Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރިމަވީމޭ 5

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 14, 2025 4 Mins Read
6 Comments

ކައި ނިމުމުން އިރުކޮޅަކު ދުއްވާލަން އުޅިފައި 30 10 ވުމުން ނިކްޔާން ޔޫއާ ގެއަށް ގެނެސް ދިނެވެ. ސައިކަލުން ފައިބާފައި ނިކްޔާންއަށް ހިނިތުންވުމެއް ދީފައި ޔޫއާ ހިނގައިގަތެވެ. ”ޔޫ…“ ނިކްޔާން ގޮވާލިއެވެ. ނިކްޔާން ގޮވާލުމުން ޔޫއާ ފަސް އެނބުރުނެވެ. ”މީހުން ރުޅި އެރުވުމަކީ ޔާންގެ މިޒާޖު.. އެކަމަކުވެސް ޔާންއަށް ކައިވެނި ކޮއްގެން ޔޫއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީންކަން ޔާން ދޭން..“ ނިކްޔާން އެހެންބުނެ، ސައިކަލު ދުއްވާލިއެވެ. ޔޫއާއަށް ހިނިތުންވެވުނެވެ.

(5 ވަނަ ބައި)

ދުވަސްތަށް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ގޮސް ދުވަހަކީ ޔޫއާ އާއި ނިކްޔާންގެ ކައިވެނި ކުރެވޭ ދުވަހެވެ. ލޯގަނޑު ކުރިމަތީގައި މޭކްއަޕް ކުރަން އިން ޔޫއާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ގުނަމުން މިދަނީ ”ޔޫއާ“ ގެ ގޮތުގައި އޭނާ ހޭދަ ކުރާނެ އެންމެ ފަހު ދުވަސްކޮޅެވެ. ދެން ޔޫއާ އަކީ ”ޔޫއާ“ އެއްނޫނެވެ. ޔޫއާ އަކީ ނިކްޔާންގެ ”އަންހެނުން“ ނެވެ. މިއީ ޔޫއާ އޭނާގެ ދިރިއުޅުން ސިފަ ކުރި ގޮތެއްވެސް ނޫނެވެ. ދުވަހެއްގެ ކޮޅުން ބޭނުންވީ ގޮތެއްވެސް ނޫނެވެ، ތަގްދީރުގެ ނިޔާ ދިމާކުރި ގޮތެވެ. ޔޫއާ ތައްޔާރު ކުރަން ތިބި ކުދިން އޭނާ ރީތިކޮއް ނިމުމުން އަތުގައި ހިފާ ލޯގަނޑު ކައިރީގައި ބެހެއްޓިއެވެ.

ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމާއި ގުޅުވައިގެން ހުދު ކުލައިގެ ޝޯލްއެއް އަޅުވާލާފައިވީ އިރު ޔޫއާގެ ދޮން މޫނު ފެންނަނީ ސާދަ ވިލޭރޭގެ ހަނދުހާ ފުރިހަމަ ކޮށެވެ. ޔޫއާގެ ބޮލުގައި އިން ޝޯލް ޖަރީ ކުރުމުގެ ގޮތުން ބޮލުގައި ހުދު ކުލައިގެ ތާޖެއް އިން އިރު ލައިގެން ހުރި ހެދުމުގައި ޑިސްކޯ ހުރި އިރު އަތުގައި މާތަކެއް ހަރުކޮއްފައި ހުއްޓެވެ. މޫނު މަތީގައި ލުއި ކޮރެއަން މޭކަޕްއެއް ހުރި އިރު ޔޫއާގެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ.

”މާޝާ ﷲ ދަރިފުޅު ވަރަށް ލޯބި“ އެވަގުތު ކޮޓަރިއަށް ވައިން ޔަޒީދާ ބުންޏެވެ. ޔޫއާ ފަހަތަށް އެނބުރި މަންމައަށް ފުރިހަމަ ހިނިތުން ވުމެއް ހަދިޔާ ކޮއްލިއެވެ. ޔަޒީދާ ފުރަގަހުގައި ހިނާޔާ އުރައިގެން ހިދާޔާވެސް ހުއްޓެވެ. ”މާޝާ ދޮންތިގެ ނާޔޫ ޕްރިންސެސް ހާދާ ލޯބިއޭ..“ ހިނާޔާ އުރާލަމުން ޔޫއާ ބުނެލިއެވެ. ހިނާޔާ ލައްވާފައި ހުރި ކުޑަ ހުދު ކުލައިގެ ހެދުން ކޮޅުގައި ޑިސްކޯ ހުރި އިރު ޔޫއާގެ ހެދުމުގައި ހުރި ކަހަލަ މާތަކެއް ޖަހާފައި ހުއްޓެވެ. ހިނާޔާގެ ބޮލުގައި މަލެއް އިން ހުދު ކުލައިގެ ބޭންޑްއެއް އަޅާލާފައިވީ އިރު ވަރަށްވެސް ލޯތްބެވެ.

”ހިނގާ ދަމާ..“ ޔަޒީދާ ބުންޏެވެ. ޔޫއާ ހީލިއެވެ. ހިދާޔާއަދި ޔަޒީދާގެ އަތުގައި ހިފައިގެން ޔޫއާ ގޮސް ކާރަށް އެރިއެވެ. މަޑު ދުވެއްޔެއްގައި ކާރު ގޮސް މަޑު ކޮއްލީ ރަށު އަތިރި މަތީގައެވެ. އޭރު ޔޫއާގެ އިންތިޒާރުގައި ހުމައިދު ހުއްޓެވެ. ”މާޝާ ﷲ ދަރިފުޅު ވަރަށް ރީތި“ ހުމައިދު ހީލާފައި ބުންޏެވެ. އަދި ޔޫއާގެ އަތުގައި ހިފާލިއެވެ.

ހުމައިދު އަދި ޔަޒީދާގެ އަތުގައި ހިފައިގެން ޔޫއާ ހިނގައިގަތެވެ. ކައިވެނި ކުރެވެން ހަމަ ޖެހިފައިވީ މަންޒިލްގައި ޔޫއާގެ އިންތިޒާރުގައި ނިކްޔާން ހުއްޓެވެ. ކަޅު ކުލައިގެ ޓޮކްސީޑޯ އަކާއި އެކު އެތެރެއިން ހުދު ގަމީހެއް ލައިގެން ހުރި އިރު ނިކްޔާން ވަރަށްވެސް ފުރިހަމައެވެ. ނިކްޔާންގެ ފަން ދިގު އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލެވިފައިވީ އިރު އަންހެން ކުދިންތަށް ހޭނެތޭހާ ރީއްޗެވެ.

”ދަރިފުޅާ.. މިއަދު ވަރަށް އިތުބާރާއި އެކު ބައްޕަގެ މިހުރި ހަމަ އެކަނި އަންހެން ދަރިފުޅު ދަރިފުޅާ މިހަވާލު ކުރަނީ.. ޔޫއާ ރަނގަޅު ގޮތުގައި ބަލައްޗޭ..“ ޔޫއާގެ އަތް ނިކްޔާންގެ އަތަށް ލަމުން ހުމައިދު ބުންޏެވެ. ނިކްޔާން ހިނިތުންވެލާފައި ބޯޖަހާލިއެވެ. އަދި ޔޫއާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި އިށީނެވެ.

ކައިވެނީގެ މަޖިލީސް ފެށިގެން ދިޔަ އިރު ޔޫއާ އަދި ނިކްޔާންގެވެސް ހުރިހާ ސަމާލު ކަމެއް ހުއްޓިފައި ހުރީ ގާޒީގެ ވާހަކަ ކޮޅަށެވެ. ”އަނބި ގަބޫލު ކޮއްފިންތަ؟“ ގާޒީ ސުވާލު ކޮއްލިއެވެ. ނިކްޔާން ލަސް ލަހުން ޔޫއާގެ މޫނަށް ބަލައިލިއެވެ. އަދި ހިނިތުން ވެލިއެވެ. ”އަނބި ގަބޫލު ކޮއްފިން…“ ނިކްޔާން ބުނެލިއެވެ. ޔޫއާއަށް ދެލޯ މަރާލެވުނެވެ. އެމަންޒަރު ބަލަން ދުރުގައި އޭނާ ހުއްޓެވެ. އޭނާ އަވަސް އަވަހަށް ނޭވާ ލަމުން ދިޔަ އިރު ދެލޮލުގައި ރުޅިވެރިކަންވީ އޭގެ އިންތިހާއަށެވެ.

ކައިވެނީގެ ހަފްލާ ނިމުމުން ޔޫއާއަށް ތަފާތު އިހުސާސްތަކެއް މަރްހަބާ ކިޔެވެ. ލޯބިވާ މަންމައާއި ބައްޕަގެ އިތުރުން ދޮންބެއާއި ހިނާޔާ އަދި ހިދާޔާ ދޫކޮއްލާފައި ދާން ވުމުން ޔޫއާގެ ހިތުގައި ރިއްސާލިއެވެ. ޔަޒީދާގެ ހަށިގަނޑުގައި ބައްދާލުމާއި އެކު އެހުރިހާ އިހުސާސްތައް ކަރުނައިގެ ސިފައިގައި ނިކުތެވެ.

”ހުއްޓާލާ ދަރިފުޅާ.. ދަރިފުޅާ.. ބަސް އަހައިގެން އުޅެއްޗޭ…“ ޔަޒީދާގެ ދެލޮލުގައި ހުރި ކަރުނަތަށް ފުހެން މަސައްކަތް ކުރަމުން ޔަޒީދާ ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ދެލޮލުން ކަރުނަ ފުހެލާފައި ޔަޒީދާ ގާތުގައި ހުރި ޔޫއާން އުރުގައި އިން ހިނާޔާ އުރާލިއެވެ. ”ނާޔޫ.. ދޮންތި ވަރަށް މިސްވާނެ.. ކޮންމެ ދުވަހަކު އަންނާނަން އިނގޭ ނާޔޫ ގާތަށް.. ދޮންތި ވަރަށް ލޯބިވޭ..“ ޔޫއާ މަޑު މަޑުން ބުންޏެވެ. އަދި ހިދާޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. ”އެންމެ ފަހުން ޔޫގަނޑު ދަނީދޯ؟“ ޔޫއާގެ ކޮލުގައި ހިފާލަމުން ޔޫއާން ބުންޏެވެ. ޔޫއާ ހީލިއެވެ. އަދި ޔޫއާންގެ ހަށިގަނޑުގައި ބައްދާލިއެވެ.

އެންމެނަށް ވަދާޢީ ސަމާލް ކިޔާފައި ކާރަށް އަރައިގެން ޔޫއާ ދިޔައީ ނިކްޔާންގެ ގެއަށެވެ. ބަރުހިތަކާއި އެކުއެވެ. ނަމަވެސް ފެށެން އުޅޭ އައު ދިރިއުޅުމަށް ތައްޔާރު ވެގެންނެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު ޔޫއާ ހާސްވާން ފެށިއެވެ. ދެން މިރޭ ކަންވާނީ ކިހިނެތް ބާއެވެ؟ ”ޔޫ؟“ ބިރުން ހުރި ޔޫއާ ސިހުނީ ނިކްޔާން ގޮވާލުމުންނެވެ. ”ޔެސް؟“ ޔޫއާގެ އަޑުގައި ހުރި ތުރުތުރުލުން ނިކްޔާން އަކަށް ސިއްރެއް ނުކުރެވުނެވެ. ”ހެހެ ހާދަ ބިރުން ތިހުރީ؟ ޔާން ނޫޅެމޭ ކަމެއް ކުރާކަށް. ޔޫގެ ނުގަބޫލުގަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން.. ޔޫ ޔާންއާއި އެކު ސްލީޕް ކުރަން ބޭނުން ނޫނީ ޔާން ފޯސްއެއް ނުކުރާނަމޭ“ ނިކްޔާން ބުނެލިއެވެ. ޔޫއާ ހިނިތުންވެލިއެވެ.

”އަން.. މިއީ ޔާންގެ ކައިވެނީގެ ހަދިޔާ“ ޔޫއާ އަތަށް ސިޓީ އުރައެއް ދެމުން ނިކްޔާން ބުންޏެވެ. ޔޫއާ ނިތް ހިއްލާލާފައި އޭގައި ހިފިއެވެ. ”ޔޫ އާރް އެކްސެޕްޓެޑް ޓު އެމް.އެން.ޔޫ ފޯރް ފައުންޑޭޝަން އިން ނާސިންގް…؟“ އޭގައި އިން އެތި ޔޫއާ ބާރަށް ކިޔާލިއެވެ. އޭރު ނިކްޔާން ހީލައިގެން ހުއްޓެވެ. ”ޔާން… މިއީ…؟ ޔޫއަށްތަ؟“ ޔޫއާ އަހާލީ ޔަގީން ކޮއްލުމަށެވެ. ނިކްޔާން ބޯޖަހާލިއެވެ. ”އެކަމަކު.. ޔޫގެ ބައްޕަ އޯކޭއެއް ނޫނޭ ޔޫ ކިޔަވާކަށް.. ދެން-“

”އޭރު ޔޫ ހުރީ ޔޫގެ ބައްޕަގެ ބެލުމުގެ ދަށުގައެއްނުން؟ މިހާރު ޔޫ ތިހުރީ ޔާންގެ ބެލުމުގެ ދަށުގަ. ޔޫގެ ހަޔާތުގެ މިކަހަލަ ނިންމުން ތަކުގައި އެއްބާރުލުން ދޭން ޖެހޭނީ މިހާރު ޔާންއަށް.. ޔާން ޔޫ ކިޔަވަން އެހީވެދޭނަން. ހުރިހާ ހަރަދެއް ކޮއްދޭނަން.. ޔޫ ކިޔަވާ ނިމުމުން ޔޫ ބޭނުމިއްޔާމުން ޔޫ ވަރިވެސް ކޮއްދޭނަން..“ ނިކްޔާން ހިނިތުންވުމަކާއި އެކު ބުންޏެވެ.

ޔޫއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނިކްޔާންއާއި ދިމާލަށް ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ. ”ތެންކްޔޫ ސޯ މަޗް“ ޔޫއާ ބުންޏެވެ. ”ތެންކްސް ގަބޫލު ކުރެވޭނީ ރަނގަޅަށް ކިޔަވާ ނަރުހަކަށް ވެވުނީމަ. ހެހެ“ ނިކްޔާން ހީލިއެވެ. ”ޔެސް… ޔޫ ވަރަށް ރަނގަޅަށް ކިޔަވާނަން.. ޕްރޮމިސް“ ޔޫއާ އެސިޓީ އުރަ މޭގައި ޖައްސާލިއެވެ. ނިކްޔާން ހީލިއެވެ. އަދި ނިދަންލާ ޓީޝާޓްއާއި ސޯޓު ހިފައިގެން ފާޙާނާއާއި ދިމާލަށް ދިޔައެވެ.

”ޔޫ އެއްޗެހި ބަދަލު ކޮއްލާ. ނިމުނީމަ ގޮވާލާ އޭރުން ނިކުންނާނަން“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ބޮލުގައި އިން ޝޯލް ބާލާފައި ޔޫއާ ކައިވެނީގެ ހެދުން ބަދަލު ކޮއްލިއެވެ. އަދި ފާހާނާ ދޮރުގައި ޓަކި ޖަހާލިއެވެ. ”ނިމިއްޖެ“ ޔޫއާ ޓަކި ޖަހާލުމުން ނިކްޔާން ނިކުތެވެ. އަދި ބާލީހާއި ފޮތިގަނޑެއް ހިފައިގެން ސޯފާގައި އޮށޯއޮތެވެ. ”ޔޫ ނިދާ އެނދުގަ“

ފާހާނާއަށް ވަދެ ޔޫއާ މޫނު ދޮވެލިއެވެ. އޭރު ޔޫއާގެ މޫނު މަތީގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. ނިކްޔާން އަކީ ޔޫއާ ހީކުރިހާ ”ފޮނި“ މީހެއް ނޫންތާއެވެ.

(ނުނިމޭ)

ހަވަނަބައިގެ ތެރެއިން:

އެހެނަސް ޔޫއާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މައެއްގެ އުންމީދު ހަލާކު ކޮއްލެވުނު ކަހަލަ އިހުސާސެކެވެ. ނިކްޔާނާއެކު އުޅޭކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނިކްޔާންގެ މޫނަށް އެރި ކުލަވަރުން ޔޫއާގެ މޫޑު ވަކިން ހަރާބު ވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މާސްކު (ޕާޓް 22)

Next

ހިތުގެ ރިހުން (36)

Next
October 14, 2025

ހިތުގެ ރިހުން (36)

Previews
October 13, 2025

މާސްކު (ޕާޓް 22)

6 Comments!

  1. ENGENE GIRL says:
    October 14, 2025 at 9:54 am

    Curiously waiting for the next ep♡♡♡

    1. shihaamaa ali shihaamaa ali says:
      October 14, 2025 at 6:41 pm

      Next in sha allah on friday

  2. Stay girl says:
    October 14, 2025 at 7:19 pm

    Next episode yes

    1. shihaamaa ali shihaamaa ali says:
      October 15, 2025 at 2:06 pm

      in sha allah on friday

  3. HUBBY IS MINE NOT URS PHOTOSYNTHESIS GROUP PIPS. says:
    October 16, 2025 at 11:01 am

    Hi shiherr! Hanjaru nellany kn day ehga???????

    1. shihaamaa ali shihaamaa ali says:
      October 16, 2025 at 12:34 pm

      In sha allah on friday.. i was busy yesterday thats why i couldnt upload

Comments are closed.

Next Episodeވަފާތެރިމަވީމޭ 6←


All Right Reserved!