Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށްވެސް އެކީގައި ވާނަމޭ…..13

xee Level 110 Stories
March 16, 2013 4 Mins Read
7 Comments

ފަރީނާ އަށް މިހުރިހާ މަންޒަރެއްވެސް ފެނުނެވެ. އޭނާއަށް މިދަތުރު ވެގެން ދާނީ އޭނާގެ ޙަޔާތުގައި ވާނެ އެންމެ އުފާވެރި ދަތުރު ކަމުގައި އޭނާގެ ހިތުގެ އަޑިން އެދެމުން ދިޔައެވެ.
ހެނދުނުގެ ނާސްތާއަކަށް ތައްޔާރު ކުރެވުނީ މަސްހުންޏެވެ. ލުފްޝާއާއި ނުހާ އާއި ތަށްޓަކަށް މަސްހުނި އަޅައިގެން ގޮސް ހޭޅިފަށުގައި ޖައްސާލިއެވެ. ހާފިޒްގޮސް އިނީ ގޮނޑުދޮށަށް ވެއްޓިފައި އޮތް ގަހެއްގެ މަތީގައެވެ. ނުހާ އާއި ލުފްޝާން އެކަނި ވާހަކަ ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ފަރީނާ ތަށި ހިފައިގެން އިށީންނާނެ ތަނެއް ހޯދަނިކޮށް ފެނުނީ ޝާމިލް އެކަނި ރުއްގަނޑެއްގެ މަތީގައި އިންތަނެވެ.
“ހޫމމ…ފުރުސަތުގެ ބޭނުން ކޮށްލަންވީދޯ….” ފަރި ހިނގުމެއްގައި ގޮސް ޝާމިލްގެ ކައިރީގައި ހުއްޓުނެވެ. “އޯކޭތަ ފަރީ މިތާ އިށީނަސް….” ޝާމިލް ފަރީނާއަށް ބަލާލަމުން ހީލިއެވެ. ” ވަރިހަމަ…އަހަރެން ތަނެއްނޫން…އޯކޭ އަހަރެންގެ އުނގުގަ އިނަސް…” ޝާމިލް އެހެން ބުނަމުން ހީންގަތެވެ. ފަރީނާ ވެސް ތުއިގޮތަކަށް ހީލަމުން ތަށި ހިފައިގެން ޝާމިލް ކައިރީގައި އިށީންނެވެ. ފަރީނާ އިންގޮތުން ދެމީހުންގެ އުޅަނބޮށި އިރުއިރުކޮޅާ ބީހެވެ. އެއީ ފަރީނާ ބޭނުންވި ގޮތެވެ. ފަރީނާ އެހާ ގާތުގައި އިނުމުން ޝާމިލްއަށް ކާއެތިކޮޅު ދިރެނީވެސްވަރަށް އުނދަގުލުންނެވެ. ބައެއް ފަހަރަށް ކަރުގައި ތާށި ވާހެން ވެސް ހީވެއެވެ. “ޝާމިލް މެންގޭގަ ހުންނަނީ ކިތަށް ކުދިންތަ؟…” އަނގައިންވެސް ބުނަން ނޭނގިފައި އިން ޝާމިލް ފަރީނާއަށް ބަލާލިއެވެ. ފަރީނާ އިސްވެ ވާހަކަ ދެއްކީމައެވެ. “ކިހިނެއްވީ…ދެކުދިން… ދެން ހުންނާނީ އަހަރެންގެ ކޮއްކޮ އެއް…. ފަރީގެ މަންމަ އަތުގަ ހުންނަނީ ކިތައް ކުދިންތަ؟…” ޝާމިލްވެސް ފަރީނާ އާއި ހަމަ އެސުވާލު ތަކުރާރުކޮށްލިއެވެ.
ލުފްޝާން އާއި ވާހަކަ ދައްކަން އިނދެފައި ނުހާ އިރުއިރުކޮޅާ ޝާމިލް މެންނަށް ބަލައިލާފައި ހީލައެވެ. ނުހާ ފަހަތަށް ބަލާވަރުން އެންމެފަހުން ލުފްޝާންއަށް ނީނދެވިގެން ނުހާ ގާތު އަހާލިއެވެ. ” ކީއްވެގެންތަ އެވަރަކަށް ފަހަތަށް ތިބަލަނީ….” މިހެން ބުނަމުން ލުފްޝާންވެސް ފަހަތަށް ބަލައިލިއެވެ. އޭރު ޝާމިލް އިނީ ލުފްޝާންމެންނާ ދިމާލަށް ބަލަހައްޓައިގެން ހެވިފައެވެ. ” ކަމެއް ނުވޭ…ދެން ހަމަ ޝާމިލް އުޅޭގޮތުން…” ވަކި ވަރަކަށް ހިނި އައިސް އިނދެ ނުހާ ބުނެލިއެވެ. ލުފްޝާންގެ މޫނުމަތީގެ ކުލަވަރަށް ކޮންމެވެސް ހިތްހަމަ ނުޖެހުމުގެ ކުލަވަރެއް އައި ކަހަލައެވެ. “ދެން ހިނގަ ދާންދޯ….ހާފިޒްވެސް ނިމިއްޖެ… މަސްބާނަން ދާނަންތަ؟…” ލުފްޝާން ނުހާގެ ކޮލުގައި ހިފާލިއެވެ. “އާން…އެހެން ނޫނީ ފަރީ އާއި ދެމީހުން އެކަނި ކީއްކުރާނީ….މަޑުކޮށްލައްޗެ…ތަށިތައް ދޮވެލާފައި ދާނީ ދޯ…” ލުފްޝާންގެ އަތުގައި އޮތް ތަށި އަތުލަމުން ނުހާ ބުނެލިއެވެ. ލުފްޝާން އާނއެކޭ ބުނަމުން ހީލިއެވެ. އަދި އެއްގަމަށް އަރާ ހާފިޒަ ގާތަށް ދިޔައެވެ.
” ލޫއްޕޭ….މި ފަރީނާ މީ ކޮންކަހަލަ ކުއްޖެއްތަ؟…”ލުފްޝާން ހާފިޒް އާއި އަރާ ހަމަވުމުން ނަނުގައި ބުޅި އައްސަމުން އަހާލިއެވެ. ލުފްޝާންވެސް އެތަނުން ނަނެއް ނެގިއެވެ. ” ނޭނގެ..ކިހިނެއްވީ…ސެޓް ކުރަންވީތަ؟..”އެއްމިޔަކަނަށް ހީލަމުން ފާޑަކަށް ހާފިޒްއާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. ހާފިޒް ގާތަށް ވަކި ވަރަކަށް ހިނިއައެވެ. “ނޫނޭ…ޝާމިލްއެއްނު ސެޓް ކުރަން އެއުޅެނީ..މަނޫޅެން..އަސްލު މިހެން މިއަހާލީ އޭނަ ކައިރިންދާ ކޮންމެ ފަހަރަކުވެސް ދަނީ ގައިގަ ޖެހިލާފަ… ފުރަތަމަ ޖެހުނީމަ މަ އަޅައެއް ނުލަން….އެކަމަކު ދެވަނަ ފަހަރަށް ވެސް މަ ކައިރިން ދަމުން ދިޔައި ގައިގަ ޖެހިލާފަ….ނުބުންޏަސް އެގަޑީގަ ވަރަށް ފޫހިވި…ދެން މިހެން ބުނީމަ އަނެއްކާ ނުހާ ގާތު ބުނާނީކީނޫން….” ހާފިޒް ލުފްޝާން އާއި ދިމާލަށް ބަލައިލަމުން ދޫދިއްކޮށްލިއެވެ. ލުފްޝާން ގާތަށް ހިނި އައެވެ. ” ހެހެހެ އާން…އަހަރެން ނޫޅެން ބުނާކަށް…އަސްލު އަހަރެންވެސް ހީކުރީ އެއީ އަހަންނަށް ހީވި އެއްޗެއް ކަމަށް އިނގެ…އެއްފަހަރު އަހަރެން ކައިރިން ދަމުންވެސް ޖެހިގެންފައި ދިޔައީ… އަހަންނަށް ހީވަނީ މުޅިން ހަމައެއް ނޫންހެން….” ލުފްޝާން ނުލަފާ ފާދަކަށް ހެމުން ބުންޏެވެ. “ކޯއްޗެއް ހަމަ ނޫނީތަ؟…. ހުރިހާ އެއްޗެއް ހަމައަކަށް ނޫންތަ ގެނައީ؟…” ލުފްޝާންގެ ފުތަގަހުގައި ހުރެފައި ނުހާ ބުނެލިއެވެ. ލުފްޝާން ހާފިޒް އާއި ދިމާލަށް ބަލައިލަމުން ދޫނެރެލިއެވެ. “މިކިޔަނީ….ނަނު ހަމައަށް ހެއްޔޭ ހުރީ…އެންމެންނަސް ވާވަރަށް އެބަހުރިހޭ އަނެއްކާ…” ލުފްޝާން ނުހާ އާއި ދިމާލަށް ބަލައިލަމުން ހީލިއެވެ. ” އޯކޭ ނަނެއް ނެތަސް…ލުފްޝާންގެ އަތުގައި ތިއޮތީނު…ތީގެން އަހަރެމެން ދެމީހުންނަށް މަސް ބޭނެއެއްނު…” ނުހާ ލުފްޝާންގެ އަތުގައި ހިފާލަމުން ބުންޏެވެ. “އާން އެއްގަމުން ދެމީހުންނަށްވެސް ވަރަށް ގިނައިން މަސް ބޭނޭނެދޯ…” ހާފިޒް އެދެމީހުންނަށް ދިމާކޮށްލިއެވެ. އެވަގުތު ފަރީނާ އާއި ޝާމިލްވެސް އެތަނަށް އައެވެ. ހާފިޒް އެހެން ބުނުމުން ހަސަދަވެރިވެފައި ހުރެ ފަރީނާ ފާޑަކަށް ތުން އަނބުރާލިއެވެ.
ހުދުހުދު ދޮންވެލިގަނޑު މަތީގައި ނުހާ އާއި ފަރީނާ އިށީންދެލައިގެން ތިއްބެއެވެ. އޭރު ލުފްޝާން މެން ނަނު ދޫކޮށްގެން ރާޅުފަށުގައި އުޅެއެވެ. ނުހާމެން ތިބީ އެމީހުންނަށް ބަލަހައްޓައިގެންނެވެ. ލުފްޝާން އުޅޭގޮތުން ނުހާ އިންނަނީ ހީލަހީލައެވެ. ފަރީނާ ނުހާ ދިމާލަށް ބަލައިލިއްޔާ ތުންފަތަށް ކޮންމެވެސް ކަހަލަ ވައްތަރެއް ޖައްސާލައެވެ. ފަރީނާ އެތަނުން ތެދުވެގެން ގޮސް ޝާމިލް މެންނާ ފުދޭވަރަކަށް ކައިރިއަށް ދިޔައެވެ. ލުފްޝާން ފަހަތސް ބަލައިލުމަށް ފަހު މަޑުމަޑުން ހިނގާލާފައި އެއްގަމަށް އެރަން ފެށިއެވެ. އިސްތަށި ކޮޅާ ކުޅެލަކުޅެލަ ހުރި ފަރީނާއަށް އޭނަ އާއި ދިމާލަށް އަންނަމުން އައި ލުފްޝާން ފެނިފައި ދެފައި ތުރުތުރު އަޅާގޮތްވިއެވެ. ފާޑަކަށް ތުއި ވެވެން ފެށުނެވެ. އޭނަ ހުރީ ފާޑަކަށް ރަކިގޮތަކަށް ހީލަހީލައެވެ. ދެއަތަށް ދެއަތަށް ބޮޑެވެން ފޭށުނެވެ. ތުންފަތުގައި ދަތްވެސް އެޅުނު ކަހަލައެވެ. ލުފްޝާންގެ އެފިރިހެން ވަންތަ ހިނގުމުގައި އަންނަ ވަރަކަށް ފަރީނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ދެންމެ ބޭނި ރޯމަހެއްވެސް އެވަރަކަސް ނުތެޅޭނެއެވެ. ލުފްޝާންގެ އެ ހިނިތުންވުމުން ފަރީނާގެ ހިތަށްދަނީ ތޫނު ހަންޖަރުތަކެއް ހަރަމުންނެވެ. ލުފްޝާން ފަރީނާ އާއި ދާދި ކައިރިއަށް އާދެވުނެވެ. އެހެންނަމަވެސް ލުފްޝާންއަށް ފަރީނާ ފެނުނުހެންވެސް ހީނުވެއެވެ. އޭނާގެ ކައިރިން ލާފައި އެއްގަމަށް އަރައިގެން ދިޔައިރު ފަރީނާއަށް ގޮވާ ނުލި ތާންގައި އޭނާއާއި ދިމާލަށް ބަލައެއްވެސް ނުލައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ލުފްޝާންއަށް މުޅި އެމާޙައުލުންވެސް ފެންނަމުން ދިޔައީ ހުދުހުދު ދޮންވެލިގަނޑާ ކުޅެމުން ދިޔަ ނުހާ އެކަންޏެވެ. ހެވިފައި އިން އިރު ނުހާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. ލުފްޝާން ގޮސް ނުހާ އާއި ދާދި ގާތުގައި އިިށީންތަން ފެނުމުން ފަރީނާގެ ލޮލު ތެރެއިން ނުހާ އަށްޓަކައި ހަސަދަވެރިކަން ފިޔަވާ އެނޫން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ރުޅި އައިސް ހުރެ ޝާމިލްމެން ގާތަށް ދިޔައެވެ.
” އަހަންނާއި އެކު ރަށުތެރޭގަ ކުޑަކޮށް ހިނގާލަން ދެވިދާނެތަ؟…” ލުފްޝާން ނުހާ އާއި ދާދި ގާތުގައި އިނދެފައި އެހެން ބުނުމުން ނުހާ ސިހިފައި ފުރަގަހަށް ބަލައިލި ވަގުތު ނުހާގެ މޫނު ލުފްޝާންގެ މޫނުގައި ޖެހުނެވެ. ލުފްޝާން އިނީ ފަސްގަނޑުގައި ދެއަތް ވިއްދާލައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ނުހާގެ ހިތް މަޑުން އޮވެފައި ތެޅިގަތެވެ. މަޑުމަޑުން ލުފްޝާންގެ ހޫނު ނޭވާގެ އިޙްސާސް ނުހާއަށް ކުރެވެން ފެށިއެވެ. މަސްތުވެފައިވީ ލުފްޝާންގެ ލޮލަށް ބަލަހައްޓައިގެން ނުހާއަށް އިނދެވުނެވެ. ލުފްޝާންގެ މޫނު ނުހާ އާއި ކައިރިވަމުން ދިޔައެވެ. “ނޫން…އެމީހުންނަށް ފެނިދާނެ…” ދެމީހުންގެ މެދަށް ވެރިވެފައިވާ ހަމަހިމޭންކަން ކަނޑުވާލީ ނުހާގެ އަޑުންނެވެ. ލުފްޝާން ފުން ނޭވާއެއް ލަމުން ކޮޅަށް ތެދުވެ ނުހާގެ އަތުގައި ހިފާފައި ނެގިއެވެ. އިތުރު އެއްޗެކޭ ބުނުމަކަށް ނުހަދާ ލުފްޝާން ނުހާގެ އަތުގައި ހިފައިގެން ރަށުތެރެއަށް އެރިއެވެ. “މަޑުކޮށްބަލަ..އެމީހުން ގާތު ބުނެފަ ދާނީ…ލުފްޝާން..ކޮންތާކަށްތަ ތިގެންދަނީ…” ނުހާގެ އެއްވެސް ވާހަކައަކަށް ލުފްޝާން އަޅައެއް ނުލައެވެ. ރަށުތެރެއަށް ރަނގަޅަށް އާދެވުމުން ލުފްޝާން ނުހާގެ އަތުން ދޫކޮށްލިއެވެ. ނުހާ ހުރީ ލުފްޝާން އައި ކުއްލި ބަދަލާއި މެދު ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަޅިވެސް ޖަހާ ނުލާ ހުރެވުނީ ލުފްޝާން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ލުފްޝާން ނުހާ އާއި ދިމާލަށް ބަލައިލިއެވެ. “ނުހާ…އަހަންނަށް ވަރަށް..ވަރަށް އުނދަގު ނުހާ އެހެން މީހެއް ކައިރީގައި ހުންނަތަން ފެނުނަސް…” ނުހާއަކަށް އަދިވެސް ވެގެން އުޅޭ ގޮތެއް ނޭނގުނެވެ. ” ކިހިނެއްވީތަ ލުފްޝާން…” ލުފްޝާން ހުރީ ފެންކަޅި ވެފައެވެ. “ނުހާ….އަހަންނަށް ނުހާ ދެކެ މާބޮޑަށް ލޯބި ވެވެނީ… ވަރަށް ބޮޑަށް.. އަހަރެން ޝާމިލް މެންނަށް އިތުބާރު ނުކުރަނީއެއް ނޫން.. އެކަމަކު އެމީހުންވެސް ނުހާ އާއި ކައިރީގައި ހުރެގެން ވާހަކަ ދައްކާތަން ފެނުނީމަ އަހަންނަށް ވަރަށް އުނދަގޫވޭ…” ނުހާއަށް ކޮންމެވެސް ވަރަކަށް ވީގޮތް އެނގުނެވެ. ލުފްޝާން ނުހާ ދެކެ ވާލޯބި އެނގުމުން ލޮލުން ކަރުނަ ހިލުނެވެ. ލުފްޝާންގެ ގައިގައި ބާރަށް ބައްދައިގަނެވުނެވެ. “ނޫން ލުފްޝާން… އަހަރެންގެ ހިތުގަ ލުފްޝާން ނޫން އެހެން މީހަކު ދުވަހަކުވެސް ނުވާނެ..އިރާދަކުރެއްވިއްޔާ ދުވަހަކުވެސް…އަހަރެން މީ ހަމަ އެކަނި ލުފްޝާންގެ މީހެއް… އަހަރެން ހަމަ އެކަނި ލޯބި ވަނީ ލުފްޝާންދެކެ..ހަމަ އެކަނި ލުފްޝާން ދެކެ…” ލުފްޝާންގެ ގައިގައި ބާރަށް ބައްދައިގަނެގެން ދެލޯމަރާލައިގެން ހުރެ ނުހާ ވާހަކަ ދައްކަމުން ދިޔައެވެ. ލުފްޝާން ދެއަތުން ނުހާގެ އުނަގަނޑުގައި ބާރަށް ބައްދާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު އެއް އަތުން ނުހާގެ ދަތްދޮޅީގައި ހިފާލާފައި ލުފްޝާން އާއި ހަތަރު ކަޅި ހަމަ ކުރުވިއެވެ. މަޑުމަޑުން ލުފްޝާންގެ ނޭވާގެ ހޫނުކަން ނުހާގެ މޫނަށް އެޅެމުން ދިޔައެވެ. ލުފްޝާން ބޭނުން ވެގެން އުޅޭ ކަންތައް ނުހާގެ ހަވަނަ ހިއްސު ދެނެގަތުމުން އެކަމަށް ދެވަނަ ފަހަރަށް އިންކާރު ކުރުމެއް ނެތި ލޯމަރާލިއެވެ.
ދުރުގައި ނުހާމެންގެ ހަރާކާތްތަކަށް ސަމާލުވެގެން ހުރި ފަރީނާގެ ދަތްކުނޑި ވިކާލަމުން އެމީހުންނަށް ފުރަގަސް ދިނެވެ. ރުޅިގަދަ ވެގެން މުޅިގައިގައި އަލިފާން ރޯވާހާ ވަރުވެއެވެ. އެތަނުން ގަހެއްގައި ފަރީނާ ކިތަންމެ ކުޑަކޮށް ޖެހުނު ނަމަވެސް އެގަސްތައް ވެސް ރޯވާނެއެވެ. ވަގުތުން ޖީބުގައި އޮތް ފޯން ނަގައި ޒާހިދާއަށް ގުޅިއެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xee

Level 110 Stories

ކޮންމެ ކިޔުންތެރިއަކުވެސް ވާހަކަ ކިޔުއްވުމަށްފަހު ވާހަކައަށް ފާޑެއް ވިދާޅުވެ ދެއްވުން އެދެމެވެ.

Other Articles

Previous

އުމުރަށްވެސް އެކީގައި ވާނަމޭ…..12

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 1

Next
March 16, 2013

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ!! 1

Previews
March 13, 2013

އުމުރަށްވެސް އެކީގައި ވާނަމޭ…..12

7 Comments!

  1. އަހޫ says:
    March 16, 2013 at 3:39 pm

    ވަރަށް ސަޅި

  2. ޒެން says:
    March 16, 2013 at 11:59 pm

    ވވވވވވވ ބޮޑަށް ތޭންކްސް އަހޫ…..

  3. އާނާ says:
    March 18, 2013 at 8:38 am

    ވަރަށް ރީތި. ކޮން ދުވަހަކުންތަ ދެން އޮތް ބައި އަޕް ކުރަނީ

    1. ޒެން says:
      March 18, 2013 at 12:12 pm

      ވވވވވވވވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް އަނާ……

  4. ލޮލް says:
    March 18, 2013 at 6:25 pm

    ފަރީގެ މަންމަ އަތުގަ ހުންނަނީ ކިތައް ކުދިންތަ؟

    1. xee says:
      March 18, 2013 at 11:28 pm

      އެބައި އެހާ މުހިންމު ނޫން ވީމަ ހިމަނާކަށް ނުޖެހޭނު ލޮލް…..

  5. shai says:
    March 9, 2014 at 12:07 pm

    nice

Comments are closed.

Next Episodeއުމުރަށްވެސް އެކީގައި ވާނަމޭ…..14←


All Right Reserved!