Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ިހިތް އެކީ ދެވިއްޖޭ…32

Ryn
December 23, 2016
8 Mins Read
100 Views
28 Comments

 

 

އޮޕެރޭޝަން ތިއޭޓަރަށް ކިއާރާ ގެންދިޔައީ އޭގެ 30 މިނެޓް ފަހުންނެވެ. އަޔާން ސަމާހް އާއި ފަތުހީއާއި އެކު ތިއޭޓަރ ކައިރިއަށް އައިސް އިށީނެވެ.. އޭނާ ހުރީ ކުރާނެކަމެއް ނެތިފައެވެ. މިތާ ހުރުން ރަނގަޅެއްވެސް ނޫނެވެ. ހުންނާނީ ވަކި ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އޭނާ އިށީނދެ އިން ގޮނޑިން ތެދުވެލުމުން ފަތުހީއާއި ސަމާހް ބަލާލިއެވެ. “ފަތުހީބެ… ކިއާރާ ކައިރި ނުބުނާތި އަޅުގަނޑު އެއްވެސް އެހީއެއް ވެދިން ވާހަކަ…. އަޅުގަނޑަށް އަންގާލާތި ކަންތަށް ގޯސްވަންޏާ… ލޭ ބޭނުންވިޔަސް.. ނޫނީ ކަމެއް ބޭނުންވިޔަސް..” ނުބުނަން ހުރެފައިވެސް އަޔާން އެހެން ބުންޏެވެ.. ފަތުހީ ބޯ ޖަހާލުމުން އަޔާން ދާން ހިނގައިގަތީ ތިއޭޓަރ ގެ ދޮރާއި ދިމާލަށް ބަލާލާފައެވެ. ސަމާހްއަށް ސިފަވެގެން ދަނީ އަޔާންގެ އެ ހަރަކާތްތަކެވެ. އެއިން ސަމާހްއަށް ފެނިގެން ދިޔައީ ބަޔާންކޮށްދޭން ބޭނުން ނުވާ ފުން ލޮތްބެވެ. އޭނާއަށް މިވަދެވުނީ އެދެމީހުންގެ ދޭތެރެއަށޭ ފުރަތަމަ ފަހަރަށް ސަމާހްގެ ހިތަށް ވަންނަން ފެށިއެވެ. ހަަމައެކަނި އެ މޫނަށް ބަލާލާފައިވެސް ސަމާހްއަށް އެކަން އިހްސާސްވިއެވެ.

ކިއާރާގެ ހަބަރުލިބިގެން ބައެއް އޮފީސް އެކުވެރިންގެ އިތުރުން ޝުކޫރުވެސް އައެވެ. އަދި ފަތުހީއަށާއި ސަމާހްއަށް ހިތްވަރުލައިދިނެވެ. އެތަށް ގަޑިއިރަކަށް ދެމިގެން ދިޔަ އެ އޮޕެރޭޝަން ނިމި ކިއާރާ ނެރުނެވެ. ފަތުހީ ހަމަޖެއްސި ޕްރައިވެޓް ރޫމްއަކަށް ކިއާރާ ގެންދެވުނެވެ. ފަތުހީއާއި ސަމާހް ޑޮކްޓަރާއި އެކު އެ ކޮޓަރިއަށް ވަނެވެ. “މިގަޑީގައި އެ އޮތީ ހޭ ނެތިފައި… ދެތިން ގަޑިއިރު ތެރޭ ހޭއަރާނެ….. ސިކުނޑީގެ މައި ނާރަކަށް ލިބުނު ގެއްލުމާއި ގުޅިގެން މެމޮރީ އިން ބައެއް ލޮސް ވާނެކަމުގެ ލަފާކުރެވޭ…. ހޭއެރީމަ އިތުރު އެއްޗެއް ބުނެވޭނީ.. އަދި އަތުގެ ކަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވަނީ.. ޕްލާސްޓަރު އަޅަން ޖެހުނީ އެހެންވެ….” ޑޮކްޓަރ އެހެން ބުނެފައި ހިނގައިގަތެވެ. ފަތުހީ ކިއާރާ ކައިރި ގޮނޑީގައި އިށީނދެލިއިރު ދެލޮލުން ކަރުނަ ފައިބައިގަތެވެ. އެކުޑަ ކޮޓަރީގައި އިވެމުން ދިޔައީ ކިއާރާގެ ހަށިގަނޑާއި ގުޅުވާފައި ހުރި މެޝިންތަކުގެ އަޑެވެ. ފަތުހީގެ ކަންފަތަށް އިވިގެން ދިޔައީ ކިއާރާގެ ހޭއަޑެވެ. އެ މަޖާކޮށް އުޅުނު ދުވަސްތަކެވެ. ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ؟

2 ގަޑިއިރުވެ 3 ގަޑިއިރުވީއިރުވެސް ކިއާރާ ހެއެއް ނާރައެވެ. ޑޮކްޓަރުންގެ ލަފާގެމަތިން ނަރުހުން ދިޔައީ ކިއާރާގެ ކަންތަށް ބަލަހައްޓަމުންނެވެ. ހޭއެރުމަށް ގިނައިރުވާތީ ޑޮކްޓަރުން ދިޔައީ ކަންބޮޑުވަމުންނެވެ. އަނެއްކާވެސް ފަރުވާއެއް ދޭންޖެހެނީކަމަށް އެމީހުން ލަފާކުރިއެވެ. ފަތުހީ އެތަނުން ނިކުތްއިރު ސަމާހްގެ އިތުރަށް ޝުކޫރުއާއި ދިމާ އާއި ހަސްނާވެސް ބޭރުގައި ތިއްބެވެ. ފަތުހީގެ މޫނުހުރިގޮތް ފެނި އެއްޗެއް އަހާލަން ނުކެރުނީކަންނޭނގެއެވެ. ޝުކޫރު ފަތުހީ ގެނެސް ކައިރި ބައިންދައިގެން އެތަކެއްފަހަރު ހިތްވަރުއެލުވައިނުލުމަށް ބުނެ ހެއްދެވިފަރާތަށް ދުޢާ ކުރަން ބުންޏެވެ.. ޝުކޫރުގެ ފަރާތުން ޒާއިންމެންނަށްވެސް އެހަބަރު ލިބުނެވެ. އަންނަން ހަމަޖެހިފައި އޮތީ ދެދުވަސްކަމުން ޝުކޫރުގެ އެދުމަށް އެމީހުން 2 ދުވަސް ވަންދެން ތިބީއެވެ. އެމީހުންވެސް ފަތުހީއަށް ގުޅާލާ ވާހަކަދައްކާހެދިއެވެ.

އެތަށް އިރެއްގެ މަސައްކަތުން ކިއާރާ ގެ ހިތުގެ ވިންދު އަވަސްވެ ނޭވާ ލެވެން ފެށުނެވެ. ބޮލުގައި އަޅާލެވިފައިވަނީ ބޮޑު ބެންޑޭޖްގަނޑެކެވެ. ކިއާރާގެ އެއްބައި އިސްތަށިތަށް ކޮށާލަން ޖެހުނެއްކަމަކު އޭނާގެ އެ ބޯ އިސްތަށިތަކުން އެތިކޮޅެއް އުނިވިހެންވެސް ހިއެއްނުވެއެވެ. އިސްތަށިގަނޑުގެ ބޭރުން އެ ބޮޑު ބެންޑޭޖްގަނޑު އޮތްއިރު އޭނާގެ އަތުގައިވެސް ވަނީ ޕްލާސްޓަރު އަޅާފައެވެ. ގައިގެ ބައެއް ތަންތާ ވަނީ މަލަން ހިއްޕާފައެވެ. އެހެންނަމަވެސް އެ މޫނުމަތިން އެ ރީތިކަމާއި ސާދާ ކަން ނުފިލައެވެ.

“އަ..އަޔާން….” ހިކިފައިވާ ދެ ތުންފަތްތެރެއިން ނިކުތް ފުރަތަމަ ނަމަކީވެސް އަޔާންގެ ނަމެވެ. ކިއާރާ ދެލޯ ހުޅުވިއެވެ. ލޮލުމައްޗަށް އެޅުނު އަލިކަމުގެ ސަބަބުން އަނެއްކާވެސް ލޯ މަރަން އޭނާއަށް މަޖުބޫރުވިއެވެ.. “އަޔާން….” ކިއާރާ އަނެއްކާވެސް ބުންޏެވެ. އޭނާއަށް އަޔާންއަށް ގޮވެމުންދިޔައީ އެ ހިތުގައި އެވަގުތު ހިނގަމުންދިޔަ ކަންތައްގަނޑެއްގެ ސަބަބުންނެވެ..

….

ޑޮކްޓަރު ހިނިތުންވުމަކާއި އެކު ނިކުމެލިވަގުތު ފަތުހީ ތެދުވިއެވެ.. “އިރާދަފުޅާ މިންވަރުފުޅުން ހޭއަރައިފި އަދި ހިއެއްނުވޭ މެމޮރީ ލޮސް ހެނެއް އޭނާ ގޮވަމުން ދިޔައީ އަޔާން އަށް….. އަޔާން އަކީ ކޮންބޭފުޅެއްތޯ؟” ޑޮކްޓަރު އެހެން އަހާލުމާއި އެކު ފަތުހީއަށް ބަލައިލެވުނީ ސަމާހްއަށެވެ. ސަމާހް ކޮޅަށް ތެދުވިއެވެ.. “ޕޭޝެންޓް އެދިލައްވަނީ އަޔާންއަށް..” ޑޮކްޓަރު ބުންޏެވެ.. “އޭނާއެއް ނެތް.. އަޅުގަނޑު އަށް ބައްދަލުކުރެވޭނެ ތަ؟” ފަތުހީ އެހިއެވެ.. ޑޮކްޓަރު ވަނުމަށް ހުއްދަދިނެވެ. “ނާރސް…. ޓޭކް ކެއަރ އޮފް އެވްރީތިން..” ޑޮކްޓަރު ވަދެފައިވެސް އެހެން ބުނެފައި ނިކުތެވެ. ފަތުހީ ކިއާރާ ކައިރި އައިސް ހުއްޓުނެވެ. “ކިއާ ދަރިފުޅާ…” ފަތުހީ ކިއާރާގެ މޫނުގައި ފިރުމާލަމުން ބުންޏެވެ.. ކިއާރާ ލޯ މަޑުމަޑުން ހުޅުވާލިއެވެ.. “ޑޭޑް؟ ކީއްވެ މިތާ …. އާހް..” ކިއާރާ އެހެން ބުނެފައި  ތެދުވަން އުޅުނެއްކަމަކު ނުތެދުވެވުނެވެ.

“ކިއާ އެހަށް އަރާމްކޮށްލާ އިނގޭ….” ފަތުހީ ބުނެލީ ލޯބިންނެވެ. އެވަގުތު ނަރުސް ނިކުތުމުން އެމީހުން އެކީ އެކަނިވިއެވެ. ސަމާހްވަނީ އެވަގުތުއެވެ. އޭނާ ހުރީ ހަޤީޤަތުގައިވެސް ވަރަށް ހިތްވަރުކޮށްގެންނެވެ. “ކިއާ…. !!” ސަމާހްއަށް ގޮވާލެވުނީވެސް އުނދަގުލަކުންނެވެ. ކިއާރާ ސަމާހްއަށް ބަލަން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ހީވީ އޭނާއަށް އެއީ ކާކުކަންނޭނގޭހެންނެވެ. ކިއާރާ ފަތުހީއަށް ބަލާލިއެވެ. “ކިއާ ރަނގަޅުތަ؟؟؟” ސަމާހް އެހިއެވެ. “ޑޭޑް.. އެއީ ކާކު؟” ކިއާރާ ސަމާހްއަށް އިޝާރާތްކުރަމުން ބުންޏެވެ. އެއާއި އެކު ސަމާހްއާއި ފަތުހީއަށް ލިބުނީ ސިހުމެކެވެ. “ކި..ކިއާ.. އެއީ ސަމާހް.. ސޭމް.. ކިއާގެ ސޭމް…” ފަތުހީ ބުނެލީ ކިއާރާއާއި ދިމާ ބަލަން އޮވެފައެވެ. ކިއާރާ ބީރައްޓެހިބެލުމަކުން ސަމާހްއަށް ބަލަމުންދިޔައެވެ. ސަމާހް ގެ ހިތަށް ކުޅަދާނަނުވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅަމުންގޮސް އޭނާ އެތަނުން ނިކުތެވެ. “ޑޭޑް… ކީއްވެ މިތާ މިއޮތީ؟ ކިހިނެއްވީ.. އައުޗް..” ކިއާރާ މުޅިތަނަށް ބަލާލާފައި އޭނާގެ ހަށިގަނޑަށް ބަލާލިއެވެ. އަތަށް ކުޑަކޮށް ތަދުވުމުން އޭނާ އަނެއްއަތުން އެ އަތުގައި އަތްލިއެވެ. “ކިއާ…. ދަރިފުޅާ ހަނދާނެއް ނެތްތަ؟” ފަތުހީ އެހިއެވެ.. ކިއާރާ ދެބުމަ ގޮށްޖަހާލިއެވެ. އޭނާ ދެލޯ މަރާލީ އެއްވެސް އެއްޗެއް ހަނދާނަށް އާދޭތޯއެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ލިބުނީ އިތުރު ވޭނެކެވެ. ކިއާރާ އަވަސް ނޭވާތަކެއް ލާންފެށިއެވެ. އޭނާ ބޮލަށް ބާރުވާންފެށިއެވެ. މެޝިންތަކުގެ ހިނގުން އަވަސްވިއެވެ. ފަތުހީ ވަގުތުން ކޮޅަށް ތެދުވެލާފައި ބޭރަށް ދާން ހިނގައިގަތެވެ.

“ސަމާހް.. ނާރސް…. ޑޮކްޓަރ ވެސް… އަވަސް..” ފަތުހީ ތަންކޮޅެއް ބާރަށް ބުންޏެވެ.. އެއަށްފަހު އަނެއްކާވެސް ވަނެވެ. “ކިއާ.. ކިއާ… ލޯ ހުޅުވަބަލަ.. ދަރިފުޅާ.. ކިއާ ހާސްނުވޭ…” ފަތުހީ ކިޔަމުންދިޔައެވެ. ކިއާރާ އޭނާގެ އެއްއަތުން ބޮލުގައި އަތްއަޅާލިއެވެ. މެޝިންއިން އެލާރޓް އަޅަމުންދިޔައެވެ. ފަތުހީ ބިރުން ތުރު ތުރުއަޅައިގަތެވެ. ޑޮކްޓަރާއި ނަރުސް އައިސް ވަނީ އެވަގުތުއެވެ. ފަތުހީ ކައިރި ނިކުމެލަން އެދުމުން ފަތުހީ ނިކުތެވެ.

“ސަމާހް… އެނާ… ހަނދާނެއް ނެތް…” ފަތުހީ ބުނެލިއުރު އެ ދެލޮލުން ކަރުނަ ފައިބައިގަތެވެ. “އެކަމް އަޔާން…. އޭނާ އެދުނީ ފުރަތަމަވެސް އަޔާން….” ފަތުހީ މޫނު ފޮރުވާލިއެވެ. ސަމާހް އަށް ނޫނީ އެބުނި އެއްޗެއް ނޭނގުނެވެ. ހަސްނާއާއި ދީމާއަށްވެސް ހަޤީޤަތެއް ނޭނގެއެވެ. އަޔާން އާއި ކިއާރާ އޮތީ ކޮންގުޅުމެއްހެއްޔެވެ؟

ބައިގަޑިއިރުނުވަނިސް ޑޮކްޓަރު ނިކުމެ ފަތުހީ ކައިރި އެދުނީ އޭނާގެ ކެބިންއަށް އައުމަށެވެ.. ފަތުހީ ޑޮކްޓަރާއި އެކު ދިޔައެވެ. ދިޔަ މަގުމަތިން ފެނުނު ނަރުހެއް ކައިރި ކިއާރާގެ ރިޕޯޓް ހިފައިގެން އައުމަށް އެދުނެވެ.

“ސަރ… އަޅުގަނޑު ހީކުރީ މެމޮރީ ލޮސް އެއް ނުވާނެކަމަށް ފުރަތަމަވެސް އަ..އަޔާން ރައިޓް. އަޔާން އަށް ގޮވާލުމުން.. ކުރިން ލަފާކުރިގޮތަށް ހަމަވީ.. ކިއާރާގެ ވޭތުވެދިޔަ 3 މަސްވަރު ވަނީ ސިކުނޑިން ފޮހެވިފައި.. އެއްވެސް ވަރަކަށް ހަނދާނެއްނެތް އެ ދުވަސްތަކެއް… އޭނާ ކައިރި ސުވާލުކުރުމުން ވެސް ހަނދާނެއްނެތް..” ޑޮކްޓަރު ކުޑަ ތަފްސީލެއްދިނެވެ. ފަތުހީ އަނގަމަތީ އަތްއަޅާލިއެވެ. “ޑޮކްޓަރ ދެން ހަނދާންވާނެތޯ؟؟ ކިއާރާ ރަނގަޅު ވާނެތަ؟” ފަތުހީ ބުނެލިއިރު އަޑުވެސް ހުރީ ތުރު ތުރުޅާފައެވެ.. “އޭގެ ޖަވާބު އަޅުގަނޑުމެން އަތަކު ނެތް…. އިރާދަކުރެއްވިއްޔާ ވަގުތު ބުނެދޭނެ އޭގެ ޖަވާބު އަޅުގަނޑަށް ލަފާ ކުރެވެނީ ވަގުތު ބޭނުންވާނެހެން ކިއާރާއަށް… މިކަހަލަ ކޭސްތަކުގައި މިބުނީ ވަރަށް ކުޑަ މުއްދަތެއްގެ ދުވަސްކޮޅެއް ހަނދާންނެތިފައި ހުރިއްޔާ އާންމުކޮށް މާ ގިނަދުވަހެއް ނުނަގާނެ ހަނދާންވާކަށް… މާތް ﷲ އިރާދަފުޅުން ވަރަށް އަވަހަށް ކިއާރާގެ ހަނދާނަށް އަންނަން ފަށާނެ…އެކަމް އޭގެ ކުރިން އެއްވެސް ވަރަކަށް އެއްވެސް ކަމެއް ގަދަކަމުން  ހަނދާންކުރުވަން ނޫޅޭތި އެހެންނޫންނަމަ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވާނެ… އަމިއްލައަށް ހަނދާންވަންދެން މަޑުކުރުން އެއީ ރަނގަޅުގޮތް..” ޑޮކްޓަރު އެހެން ބުނެފައި ނަރުހަކު ގެނައި ބޮޑު ފައިލެއްގެ ތެރެއިން ކިއާރާގެ ބޮލުގެ އެކްސްރޭ ނެގިއެވެ.

“މިހިސާބަށް އިނީ ވަރަށް ބޮޑަށް ގެއްލުންވެފައި… އެކަމް މިއަކީ ފަރުވާގެ އިތުރުން ކިއާރާގެ ހިތްވަރުންވެސް ރަނގަޅުކުރެވޭނެކަމެއް… ކިއާރާ އެއްވެސް ވަރަކަށް ކަންތަކާ ވިސްނުމާ ދުރުކުރަންވީ… އަބަދުވެސް އުފަލުގައި ބެހެއްޓުން އެއީ އެންމެ ރަނގަޅުގޮތް.. ސިކުނޑިއަށް ރެސްޓް ދިނުމާއި އަޅުގަނޑުމެންގެ ފަރުވާ އަކީ ހުރިހާ ވެސް އެއްޗަކީ… ދެން އަތް.. މިހިސާބު ހަމަ ކިރިޔާ މީނީ ބިންދައިގެން ނުގޮސް.. އެންމެ ރަނގަޅުގޮތަކީ އެ އަތަށް ރެސްޓް ދިނުން.. ކަނާއަތަށް ވެފައި އެ އަތުގެ ބޭނުންވަރަށް މުހިންމު އެކަމް އެއަތް ހަމަ އެއްވެސް ވަރަކަށް ނުތަޅުވާ ގެންގުޅުން އެއީ ރަނގަޅު ގޮތް… މި ބޭސްތަށްވެސް ޖެހޭނެ ނަގައިލަން…” ޑޮކްޓަރު ވާހަކަދައްކަމުން ދިޔައީ އެކްސްރޭއިން ފެންނަމުން ދިޔަ ކިއާރާގެ ހަށިގަނޑުގެ ކަށިތަކަށް އިޝާރާތްކުރަމުންނެވެ. ފަތުހީ ބޭސް ސިޓީ ހިފައިގެން ތެދުވިއެވެ.. “ސަރ.. އަދިވެސް އެއްފަހަރު މި ބުނެލަނީ ކިއާރާ ގެ މައިންޑް ވަރަށް ފްރީކޮށް ބާއްވަން ޖެހޭނެ. އެއްވެސް ހާސްކަމެއް ނުވަތަ ދެރަވާ ވިސްނާވަރުގެ ކަމެއް ކުރުމަކީ ރަނގަޅުކަމެއް ނޫން.. ސިކުނޑިއަށް އުނދަގޫވާވަރު ވަންޏާ ކަންތަށް ވަރަށް ގޯސްވެދާނެ..” ޑޮކްޓަރު ތަކުރާރުކުރިއެވެ.. ފަތުހީ ބޯ ޖަހާލާފައި ހިނގައިގަތެވެ.

އޭނާ ހީވަނީ މަރުވެފައިވާ މައްޔިތެއްހެންނެވެ. އައިގޮތަށް އައިސް ޝުކޫރުކައިރި މަޑުކުރިއެވެ.. “ޝުކޫރު.. އަހަރެން ދަރިފުޅު… ރަނގަޅުވާނެތަ؟؟” ފަތުހީ އެހެން ބުނެފައި މޫނުމަތީ އަތްއަޅާލަމުން އިށީނެވެ.. “ފަތުހީ ހާސްނުވޭ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ޝުކޫރު ބުނެލީ ފަތުހީގައިގާ ބައްދާލަމުންނެވެ. ސަމާހްއަށް ފަތުހީ އަތުގައި އޮތް ބޭސް ސީޓީ ފެނުނެވެ. އޭނާ ސިޓީ ހިފައިގެން ދާން ހިނގައިގަތް އިރުވެސް އޭނާ ގެ ސިކުނޑިގައި ވަނީ ކިއާރާއެވެ. ކިއާރާއަށް ސަމާހްއެއް ހަނދާނެއްނެތެވެ. ދެން އޭނާ ހަދާނީކިހިނެއްހެއްޔެވެ؟ ދެލޯ ފޭދިގެން ފޭބި ކަރުނަ ސަމާހް ފޮހުނެވެ..

“ޝުކޫރު.. އޭނާގެ ހަނދާނަކަށް ނާދެ އެއްވެސް އެއްޗެއް.. މި ތިންމަހުގެ… ” ފަތުހީ ބުންޏެވެ. ޝުކޫރުވެސް ދެރަވިއެވެ. ނަމަވެސް ހިތްވަރުއެލުވާނުލާން އެދުނެވެ. ފަތުހީ އެހެން އިނދެފައި ތެދުވިއެވެ. މޫނު ފޮހެލުމަށްފަހު އޭނަ ކިއާރާ ކައިރިއަށް ވަނެވެ. އޭރު ކިއާރާ ގެ ނޭފަތާއި ގުޅާލެވިފައި ހޮޅިއެއް އޮތެވެ. އޭނާ އޮތީ ލޯ ހުޅުވައިގެންނެވެ. ފަތުހީ ކިއާރާއާއި ކައިރިވިއެވެ.. “ޑޭޑް…. ކިހިނެއްވީތަ؟ ކީއްވެތަ މިތާ މިއޮތީ؟؟” ކިއާރާ އުނދަގުލަކުން އެހެން ބުންޏެވެ.. ހޮޅީގެ ސަބަބުން ކުޑަކޮށް ކިއާރާއަށް އުނދަގޫވިއެވެ. ފަތުހީ އައިސް ގޮނޑިގައި އިށީނެވެ.

“ކިއާ… ދަރިފުޅާ ބައްޕަ މިހެން ބުންޏަސް މާ ނުވިސްނައްޗޭ… ދަރިފުޅު ކުޑަ އެކްސިޑެންޓެއް ދިމާވީ.. އެކަމް ޑޮކްޓަރ ބުނުއްވީ ވަރަށް އަވަހަށް ކިއާރާ ރަނގަޅުވާނޭ.. ކުރިން އުޅޭހެން ދުވާނޭ ފުމޭނޭ މަޖާވެސް ކުރެވޭނޭ.. އެކަމް އެކަން އަވަހަށް ވާނީ ދަރިފުޅު އެއްވެސް… އެއްވެސް ކަމަކާ ވިސްނާ ފިކުރުނުކުރީމަ… އެހެންނޫނީ ޖެހޭނީ މިތާ އޮންނާކަށްނު ދަރިފުޅު ބައްޕައަށް ވައުދުވޭ އެއްވެސް ވަރަކަށް ވިސްނާ ނުހަދާނެކަމަށް.. ކިއާ ބޭނުމެއްނު އަވަހަށް ރަނގަޅުވާންދޯ..” ފަތުހީ ހީވަނީ ކުޑަކުއްޖަކަށް ނަސޭހަތްލައިދޭހެންނެވެ. ކިއާރާ ބަސްއަހާ ކުއްޖެއް ފަދައިން އާއެކޭ ބުނެލީ ބޮލުންނެވެ.. “ދަރިފުޅު ހިތުގައި ކޮންމެ އެއްޗެއް އޮތަސް ބޭރުކޮށްލާ އިނގޭ… ބައްޕަ ހުންނާނަން އަޑުއަހަން…. އެއްޗެއް ބޭނުންވިޔަސް ކުޑަކަމެއް ކޮށްލަންވިޔަސް ބައްޕަ ކޮށްދޭނަން.. ކިއާ އަމިއްލަ އަށް ކުރަން ނޫޅޭތި…” ފަތުހީ އިތުރުކުރިއެވެ.. ކިއާރާ ހަނދާނަން އައީ މެލޭޝިޔާގައި އޭނާ ބަލިވާއިރު ފަތުހީ އުޅޭ ގޮތެވެ. އޭނާ އެއްގޮތަކަށްވެސް ހޮސްޕިޓަލަށް ދާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް ފަތުހީ އޭތި މީތި ކިޔައިގެން ގެންދާނެއެވެ.

“ޑޭޑް… ބަލަ އަތްވެސް… ކިހިނެއްވެ އެކްސިޑެންޓް ވީ..” ކިއާރާ އޭނަގެ ކަނާއަތުގައި ހިފަހައްޓާލަމުން ބުންޏެވެ. “ތިހުރިހާ ވާހަކައެއް ނުދައްކާނޭ ދެން ދަރިފުޅާ.. މިބުނީނު ޑޮކްޓަރި ބުނުއްވީ ރަނގަޅުވާނޭ ވަރަށް އަވަހަށް…” ފަތުހީ ކިއާރާގެ ބޮލުގައި ފިރުމާލިއެވެ. “ޑޭޑް ކޮބާ ޒާން… ޒާން އާއި މައި….” ކިއާރާ އެހެން ބުނެފައި ހަނދާންކުރަމުން ދިޔައެވެ. “ޑޭޑް.. ޔެސް… ރޭގަ… ރޭގަ ޒާން އާއި މައި އަށް އިނގުނީ އަޅުގަނޑަކީ އާލިޔާކަން.. ޑޭޑްއަށް އިނގޭތަ.. އައި ގޮޓް މައި ބެކް.. ކޮބާ އެމީހުން..؟ އެމީހުންނަށް އިނގޭތަ އަޅުގަނޑު މިތާކަން؟ ” ކިއާރާ އެހެން ބުނެލީ ވަރަށް ވިސްނާފައެވެ. އޭނާ އެންމެ ފަހު ކަމަކަށްވެސް ހަނދާންހުރީ މައިޝާއާއި ޒާއިންއަށް ކިއާރާގެ އަސްލުއިނގުނު ރެއެވެ. ފަތުހީއަށްވެސް އެކަން ނަގައިގަނެވުނެވެ.

“ޒާން.. ޒާން އަންނާނެ އަދި ދަރިފުޅު ކައިރިއަށް…..” ފަތުހީ ބުންޏެވެ. ޑޮކްޓަރު ބުނިގޮތަށް މިވަގުތު އެއްވެސް ކަމެއް ހަނދާންކޮށްދީގެން ކިއާރާގެ ސިކުނޑިއަށް ވާނީ އުނދަގުލެކެވެ. އަމިއްލައަށް ހަނދާންވަންދެން ފަތުހީ ބޭނުންވީ ދޫކޮށްލައިގެން ހުންނާށެވެ. އެއްފަހަރާ ކަންތަށް އިނގުނީމަ ބޮލަށް އެކަން ނަގައިގަންނަން ވާނީ އުނދަގުލެވެ.

” އެކަމް ޑޭޑް ކޮންއިރަކު އަޅުގަނޑު… އެކްސިޑެންޓް.. އަޅުގަނޑުގެ ހަނދާނަށް ނާދޭ….. ރޭ އެކަން ހިނގާފައި ގެއަށް……..” ކިއާރާ ވާއަތުން ބޮލުގައި ހިފެހެއްޓިއެވެ. “ކިއާ ދަރިފުޅާ!! ދެން ނުވިސްނާށޭ ބުނީމެއްނު ދޯ…” ފަތުހީ އެހެން ބުނި ވަގުތު ޝުކޫރުވެސް އައިސް ވަނެވެ.. ކިއާރާ ޝުކޫރަށް ހިނިތުންވުމެއްދިނެވެ. “ކިއާ… އެކޮއެ ރަނގަޅުތަ؟؟ މާ ގަދަޔަށް ކަންތަކާ ނުވިސްނައްޗޭ އިނގޭ…” ޝުކޫރު ބުނުމުން ކިއާރާ ބޯޖަހާލިއެވެ. “ފަތުހީ އެއްވެސް އެހީއެއްވެސް ކަމެއްވެސް ބޭނުންވިއްޔާ އަންގާލާތި…. އަހަރެން އަންނާނަން މިރޭ ފަހުމާއްތަވެސް ގޮވައިގެން..” ޝޫކޫރު ބުންޏެވެ.. “ސަރ ޒާން ކައިރި ބުނައްޗޭ އަންނާށޭ…” ކިއާރާ އެހެން ބުނެލީ މައުސޫމްގޮތަކަށެވެ. އޭނާ ޒާއިންއާއި ބައްދަލުކޮށް ޒާއިންއާއި ވާހަކަދައްކަން ބޭނުންވީއެވެ. ފަތުހީއަށް ޝުކޫރު ބަލާލީ ހަދާނެގޮތެއް ނޭނގިގެންނެވެ. “ކިއާ.. ޒާއިން އަންނާނެ 2 ދުވަސްފަހުން… އިނގޭ… އޭނާ އޮފީސްކަމަކު މާލޭން ބޭރަށްގޮސް ވީ..” ފަތުހީ އެކަން ފޫބައްދާލިއެވެ. “ދެން ދަނީ އިނގޭ މިރޭ އަންނާނަން..” ޝޫކޫރު އެހެން ބުނެލީ އިތުރު ސުވާލެއް ކުރިމަތިވެދާނެތީއެވެ. ފަތުހީ އަށް އިޝާރާތްކޮށްލުމަށްފަހު އެނާ ހިނގައިގަތެވެ. “އޯކޭ…. މައި… އެހެންވިއްޔާ އަޅުގަނޑު ބޭނުން މައި ގެންނަން.. އަޅުގަނޑު އެބަހުރި ބައިވަރު ވާހަކަދައްކަންވެފައި….” ކިއާރާ ބުންޏެވެ ފަތުހީ މޫނުމަތީ އަތް ހާކާލިއެވެ. “ދަރިފުޅު ކައިރި ނުބުނޭތަ މައިޝާ ވެއްޖެ ރަށަކަށް ގޮސް… މުހިންމު ކަމަކު..” ފަތުހީ އަވަސް އަވަހަށް ބުންޏެވެ.. ކިއާރާ ހިމޭންވިއެވެ. އެވަގުތު އެތަނަށް ވަނީ ދީމާއާއި ހަސްނާއެވެ. އެމީހުންފެނި އިތުރު އެއްޗެއް އަހާކަށް ކިއާރާ ވަގުތެއްނުލިބުނެވެ. އެމީހުންނަށް ކިއާރާ ފެނިފައި ދެރަވެގެން ރޮވެންކައިރިވިއެވެ. ނަމަވެސް ތިބީ ކޮންޓްރޯލްކޮށްގެންނެވެ.

“މޭމް…  މާ ވަރަށް ނުވިސްނާ އަވަހަށް ރަނގަޅުވެގެން އާދޭ އިނގޭ.. މޭމްނެތިއްޔާ ވަރަށް ފޫހިވާނެ އޮފީސް…” ހަސްނާ ބުންޏެވެ. ކިއާރާ ގެ އެ މޫނުމަތިން ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅަކު އެމީހުންވެސް ތިބެފައި ދިޔައީއެވެ.

“ޑޭޑް އިނގޭތަ.. އަޅުގަނޑަށް…… ބުނެވުނު ދޯ… އަޔާންއަށް ކިރިޔާ ނޭނގުނީ އާލިޔާކަންމީ.. ޒާން ހޭންޑްލް ނުކުރިނަމަ އިނގުނިސް..” ކިއާރާ ހަނދާންކޮށްކޮށްފާ ބުންޏެވެ.. އޭނާ ފަތުހީ ކައިރި އެހެން ބުނެވުނުކަމަށް ހީވިއަސް އަނެއްކާވެސް ބުނެލީ އެއީ ހީވިކަމަކަށް ވެދާނެތީއެވެ. “އެހެންތަ… ދަރިފުޅު އެއްޗެއް ކާން އުޅެންވީނު ދޯ…” ފަތުހީ ބުނެލީ އިތުރަށް އެވާހަކަ ނުދައްކާށެވެ.. ފަތުހީ ސަމާހްއަށް ގުޅާލީ ބޭސް ހިފައިގެން އަންނައިރު ޑޮކްޓަރުގެ ލަފާގެ މަތިން ކާއެއްޗެއްވެސް ގެނައުމަށެވެ. “ޑޭޑް އެއީ ކާކު؟ ސަމާހް؟” ކިއާރާ އަހާލީ ސަމާހް ގެ ނަން ފަތުހީ ބުނެލުމުންނެވެ. އޭރުވެސް އެތަނަށް ސަމާހް ކިޔާ ނުދަންނަ ކުއްޖެއް އައިކަން ކިއާރާއަށް އިނގެއެވެ. “އެއީ… ޒާއިންގެ ކަޒިންއެއް… ވަރަށް ގާތްކޮށް އުޅެނީ.. މިހާރު ޖޮބް ވެސް ލިބިއްޖެ ބްލޫސްއިން… އޭނާ މަސައްކަތްކުރަން ފަށާނެ ދުވަސްކޮޅަކުން… ވަރަށް އެކުވެރިވާނެ ކިއާވެސް ވާހަކަދައްކާ އެކުވެރިކަން ބާއްވައްޗޭ..” ފަތުހީ ބުންޏެވެ. ވަގުތުގެ ގޮތުން އޭނާއަށް ހަދަންޖެހޭ ދޮގުތަށް ގިނަވިއެވެ. ކިއާރާ ބޯ ޖަހާލިއެވެ. ނަމަވެސް ހިތުގައި އުފެދެމުން ދިޔަ ސުވާލުތަށް ދިޔައީ ގިނަވަމުންނެވެ. އެހެނީ އޭނާ ކައިރި މިއިން ދުވަހަކު ކުއްޖެއް އޮފީހަށް ވަންނަން އުޅޭވާހަކަ ދެއްކެވިފައެއްނެތެވެ.

އެދުވަސް ނިމި އަނެއްދުވަސްވެސް ފެށުނެވެ. ސަމާހް ކިއާރާ ކައިރި އިނދެ ދުރު ދުރުން ވާހަކަދައްކަމުން ދިޔައެއްކަމަކު އެނާވެސް 3 މަހުގެ ތެރޭ ހިނގި އެއްވެސް ކަމެއް ނުބުނެއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ދެންމެ އެކުވެރިވި ކުއްޖަކަށްވެގެން އުޅޭށެވެ. ފަތުހީ ކިއާރާ ކައިރި އިނދެފައި އޮފީހަށް ދާންޖެހުނީ މުހިންމު ކަމެއް ޖެހިގެން އެކޮޅުން ގުޅުމުންނެވެ. ސަމާހް ދާން ބޭނުންނުވީއެވެ. “ސޭމް ކިޔަސް އޯކޭ އިނގޭ..” ސަމާހް ބުނެލީ ކިއާރާ “ސަމާހް”ގެ ނަމުން މުހާތަބުކުރާތީއެވެ. “އޯކޭ.. ސޭމް ޒާން ގެ ނަމްބަރ އެބައިންތަ؟ އިންނާނެ ދޯ ކަޒިން ވިއްޔަ.. ކޭން އައި ޓޯކް ޓު ހިމް..” ކިއާރާ އެކަމަށް އެދުމުން ސަމާހް އެއްބަސްވިއެވެ. “މަޑުކޮށްލަ އެބަ އަންނަން އިނގޭ..” ސަމާހް އެހެން ބުނެފައި ހިނގައިގަތީ ބޭރަށެވެ.

ސަމާހް ޒާއިންގެ ވައިބަރ ނަމްބަރަށް ގުޅިއެވެ. އަދި ފަތުހީ ދީފައިވާ އިރުޝާދުގެ މަތިން ކިއާރާ ކައިރި އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ކިއާރާއަށް މައިޝާއާއި ޒާއިން މެރީ ކުރިކަމެއްވެސް ނޭނގޭކަމަށް ބުންޏެވެ.. އެހެންކަމުން އޭނާ އެކަން ފޮރުވައިގެން މީގެ ތިންމަސްކުރީގެ ހާލަތާއި އެއްގޮތަށް އުޅުމަށް ސަމާހް ބުނެދެމުންދިޔައެވެ.. ޒާއިން އެއްބަސްވިއެވެ. ސަމާހް ފޯނުން ހިފައިގެން ގޮސް ކިއާރާ އަތަށް ދީފައި އިށީނެވެ.

“ޒާން… އަޅެ އިނގޭތަ އަމް ޓްރެޕްޑް ހިއަރ… ކަނާއަތް ބޭނުންވެސް ނުކުރެވެ… ޒާން ކީއްވެ ދިޔައީ؟؟ ކޮން އިރަކު ދިޔައީ؟ ނުވެސް ބުނޭ އިއްޔެ ރޭގައި ނު ދިމާވެސްވީ… މައި ވެސް ރަށަކަށް ގޮއްސައޭ ޑޭޑް ބުނި.. އެކަމް ރޭވެސް މައި ނުބުނެ…. އާރގްގް.. ޒާންއަށް އިނގޭތަ ހީވަނީ ކަމެއް ތަފާތުހެން.. ލައިކް އައި ޑޯންޓް ނޯ.. ސަމްތިން އިޒް ޑިފެރެންޓް. ނޭނގޭ ކޮންމެވެސް ކަމެއް އެބައުޅޭ…” ކިއާރާ އެއްފަހަރާ އޭނާގެ ހިތުގެ ވާހަކަ ޒާއިންއާއި ހިއްސާކޮށްލި އިރު ކައިރި އިން ސަމާހްއަށްވެސް އިވުނެވެ. އެގުޅުމަކީ މިސާލެކެވެ. ކިއާރާ އާއި ޒާއިން ގެ މެދުގައި އެ އެކުވެރިކަމުގެ އިތުރަށް އެހެން ގުޅުމެއް އޮތްނަމަ ވަރަށް ގުޅުނީހެވެ. ވަރަށް ރީތިވީހެވެ. ނަމަވެސް ތަޤުދީރުގައި ވަނީ ހަމައެކަނި އެ ގުޅުންތާއެވެ.

އެތަކެއްއިރަކު ކިއާރާ ޒާއިންއާއި ވާހަކަދައްކަން އިނީ އެ ހިތުގެ ހުރިހާ އެއްޗެއް ބޭރުކުރަމުންނެވެ. ފަސޭހަކަމާއި އެކު ޒާއިންއަށް އެ ހުރިހާ ވާހަކައެއް ހިއްސާކުރެވޭތީ ކިއާރާ އިނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. “އަޔާން…. ޒާން… އަޔާން އަށް އެކަން ނޭނގުނަސް މީ އާލިޔަކަން ނޭނގުނަސް މިހާރު އިނގޭނެނު އާލިޔާ ލޯބިވާކަން އަޔާންދެކެ.. އައި ވިޝް އާލިޔާއަށްވުރެ އޭނާ ކިއާރާ އަށް އަޅާލާނެނަމައޭ.. އައި މީން އާލިޔާއަށް… ސީދާ އާލިޔާއަށް އެދިން އެޓެންޝަން ކިއާރާއަށް ދޭނެނަމައޭ… ކިއާރާވެސް ލޯބިވާކަން އިނގޭނެނަމައޭ. މީ އެކަކު ކަމުގައިވިޔަސް…” ކިއާރާ ބުނެލީ ސަމާހްއަށް ބަލައިލާފައެވެ. ނޭނގޭ ސަބަބަކާއި ހެދި ސަމާހްއަށް އެވާހަކަ އަޑުއިވުނަސް އަޅައިނުލެވުނީއެވެ. ސަމާހްވެސް އިނީ ވަކި އެވާހަކަތަކަށް ސަމާލުކަން ދީގެން ނޫންކަމަށް ކިއާރާ ހީކުރެވުނެވެ. ސަމާހް އިނީ ގެންގުޅޭ ފޮތަކަށް ނަޒަރު ހިންގާލައިގެންނެވެ.

100
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ާވަފާތެރި މަވީމޭ ….

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (7)

Next
December 23, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (7)

Previews
December 23, 2016

ާވަފާތެރި މަވީމޭ ….

28 Comments

  1. Hemdhey says:
    December 23, 2016 at 1:01 pm

    yey me first

  2. Ryn says:
    December 23, 2016 at 1:02 pm

    hey guys! Jummah Mubaarak and sorry late v ma i cant really give u guys exact time cx vrh undhagu adjust kuran and ryn bunaa time ah up nukureveny vx ehnvegn! All cx i have difficulties to manage time according to u guys ge time!! Aaaand morning ge bai 1 30 ge kurin and evening or night ga up kuraanan dhn in dhe part! Exact time eh neynge but will surely up before 10 ingey 😉 Tc and im sorry 😉

  3. Ninni says:
    December 23, 2016 at 1:02 pm

    Nuvx kiyaaa comment mikuree.. ngey reethi vrnekan.. ?
    Ryn ur best ???

  4. Ellie says:
    December 23, 2016 at 1:09 pm

    Wow what an amazing part! But poor sam tho. I feel so bad for him.

  5. Ninni says:
    December 23, 2016 at 1:10 pm

    Haaaadha kureyyyy

  6. Same says:
    December 23, 2016 at 1:16 pm

    Mi part maa kuruhen heevany. Ekam hama V reethi

  7. Hemdhey says:
    December 23, 2016 at 1:17 pm

    To my lovely angel❤
    Hey Ryn sis???
    i’ ve been reading your storys from the beginning!!
    And i am very proud to tell you that you’ ve improved alot..?
    and i know that you can do better than good!!!
    Just always remember that we are here to support you!!!
    don’t let your hopes down !!!
    don’t ever give up!!!
    you’ve showed us that any body can be success full and it don’t have to matter where you are or where your from!!!
    you’ve always an inspiration to us readers!!!
    keep your good works & always belive in your self
    May god bless you my loving sis??
    with lot and lots of love????
    Hemdhey
    ( ps: here is a gift from me ?)

    1. Ryn says:
      December 23, 2016 at 1:44 pm

      Omg!!! ???? thank you so so so much. Such sweet words ?? damn! ??? thank you darl ???? and God bless u too ???? aaaand ur gift is here. ???????????

    2. Hemdhey says:
      December 24, 2016 at 5:40 pm

      its fine sis

  8. xaf says:
    December 23, 2016 at 1:21 pm

    varah salhi… alhe same haadha dheravaaneh dhw….

  9. Hooooo? says:
    December 23, 2016 at 1:22 pm

    Varah salhi. ?

  10. Shys says:
    December 23, 2016 at 1:22 pm

    ohh nice dhn kiyaa n ayaan gulhuvabala…..me first

  11. Aal says:
    December 23, 2016 at 1:23 pm

    Varhhh salhi …?
    Kiyaaa r ayaaan avhah gulhuvaba..
    N waiting next part ah… Maa lasnukurahchey ..can’t wait ?

  12. Almaa says:
    December 23, 2016 at 1:23 pm

    Oh v v reethi ingey mi part vx waiting for the next part thanks ryn thikuraa hihvarah me first heheheh

  13. Jeen says:
    December 23, 2016 at 1:26 pm

    Loved dis part ❤❤❤..waiting..waiting

  14. Ryn says:
    December 23, 2016 at 1:49 pm

    Thank you guys. ????? c u guys soon! Have a great day ??

  15. Faathee says:
    December 23, 2016 at 2:11 pm

    Vara reethi. Waiting next part ah

  16. Fin says:
    December 23, 2016 at 2:21 pm

    Wow… V salhi.. Varah kada evy goeh kiya ah

  17. Faiha says:
    December 23, 2016 at 2:26 pm

    Ryn mivaahaka hama habeys!! Avahah dhen in part vx up kohdhyba kehmadhuvefa mi innanyvx

  18. ya says:
    December 23, 2016 at 2:29 pm

    vahaka kuriah gendhaa goi varah reethi… reen aky mikamuga future varah ali kuhjjeh kamuga lavvaashi…. ekamu fahaga kurevunu kameh bunefaanan…. sikundyge surgery eh neennaane kuda surgery eh… adhi sikundi opperation kuraa kamah vanya boluge isthashigandu hama ehkoh baalaane…. dhn aneh kamaky sikundyge opperationah fahu patient hey ves naaruvaane avahah… and gendhaany ves icu ah… madhuvegen 1 dhuvas vandhn doctarun kairin balan beynun vaane….. mee alhugandah fenna goi… mihen mibuny meege 2 weeks varu kurin alhugandu ge sister eh ge surgery eh koffi hama adk in… hama kia ah v goi vegen… hama same…. emyhun patient gengulhunu goi hithah eryma mi commnet mikohlly….
    ekamu mivahaka ah alhugandu dheynan hama 100….. vahaka hama varah reethi.. mikahala kudhi kanthah visnaigen liyun edhen….
    and plz dont take me wrong gurl….. love your stories….

  19. Kalhu handi says:
    December 23, 2016 at 2:35 pm

    Varah salhi.. Sam fakeeru ehery v dheravefa dho… Kobaatha ayaaan..

  20. Crazy fan says:
    December 23, 2016 at 2:38 pm

    Finally mi guess was right…memory loss.. Now she won’t hate ayaaan.. But poor samaah… ??Waiting for da next part.. ??

  21. Nunnu says:
    December 23, 2016 at 3:25 pm

    Mi waahaka eh bolakah nuvadhey. .. feeling waanuvaa ??

  22. Faxoo says:
    December 23, 2016 at 4:04 pm

    varah reethi mibaives Ryyn 😀 yuh are the BEST. i love yuhr stories. Ryyn ge komme vaahaka eh ves faxu kiyany vrh shauguveri kamaaeku. keep it up Ryyn

  23. me says:
    December 23, 2016 at 4:16 pm

    Stry is really awsome. thanx ryn.

  24. Hasna says:
    December 23, 2016 at 10:25 pm

    Mee vx dhn waahaka eh dhw mee kn baheh ge waahaka ekoa mee kee dhivehi waahaka akah saruthu furihama eh nuvey thikala meehunge sababunney mi reethi dhivehi bahuge agu vehtteny

  25. Parharny says:
    December 30, 2016 at 2:37 pm

    Hasna kahala meehunge sababakun noontha. Varah reethi mi vaahaka. And waanuvaa neyngey meehun nukiyaanee

  26. lulu86 says:
    May 27, 2017 at 1:25 pm

    varaaaaaah reethi…. haadha complicated lovestories ey dhw…

Comments are closed.

All Right Reserved!