”މިއޮތީ ކިޔު ނަންބަރު ތިނެއް “ކައުންޓަރު މީހާ ނަންބަރު ދިނެވެ. ޔުމްނު ކިޔުއަށް އަރާ ހަމަޖެހިލިއެވެ. އިރުކޮޅެއް ފަހުން ދެވަނަ މީހާ ނިކުތެވެ.” ކިހިނެއްތޯ ވަނީ “” ހޮޑުލެވެނީ ބަނޑަށް ތަދު ވެފައި. “” ޖެހޭނީ ބަނޑުގެ ސްކޭން އެއް ކޮށްލާން އާދޭ މި ކޮޅަށް “ސަމީމާ ޔުމްނު އަށް ބުންޏެވެ. ޔުމްނު ބަނޑުގެ ސްކޭން ކުރިއެވެ. ”މަރުހަބާ! ޔުމްނު ބަނޑު ބޮޑު “ސަމީމާ ޝަމްސް އަށް މި އުފާވެރި ޚަބަރު ދިނެވެ. ޔުމްނު ޝަމްސް ފެނިފައި […]
” ދެން ކހިނެއް ދަނީ؟.. އޭ.. ކިހިނެއްހޭ ދަނީ.. މި ގޯޅި އަޅާލަންވީތަ.. ސާބަހޭ ތި ފޯނު ބާއްވަބަލަ ދެންމެ ހީވި އަނގަބަންދު ނުވެގެން އުޅުން އިރު..” އާރްޔަން އަލީ އަތުގައި އޮތް ފޯނު އަތުލަމުން ބުންޏެވެ. އެއާއެކު އަލީވެސް ފޯނު އާރްޔަން އަތުން އަތުލަން އުޅުނެވެ. ދެމީހުން ފޯނާ ހިފަމުން ދިޔައިރު ދެން އޮތް ގޯޅިގަނޑުން ދުވަމުން ނިކުމެގެން އައި މަލްދާއެއް ނުފެނެއެވެ. މަލްދާއަށްވެސް މާބޮޑަކަށް ދުއްވާ އެއްޗިއްސަކަށް ނުބެލެއެވެ. އެއަށްވުރެ ބޮޑަށް އޭނަ އިނީ […]
ޝެލީ އައުމުން މަންމަ ޝެލީ އުރާލިތަން ފެނި ނަދުހާގެ ހިތުގައި ޖެހުނެވެ. އެ މަންމަ ދުވަހަކުވެސް ނަދުހާއާ ދިމާލަށް ދަރިފުޅާ އޭ ކިޔާފައި ނުގޮވާލައެވެ.”ނަދުހާ. އިސްތިރި ކޮށް ނިންމާފަ އާދެބަލަ ކޮޓަރިއަށް ” މަންމަގެ އެ އަމުރު ވެރި ޖުމުލަތަކަށް ނަދުހާ ބުނެލީ ތިން އަކުރުގެ ލަފުޒެކެވެ. ލައްބައެވެ. ހިތތަށް އަރަމުން ދަނީ ވާން މި އުޅެނީ ކިހިނެއް ބާއެވެ. *** ނަދުހާގެ ނަޒަރުން. އަވަސް އަވަސް ކޮށްލާފައި އިސްތިރި ކޮށްލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެ […]
ދެއެކުވެރީން ވާހަކަ ދައްކަން ތިބިއިރު ގަޑި ހިނގާ ދިޔަ ގޮތްވެސް ނޭންގުނެވެ. ލަމްހާ ސިއްސައިގެން ދިޔައީ ފޯނު އެލާމުވި އަޑަށެވެ. އޭރު ހަވީރު 3 ގަޑި ބައިވަނީއެވެ. އަވަހަށް ލެޕްޓޮޕު ބާއްވާފައި ލަމްހާ އަވަސްވެގަތީ ކޮލެޖަށް ދާން ފެންވަރާށެވެ. ***** އެދުވަހަށް ހަމަޖެހިފައިވާ ކުލާސްތަށް ނިމުނު އިރު ރޭގަނޑު 8 ގަޑި ބައިވެއްޖެއެވެ. ކޮލެޖުގެ މައި ގޭޓާ ހަމައަށް އަރާފައި ލަމްހާ ލަޔާންއަށް ގުޅާލިއެވެ. ކުލާސް ނިމުނު ވާހަކަ ބުނާށެވެ. ނަމަވެސް ލަޔާން ލަސްވާނެ ވާހަކަ ބުނުމުން […]
*”ޕޮއް!” ކޮންމެވެސް މީހަކު އާޒީން ސިއްސުވައިލިއެވެ. “އާ!” އާޒީން ހަޅޭލަވައިގަތީ ޖިންނިއެއް ކަމަށް ހީކޮށެވެ. އަދި އޭނާ އެތާ ހުރި ގަހެއްގެ ފަހަތަށް ވަނީ ކިރިޔާ ނުރޮވި ހުރި ޙާލުގައެވެ. “އިނާ؟!؟ ” އާޒީން ހައިރާންކަމާއިއެކު ޒައިނާ އާއި ދިމާއަށް ބަލަން ހުރެވުނެވެ. ދެ ވަނަ ސިކުންތުގައި އުފަލުން ގޮސް ޒައިނާ ގައިގައި ބައްދައިލިއެވެ. “އާޒް! އައި މިސްޑް ޔޫ ސޯ ސޯ މަޗް. ޑިޑް ޔޫ މިސް މީ؟” ޒައިނާވެސް ވަރަށް އުފަލުންހުރެ ބުންޏެވެ. “ދެން […]
” ހާދަ ބައިވަރު މީހުން އެއްފަހަރާ..” މީހުން ގިނަވާން ފެށުމުން އަމްނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އަވަހަށް އެހެން ތަނަކަށް ދިޔުމަށެވެ. ” ހުކުރު ދުވަހަކީ މިރަށު އެންމެން ގޮތަށް ޕިކްނިކް ހަދަން މިތަނަށް އަންނަ ދުވަހެއް..” އަހަރެން ބުނެލީމެވެ. ” ދެން އެހެން ވިއްޔާ ހިނގާ އެހެން ތަނަކަށް.. މީހުނަށް ފެނުނީމަ ސަމީރުއަކަށް ކަމަކު ނުދެއެއްނު..” އަމްނާ ބުންޏެވެ. ************************************************* އަހަރެން އަމްނާ ގޮވައިގެން މައްޗަށް ދާން ހިނގައިގަތީމެވެ. ދެމީހުން އެއްކޮށްގޮސްފޭބީ އަނެއްކާވެސް އެހެން […]
ޑޮކުޓަރުކަން ކިޔަވަން ޗައިނާއަށް އަހަރެން ދިޔައީ ހިތާދެކޮޅަށެވެ. ލޯބިވާ މައިރާއާއި ދުރުގައި ހުންނަންޖެހޭތީއެވެ. އެހެނަސް ހިތްވަރުލައި ކިޔެވުމަށް އަހަރެން ފުރީމެވެ. އުއްމީދަކީ ކިޔެވުން ނިއްމާލުމަށްފަހު މާލެއައިސް މައިރާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމެވެ. މައިރާވެސް ބޭނުންވާގޮތަކީ އެއީއެވެ. ޗައިނާއަކީ އަހަންނަށް ވަރަށް އާގައުމެކެވެ. އެހެނަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ މާހައުލަށް މަޑުމަޑުން އަހަރެންދިޔައީ ހޭނެމުންނެވެ. ކިޔެވުން ފެށުމާއެކު އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ. ދުވާލުދާ ހަތަރުދަމު ކޮލެޖުގައި ހޭދަކުރުމަށްފަހު ނިދާލަން ލިބެނީ ދެގަޑިއިރެވެ. ރޭގަނޑުގެވެސް ބޮޑުބައި ހޭދަވަނީ ފިލާވަޅު […]
އަހަރެންވެސް އެމީހުންނާ އެކު ސޯފާގައި އިނީމެވެ.ކުއްލިއަކަށް އަހަރެންގެ ފޯނަށް ފޯނެއް އައުމުން އަހަރެން ވާހަކަ ދެއްކީމެވެ.އަދި ފޯނު ބޭއްވުމަށްފަހު އީތަންއަށް އޯޑަރ ކުރި އެއްޗެހި ހިފައިގެން އައިސަ ގުޅީ ކަމަށް ބުނީމެވެ.އަދި އެ ހިފައިގެން އެބަ އަންނަމޭ ބުނެ އަހަރެން ގެއިން ނުކުމެގެން ދިޔައީމެވެ. އަހަރެން ދިޔައިރު ކޮތަޅު ހިފައިގެން އައިސަ މީހަކު އިނެވެ.އެ ހަވާލު ކުރުމުން ކޮތަޅު ހިފައިގެން އަހަރެން އައީ ފޯނާ ކުޅެމުންނެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ.އަހަރެން ނުވިސްނާ ހުރުމުން […]
** ބީޓީއެސްގެ ނަޒަރުން ** “އަހްހް..” ޕާކުގެ ބެންޗްގައި އިށީނދެ ހަމަޖެހިލަމުން ޔޫމިން އާފުރިލިއެވެ. އެހެން އިރުކޮޅަކު އިނުމަށް ފަހު ބިންމަތީގައި އަރާމު ކުރަން އޮތް ޒަކުވާންގެ ކައިރީގައި އުޑުފައިން އިށީނދެ ޔޫމިން ޒަކުވާންގެ ކޮނޑުގައި ޖަހާލިއެވެ. “ހާދަ ހަމަޖެހިލާފައި..؟ ތިހެން އޮއްވާ ނިދިދާނެ..” ޔޫމިން އެހެން ބުނުމާއި އެކީގައި ޒަކުވާން ތެދުވެ އިށީނދެއްޖެއެވެ. “ދެން ހަމަޖެހޭނެދޯ..؟ ބިލްބޯރޑް ޓޮޕް ހަންޑްރެޑް ލިސްޓުގެ އެންމެ މަތީގައި އަހަރެމެންގެ ލަވައެއް އޮތީމައި..” ޒަކުވާން ބުނެލިއެވެ. “ޑައިނަމައިޓްގެ ވާހަކަދޯ..؟ ޔާ.. […]