Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…34

Ryn
December 23, 2016
7 Mins Read
120 Views
30 Comments

ހިޔާލުތަކުން ދުރުވާން އަޔާން އަމިއްލަ މޫނު ދެއަތް ތެރޭ ފޮރުވާލިއެވެ. އެވަގުތު އޭނާއަސް ސިފަވީ ކިއާރާއެވެ. އޭނާގެ ކުރިމަތީ ކިއާރާގެ އެކްސިޑެންޓް ވީ ގޮތެވެ.

އަޔާން ވަގުތުން ދެއަތް މޫނުަމަތިން ނެގިއެވެ.. އެދެލޯ ކަރުނުން ފުރިއްޖެކަން އޭނާއަށް އިނގުނީދެނެވެ. އަޔާން ފުންނޭވައެއް ދޫކޮށްލާފައި ކިއާރާގެ މޫނަށް ބަލައިލިއެވެ. “ޑޯލް…!!! ޔޫ ސްޓިލް ލުކް ލައިކް އަ ޑޯލް.. އޭރުވެސް އަބަދުވެސް..” އަޔާން ބުނެލީ މާޒީއިން ސޮފްހާއެއް ހަނދާންކޮށްލަމުންނެވެ. ސުކޫލު ގައި އުޅުނުއިރުވެސް “އާލިޔާ” އާއި މެދު އޭނާއަށް ކުރެވުނީ ތަފާތު އިހްސާސްތަކެކެވެ. ނަމަވެސް އެއީ ލޮތްބެއް ނޫނެވެ.  އެހެނީ އޭނާ ގެ ހިތުގައި އޭރު ރަސްކަން ކުރީ ޝާހީނާއެވެ. އެކަމްވެސް އެ އިހްސާސްއަކީ ތަފާތު އިހްސާސްތަކެކެވެ. ހިތުން އާލިޔާއަށް “ޑޯލް” އޭ ކިޔައިގެން އުޅުނީ އޭނާއާއި ބުދަކާއި ތަފާތެއް ނެތޭ ހިތަށް އަރާފައެވެ.

އަޔާން ސިހުނީ މީހަކު ދޮރު ހުޅުވާލުމުންނެވެ. އޭނާ ވަގުތުން ލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ހިންދާލާ ކުޑަކޮށް ލޯ ކައިރި ފޮހެލިއެވެ. އޭނާއަށް ފެނުނީ ސަމާހް އެވެ. އަޔާން ފެނިފައި ސަމާހް ފިޔަވަޅުތަށް ހުއްޓުނެވެ. ހާއްސަކޮށް އޭނާގެ މޫނުމަތީގެ ކުލަވަރުންނެވެ. އަޔާން ވަގުތުން ކޮޅަށް ތެދުވިއެވެ.. އެހެނީ އޭނާއަށް ސަމާހްއާއި ކިއާރާގެ އޮތް ގުޅުން ކިއާރާ ވަނީ އެ ދުވަހު ދައްކުވައިދީފައެވެ. އޭނާއަށް އިހްސާސްކުރުވާފައެވެ. ސަމާހް ވަގުތުން އަޔާން ކައިރި އިށީންނަން އެދުނެވެ. “މަ..މަންމަ ބުނީމަ މި އެއްޗެހި ހިފައިގެން އައީ.. ދެން މި އިނީ ކިއާ އެކަނި.. އެކަނި އިނީމަ..” ސަމާހް ނޭހިއެއްކަމަކު އަޔާން ބުނެލީ އެ ސުވާލުގެ ޖަވާބު ދޭން ކޮންމެހެން މުހިންމު ވީމައެވެ. ސަމާހް ހަމައެކަނި ހިނިތުންވެލުމަކުން ފުއްދާލާފައި ކިއާރާގެ އަނެއްފަޅިއަށް އައިސް މަޑުކޮށްލިއެވެ. އަދި ކިއާރާގެ ބޮލުގައި ފިރުމާލީ އެ މޫނަށް ބަލަންހުރެފައެވެ.

“ކިއާ ހަނދާނެއްނުހުރޭ އަހަރެންނެއް.. އޭނާ ހަނދާން އެބަހުރި އަޔާން… އެހެންވީމަ އެއީ މައްސަލައެއް ނޫން މިތަނަށް އައުން… އަޔާން މިތަނަށް އަންނާތީވެސް އުފާވޭ.. އެއީ ކިއާރާގެ އުފަލަކީ ތިއީ ކަމަށް ވާތީ.. އަޔާން ޤަބޫލުނުކުރާކަން އިނގޭ ކިއާރާ ލޯބިވާކަން… އެކަމް ހަޤީޤަތަށް ބުނާނަމަ އޭނާ ތިނޫން މީހެއް ދެކެ ލޯބިނުވެސް ވެވޭނެ… ކިއާރާއަށް ލޯބިވާން ދަސްވީފަހުންވެސް ހަމައެކަނި ލޯބިވާ މީހަކީ ތީ..” ސަމާހް އެހެން ބުނުމުން އަޔާން އިސްޖެހިއެވެ.  އޭނާ އަށް އެކަން އިހްސާސްވީ މާފަހުންނެވެ. ކިއާރާ އަތުން ގެއްލުނީމައެވެ. އޭނާގެ ހަނދާނަށް ހުރިހާކަމެއް އަންނާނެ ދުވަހަކީ ކުރިންވެސް އަޔާން އަށް ދިއްލައިދޭން މަސައްކަތްކުރާ ނަފްރަތުގެ ހުޅުގަނޑު ދިއްލޭނެ ދުވަހެވެ. ކިތަންމެ ލޯބިވިޔަސް އޭނާ އެދުވަހަކުން އަޔާންގެ މޫނުބަލަންވެސް ފަހަރެއްގައި ބޭނުންނުވެދާނެއެވެ. އޭނާއަށް އެވަރު ކުރެވުނުތާއެވެ. އަދިވެސް މުޅިއެއްކޮށް ހަޤީޤަތެއް އޭނާއަށް ނޭނގެއެވެ. ނަމަވެސް ކިއާރާގެ އެ ރުޅީގެ ފަހަތުގައި ވާނީ ބޮޑު ސަބަބެއްތާއެވެ. ލޯބިވާ މީހެއްދެކެ ރުޅި އާދެވޭނީ އަދި އިސްކަން ނުދޭނީ ކިހާ ބޮޑު ވަރުވީމަހެއްޔެވެ؟

“އޯކޭ ދެން ދަނީއޭ… އަޔާން.. އަހަރެންނަށް އިނގޭ އަޔާންއަށް އިނގޭނެކަން މިހާރު އަހަރެންނާއި ކިއާރާގެ ގުޅުން އެކަމް މިއަދު އަހަރެންނަކަށް އެ ގުޅުން ކުރިއަށް ނުގެންދެވި ހުއްޓިފައި މި ހުންނަންޖެހެނީ އޭނާ ހަނދާން ނެތީމަ.. އެ ހައިސިއްޔަތުންވެސް ނެތް އެއްވެސް ކަމެއް ކޮށްދެވޭކަށް.. އެކަމް އަޔާން އަހަރެންގެ ބަދަލަށް އޭނާއަށް އެހީވެދޭތި އޭނާ ހަނދާނަށް ކަންތަށް އަންނަންދެން… އޭނާ ގެ ސިކުނޑިއަށް ހަމަޖެހުން ލިބޭނީ އަޔާން ފެނުނީމަ އަޔާން ކައިރި ހުރީމަ… އޭރުން ހަނދާނަށް އައިސްވެސް ދާނެ ހަމަޖެހުމާއި އުފާ ލިބުނުވަރަކަށް އޭނާ ރަނގަޅުވެދާނެ… އަޔާން އަހަރެންނަކަށް ނޭނގޭ އަޔާންއެއް ހަޤީޤަތުގައި….

ކިރިޔާ ކަންނޭނގެ މި ވާހަކަވެސް ދެއްކެނީ އެކަމް ކިއާރާގެ ފަރާތުން އަޔާން އަކީ ކާކުކަން ވަރަށް ރަނގަޅަށް އިނގޭ… މިހާރުވެސް ހިތަށް އަރާ އަޔާން ކުރިކަންތަށް އިނގިފައި މޫނުމަތީ ޖަހަންވިއްޔޭވެސް.. މިވަރަށް ލޯބިވާ ކުއްޖަކު ކާކު އަތުން ބީވެގެން ދާތަން ބަލަން ހުންނާނީ؟؟ އެވަރަށް އަނިޔާ ދޭނީ؟ އަޔާން އެންމެ ފަހަރަކު ކިއާރާގެ ސިއްރު ހޯދާލަން މަސައްކަތްކޮށްލިނަމަ؟؟ ހުރިހާ އެންމެން އެއް ގޮތެއް ނުވާނެ.. އަދި ކިއާރާ މީ މުޅިން ތަފާތު ކުއްޖެއް… ލޯތްބަށްޓަކައި ޖާންވެސް ދީފާނެ… އޭނާ އަޔާން އަކީ މީހެއްގެ ހައްޤެއްކަން އިނގުނުއިރުވެސް އެވަރަށް ލޯބިވި… އޭނާއަށް ކިހިނެއްވާނީ ކަން ވިސްނާލިންތަ..؟ 7 އަހަރުގެ ލޮތްބަށް އަޔާން މަލާމާތް ކޮށް އެކްސެޕްޓް ނުކޮށް އެވަރު ނުވެގެން އެ ހިތް ކުދި ކުދި ކޮށްލާފައި ދިޔައީ ހަމަ އެއް މިނެޓް ތެރޭ.. އަޔާން 7 އަހަރަކީ ހާދަ ގިނަ ދުވަހެކޭ އެކަމް ހަމަ އެންމެ މިނެޓެއް…..  އަޔާން އުމުރުން ދޮށީވެފައި ގިނަ ތަޖުރިބާވެސް ހުންނާނެ ކިއާރާ އާއި ބަލާފައި.. އަހަންނާވެސް ބަލާފަ ހަޤީޤަތުގައި… އެކަމް އަހަރެންނަށް އިނގޭވަރުވެސް އަޔާންއަށް ނޭނގޭ.  އަޔާންއަށް ނޭނގެ އަޔާންގެ ތިހިތްވެސް… ކިއާރާ ގެ މޫނުމަތިން އޭނާގެ ހަރަކާތުން އެ ދައްކާ ލޮތްބެއްވެސް.

އެކަމް މިހާރު މާ ލަސްވެއްޖެ ކަންނޭނގެ… ކިއާރާގެ ހަނދާނަށް ހުރިހާ އެއްޗެހި އަންނާނެ ދުވަހަކީ މި ހުރިހާ ކަމެއް ބަދަލުވާނެ ދުވަސްކަން އަޔާންއަށް ވެސް އިނގޭނެ… އަނެއްކާވެސް ހަމަ އެ މަޑުމައިތިރިކަން.. ދެ ހިތް އެއް ވިންދެއް ޖެހިޔަސް ތި ހިމޭންކަމުގެ ސަބަބުން ދެ ހިތް  ވަކިވެގެން ދާ މަންޒަރު ފެންނާނެ… އަޔާން އައި ނޯ ޔޫ ހޭވް ސަމްތިން ފޯރ ހާރ… އެކަމް އަޔާން! އެއްޗެއްގެ އަގު އިނގޭނީ އެ ބީވެގެން ދިޔައީމަ.. އަޔާންއަށް ތި އިހްސާސް ވިސްނާލަން މިހާރު މާ ލަސްވެއްޖެ ކަންނޭގެ… މިހާރު ކިއާރާ އަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި.. ކައިވެނި ނުކުރާކަން…. އަޔާން ޔޫ ކުޑް ޗޭންގް އިޓް ބަޓް އިޓްސް ޓޫ ލޭޓް މޭން… ޓޫ ލޭޓް…” ސަމާހް އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ. އެއީ އެތަކެއް ދުވަހަކު އެ ހިތުގައި އޮތް އެއްޗެހިތަކެކެވެ. ހަޤީޤަތުގައިވެސް މިހާރު މާ ލަސްވެއްޖެއެވެ. ކިއާރާއަށް އަޔާން ލޯބިވާކަން އިނގުނަސް ދެނެއް ގުޅޭކަށް ނޭދޭނެއެވެ. އޭނާ ހުރިހާ ކަމެއް ހަނދާނަށް އަންނާނެ ދުވަހަކީ އެ ހިތްވެސް އަދި އަޔާންގެ ހިތްވެސް އިތުރަށް ފަޅިކޮށްލާނެ ދުވަހަކަށެވެ. އަޔާންއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެހެނީ ސަމާހްއަށް އަޔާން ގެ ހިތުގައި ވާ އެއްޗެއް އިނގުނީ ކިހިނެއްބާއެވެ؟ އެއަށްވުރެ ބޮޑަށް އޭނާ އެ ދެއްކީވެސް ތެދުވާހަކައެވެ. ކިއާރާ އާއި މެދު އޭނާއަށް ކަންތަށްކުރެވުނީ ވަރަށް ގޯސްކޮށްނެވެ. “ދަނީއޭ..” ސަމާހް އެހެން ބުނެފައި ހިނގައިގަތެވެ. އަޔާން ގޮނޑީގައި އިށީނދެލިއިރު ހީވަނީ މަރުވެފައިވާ މައްޔިތެއްހެންނެވެ.

ތެދެކެވެ. މިހާރު ލަސްވެއްޖެއެވެ. އޭނާ ދެން ކިތަންމެ ބޭނުންވިޔަސް ކިއާރާ އެއް ނުލިބޭނެއެވެ. ކިއާރާއެއް ނުހޯދޭނެއެވެ. މިހާރު ކިއާރާ އެ އުޅެނީ އޭނާއަށް އެންމެ އެކަށީގެންވާ މީހާއި އެކުގައެވެ. ނަމަވެސް އަޔާން ކިއާރާ ކައިރި ދެގޮތެއް ނުވެ އެނާގެ ހަނދާނަށް އަންނަންދެން ހުންނާނެކަމަށް ވައުދުވިއެވެ. އެއި އޭނާގެވެސް ހިތުގެ ހަމަޖެހުމަކަށެވެ.

އަޔާންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާގެ ސަބަބުން އޭނާގެ ކުށުން އޭނާއަށް ކިއާރާ ގެއްލުނީއެވެ. އަޔާން ކިއާރާގެ ޕްލާސްޓަރ އަޅާފައި އޮތް ކަނާއަތުގައި ހިފެހެއްޓިއެވެ.. “ކިއާ އިނގޭތަ؟ އަބަދުވެސް އަބަދުވެސް އަބަދުވެސް މި ހިތް އެލީ އަށްޓަކައި ކޮންމެވެސް ފީލްއެއް ކުރޭ… އެކަމް އޭރު ލޯބިވީ ހަމައެކަނި ޝާހީ ދެކެ.. ދެން ނޭނގެ ކީއްވެކަމެއް އެހެން ވީ އެއީ ކޮންކަހަލަ އިހްސާސްއެއްކަމެއް.. މިއަދު ކިއާރާ… ކިއާރާއާއި ދިމާވީމަ މި އިނގުނީ އާލިޔާއާއި ދޭތެރޭ އޮތީ ކޮން އިހްސާސްއެއްކަން…. ތީ އެކަކު އެން މީ އެއް ފީލިންގ އެއް… އެކަމް މީ ލޯބިކަމެއް ނޭނގެ… ކުރިންވެސް ލޯބިވިން… ޝާހީ ދެކެ… އެކަމް އޭރަކުވެސް މިހާރު މިވާހެނެއް ނުވޭ… ވަރަށް ތަފާތު ގޮތްތަކެއް ވަނީ.. ފެނުނަސް.. އޭރު އެލީގެ ކޮންމެ ހަރަކާތެއްވެސް ހަނދާންހުރޭ… ޝާހީ ދެކެ ލޯބިވިއިރުވެސް މި ހުރިހާ ފީލްއެއްނުވޭ… އިޓްސް ޖަސްޓް ޑިފެރެންޓް.. ވަރަށް ޑިފެރެންޓް ލައިކް ޔޫ.. ޔޫ އާރ ވެރީ ޑިފެރެންޓް ފްރޮމް އަދާރސް އަބަދުވެސް.. އެހެންވެ ޔޫ އާރ އޯލްވޭސް މައި ޑޯލް… ނޭނގެ ކިއާ ކަމެއް އެލީ ކަމެއް ކިޔަންވީވެސް.. ސްޓިލް… މައި ޑޯލް… އައި ރިއަލީ ވޯންޓް ޔޫ ޓު ހޭވް އިން މައި ލައިފް ބަޓް މާ ފަހުން މި އިހްސާސްވީ ޑޯލް ބޭނުންކަން… ވަޓް އައި ފީލް ފޯރ ޔޫ… ކިތަންމެ ބޭނުންވިޔަސް މި މަދު ދުވަސްކޮޅަށްފަހު ދެން ނޭނގޭ ޑޯލް އިސްއުފުލާ ބަލާލާނެކަމެއްވެސް….. ޔޫ ވިލް ހޭޓް މީ ހަނދާނަށް ހުރިހާ އެއްޗެހި އައީމަ… ލޯބިވިޔަސް ހޭޓް ވާނެ…” އަޔާން ބުނެލީ ނިދާފައި އޮތް ކިއާރާގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ.

“އަޔާން….!!!” އަޔާން ސިހިފައި ދޮރުމައްޗަށް ބަލައިލެވުނެވެ.. ހަމައެވަގުތު ކޮޅަށް ތެދުވެވުނެވެ. ހިންދިރުވާލެވުނީ ކުރިމަތީ ހުރި ފަތުހީއަށް އެ ހުރިހާ އެއްޗެއް އިވުނީއޭ ހިތާއެވެ.  ފަތުހީ އައިސް އަޔާންގެ ކައިރި މަޑުކުރުމުން އަޔާން އިސްޖަހާލިއެވެ.. “އަޔާން!! އިށިނދެލަބަލަ މިތާ..” ފަތުހީ އެހެން ބުނުމުން އަޔާން އިށީނެވެ.. އޭނާ ތުރު ތުރުއަޅައިގަތެވެ.

“އަޔާން! ކިއާރާ އަބަދުވެސް ލޯބިވީ އަޔާން ދެކެ.. ދެން ކީއްވެ ތިހެން ވިސްނަންވީކީ؟ ކިއާރާ އަޔާންއާއި އެކު އުޅެން ވަރަށް ބޭނުންވޭ… ބޭބެ އާއި ކިއާރާ ދިމާވީ އޭނާ އުމުރުން 15 އަހަރުގައި.. އޭރު އަދި ދުނިޔެއަކަށް ނުވެސް ހޭލެވޭނެކަންނޭނގެ… އެކަމްވެސް އޭނާގެ ހިތުގައި.. ދުލުގައި އަބަދުވެސް އޮތް ނަމަކީ ތީ.. އޭނާ މެލޭ އަށް ގެންދިޔަދުވަހުވެސް ބުނީ އަޔާން ހޯދާނީ ކިހިނެއްހޭ؟ އަޔާންއެއް ނުފެންނާނެނުންހޭ ދެނެއް.. ބޭބެއެއްވެސް އެއްޗެއް ނުބުނަން.. އަމިއްލައަށް އިންތިޒާރުކުރަން ނިންމީ.. އެ ހިތުގައި އޮތް ލޯބި އެގޮތަށް ބޭއްވީ… އެއީ އަމިއްލަ ނިންމުމެއް… އެއްބައިދުވަސްކޮޅު އަބަދު ބުނާނެ އަޔާން މިހާރު ނޭނގެ ނުންހޭ ބޭބީ އެއް ނުލިބޭނެކަމެއް.. ކިހިނެއްހޭ އަޔާން ދެން ލިބޭނީ މި ލޯބި ފުރިހަމަވާނީ.. އަޔާން! މިދައްކަނީ 15 އަހަރުގެ ކުއްޖެއްގެ ވާހަކަ… އުމުރުން 22 އަހަރުވަންދެން… މިކޮޅަށް އަންނަންދެންވެސް އޭނާ ހަމަ ހުރީ ހިތުލައިގެން އަޔާން ހޯދަން… އެންމެ ފުރަތަމަ ރޭވެސް ތިދެމީހުން ދިމާވީ ތަޤުދީރު އެކަމަށް ނިޔާކުރީމަ.. އޭނާ މަސައްކަތްކުރި އަޔާން.. ވަރަށް ކެތްކުރި.. މިއަދު ދެން އަޔާންވެސް ލޯބިވާކަން އިނގުނީމަ އޭނާ ހުރިހާ އުފަލެއް ލިބޭނީނު.. އަޔާން… އޭނާ އަޔާން އެކްސެޕްޓް ނުކުރަންވީ ސަބަބެއް ބުނެބަލަ؟ މި ހުރިހާ އަހަރުގެ ހުވަފެނެކޭ ތީ… އޭނާގެ އިންތިޒާރުގެ ފޮނި ނިމުން ތީ..” ފަތުހީ ބުނިއިރު އޭނާގެ އަޑުވެސް ބަދަލުވެގެންދިޔައެވެ. ކިއާރާ އުޅުނުވަރު ދެލޯ ކުރިމަތީ ސިފަވެގެންދިޔައެވެ..

“ބޭބޭ.. މިހާރު ވަރަށް ތަފާތޭ ހާލަތު… ކިއާރާ އުޅެނީ ރިލޭޝަންއެއްގައި.. އަޅުގަނޑަށްވުރެ މާ ރަނގަޅު ބައިވެރިއެއް ސަމާހް އެއީ ހުރިހާ ގޮތަކުންވެސް… އަޅުގަނޑު އުމުރުން މިހާރު 30 ވަނީ ކިއާރާ އަކީ އަދި ހަމަ ޒުވާން ކުއްޖެއް ގޮތުގައި އަޅުގަނޑު ދެކޭނީ.. އޭނާގެ އުމުރުގެ ޒުވާނެއް ސަމާހް އެއީ.. ޝީ އިޒް ޓޫ ޔަންގް…………” “އަޔާން! ކިއާރާ އަޔާން ދެކެ ލޯބިވީ ކިއާރާ މި ހުރި އުމުރުގައި އަޔާން ހުއްޓާ. އެނާއަށް އުމުރު އެއްވެސް އެއްޗަކަށް ނުވާއިރު އަޔާންއަށް ކީއްވެ އުމުރު މުހިންމު ވީ؟ ކިއާރާ ލޯބިވީ އުމުރުބަލައިގެނެއްނޫނޭ… އަދިވެސް އެ ލޯބިވަނީނު” އަޔާން ދެއްކި ވާހަކަ ފަތުހީ މެދުކަނޑާލިއެވެ. އޭނާގެ އަޑުގައިވަނީ ވިސްނައިދޭފަދަ ގޮތެކެވެ.

“އޯކޭ އެހެންވިއްޔާ ސަމާހް..؟  ސަމާހް އަކީ ގޯސް ކުއްޖެއްނޫނެއްނު.. އަޅުގަނޑު އަމިއްލަ އަތުން ކިއާރާގެ އިތުބާރު އާއި ހުރިހާ އެއްޗެއް ނިގުޅައިގަތީ.. މިއަދު ސަމާހް އެ ހުރިހާ އުފަލެއް ދޭން ހުރީމަ އެ ހުއްޓުމުގެ ބޭނުމަކީ ކޮބާ؟ އަޅުގަނޑު ބޭނުމެއްނޫން ހުރަސްއަޅާކަށް…  ބޭބެ ވެސް ބޭނުންވަނީ ކިއާރާގެ އުފަލެއްނޫންތޯ؟ އެހެންނަމަ މި ދެކެވުނު އެއްވެސް ވާހަކައެއް… ކިއާރާއާއި ހަމާއަށް ފޯރައިގެން ނުވާނެ… ޕްލީސް… އަޅުގަނޑު މި އެދެނީ ކިއާރާގެ އުފާ.. ކިއާރާގެ އުފަލަކީ އަޅުގަނޑު ކަމުގައިވިޔަސް  އެ ކަން މިހާރު ނިމިއްޖެ މި ލޯބީގެ ސޮފްހާ މާޒީވެ ހިނގައްޖެ ލޯބި އެގޮތަށް އޮތަސް.. ބޭބޭ!! ކިއާރާ ހަނދާނަށް ހުރިހާ އެއްޗެއް އަންނަ ދުވަހު އޭނާ ނަފްރަތު ކުރާނެ އެ ލޮތްބަށް…ލޯބި  ވެވުނީތީވެސް އަމިއްލަ ނަފްސް ދެކެ ފޫހިވާނެ.. އިތުބާރެއްނުކުރާނެ… ބޭބޭ ޕްލީސް މިވާހަކަ މިގޮތަށް ސިއްރުކޮށްދީ… ކިއާރާގެ އުފަލަށްޓަކައި… ކިއާރާ އަށް މާ ޑިސާވިން ސަމާހް… އަޅުގަނޑަށްވުރެ.. ބޭބޭ ޕްލީސް.. ޕްލީސް.. ޕްލީސް..” އަޔާން އާދޭސްކުރަމުންދިޔައެވެ. އޭނާ މިކަން ބޭރުވާކަށް ނޭދެއެވެ.

“އެކަމް ކިއާރާ…………” “ބޭބޭ ކިއާރާ އަށް އަޅުގަނޑު ލޯބިވާކަން އެނގިހުރެވެސް ދެން މި ލޮތްބެއް ބޭނުމެއްނުވާނެ…. އެހެންވީމަ ރަނގަޅެއްނު އެކަން ސިއްރުކުރުން.. އަޅުގަނޑު އެދޭ އެންމެ ފުރަތަމަ އަދި އެންމެ ފަހުކަންތަށް މީ… ޕްލީސް..” އަޔާން ބުންނެވެ. ފަތުހީ ވިސްނާލިއެވެ. އެއަށްފަހު ކިއާރާއަށް ބަލައިލިއެވެ. އާއެކެވެ. މިހާރު އެއީ ސަމާހްއާއި އެކު އާ ދިރިއުޅުމެއް ފެށި ކިއާރާއެވެ. އަޔާންދެކެ ލޯބިވީ ކިއާރާއެއްނޫނެވެ. ފަތުހީ އެއްބަސްވިއެވެ.. އެންމެ ބޮޑަށް ކިއާރާ ގެ ނިންމުމަކީވެސް އަޔާންއާއި ދުރުވުން ކަމުގައި ވީތީއާއި އެކުވެސްއެވެ.

އަޔާން ޝުކުރުއަދާކުރިއެވެ. “ކިއާރާއަށް ގޮވަންވީ ކަންނޭގެ ކާން..” ފަތުހީ ބުންޏެވެ. އެވަގުތު އެނާގެ ފޯނަށް އައީ ކޯލެކެވެ. ފަތުހީ ކިއާރާގެ ބާލިސް ދޮށުގައި އޮތް ފޯނު އަވަސް އަވަހަށް ނެގީ ކިއާރާ ހޭލެވިދާނެތީއެވެ. “ހަލޯ؟؟ ނޫނޭ… އާނ މަޑުކުރޭ އެބަ ދަން… ނޫން ކިއާރާ އޮތީ ނިދިފައި މިގަޑީގައި ދެވިދާނޭ.. އާނ އޯކޭ..” ފަތުހީ ފޯނު ބާއްވާލީ ކިއާރާއަށް ބަލަމުންނެވެ. “އަޔާން! ބޭބެ އަންނަންދެން އިނދެލެވިދާނެތަ؟ ވަރަށް ބޮޑަށް މަސައްކަތްތަކަށް ބުރު އަރާތީ މިއުޅެނީ ކިއާރާ ހުންނައިރު އެކަންތަށް ވިޔަސް މިހާރު ނުވެޔޭ އެ ހުރިހާ ކަމެއް.. ޒާއިންވެސް އަންނާނީ މާދަން މެންދުރު ފަހު… ލަސްވެއްޖެއްޔާ ނަރުހަކަށް އިންފޯރމް ކޮށްލާފަ އެންމެ ރަނގަޅު ދިޔަޔަސް..” ފަތުހީ ބުންޏެވެ. އަޔާން ބޯޖަހާލުމުން ފަތުހީ ހިނގައިގަތެވެ. އަޔާންއަށް އިތުބާރުކުރެވުނީ ހަމްނާވެސް އަޔާން އުޅުނުގޮތުގެ ވާހަކަ ފަތުހީ ކައިރި ބުނެފައިވީމައެވެ. ހަމައެހެންމެ އަޔާން ފަހަރެއްގައި އެ ނިންމުން ބަދަލުކުރަން ލިބޭ ފުރުސަތަކަށްވެސް އެކަން ވާނެއެވެ.

 

ފަތުހީ ދިޔުމާއި އެކު އަޔާން އޭނާގެ މޫނު ދެއަތް ތެރޭ ފޮރުވިއެވެ. ފަތުހީ އެކަން ސިއްރުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އަޔާން އިރުކޮޅަކު އެހެން އިނދެފައި ކިއާރާއަށް ގޮވަން ނިންމިއެވެ. ކާން ލަސްވާތީއެވެ. “ކިއާ… ކިއާ!! ތެދުވެބަ…” އަޔާން ގޮވަންފެށިއެވެ. ކިއާރާ ނުތެދުވާން ދެލޯ ބާރަށް ފިއްތާލިތަން ފެނިފައި އަޔާންއަށް ހެވުނެވެ. “ތެދުވަންވީ އޭ.. ބަލާ މަމް ކިއާ އަށް ފޮނުވާފައި އެބަހުރި ވަރަށް މީރު އެއްޗެހި.. ކިއާ…!!” އަޔާން ގޮވަމުންދިޔައެވެ. “ދެންން ޑޭ..ޑް…” ކިއާރާ އެހެން ބުނެފައި ދެލޯ ހުޅުވިއެވެ. ނަމަވެސް ދެން ލައްޕާކަށް ނޭނގި އަޔާންއަށް ބަލަން ހުރެވުނީއެވެ.

އަޔާން ފުށްޓަކި ޖަހާލުމުން ކިއާރާ ސިހިފައި އަވަސް އަވަހަށް ދެތިންފަހަރު ލޯ މަރާލާ ހުޅުވާލިއެވެ. އޭނާއަށް ރަކިގޮތަކަށް ހިނިތުންވެވުނެވެ. “މިހިރީ މަމް ފޮނުވި އެއްޗެހި ބުނީ ކިއާ އެއްކޮށް ހުސްކޮށްލީމަ ނޫނީ ނުގެންނަންޗޯ މި އެއްޗެހި..” އަޔާން ބުނެލިއެވެ. ކިއާރާ ހޭންފެށިއެވެ. އަޔާން ކިއާރާގެ އެނދު އުސްކޮށްލަދިނެވެ. “މީތި ނައްޓުވަން..” ކިއާރާ އިޝާރާތްކުރީ އޭނާގެ ނޭފަތަށް ގުޅާފައި އިން ހޮޅިއަށެވެ. އަޔާން ދެކޮޅަށް ބޯހަރަކާތްކޮށްލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އެއަށްފަހު ކިއާރާގެ ހަށިގަނޑާއި ގުޅިފައިވާ މެޝިންތަކަށް އަޔާން ބަލައިލިއެވެ. ހާޓް ބީޓް ދައްކުވައިދޭ މެޝިން އިން ހާޓް ބީޓް އަވަސް ވެއްޖެކަން އަޔާންއަށް އިހްސާސްވުމުން ކިއާރާއަށް ބަލައިލެވުނެވެ. އެއީވެސް އެ ލޯބީގެ ތެދުވެރިކަމުގެ ފުރިހަމަ ހެއްކެކެވެ.

ކިއާރާ އޭނާގެ ލޮލުމައްޗަށް ވެއްޓުނު އިސްތަށިތަށް އެއްފަރާތްކޮށްލިނަމަވެސް އަނެއްކާވެސް ލޮލުކުރިމައްޗަށް އައެވެ. “ދެން ގެންނާނަން އަނާ އަތުން ދަތި އިނގޭ..” އަޔާން މަތިޖަހާފައި ހުރި ތަށިތަކުން އެއްކޮށް މަތިނަގަމުން ބުންޏެެވެ. ކިއާރާ ހޭންފެށިއެވެ. ހަމްނާ ހަދާފައި ހުރި ނޫޑްލްސް އެވެ. އޭގެ އިތުރަށް މޭވާވެސް ފޮނުވާފައި ހުއްޓެވެ.

ކިއާރާ ވާއަތް ދިއްކޮށްލުމުން އަޔާން އެ އަތް ދުރަށްލާފައި އޫ އަނގަޔާއި ދިމާކުރިއެވެ. ކިއާރާ އަޔާން އަތުން ކާލިއެވެ. ކިއާރާގެ ހިތް އަވަސްވިއެވެ. ވަރަށް ބޮޑަށް އަވަސްވިއެވެ. އޭނާއަށް ލޯބި ހާސިލްކުރެވޭނެކަމުގެ އުއްމީދެއްގޮތުގައި އެކަން ނަގައިގަނެވުނެވެ. މަސައްކަތްކޮށްފިއްޔާ އެކަންވެސް ވާނެއެވެ.

އަޔާންއަށް އިރު އިރުކޮޅާ ބަލާލަމުން ކިއާރާ ކާލައެވެ. ކައި ނިންމާފައި އޭނާ މޭވާކޮޅުވެސް ކެއެވެ.. އަޔާން ދޭތީވެ ކެވުނުވަރުވެސް އޭނާއަށް ނޭނގުނެވެ. ބަނޑުއެކީ ފުރި ނޭވާ ލާނެހާ ޖާގަވެސް ނެއްފަދައެވެ. “ތިރިކުރަންވީތަ؟” އަޔާން އިޝާރާތްކުރީ އެނދަށެވެ. ކިއާރާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. “އޭ ކިއާ ބަލާ މާކަރ އެއް ގެނައީމޭ އަނާ އަތުން އަތުލައިގެން..” އަޔާން ތަށިތަށް ކޮތަޅަށް އަޅަނިކޮށް އެނާ ގެނައި ރަތްކުލައިގެ މާކަރ ފެނިގެން ކިއާރާއަށް އެ ދެއްކިއެވެ.. ކިއާރާ ފުޅާ ހިނިތުންވުމެއް ދިނެވެ.

 

 

104
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ (13 ވަނަ ބައި)

Next

ދިވެހިރާއްޖޭގެ ތަރައްޤީ ވަނީ އެއްފަސްކުރުމާ ގުޅި ލާމެހިފައެވެ.

Next
December 24, 2016

ދިވެހިރާއްޖޭގެ ތަރައްޤީ ވަނީ އެއްފަސްކުރުމާ ގުޅި ލާމެހިފައެވެ.

Previews
December 23, 2016

އެ ލޯބި އަސްލު ހައްޤޭ (13 ވަނަ ބައި)

30 Comments

  1. Ryn says:
    December 23, 2016 at 9:22 pm

    Hey guys!! vrh kuru dhw now! its cx im doing so much editing and had to cut off few things and all ehnve kuruvany… Tc c u guys tomorrow morning.. Holiday v ma i can up it soon 😉 c u Nights

  2. Aisha says:
    December 23, 2016 at 9:22 pm

    Wow ryn… loved ur stories… keep the good work…

  3. Asasa says:
    December 23, 2016 at 9:23 pm

    Me first v reethi

  4. ASH CHUM says:
    December 23, 2016 at 9:32 pm

    It was an awesome part ryn.. Love u….

  5. Faathee says:
    December 23, 2016 at 9:34 pm

    Ryn ur the best. Keep going

  6. mari says:
    December 23, 2016 at 9:41 pm

    Wow.. Nice

  7. Hooooo? says:
    December 23, 2016 at 9:45 pm

    Varah salhi. ❤️❤️

  8. me says:
    December 23, 2016 at 9:47 pm

    Mi vaahaakayah inthizaaru kurevey vareh ves neynge bunaakah. Hehe.. its awsome like always.. waiting……

  9. muslims says:
    December 23, 2016 at 9:47 pm

    morning 7 ge kurin upkohla dhecheyy ingeyy ryn plz…. i really love ur stories

  10. xaf says:
    December 23, 2016 at 9:57 pm

    itx just awesome….

  11. Fin says:
    December 23, 2016 at 10:17 pm

    Vvvv reeeethi..

  12. Kalhu handi says:
    December 23, 2016 at 10:45 pm

    <3<3

  13. Ikhan says:
    December 23, 2016 at 10:46 pm

    Wow!! This part is awesome, next part please! Goodnight ryn!! Sweet dreams 🙂

  14. Asl saad says:
    December 23, 2016 at 10:55 pm

    Reethi varah reethi vaahakaeh

  15. Shys says:
    December 23, 2016 at 10:58 pm

    v reethi ayaan aa ingey kiyaaraa gulhuvaanyy

  16. Shaa says:
    December 23, 2016 at 10:59 pm

    v reethi ayaan aa ingey kiyaaraa gulhuvaanyy

  17. roney says:
    December 23, 2016 at 11:00 pm

    dhen avahah ayaan n kiyaa gulhuvabala

  18. ikh says:
    December 23, 2016 at 11:04 pm

    samaah is the best but she didn’t love him so ayaan aa kiaaraa gulhuvan v feney…..beautiful storyy

  19. Hasna says:
    December 23, 2016 at 11:07 pm

    Koncheh thi edit kuranee eves badaleh naaley v dhah fen varehge story ehnme kiyan bolah udagu v…vvv

    1. Hooooo? says:
      December 24, 2016 at 12:41 am

      So don’t read the story.

    2. thi gothah comment kurumun..... says:
      December 24, 2016 at 1:35 am

      kae ah keeh edit nukuriyas kae thihaa molhiiiyaa kae liyebala story eh amilla ah kae bolah udhagoo vanjaa nukiyabala… this is best story ever….

  20. Anonymas says:
    December 23, 2016 at 11:08 pm

    Nice part n aaliyaa n ayaan&kiyaa???

  21. Vaahaka foshi says:
    December 23, 2016 at 11:22 pm

    Ehen kudhinna thafathko ginain up koddheythee vara ufavey. Abadhuves inthizaru kurevey. Thanx Ryn. Love you.

  22. Zzzzz.... says:
    December 23, 2016 at 11:26 pm

    Samah aa dheytherey visnaafa varah dheraveyy.. He is sooo good..
    But ayaan and kiyaa luv each other so they should b together..
    But samah haadha hurt vaane eyy..????????
    But still kiyaa and ayaan avahah gulhuvaba…
    Story vvvvvvvvvvvvvv nice…

  23. Ly says:
    December 23, 2016 at 11:33 pm

    Aan.. Eba rangalhuvey romance bai.. Dhen e samah ah knmes gotheh hadha..

  24. Anonymas says:
    December 23, 2016 at 11:33 pm

    how many more parts in tiz storryy?? plx answer ingey. .

  25. Brainless says:
    December 23, 2016 at 11:54 pm

    Vvvvvv nice…

  26. mimi says:
    December 24, 2016 at 2:12 am

    Poor samah??
    And ryn you’re awesome as always?
    Gd nyts?

  27. Pop says:
    December 24, 2016 at 7:36 am

    Ryn waiting

  28. Faxoo says:
    December 24, 2016 at 12:55 pm

    vrh reeethi mi baives as always 😉

Comments are closed.

All Right Reserved!