Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 20

Muthahhar Ibrahim (Mutha/S.Hithadhoo)
December 16, 2015
7 Mins Read
59 Views
15 Comments

ޔަޝްމްއަށް ހޭލެވުނީ އިޒްކާން ނިދީގައި އޮވެ ވާހަކަ ދައްކާހެން ހީވުމުންނެވެ. ބާލީހުން ބޯ ހިއްލާލުމާއެކު އިޒްކާން ނިދީގައި އޮވެ އުނދަގޫތަކެއް ތަހައްމަލް ކުރަމުންދާ ތަން އޭނައަށް ފެނުނެވެ. އެއާއެކު ނިދިފިލައިގެން ދިޔައެވެ. ޔަޝްމް އެނދުން ތެދުވަމުން ގޮސް ސޯފާއާއި އަރާހަމަކޮށްލިއެވެ.

”އިޒްކާން!…” ނިދީގައި އޮވެ ތެޅިފޮޅެމުން ދިޔަ އިޒްކާންއަށް ޔަޝްމް ގޮވާލިއެވެ. އޭނަ ހުރީ ބިރުގެންފައެވެ. އިޒްކާން ލަމުން ގެން ދިޔަ ފުން ނޭވާތަކުން އޭނަގެ ބިރުވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ޔަޝްމް ދެތިން ފަހަރު ގޮވާލުމުން ވެސް އިޒްކާންގެ ޚަބަރެއް ނުވިއެވެ. ދަލުން އިޒްކާން ފެންވެރިފައިވާކަން ވެސް ޔަޝްމްއަށް ފާހަގަ ކުރެވުނެވެ. ކަންބޮޑުވެފައި ހުރެ އިޒްކާން ހޭލައްވަން އޭނަ އުޅުނެވެ. އިޒްކާން ބޮޑު ވޭނެއް ތަހައްމަލް ކުރާތަން ފެނި އޭނަ ހުރީ ހަދާނެ ގޮތް ވެސް ހުސްވެފައެވެ. ހަޔާތުގައި ވެސް މިފަދަ ކަމެއް ތަޖުރިބާ ކުރެވުނީ އަލަށެވެ. މީހަކަށް ގޮވަން ވީ ހެއްޔެވެ؟

”އިޒްކާން ލޯހުޅުވަބަލަ…” ޔަޝްމް އިޒްކާންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

”މިޝްޔާ… މިޝްޔާ….” އިޒްކާން ކުއްލިޔަކަށް ފުންމައިގެން ތެދުވުމުން ޔަޝްމް ސިހޭ ގޮތް ވިއެވެ. ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. އިޒްކާންއަށް އޭނަ ފެނުނު ހެނެއް ހިޔެއް ނުވެއެވެ. އެދިޔަ ގޮތަށް ގޮސް އޭނަ ދިމާކޮށްލީ ކުޑަދޮރާ އެވެ. ކުޑަދޮރުގެ ފޮތިގަނޑުތައް ކަހާލަމުން ކުޑަދޮރުތަކުން ބޭރު ބަލާލިއެވެ. ދެން ގޮސް އަރާހަމޮށްލީ ބެލްކަނީގެ ދޮރާއެވެ. މިހުރިހާ މަންޒަރެއް ބަލަން ހުރި ޔަޝްމް ހުރީ ގާ ވެފައެވެ. އިޒްކާން މޮޔަވީ ހެއްޔެވެ؟

އިޒްކާން ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ފުންނޭވާތަކެއް ބޭރުކޮށްލިއެވެ. ހުވަފެނުން ފެނުނު މަންޒަރުތަކުން އޭނަގެ ޠަބީއަތު ގޯހުން ގޯހަށް ދިޔައެވެ. ލޮލުން ކަރުނަތައް ވެސް ހިލިއްޖެއެވެ. ބެލްކަންޏަށް ނުކުތުމުން ތާޒާ ވައި ލިބުނެވެ. އެހެނަސް ހަމަޖެހުމެއް ނުލިބުނެވެ. ހީވަނީ ކަރުތެރޭގައި ނޭވަ ތާށި ވެފައި ހުރި ހެންނެވެ. މޭގައި ވެސް ރިއްސައެވެ. ލޯކުރިމަތިން ފްލެޝްވެގެން ދާ މަންޒަރު ފޮހެލަން އޭނަ ބޭނުމެވެ. ނަމަވެސް އެއީ ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އޭނަ ރެއިލިންގްގައި ދެއަތުން ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ. ހިތުގައި އުފެދިގެން ދިޔަ ފުން ރިހުމާއެކު ލޮލުން ކަރުނަ ފައިބައިގަތެވެ. އޭނައަށް ކުރިމަތިލާން ޖެހިފައި މިވަނީ ކޮންފަދަ ބޮޑު އިމްތިހާނަކާ ހެއްޔެވެ؟ ހިތަށް ލިބެމުންދާ އަނިޔާތަކަށް ދުވަހަކު ނިމުމެއް ނާންނާނެ ހެއްޔެވެ؟ މިޝްޔާ ދެން އޭނަ ގާތަށް ނާންނާނީ ހެއްޔެވެ؟ އެރޭ މިޝްޔާ ދޫކޮށްލާފައި ނުދެވުނުނަމަ މިއަދު މިޝްޔާ ހުރީހީ އޭނަގެ ގާތުގައެވެ. ނަމަވެސް ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެއެވެ. ހާދަ ދެރައެވެ. ތެދެކެވެ. އޭނައަކީ ކުށްވެރިއެކެވެ.

އެގޮތުގެ މަތިން ދިހަ މިނެޓް ފާއިތުވެގެން ދިޔައެވެ. ޔަޝްމް ހުރީ ހިރިލަން ވެސް ނޭގިފައެވެ. މިފަހަރު އިޒްކާން އާއި ސުވާލުކުރަން އޭނަ ނިންމިއެވެ. ސިކުނޑީގައި ބުރުޖަހަން ފެށި ސުވާލުތަކަށް ޖަވާބު ނުލިބެނީސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މިހާރު އިޒްކާން އަކީ ކުށްވެރިއެއްކަމަށް ހިވާ ހިސާބަށް ވެސް ހިނގައްޖެއެވެ. މިޝްޔާއަށް ވެގެން ދިޔަ ގޮތް އެންމެ ރަގަޅަށް އެނގޭނީ ވެސް އިޒްކާން އަށެވެ.

”ފެން ބޯލަބަ…” ޔަޝްމް ފެންތަށްޓެއް ގެންގޮސް އިޒްކާންއަށް ދިއްކޮށްލިއެވެ. ޔަޝްމް މިހުރިހާ އިރު ވަންދެން ހުރިކަން ވެސް އިޒްކާންއަށް ރޭކާލީ ދެނެވެ. ޔަޝްމްގެ ހިތުގައި ސުވާލުތައް އުތުރިއަރާނެކަން އިޒްކާންއަށް ޝައްކުވިއެވެ. އެސުވާލުތަކަށް ޖަވާބު ދެވޭކަށް ނެތެވެ.

”ބޭނުމެއް ނޫން…” ހަރުކަށި ރާގަކަށް އިޒްކާން ބުންޏެވެ. އެއަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

”އަހަންނަށް އެނގޭ ކޮންމެވެސް ބޮޑު ކަމެއް އަހަންނަށް ސިއްރުކުރެވޭކަން…”

ޔަޝްމްގެ ޖުމްލައިން އިޒްކާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނަ ފަސްއެނބުރި ބަލާލިއެވެ. އެދެލޮލުގައި ވިދަމުން ދިޔައީ ރުޅިވެރިކަމެވެ. މިދުވަސް އަންނާނެކަން ކުރިން ވެސް އޭނައަށް އެނގޭ ކަހަލައެވެ. ނަމަވެސް މިހާ އަވަހަށް އައިސްދާނެކަމަކަށް އޭނަ ޚިޔާލަށް ވެސް ނުގެނެއެވެ. އެވަގުތު އޭނައަށް އެއްކަމެއް ސާފުވިއެވެ. ޔަޝްމް އަކީ ގޮތް ދޫކުރާ ކަހަލަ ކުއްޖެއް ނޫންކަމެވެ. ކަމަކަށް ފައިވިއްދާލައިފިނަމަ ހަޤީޤަތް އޮޅުން ފިލުވާނެ ކުއްޖެއް ކަމެވެ. އެކަމަކު ޔަޝްމް އޭނަގެ ދިރިއުޅުގެ ތެރެއަށް ވަންނަން ފުރުސަތެއް އޭނަ ނުދޭނެއެވެ.

”އެއީ ޔަޝްމްއާ ބެހޭ ކަމެއް ނޫން….” އިޒްކާން އިންޒާރެއް ދިނެވެ. ޔަޝްމްގެ ދުލުން ބަސް ހުސްވި ކަހަލައެވެ. އިޒްކާން ބަލަހައްޓައިގެން ހުރި ގޮތުން އެކަނި ވެސް މޭގަނޑު ރޫރޫއަޅައިގަތެވެ. ހަށިގަނޑުގެ އެންމެން ހިމަ ނާރާހަމައަށް ވެސް ބިރުވެރިކަން ވާސިލުވެގެން ދިޔައެވެ. އިޒްކާން ސާފު ދިވެހިބަހުން އެބުނީ އިޒްކާންއާ ދުރުން އުޅުމަށެވެ. އެހެންނޫނަމަ އޭގެ ނަތީޖާ ހިތިވާނެ ކަމަށެވެ.

”އަހަރެން ކުރިން ވެސް ބުނިން، އަދިވެސް އެއްފަހަރު ތަކުރާރުކޮށް ލާނަން، ޔަޝްމް އަހަރެންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަންނަން ނޫޅުނިއްޔާ ރަގަޅު ވާނީ!…” އިޒްކާން ބުމަކައިރިކޮށްލިއެވެ. އިޒްކާން ގޮސް ބޭރަށް ނިކުންނަމުން ދޮރު ލައްޕާލިއެވެ. އެއަޑުން ޔަޝްމްއަށް ހަމަހޭވެރިކަން ވިއެވެ.

އަތުގައި އޮތް ފެންތަށި އެއްނޭވާއިން ހުސްކޮށްލަމުން ޔަޝްމް ގޮސް އެނދުގައި އިށީނެވެ. އިޒްކާންއާ ދެކޮޅަށް ނިކުންނަން ހަދައިގެން ބޮނޑިއެއް ލިބިދާނެކަމަށް އޭނަގެ ހަވަނަ ހިއްސު އިންޒާރު ދޭން ފެއްޓި އެވެ.

****

އިޒްކާން ބޮޑުކޮޓަރީގައި އިންދާ ފަތިސް ނަމާދުކޮށްގެން ތިރިއަށް ފޭބި ބަލްޤީޝްއަށް އިޒްކާން ފެނި ހައިރާންވިއެވެ. އަދި ހަމައެއާއެކު ސިކުނޑީގައި ޓަކި ދިން ޚިޔާލެއްގެ ސަބަބުން ބިރުވެސް ގަތެވެ. އިޒްކާންއާއި ޔަޝްމްގެ ދެމެދުގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ ތަނަށް ވެރިވެފައި އޮތް އަނދިރިކަމަށް ނިމުމެއްގެންނަމުން ބަލްޤީޝް އިޒްކާންއާއި އަރާހަމަކޮށްލިއެވެ. އިޒްކާން އިސްއުފުލާ ބަލްޤީޝްއަށް ބަލާ ވެސް ނުލިއެވެ.

”ދަރިފުޅު މިގަޑީގަ މިތާ ކީއްތިކުރަނީ؟، ފަތިސް ނަމާދުކޮށްފިންތަ؟…” ބަލްޤީޝް ހާސްކަން ފޮރުވަމުން އެހި އެވެ. ބަލްޤީޝް އައިސް އިޒްކާން އިން ސޯފާގައި އިށީނެވެ.

”ނިދި ނާންނާތީ…. އަދި ނަމާދު ނުކުރަން…” އިޒްކާން ޖަވާބު ނުދޭން އުޅެފައި ވެސް ބުންޏެވެ. އޭނަ ވާހަކަ ނުދައްކައިފިނަމަ މަންމަ ހިތުގައި ޖެހޭނެކަން އެނގެއެވެ. އެފަދައިން ކަންތައް ވާން ފުރުސަތު ދޭކަށް އޭނަ ބޭނުމެއް ނޫނެވެ.

”ނަމާދުނުކޮށް ހުންނާކަށް ނުވާނެ، ދޭ އަވަހަށް ނަމާދުކުރަން، ޔަޝްމް ކޮބާތަ؟…” ބަލްޤީޝް އިޒްކާންގެ މޫނުން ނަޒަރު ވަކިކުރުމެއް ނެތި ބުންޏެވެ. އޭނަ ދިޔައީ އިޒްކާންގެ މޫނު ދިރާސާ ކުރަމުންނެވެ. އޭނައަށް އިޒްކާން ކަމަކާމެދު ހިތްހަމަނުޖެހިފައި އިންކަމުގެ ކުލަވަރުތަކެއް ނުފެނުނެވެ. އެއާއެކު އޭނަގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބިގެން ދިޔައެވެ.

”ޔަޝްމް އޮތީ ނިދާފަ…” އިޒްކާން ނަމާދުކުރަން ދާން ތެދުވުނެވެ. ”ދަރިފުޅު ނަމާދުކޮށްގެން އަންނަން ވާއިރަށް މަންމަ ކޮފީ ތައްޔާރުކޮށްލާނަން، ޔަޝްމްއަށް ވެސް ގޮވާލައްޗޭ…” ބަލްޤީޝް ބުންޏެވެ. އިޒްކާން ބޯޖަހާލަމުން ސިޑިއާ ދިމާއަށް ހިނގައިގަތެވެ. އިޒްކާން ދިޔައީ މަންމަ ކުރިމަތީގައި އެތެރެހަށީގައި އުތުރިއަރަމުން ދިޔަ ޖަޒުބާތުތައް ކޮންޓްރޯލްކުރަމުންނެވެ.

އިޒްކާން ކޮޓަރިއަށް ވަންއިރު ޔަޝްމް ހުރީ ނަމާދުކުރާށެވެ. އަލަމާރިން ޓީޝާޓަކާއި ޖިންސެއް ނަގައިގެން ގޮސް އިޒްކާން ވަނީ ފާޚަނާއަށެވެ. އޭގެ މިނެޓްތަކެއް ފަހުން އޭނަ ނިކުތެވެ. ދެން އޭނަ މިސްރާބު ޖެހީ މިސްކިތަށް ދިއުމަށެވެ.

****

ދުވަހުގެ ބޮޑުބައި ޔަޝްމް ހޭދަކުރީ ބަލްޤީޝްއާއެކު ގައެވެ. ރޭގަނޑު ބަލްޤީޝްގެ އެކުވެރިޔަކު ބޭއްވި ޕާޓީއަކަށް ވެސް ދާން ޖެހުނެވެ. ބަލްޤީޝް އެޕާޓީގެ ތެރޭން ޔަޝްމް އެކިއެކި މީހުންނަށް ތަޢާރަފްކޮށްދިނެވެ. ޔަޝްމް ހުރީ ލަދުންނެވެ. މީހުންގެ ތެރެއަށް ނިކުންނަން ވެއްޖެނަމަ އެއީ އޭނައަށް އަބަދު ވެސް ވާ ގޮތެކެވެ. ޔަޝްމް ހިނިތުންވެލައިގެން ހުރީއެވެ. މީހަކު ވާހަކަ ދައްކައިފިނަމަ ވާހަކަ ދައްކާއިރު އަޑު ހުންނަނީ ފިނިވެފައެވެ. ޕާޓީ ނިމޭ އަތަކަށް އެޅީ ދިހައެއް ޖަހަން އުޅެނިކޮށެވެ. އޭރު ޔަޝްމް ހުރީ ފޫހިވެގެން ގޮސް މަރުވާވަރު ވެފައެވެ. ގެއަށް ދާނެ ފުރުސަތެއްގެ އިންތިޒާރުގައެވެ. ބަލްޤީޝްއަށް އެކަން ފާހަގަ ކުރެވުނީ ކަން ނޭގެއެވެ. އޭނަ އަލީއަށް ގުޅާލަމުން ޔަޝްމް ގެއަށް ގެންގޮސް ދިނުމަށް ބުނެލިއެވެ.

ގެއަށް ދިޔަ މަގުމަތީގައި ބޮޑު ޓްރެފިކަކާ ލައިގަތެވެ. ޓްރެފިކް ލައިޓަށް ހުއްޓިގެން ތިބި މީހުންނަށް ޔަޝްމް ބަލަން އިނެވެ. އެހެން އިންދާ ކާރު ކައިރިއަށް މަޑުކޮށްލި ސައިކަލުގައި އިން ޒުވާނާ ފެނި ޔަޝްމްގެ ސަމާލުކަން އޭނައަށް ދެވުނެވެ.

”އެއީ ހަމަ އޭނަ، އެދުވަހު މޯލް ތެރެއިން ފެނުނު މީހާ…” ޔަޝްމްގެ ސިކުނޑީގައި ދުރު ހަނދާނެއް އާލާވެގެން ދިޔައެވެ. އޭނަ އެޒުވާނާއަށް އަދިވެސް އެއްފަހަރު ބަލާލިއެވެ. ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. އެއީ ހަމަ އޭނައެވެ. މޯލް ތެރެއިން ޗޮކެލެޓް ހަރުގަނޑެއްގައި އަޅައިގެންފައި ބިންމައްޗަށް ވެއްޓުމުން ތެދުވާން އެހީވެދިން ޒުވާނާއެވެ.

ޔަޝްމްއަށް އެޒުވާނާގެ ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާ ފެންނަން އިރުކޮޅެއް ނެގިއެވެ. މިހުރިހާ އިރު އޭނަގެ ސަމާލުކަން ހުރީ އެޒުވާނާއަށް ވިއްޔާއެވެ.

”އެކާކުތަ؟… އޭނަގެ ގާރލްފްރެންޑްތަ؟…” ޔަޝްމްގެ ހިތަށް އެރިއެވެ. އޭނަ އެހެން އިންދާ އެޒުވާނާ ވެސް ކާރަށް ނަޒަރެއް ދިނެވެ. އަވަސް އަވަހަށް ޔަޝްމް އަތުގައި އޮތް ފޯނާ ކުޅެން އިންކަމަށް ހެދި ގަތެވެ. އެހެން އިނދެފައި ލޮލުގެ ހިމަކޮޅުން ބަލާލިއެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެޒުވާނާ އިނީ އޭނައާ ދިމާއަށް ބަލާށެވެ. ކާރުގެ ލޫވާރ ތިރިކޮށްލެވިފައި ވުމުން ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ޔަޝްމްގެ ހިތް ތެޅިލިއެވެ. ދަމާބާރެއް އެދެލޮލުގައި ވާ ކަހަލަ އެވެ. ޔަޝްމްއަށް އެސްފިޔަތައް ތިރިކޮށްލަން މަޖުބޫރު ވެގެން ދިޔައެވެ.

ޓްރެފިކް ލައިޓް ފެހިވެގެން ދިއުމުން ކާރު ދުއްވާލައިފިއެވެ. އެއާއެކު ޔަޝްމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެޒުވާނާ ބަލަން އިންގޮތުން ނޭގޭ ގޮތްތަކެއް ވެގެން ދިޔަކަން ގައިމެވެ. ޔަޝްމް އެޚިޔާލުތަކާ ދުރުވާން ދެފަރާތަށް ބޯހޫރާލިއެވެ. އެހެނަސް އެކަމެއް ނުވިއެވެ. އެންމެ ބޮޑަށް ވިސްނުނީ ސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖާއާ ދޭތެރޭގައެވެ. އެދެމީހުންގެ ދެމެދުގައި އޮވެދާނެ ގުޅުމަކާ މެދުގައެވެ.

”ނީވް ކިހިނެއް ވީތަ؟، މީހުން ބަރުގޮނު އަޅާ އަޑު ނީވެނީތަ؟…” ސައިކަލުގެ ފަހަތުގައި އިން ކުއްޖާގެ އަޑުން ޒުވާނާއަށް ހަމަހޭވެރިކަން ވިއެވެ. އެއްމިޔަކަނިން ހީލަމުން އޭނަ ސައިކަލު ދުއްވާލިއެވެ.

****

ސެޝަން ތަކަށް ދާން ފެއްޓިފަހުން ދީމްގެ ސިކުނޑިއަށް ވެރިވެފައިވާ ބަރުދަން މަޑުމަޑުން ލުއިވަމުން ދިޔައެވެ. ސެޝަން ތަކުގެ ފައިދާ ވަރަށް ބޮޑަށް ކުރިއެވެ. ނަމަވެސް ޔޫޝައު ނެތުމުގެ ފަޅުކަން ފޫބައްދާލެވޭ ގޮތެއް ނުވިއެވެ. އޭނަ ހުންނަނީ ޔޫޝައު ފެނިލުމަށް އެދި ބޭޤަރާރުވެފައެވެ. އެއުއްމީދުގައި ހުންނަތާ ކޮންމެދުވަހަކު އިރުއަރައިގެން ގޮސް ރޭގަނޑުގެ އަނދިރިކަމުން ދުނިޔެ ހިސޯރުކޮށްލައެވެ. ދީމް މަންމަމެންގެ ކުރިމަތީގައި ހިނިތުންވެލައިގެން ހުރިކަމުގައި ވިޔަސް ހިތުގައި އަޅާ ވޭން އެކަނި ވުމުން އިހުސާސް ވެއެވެ. އެކަމާމެދު ނުވިސްނަން އަޒުމު ކަނޑައެޅިކަމުގައި ވިޔަސް ދަނީ ފެނުފުލުންނެވެ. ދޭތެރެއަކުން ވިޝާ ވެސް ދީމްއާ ބައްދަލުކޮށްލަން އާދެއެވެ.

****

ހަތަރު ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް ކޯހަށް ހޮވުނުކަމުގެ މެއިލް ނުލިބުމުން ޔަޝްމް މާޔޫސްވާ ގޮތް ވިއެވެ. އެކަމާ ހުރެ އޭނައަށް އެހެން އެއްވެސް ކަމަކާ މެދު ވިސްނޭ ކަމަކަށް ނުވެއެވެ. އަބަދު ހުންނަނީ ފިކުރެއްގެ މަތީގައެވެ. ކާހިތެއް ނުވެއެވެ. ކޮޓަރިން ބޭރަށް ނިކުންނަ ހިތެއް ވެސް ނުވެއެވެ. އިޒްކާންއަށް މިހުރިހާ ކަމެއް ފާހަގަ ކުރެވުނު ކަމުގައި ވިޔަސް ދެނެހުރިކަމަކަށް ވެސް ހަދާނުލިއެވެ. ކުރީރޭގެ ޒުވާބުގަނޑަށް ފަހު ދެމީހުން ވެސް އަނގައިން ނުބުނެއެވެ. ޔަޝްމް ވެސް އިޒްކާން ފެންނައިރަށް މޫނު ބަނަ ކޮށްލަ އެވެ. އެހެންވެ ޔަޝްމްއާ ވާހަކަ ދައްކަން ވެސް އިޒްކާން ފޫހިވިއެވެ.

ހަވީރުގެ ވަގުތެވެ. ބަލްޤީޝް ކޮޓަރިއަށް ވަނީ ތަބަކެއް ހިފައިގެންނެވެ. ޔަޝްމްއަށް އައި ކުއްލި ބަދަލާ ހުރެ އޭނަ ހުންނަނީ ނުހަނު ބޮޑަށް ކަންބޮޑުވި ކަމުގައި ވިޔަސް އޭނަގެ ހިތުގައި އުއްމީދެއް ވެސް އޮތެވެ.

އާދައިގެ މަތިން ޔަޝްމް އޮތީ ބޮލުގައި ރިއްސަނީ ކަމަށް ހެދިގެންނެވެ. ޑޮކްޓަރަށް ދައްކަން ދާން ވެސް އުޒުރުވެރި ވިއެވެ.

”ދަރިފުޅު ނުކަންޏާ ބަލި އިތުރަށް ބޮޑު ވާނީ އެއްނު، އިރުކޮޅަކުން ދަރިފުޅު ބަލަން ފެމިލީ ޑޮކްޓަރެއް ދުރުވާނެ، މަންމަ ވަރަށް ކަންބޮޑުވެފައޭ މިހުންނަނީ ޔަޝްމް ބަލިވީމަ…” ބަލްޤީޝް ބުންޏެވެ. އޭނަ ތަބަކުގައި ހުރި ކިރު ސައިތަށި ޔަޝްމްއަށް ދިއްކޮށްލަ ދެމުން ހެދިކާ ވެސް ކައިރިކޮށްލަ ދިނެވެ. މިފަހަރު ބަލްޤީޝް ކުރުނުކޮށް ބުނަން ފެށުމުން ޔަޝްމްއަށް މަޖުބޫރުވީ ގަދަކަމުން ވެސް ސައިބޯށެވެ. ސައިބޮއެ ނިމިގެން ހަމަޖެހިނުލެވެނީސް ޑޮކްޓަރ ޢީރަމް ދުރުވިއެވެ. ޑޮކްޓަރެއްގެ އެހީއަށް ބޭނުން ނުވިޔަސް މިފަހަރު އެކަން ވެސް ކުރަން ޖެހުނެވެ.

ޑޮކްޓާރ ޢީރަމްގެ ފަރާތުން ބަލްޤީޝް އުއްމީދުކުރި ފަދަ ޖަވާބެއް ނުލިބުނެވެ. އެއާއެކު އޭނަ ދެރަވިއެވެ. ބަލްޤީޝްއަށް ހީކުރެވުނީ ޔަޝްމް އިނީ ބަލިވެކަމަށެވެ. އެހެނަސް އޭނަގެ ހުވަފެން ބިލާހަކަށް ވެގެން ދިޔައީއެވެ.

ޔަޝްމްއަށް ނިދިފައި އޮތްވާ ހޭލެވުނީ ފޯނު ރިންގް ވާ އަޑަށެވެ. އޭނަ ފޯނަށް ޖަވާބު ދޭން އުޅުނެވެ. ގުޅީ އަމަލް އެވެ. މާދަމާ ހެނދުނު މާލެ އަންނަ ވާހަކަ އަންގަން ވެގެންނެވެ. ޔަޝްމް އުފާވިއެވެ. އެކުވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެތީއެވެ.

ފޯންކޯލް ނިންމާލަމުން ޔަޝްމް އަނެއްކާ ވެސް ނިދަން މަސައްކަތް ކުރިއެވެ. އޭގެ ކުރިން މެއިލް ޗެކްކޮށްލަން ހިތަށް އެރިއެވެ. އަވަސްވެފައިވާ ހިތަކާއެކު މެއިލް ހުޅުވާލުމުން ޔަޝްމްއަށް އުފަލުން ގޮސް ފުންމައިގަނެވުނެވެ. އުފަލުން ގޮސް އާސުމާނުގައި އުޅެވުނު ކަހަލައެވެ. ކުޑަކޮށް ނަށާ ލެވުނެވެ. ޔަޝްމްގެ ނެށުން ހުއްޓުމަކަށް އައީ އިޒްކާން ފެނިފައެވެ. އެއާއެކު އޭނަ ލަދުގަތެވެ. ދޮންކުއްޖަކަށް ނުވިކަން އެއީ އޭނަގެ ނަސީބޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނަ ލަދުގެންފައި ހުރިވަރު އިޒްކާންއަށް ސާފުކޮށް ފެނުނީހެވެ.

އިޒްކާން ފެންނައިރަށް ޔަޝްމް ތުން އަނބުރާލިއެވެ. އަދި ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. ކޯހަށް ހޮވުނު ކަމުގެ ލިޔުން ދެފަހަރު ކިޔާލެވުނެވެ. އޭނަ އެއުފާވެރި ޚަބަރު ފުރަތަމަ ވެސް ދިނީ އަމަލް އަށެވެ. ދެން މަންމައާއި ބައްޕައަށެވެ. ޒައުމާ އެހާ ބޮޑަށް ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް ޔަޝްމްގެ އުފަލުގައި ބައިވެރިވިއެވެ. އަދި އަނެއްކާ ވެސް ޔަޝްމްއަށް ނަސޭހަތް ލައިދިނެވެ.

ބަލްޤީޝްމެނަށް ވެސް އެޚަބަރު ދޭ ހިތް ވިއެވެ. ނަމަވެސް ދިހައެއް ޖަހާ ބޮޑު ވެފައި ވުމުން ހެނދުނަށް ފަސްކޮށްލީއެވެ.

ޔަޝްމް ދެން އަވަސް ވެގަތީ ނިދުމަށެވެ. މާދަމާ ހެނދުނު އަމަލް ބަލާ އެއާރޕޯޓަށް ވެސް ދާން ޖެހޭތީ އާ އެކީއެވެ.

****

ހެނދުނުގެ ނާސްތާއަށް ފަހު ޔަޝްމް ބަލްޤީޝް ގާތު އޭނަ ހުޅުލެއަށް ދާން އުޅޭ ވާހަކަ ބުންޏެވެ. ޔަޝްމް އެކަނި ދާން ބަލްޤީޝް ހިތްހަމައެއް ނުޖެހުނެވެ. އަދި ޔަޝްމް ހިތުގައި ޖައްސަން ވެސް ބޭނުން ނުވިއެވެ. ހުކުރު ދުވަހަކަށް ވުމުން ޔަޝްމް އާއެކު ދިއުމަށް އިޒްކާން ގާތު ބަލްޤީޝް ބުންޏެވެ. ޢާއިލާގެ ހުރިހާ މެންބަރުން ކާމޭޒު ދޮށުގައި ތިބުމުން ދެކޮޅު ހަދާކަށް އިޒްކާންއަކަށް ނުކެރުނެވެ.

”އާރގްގްގް، ދެން މަންމައަށް ވެސް އެނގުނީ އޭނަ ގާތު ބުނަންތަ؟ ވަރަށް ފޫހިވޭ…” ޔަޝްމް ތުން ފިއްތާލިއެވެ. ތަޤްދީރު ކޮންމެ ފަހަރަކު އޭނައަށް ކެހި ދެނީއެވެ.

****

ފަލަކް ބޭނުންވާ ފަދަ ނަތީޖާއެއް ނުނެރެވުމުން އޭނަ ހުންނަނީ މާހުތާބް ދެކެ ރުޅިގަދަ ވެފައެވެ. ދެމައިން ޒުވާބު ނުކުރާ ދުވަހެއް ނުދެއެވެ. މާހުތާބް ވެސް ހުންނަނީ އޭނަގެ ރޭވުންތައް ކާމިޔާބު ވާނެ ކަހަލަ ފުރުސަތެއް ނުލިބުމުން މާޔޫސްވެފައެވެ. ނުވީތާކަށް އޭނައާއި ފަލަކްގެ ގުޅުން އިތުރަށް ގޯސް ވަމުން ދާތީ އާއެކު ވެސް މެއެވެ.

”މަންމައަށް އެއްވެސް ކަމެއް ނުވާނެ، ސަޅިބައިސާކަނޑަން އެނގޭނީ…” ފަލަކް ބުންޏެވެ. ދެމައިން ތިބީ ކޮޓަރީގަ އެވެ.

”ދަރިފުޅާ ކެތްތެރިވާން ދަސްކޮށްބަލަ، ބަލަ ޓަސް ލާފަ ބޭނުންހާ ކަމެއް ނުވާނެޔޭ، ރޭވުންތެރިކަން އެއީ ވަރަށް މުހިންމު އެއްޗެއް، އެހެންނޫންނަމަ އަތަށް ހުރިހާކަމެއް ގޮވާނީ…” މާހުތާބް ވިސްނައިދިނެވެ.

”މަންމަ އަހަންނަށް އޮޅުވާލަންތަ މަސައްކަތް ތިކުރަނީ؟… މަންމަ އެއްވެސް މަސައްކަތެއް ނުކުރޭ، މަންމަގެ ސަބަބުން ޔޫޝައު އަހަންނަށް ގެއްލިއްޖެނަމަ ދުވަހަކު މާފެއް ނުކުރާނަން، އެދުވަހަކުން އަމިއްލައަށް ދަން ޖެހިގެން މަރުވާނަން…” ފަލަކްގެ އަޑު ކުރެހުނެވެ. އޭނަ މަންމައަށް ކުރި އިތުބާރު ގެއްލިއްޖެ އެވެ. ހަތަރު ހަފްތާ ވެގެން ދިޔަ އިރުވެސް މަންމައަށް ކުރެވުނު ކަމެއް ނެތެވެ.

”ފަލަކް!، ތިހެން ވާހަކަ ނުދައްކާށޭ މަންމަ ބުނާނީ ކިތައް ފަހަރުތަ!… އަމިއްލައަށް މަރުވުމަކީ ބޮޑު ފާފައެއް، އެނގިހުރެ ނަރަކައިގެ ތެރެއަށް ވެއްޓިގަންނަން ތި ވިސްނަނީ ކީއްވެ؟، ދަރިފުޅު މަންމައަށް އިތުބާރުކޮށްބަލަ، މިވީހާތަނަށް ވެސް ދަރިފުޅުގެ ހުރިހާ އެދުމެއް މަންމަ ފުރިހަމަ ކޮށް ދިނީމެއްނު، ހަމަ އެފަދައިން މިފަހަރު ވެސް ދަރިފުޅުގެ ހުވަފެން ހަޤީޤަތަކަށް ހަދައިދޭނަމޭ…” މާހުތަބް ރުޅިގަދަ ވިއެވެ. އޭނަ ދަރިފުޅަށް ވިސްނައި ދިނެވެ. އެންމެފަހުން މާހުތާބްގެ ބަހަށް ފަލަކް ހެއްލުނެވެ. އޭނަ މަންމަގެ އުނގުގައި ބޯއަޅާލަމުން ޔޫޝައު ހޯދައި ދިނުމަށް ބުނެލީ އާދޭހުގެ ރާގަކަށެވެ. އެޖުމްލައިން މާހުތާބްގެ ހިތަށް އަސަރު ކުރިއެވެ.

(ނުނިމޭ)

49
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

Loabi Aharen Ves Veemey..

Next

ލޯބިން އެކީގަ ވާނަމޭ.. (1)

Next
December 16, 2015

ލޯބިން އެކީގަ ވާނަމޭ.. (1)

Previews
December 16, 2015

Loabi Aharen Ves Veemey..

15 Comments

  1. shazz says:
    December 16, 2015 at 6:52 pm

    V reethi avah up kohdhehchey

  2. maalu says:
    December 16, 2015 at 7:04 pm

    Wowwwww. Vrh vrh vrh reethi mi part ves……love this story….when is the next part???…

    ………..WAITING…………

  3. kamana says:
    December 16, 2015 at 7:06 pm

    Wow i lov thx stry ?

  4. ninth says:
    December 16, 2015 at 7:10 pm

    emme reethi vaahaka….

  5. Inaa says:
    December 16, 2015 at 7:14 pm

    Awesome…. next part avahah Up koh dheh chey…..

  6. sadhaaa says:
    December 16, 2015 at 7:17 pm

    Beautiful. ..pls avahah up kohdheeba
    Waiting hama …..??

  7. Kiyuntheriyaa says:
    December 16, 2015 at 7:19 pm

    Nice. But Mifaharu haadha dhuvas kohfa. Still as usual it is awesome. 🙂

  8. Shakeelaa says:
    December 16, 2015 at 7:33 pm

    Mee kuruvaahakaehtha. Dhigu vaahakaehtha.vihi vanabayaa hama ah aadhevunu iruvs vaanuvaa ehnayge. Hus ehvaahakathakeh

  9. aroo says:
    December 16, 2015 at 7:34 pm

    alhe me suspense kuru kollana plsss…but story masha allah varah reethi

  10. vanuva says:
    December 16, 2015 at 9:03 pm

    Mi story ge vanuva neyge…..

  11. Safaa says:
    December 16, 2015 at 9:16 pm

    Foohi. Dhnhus ehvaahaka thakeh sathayka vana baiga thoache aavaahakatheh liyaany

  12. nuhnu says:
    December 16, 2015 at 9:25 pm

    Woow wooow vrh reethi..plx plx avahah up kohba..

  13. Ashi says:
    December 16, 2015 at 10:32 pm

    Awesome.vaahaka v habeys

  14. vily says:
    December 16, 2015 at 10:38 pm

    Vaahaka vvv reethi… bt esfiya site ga gina vaahaka thah kiyaa hiyvaa varah liyefaiii dhennn upload kurun hutteyne…. aamu koh furathama stry liyaa iru varahh avahah up kuraane… fahun fahun las vamun gos vaahaka up kurun hutteyvessss
    ehennn nuvaane kamahhhh vvvvv ummeedhu kurannnn
    love to read this story

  15. melaanee says:
    December 16, 2015 at 10:43 pm

    ebunaahen 20 bai genai iru adhi vaanuvaa neyge. urdu vaahakathah hunna gothah liyan ulheni ekam eheneh nuliyeve. mishya ah v goi engen vejje dho mihaar noony kiyuntherin foohi vaane.

Comments are closed.

All Right Reserved!