ޖެހިގެން އައި ދުވަހު މާލެ ކައިރި ރަށަކަށް ފުރުމަށްޓަކައި، އެޕާޓުމަންޓުން ދެމީހުންގެ ބައެއް ސާމާނުތައް ބަލާ ދިޔައެވެ. ނީލަމްމެންގެ ކޮޓަރީގައިވެސް މީހުން އުޅެއެވެ. ކިތަންމެ ހިތްނުރުހުނަސް ހެދޭނެ ގޮތެއް ނެތިފައި ނީލަމް ޖެހުނީ ހުންނާށެވެ. ރާކިން ފުރާވާހަކަ ބުނުމުން ދަނީ ކީއްވެގެންތޯ އެގޭމީހުން ސުވާލުކުރިއެވެ. އަޖައިބެއްތާއެވެ. މީހަކު ކައިވެނިކޮށްހެން އެކަހިރި މާހައުލަކަށް އެދަނީ އަލަކަށއނޫނެވެ. ހަނީމޫނަށް ދިއުމަކީވެސް ޢާއްމު ކަމެކެވެ. އެމީހުން ދައްކާ ވާހަކައިން ހީވަނީ ކޮއްގެންނުވާ ކަންކަން ކުރަނީހެންނެވެ. ހިތާމަޔާއި ރުޅިއާ އެކުވެ ނީލަމް އިންނަނީ […]
ފަތިހުގެ ވަގުތެވެ. އާދައިގެ މަތިން ހަތަރުގަޑިބައި ވުމުން ފޯނުގެ އެލާމްގެ އަޑަށް ހޭލެވުނު ނަމަވެސް އެ ވަގުތުގެ ނިދީގެ އަރާމުގެ ތެރެއަށް ގެނބިގެން ދާން ބޭނުންވެފައި ހުރި ވަރުން އެލާމް ކަނޑާލާފައި އަހަރެންނަށް އޮވެވުނީއެވެ. ލޯ މަރާލެވުނު ކަމެއް ނޭނގި އަހަރެންގެ ނަމުން ބާރަށް ގޮވާލި އަޑަށް ފުންމައިގެން ތެދުވެ ލޯ އުނގުޅާލާފައި ބަލާލެވުނެވެ. “ނަމާދަށް ހޭލެވުނީއެއް ނޫން، އަނެއްކާ އަހަރެން ފުރަން އޮތް ދުވަހުތަ ޝަފާއަށްވެސް ހޭނުލެވުނީ؟” ޒައިދާން ހުރީ ރުޅިއައިސްފައެވެ. “ނިދި ގަދަވެފަ ހުރި […]
ސައިކަލުގައި ޒިވްޔަންމެންނަށް ހުޅުމާލެ ދެވުނު އިރު އެދެމީހުން ނޫން އެންމެން އެތާގައި ތިއްބެވެ. އިޒްކާން މޫދަށް އެރެން އަންނަމުން އައި އަލީނާ ވެސް ގޮވައިގެންނެވެ. އެކަމާ ޔައިޝާ ދެރަވި ނަމަވެސް އިތުރު އެއްޗެއް ބުނަން ނުކެރުނީ އޭނައަށް ކީއްހޭ ހިތައް އެރުމުންނެވެ. ނަމަވެސް އަލީނާ އެއާ ތަފާތެވެ. ޔައިޝާ ފެނުމުން ބުމަގޮއްޖަހާލަމުން އިޒްކާން އާއި ބޮޑަށް ގާތަށް ޖެހިލިއެވެ. އެކަމުން އިޒްކާންއަށް އުނދަގޫވި ނަމަވެސް ކެތްތެރިވީ އަލީނާ ކައިރީގައި އަލީނާ ދެކެ އިޒްކާން ލޯބިނުވާ ވާހަކަ ބުނެވެންދެންނެވެ. […]
ބަރަކާތްތެރި ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން.. އީދު މުބާރިކް… “ޔެސް… މެޑަމް އަވަސް ކުރަން ޖެހެނީނުން ޑިވޯސް… މިހާރުވެސް މާލަސް ތިބެނީނުން…. އެކަމް މެޑަމް ދިޔާމަ އަހަރެން ދެރަވަނީ އިނގޭ…” ކުޑަކޮށް ދެރަވެފައި ހުރެވެސް އަހަރެންގެ ނިއްމުމަށް މަލާ އިހުތިރާމް ކުރިއެވެ. އެގޭތެރޭގައި މިވީ 7 އަހަރު ދުވަހު މަލާއަކީ އަހަރެންނަށް ދިމާވި ކަންކަމުގައި ވަރަށް އެހީވެދިން މީހެކެވެ.. މަލާ ދޫކޮށްލާފައި ދާން ޖެހޭތީ އަހަރެން ކުޑަކޮށް ދެރަވެސް ވިއެވެ. މަޑު މުށި […]
ރާކިންގެ އެތައް އާދޭހަކާ މަންމަގެ ނަޞޭޙަތުން ނެތް ހިތްވަރުން ނީލަމް ކައިވެންޏާ ކުރިމަތިލިއެވެ. މީހަކު ދިން އިންތިހާ ޔަޤީންކަމަށް އިތުބާރުކޮށް މުޅި ދިރިއުޅުން އެމީހާގެ އަތް މައްޗަށް ދޫކޮށްލީ ފަހަރެއްގައިވެސް، އަމިއްލަ ކަފުން ބަދަލަކަށް ލިބޭނެ ކަމަކަށް ނޫނެވެ. ކައިވެނީގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިއޮތް ހޯލަށް ދިޔައިރުވެސް ނީލަމްގެ ހިތް ނޭނގޭ ބިރަކުން ތެޅެނީއެވެ. އެކުވެރިންނާއި އާއިލާގެ ބައެއް މީހުންގާތުވެސް އެދެމުން ދިޔައީ ކައިވެނި ނުކޮށް ފިލޭނެ ގޮތެއް ހަދާދިނުމަށެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ. ވަރަށް ބޮޑަށް […]
” އެކަމަކު އޭނަ ނައިރާއަށް ގުޅަންވެސް ގުޅި.. ނައިރާ ފޯނުގަ އެބޮތް ނަންބަރުވެސް ހަމަ ގުޅާފަ” ނައިރާ ޤަބޫލުނުކުރެވޭ ރާގެއްގައި ވާހަކަދެއްކިއެވެ. ” ދެން އަހަންނަކަށް ނޭނގެ..ތިމީހަކު ނައީއަށް އެކަންޏޭނު ތިފެންނަނީވެސް. ތިވެދާނު ގޯހަކަށްވެސް. އޮޅުވާލައިގެން އުޅޭ މީހަކަށްވެސް..” މައިލާ ބެލީ ނައިރާއަށް ވިސްނާދެވޭތޯއެވެ. އެހެނަސް ނައިރާއަށް ތަޖުރިބާކުރެވުނު ކަންތައްތަކުންނާ ދާނިޝްގެ އޯގާތެރިކަމުން، ނައިރާގެ ހިތް އެވާހަކަތަކާ ދެކޮޅުހަދަނީއެވެ. ކޮފީތައްޓެއް ހިފައިގެންހުރި ޒާން ވިސްނަމުންދިޔައީ ފަހީމާއާ ދޭތެރޭގައެވެ. ޅަފަތުގެ ހަނދާންތަކުން ޒާންގެ ހިތްރޮއްވަމުން ދެއެވެ. މަންމަގެ ލޯތްބަށް […]
ޝަފްކާގެ ހިމާޔަތުގައި އަހަންނަށް ނުހުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.އަހަރެންގެ ދެއަތުތެރެއަށް ޝަފްކާ ގެނެސް، މުޅި އުމުރަށްވެސް އަހަރެންގެ ހިމާޔަތުގައި އޭނާ ބަހައްޓަން އަހަރެން ބޭނުމެވެ.އެ ރީތި ސޫރަ ދެކިލާހިތުން އަހަރެންގެ ދެލޯ މިވަނީ ބޭގަރާރުވެފައެވެ.އެ މޫނުގައި ލޯބިން ފިރުމާލާ ހިތުން އަހަރެންގެ ހިތް އެދި ގޮވަނީ ކެތް ނުވާ ވަރަށެވެ.ދެމީހުން އެކުގައި ދިރިއުޅުމެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ނުލާހިކު ބޭނުމެވެ.ނިކަން ލޯބިން ޝަފްކާގެ ނިތުގައި ބޮސްދީފައި، ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނޭ […]
ބިސްމިނުގެ ބަރަކާތުން ލިޔަންފެށީއެވެ. “ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ ހިތުގެ ގުލްޝަން މާލެ، ދިވެހިރާއްޖެ ލޮބުވެތި އާރިޒައަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މި ސިޓީއަކީ އަހަރެންގެ ހިތުގައި އަނދައަނދާ ހުރި ލޯބީގެ އަލިފާނުގެ ހޫނުކަން ކަލާގެ ހިތަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެވޭ ސިޓީއެކެވެ. ކަލާގެ ލޮލުގެ ނަޒަރު އަހަރެންގެ ހިތުގައި ޖެހުނު ފުރަތަމަ ސިކުންތުން ފެށިގެން، އަހަރެންގެ ހިތުގެ ވެރިކަން ކަލާއަށް ދެވިއްޖެއެވެ.” ލިޔެވުނު އެ ލަފްޒުތަކަށް ބަލާލެވުމުން ރަކި ވެއްޖެއެވެ. […]
(54 ވަނަ ބައި) “ހުޔޫން… ކީއްވެ ހަޤީގަތަށް ފިލަން ތި މަސައްކަތްކުރަނީ؟ ދަ ބާރތް މާރކް އޮން ޔުއަރ ބެކް… އިނގޭތަ ހަމަ އެ ނިޝާން ހިޒްޔާންގެ ބުރަކަށީގައިވެސް އިންނަކަން…” މަޑުމަޑުން މިލާންއާއި ގާތަށް ފިޔަވަޅެއް އަޅަމުން ވާހަކަދެއްކިއިރު އައިކަންގެ ކޮންމެ ބަހެއްގައި މަޑުމައިތިރިކަންވިއެވެ. މިލާން… ހުޔޫން އެ ހުރީ ނާޒުކް ފައްތަރެއްގައިކަން އޭނައަށް އިނގެއެވެ. އައިޝަމްގެ އަތުން މިޝްޔާވެސް ދޫވެގެން ދިޔައީ މިފަދަ ފައްތަރެއްގައި ހުއްޓައެވެ. އެގޮތަށް އޭނަގެ އަތު ތެރެެއިން ޙުޔޫން ބީވެގެން ދިޔުމަކަށް […]