ހިތުގެ ރިހުން (35)
“ބުނަން ވާހަކަ އެއް.. މިންހާ އެއް ކަމަކު އަހަންނޭ ކިޔައިން ވާހަކަ ދެއްކޭނެ ޖާގައެއް ނޯންނާނެ… ބައްޕަ މިންހާ ދެކެ ދަރިއެއް ފަދައިން ދެކޭތީ އަހަރެން އަޅާނުލާ މިހުންނަނީ..” ނޫރާ ޝަހާދަތް އިގިލި ކިރިޔާ މިންހާ މޫނުގައި ޖެހޭ ނުޖެހޭ ހިސާބު ދިއްކޮށްލައިން ހުރެ ބުނެލިއެވެ.
“ދަރިފުޅާ ނޫރާ.. ދެން އިހަށް ދޭ ގެޔަށް.. ބައްޕަ ގުޅާނަން ކަންކަން ހަމަޔަކަށް އެޅުނީމަ..” މިންހާ އާއި ނޫރާ އިތުރަށް ކޯޅިދާނެތީ މަންސޫރު ބުނެލިއެވެ.
ނޫރާ ބާރު ހިގުމެއްގައި ނިކުމެގެން ދިޔައެވެ. ހުޝާމް ވެސް ނޫރާ ފަހަތުން ނިކުތެވެ.
“ނޫރާ… ނޫރާ…. އޭ ލޯބީ” އައިސް ހުރި ރުޅީގައި ހުޝާމް ގޮވާ އަޑެއްވެސް ނޫރާއަކަށް ނީވޭ ކަހަލައެވެ. ނަމަވެސް ހުޝާމް ތަންކޮޅެއް ބާރަށް ލޯބީ އޭ ބުނުމުން އޭނާ ހިނގުން މަޑުކޮށްލިއެވެ.
“މިންހާ ދެކެ އަންނަ ރުޅި އަހަންނަށްވެސް ބާލަނީތަ؟” ދުވެފައި ކަހަލަ ގޮތަކަށް އައިސް ނޫރާ އަތުގައި ހިފާލުމަށްފަހު ހުޝާމް އަހާލިއެވެ.
“އަހަރެން އެއް އިރެއްގަވެސް މިންހާ ދެކެ ރުޅި އެއް ނާންނަން.. އަހަރެން ދެރަވީ ޔާސިން ކަންތައް ކުރި ގޮތުން. އެއްގޮތަކަށްވެސް މިންހާ އެކަމުގަ ކުއްވެރިކޮށް އޭނަ ދެކެ ރުޅިއައިސް އޭނަ އަކަށް ހަސަދައެއް ނުލަން.. އެކަމް އަހަންނަށް އިނގޭ އަހަރެންދެކެ މިންހާ ވަރަށް ރުޅިއަންނަކަން.. އަހަރެން މީ ޔާސިން ގެ އެކްސް އަށްވެފަ ޔާސިން އަހަރެންދެކެ ލޯބި ވީމަ…” ނޫރާ ހުޝާމްއަށް ބަލާލިއެވެ. ފިރިހެނުން އާންމުކޮށް އެމީހުން ލޯބިވާ އަންހެނަކު އެހެން ފިރިހެނެއް ވާހަކަ ދައްކާ ނަމަ އެކަމާ ރުޅިއާދެއެވެ.
“އާން.. ތިކަން އޮތީ ތިހެން…” ހުޝާމް ނޫރާ ބުނި އެއްޗަކަށް ތާއީދުކޮށް ބުނެލިއެވެ.
“ޕިސް…. ހުޝާމް ރުޅި ނާދޭތަ… ޖޭ ނުވޭތަ؟ އެހެން ފިރިހެނެއް ވެއްޖެޔާ ނޭގެ އަހަންނާ ދިމާލަށް ކިޔާނެ އެއްޗެއްވެސް..” ނޫރާ ކަންބޮޑުވެފައި އަހާލިއެވެ.
” އެއީ އެހެން ފިރިހެނުންނެއްނުން.. އެމީހުން ތަންކޮޅެއް ގަމާރުވާނެ..” ހުޝާމް ހީލަމުން ބުނެލިއެވެ
“ތިބުނީ؟” ނޫރާ ހުރީ ހަމަ ހައިރާން ވެފައެވެ. ހުޝާމް އޭނާ ދެކެ ލޯބިވޭ ބާއޭވެސް ހިތައް އެރިއެވެ.
“މިބުނީ އަހަރެން ތީގެ އެއްވެސް ކަމަކާ ހާހެއް ނުވެއޭ… ނޫރާތީ އަހަރެންގެ މީހެއް މިހާރު.. އަހަންނަށް އިނގޭ ނޫރާ އަހަރެންނަށް ދެރައެއް ދީފަ ނުދާނެކަން… އަނެއްކޮޅުން އައި ޓްރަސްޓް ޔޫ ބޭބީ…” ހުޝާމް ނޫރާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. ނޫރާ ލަދު ރަކި ގޮތަކަށް ހީލިއެވެ.
****
އައިޝާ ނޫރާއަށް ގުޅޭތޯ މަސައްކަތް ކުރާތާ ފަސް ދުވަސް ވަނީއެވެ. މިއަދުވެސް ގުޅުނު އަދަދެއް ނޭގެއެވެ. ނޫރާ ރުޅި އައިސްގެން ދިޔަ ފަހުން އައިޝާގެ ހަބަރެއްވެސް ބަލާ ނުލައެވެ. މީހަކު އައިސް ދޮރުގައި ޖެހުމުން އައިޝާ އަވަސް އަވަހަށް ދޮރު ހުޅުވަން ދިޔައެވެ. ނޫރާ ހިތާ ދޮރު ހުޅިވާލިއިރު ކުރިމަތީގައި ހުރީ ޖެހިގެން ހުރިގޭ ހަސީނާއްތައެވެ.
“އަހަ ހަސީނާއްތާ.. ކިހިނެއް…” އައިޝާ އަހާލިއެވެ.
“އަލްހަމްދުﷲ ރަގަޅު… ދައްތަގެ ސޮރު މެލޭ އަށް ފުރީމަ ފޫހިވެގެން މިގެޔަށް މިހާ ގިނައިން މި އާދެވެނީ.. އެސޮރު އަންނާނީ އަންނަ ހަފްތާ ކަންނޭގެ… ކޮބާ އެމަންޖެ އަދިވެސް ގެޔަކަށް ނާދޭތަ..” ހަސީނާ އަހާލިއެވެ.
“ރަގަޅޭ.. އަހަރެންވެސް އެކަނި ވީމަ ވަރަށް ފޫހިވެފަ މިއިންނަނީ.. އަހަރެންގެ ނޫރާ އަދިވެސް ނާދޭ… އެމަންޖެ ދިޔަ ތަނެއްވެސް އަހަންނަކަށް ނޭގޭ… ކުޑަ މިނުން އެމަންޖެ ރައްޓެހި ކުއްޖެއްގެ ނަންބަރުވެސް އަހަރެން އަތަކު ނެތް…” އައިޝާ އިސްދަށަށް ޖަހާލިއެވެ. ވެފައިވާ ދެރައިން ކަރުނަތައް ހަސީނާއްތަ އަށް ފޮރުވާލިއެވެ. ގޭގެ ދޮރުގައި ތަޅުދަނޑިއެއް ޖަހާ އަބުރާލިއެވެ. ހަމަ ޔަގީނުންވެސް އެއީ ނޫރާކަން އައިޝާއަށް އިގުނެވެ. ދުވެފައި ދޮރާ ދިމާލަށް ދިޔައެވެ.
ނޫރާ ދޮރު ހުޅުވާލިއިރު ކުރިމަތީ އައިޝާ ހުރުމުން ބިރުން ހަޅެއް ލަވައިގަނެވުނެވެ.
“މަންމާ… ސާބަސް… ކިރިޔާނުން ހިތް އަތަށް ނައި” ނޫރާގެ ހިތް ބާރަކަށް ތެޅެމުން ދިޔައެވެ.
“ދަރިފުޅާ…. ” އައިޝާ އައިސް ނޫރާ ގައިގާ ބައްދާލިއެވެ. ހީވަނީ އަލަތު ދަރިފުޅު ނުފެނި އިރުތަކެއް ފަހުން ފެނުމުން މަންމަޔަކު އުޅޭހެންނެވެ. ނޫރާ ގައިގާ އެވަރަށް ފިރުމަންވެސް ފިރުމިއެވެ.
“މަންމަ ގުޅާ ކަމެއް ދަރިފުޅަށް ނޭގޭތަ.. ކޮންތާކު އުޅެފަ ތިއައީ… ކާކު ގޭގަ ނިދީ.. އެއްޗެއް ކެއީތަ.. ނުކަން ދޯ.. ހިގާ ކާން އަވަހަށް… މަންމަ ވަރަށް މީރުކޮށް ޕާސްތާ ހަދާދޭނަން…” އައިޝާ ބަދިވަރަކަށް ވާހަކަ ދައްކަން ފެށިއެވެ.
“މަންމާ. މަންމާ… ހަމަ ޖެހިބަލަ… އަހަރެން ފަސްދުވަސް ވަންދެން އެއް ހެދުމެއް ލައިން ހުއްޓަސް އަހަރެން ހުރީ ކައިގެން ބޮއެގެން.. އަދި ނިދައިގެން… އައި މިސްޑް ޔޫ މަންމާ…. އަހަންނަށް މާފް ކުރޭ… މަންމަ ހިތުގަ ޖައްސާފަ އަހަންނަށް ދެވުނީ…” ނޫރާ ވެސް އައިޝާ ގައިގާ ބައްދާލިއެވެ. އައިޝާ ދެކެ އައި ރުޅި އެއީ ހިދުކޮޅަކަށް އައި ރުޅިއެކެވެ. ކަންކަން ދިޔަ ގޮތުން އައިޝާއަށް ހަބަރު ނުވެވި ދެވުނީއެވެ. ނަމަވެސް އައިޝާގެ ހަބަރު ނޫރާ ބަރާބަރަށް ހޯދިއެވެ.
“ދައްތާ… މަންމަ އެބައިންތަ… އަޅެ ކޮންމެ ދުވަހަކު މިގެޔަށް އެބަ އާދޭދޯ…. މަންމަ ކައިރި ބުނެފީމޭ މީހުންނަށް އުދަގޫ ވާނޭ…” ހަސީނާ ގެ ދަރިފުޅު ހައްސާން ދޮރު މައްޗަށް އަރާ ގޮވާލަމުން ބުނެލިއެވެ. ނޫރާ އާ އައިޝާ އެއްފަހަރާ ހައްސާނަށް ބަލާލިއެވެ.
“އެއީ އެއްވެސް ކަމެއްނުން.. ދައްތަވެސް ވަރަށް އުފާވޭ ހަސީނާއްތަ އައިސް އެހެން އަގަ ތަޅަން އިނީމަ…” އައިޝާ އަދިވެސް ނޫރާ ގަޔަކުން ދުލެއް ނުކުރެއެވެ. ކޮރު ޖަހަމުން އެއްޗެހިތަކެއް ކިޔަމުން ހަސީނާ އައިސް އެމީހުންނާ އަރާ ހަމަ ވިއެވެ.
“ހަސީނާއްތާ… ވަރަށް ބޮޑަށް ޝުކުރިއްޔާ…” ނޫރާ މިހެން ބުނުމުން އައިޝާ ހައިރާންވެފައި ނޫރާ އަށް ބަލާލިއެވެ.
“މި ހައްސާނު ކައިރި އަހަރެން ނުހޯދާށޭ ބުނީމަވެސް އައިއޭދޯ… އަހަ އެކޮއެ އައީދޯ.. ދެން ހެޔޮދޯ ހަސީނާއްތަ މިގެޔަށް އައިޝާ ހަބަރު ބަލަން ނަޔަސް..” ހިނިގަނޑެއް ޖަހާލަމުން ހަސީނާ އަހާލީ ނޫރާ ކުރެންނެވެ.
” އާނ… އަހަރެން މިއައީ ދެން އަހަންނެއް މަންމަ އެކަނިކޮށްފަ ނުދާނަން އިންޝާﷲ….” ނޫރާ ހަސީނާ ނިކުތުމުން ދޮރު ލެއްޕިއެވެ. އަދި އައިޝާ ކައިރީ އޭނާ ހަސީނާ ގާތު އައިޝާގެ ހާލު ބަލާދޭން އެދުނު ކަމާ ހަސީނާ ކޮންމެ ދުވަހަކު އައިޝާގެ ހަބަރު ނޫރާއަށް ދޭކަން ބުނެލިއެވެ. އައިޝާގެ ލޮލުން ކަރުނަ ހިލުނެވެ. ނޫރާ އޭނާއާ ދޭތެރޭ ވިސްނާކަން އެގުމުން އިންތިހާއަށް އުފާވިއެވެ.
“މަންމަ އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް… މަންމާ… އައި އޭމް އިން ލަވް..” ނޫރާ ލަދުރަކި ގޮތަކަށް ބުނެލިއެވެ. އައިޝާ ހީކުރީ ނޫރާ ދައްކަނީ ޔާސިންގެ ވާހަކަ ކަމެވެ.
“ނުން މަންމަ ބޭނުމެއް ނުން ދަރިފުޅު ޔާސިން އާ ގުޅެން..” އައިޝާ ފާޅުގައި ދެކޮޅު ހެދިއެވެ.
“ކާކު ބުނީ ޔާސިން އޭ… އަހަރެން ކުއްޖަކާ ރައްޓެހި ވެގެން މިއުޅެނީ.. އަހަންނަށް ޔަގީން މަންމަ އަށް ވެސް އެކުއްޖާ ކަމުދާނެކަން…” ނޫރާ ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ.
“އަނެއްކާ ކާކު… މަންމަ ހިތް ރުއްސަން ވަރަށް އުދަގޫވާނެ އިނގޭ..” އައިޝާ ސަމާސާ ރާގަކަށް ބުނެލިއެވެ.
“ހުޝާމް…. މަންމަގެ ހޭޑްސަމް ބޯއި..” ނޫރާ ދަތްޕިލަ ސޭލް އަޅުވާލަމުން ބުނެލިއެވެ.
“ވާޓް… އަސްލުތަ… މަންމަ ހާދަ ދުއާއެއް ކުރީމޭ ދަރިފުޅަށް ހުޝާމް ކަހަލަ ރަގަޅު ކުއްޖެއް ލިބޭތޯ…” އައިޝާ އުފާވީ ވަކިވަރަކަށް ނޫނެވެ.
“އަދި އެބައޮތް މަންމަ ގާތު ދައްކަން ޖެހޭ ވަރަށް ބޮޑު ވާހަކަ އެއް… ” ނޫރާ އަށް މަންސޫރުގެ ވާހަކަ އައިޝާ ގާތު ބުނާނެ ގޮތަކާ މެދު ވިސްނާލިއެވެ.
“އެކަމް އެބަ އަންނަން ފެންވަރާލައިން…” މިހެން ބުނުމަށްފަހު ނޫރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭނާ ދިޔަ އިރު ހަޑިކޮށް ހުރި ކޮޓަރި އައިޝާ ވަނީ ފޮޅާ ސާފް ކޮށް ރީތިކޮށްފައެވެ. ފަށްފަށުން ހިތުގެ އަޑިން އައިޝާ ހާ ރަގަޅު މަންމަ އެއް އޭނާ އަށް ލިބުނީތީ ދުއާ ކުރިއެވެ. އަލަމާރިން ހެދުމެއް ނަގައި ނޫރާ ގޮސް ފާހަނައަށް ވަނެވެ. ފެންވަރައިން ނަލަ ހެދިލައިން ބޭރަށް ނިކުތް އިރު އައިޝާ ބިންމަތީ އިދެ ރޮމުން އާދޭސް ކުރަމުން ދިޔައެވެ.
އޭރު ނޫރާ ކޮޓަރި ހުންނަ ގޮތުން ސޯފާގެ އަނެއް ފަރާތުގައި ހުރި މީހެއް ނުފެނެއެވެ.
“ހެޔޮނުވާނެ އަހަރެން އަތުން ނޫރާ ނުގެންދޭ… އެއީ އަހަރެން ވަރަށް ލޯބިން ބަލާބޮޑުކުރި ކުއްޖެއް.. އަހަރެން މޮޔަވެދާނެ…” ދެއަތް ޖޯޑުކޮށްލައިން އައިޝާ ރޮމުން ދިޔައީ ހިތުގައި އަޅަމުންދިޔަ ވޭނަށް ކެއްނުވެގެންނެވެ.
ނޫރާ ދުވެފައި ސިޓިންގް ރޫމަށް ނިކުތެވެ. އޭރު ސޯފާކައިރީ ކޮޅަށް…..
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Kada.. Enme nubai hisaabun thi ninmaaly..
Anyways vrh salhi mi episose MA
Kon irakun next episode???
Take Care.. Luv ya💙