“ކެން.. ކިހިނެތްވީ؟” މާކިން ހުރި ގޮތުން އިޝާން އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން އަހާލިއެވެ. އެވަގުތު އަވަސް އަވަސްކޮށް ނޭވާލަމުން ދިޔަ މާކިން އެދެމީހުންނާއި ކުރިމަތިލީ ފެންކަޅިވަމުންދިޔަ ލޮލަކާއިއެކުއެވެ. “މެ.. މެހެކް.. މެހެކް ހުރީ.. ގޭ.. ގޭގަޔޯ..” މާކިންއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. މާކިން ލޮލުން ވެއްޓުނު ކަރުނަ ތިއްކާއިއެކު ބޮލުގައި ހިފަހައްޓާލި އިރު އިޝާންއާއި ޝުބާވެސް ތިބީ މާކިން ދިން ޚަބަރަކުން އަނގަ ހުޅުވިފައެވެ. “ވަޓް؟.. އެކަމު.. ކެން.. ކެންގެ ބައްޕަ މިކޮޅުގަ އެބަހުރިތަ؟..” […]
ސައިރެންގެ އަޑާއެކު ހޮސްޕިޓަލްގެ ތެރެއަށް އެމްބިއުލެންސް ވަދެގެން ދިޔައެވެ. ހޮސްޕިޓަލުގެ ދޮރުމަތީގައި މަޑުކޮށްލުމާއެކު ފަހަތު ދޮރު ހުޅުވާލުމަށްފަހު އެތެރޭގައި ތިބި މެޑިކަލް އޮފިސަރުން ވެގެން ސްޓްރެޗަރ އެއްގައި ސޯބިރާ ބޭރަށް ނެރުނެވެ. އެވަޤުތު ހޮސްޕިޓަލުގެ ތެރެއިން ނިކުން ޑޮކްޓަރުންނާއި ނަރުހުންގެ އެހީއާއެކު އަވަސް ފަރުވާދޭ ބަޔަށް ސޯބިރާ ގެންދިއުމުގެ މަސައްކަތް ވަޤުތުން ފެށިގެން ދިޔައެވެ. އެންބިއުލެންސްގައި އައި ވަޤުތު އައިވިން ނަޔާއަށް ގުޅުމަށްފަހު ވީގޮތް ކިޔައިދިނުމުން ނަޔާވެސް އައިސް ހުއްޓެވެ. ސޯބިރާގެ ދިރުމެއްނެތް މޫނު ފެނުމާއެކު ނަޔާގެ […]
ހަވަނަބައި ފަރީހާ ބޭރުގައި މަޑު ކޮށްލައިގެން ހުރި ވަގުތަކީ އޭނާ އަށް ދިހަ ގަރުނު ހެން ހީވި ވަގުތުކޮޅެކެވެ. ޑޮކްޓަރު މާޔޫސީ މޫނަކައިގެން ނުކުތުމުން އިވެން އުޅޭ ހިތި ހަބަރު ފަރީހާ އަށް ވަޒަން ވެސް ކޮށްނުލެވޭނެއެވެ. *** “އައިމް ސޮރީ.. ބަޓް ޝީޒް ނޯ މޯ..” އެމީހާ އިސްޖަހާލަމުން ބުނެލި ބަސް ފަރީހާ އަކަށް ނޭނގުނެވެ. ނަމަވެސް ގޮނޑި ބަރީގައި އިން ޒިލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. “ކީކޭ އެބުނީ.. ކީކޭ ހޭ އެބުނީ..؟” ލޮލުން […]
ޒިއާމްގެ އަތުގައި އޮތީ ހިމަހިމަ ރަން ފަށެކެވެ. އެ ފަށުގެ ފުލުގައި އޮތީ ހުދު ކުލައިގެ މުތެކެވެ. އެ ފަށް ފެނުމާއެކު މައިރާއަށް ހައިރާން ވެފައި ބަލަން ހުރެވުނީ ގަބޫލު ކުރަން ދަތި ވެފައެވެ. އެއީ މައިރާގެ ފަށެކެވެ. އެ ފަށުގެ ފުލަކީ ހަތް އަހަރު ކުރިން މައިރާއަށް ފަނަރަ އަހަރު ފުރުނު ދުވަހު ޒިއާމް މައިރާއަށް ދިން ހަދިޔާއެކެވެ. ނަމަވެސް ދެ އަހަރެއް ހާ ދުވަސް ކުރިން އެފަށް މައިރާއަށް ގެއްލުނީ ދަތުރު ގޮސް މޫދަށް […]
ތިންވަނަ އެޕިސޯޑުގެ ތެރެއިން… “އޭތް! މަންޖެ ހިތަށް އަރަނީ ކީކޭ؟ އަލުން ހައިނާ އާއި ފިރުޝާން ވާހަކަ ދައްކާނެތަ؟” މާނީ ޖަވާބު ނުދިނުމުން ޠާއިލް އަނެއްކާ ސުވާލު ކުރިއެވެ. “މަ މީ މާމޮޅައް ފިއުޗާރ އިނގޭ މީހެއްދޯ! މަށައް އިނގޭތަ؟” މާނީ ޖަވާބު ދިނުމުގެ ރާގުންވެސް އުނދަގު ވާކަން އިނގެއެވެ. “އާނ! މަންޖެ ތީ ހަމަ ފައްކާ ސުޕަހިޔުމަން އެއްނު!” “ހޫން މަމީ ސުޕަހިޔުމަންއެއް! ހިތްހަމަ ޖެހިއްޖެތަ؟” މާނީގެ ގާތަށް މިފަހަރު ވަނީ ހަމަ […]
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ހުޅުމާލޭ މަގުތަކުގައި ވަނީ ހަމަހިމޭން ކަމެވެ. ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުނާ ޖޮގިނަށް ނުކުމެ އުޅޭ މަދު ބަޔަކު ނޫނީ ނޫޅެއެވެ. ހުޅުމާލޭގެ ތާރު އެޅި ފުޅާ މަގެއްގެ އެއްފަރާތުން މަޑު ދުވުމެއްގައި އަންނަ ޒުވާން އަންހެން ކުއްޖާއަށް އެމަގު ގައިތިބި މީހުންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އެހެން ނުވާންވީ ވަކި ސަބަބެއް ނެތެވެ. ކަޅާއި ހުދު ކުލައިގެ ޓުރެކް ސުއިޓެއްގައި ހުރި މިއަންހެން ކުއްޖާ ހީވަނީ ހޮލީވުޑު ފިލްމެއްގެ ރީތި […]
(ތޭރަވަނަ ބައި) ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. ކޮޓަރީގެ ރީތިވާ މޭޒުކައިރީ ހުރި ލޯގަނޑު ކުރިމަތީގައި އަލްޔާ އިނީ ރީތިވާށެވެ. މެރޫން ކުލައިގެ ކަކުލަށްވުރެ ތިރިއަށް އަރާ ދޫ އަތްދިގު ހެދުމާއެކު ކަޅު ކުލައިގެ ޖިންސެއް ލާފައިވެއެވެ. ހެދުން އެއްފަޅިން ފަޅާފައިވުމުގެ އިތުރަށް އެހެދުމުގައި މާގިނަ ގޮތެއް ހަދާފައި ނުވެއެވެ. ގަޔަށް ދޫ ސާދާ ހެދުމާއެކުވެސް ދޫކޮށްލާފައިވާ އިސްތަށިގަނޑާއެކު އަލްޔާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އޭނާގެ ފިޔާތޮށިކުލައަރާ ތުންފަތުގައި ލިޕް ގްލޮސް މަޑުމަޑުން ހާކާލުމަށްފަހު […]
އޯ..ގަޑެއްގައިނީމަ ނީވުނީ..އަހަރެންމީ ދޯ..އޯކޭ އަހަރެންމީ… ކާކުހެން ހީވަނީ ހައުވުޑް އައިނޯ؟ތީކަކުކަމެއް..ނޭގޭތީއެއްނު މިއެހީ އެހެން ނޫންނަމަ ބޭކާރުގޮތުގައި އަހާނީ ކާކު..ހަމަގައިމު ތިކާކުކަން އިގޭނަމަ އަހަނެއްނާހާނަން ދޯ..އަހަރެންވެސް އަހަރެންގެ ގޮތުގައި ބުނީމެވެ.. ހުމް..އަހަރެން ކަހަލަ މަންޖެއެއްދޯ..ހެހެ..އަދިވެސް ކަކުކަމެއް ބުނާކަށް ނޫޅެއެވެ.ކޮންކަހަލަ މީހެއްހެއްޔެވެ؟އަހަރެން ރުޅިއައިސް އަނެއްކޮޅަށް މޫނު އަބުރާލިމެވެ. އަހަ.މަންޖެ ރުޅި އައީތަ..އޯކޭ މިބުނަނީ އަހަރެންމީ ކާކުކަން..އައިއޭމް ޔައިޝް ހަސަން.. ބައްޕައަށް ކިޔަނީ އަހުމަދު ހަސަން…މަންމައަށްކިޔަނީ އާމިނަތް ޔަސްމާ…ރެޑްހައުސް..އޭޖް 16… އުފަންދުވަހަކީ 13 އޮގަސްޓް 2004…އައި.. ވެއިޓް ވެއިޓް..13 އޮގަސްޓް..ޔޫނޯވަޓް..އެއީ ޖަޔަމިންގެ […]
“ޝައި……..” ޝައިހާ ސިއްސައިގެން ދިޔައީ މީހަކު ގޮވާލުމުންނެވެ. އަޑުއައީ ދޮރާއި ދިމާލުން ކަމުން އަވަހަށް ބޭރު ދޮރު ކައިރިއަށް ދިޔައިރު ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެފައި ނޯޅުނީ ކިރިޔާއެވެ. “ޑޭޑް….” ކުރިމަތީގައި ހުރީ ޝައިހާގެ ބައްޕަ ސާއިދުއެވެ. 2 މަސް ދުވަސްފަހުން ގެއަށް އައިއިރު އެމީހުން މަތިން ސާއިދު ހަނދާންވީ ވަރު ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. “މަންމާ…..” ޝައިހާއަށް ކުރާނެ ކަމެއް ނޭނގުމުން އެންމެ ފަހުން އަޑުގެ ނެތްކޮޅަށް ގޮވާލެވުނީ ފަހީމާއަށެވެ. “ޝައި….. […]