Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (10ވަނަ ބައި)

Eyesh Level 210 Stories100 Comments
December 16, 2015 4 Mins Read
22 Comments

ޒައިން އިރުކޮޅަކު އާސިމްގެ އަތުގައިއޮތް ބިޑިއާއިދިމާލަށް ބަލަންއިނުމަށްފަހު ނޫނެކޭ ބުނުމުގެގޮތުން ދެފަރާތަށް ބޯހޫރާލިއެވެ. ޒައިންއަށް މިހާރުވެސް އެވަނީ ވަރަށްބޮޑު ގޯހެއްހެދިފައެވެ. ދެވަނަފަހަރަށް އެކަހަލަނުބައި މަޅިއެއްގައި ޖެހޭކަށް އޭނާ ބޭނުމެއްނޫނެވެ.

 

ނަދީމް އާއި އާސިމް ބިޑިބޮމުންދިޔައިރު ޒައިންއާއި ދިމާއަށް ވަރަށްއެއްޗެހިކިއެވެ. ޒައިންއަކީ ބޮޑުފިނޑިއެއްކަމަށާއި ކަމެއްކުރަން ނުކެރޭ މީހެއްކަމުގައިބުނެ ދިމާކުރިއެވެ. އެހެނަސް އެމީހުންގެ އެވާހަކަތަކަށް ބީރުކަންފަތެއް ދެމުން ޒައިން ދެލޯމަރައިލިއެވެ. އެއީ އަފާގެލޯބި ބީވެގެންދާފަދަ އެއްވެސްކަމެއް ކުރަން އޭނާބޭނުން ނުވާތީއެވެ.

 
އަފާ އޭނާގެ ކޮޓަރީގެ އެނދުމަތީގައި ފުންހިޔާލަކަށް ގެއްލިފައިއޮތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ޒައިންގެ ހަނދާންތަށް ކުރިއެކޭވެސް އެއްފަދައިން އޭނަގެހިތުގައި އާލާވަމުން ދިޔައެވެ. ޒައިންއާއިއެކު ހޭދަވީ އުފާވެރި ވަގުތުތައް ހަނދާންވެ ލޮލުން ކަރުނަ ހިލެމުންދިޔައެވެ. އަފާމޭގައި އަތްއަޅައިލައި ފުންނޭވާއެއް ދޫކޮށްލީ އަދި ޒައިން އަންނާނެއޭ ހިތަށްއަރުވައި ހިތްހަމަ ޖައްސައިލަމުންނެވެ.

 

“އަފާ..އަފާ… ” ކޮޓަރިއަށް ވަދެގެންއައި ރީޝާ އަފާއަށް ގޮވަމުންއައިސް އޭނާކައިރީގައި އޮށޯވެލިއެވެ.

“ތީތަ ބެސްޓް ފްރެންޑުންނަކީ؟ އަދިވެސް މަށަކަށް ކިޔައެއް ނުދެމެއްނު އަފާއަށް މާފޮނުވާކުއްޖާގެ ވާހަކަ.. އެއީ ކާކުތަ އަޅެ؟”
ރީޝާ އަފާގެ ބޮލުގައި ބާލީހަކުން ޖަހައިލަމުން ސުވާލު ކުރިއެވެ.
“އަށްދޯއި… ހަމަޖެހިބަލަ… އަދިނެެތެއްނު ކިޔާނުދެވިފައެއް.” އަފާ ހެމުން އަމިއްލަބޮލުގައި ފިރުމައިލާފައި ތުންއަނބުރައިލިއެވެ.
“ކާކުތަ އެއީ؟ ޝާމްތަ؟”

ރީޝާ ސަމާސާ ރާގެއްގައި މިހެންބުނެ ހޭންފެށިއެވެ.
“ކިހިނެއް އެނގުނީ؟.. ” އަފާ ހައިރާންވެފައި މިހެންއެހުމުން ރީޝާއަށް އަފާގެމޫނަށް ބަލައިލެވުނެވެ. ރީޝާ އެހެންބުނީ އެއްވެސް އެއްޗެއް އެނގިގެން ނޫނެއްކަމަކު އެއީހަގީގަތްކަން އެނގުމުން ދެމީހުންނަށް އެއްފަހަރާ ދެމީހުންގެ މޫނަށް ބަލަންތިބެ ބާރަށް ހީގަނެވުނެވެ.

“ކޮން ކަމަކާ ތިހެނީ؟ ” ވަސީމު ކޮޓަރިއަށް ވަތްއިރު އަފާމެން ހޭންތިބިތަންފެނިފައި ރީޝާކައިރީގައި އަހައިލިއެވެ.

“މިދައްކަނީ ޝާމްގެ ވާހަކަ” ރީޝާ ހެމުންވާހަކަދެއްކިއެވެ.
“ކޮން ޝާމް އެއް؟ ކީއްކުރީތަ އޭނަ؟” ވަސީމް ވާނުވާ ނޭނގިއިނދެ މިހެންއެހުމުން ރީޝާ އޭނައަށް ވެގެން އުޅޭގޮތް ކިޔައިދޭން އަނގަހުޅުވައިލި ވަގުތު އަފާ ރީޝާއާއިދިމާލަށް ބަލައިލައި އެވާހަކަ ނުކިޔުމަށް އޭނަގެ ބޮލުން އިޝާރަތް ކޮށްލިއެވެ.
“މީ… އަހަރުމެންނާ އެެއްކޮށް ކިޔަވަންއުޅުނު ޝާމްކިޔާ ވަރަށްމަޖާ ކުއްޖެއްގެވާހަކަ މިދައްކަނީ. އެނގޭތަ؟ އޭނައަށް އަބަދު ލަނޑުލިބޭނީ…” ރީޝާ ވަރަށް ހުށިޔާރު ކަމާއިއެކު ވާހަކަ އޮޅުވައިލިއެވެ.
ތިންމީހުން އެކިވާހަކައިގައި ތިބެ ހެމުންދަނިކޮށް އަފާގެ ފޯނަށް ޒައިންގުޅަންފެށުމުން އަފާ ފޯނުނަގައި އެނދުގައި ހަމަޖެހިލައިގެން އިށީނދެލިއެވެ.

 
“ހަލޯ… ސޮރީ ބޭބީ… ރޭގަ އެހެން ވާހަކަދެއްކުނީ ވަރުބަލިވެފަ ހުރިވަރުން… އެނޑް ބޭބީ ނުގުޅާތީ ވަރަށްދެރަވެފަ އަސްލުހުރީ.”
އަފާ ފޯނުނެގި ގޮތަށް ޒައިންކައިރިން މާފަށްއެދުނެވެ.
“އިޓްސް އޯކޭ.. މަށަށް އަންޑަސްޓޭންޑްވޭ…. އެކަމަކު ދެންއެހެން ވަާހަކަ ނުދައްކައްޗޭ. މަގޭ ހިތްހަލާކުވެދާނެ.. ” ޒައިން ސަމާސާރާގެއްގައި މިހެން ބުނުމުން އަފާއަށްވެސް ހެވުނެވެ. ވަރަށް ލޯބިވެޔޭ ކިޔައި އަދިފަހުން ގުޅުމަށްބުނެ އަފާ ފޯނުބޭއްވިއެވެ.

އޭރު ވަސީމްއާއި ރީޝާ ހައިރާންވެފައި އަފާއަށް ބަލަހައްޓައިގެންތިބީ ޒައިން ޖަލަށްލީ ފަހުން އަފާ ޒައިންއާއި ވާހަކަ ދައްކާކަމެއް އޭގެތެރެއިން އެކަކަށްވެސް ކުރިން އެނގިފައި ނުވާތީއެވެ.

“ކޮއްކޮ އަދިވެސް ޒައިންއާ ވާހަކަ ދައްކަންދޯ… ޕިސް ޕިސް…. އޭނައެއީ ކޮއްކޮއާ އެކަށީގެންވާ މީހެއްނޫން.” ވަސީމް ވާހަކަދެއްކީ ވަރަށް ހިތްހަމަނުޖެހިފައި އިނދެނަމަވެސް އަފާގެހިތުގެ އުދާސްތައް ވަސީމްއަށް ވަރަށްރަނގަޅަށް އިހުސާސް ކުރެވެއެވެ.
“ދޮންބޭ…. އައިލަވް ހިމް…. ޒައިންނޫން މީހެއް ބޭނުމެއްނޫން.” އަފާ އިސްޖަހައިގެންއިނދެ މިހެންބުނީ އޭނާގެ ލޮލުން ފޭދެމުންދިޔަ ކަރުނަ ވަސީމްއާއި ރީޝާއަށް ފޮރުވުމަށެވެ. ވަސީމް މަޑުމަޑުން އަފާގެ ކޮނޑުގައިހިފާ އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.
“ކޮއްކޯ… ދޮންބެއަށް އަންޑަސްޓޭންޑްވޭ… އެކަމަކު ބައްޕަމެންނަށް އެނގިއްޖެއްޔާ ވާނެގޮތް އެނގޭދޯ؟” ވަސީމް މިހެންބުނެ އަފާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެދިނެވެ.

 

ގަޑިން ރޭގަނޑު އެގާރަޖެހީއެވެ. ނިދިފައިއޮތް އަފާއަށް ހޭލެވުނީ އޭނާގެ ފޯނަށް މެސެޖެއް އައިއަޑަށެވެ.

“އަފާ…. މިއަދު ކޮލެޖަށް ނުދަންތަ؟” އެއީ ޝާމްގެ މެސެޖެކެވެ.
“ހްމްމް… މިއަދު ކްލާސް ކެންސަލްވީ.” ދެލޯ އުނގުޅަމުން އަފާ މެސެޖުގެ ޖަވާބު ފޮނުވައިލިއެވެ.
“މިއުޅެނީ ފޫހިވެގެން. “ޝާމްގެ މިމެސެޖު ފެނިފައި ޝާމް ފޫހިފިލުވަން އޭނައަށް ވަކިކޮށްދެވޭނީވެސް ކީއްހެއްޔޭ ހިތަށްއަރައި ހެވުނެވެ. އަފާ އެމެސެޖުގެ ޖަވާބުގައި ބުނާނެ އެއްޗެއް ނޭނގުމުން ފޯނު ބާލީސްދަށަށް ލުމަށްފަހު ނިދޭތޯ މަސައްކަތްކުރިއެވެ.

އަފާގެ ދެލޯ މަރައިލާ ކޮންމެފަހަރަކު ޒައިންގެސޫރަ އޭނާއަށް ފެންނަމުން ދިޔައެވެ.
ޒައިން އުޅޭނީ ކޮންފަދަ ހާލެއްގައިބާއެވެ؟ އޭނާ އަނެއްކާ ޖަލުގައި އުޅޭމީހުންނާއެކު ގޯސްކަމެއްކޮށްފާނެބާއެވެ؟

މިކަހަލަ މަސްހުނި ހިޔާލުތެއްގައިއޮށްވާ އަފާއަށ ނިދުނުއިރެއްވެސް ނޭނގެއެވެ.

“ދަރިފުޅާ… މިއަދު ހަވީރު މިގެއަށް އަންނާނެ ބައްޕަގެ ވަރަށްގާތް ރައްޓެއްސެއް… ބައްޕަ މިވިސްނަނީ އޭނަޔާ އެއްކޮށް އޭޖެންސީއެއްގެ މަސައްކަތް ފަށަން.. އެއީ ބައްޕަ ވަރަށްއިތުބާރުކުރާ ވަރަށްރަނގަޅު މީހެއް..”

މޫސަ ކޮޓަރިން ނިކުމެގެން އައިސް ސިޓިންރޫމުގައި އިން ވަސީމުކައިރީގައި އިށީނެވެ.
“ވަރަށް ރަނގަޅުވާނެ ހެން ހީވަނީ.. ތިކަހަލަ ކަމަކާ އަޅުގަނޑުވެސް ވަރަށް ވިސްނަން .. އަޅުގަނޑު އުޅޭނަން އެގަޑީގަ ގޭގަ. ” ވަސީމް މިހެން ބުނެ ނިކުމެގެން ދިއުމުން މޫސަވެސް ފިހާރައަށް ދިއުމަށްނިކުތެވެ.

 
“ނައީމާ…. މަޑުކޮށްބަލަ..” ނައީމާ ގޭކައިރީ ފިހާރައަށްވަދެ ވިޔަފާރި ކޮށްލައިގެން ނިކުމެ ގެއަށްދިއުމަށް ހިނގައިގަތްތަނުން ފަހަތުން މީހަކު ގޮވާލިއަޑަށް ހުއްޓި ފަސްއެނބުރި ބަލައިލިއިރު ފަހަތުގައިހުރީ ސަމީރާއެވެ.

“ކިހިނެއްތަ.. ހާދަ ދުވަހެއްވެއްޖޭދޯ ދިމާނުވާތާ… ކޮބާ އަފާ؟ އެމަންޖެގެ ހާލު ރަނގަޅުތަ؟ ” ނައީމާ ސަމީރާއާއި ސަލާމް ކޮށްލަމުން އަހައިލިއެވެ.

“އާނ.. ރަނގަޅު..”
ސަމީރާގެ ޖަވާބުކުރުވެފައި އެވަގުތު އޭނާގެ މޫނުމައްޗަށް އަރައިގެންދިޔަ ކުލަވަރު ފެނިފައި ނައީމާއަށް ސަމީރާ ހިތްހަމަނުޖެހުނީކަންއެނގުނެވެ.

“ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ… ސަމީރާ! އަހަންނަށް އެނގޭ ޒައިންކުރި ކަންތަކުގެ ސަބަބުން ތިޔައާއިލާ އަހަރުމެންނާ ދޭތެރޭ ހިތްހަމަނުޖެހޭނެކަން.. އެކަމަކު އަހަރުމެންގެ އާއިލާއަކީ ސަމީރާ ތިހީކުރާކަހަލަ އާއިލާއެއްނޫން… ޒައިން އެކުރި ކަންތަކުގެ ސަބަބުން އަހަރެންވެސް ލަދުގަންނަން. އަހަރެންމީ ދަރިން ދޮންފުތުކޮށްގެން އުޅޭ މީހެއްނޫން… ޒައިންއާ އަފާ ގުޅެން ތިއާއިލާއިން ނުރުހޭ ކަން އަހަންނަށްއެނގޭ… އެހެންވީމަ އެދެކުދިން ގުޅިގެން މައްސަލަތަކެއް ޖެހޭކަށް އަހަރެންވެސް ބޭނުމެއްނޫން… ”

ނައީމާ މިހެންބުނެ ހީލުމަށްފަހު ގެއަށްދިއުމަށް ހިނގައިގަތެވެ. އޭރު ސަމީރާ ބުނާނެ އެއްޗެއްނޭނގިފައި ހުއްޓެވެ.

 

” އަމުދަކުން އަހަރުމެން އެބައުޅެންތަ އެ ޒައިންވަރުގެ މީހަކުނެތިގެން.” ސަމީރާ މަޑުމަޑުން ކުދިކިޔަމުން އައިސް ގެއަށް ވަތްއިރު ވަސީމްއާއި އަފާ ސިޓިންރޫމުގައި ޓީވީ ބަލަންތިއްބެވެ. ވަސީމުއަށް ސަމީރާގެމޫނު ފެނިފައި އޭނާއެއުޅެނީ ކޮންމެވެސް ކަމަކާއި ރުޅިއައިސްގެންކަން އެނގުނެވެ.

“މަންމާ ކިހިނެއްވީ؟ ” ސަމީރާމަޑުމަޑުން ކިޔަމުންދިޔައެއްޗެހި ސާފުނުވެގެން ވަސީމްއަހައިލިއެވެ.
” ޒައިންގެ މަންމައާ ދެންމެ ދިމާވީ މަގުމަތިން. އޭނަ ފުރަތަމަވެސް އެހީ އަފާގެވާހަކަ… މަށަށްއެނގޭ އޭނަ ބޭނުންކަން އަދިވެސް އަފާއާ ޒައިން އެއްކޮށްއުޅެން. އެކަމަކު މަށާދިމާލަށް ބުނެފަ ދިޔައީ އޭނަވެސް އޭނަގެ އާއިލާވެސް ބޭނުމެއްނޫނޯ އަފާޔާ ޒައިން އެއްކޮށް އުޅޭކަށް.. އަދިބުނި މިއާއިލާއިންވެސް ބޭނުންވާނީ އެގޮތްކަން އެނގެޔޯ.. ހުއް…. ނަސީބެއް އޭނައަށް އެވަރު ވިސްނުންކަން.. ”

ސަމީރާ ވަރަށް ރުޅިއައިސްފައިހުރެ ވީގޮތް ކިޔައިދިނެވެ. އޭރު އަފާ ފެންކަޅިވެފައި ސަމީރާގެ މޫނަށް ބަލަހައްޓައިގެންއިނެވެ. ނައީމާ އެވަރުގެ އެއްޗެއް ސަމީރާ ކައިރީގައި ބުނިކަން އެނގުމުން އަފާ ކިތަންމެ ހިތުގައިޖެހުނެއްކަމަކު އެއީހަގީގަތްކަން އޭނާ ގަބޫލުކުރެއެވެ.

“މަންމާ.. އަޅާނުލާ… ކޮއްކޮއަށްވެސް ވިސްނޭދޯ މިހާރު ޒައިން އެކީގަ ލައިފެއް ނުލިބޭނެކަން.”
ވަސީމް އަފާގެމޫނަށް ބަލައިލަމުން މިހެން ބުނުމުން އަފާ ރޮވިފައިހުރެ ގޮސް ކޮޓަރޮއަށްވަދެ ތަޅުލިއެވެ.

“މަށަށްހެޔޮ ކިތަންމެ ރުޅިއަޔަސް .. އަފާއަކަށް ޒައިންއާ ގުޅުމެއް ނުބޭއްވޭނެ އިތުރަކަށް.”

އަފާ ބަހެއްނުބުނެ ދިއުމުން ސަމީރާ ކައިރިއަށް އައިސްފައިވާރުޅި އިތުރަށް ގަދަވިއެވެ. ދެން އިތުރަށް އެވާހަކަ ނުދެއްކުމަށްބުނެ ވަސީމްވެސް އޭނާގެ ކޮޓަރިއަށްވަނެވެ.

 

ގަޑިން ހަވީރު ހަތަރުގަޑިބައި ވީއިރު ސަމީރާއާއި އަފާ ވަރަށްއަވަދިނެތި ސައިތައްޔާރު ކުރުމުގައި އުޅެއެވެ. މޫސަ އޭނާގެރައްޓެހި ޒާހިރު ގޮވައިގެން އަންނާނެކަމަށް ބުނެފައި އޮތުމުން ވަސީމްވެސް ސިޓިންރޫމުގައި އިނެވެ. އިރުކޮޅަކުން ރީޝާވެސް އައިސް ބަދިގެތެރެއަށްވަދެ ސަމީރާމެންނަށް އެހީވާން ފެށިއެވެ.

“ދޮންބޭ… ސައިތައްޔާރު ވެއްޖެ. ކޮބާ ބައްޕަ..؟” އަފާއައިސް ވަސީމު ކައިރީގައި ސޯފާގައި އިށީންނަމުން މިހެން ބުނުމުން ވަސީމް މޫސައަށްގުޅިއެވެ.

“މިހާރު އެ ވަންނަނީ.” ވަސީމް މިހެންބުނެގޮސް ދޮރުހުޅުވައިލިއިރު މޫސަ އާއި ޒާހިރު ދޮރުމަތީގައި ތިއްބެވެ. އެވަގުތު އެދެމީހުންގެ ފަހަތުން ޝާމް ވަތްތަން ފެނިފައި އަފާގެ ދެލޯބޮޑުވެގެންދިޔައެވެ. ޝާމް ވަދެގެންއަންނަމުން ހިނިތުންވެފައިހުރެ އަފާގެމޫނަށް ބަލައިލައި ނިތްއަރުވާލިއެވެ. މިމަންޒަރު ބަލަންހުރި ރީޝާގޮސް އަފާގެގައިގައި ކޮއްޓައިލުމަށްފަހު ޝާމް ހާދަ ގަދަދޯއޭ ބުންޏެވެ.

 

ސަމީރާ އެމީހުންނަށް މަރުހަބާކިޔައި ސިޓިންރޫމުގެ ސޯފާގައި އިށީނުމަށްބުނެ ތަބަކެއްގައި ތިންފެންތަށި ގެނައިސް ސޯފާގެ ކައިރީގައިހުރި ކުޑަމޭޒުމަތީގައި ބެހެއްޓިއެވެ. މޫސަ ޒާހިރުއަށް އޭނާގެއާއިލާ ތަޢާރަފް ކޮށްދިނުމަށްފަހު ސައިބޯން ދިއުމަށް ތެދުވިވަގުތު ޝާމް އެއްވެސްމީހަކަށް ނުފެންނާނެހެން އަފާއާއި ދިމާލަށް އެއްލޯމަރައިލަމުން ހީލިއެވެ.
“ޒާހިރުއަކީ އަހަރެންގެ ވަރަށްގާތް މީހެއް…އޭނައާއެކު މިކަހަލަ ބޮޑުއިންވެސްޓެއް މިކުރަނީ އޭނައަށްކުރެވޭ އިތުބަރެއްގެ ބޮޑުކަމުން.”
ޒާހިރުމެން ދިއުމުން މޫސަ ސޯފާގައި އިނދެ ސަމީރާއާއި ވާހަކަ ދައްކަމުން ބުނެލިއެވެ.
“އޭނަގެ ވާހަކަ ދެއްކުން ހުރިގޮތުން އަހަންނަށްވެސްހީވޭ ވަރަށް ރަނގަޅު މީހެއްހެން އެއީ. އޭނަގެ ދަރިފުޅުވެސް ހީވަނީ ވަރަށް އަޚުލާގުރަނގަޅު ކުއްޖެއްހެން… ” ސަމީރާހުރީ ޒާހިރު ކަހަލަ ރަނގަޅުމީހަކާއިއެކު މޫސަ މަސައްކަތެއް ފަށާތީ ވަރަށް އުފަލުންނެވެ.

 
އަފާ މަޣުރިބް ނަމާދުކޮށްނިމުނު ތަނާ ޝާމް ގުޅިއެވެ. “ހައި އަފާ.”
އަފާ ފޯނު ނެގުމާއިއެކު ޝާމް އަފާއަށްގޮވައިލިއެވެ. ޝާމްގެއަޑުން އޭނާ އުފާވެފައިވާވަރު އަފާއަށް އެނގުނެވެ.
“ހްމްމް… ކީކޭ؟ ” އަފާ ފޫހިރާގަކަށް މިހެން ބުނުމުން ޝާމްގެ ރާގުވެސް ބަދަލުވިއެވެ.
“އަހަރެން ގުޅީމަ ހިތްހަމަ ނިޖެހިފަތަ؟” ޝާމް ދެރަވެފައި މިހެންބުނިއިރުވެސް އޭނާއަށް އެސުވާލުގެ ޖަވާބު ވަރަށްރަނގަޅަށް އެނގެއެވެ.

“އެހެންނެއްނޫން… އަހަރެން ބުނީމެއްނު އަހަންނާހެދި ނޫޅޭށޭ.. ތީ ބޭކާރުކަމެކޭ.. ” އަފާ ބޭނުންވީ ޝާމްއަށް އޭނާ އެކުރަމުންދަނީ ހަގީގަތަކަށް ނުވާނެ އުންމީދެއްކަން ވިސްނައިދޭށެވެ.

“އަހަންނަށް އެނގޭ އެކަން.. އޯކޭ! މީގެފަހުން އަހަރެން އަފާދެކެ ލޯބިވާކަން އަފާވެސް ހަނދާންނައްތާލާ. އަހަރެން ވެސް އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާނަން. އެކަމަކު… އެޓްލީސްޓް އަހަރެން ފްރެންޑެއް ގޮތުގަ ބަހައްޓަފާނަންތަ؟”
ޝާމް އާދޭހުގެ ރާގަކަށް އާފާގެކިބައިން ރަހުމަތްތެރިކަމަށް އެދުނީ އަފާގެލޯބި އޭނާއަށް ނުލިބުނަސް އަފާގެފަރާތުން ހަމައެކަނި ރަހުމަތްތެރިކަންވިޔަސް އޭނާ ބޭނުންވާލެއް ބޮޑުކަމުންނެވެ.

“ހްމްމް.. އޯކޭ… އެކަމަކު ގޮތެއްގެ މަތިން. އެއްވެސްމީހަކަށް އަންގައިގެން ނުވާނެ ޝާމް އަހަރެންދެކެ ލޯބިވާކަން. ބައްޕަމެންނަށްވެސް އަދި ދޮންބެއަށްވެސް.” އިރުކޮޅަކު ބަހެއްނުބުނެ ވިސްނަން އޮތުމަށްފަހު އަފާ ބުނެލިއެވެ.

 

އަފާގެ މިޖުމުލަ އިވިފައި އުފަލުންގޮސް ހުރެވުނުތަންވެސް ޝާމްއަށް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެފަދަ ގުރުބާނީއެއް ވެގެންނަމަވެސް ޝާމް އަފާގެ ލޯބި ހާސިލް ކުރަންބޭނުމެވެ. އަފާގެ ލޯބިނުލިބޭތާނގައި އޭނާގެ ރަހުމަތްތެރިކަންވެސް އެއީ ޝާމްއަށްލިބޭ ވަރަށްބޮޑު އުފަލެކެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ދަރިފުޅު

Next

އަނިޔާ… 10 ވަނަ ބައި….

Next
December 16, 2015

އަނިޔާ… 10 ވަނަ ބައި….

Previews
December 16, 2015

ދަރިފުޅު

22 Comments!

  1. Eyesh says:
    December 16, 2015 at 4:22 am

    Hi everyone.. here is the 10th episode.. hope u all will like this part too ?

    1. riu says:
      December 16, 2015 at 4:49 am

      V salhi mi partves

  2. Depika says:
    December 16, 2015 at 7:20 am

    V reethi mi vaahaka

    1. Eyesh says:
      December 16, 2015 at 5:46 pm

      Thnx dear ?

  3. mice says:
    December 16, 2015 at 7:24 am

    very very nice! waiting fo the nxt prt!

    1. Eyesh says:
      December 16, 2015 at 5:47 pm

      Thnx mice… ? madhama upkuraanan keep waiting ?

  4. milsaa says:
    December 16, 2015 at 8:44 am

    varah reethi mi prt ves.. nxt prt avahah up kohdhehchey.. keep it up

    1. Eyesh says:
      December 16, 2015 at 5:48 pm

      Thnx milasaa ? m glad that u like this story… insha allaah madhama up kuraanan next part ?

  5. nuhnu says:
    December 16, 2015 at 9:58 am

    Salhi salhi salhi…waiting waiting waiting nxt part ah…

    1. Eyesh says:
      December 16, 2015 at 5:49 pm

      Awwwn nuhnu ? thanx alot ingey. Madhama next part kiyaalaevey varu kohdheynan ?

  6. aish says:
    December 16, 2015 at 10:01 am

    Varah reethi…

    1. Eyesh says:
      December 16, 2015 at 5:50 pm

      Thanx aish ?

  7. sadhaaa says:
    December 16, 2015 at 12:15 pm

    Waiting waiting ☺☺

    1. Eyesh says:
      December 16, 2015 at 5:51 pm

      Madhama next part upkuraanan ? Keep waiting dear ? thnx for enjoying it

  8. Hana says:
    December 16, 2015 at 1:40 pm

    Varah reethi mi bai ves. This story is getting interesting day by day. Keep it up. Wsiting for the next part.

    1. Eyesh says:
      December 16, 2015 at 5:54 pm

      Awwwwn thnkx hana ??

  9. Shabee says:
    December 16, 2015 at 8:14 pm

    wooooow…….mi baivx vrh vrh vrh rythii 😉 dhn oeh baivx avahah dhigu kh up khdhehchey 😀 all da bst 🙂

    1. Eyesh says:
      December 16, 2015 at 9:48 pm

      Thanx shabee ? yeah madhama ingey ?

  10. Saran says:
    December 17, 2015 at 9:15 am

    Shaam n afa gulhuvabala
    Vrr salhi story

    1. Eyesh says:
      December 20, 2015 at 3:04 am

      Hehe hmmm thimakaa visnan eba ? Thns saran…

  11. Shabee says:
    December 19, 2015 at 5:35 pm

    eyesh aneh prt kobaa??? kiyaahithun nuhurevigen mi cmnt khlly vx…eyesh avahah up khdhehchey… 🙁 🙁 🙁 🙁 🙁 🙁 🙁

    1. Eyesh says:
      December 20, 2015 at 3:03 am

      Shabee darling m so sorry maa lasveema.. ihnaane mihaaru upload kohlaafa. Fonah kuda kameh dhimaavegen aslu buni dhuvahah nuvee.. so so sorry ?

Comments are closed.


All Right Reserved!