގެ ކޮނޑުގައި އަތް އަޅާލަމުން ބުނުމާއެކު ބިރެއް ފެނުނުފަދައިން ފާތުން އެނދުން ބޯ ނެގިއެވެ. ފުން ހިޔާލަކަށް ގެއްލިފައި ހުރުމުން ނަދީމް ވަތްކަމެއްވެސް ފާތުންއަކަށް ނޭނގުނެވެ. ފާތުން އެއްޗެކޭ ނުބުނުމުން ގޮނޑިއެއް ކައިރިއަށް ގެނެސްގެން ނަދީމް އޭގައި އިށީނެވެ. އަދި ފާތުން ގަޔާކައިރިއަށް ގެނެސް ފާތުންގެ ބޯ ނަދީމްގެ ކޮނޑުގައި ބާއްވާލިއެވެ. އަދި މަޑުމަޑުން ފިރުމަން ފެށިއެވެ. “ފާތީ..! ތިހާ ވަރަށް ނުވިސްނަބަ.. ﷲ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ.. ފާތި ތިގޮތަށް ކަންތައް ކުރީމަ އެހެން މީހުންވެސް ކިހާ ދެރަވާނެ.. އައިރާއާ އެއްކޮށް އަލާންވެސް އެ އޮތީ ބަލި އެނދުގަ.. އެފަކީރު ދެންމެގަވެސް ހާލުދެރަވެގެން އުޅުނު. އަހަރުމެންނަށް ކުރެވޭނެކަމަކީ ހިތްވަރުކޮށްގެން ދުއާ ކުރުން.. އިންޝާ ﷲ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” “އަލާން ރަނގަޅުތަ؟” ފާތުން ކަންބޮޑުވުމާއެކު އަހާލިއެވެ. “މިހާރު ރަނގަޅު، އިރުކޮޅެއް ވެއްޖެ ހޭއެރިތާވެސް. ދެން ހިނގާބަ އެއްޗެއް ކާލަން. ހިތްވަރު ކުރަންވާނެ ފާތީ.” ނަދީމް އެހެން ބުނީ އަމިއްލަ ނަފްސަށްވެސް ވިސްނައިދޭ ކަހަލަ ގޮތަކަށެވެ. ފިރިހެނެއް ކަމަކު އޭނާވެސް އެދަނީ އައިރާއަށްޓަކައި އަޑިން ރޮމުންނެވެ.

 

ދުވަސްތައް ހަފްތާއަކަށްވެ ހަފްތާތައް މަހަކަށް ވެގެން ދިޔައިރުވެސް އައިރާ ހޭއަރާނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ޑޮކްޓަރުންގެ މޫނުމަތިން ނާއުންމީދުގެ ކުލަވަރުތައް ފެންނަން ފެށުމުން އެންމެން ތިބީ މާޔޫސްވެފައެވެ. މިކަމާހެދި ފާތުންގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ދަށަށެވެ. ދުވާލު ހަތަރުދަމު އެއްޗެއް ނުކައި ނުބޮއެ ހުރެގެން ފާތުންގެ ކަމަކީ އައިރާގެ ހާލާމެދު ރުއިމެވެ.

 

އަލާންގެ ހާލަތުވެސް ވަކިން ދެރައެއް ނޫނެވެ. އައިރާ ކޯމާއަކަށް ދިޔަކަން އެނގުނު ވަގުތު އަލާން ވަރަށް ގަދަޔަށް ރުޔެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރަން ފެށިއެވެ. އައިރާގާތަށް ދާން ދިމާކުރިއެވެ. ނަމަވެސް އަލާންގެ ހާލަތުގެ ގޮތުން ޑޮކްޓަރުން އަލާންގާތު އަރާމު ކުރުމަށް ނަސޭހަތް ލައިދެމުން ދިޔައެވެ. ނަމަވެސް އެއަށް ބީރު ކަންފަތެއް ދީގެން އަލާން އައިރާގާތަށް ދާން ވަރަށް މަސައްކަތް ކުރިއެވެ. އެންމެފަހުން އަލާން ގޮތްދޫނުކުރުމުން ފުރޮޅުލީ ގޮނޑިއެއްގައި އައިރާގާތަށް ގެންދިޔައެވެ. އެ ދުވަހުގެ ފަހުން އަލާން ގިނަ ވަގުތު ހުންނަނީ އެތާގައެވެ. މުޅި ހަށިގަނޑުގައި ކެތްނުވާވަރަށް ވޭން އަޅަމުން ދިޔައެއް ކަމަކު އެއަކަށް މާބޮޑު އަޅާލުމެއް ނުދީ އެތައް އިރަކު އައިރާއާ ވާހަކަ ދައްކަން ހުރެދާނެއެވެ. އަލާން ގެއަށް ދޫކޮށްލުމުންވެސް ގިނަވަގުތު ހޭދަކުރަނީ އެތާގައެވެ. ގިނަ ރޭރޭ ނުވެސް ނިދާނެއެވެ. ނިދަން އުޅުނަސް ނުނިދޭނެކަން އިނގޭތީ ކަންނޭންގެއެވެ. އެގޮތަށް އެއްދުވަހަކު އަލާން މާ ބޮޑަށް ހުންގަވަގެން ގެންދަން އުޅުމުންވެސް ގަދަހަދަން ފެށިއެވެ. އައިރާގާތު ހުންނާނީ ކަމަށް ބުނެ ގޮތުގައި ހިފަހައްޓައިގެން ހުއްޓެވެ. އެންމެފަހުން ހުން ގަދަވެގެން ހެއަށް ގޮތްގޮތް ވާން ފެށުމުން އަލާން ގޮތްދޫކޮށްފައި ދިޔައެވެ. ގޭގައި އޮންނަ ވަގުތެއްނަމަ އަބަދުވެސް އޮންނަނީ ފޫހިވެފައެވެ. އެނދުގައި އެއްކޮޅުން އަނެއްކޮޅަށް ފުރޮޅިލާ އޮންނަނީ އައިރާގެ ހިޔާލުގައެވެ. އައިރާއަށް އެހާލު ޖެއްސީ އޭނަކަމަށް އޭނާގެ ވިސްނުން ބުނަނީއެވެ. އެކަމާ ވިސްނޭވަރުން އަލާންއަށް ރަނގަޅަށް ނުނިދޭތާ މަހެއް ވެއްޖެއެވެ. އަލާންގެ ހާލަތު ރަނގަޅުނޫންކަން އެންމެނަށް އެނގުނެއްކަމަކު އަލާން އެކަމާ ދެކޮޅުހަދާތީ ދުރުދުރުން އަލާންގެ ހާލަތު ބަލަމުންދިޔައެވެ. ނަމަވެސް ހާލަތުގެ ސީރިއަސްކަން އެނގުނީ އެއްދުވަހަކު އެންމެން އާކިންމެންގޭގައި ސައިބޯން ތިއްބާ އަލާންއަށް ޕެނިކް އެޓޭކެއް ޖެހުމުންނެވެ. އޭގެފަހުން އަލާން ސައިކެޓްރިސްޓަކަށް ދައްކަން މަޖުބޫރުކުރުވިއެވެ. ދެކޮޅުހެދިއެއްކަމަކު އަލާންއަށް އެންމެފަހުނެ ޖެހުނީ އެއްބަސްވާށެވެ.

 

ދުވަސްތައް ފާއިތުވަމުންދާވަރަކަށް ދެއެވެ. އައިރާގެ ހާލަތު ހަމަ ކުރިއެކޭ އެއްގޮތެވެ. އެދުވަހު އައިރާގާތު ހުރީ ދީމާއެވެ. ދީމާހުރީ އައިރާއޮތް އެނދުކައިރީގައި އިން ގޮނޑިއެއްގައި އިށީންދެގެންނެވެ. އެވަގުތު އެތަނަށް ވަތް ޒިލާލްއަށް އެނދުގައި ބޯޖަހައިގެން އިން ދީމާފެނި ޒިލާލްގެ ހިތުގައި ރިއްސާލިއެވެ. މަޑުމަޑުން ދީމާގާތަށް ޖެހިލުމާއެކު ދީމާ އިސްއުފުލައި ޒިލާލްއަށް ބަލާލިއެވެ. ވަޅުވަދެފައިހުރި ދެލޯ ފެނުމުން ޒިލާލްގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. މަޑުމަޑުން ދީމާ ތެދުވެލުމާއެކު ޒިލާލް ދީމާގައިގާ ބައްދާލިއެވެ. އެއާއެކު ދީމާގެ ބަޑިފަޅައިގެން ދިޔައެވެ. މި ހުރިހާ ދުވަހު އެންމެ ހިތްވަރުކޮށްގެން ހުރި އެކަކަށް ދީމާ ވާނެއެވެ. އެހެނަސް އިންސާނަކަށް ކެތްކުރެވޭނީ ވަކި ވަރަކަށްތާއެވެ. އެއްވެސް ބަހެއް ނުބުނެ ދީމާ ރޯން ދީގެން ހުރި ޒިލާލްގެ ހިތް ފިސްފިސްވެގެންދިޔަހެން ހީވިއެވެ. އޭނާގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. ނަމަވެސް ކަރުނަތައް ހިންދާލައިގެން ހުރީ ދީމާ އިތުރަށް ސަކަރާތް ވެދާނެތީއެވެ. އެއީ ދީމާ ޒިލާލް ކުރިމަތީގައި ރޯ ފުރަތަމަ ފަހަރުކަމަށްވެސް ވީތީއެވެ.

 

“އައި ވޯންޓް ހާ ބެކް ޒެއްލު.. ދީ ބޭނުމެއްނޫން ކޮންމެދުވަހަކު އިރާ މިހާލުގަ އޮންނަތަން ބަލާކަށް. ބުނޭ އިރާ ހޭއަރާނޭ.. ދީއަކަށް ދެން ކެތެއްނުވާނެ.. ޑޮކްޓަރުންވެސް އުންމީދު ކަނޑާލަނީ. އައި ޑޯންޓް ވޯންޓު ލޫޒް ހާ ޒެއްލޫ..” ގިސްލަމުން ދިޔަ ދީމާއަށް ވާހަކަދެއްކުނީ ކިރިކިރިޔާއެވެ. “ޝްޝްޝް.. ހުއްޓާލާ ދެން.. އިރާ ނޫޅެޔޭ ދީ ދޫކޮށްފަ ދާކަށް.. އިރާ އެއީ ވަރަށް އިތްވަރުގަދަ ކުއްޖެއް. ޝީ ކޭން ފައިޓް ދިސް.. އައި ބިލީވް އިން ހާ.. ޖަސްޓް ލައިކް އައި ބިލީވް އިން ޔޫ.. ދީ މިހުރިހާ ދުވަހު ހިތްވަރު ކޮށްފަ މިހާރު ކިހިނެތްތިވީ؟؟ މްމްމް؟؟ ދެން ނުދައްކައްޗޭ އެކަހަލަ ވާހަކަ.. އިނގޭ؟؟ އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” އެތައް ވާހަކައެއް ދައްކައިގެން އެންމެފަހުން ޒިލާލް ދީމާ ހަމަޔަކަށް އެޅުވިއެވެ. “ހިނގާދޯ މިރޭ ބޭރަށްދާން.. ސައިކަލުގަ ބުރެއްޖަހާލާފަ ކާން ގޮސްލާފަ، ޖަސްޓް ޔޫ އެންޑް މީ..” “އާ ޔޫ އާސްކިން މޭ އައުޓް އޮން އަ ޑޭޓް ޒެއްލު؟” ހަމައަކަށް އެޅިފައިވާ ދީމާ ޒިލާލްގެ އެދުމަށް ރައްދުދެމުން ސުވާލުކޮށްލިއެވެ. “އެހެންވެސް ބުނެވިދާނެ.. ދީ ބޭނުން ގޮތަކަށް ވިސްނިޔަސް ހެޔޮ. އެކަމު މިރޭ ވާނެ އިޝާ ފަހުން ޒެއްލުއާ އެއްކޮށް ބޭރަށް ދާން. ޕްލީޒް..” އާދޭސްކުރާ ރާގަކަށް ޒިލާލް ބުންޏެވެ.

 

ދީމާއަށް އެއްޗެއް ނުބުނެވެނީސް، ޔައިލީއާއި އާކިން އެތަނަށް ވަނެއެވެ. ޔައިލީގެ އަތުގައި އައިރާއަށް އެންމެ ކަމުދާ ލިލީ މާބޮނޑިއެއްވެސް އޮތެވެ. އެތަންފެނި ދީމާއަށް ހިނިތުންވެވުނެވެ. އެދެކުދިންނަށް ވަގުތުކޮޅެއްދެމުން ޒިލާލް އާކިންގާތަށް ޖެހިލިއެވެ. ޒިލާލްއާއި އާކިން އެތާގައިން ސޯފާގައި ތިބިއިރު، ޔައިލީއާ ދީމާ ތިބީ އައިރާގެ އެނދުކައިރީގައެވެ. މިވަގުތު އެދެކުދިން ކަރުނަ ނޭޅިޔަސް، ހިތުގެ އަޑިން އައިރާއަށްޓަކައި ހިތާމަނުކުރާ ދުވަހެއް ނުދެއެވެ. މަހެއް ވެގެން ދިޔައިރުވެސް އައިރާގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނާތީ އެދެކުދިން ތިބެނީ އަޑިން ރޯލަރޯލައެވެ. ކޮންމެ ނަމާދަކަށްފަހު އައިރާއަށް ހެޔޮގޮތް މިންވަރުކުރައްވާތޯ ދުޢާކުރެއެވެ. ޑޮކްޓަރުންގެ އުންމީދު ކުޑަވިއަސް އެދެކުދިންގެ އުންމީދު އަދި އޮތީއެވެ. އެވަގުތު އައިރާގެ މަންމައާއި ބައްޕަ އެތަނަށް އައެވެ. “ކޮބާ އަލާން؟” ޒިލާލް އާކިންގާތު އަހާލިއެވެ. “ނޭނގެ. އޭނަ ނުނަގަ ފޯނެއް.. ލައްކަ ފަހަރު ގުޅައިފިން މިހާރު.” އާކިން ޖަވާބުދިނުމާއެކު ޔައިލީ ނަދާއަށް ގުޅާފައި އަލާން ކޮބައިތޯ ބެލިއެވެ. އަލާން ނުކައިހުރިކަން އެނގުމުން ޔައިލީއާ ދީމާ އަދި އާކިންއާ ޒިލާލް އެގެއަށް ދިޔައެވެ. މެންދުރުވަންދެން އެމީހުން ކުރިކަމަކީ އަލާން ބޭރަށް ކާން ދިޔުމަށް އެއްބަސް ކުރުވުމެވެ. އެމީހުން ކުރުނުކުރުމުން އެންމެފަހުން އަލާން އެމީހުންނާއެކު ދިޔައެވެ.

 

މެންދުރުވަގުތެވެ. އެ އެންމެން އެމްބީއަށް ކާންދިޔައެވެ. އެމީހުންގެ ތެރޭގައި ވާހަކަ ދެކެވުނެއް ކަމަކު އައިރާނެތުމުން އެހެން ކަހަލަ ފަޅުކަމެއް އެންމެނަށްވެސް އިހުސާސް ކުރެވެމުން ދިޔައެވެ. ހާއްސަކޮށް އަލާންއެވެ. އެހެންވެ އަލާން ހުރީ ވަރަށް މަޑުންނެވެ. ކިރިޔާ ކާކަމެވެ. “އެލަން ދެން ތި ކައިބަލަ. ތިހެން ހަދަންޏާ ފަހުން ބޭނުވިޔަސް ނުގެންނާނަން އިނގޭ ކާކަށް..” ޔައިލީ އަލާންކައިރީ އެހެން ބުނެލީ އެތާގެ ފަޅުކަން ފިލުވާލަންނެވެ. “ޔައި ކާން ނުދިނަސް މަށަށް ކެވޭނޭ ހަމަ. ލާރި ނެތީކީނޫންވިއްޔާ..” އެހެން ބުނެފައި އަލާން ކާންފެށިއެވެ. “އެލަން އެއްޗެއް އަހާލަންތަ؟” އާކިން ބުންޏެވެ. ބަދަލުގައި އަލާން ހްމްމް ލައްވާލިއެވެ. “އަސްލު ކިނެއް އެދުވަހު އެކްސިޑެންޓުވީ؟” ވަރަށް ސީރިއަސް ރާގަކަށް އާކިން އަހާލިއެވެ. އެއާއެކު އަލާންއަށް ލިބުނު ކުއްލި ސިހުމާއެކު އާކިންއަށް ބަލާލެވުނެވެ. އަލާން ހީކޮށްގެން ހުރީ އެއްވެސް މީހަކު އެވާހަކަ ނާހާނެ ކަމަށެވެ. ނަމަވެސް އެއީ ވާނެކަމެއް ނޫންތާއެވެ. ކެއުން މަޑުޖައްސާލާފައި އަލާން ފުން ނޭވައެއް ދޫކޮށްލިއެވެ. ހީވަނީ އެދުވަސް އަލާން ކުރިމަތިން ފެންނަހެނެވެ. އެއާއެކު މަޑުމަޑުން ލޯމަރާލިތަނާ ލެއިން ތަތްތެޅިފައޮތް އައިރާ ސިފަވުމާއެކު ކުއްލިއަކަށް ލޯހުޅުވާފައި އަލާންއަށް ފުން ނޭވާތަކެއް ލެވެން ފެށުނެވެ. އަލާންއަށް ވާންފެށިގޮތުން މިދެއްކުނީ ރަނގަޅުވާހަކައެއްނޫންކަން ވިސްނި އަލާން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. ފަސްވަރަކަށް މިނެޓުފަހުން އަލާންއަށް މަޑުމަޑުން ނޭވާލެވެން ފެށުނެވެ. އަދި އެތާގަ އިން ފެންފުޅި އެއްކޮށް ހުސްކޮށްލިއެވެ. “ބްރޯ އޯކޭތަ؟ ތިހެންވާނެކަން އެނގުންނަމަ އެވާހަކަ ނުވެސް ދެއްކީމުސް. ވަރަށް ސޮރީ..” ހާސްވެފައިހުރެ އާކިން އަލާންގާތު ބުންޏެވެ. އިރުކޮޅެއްފަހުން އަލާން އެއްކޮށް ހަމައަކަށް އެޅުމާއެކު އެމީހުންގެ ތެރޭގައި ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ.

 

“މަ އިރާ ގޮވައިގެން ސައިކުގަ އޭނަ އޮފީހަށްލާންދާން ދިޔަ މަގުމަތީގަ އިރާ ސައިނުބޮއެ ހުރިކަން އެނގުނީމަ ދިޔައީ ކައިރީ ފިހާރައަކަށް. ގޮއްސަ ނައްޓާލިތަނުން ޕިކަޕެއް އައިސް ޖެއްސީކަމެއް ޖެހުނީކަމެއް ނޭނގެ.. ދެން ވީގޮތެއް ނޭނގެ. އިނގޭހާވެސް އެއްޗަކީ އެ ޕިކަޕު ދުއްވަން ހުރި މީހާ ދުވެފައި ދިޔަކަން. އޭގެފަހުން ފެނުނީ އިރާ…” ބުނަން އޮތް ޖުމުލަ މެދުކަނޑާލީ އަލާންއަށް އިތުރަށް ކުރިޔަށް ނުގެންދެވުމުންނެވެ. މާނައަކީ އެއީ އެކްސިޑެންޓެއް ނޫނޭތަ؟ ގަސްތުގައި ކުރި ކަމަކަށް ވެއްޖިއްޔާ މިކަން ވަރަށް ސީރިއަސް ވެއްޖެއްނު.” ޒިލާލް ސީރިއަސް ވެލަމުން ބުންޏެވެ. އާކިންވެސް އެއްބަސްވަމުން ބޯޖަހާލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ކުޑަ ވަގުތުކޮޅެކެވެ. އެންމެންވެސް ތިބީ ފުން ހިޔާލަކަށް ގެއްލިފައެވެ. ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ އެކަހަލަ ކަމެއް ވާނޭ ކަމަށް އެއްވެއް މީހަކު ހިޔާލެއް ނުކުރެއެވެ. ނަމަވެސް އެކަން އެއޮތީވެފަތާއެވެ. އެކަންކުރީ ކާކުކަމާމެދުވެސް ހިޔާލުކޮއްލަން ދައްޗެވެ.

 

“އެހަކަށް އެވާހަކަ ފަހަށް ބާއްވަންވީއެއްނު؟ އޭއި.. އެލަން ތި ނުކަންޏާ ގެނޭ މަށަށް..” އަލާންގެ ތައްޓަށް ބަލަމުން އާކިން ބުންޏެވެ. “މިއޮށް އިންސާނެއް.. އެ ބޮޑު ބާގާ ކައިގެންވެސް ބަނޑެއް ނުފުރުނު؟ މިހާރުވެސް އަލާން ނުކައިގެން މިއުޅެނީ. އުޅޭއިރު އާކީ ތިހެން ހެދީމަ ކިހިނެތް ވާނީ؟ މި އަލާނުވެސް ހިކިކަމުން ހީވަނީ ދަނޑިކޮޅެއްހެން. އިރާ ހުރިނަމަ ބުނާނެ ވަރުގަދަ އެއްޗެކޭ އެލަންއާ ދިމާލަށް” ޔައިލީ އާކިންއާ ދިމާލަށް އެއްޗެހި ގޮވަމުން އަލާންއާ ދިމާކުރަމުން ދިޔުމާއެކު ބުނުމާއެކު އަލާންއަށް އިޚްތިޔާރަކާ ނުލާ ހިނިތުންވެވުނެވެ. “އެތެދެއް.. ބުނަން ލަސްވެފަ ޔަގީންވިއްޔާ ހުންނާނީ.. ދޯ ޔައި” ދީމާ ޔައިލީއަށް ދޯދިނެވެ. “އޭނަ ބުނާނެ އަސްލު މާކަނައަކާ ވައްތަރުވާނޭ މިހާރު..” ދީމާވެސް އެބުނީ މުޅިއަކުން ދޮގެއް ނޫނެވެ. އެމީހުންނަށް އައިރާ ދަސްވެފައި ހުރިވަރެވެ. އެކުވެރިކަމުގެ ނަމޫނާ ބައެކެވެ. ދުރުގައި ހުއްޓަސް އަބަދުވެސް އެކުގައިވާ ބައެކެވެ. ގުޅުން ކިހާ ވަރުގަދަހެއްޔެވެ؟ އަލާންވެސް އެ މަޖަލުގައި ބައިވެރިވީ އައިރާ އެތާގައި އެމީހުނާ އެއްކޮށް ހުރިކަމަށް ހަދައިގެންނެވެ. އައިރާގެ ވާހަކަދެކެވެން ފެށުމާއެކު އަލާންގެ މޫނުމަތީގައި މައުނަވީ ހިނިތުންވުމެއްވިކަން އެންމެނަށް ވެސް ފާހަގަވިއެވެ. އަލާންގެ އެ ހިނިތުންވުމުންނާ ލޮލުގައިވާ ވިދުވަރުން އެންމެންވެސް އުފާވިއެވެ. އައިރާގެ މޮޅުކަމާއެވެ.

 

ކައި ނިމެގެން އެންމެން ހޮސްޕިޓަލުގައި ރޭގަނޑުވަންދެން އައިރާގާތު މަޑުކޮށްފައި އަލާން އެތާގައި މަޑުކުރާނީއޭ ބުނުމުން އޭނަ ބަހައްޓާފައި ބާކީ ތިބި މީހުން ދާން ނިކުތެވެ. އޭޑީކޭ ހޮސްޕިޓަލަށް ވަންނަ ދޮރު ކައިރީ އެ ހަތަރު މީހުން މަޑުކޮށްގެން ތިއްބާ ޔައިލީ ކުއްލިއަކަށް ފަހަތް ބަލާލީ މީހަކު އެމީހުންނަށް ބަލަން ހުރިހެން ހީވެގެންނެވެ. ނަމަވެސް މީހަކު ފެންނަން ނެތުމުން އެއީ ޔައިލީ ހިތަށް އެރި އެއްޗެއް ކަމަށް ނިންމާފައި ދީމާއަށް އަލްވަދާއު ކިޔާފައި އޭނާ ޒިލާލްއާ އެއްކޮށް ކާރުގައި ދިޔުމުން އާކިންއާއެއްކޮށް ސައިކަލުގައި ދުއްވާލަންދިޔައީ ހިތްހަމަޖައްސާލާށެވެ.

 

އެދެލޯބިވެރިން ސައިކަލުގައި މާލެއާއި ހުޅުމާލެ އެއްކޮށްހެން ކުޑަކުރިއެވެ. ދޮޅުގަޑިއިރުވަންދެން ސައިކަލު ދުއްވާފައި ހުޅުމާލެގައި އިންނަ ލުއިބުއިމަށްގޮސް މިލްކްޝޭކް ބުޔެވެ.

އެވަގުތުކޮޅުގައި އާކިންއަށް ޔައިލީގެ ހިމޭންކަން ފާހަގަވެ ހިޔާލަކަށް ގެއްލިފައިން ޔައިލީގެ އަތުގައި ހިފާލިއެވެ. އެއާއެކު ޔައިލީ އާކިންއާ ދިމާލަށް ބަލާލިވަގުތު ވަރަށް ލޯބިން ޔައިލީއާ ދިމާލަށް ބަލަންހުރިތަން ފެނުމުން ޔައިލީގެ ނޭވާ ކުޑަވަގުތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އެކީގައި 5 އަހަރުވެގެންދިޔައިރުވެސް އާކިންގެ އެ އަސަރުގަދަ ބެލުންތަކުން ޔައިލީ ލަދުނުގަންނަ ފަހަރެއް ނުދެއެވެ. ކަޅުކަންގަދަ ދިގު އެސްފިޔަތަށް އެ މަޑު މުށިކުލައިގެ ދެލޯ ހިޔާކޮށްދޭއިރު ބަލައިލާ ކޮންމެ ފަހަރަކު ޔައިލީއަށް ވާގޮތް ޚުދު ޔައިލީއަކަށްވެސް ނޭނގެއެވެ. އެހާވެސް އަސަރުގަދައެވެ. ފުން ކަނޑެއްފަދަ ދެލޮލަށް ބަލަން އެތަށްއިރަކު ޔައިލީ ހުރެދާނެއެވެ. ތުންފަތުގައި ރީތި މައުނަވީ ހިނިތުންވުމެއް ވާއިރު މަންޒަރު އިތުރަށް ފުރިހަމަވާފަދައެވެ. ރީތިވަރަކަށް ތުނބުޅިއަކާ މަތިމަހެއް ހުރިއިރު ބާލާލާއިރު އެއީ ސައުވީސް އަހަރުގެ ފިރިހެނެކޭ އެއްވެސް މީހަކު ނުބުނާނެވެ.

 

އަނެއްކޮޅުން އާކިންގެ ހާލަކީތޯއެވެ. ޔައިލީގެ ދެލޮލަށް ގެއްލިފައި ހުރީ އިތުރު އެހެން ތަނަކަށް ނަޒަރު ހިންގާލުމެއްނެތިއެވެ. ބޮޑު ދެލޮލާއި ކުޑަ ނޭފަތެއް ލިބިފައިވާއިރު ޔައިލީއަކީ ދޮންދޮން އޮމާން ހަންގަނޑެއްގެ ރީތިވެރިއެކެވެ. ބަލާބަލާ ފޫއްސެއްނުވާނެޔޭ އާކިންގެ ހިތަށް އެރިއެވެ. މުޅި އުމުރަށް އެ މަޑުމައިތިރި ސޫރަ އޭނާގާތުގައި ހުންނަން އާކިން ވަރަށް ބޭނުންވެއެވެ. އެހެންކަމުން އާކިން މިރޭ ކުރަން އުޅޭކަމާމެދު ހިތުގައި ކުޑަކޮށްވެސް ޝައްކެއްނެތެވެ. ކުޑައިރުއްސުރެ އޭނާގެ ހިތްއަތުލި ކުއްޖާ އޭނަގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން އާކިންހުރީ ނިންމައިގެންނެވެ. މިއަދަކުއެއްނޫނެވެ. މީގެ އަހަރުތަކެއް ކުރީންނެވެ. މޫނުމަތިން އެއްވެސް އަސަރެއް ދައްކާނުލިއެއްކަމަކު އާކިންގެ ހިތްވަނީ އަވަސްވެފައެވެ. އާކިންގެ ސިކުނޑިއަށް އަންނަމުންދިޔަ ހިޔާލުތަކުން އާކިންއަށް އިޚްތިޔާރަކާނުލާ ޔައިލީގެ އަތަށް ބާރުކޮށްލެވުނެވެ. އެއާއެކު ޔައިލީ އާކިންއަށް ފުން ހިނިތުންވުމެއްދިނެވެ.

 

“ޔައި ކަމެއްވީތަ މާ މަޑުން ތިހުންނަނީ؟ ހޮސްޕިޓަލުން ނިކުތީއްސުތެ ތިހުންނަނީ އެއްޗެކޭ ނުބުނެ. އާކި އަށް ކަމެއް ކުރެވުނީތަ؟” ހިޔާލުތަކުން ބޭރުވެ އާކިން ޔައިލީއާ ސުވާލުކޮށްލީ ޔައިލީ މިރޭ މާ މަޑުން ހުރުމުން އެކަމާ އުނދަގޫވެގެންނެވެ. “ނޫން އެހެނެއް ނޫން.. މިދެތިން ދުވަހު މާގިނައިން މީހަކު ފެންނާތީ އެކަމާ އުނދަގޫވެފަ މިހުންނަނީ.. އާކި ކައިރީ ކުރިން ބުނަން އުޅެފަ ފަހުން އަޅާނުލީ އޭނަ ކަމެއްކުރަން އުޅޭހެން ހީނުވާތީ.. އެކަމު މިރޭ ހޮސްޕިޓަލުން ނިކުތްގަޑީގައި އޭނަ އެތާހުރިހެން ހީވީ.. ނޭނގެ ކީއްވެކަމެއް. އެކަމް ފަހުން އޭނަ ފެންނަން ނެތީމަ އަޅާނުލީ.. ޑޫ ޔޫ ތިންކް ދިސް އިޒް އަ ކޮއިންސިޑެންސް؟” ކިޔައިދޭން ނުކިޔައިދޭން ހުރެފައި އެންމެފަހުން ޔައިލީ އެހުރިހާ ވާހަކައެއް ކިޔައިދިނެވެ. އާކިން އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ޔައިލީގެ ނުތަނަވަސްކަން ދެގުނަވެގެން ދިޔައެވެ. “އެއްޗެކޭ ބުނެބަ.. ޕްލީޒް” އާދޭހުގެ ރާގަކަށް ޔައިލީ ބުންޏެވެ. “ދެން އެކަހަލަ އެއްވެސް އެއްޗެއް ސިއްރު ނުކުރައްޗޭ އިނގޭ.. ދުވަހަކުވެސް.. ދެން އެމީހަކު ފެނިއްޖެއްޔާ ބުނައްޗޭ… އޯކޭ؟” ޔައިލީ ހީކުރިގޮތާ ޚިލާފަށް އާކިން ކަންތައްކުރީ ވަރަށް މަޑުމައިތިރިކޮށެވެ. ރުޅީގެ އެއްވެސް އަސަރެއްނެތެވެ. ކުޑަކުއްޖަކަށް ނަސޭހަތްލައިދޭހެން އާކިން ޔައިލީއަށް ނަސޭހަތް ލައިދިނުމަށްފަހު ޔައިލީ އަތުގައި ބޮސްދިނެވެ. އެކަމާ ޔައިލީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ ދުވަހަކުވެސް ނޭވާނުލާ ހުރެފައި ނޭވާއެއްލީހެންނެވެ. ބޮލުން ބޮޑު ބަރެއް ދިޔަކަމުގެ އިހުސާސް ޔައިލީއަށް އެވަގުތު ކުރިއެވެ. “މާލެ ދާކަށް ނުވޭތަ؟ މާ ލަސްވެއްޖެއްނު؟” ޔައިލީ ސުވާލުކޮށްލީ އާކިން އެއްވެސް ވަރަކަށް ދާހިޔާލު ނުކުރުމުންނެވެ. “ދާންވީ ހަމަ..” ފުޅާ ހިނިތުންވުމަކާއެކު އަތުގައި އަޅާފައިން ގަޑިއަށް ބަލާލަމުން އާކިން އެތަނުން ތެދުވިއެވެ. ކުއްލިއަކަށް އާކިންއަށް އެވީގޮތުން ޔައިލީއަށް ހެވުނެވެ.

 

ދެމީހުންވެސް ސައިކަލަށް އަރާ ނައްޓާލީ މާލެއަށެވެ. ގެއަށްގޮސް ލިފްޓަށްއަރާފައި ޔައިލީ އުޅޭ ފްލޯއަށް ފިއްތުމުގެކުރިން އާކިން ފިއްތާލީ ޓެރަހަށެވެ. ސުވާލު އުފެދިފައިހުރެ ޔައިލީ އާކިންއަށް ބަލާލިއެވެ. ނަމަވެސް ޔައިލީއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އާކިން ޔައިލީގެ ލޮލުގައި އަތް އެޅިއެވެ. އަދި ޓެރަހަށް ދެވެންދެން އެއްވެސް ސުވާލެއްނުކޮށް ހުންނަން ބުނީ ޔައިލީ ސުވާލުކުރަން ބޭނުންވެފައި ހުރިލެއްބޮޑުކަން ފެނިފައެވެ. ޓެރަހަށް ދެވުމާއެކު ޔައިލީގޮވައިގެން އާކިން ޓެރަހަށް ނިކުތެވެ. ވަކި ހިސާބަކަށް ހިނގާފައި ހުއްޓުމުން ޔައިލީވެސް ހުއްޓުނެވެ. ޔައިލީގާތު ލޯމަރައިގެން ހުންނަން ބުނެފައި ލޯމަތިން އަތްނެގުމުން ނުތަނަވަސްވެފައި ހުރި ޔައިލީ އާކިންއަށް ގޮވާލީ އާކިންގެ އަތުގެ އިހުސާސް ނުވާތީއެވެ. ނަމަވެސް އާކިންގެ އިޝާރާތާއެކު ޔައިލީ ލޯހުޅުވާލައި ވެގެން އުޅޭގޮތެއް އަހަން ހުޅުވާލި އަނގަ ލައްޕަން ޖެހުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. ލޮލުން ކަރުނަ ނީރާލީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ ކުރިމަތީގައި އެއްފައިމައްޗަށް ތިރިވެގެން އެހުރީ އާކިންނޫން ދެވަނަ މީހެއް ނޫނެވެ. ހިތެއްގެ ބައްޓަމަށް ބޮޑު ސްޓޭންޑެއް އިންއިރު ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ޖަރީކުރެވިފައިވާ އެ ހިތުން ފަނޑު އަލިކަމެއްވެސް ވެއެވެ. ކުރިމަތީގައި ރަތް ފިޔަތަކުން މަގެއްހެދިފައިވެއެވެ. އެމަގުގެ ދެފަރާތުގައި އުއްބައްތީގެ ފަނޑުއަލިން މުޅިތަންވަނީ ދިއްލިފައެވެ. އާކިންގެ ހަރަކާތުން ހައިރާންވެފައިހުރި ޔައިލީއަށް އިތުރު ސިހުމެއްލިބުނީ އެބޮޑު ހިތުގެ މެދުގައި އިނގިރޭސި އަކުރުން ‘ވިލް ޔޫ މެރީ މީ’ ޖަހާފައިން ނިއޮން ލައިޓެއް ރީތިގޮތަކަށް އެލުވާފައި އިންތަން ފެނިފައެވެ. މަޑުމަޑުން ޔައިލީ އާކިންގާތަށް ދިޔައެވެ. އާކިންކައިރީ ހުއްޓިފައި ޔައިލީ ބަލައިލީ އާކިންގެ އަތުގައި އިން ފޮއްޓަށެވެ. އެފޮށީގެ ތެރޭގައި ރީތި ރިހި އަނގޮޓިއެއްވިއެވެ. ޔައިލީއަށް އެއަށްބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހުރިހާ ކަމެއް ކުރަން އާކިންގެ ހިޔާލަށްއައީ ކިހިނެތްބާއެވެ؟ އެ އަނގޮޓިއަށް ގެއްލިހުރި ޔައިލީއަށް އެހެންދިމާއަކަށް ބަލާލެވުނީ އެދިމާލަކުން އައްޔެއް އެޅުމުންނެވެ. އެތާނގާއި ފޮޓޯގްރަފަރަކު ހުރިކަންވެސް އެނގުނީ އަދި ކިރިޔާއެވެ. އެއާއެކު ޔައިލީ އާކިންއާ ދިމާލަށް ބަލާލީ ކަރުނަވީ ލޮލަކާއެކުއެވެ.

 

“ޔައި..” ޔައިލީގެ އަތުގައި ބޮސްދެމުން އާކިން ފެށިއެވެ. “އުފަންވީއްސުރެ އަހަރުމެން އުޅުނީ އެއްކޮށް.. ގާތް ރަހުމަތްތެރިންގެ ގޮތުގައި.. އެކަމު އެ ހުރިހާ ކަމެއް ބަދަލުވީ ކޮން އިރަކުކަމެއްވެސް ނޭނގެ.. އަހަރެން ޔައި ދެކެ ލޯބިވެވެންފެށުނީ.. ޔައި ކޮއްލާ ކުދިކުދި ކަންކަމުންވެސް ހިތްފުރިގެންދޭ.. ޔައި ދެރަވީމަ އަހަރެންވެސް ދެރަވޭ، ޔައި ރޯތަންފެނުނީމަ ހިތް ކުދިކުދިވޭ.. ޔައިއާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވޭ.. ޔައި ނެތްތާކު ޔައިމަތިން ވަރަށް ހަނދާންވޭ.. ޔައިގާތަށް ދާން ބޭނުންވޭ.. ކަމެއްވެދާނެތީ ބިރުގަނޭ.. ބޭނުންވަނީ ޔައިއާއެކު މުޅި އުމުރު ހޭދަކުރަން.. ޔައިގެ ހަޔާތުގެ ބައިވެރިއަށްވާން.. ޔައި ކުރާކޮންމެ ކަމެއްގައި އެހީވާން އެންމެ ކުރީސަފުގައި ހުންނަން.. ފަސް އަހަރުވަންދެން ރައްޓެހިވެގެން އުޅެވިއްޖެ.. ވަރަށް ސޮރީ މިހާ ލަސްކޮށްފަ މިކަމާ އުޅެވޭތީވެސް.. އެކަމު އަހަރެން ބޭނުންވީ ޔައިއަށް ވަގުތުދޭން.. ދެމީހުންވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ބަޔަކަށް ވެވެންދެން މަޑުކުރަން.. އަހަންނަކަށް ދެނެއް ޔައިއާ ދުރުގައެއް ނޫޅެވޭނެ.. ބޭނުންވަނީ ޔައިއާ އެއްކޮށް ދިރިއުޅުމެއްފަށަން.. އެކީކަ ލޯބިލޯބި އާއިލާއެއް ބިނާކުރަން.. އަހަރުމެންވެސް ކޮންމެވެސް ދުވަހަކުން މިދުނިޔެ ދޫކޮށްފަ ހިނގައިދާނެ.. އެކަމު އެދުވަސް އަންނައިރު އަހަރެން ބޭނުމީ ޔައި އަހަރެންގެ އަނބީގެ ގޮތުގައިހުރެ ވަކިވެދާން.. ޔައިގެ ފިރީގެގޮތުގައި ވަކިވެދާން.. ސޯ.. އައިމިނަތް ޔައިލީ… ވިލް ޔޫ މެރީ މީ؟ އަހަންނަށް ޔައިގެ ހަޔާތުގެ ބައިވެރިއަށް ވުމުގެ ޝަރަފު ލިބޭނެތަ؟”

“ޔެސް..”

 

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lilac

Level 1

Just a girl who is badly in love to read and write stories. Also, a girl who gets inspired by all sorts of ideas and willing to touch everyone's hearts with beautiful stories <3✨

Other Articles

Previous

ހަންޖަރު 10

Next

މާސްކު (ޕާޓް 21)

Next
October 13, 2025

މާސްކު (ޕާޓް 21)

Previews
October 12, 2025

ހަންޖަރު 10

6 Comments!

  1. Lilac says:
    October 13, 2025 at 2:46 pm

    Heyy guys!!! Im back!!! Mi vhk medhukandaalevunythy kiyuntheringe kibain vrh bodah maafah edhen. Hope you enjoy my story.. with lots of love, Lilac ❤️

  2. 🌷 says:
    October 13, 2025 at 8:25 pm

    Alhamdulillah..ur back
    Haadha inthizaar kuraa vhk ekey miii
    Plzz ira ah gth nuhadhahcbey
    Eii ayyash tha ehn e hedhii??? Mi buny accident scene ga???
    Nuny yaily ah e fehnany ayyash tha???
    Ira rangalhu vyma kanne yai mn marry kuraany
    PLZ next part thankolheh avaha gensdheveynetha??
    Lyysmm

  3. nasira says:
    October 14, 2025 at 1:18 am

    mi kon vaahakaeh

  4. izza says:
    October 14, 2025 at 1:19 am

    mi kon vaahakaeh

  5. Anonymous says:
    October 15, 2025 at 12:11 am

    bro spawns every year upload a few episodes and disappear for the rest of the year

    1. Ehkala Soru says:
      October 19, 2025 at 9:11 pm

      Its understandable that it takes time and effort for the episodes to keep them coming. Worth the wait!

Comments are closed.

Next Episodeލޯބިވެވުނީ 16←


All Right Reserved!