ނޯޓު: އަޅުގަނޑު އަނެއްކާ އަލުން މި ނަން ބަދަލުކޮއްލީ ސަބަބަކާއި ހުރެއެވެ. ވަރަށް އަވަހަށް އެ ސަބަބުވެސް ކިޔުންތެރިންނަށް އެނގިގެން ދާނެއެވެ. މީ އަޅުގަނޑު މީގެ ތިން ވަރަކަށް މަސްކުރިން ލިޔަން ފަށާފައިވާ ވާހަކަ ‘ ހިތުގެ އުދާހުން ދުރުވާނެބާ ‘ އެ ވާހަކައިގެ ޓްރެއިލާރ އެވެ. ވާހަކައިގެ ނަމާއި އެކު ވަރަށް ބޮޑެތި ބަދަލުތަކަކާއި އެކީގައި އަޅުގަނޑު މިވާހަކަ އަނެއްކާ އަލުން މި ވާހަކަ ދިގު ވާހަކައެއްގެ ގޮތުގައި ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ. އެންމެ ފުރަތަމަ […]
“ޔާން ހިނގާމެރީ ކުރަން. އަހަރެން އެއްބަސް!” ޒެނީޝް ހިނިތުންވެލަމުން ބުނެލިއެވެ. އަޔާން ކޮށިއެރިއެވެ. ޒެނީޝް އަވަހަގޮސް އަޔާންގެ ބުރަކަށީ ފިރުމާލާފައި ފެންތައްޓެއް އަޅާދިނެވެ. “ނީޝް! އަހަރެން މަޖުބޫރުކޮށްގެން ކާވެނި ކުރާކަށް ބޭނުމެއް ނޫނޭ!” އަޔާން ފެންފޮދެއް ބޯލަމުން ބުނެލިއެވެ. “ކާކު ބުނީ މަޖުބޫރުކުރިއްޔޭ! ހަމައަސްލުވެސް ޒެނީޝް އެއްބަހޭ!” ޒެނީޝް ހިނިތުންވެލަމުން ބުނެލިއެވެ. އަޔާން ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އޭގެ އަނެއް ދުވަހެވެ. ޒެނީޝް ތެދުވި ގޮތަށް ޒަހުވާ […]
ނޫކުލައިގެ ސާފު ބިއްލޫރިކޮޅެއްފަދަ ކަނޑަށް އެޅިފައިވަނީ ހިނިތުންވެފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. ސާލެއް ފަދައިން ދަމާލެވިފައިވާ އުޑުމަތީގައި ތަރިތައް ބަބުޅަމުންދިޔައެވެ. ހަނދުގެ އަލިން އެކުއްޖާގެ ހަންގަނޑު ވިދަމުންދިޔައެވެ. ލޮނުގަނޑު އައިސް ދަނީ އެކުއްޖާ ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ތެންމާލަމުންނެވެ. އެކުރެހުމަށް ފުރިހަމަކަން ގެންނަމުން ކައިންއަށް ހުރެވުނީ ހުވަފެނީ ދުނިޔެއެއްގައެވެ. މަޣުރިބްނަމާދަށް ބަންގި ގޮވިއަޑު މުޅި މާހައުލުގައި ފެތުރިގަތްއަޑަށް ކައިންއަށް ހޭވެރިކަމެއްވިއެވެ. ނިމިފައިވާ ކުރެހުން ޑްރޯވިން ބްލޮކްގެ ތެރެއަށް ކޮއްޕާލަމުން ކައިން އެއްގަމަށް އަރަން ދުއްވައިގަތެވެ. އެދުވެފައިދިޔަގޮތަށް […]
* “ޔޫ ވިލް ސޭ ދެޓް.. ދޮންބެ ހުރިހާ ކަމެއްގެ މަތިންހަނދާން ނެތުނީމައި ވާނީ އެހެންނެއްނު..؟ އަޅެ ދޮންބެ އަވްލީން މަތިން ހަނދާނެއްނުވޭތަ…؟ އަވްލީންދެކެ ދޮންބެ ލައިކްވީމަތިން ހަނދާނެއްނުވޭތަ..؟ ސްކޫލަށް ވަޒީފާއަށް ދިޔަމަތި ހަނދާނެއް ނުވޭތަ..؟ ހައިނާއާއި ދޮންބެގެ ބެސްޓް ފްރެންޑް ސްޓާޓްކުރި މަތިން ހަނދާނެއްނުވޭތަ..؟ އަނެއްކޮޅުން އެނުރައްކާތެރި އެކްސިޑެންޓްގެ މަތިން ހަނދާނެއްނުވޭތަ…؟ އަޅެ އެންމެ ކުޑަމިނުން އަވްގެ މަތިން ހަނދާނެއްނުވޭތަ..؟ ދޮންބެ އަވްދެކެ ވީ ލޯބި ހަނދާނެއްނުވޭތަ.؟!!” ޒިވީން ރޮމުން ހަޅޭއްލަވައިގަތެވެ. * “އަވް..؟ […]
އަރަ އިގެން އަ އި އިރުގެ ދޯދިތަ އް ފަރުދާ ކަހާލެވިފަ އިވާ ކުޑަދޮރުން ފޭދިގެން އަ އިސް ޒަޔާގެ މޫނަށް އެޅިފަ އިވެ އެވެ. ޒަޔާ އަށް ހޭލެވުނީ ޝާނިޔާ ގޮވާ އަޑަށެވެ.——— ޒަޔާ އަވަހަށް ދުވެފަ އި ގޮސް, ފާހަނާ އަށް ވަދެ ފެންވަރަ އިލަ އިގެން ނުކުތް އިރު އަށްގަޑިބަ އިވީ އެވެ. ރީތިވެލަ އިގެން ކާބަދިގެ އަށް ދިޔަ އީ, އެންމެން ޒަޔާގެ އިންތިޒާރުގަ އި ކާބަދިގޭގަ އި ތިބޭނެކަން އެނގޭތީ […]
ދެމީހުންނަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ އެކު އެކީއެވެ. ދޮރުމައްޗަށް ހުއްޓުނު ރައިހާ ގަނޑުވިކަހަލައެވެ. އެންމެ ފިޔަވަޅެެއްވެސް އޭނާ އަކަށް ކުރިއަކަށް ނޭޅުނެވެ. މުށިތައް މައްޗަށް ވެއްޓިފައި އޮތް ހުސޭނު ކައިރީ އިނދެގެން އައިސާފުޅު ރޮމުން ގެންދިޔައެވެ. ހާސްވެފައި ހުރި ކައިލްވެސް ކައިރީ އިށީނދެ ހުސޭނުގެ ހަބަރު ހުސްވެފައި އޮތް މޫނަށް ބަލައިލިއެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ރައިހާގެ ކުރިމަތީ ހުއްޓިލިއެވެ. “ރައި.. އެންބިޔުލެންސް ގަ ހޮސްޕިޓަލަށް އަވަހަށް ކާފަ ގެންދަން ހިނގާ.. ކާފަގެ ހިތުގެ ވިންދު […]
“ކައިވެންޏެއް ކުރަން ވިސްނާތީ ވަރަށް އުފާވެއްޖެ… އަބަދު މާޒީގައި ހިފަހައްޓައިގެން ދިރިއުޅުން ކުރިއަކަށް ނުދާނެ… ޔޫ ޝުޑް މޫވް އޮން މައި ސަން… މަންމަ މި އެދެނީ ވަރަށް ބޮޑު ކަމަކު.. އޮފިޝަލީ މަންމަގެ ދަރިއަކަށް ވެގެން މިގެއަށް ދިރިއުޅުން ބަދަލުކުރުމަށް މި ހުށައަޅަނީ… ލުޢައްޔުއަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް… މަންމަ އެތައް ފަހަރަކު ދެކެފިން ތި ދެކުދިން އުޅޭ ގޮތް.. ބައްޕައަކާ ދަރިއެއްހެން ހީވަނީ ހަމަ. މަންމަގެ ޖަންނަތު އާއި ކައިވެނިކުރަން ވީނު…؟؟” ދުޖާނާ އެންމެ […]
ކައިން އަކީ އަށާރަ އަހަރުގެ އަންހެން ކުއްޖެކެވެ. އުނަގަނޑާއި ހަމައަށް އަންނަވަރުގެ ރާޅުބާނި އިސްތަށިގަނޑަކާއި ރީތި މޫނެއްގެ ވެރި އަންހެން ކުއްޖެކެވެ. ފެށުނީއްސުރެ ކައިން ބަލަމުން އަންނަނީ ކައިންގެ ބޮޑުދައިތަ ކާއިނާތުއެވެ. އެކާވީސް އަހަރު ވެފައި ހުރި ކައިރާ އަކީ ކައިންގެ ހުރި ހަމައެކަނި ދައްތައެވެ. މޫދަށް ދިޔުމަކީ ކައިން ކުޑައިރުއްސުރެ ބޭނުންވާ ކަމެކެވެ. ނަމަވެސް ކާއިނާތު އެކަމާއި ދެކޮޅު ހަދައެވެ. އޭގެ ސަބަބެއް ކާއިނާތު ދުވަހަކުވެސް ނުބުނެއެވެ. ނަމަވެސް ކާއިނާތުއަށް އަންގާ ނުލާ ކައިން […]
އީޝަލްއަށް ސިހުމެއް ލިބުނީ މާޒްގެ ޖީބުން ނެގި، މަޑުނޫކުލައިގެ އެސްކޮޅަކުން ޒީނަތްތެރިކޮށްފައިވާ ރަންކުލައިގެ އަނގޮއްޓި ފެނިފައެވެ. “އީޝަލް..އީޝަލް އަހަރެންގެ ހަޔާތަށް އައި ދުވަހުން ފެށިގެން އަހަރެންނަށް އީޝަލްއާއި ނުލާ ދެން އުޅޭނީ ކިހިނެއްކަމެއް މިހާރު ސިފަވެސް ނުވޭ.. ދުވަހަކު އަންހެން ކުއްޖެއްދެކެ ނުވާ ލޯބި އަހަރެންނަށް އީޝަލް ދެކެ ވެވިއްޖެ. އަހަރެން ބޭނުންވަނީ ދާއިމީ ގުޅުމަކުން މިގުޅުން ގޮށްޖަހާލަން. ކުޑަ ދުވަސްކޮޅެއް ނޫނީ ވަކި އަހަރެއް ވަންދެން އީޝަލްއާއި އެކު ވަގުތު ހޭދަކުރާކަށްނޫން. އަހަރެން ބޭނުމީ މުޅި […]