Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 10

afu.shvvn
afu.shvvn Level 110 Stories
October 11, 2025 5 Mins Read
2 Comments

ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. މީހުންގެ ވާހަކަތައް އަޑު އިވޭއިރުވެސް އޭނާގެ ހިތް ހީވަނީ މޭތެރެއިން ފަޅާފައި ނިކުންނަން އުޅޭ ހެންނެވެ. ކަރުނަތަށް ހިފަހައްޓައިލައިގެން ހުރެ، ނުރޯން ކިތަންމެ ވަރަކަށް މަސައްކަތްކުރަން އުޅުނު ނަމަވެސްމެއެވެ. ހިސާބަކަށް ދެވުމާއިއެކު އޭނާއަށް ފެނުނީ ކެފޭއެއްގެ ތެރޭގައި ވާހަކަ ދައްކައި ހެމުން ކާން ތިބި ދެ ޒުވާނުންނެވެ. އެތާއިން ފިރިހެން ކުއްޖާއަކީ ނުހައިކްކަން ވަކިކުރަން އޭނާއަށް މާކަ ގިނައިރުތަކެއް ނުވިއެވެ. ނުހައިކްގެ ކުރިމަތީގައި އިން ރީތި ހުސްކުރި އަންހެން ކުއްޖާ ފެނި، އޭނާގެ ހިތަށް ތެދުވެލިއެވެ.

ހިންދިރުވައިލުމަށްފަހު ބަލަހައްޓައިގެން ހުއްޓުން އަރައިފައި ހުރި ޒީކް ސިހުނީ މަޑުމަޑު އަތަކުން އޭނާގެ މުލައްދަނޑީގައި މަޑުން ހިފުމަށްފަހު އެހެން ދިމާލަކަށް އެ މީހަކު ގެންދަން ފެށުމުންނެވެ. ޒީކްއަށް ހައިރާންވެފައި ފަހަތުން އޭނާގެ ބައިމަތިފުޅާ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނެވެ.

“އިޓްސް އޯކޭ ޓު ކްރައި.” އެ ޒުވާނާގެ ފިރިހެންވަންތަ އަޑުން މަޑުމަޑުން ބުނެލި ބަސްކޮޅާއިއެކު ޒީކްގެ ދެލޮލަށް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

މީހުން މަދު ހިސާބެއްގައި އެ ޒުވާނާ ހުއްޓެލައި ޒީކް އާއި ދިމާލަށް އެނބުރެލިއެވެ. ކުރިމަތީގައި ހުރީ ޔާނިއުއެވެ. ކަރުނަވީ ލޮލަކާއިއެކު ބަލަހައްޓައިގެން ހުރި ޒީކްއަށް ޔާނިއު މަޑުމަޑުން ބޯ ޖަހައިލިއެވެ. ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. އަބަދަކު ޒީކް ހިތާމަކުރާކަށް ނުޖެހޭނެއެވެ. އެ ބަސްތައް ބުނާހެން ހީވާ ކަހަލައެވެ.

ކަރުގައި އަޅައިފައިވި ރަން ފަށުގެ އެހަށް ބާރުކޮށްލަމުން އޭނާ އަނެއް ފަރާތަށް އެނބުރުނެވެ. އެއާއިއެކު އޭނާގެ މަޑު ގިސްލުމުގެ އަޑު ޔާނިއުގެ ކަންފަތާއި ހިސާބަށް ފޯރިއެވެ. ހަމްދަރުދީއާއިއެކު ޒީކް އާއި ދިމާލަށް ބަލަހައްޓައިގެން ޔާނިއު ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެފައި ކަރުނަތައް ފުހެލަމުން ޔާނިއާއި ދިމާލަށް ޒީކް އެނބުރުނެވެ.

“ނުހައިކް…” ޒީކް ބުނަން ފެށި ވާހަކަ ހުއްޓުނީ ޔާނިއު ވާހަކަ ދައްކަން ފެށުމުންނެވެ.

“އަހަރެން ނުބުނާނަން، ޒީކް. ނުހައިކްގެ ގާތަކުވެސް އަދި އެހެން އެއްވެސް މީހެއްގެ ގާތުގައި ވެސް.” ޔާނިއު މަޑުމައިތިރި ކަމާއިއެކު ބުންޏެވެ.

“ތެންކިޔު.” ޒީކް ޔާނިއުއަށް ބަލައިލީ ޝުކުރުގެ ނަޒަރަކުންނެވެ.

“ޒީ. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަ. އެބައުޓް ނުހައިކް..” ޔާނިއު މަޑުމަޑުން ކުރިއަށް ހިނގަން ފެށިއެވެ.

ޒީކްވެސް ފަސްފަހަތުން ގޮސް ނުހައިކް އާއި އެއްވަރުކޮށްލިއެވެ. ދައްކަން އުޅޭ ވާހަކައަށް އޭނާ ފުރިހަމައަށް ސަމާލުކަންދިނެވެ.

“ޒީ، ކުރީގެ ދުވަސްތަކަށް ވިސްނާފަ، އެދުވަސްތަކުން އެއްޗެއް ދަސްކޮށްބަލަ. އަނެއްކާ ކުރިން އެ ކަންތައް ތަކުރާރު ވި ފަދައިން މި ފަހަރުވެސް އެ ކަން ތަކުރާރުވެދާނެ. ޒީއަށް ހަމަ ރަނގަޅަކަށް އަހަރެން މި ބުނަނީ. އަހަރެމެންނާއި އެކު އުޅުނު ކަމުގައި ވިޔަސް.. ކީޕް ޑިސްޓެންސް ފްރޮމް ނުހައިކް. ހީ އިޒް ބޭޑް ނިއުސް. ޒީއަށް ރަނގަޅަށް އިނގޭނެ.” ޔާނިއު އެހެން ބުނިއިރު އޭނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ.

“ޒީއަށް އިނގެއޭ. އެކަމަކު..” ޒީކްއަށް މިފަހަރު ދެއްކޭނެ ބަހަނާއެއްވެސް ނެތެވެ.

“އެކަމަކު..؟” ޔާނިއު ނިތް އަރުވައިލީ ޒީކްގެ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައިންނެވެ.

“ޔާނިއު ތި ބުނީ ހަމަ ރަނގަޅަށް. ހާސް ނުވޭ. އަހަރެން ނޫޅެން އެ ކުޅިގަނޑު ފަށާކަށް މިފަހަރަކު. އައިމް ނެވަރ ގެޓިން އިންވޯލްވްޑް ވިތް ހިމް ދިސް ޓައިމް.” ޒީކް ޔަޤީންކަމާއިއެކު ބުނެލިއެވެ.

ޔާނިއުއަށް މުޅިއެކު އެ ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ނުހައިކްގެ ގޮތް ރަނގަޅަށް އިނގެއެވެ. ޒީކް ބޭނުންވާހާ ކަމެއް ބޭނުން ގޮތަކަށް އެހާ ފަސޭހައަކުން އޭނާއެއް ދުލެއް ނުކުރާނެވެ. އެކަމުގައިވެސް އޭނާ ބޭނުންކުރަން އެންމެ މޮޅުވާނީ އޭނާގެ ބަސްތެކެވެ. ޔާނިއުއަށް އިނގެއެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ނުހައިކް ޒީކް ހައްލައިލާނެއެވެ. އެހެން ނަމަވެސް ނުހައިކްގެ ސަބަބުން މި ފަހަރު ޒީކްއަށް ދެރަގޮތެއް ވުމަކަށް އޭނާއެއް ނޭދެއެވެ. އޭނާ ޒީކް އާއި ކައިރީގައި ހުރިހާ ހިނދަކު ނުހައިކްގެ ކިބައިން ސަލާމަތް ކުރެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ.

“ޔާނިއު، ކޮން ކަމަކާ ތި ވިސްނަނީ؟” ޒީކްގެ އަޑަށް ޔާނިއުއަށް ހިޔާލުތަކުން ބޭރުވެވުނެވެ.

“ޒީއަށް ޓްރީޓެއް ދޭންވީ ތޯ މި ވިސްނަނީ. ޒީ މާ ދެރަވެފަ ހުންނާތީ.” އެންމިޔަނަކަށް ހީލަމުން ޔާނިއު އެހެން ބުނެލީ ޖީބަށް އަތް ޖަހައިލަމުންނެވެ.

“އެހެންތަ؟ އަހަރެން ބޭނުމީ ބޯބާ.” ލާނެތް ގޮތަކަށް ހީލަމުން ޒީކް ބުނެލިއެވެ.

ޔާނިއު ހެވިފައި ބޯ ޖަހައިލަމުން ކައިރީގައި ހުރި އެހެން ކެފޭއަކަށް ޒީކް އާއިއެކުވަނެވެ. ޒީކް އުފަލުން ގޮތެއް ނެތެވެ. ކުރިން ރުއިކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ބޯބާ ލިބުމާއިއެކު ވާހަކަދައްކައި ހީލަމުން ބޯބާ ބުއިއިރު ދެންމެ ރޮއިފައި ހުރިހެން ހީވެސް ނުވެއެވެ. ޒީކްގެ ހިނިތުންވުން ފެނިފައި ޔާނިއުގެ ހިތަށް ވެސް ލިބުނީ ހަމަޖެހުމެވެ. ބޯބާ ބޮއި ނިމުމާއިއެކު ކުޑަކޮށް ހިނގައިލައިފައި ޒީކް ގެއަށް ލައިދިނުމަށް ޔާނިއު ދިޔައެވެ. އެއިރު ޖޯލިފަތީގައި އިށީނދެ އުޝާންއިނެވެ.

“ޔާނިއު؟” ޒީކްގެ ގާތުގައި ހުރި ޔާނިއު ފެނުމާއިއެކު އުޝާން ހީލިއެވެ.

“އާނ. ޒީ ނިކުމެ އުޅުނުއިރު ބަނދަރު މަތިން ދިމާވީ. އެހެންވެ ދެމީހުން އެއްކޮށް ހިނގާލާފަ މި އައީ.” ޔާނިއު ބުނެލިއެވެ.

“ކޮބާ ނުހައިކް؟” އުޝާންގެ އެ ސުވާލާއިއެކު ޒީކްގެ މޫނު މައްޗަށް އައި އެ ބަދަލު ނުހަނު ރީއްޗަށް ޔާނިއުއަށް ފާހަގަވިއެވެ.

“ރަށު ކުއްޖަކާއި ބައްދަލުކޮށްލަން ދިޔައީ.” ޔާނިއު މަޑުމަޑުން ބުނެލިއެވެ.

“ދޮންބޭ. އަހަރެން ދަނީ އިނގޭ އޮށޯންނަން. ވަރަށް ޓަޔަރޑް.” އާފުރެލަމުން ޒީކް އެތެރެއަށް ވަންނަން ދިޔައެވެ.

“ގުޑް ނައިޓް، ޔާން.” ޒީކް ގޮވައިލި އަޑު އިވުނެވެ.

ޔާނިއުވެސް ބަދަލުގައި ގުޑް ނައިޓް އޭ ގޮވައިލިއެވެ. އެއަށްފަހު އުޝާންގެ ގާތުގައި އިން ޖޯލީގައި އިށީނެވެ.

“އަހަރެންގެ ގާތުގައި ޒީގެ އެއްވެސް ސުވާލެއް އަހައިގެން ވާނެ ފައިދާއެއް ނޯންނާނެ. އެންމެ ރަނގަޅުވާނީ ޒީގެ ފަރާތުން އުޝާންއަށް އިނގުނިއްޔާ. ވަގުތު ޖެހުނީމަ ޒީ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނެ.” އުޝާން އަނގަ ހުޅުވާތަށް ފެނިފައި ޔާނިއު ބުންޏެވެ.
“އެންމެ ރަނގަޅު. މާދަމާ ކަމެއް އެބޮތްތަ؟” ޔާނިއުގެ ފަރާތުން ޒީކްގެ އެއްވެސް ވާހަކައެއް ނުނެރެވޭނެކަން އިނގުމުން އުޝާން މާޔޫސްވި ނަމަވެސް އެހެން ވާހަކައެއް ފެށިއެވެ.

“ނޫނޭ. އަދި ނެތް.” ޔާނިއު އޭނާގެ ފޯނު ހުޅުވައިލަމުން ޖަވާބުދިނެވެ.

އެ ދެޒުވާނުން ވާހަކަ ދައްކަން ފެށުމާއިއެކު ގިނައިރުތަކެއް ނުވެ، އެކުވެރިކަން ބަދަހިވާން ފަށައިފިއެވެ. ޒީކް އެތެރެއަށް ވަތްއިރު އަލްޔާ އާއި މަލްކާ ފެންނަ ހިސާބަކު ނެތެވެ. ހީވާ ގޮތުން ނަމަ، އެ ދެ ޒުވާނުން ވީ ބޭރުގައެވެ. އެކަމާއި މާކަ ބޮޑު އަޅައިލުމެއް ނެތި، ޒީކް ގޮސް ވަދުނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ އެނދަށް ހަމަ ވެއްޓިގަތުމާއިއެކު އޭނާގެ ފޯނު ރިންގުވަން ފަށައިފިއެވެ. ކޯލަރ އައިޑީއަށް ބަލައިލިއިރު ގުޅަނީ ނުހައިކްއެވެ.

ނުހައިކްގެ ނަން އަރައިފައި އިންތަން ފެނުމާއިއެކު އެއްވެސް ކަމަކާއި ނުލައި އޭނާގެ ގާތަށް ރުޅި އާދެވުނެވެ. އޭނާ އަމިއްލައަށް ކަޅި އަނބުރައިލަމުން ފޯނު ސައިލެންޓް ކޮށްލުމަށްފަހު ބޭއްވިއެވެ. ނަމަވެސް އަނެއްކާވެސް ނުހައިކް ގުޅަން ފެށިއެވެ. މިފަހަރުވެސް އޭނާ ފޯނެއް ނުނެގިއެވެ. ތިން ވަނަ ފަހަރަށް ގުޅަން ފެށުމާއިއެކު އެނދުގައި ރަނގަޅަށް އިށީނދެލަމުން އެރި ރުޅީގައި ފޯނު ނަގައި ކަންފަތާއި ކައިރިކޮށްލައިފިއެވެ.

“ވަޓް؟” ޒީކް ވާހަކަދެއްކީ ރުންކުރުވެފައި އިނދެއެވެ.

ޒީކްގެ ރުންކުރު އަޑު އިވިފައި ނުހައިކް އެކޮޅުން ޖަހައިލި ހިނިގަނޑުގެ އަޑު އިވުނެވެ. އެ އަޑު އިވުމާއިއެކު ޒީކްގެ ރުޅިގަނޑަށް ހީވީ އިތުރު ދަރުތަކެއް އުކާލި ހެންނެވެ.

“ނުހައިކް މޮޔަވެގެން ތަ ތި އުޅެނީ؟” އަދިވެސް ހަމަ އެ ރުޅިގަނޑުގައި ހުރެ، ޒީކް އެއްސެވެ.

“ޒިޒީ ހާދަ މޫޑީވެފަ ތި އިނީ؟ ޕީރިއަޑް ވީ ތަ؟” އެއްވެސް ލަދަކާއި ނުލައި ނުހައިކް އަހައިލި ސުވާލުން ޒީކްގެ މޫނު ލަދުން ގޮސް ރަތްވިއެވެ.

“އެ މަޖާ އޭ. ޒިޒީ މާ ރުޅި އައިސްފަ އިނީމަ ހެއްވާލަން ބުނި އެއްޗެއް.” ޒީކް އިތުރަށް އެއްޗެކޭ ނުބުނުމުން ނުހައިކް އަނެއްކާވެސް ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ.

“ހުއް. ހެވޭ ދެން. ކީތްކުރަން ތި ގުޅީ.” ޒީކްގެ ރުޅިގަނޑު ކުޑަކޮށް މަޑުވިހެން ހީވިއެވެ.

“ޒިޒީމެންގެ ހަބަރެއް ނުވާތީވެ، ޒިޒީ މަތިން މިސްވެގެން.” ނުހައިކް ގެ އަޑުގައިވި ލާނެތްކަން ޒީކްއަށް ސިއްރެއް ނުވިއެވެ.

އެހެން ނަމަވެސް، ޒީކްއަށް ނޭނގުނުކަމަކީ އެ ބަސްތަކުގައި ކޮންމެވެސް ވަރަކަށް ތެދުވެރިކަންވެސް ވީ ކަމެވެ. ޒީކް އަނެއްކާވެސް ކަޅި އަނބުރައިލިއެވެ. އޭނާގެ ހަނދާނަށް އައީ މިރޭ ނުހައިކް އާއި ލިޝާ ކެފޭގައި އެކުގައި ތިބި ހަނދާނެވެ.

“އަދިވެސް އަހަރެން ރުޅިއަރުވަންތަ ތި އުޅެނީ؟” ޒީކް ދަތްކުނޑި ވިކަމުން އެއްސެވެ.

“ނޫން. ޒިޒީ ދެން ތި ރުޅިގަނޑު މައިތިރިކުރަންވެއްޖެ އެއްނު؟ ރަނގަޅަށް އެއްޗެކޭ ބުނެވޭކަށްވެސް ނޯންނާނެ.” ނުހައިކް ބޯ ހޫރުވައިލިއެވެ.

“ހިނގާ މާދަން އެންމެން އެއްވެލަން. އީދުގަ ކުރާނެ ކަންތައްތައް ވެސް ޑިސްކަސްކޮށްލަން ވާނެ އެއްނު؟” ޒީކް އިތުރަށް ރުޅިއަރުވަން ނޫޅެ، ނުހައިކް މައުލޫ ބަދަލުކޮށްލިއެވެ.

“އޯކޭ. މާދަން ހެނދުނު ތަ؟” ޒީކް އަހައިލިއެވެ.

“އާނ. ތި ގޭގަ. އޯކޭ އެއްނު؟” ނުހައިކް ބުންޏެވެ.

“އޯކޭ. ނުކައި އަންނައްޗޭ. އަހަރެން ސައި ހަދާނަން. ޔާން ކައިރީވެސް ބުނެލައްޗޭ.” ޒީކް ބުނެލިއެވެ.

ނުހައިކް އާއެކޭ ބުނެލިއެވެ. ދެން އެ ދެމެދު ވަށައިލީ ހިމޭންކަމެވެ. ބުނަން ބޭނުން ވާ އެއްޗެއް ނެތީއެއް ނޫނެވެ. ބުނަން ހުރި ވާހަކަތައް މާ ގިނައީއެވެ.

“ގޭގަ ތަ؟” ޒީކް ހިތާ ދެކޮޅަށް އެންމެ ފަހުން އެ ސުވާލުވެސް ދުލުން ބޭރުވީއެވެ.

“ހުމްމްމްމް.. ކިހިނެތް ވީ؟” ޒީކްއަށް ނުފެނުނު ކަމުގައި ވިޔަސް ނުހައިކްގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ.

“އަހާލީ. ދަނީ އިނގޭ، ވަރަށް ނިދި އާދޭ އެބަ. ގުޑް ނައިޓް.” އެއްފައްޗަކަށް ހުރިހާ އެއްޗެއް މަޅައިލުމަށްފަހު ޒީކް ފޯނު ކަނޑައިލައިފިއެވެ.

“ގުޑް ނައިޓް ޓު ޔޫ ޓޫ، ޒިޒީ..” ޒީކް ފޯނު ކަނޑައިލިއިރު ފޯނު ކަންފަތާއި ކައިރިކޮށްލައިގެން ވައި އަޑުން ނުހައިކް އެހެން ބުނެލިއިރު އަދިވެސް އެ ތުންފަތުގައި ވީ އެ ހިނިތުންވުމެވެ.

“ނުހައިކް؟ ހާދަ އިރެކޭ ތި ނަގަނީ.” އުނަގަނޑުގައި އަތް ވިއްދައިލަމުން ލިޝާ އައިސް ނުހައިކްގެ ގާތުގައި ހުއްޓުނެވެ.

އާއެކެވެ. އޭނާ ދޮގު ހެދީއެވެ. އޭނާ އަދިވެސް ހުރީ ބޭރުގައެވެ. ޔާނިއު އާއިއެކު ޒީކް ކުޑަ އިރުކޮޅެއް ކުރިން ބޭރުން ފެނުމާއިއެކު ނުހައިކް ޒީކްއަށް ގުޅީއެވެ. އޭނާގެ ހިތް ބިރުގަތީއެވެ. ކީތްވެ ކަމެއް ނޭނގުނެވެ. ނޫނެކެވެ. ކީތްވެ ކަން އެނގުނުކަމުގައި ވިޔަސް ނޭނގޭ ކަމަށް ހެދީއެވެ. ލިޝާގެ ގާތުގައި ރައްޓެއްސަކަށް ގުޅަން ޖެހޭ ކަމަށް ބުނެ ދުރަށް ގޮސް އެ ގުޅީ ޒީކްއަށެވެ.

“ސޮރީ، ލިޝް.” ރީތި ހިނިތުންވުމަކާއި އެކު ނުހައިކް ހިނގައިގައިގަތުމާއިއެކު ވާހަކައެއް ފަށަމުން ލިޝާވެސް ފަސްފަހަތުން ހިނގައިގަތެވެ.

އެ ރޭގެ އެ ހިތްގައިމު ވަގުތުގައި އެއްބައި ހިތްތައް ހިތާމައާއިއެކު ފޯވަމުން ދިޔައެވެ. އަނެއްބައި ހިތްތަކުގައި އެކުވެރިކަން އާލާވަމުން ދިޔައެވެ. އަނެއްބައި ހިތްތަކުގައި ލޯތްބާއި އުންމީދު އާވަމުން ދިޔައިރު އަނެއްބައި ހިތްތަކުގެ ސިއްރު ވަނީ މުޅިއެކުހެން ކަޝްފުވެފައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ޕިޔަދަ 13

Next

ތިޔައީ މަގޭ މިތުރާއޭ 6

Next
October 11, 2025

ތިޔައީ މަގޭ މިތުރާއޭ 6

Previews
October 11, 2025

ޕިޔަދަ 13

2 Comments!

  1. 🤍Naiii🤍 says:
    October 11, 2025 at 6:44 pm

    Hii Afshyn☺️
    How are you long time no sees I think I know you did you make tiktok and did you upload it and where you from are you from kaashidhoo

    1. afu.shvvn af.shyn says:
      October 11, 2025 at 7:54 pm

      hello, hehe yeah, some things came up and i got busy so i paused writing for a while. but rn im back in track. oh no, i dont make tiktoks heheheh. im actually from LH Atoll.

Comments are closed.

Next Episodeވިހަ ލޯބި 11←


All Right Reserved!