Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މިއީ ތަޤްދީރު ހޭ؟ (ނުވަވަަނަ ބައި)

Ahmed Ammu Level 210 Stories100 Comments
December 16, 2015 5 Mins Read
11 Comments

“ކަލޭ ލަދެއް ނުގަނޭތަ؟ ޝާމިން އެއީ ކުޑަކުޑަ ކުއްޖެކޭ، އޭނައަށް އަދި މާ ހެޔޮއެދިގެން މިގެއަށްގެނެސް ކަލޭ އޭނަގެ…. ޗި” ރުޅިއައިސް ހުރި ސަނާ ހައްޔަރު ކޮށްގެން ގެންދަންފެށި ޒަރީނާގެ ފަހަތުން އެއްޗެހި ކިޔަމުން ދިޔައިރު ބޭރުތެރޭގައި އަޑުގަދަވެގެން އަވައްޓެރިން ނިކުމެ ޒަރީނާ އާއި ދިމާއަށް ބަލަމުން ދެއެވެ.

ސަނާ، އަފީފްއަށް ޝުކުރު އަދާކޮށް މިމައްސަލައިގެ ކަންތައްތަށް އިތުރަށް ތަހުގީގު ކުރުމަށް ޝާމިން ގޮވައިގެން މާދަމާ ހެނދުނުގެ ވަގުތެއްގައި ދާނެ ކަމަށް ބުނެ ޝާމިންގެ އެއްޗެހިތަށް ހިފައިގެން ގެއަށް ދިޔައެވެ.

ރަށުގެ މަގުމަތީގައި ޒަރީނާ ހިންގުވާފައި ޕޮލިސްޓޭޝަނާ ހިސާބަށް ގެންދިޔައިރު ޒަރީނާއަށް ރަށުގެ މީހުންގެ މަލާމާތާއި ފުރައްސާރަ ކުރުންތަށް ރައްދުވަމުން ދިޔައެވެ. ޕޮލިސްޓޭޝަނަށް ވެއްދުމަށްފަހު ޒަރީނާ ކުޑަގޮޅިއަށްލީ ހެނދުނު ސަނާ އައުމުން އެމައްސަލަ އިތުރަށް ބަލާނެ ކަމަށް ބުނެއެވެ.

“ކީއްކުރަން މީއްޗަކު މިގެއަށްތި ގެނައީ؟ މަކައިރީ އަހާލުމެއްވެސް ނެތޭނުން” މަރީނާ އެހެންބުނެ ޝާމިން ގައިގައި ޖެހުމަށް މަޅާލި އަތުގައި ސަނާ ހިފެހެއްޓިއެވެ. “ހަބަރުދާރު ދެން އެންމެ ފަހަރަކު ޝާމިން ގައިގައި އިނގިލި ކުރި ޖައްސައިލިޔަސް ޒަރީނާގެ މައްސަލަ ރިޕޯޓުކުރިހެން މަންމަގެ ހުރިހާ ކަމެއް ރިޕޯޓުކުރާނަން” މަރީނާ އާއި ދިމާއަށް އެހެންބުނެ ޝާމިން ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ސަނާ ދޮރުލެއްޕިއިރުވެސް މަރީނާ އަށް އެހުރިގޮތަށް ހުރެވުނީ ދެންމެ އަޑު އިވިގެން އެދިޔަ ވާހަކަތަކުން އެއީ ސަނާކަންވެސް ގަބޫލުކުރަން ދަތިވެފައެވެ.

“ކޮއްކޮ ވަރަށް ލޯބިވޭ ދައްތަދެކެ، އަބަދުވެސް ކޮއްކޮއަށް އެންމެ ރަނގަޅީ ދައްތަ، ކީއްވެ މަންމަ ކޮއްކޮދެކެ ރުޅިއަންނަނީ؟” ސަނާ ގައިގައި ބައްދައިގެން ހުރެ ޝާމިން ވާހަކަ ދައްކަން ހުރިގޮތުން ދުވަހަކުވެސް ސަނާގެ ގައިން ޝާމިން ދޫކޮށްލަން ބޭނުން ނުވާފަދައެވެ. “ދައްތަވެސް ވަރަށް ލޯބިވޭ ކޮއްކޮ ދެކެ ދެން ކޮއްކޮ އަބަދުވެސް ހުންނާނީ ދައްތަ ކައިރީގައި” ސަނާ އެހެން ބުނެ ޝާމިން ގެނެސް އެނދުގައި ބާއްވައިލުމަށްފަހު ކޮޓަރިން ނުކުތެވެ.

“ތީ ހަމަ މަންމަގެ ސަނާތަ؟ މަންމަ އާއި ދިމާއަށް އެގޮތަށް އެއްޗެހި ކިއުމަށް ހިތްވަރުދިނީ ކާކު؟” ކޮޓަރި ދޮރުމަތީގައި ހުރި މަރީނާ ރޮވިފައި ހުރެ ސަނާ އާއި ވާހަކަ ދެއްކިއެވެ. “އެއްޗެހި ބުނަން ޖެހުނީ ނުބުނެ ނުވާވަރުވީމައި، ޝާމިން ކޮއްކޮ ދެކެ ކިތައްމެ ރުޅިއައިކަމުގައި ވީނަމަވެސް، އެއީވެސް މަންމަގެ ދަރިއެއްނުން ދެންކީއްވެ ތިގޮތަށް ތި ކަންތަށް ކުރަނީ؟” ހިތްހެޔޮ ކަމާއި އެކު މަރީނާއަށް ވިސްނައި ދެވޭތޯ ސަނާ މަސައްކަތްކުރިއެވެ. އަދި ޒަރީނާ ޝާމިން އާއި ދޭތެރޭ ކަންތަށް ކުރިގޮތް މަރީނާ އަށް ކިޔައިދިނުމުން ޒަރީނާ ދެކެ މަރީނާ ރުޅިއައެވެ. އެއީ ޝާމިން ދެކެ މާލޯބިވާކަމަށް ހެދިގެން އުޅުނު ޒަރީނާގެ ފަރާތުން އެކަހަލަ ކަމެއް ފެނުމުންނެވެ. އެއްގޮތަކަށްވެސް ޝާމިން އާއި ދޭތެރޭ ހަމްދަރުދީ އުފެދިގެނެއް ނޫނެވެ.
ހެނދުނު އިރު އެރުމާއި އެކު ރަށުތެރޭގައި ދެކެވެމުން ދިޔައީ ޒަރީނާ ދަރިއެއްފަދައިން ބަލަމުން ދިޔަ ޝާމިންގެ އިތްފަތްތެރިކަން ޒަރީނާ ނަގާލި ވާހަކައެވެ. ބައެއް މީހުންނަށް އެވާހަކަ ގަބޫލު ނުކުރެވުނު ކަމުގައިވީނަމަވެސް ސަނާ އަށް ރަށުމީހުން އިތުބާރުކުރާތި އެވާހަކަ ތަށް އެއީ ތެދުކަމަށް ގަބޫލުކުރިއެވެ. އެއީ ސަނާއަކީ ދުވަހަކުވެސް މީހެއްގެ ގޯސްވާހަކަ ދައްކާފައިވާ ކުއްޖެއް ނޫނެވެ. އެހެން ކަމަށްވުމުން ކަމަކާއި ނުލައި ސަނާ އެވަރުގެ ވާހަކައެއްް ނުހަދާނެކަން ގިނަމީހުން ދިޔައީ ގަބޫލު ކުރަމުންނެވެ. ހަމަ އެއާއި އެއްވަރަށް ބައެއްމީހުންގެ ފަރާތުން ޝާމިން އަށް ވެސް ދަނީ ބަދުބަސް ބުނަމުންނެވެ. ނަމަވެސް ސަނާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

ސައިބޮއެގެން ޕޮލިސްޓޭޝަނަށް ސަނާ ދިޔައީ ޝާމިންވެސްް ގޮވައިގެންނެވެ. އަދި އަފީފް އާއި ބައްދަލު ކުރުމަށް އަފީފްގެ ހުއްދައާއި އެކު އޮފީހަށް ވަނެވެ. “މިހާރު ކިހިނެތްތޯ ވަނީ؟ އަޅުގަނޑުގެ ކޮއްކޮއަށް އިންސާފު ހޯދަދެއްވާނަން ދެއްތޯ” ސަނާ އަފީފް އާއި ވާހަކަ ދައްކަމުން ދިޔައެވެ. “ލައްބަ، ޝާމިން އަށް އިންސާފު ލިބޭނެ އަޅުގަނޑުމެންނަށް އެމަންޒަރުވަނި ލޮލުދެކި އަތުން ހިފާފަ، އެހެން ކަމަށް ވުމުން ޝާމިން އަށް އަޅުގަނޑު އިންސާފު ހޯދަދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދާނަން” އަފީފް ވަރަށް ޔަގީންކަމާއި އެކު އެހެން ބުނެ ޝާމިން އާއި ދޭތެރޭ ހަސަނުވެސް ކައްތަށް ކުރި ގޮތް ބެލުމަށް މިއަދު ހަސަނު މަހުން އައުމުން މިކޮޅަށް ގެންނާނެ ކަމަށް ބުނުމުން ސަނާ ވަރަށް އުފާވިއެވެ.

“ޝާމިން ކޮބާ މިހާރު ބޮޑުވީދޯ؟ ޒަރީނާ ދައްތަ ފައްކާތަ؟” ފޮލިސްޓޭޝާނުން ނުކުމެ ގެޔަށްދިޔަ މަގުމަތީގައި ރަށުގައި ނުލަފާ އަރުވާ ގުރޫޕެއް ޝާމިން އާއި ދިމާކޮށްލިއެވެ. “ކިހާ ބޮޑު ކަމެއް ކަލޭމެންނާއި ހެދި، އެއީ އޭނަ ކުރި ކަމެއްތަ؟ އެހެން ނޫނަސް އެއީ ކުޑަކުއްޖެއްނުން ކަލޭމެން އޭނައާއި ތި ބެހެނީ” ސަނާ އައި ރުޅީގައި އެމީހުންނާއި ދިމާއަށް އެއްޗެހިކިޔައި ޝާމިން ދިފާއުކޮށް ގެއަށް ދިއުމަށް ހިނގައިގަތް ވަގުތު އެމީހުން ހޭންފެށިއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ޝާމިންގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައީއެވެ.

“ކޮއްކޮ އާއި ހެދި ދައްތަ ވެސް ލަދުގަންނަން ޖެހޭތީ ވަރަށް ދެރަވޭ” ގެއަށް ވަނުމަށްފަހު ޝާމިން ވާހަކަ ދައްކަން ފެށިއެވެ. ޝާމިން ކުޑައަކަސް ބައެއްފަހަރު ދައްކާ ވާހަކަތަކުން ސަނާ އަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެއް ކަމަކު ޝާމިންގެ ކޮންމެ ސުވާލުތަކަކަށްވެސް ސަނާ ޖަވާބުދެނީ ލޯބިންނެވެ. “ދައްތަ ކީއްވެ ލަދުގަންނަންވީ، ކޮއްކޮވެސް ލަދުގަންނާކަށް ނުޖެހޭނެ އިނގޭ، މީހުން ދައްކާނެ ފާޑު ފާޑުގެ ވާހަކަ، އެކަމާ މާބޮޑަށް ނުވިސްނާ” ސަނާ އެހެންބުނެ ޝާމިންގެ ގައިގައި ބައްދާލިއެވެ. ސަނާގެ ކޮންމެ ވާހަކައަކުންވެސް ސަނާއަކީ ހިތްވަރުގަދަ މީހެއްކަން ޝާމިން އަށް ދިޔައީ ޔަގީންވަމުންނެވެ. އަދި ސަނާ ކަހަލަ ދައްތަ އަކު ޝާމިންގެ ހުންނާތީ އަބަދުވެސް އުފާވެއެވެ.

ޝާމިން ފެންނަ ކޮންމެ ފަހަރަކު މަރީނާގެ ލޭ ކެކިގެން ދެއެވެ. މަރީނާ ރުޅިއަންނަ ކޮންމެ ފަހަރަކު ޝާމިންގެ ގައިގައި ޖެހުމުން މަރީނާގެ ރުޅި މަޑުވިއެއް ކަމަކު މިހާރު ޝާމިންގެ ގައިގައި އަތްލަން މަރީނާ އަށް ނުކެރެނީ ސަނާ ދީފައޮތް
އިންޒާރަކުންނެވެ. “ސަނާ އެރޭ އެބުނީ ކޮން ކަންތަކެއްގެ ވާހަކަ ބާ؟ އަނެއްކާ އަހަރެންގެ ވިޔަފާރި…..؟” ނޫންނޫން ސަނާ އަކަށް އެކަމެއް ނޭނގޭނެ” ގޯތިތެރެ ކުނިކަހަން އޮތް މަރީނާގެ ހިތަށް އަރަމުން ދިޔައެވެ.

މެންދުރުވުމާއި އެކު މަސްބާނައިގެން ހަސަނު މަހަށްދިޔަ ދޯނި ރަށަށް އައެވެ. އަތިރިމަތީގައި މަސްގަންނަން އައިސްތިބި މީހުންވެސް މިއަދު އެހެން ދުވަސް ދުވަހާއި ހިލާފަށް ގިނައެވެ. “ޒަރީނާ ކިހިނެތް އެއުޅެނީ އަނެއްކާ ހަސަނަ އަށް ޒަރީނާ ބޭނުންވާ ވަރަށް ނުކޮށްދެވެނީބާ؟” މަސްގަންނަން އައިސް ތިބި މީހުންތަކުގެ ތެރެއިން މީހަކު އެހެން ބުނެ ހީގަތް އަޑަށް ހަސަނު އެދިމާއަށް ބަލައިލިއެވެ. އަދި ވާނުވާ ނޭނގިފައި ހުރެ މަސްގަންނަން އައިސް ހުރި ހަސަނުގެ ރައްޓެހި އިޤްބާލު ކައިރިން ސުވާލު ކޮށްލިއެވެ.

“އެމީހުން ކީކޭ އެކިޔަނީ ޒަރީނާ އޭ ކިޔައިގެން؟” ހަސަނު ސުވާލު ކުރުމުން އިޤްބާލު ވެސް ހަސަނު އާއި ކުރީ މަލާމާތެވެ. އަދި ގަތްލަދުން މަސްކޮޅެއް ހިފައިގެން ގެޔާއި ދިމާއަށް ދިއުމަށް މިސްރާބު ޖެހިއެވެ. “އައްދޭ ހަސަނާ ކިހިނެތް ތިއުޅެނީ މަހީކުރީ ހަސަނުގެ ވަރަށް ވަރު ހުންނާނެ ކަމަށް، އެކަމަކު މިހާރު އެނގިއްޖެ ތީ ފިރިހެނަކަށްވެސް ނުފުދޭ މީހެއްކަން” ގެއަށްދިޔަ މަގުމަތީގައި ފަންގި ވިންނަން ތިބި އަންހެން ގުރޫޕަކުން އަނެއްކާއިވެސް ހަސަނަށް މަލާމާތުގެ ބަސްތަކެއް ރައްދުވިއެވެ. ނަމަވެސް އަޅައިނުލައި ރުޅިއައިސް ހުރެ އިސްދަށަށް ޖަހައިގެން އަވަހަށް ބެލީ ގެއައްދެވޭތޯއެވެ.

“ޒަރީނާ، ޒަރީނާ، ކީކޭތަ އެކިޔަނީ ލަދުން ބޯހަލާކު، ކޮބައިތަ އެއުޅޭ ޝާމިން” ގޭތެރެއަށް ވަދެވުމާއި އެކު ހަސަނު އަޑުގެ ނެތްތަނަށް ޒަރީނާ އަށް ގޮވަންފަށައި ގޭގެ އެތަން މިތަން ހޯދަން ފެށިއެވެ. “އަނެއްކާ ރަށުމީހުން އެދެއްކީ ތެދުވާހަކައެއްބާ؟ ޒަރީނާ ހަމަ އަސްލުގައިވެސް ީ ޕޮލިސްޓޭޝަނަށް ގެންދިޔައީބާ؟” ހަސަނު ހިތަށް އަރައި ފައިބަމުން ދިޔައެއްޗެހިން ފެންވަރައި ތައްޔާރު ވެލުމަށްފަހު ޕޮލިސްޓޭޝަނަށް ދިއުމަށް ހިނގައިގަތެވެ.
“އައްސަލާމް އަލައިކުމް، އަޅުގަނޑުގެ އަންހެނުން، ޒަރީނާ ވީ މިތަނުގައިތޯ؟” ޕޮލިސްޓޭޝަނަށް ވަދެ ދިޔަގޮތަށް ގޮސް ރިސެޕްޝަންގައި އިން ކުއްޖާ ކައިރިން ސުވާލު ކޮށްލިއެވެ. “އާދެ ތިބޭފުޅާގެ އަންހެނުން ޒަރީނާ ވަނީ މިތަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރު ކުރެވިފައި” ރިސެޕްޝަންގައި އިން ކުއްޖާ ދިންޖަވާބުން ހަސަނުގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ރަށުމީހުން ދައްކަމުން އެދަނީ ތެދުވާހަކައެއްކަން ޔަގީންވިޔަސް އެއީ ކީއްވެގެން ކަމެއް އެކަކުވެސް ބުނެދީފައެއް ނުވެއެވެ. “އަޅުގަނޑުގެ އަންހެނުން ހައްޔަރުކުރީ ކޮންކަހަލަ މައްސަލައެއްގަތޯ؟ ޒަރީނާ ކީއްތޯކުރީ؟” ވެގެން އުޅޭގޮތެއް ހަސަނަށް އަދިވެސް ނޭނގޭތީ އަނެއްކައިވެސް ސުވާލުކޮށްލެވުނެވެ. “އަޅުގަނޑަށް އިތުރު މައުލޫމާތު ދެވޭކަށް ނެތް، އަޅުގަނޑުމެންގެ ސީނިޔާ އޮފިސަރ އަފީފް އާއި ބައްދަލު ކުރެއްވުމުން ހުރިހާ މައުލޫމާތެއް އެނގި ވަޑައިގަންނަވާނެ” ރިސެޕްޝަންގައި އިން ކުއްޖާ އެހެންބުނެ އެތަނަށް އެކި ކަންކަމުގައި އައިސް ތިބުމަށް ހަމަޖެހިފައިވާ ގޮނޑިބަރިއަށް އަތުން އިޝާރަތް ކޮށްލުމަށްފަހު މަޑުކުރުމަށް ބުންޏެވެ. ޢިސް ޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ހަސަނު ގޮސް ގޮނޑިބަރިން ގޮނޑިއެއްގައި އިށިއިނެވެ.

“އަޅުގަނޑާއި އެކު ދުރުވޭ” ކުޑައިރުކޮޅެއްގެ ތެރޭގައި ރިސެޕްޝަންގައި އިންކުއްޖާ އައިސް ހަސަނު ކައިރިން އެދުމުން އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ. އަދި އަފީފް އިންނަ އޮފީހަށް ވެއްދުމަށްފަހު އަފީފްގެ އެދުމުގެ މަތިން އަފީފް އިން މޭޒުގެ ކުރިމަތީ އިން ގޮނޑީގައި ބެއިންދުމަށްފަހު އެކުއްޖާ ނުކުމެގެން ދިޔައީއެވެ. “އަޅުގަނޑުގެ ނަމަކީ އަފީފް” އަފީފް އަމިއްލައަށް ތަޢާރަފްވެލައި ހަސަނަށް އަތްދިއްކޮށްލިއެވެ. “އަޅުގަނޑުގެ އަންހެނުން ޒަރީނާ ހައްޔަރުކުރީ ކީއްވެތޯ؟ އަޅުގަނޑަށް ނޭންގީ ކީއްވެތޯ؟ އަޅުގަނޑުގެ އަބުރަށް ހުތުރުވާގޮތަށް ރަށުތެރޭގައި މިދެކެވެނީ ކޮންކަހަލަ ވާހަކަތަކެއްތޯ؟” އެއްވެސް ކަމެއް ނޭނގި އިން ހަސަނަށް އެއްފައްޗަކަށް ސުވާލުތަށް އަމުނާލެވުނެވެ.

“ޒަރީނާ ހައްޔަރު ކުރެވުނީ ކުޑަކުއްޖަކާ ބެހުނު މައްސަލައިގައި” ހަސަނު ކަންފަތުގައި ޖެހުނު އަޑާއިއެކު ދެކަންފަތުގައި އަތް އެޅުނެވެ. ހަސަނަކީ ކަންފަތަށް އަޑުއިވުން މަޚުރޫމް ވެފައިވާ މީހެއްނަމައޭ އެވަގުތު ހިތަށް އެރިއެވެ. “އަޅުގަނޑުގެ އަންހެނުން ބެހުނީ ކޮން ކުއްޖަކާތޯ؟ އަޅުގަނޑަށް ތީން އެއްވެސް ކަމެއް އެނގިފައެއްނެތް” އަޑުއިވުނު ވާހަކަތަށް ގަބޫލުކުރަންބޭނުން ނުވެފައި ހުރި ހަސަނު ސުވާލުކުރި އިރު އެއަޑުގައި ކުރަކި ކަމެއް ހުއްޓެވެ. ވާނީވެސް އެހެންތާއެވެ. ތިމާ ލޯބިވާ އަނބިމީހާ އޭ ކިޔައިގެން އެކަލަހަ ވާހަކައެއް އަޑުއިވުމުން ވާނީވެސް އެހެންތާއެވެ. “އެކުއްޖަކީ ތިގޭގައި ގެންގުޅުނު ޝާމިން، އަދި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިދެމީހުންގެ ފަރާތުންވެސް ޝާމިން އަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބިފައި” އަދި ޝާމިން އާއި ޒަރީނާ ބެހުމުން ދަނީ ހަސަނު ރަށުގައި ނޫޅޭވަގުތުގައި ކަމަށްވެސް އަފީފް ވިދާޅުވެ ހަސަނުވެސް ހައްޔަރުކުރެވިގެން ދިޔައެވެ.

ލިބުނު ހިތްދަތި ކަމުގެ ސަބަބުން ހަސަނު އާއި ޒަރީނާ ހުންނަނީ ދެމީހުން ހައްޔަރު ކުރެވިފައިވާ ގޮޅީގެ ކަނެއްގައި ޖެހިގަބުވެފައެވެ. އިރުކޮޅެއްގެ ތެރޭގައި ޒަރީނާ ހައްޔަރު ކުރެވިފައިވާ ގޮޅީގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެންއައި އަންހެން އޮފިސަރު އައިސް ޒަރީނާގެ މުލައްދަޑީގައި ހިފައި ނެރެގެން ގޮސް އެތަނުގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވެއްދުމަށްފަހު ކޮޓަރިތެރެ އަލިކުރުމަށްޓަކައި ދިއްލާލި ބޮކީގެ އަލިގަދަކަމުން ޒަރީނާގެ ލޮލަށްވީ އުނދަގުލުން ލޯމަތީ އަތްއެޅުނެވެ. ޒަރީނާ ލޯ އުނގުޅައި ލުމަށްފަހު މުޅި ތަނުގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. މުޅި ތަނުގައިވެސް ވަނީ ދިއްލާފައިވާ އެންމެ ބޮތްކެކެވެ. ތަނުގެ ތެރޭގައި ކުޑަވަރެއްގެ މޭޒެއް ބަހައްޓާފައިވާއިރު މޭޒުގެ ދެފަރާތުގައިވެސް ގޮނޑިއެއް ބެހެއްޓިފައިވެއެވެ.

“އަޅުގަނޑުގެ ނަމަކީ މަރިޔަމް، އަޅުގަނޑަކީ މިތަނުގެ ތަހުގީގް ޓީމުގެ އިސް ފަރާތެއް” ޒަރީނާ އެމޭޒުގެ ކައިރީގައި އިން ގޮނޑީގައި ބޭންދުމާއި އެކު މޭޒުގެ އަނެއްފަރާތުގައި އިން އަންހެން އޮފިސަރު އަމިއްލައަށް ތައާރަފް ވެލިއެވެ. އެވަގުތުވެސް ޒަރީނާ އިނީ އިސްދަށަށް ޖަހައިގެންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ahmed Ammu

Level 210 Stories100 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 21

Next

ައަދޭސްް ކުރަން ޔާރާ

Next
December 17, 2015

ައަދޭސްް ކުރަން ޔާރާ

Previews
December 16, 2015

ފޮހެވޭނޭ ބާއޭ… 21

11 Comments!

  1. sheynn says:
    December 16, 2015 at 11:47 pm

    Haadha kurey mi part…next part dhigu kohlahchey ingey…mi vaahaka v v rythi ingey…next part avahah up kohdhehchey plx

  2. Maukz says:
    December 17, 2015 at 12:17 am

    Too short. But one of my fav <3 im waiting for next part. avas vaane kamah ummeedhu kuran 🙂

  3. sadhaaa says:
    December 17, 2015 at 12:53 am

    ☺☺☺☺

  4. vily says:
    December 17, 2015 at 1:51 am

    Haadha kurukoh…. ammmu
    any wayyy the story z nice
    waiting and waiting

  5. Eyesh says:
    December 17, 2015 at 1:56 am

    V v rythi mi part ves.. ? waiting for the next part

  6. Ahmed Ammu says:
    December 17, 2015 at 7:14 am

    Thanks Everyone. Iraadha kurehviyyaa Dhen faharakun dhigukoh genesdheynan ?

  7. mice says:
    December 17, 2015 at 8:21 am

    NICE! WAITIN FO THE NXT PART!

    1. Ahmed Ammu says:
      December 17, 2015 at 4:42 pm

      Thank You ?

  8. zul says:
    December 17, 2015 at 1:45 pm

    ފުލުސްއޮފީސް….. police station ge badhalugai ehwn beynun kurinama varah furihama vees… vaahaka salhi….

    1. Ahmed Ammu says:
      December 17, 2015 at 4:43 pm

      Aan dhw. Anyways Thank you ?

  9. Sandy says:
    December 20, 2015 at 8:03 pm

    Its very interesting story….masha Allah…gud work Ahmed Ammu dear..Kobaa thw 10 vana bae…..vrh vae lasvaathy….plx make it quick…

Comments are closed.


All Right Reserved!