މަންމައާއި އެގޮތަށް ވާހަކަ ދެކެވުމުން ވިސާމް ހިނދުކޮޅަކަށް ދެރަވެސްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ބެނުންވާ ގޮތަށް ވާހަކަ ދެއްކުމަކީ އޭނަގެ ޙައްޤެއްކަމަށްބުނެ ޝައިޠާނާ އޭނަގެ ހިތުގައި އެ ޢަމަލު ޒީނަތްތެރި ކުރިއެވެ.
ވިސާމަށް މިއައި ކުއްލި ބަދަލުގެ ފަހަތުގައިވީ ރާއިފްކަން ރަޝީދާއަށް އެނގުންވީ އެ ރެއެވެ. ރަޝީދާއަށް އެރޭ އެދެމީހުން ސިޓިންގް ރޫމުގައި ބަލަން ތިބި މަންޒަރުތައް ފެނިފައި އޭނައަށް އެ ދެމީހުންގެ ނަމުން އަޑުގެ ކޮޅަށް ގޮވާލެވުނެވެ. ހަމަ އެއާއެކު ގޭގެ އެންމެން އެތަނަށް އައިސް އެ މައްސަލަ ބަލަން ފެށިއެވެ. ރާއިފް ކިތަންމެ ވަރަކަށް ދޮގު ހަދައި އޮޅުވާލަން އުޅުނެއްކަމަކު އެތާ ބިންމަތީގައި ހުރި ސީޑީތައް ފެނުނީ ޚުދު އޭނަގެ ބައްޕައަށެވެ. އެރޭ އެ ބައްޕަގެ ފަރާތުން ރާއިފްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް އެރިއެއްކަމަކު ރަޝީދާ ރާއިފް އިޞްލާޙުވާނެކަމަށް ނުނިންމިއެވެ. އޭނައަށް ޙާލަތްތަކާމެދު ާލަޙދެން ރަނގަޅަށް ވިސްނެން ނެތްކަން އެނގުންވުމުން ރަޝީދާ ހަމަ އެރޭ ވިސާމާއިއެކީ އެ ގެ ދޫކޮށް ހަމަ ހިތަދޫގައި އުޅެމުންދާ އޭނަގެ އެކުވެރިއެއް ކަމަށްވާ އާދިލާގެ ގެއަށް ދިޔައެވެ. އާދިލާގެ ދެމަފިރިންގެ ދެކުދިން ވެސް މާލެއަށް ކިޔަވަން ގޮސްފައިވީތީ އެގޭގައި ޖާގަ އޮތުމުން އާދިލާ ރަޝީދާއަށް އެހީވާން އެއްބަސްވިއެވެ.
ރަޝީދާ އޭނަގެ އަތަށް ދަމަމުން އެރޭ ގެއިން ނިކުތް ވަގުތު ވިސާމް ހުރީ ފުސްމޫނު ހަދައިގެންނެވެ. ނަމަވެސް އޭނައަށް އޭނަގެ މަންމައާއި ދެކޮޅަށް ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ. ހުރިހާ ބޮޑެތި މީހުން ރާއިފާއި ދެކޮޅަށް ވާހަކަ ދެއްކި ގޮތުން އޭނައަށް ޙަޤީޤަތުގައި ވެސް މިހުރިހާ ދުވަހު ކުރެވުނީ ގޯސްކަމެއްކަން އަނެއްކާވެސް އެނގުންވުމުންނެވެ. އެ ކަމާއި އޭނަ ދުރުވާންޖެހޭކަމަށް އޭނަގެ ސިކުނޑި ބުނި ހިނދު އޭނަގެ ހިތަށް އުނދަގޫވާ ގޮތްވިއެވެ. އެހެނަސް މާޙައުލު ބަދަލުވުމުން އެގޮތަށް ކަންތައް ކުރަން ވިސާމަށް މަޖުބޫރުވިއެވެ. ކުރީގައި އުޅުނު ކޮޓަރިއަށްވުރެ ބޮޑު ކޮޓަރިއެއް ލިބުމުން ވިސާމް އުފާވިއެއްކަމަކު އެގޭގެ ޓީވީއިން ރާއްޖޭގެ އެންމެ ޗެނަލެއް ފެންނަމުން ދިޔަ ގޮތުން އޭނަ ފޫހިވިއެވެ. އޭނަ ކުޑަކޮށް ވެސް ފޫހި ފިލަނީ އެ ޗެނަލުން ލަވަތައް ދައްކާ ގަޑީގައެވެ. ޢުމުރުން އެންމެ 10 އަހަރު ވާން އުޅުނެއްކަމަކު އޭނައަކީ މިހާރު ކާރޓޫން ބަލާވަރަށްވުރެ ބޮޑު ކުއްޖެއްކަމަށް އޭނައަށް އަމިއްލައަށް ނިންމުނެވެ. އެހެންކަމުން އޭނަ ކާރޓޫންތަކުގެ މަތިން ފޫހިކޮށް އޭނައަށް ފެންނަމުން ދިޔަ ފިލްމުތަކާއި ޑްރާމާތަކާއި ލަވަތައް ބަލަން ފެށިއެވެ. އޭނަ އޭގެ ތެރެއިން އެންމެ ބަލާހިތުން ބަލަނީ އިޝްޤީ ލަވަތަކެވެ. ފިރިހެނަކާއި އަންހެނަކު ކައިރިކައިރީގައި ތިބޭތަން ފެނިފައި ވިސާމްގެ ހިތަށް މިހާރު އުނދަގުލެއް ނުވެއެވެ. އޭނަ ވަނީ ފިރިހެނަކާއި އަންހެނަކު އެއަށްވުރެ ވެސް ގާތްކޮށް ތިބިތަން ދެކެފައެވެ. ގޯހީ އެހާވަރަށް ގާތްވުން ކަމަށް އޭނައަށް ނިންމުނީ އޭނަގެ ތަޖުރިބާއިން އެނގިފައިވާ ގޮތުގައި ބޮޑެތި މީހުން މައްސަލަ ޖައްސަނީ އެހާވަރު ވުމުންނެވެ. މި ޓީވީއިން މި ފެންނަނީ ހަމައެކަނި އަތުގައި ހިފައި ބައްދާލާ މަންޒަރެވެ. އެއީ ފަހެ ގޯހަކަށްވާނީ ކިހިނެއް ހެއްޔެވެ؟ ގޯހަކަށް ވިނަމަ އެންމެނަށް ފެންނަގޮތަށް ރާއްޖޭގެ ޗެނަލަކުން އެފަދަ އެއްޗެއް ނުދެއްކީސް ނޫންހެއްޔެވެ؟ ބޮޑުބޭބެމެންނާއި އެމީހުންގެ އަންހެނުން ވެސް މިފަދަ އެއްޗެހި ސިއްރުކުރުމެއްނެތި ރޯމާ ދުވާލު ބަލާތަން އޭނައަށް ފެނިފައިވެއެވެ. މިގޭގައި އުޅޭ އާދިލާ ދައްތަ އާއި ދައްތަގެ ފިރިމީހާ ވެސް އޭނަ އެ އެއްޗެހި ބަލާތީ މައްސަލައެއް ނުޖައްސައެވެ. އޭނައަށް ބައެއްފަހަރު ބޭއިޚްތިޔާރުގައި ގޭގެ ތެރޭގައި ލޯބީގެ ލަވައެއް ކިޔުނިއްޔާ މަންމަ އެއްޗެހި ގޮވިޔަސް އާދިލާ ދައްތަ އެކަމާ އަޅާނުލުމަށް ބުނާ ގޮތުން ވިސާމް އެއީ މާ ބޮޑު މައްސަލައެއް ކަމުގައި ނުބެލިއެވެ.
ވިސާމް މާ ބޮޑު މައްސަލައެއް ކަމުގައި ނުބެލިޔަސް ރަޝީދާ ވިސާމާއިމެދު ކަންބޮޑުވަމުން ދިޔައެވެ. މިހާ ޅަ ޢުމުރެއްގައި ވިސާމްގެ ވިސްނުން ތަޣައްޔަރުވަމުން ދާނަމަ އޭނަ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުން ވާނެ ގޮތަކާމެދު ރަޝީދާ ނުތަނަވަސްވާން ފެށިއެވެ. ގެ ބަދަލުކޮށްގެން ވިސާމް ރާއިފްގެ ނުބައި ކަމުން ސަލާމަތް ކުރެވުނެއްކަމަކު ވިސާމް ދެންވެސް ދީނާއި ދުރުކަން ފާހަގަވުމުން ރަޝީދާއަށް އިތުރަށް ހިތާމަ ކުރެވުނެވެ. ބޮޑުވަމުން ދިޔަ ވަރަކަށް ވިސާމް އޭނައަށް އޮޅުވަމުން ދިޔަކަން އޭނައަށް ފާހަގަ ކުރެވުނެވެ. ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔަވަން ބުނުމުން އަވަސްއަވަހަށް ކުރު ސޫރަތެއް ކިޔަވައި އޭނަ ނިންމާލާނެއެވެ. ނަމާދު ކުރާށޭ އެތައް ފަހަރަކު ބުނެގެން ނޫނީ ވިސާމް އެ ޓީވީއަކާއި ދުރަށް ދާ ގޮތެއްނުވެއެވެ. އަދި ނަމާދު ކުރަން ދިޔަޔަސް އޭނަ އެކަން ކަންނެތް ކަމާއެކީ ކުރާތަން ފެނިފައި ރަޝީދާ މާޔޫސްވެއެވެ. މިއީ އޭނައާއި ޝާހިދު އެމީހުންގެ ދަރިފުޅު ބޮޑުވާނެ ގޮތުގެ ހުވަފެން ދެކުނު ގޮތެއްނޫނެވެ. އެ މީހުން ބޭނުންވީ ވިސާމް އޭނަގެ ދީނާއިމެދު ފަޚުރުވެރިވާ ކުއްޖަކަށް ހަދާށެވެ. އެހެން އެއްވެސް މީހެއް އަދި އެއްޗަކަށްވުރެ ބޮޑަށް ﷲ ދެކެ ލޯބިވާ ކުއްޖަކަށް ހަދާށެވެ. އެހެނަސް އެ ހުވަފެން ވިއްސިވިހާލިވަމުން ދާތަން ފެނިފައި ރަޝީދާ އެއްރެއަކު ވަގުތު ހޯދައިގެން ވިސާމްގެ ކޮޓަރިއަށް ދިޔައެވެ. އަދި ސްކޫލްގެ ވާހަކައިން ދުރުދުރުން ވާހަކަ ފަށައިގެން ގޮސް އޭނަގެ މަޢުޟޫއަށް ދިޔައެވެ.
“ހެހެ……މަންމައަށް ހަމަ ޔަޤީން ބައްޕަ މިއަދު ހުރިނަމަ ބައްޕަ ވަރަށް އުފާވީސް ވިސާމް އެސަމްބްލީގަ ވާހަކަ ދެއްކިކަން އެނގުނީމަ.” ރަޝީދާ ވަކި ހިސާބަކުން ޝާހިދުގެ ވާހަކަ ދައްކާލީ ޤަޞްދުގައެވެ. ވިސާމަށް ދީނާއި ބެހޭ ގޮތުން އެންމެ ގިނައިން ދަސްކޮށްދީފައިވަނީ ޝާހިދު ކަމަށްވުމުން އޭނަގެ ވާހަކަ ދައްކައިފިނަމަ ރަނގަޅު ސިފައެއްގެ ވާހަކަ ނުދައްކައި މި ބައްދަލުވުން ނުނިންމޭނެކަން އެނގޭތީވެއެވެ. ރަޝީދާ އުއްމީދު ކުރިގޮތަށް ބައްޕައޭ ބުނުމުން އޭނަ ކައިރީގައި އެނދުގައި އިށީނދެގެން އިން ވިސާމަށް އިސްޖަހާލެވުނެވެ. ރަޝީދާ ވިސާމްގެ ކުޑަ އަތް މަތީގައި އޭނަގެ އަތް އަޅާލިއެވެ.
“ވިސާމް……ވިސާމް ބޭނުންވޭތަ ބައްޕައާއި ބައްދަލުކުރަން؟” ރަޝީދާ ސުވާލުކުރިއެވެ. އެ ސުވާލުން ވިސާމް އޭނައަށް ފެންކަޅިވެފައިވާ ދެލޮލާއެކީ ބަލާލުމުން ރަޝީދާގެ ހިތަށް އަސަރުކުރިއެވެ.
“ކިހިނެއްތަ ބައްޕައާއި ބައްދަލުކުރާނީ؟ ބައްޕަ ގޮއްސި….” ވިސާމް ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އެވަގުތު ރަޝީދާގެ ކޯތާފަތްމައްޗަށް ވެސް ކަރުނައެއް ފައިބައިގެންއައެވެ. އެހެނަސް އޭނަ ހިތްވަރު ކުރެވޭތޯ ބެލިއެވެ.
“ވިސާމް، ބައްޕަ އަހަރުމެންނާއި ވަކިވީ ކުޑަ ދުވަސްކޮޅަކަށް. އަދި އިރާދަކުރެއްވިއްޔާ އަހަރުމެން ބައްޕައާއި ބައްދަލުވާނެ ސުވަރުގޭގަ . ބައްޕަ އަބަދުވެސް ބުނެއެއްނު ތިމަންނަ ބޭނުމޭ ވިސާމް ގޮވައިގެން މާމުއިގެ ކޯރަކަށްދާން؟ ވިސާމް ބޭނުމެއްނުވޭތަ؟” ރަޝީދާ ވިސާމްގެ އަތުގައި ހިފައި ފިތާލަމުން ލޯތްބާއެކީ އަހާލިއެވެ. ވިސާމް އިސްޖެހިފައި އިނދެ ބޯހޫރުވާލިއިރު އޭނަގެ ލޮލުން ވެސް ކަރުނަތައް ފައިބަން ފެށިއެވެ. ރަޝިދާ ހިތްވަރު ކުރުމަށްޓަކައި އެތެރެއަށް ނޭވައެއްލާން ޖެހުނެވެ.
“އެހެންވީމަ ވިސާމް ކީއްވެތަ މިހާރު ނަމާދުކުރަން ބޭނުމެއްނުވަނީ؟ ނަމާދުކޮށް ރަނގަޅަށް އުޅުނީމައޭ އެ ސުވަރުގެއަށް ދެވޭނީ ދަރިފުޅާ.” ރަޝީދާ ވިސާމްގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. އެވަގުތު ވިސާމަށް ރޮވެން ފެށީ އޭނައަށް އަމިއްލަ ކުށުގެ އިޙްޞާޞް ކުރެވުމުންނެވެ. ނަމާދާއި ދުރުވެގެން އޭނައަށް ކުރެވުނީ ގޯހެއްކަން އެނގުންވުމުން މިފަހަރުވެސް ވިސާމް ވަގުތުން ވަގުތަށް ޢަޒުމެއް ކަނޑައަޅަން ބޭނުންވިއެވެ. އޭނަގެ ހިތަށް ޖޯޝުން ފުރިގެންވި ޝުޢޫރުތައް ވެރިވާން އުޅުނު ވަގުތު ރަޝީދާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ވިސާމަށް އެނގޭތަ؟ ވަރަށް ކުރިން ރާއިފް ވިސާމް ކައިރީގަ ދެއްކިއެއްނު ކޮންމެވެސް ތުނބުޅި ދިގު ބައެއްގެ ވާހަކަދޯ؟ އެކަހަލަ މީހެއް މި ގޭގެ ކައިރީގަ މިހިރަ ޚާލިދުބެމެންގެއަށް އެބަ އާދޭ. އެއީ ޚާލިދުބެގެ ބޭބެއެއް. މަންމަ ކައިރި ހަފްސާ ދައްތަ ބުނީ މާދަމާ ރޭ އެ ބޭބެގެ ވަޢުޟެއް އޮންނާނެއޭ ރަށުގެ ބޮޑު މިސްކިތުގަ. ވިސާމް ދާން ބޭނުންތަ؟” ރަޝީދާ އެ ވާހަކަ ބުނެލީ ރާއިފް ދެއްކި އެއްވެސް ވާހަކައަކުން ދީނާއިމެދު ވިސާމްގެ ހިތުގައި އެއްވެސް ނަފްރަތެއް އުފެދިފައިވާނަމަ އެކަން ފިލުވާލުމަށެވެ. ރަށު މިސްކިތެއްގެ އާ އިމާމަކަށް އަންނަން އުޅޭ މަންސޫރުގެ ފަރާތުން ވިސާމަށް ރަނގަޅު މިސާލެއް ފެންނާނެކަމަށް ރަޝީދާ އުއްމީދު ކުރިއެވެ. އެހެނަސް ކަންތައްވެގެން ދިޔައީ ރަޝީދާ ހިވެސް ނުކުރާފަދަ ގޮތަކަށެވެ.
މަންމަ އެރޭ ދެއްކި ވާހަކަތަކުން ލިބުނު ހިތްވަރުން ވިސާމް އެރޭގެ ޢިޝާ ނަމާދަށްފަހު އޭނަ މަންމައަށް އޮޅުވާލައިގެން ނުކުރި ހުރިހާ ނަމާދެއްގެ ޢަދަދު އަންދާޒާކޮށް ޤަޟާވެސް ކުރިއެވެ. ނަމާދު ކުރަން ފެށިއިރު އޭނައަށް ނަމާދަށް ސަމާލުކަން ދެވުނެއްކަމަކު ވަކި ހިސާބަކުން އޭނަ އަވަސް އަރުވާލައިފިއެވެ. ނަމާދުގެ ތެރޭގައި ވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކޮންމެވެސް ލަވައެއްގެ ރާގެކެވެ. އެ ރާގާއެކީ މަންމަ ދެންމެ ބުނެލި ވާހަކަ ވެސް އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އޭނައަށް އެންމެ ފަހަކަށް ތުނބުޅި ދިގު މީހެއް ފެންނަން އުޅޭ ކަމުގެ ޚިޔާލުން އޭނަ ހިސާބަކަށް ކެތްމަދުވިއެވެ. ޙަޤީޤަތް އޭނައަށް އިވިފައިވަނީ ބައްޕަގެ ފަރާތުންތޯ ނޫނީ ރާއިފްގެ ފަރާތުންތޯ ދެނެގަތުމަށްޓަކައެވެ.
ބޭރުފުށުން ވެސް ސުންނަތަށް ތަބާވާ މީހަކު ވިސާމަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ އޭނައަށް 11 އަހަރުގައެވެ. އޭނަ އެރޭ ޢިޝާ ނަމާދަށް ދިޔައީ ބޮޑު މިސްކިތަށެވެ. ނަމާދަށް ދެވުނީ ފުދޭވަރަކަށް ލަހުން ކަމަށްވުމުން އޭނައަށް ސަފުތަކުގެ ދޭތެރެއިން އިމާމު ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް ނަމާދުކޮށް ނިމުނުތަނާހެން މިސްކިތުން މީހުން މަދުވާން ފެށުމުން ވިސާމް ފުރުޞަތު ލިބެމުން ދިޔަ ވަރަކަށް ކުރިއަށް ޖެހެމުން ގޮސް ފުރަތަމަ ސަފާއި ހަމަ ކޮށްލިއެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔައީ ހުދުކުލައިގެ ދިގު ކުރުތާއެއްގައި ހުރި ފިރިހެނެކެވެ. ކަކުލާއި ހަމައަށް އޮތް އެ ކުރުތާގެ ތިރިން ފެންނަމުން ދިޔަ ފަޓުލޫނު ފޯރަނީ ތަނބިކަށްޓާއި ހަމައަށެވެ. އައިބު ވާވަރަށް ނޫނަސް ކޮންމެވެސް ވަރަކަށް ފަލައެވެ. ވިސާމް ދެފައި ވަށްކޮށްގެން ހުރެ މައްޗަށް ބަލާލިއިރު ފެނިގެން ދިޔައީ އޭނައަށް މިހުރިހާ ދުވަހު އެއާއިމެދު އިވެމުން އައިފަދަ ދިގު ތުނބުޅިއެއްގެ ވެރިއެކެވެ. އެމީހާ ސީދާ ވިސާމާއި ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑިއެއްގައި އިށީން އިރު އެ ގަދަ ބުމަވަނީ ގޮށްޖެހިފައެވެ. އެމީހާގެ ނަޒަރު ވިސާމަށް ހުއްޓުނުތަނާހެން ވިސާމް ފުރިހަމަ ހިނިތުންވުމެއް ދައްކާލިއެވެ. ނަމަވެސް އެމީހާ ހިނިތުންވުމެއް ނެތި އޭނަގެ ފަހަތުން އަންނަމުން ދިޔަ މީހުންނަށް ބަލަން ފެށި ގޮތުން ވިސާމްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ހިސާބަކަށް ޙައިރާންވިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަކީ ވަރަށް ގިނައިން ހިނިތުންވެލެއްވި ބޭކަލެއްކަމަށް އޭނަ ސްކޫލްގައި އަޑުއަހާފައިވެއެވެ. އެހެނަސް އޭނަގެ ކުރިމަތިން މި ފެންނަނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ ވިސްނުމެއްގެ ތެރެއަށް ވިސާމް ގެއްލެން އުޅުނު ވަގުތު ވަޢުޟު ފެށިގެން ދިޔައެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހު ފެށިގެން ދިޔައީ ނަރަކައާއި ބެހޭ ވަޢުޟެކެވެ. އަޑަށް ބާރުލާފައި އިމާމް ދައްކަމުން ނަރަކައިގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު ވިސާމްގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. އޭނައަށް ގިނައިން އިވެމުން ދިޔައީ ބައްޕަ އޭނައަށް ނަރަކައާއި ބެހޭ ގޮތުން ކިޔައިދީފައިވާ ވާހަކަތަކެވެ. ބައްޕަ އަބަދުވެސް އެ ވާހަކަތައް ނިންމާލަނީ ހެޔޮ ކަންތައް ކުރުމުން އެ ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ދެވޭނެ ވާހަކަ ބުނެފައެވެ. ވިސާމް އެފަދަ އުއްމީދީ ވާހަކައަކަށް އިންތިޒާރުކޮށްކޮށް އެފަދަ ވާހަކައެއް ނައެވެ. ނަރަކައިގެ ވާހަކަ ދެއްކުމަށްފަހު އިމާމް ދައްކަން ފެށީ މުޖުތަމަޢުގައި ފެތުރިފައިވި ގޯސް ކަންތައްތަކުގެ ވާހަކައެވެ. އެ ކަންތައްތަކުގެ ތެރޭގައި އޭނަ ފޫހިފިލުވުމަށްޓަކައި ކުރާ ހުރިހާ ކަމެއް ހިމެނިގެން ދިޔުމުން ވިސާމްގެ ބުމަގޮށްޖެހިގެން ދިޔައެވެ. އެ އާދަތަކަށް ދެވިހިފާފައިވި މިންވަރުން ވިސާމަށް ވަގުތުން ރާއިފްގެ މަތިން ހަނދާންކޮށްލެވުނެވެ. ރާއިފް ބުނީ ހަމަ ތެދެއްތާއޭ ހިތަށްއެރިއެވެ. މި މީހުންގެ ނަޒަރުން ހުރިހާ ކަންތައްތަކަކީ ގޯސް ކަންތައްތަކެވެ.
ވަޢުޟު ނިމުމުން ވިސާމް މިސްކިތުން ނިކުންނަން ދިޔައީ މޫޑު ޚަރާބުވެފައި ހުރެއެވެ. އޭނަ ތިރި ބަލައިގެން ހުރެ މިސްކިތުގެ ސިޑިއާއި ގާތްވަމުން ދިޔަ ވަގުތު އިމާމް އޭނައަށްވުރެ ހަރުކޮށް ހިނގާފައި ގޮސް ސިޑިން ފައިބަން ދިޔައެވެ. ވިސާމް ސިޑީގެ ފުރަތަމަ ހަރުފަތާއި ހަމަވި ވަގުތު އިމާމް އޭނަގެ ފައިވާނަށް އަރައި ދާން ހިނގައިގަތެވެ. އެވަގުތު އިމާމް އެތާ ކައިރީގައި ހުރި އޭނަގެ ފައިވާނުގެ މައްޗަށް އަރާފައި ދިޔަ ގޮތުން ވިސާމް ނުރުހުންވިއެވެ. އޭނަގެ ކަޅުކުލައިގެ ފައިވާނުގެ މަތީގައި ހިރަފުހުގެ ތަތްގަނޑެއް ހުރިތަނަށް ބަލަން ހުރެފައި އޭނައަށް މިސްކިތުން ނިކުންނަން ދިޔަ އިމާމަށް ބަލާލެވުނީ ބުމަގޮށްޖެހިފައި ހުރެއެވެ.
ވިސާމް ގެއަށް ދިޔަތަނާހެން ރަޝީދާ ވަގުތުން ވަޢުޟާއިބެހޭ ގޮތުން ވިސާމާއި ސުވާލުކުރިއެވެ. ވިސާމް އިސާހިތަކު ކިޔައިދޭން ފެށީ އޭނައަށް އެ އާ އިމާމްގެ ފަރާތުން ފެނުނު ނޭދެވޭ ސިފަތަކެއްގެ ވާހަކައެވެ. އެ ވާހަކަތައް އަޑުއަހާފައި ރަޝީދާގެ ހިނިތުންވުން ފަނޑުވިއެވެ. އެހެނަސް އަވަސްއަވަހަށް ވިސްނުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“ވިސާމް، އެއީ ވެދާނެ އިމާމް ކަމަކާ ދިމާވެގެން އުޅެނީ ކަމަށް. އެހެންވީމަ އެގޮތަށް ވިސާމްގެ ފައިވާން މައްޗަށް އަރާފަ ދެވުނީ. އަބަދުވެސް އެހެން މީހުންނާމެދު ރަނގަޅަށް ވިސްނަންވާނީ އިނގޭ ދަރިފުޅު؟” ރަޝީދާ ވިސާމްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އެހެނަސް ވިސާމްގެ މޫނުމަތިން އޭނަ ބުނި ވާހަކަތައް ޤަބޫލުކުރިހެނެއް ރަޝީދާއަށް ހިއެއްނުވިއެވެ. ވިސާމް ކޮޓަރިއަށް ދިޔައިރު ވެސް އެ މޫނުމަތިން ފެންނަމުން ދިޔައީ އޭނަ ހިތްހަމަ ނުޖެހިގެން އުޅޭ ފަދަ އަސަރެކެވެ. ރަޝީދާގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެއްކަމަކު އޭނަ ދެންވެސް މަންސޫރާއިމެދު އަމިއްލައަށް ވެސް ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. އަދި މިއަށްފަހު ވިސާމްގެ ހިތް ވިރިގެންދާނެފަދަ އަޚްލާޤެއް މަންސޫރުގެ ފަރާތުން ވިސާމަށް ފެނިގެންދާނެކަމަށް ރަޝީދާއަށް އުއްމީދު ކުރެވުނެވެ.
ނަމަވެސް ރަޝީދާގެ އެ އުއްމީދު ފުރިހަމަ ވާ ގޮތެއްނުވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ވިސާމަށް މަންސޫރުގެ ފަރާތުން ފެންނަމުން ދިޔައީ ހުސްވެސް ނޭދެވޭ ސިފަތަކެވެ. މަންސޫރު އައިފަހުން ޚާލިދުމެންގެ ގޭގެތެރޭގައި ދޭތެރެދޭތެރެއިން އަޑުގަދަ ވާކަން ވިސާމަށް ފާހަގަވިއެވެ. މަންސޫރު އޭނަގެ ރުޅިވެރި މޫނުގައި ހުރެ އަވަށްޓެރި ގެތަކުގައި އުޅޭ ފުރާވަރުގެ ކުދިންނާއި ދިމާލަށް ހަޅޭއްލެވި މަންޒަރު ވެސް ވިސާމަށް ފެނިފައިވެއެވެ.
“ތިއީ ޙިމާރެއްތަ މަގުމަތީގަ ތިގޮތަށް ހަޅޭއްލަވަން؟” އޭނަ ގޭގެ ދޮރުމަތީގައި ހުއްޓާ މަންސޫރު ކޮންމެވެސް ކުއްޖަކާއި ދިމާލަށް އެހެން ބުނި އަޑު އިވިފައި ވިސާމަށް ހުރެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އެ ކުއްޖާގެ ވަށައިގެން ތިބި ކުދިން މަލާމާތުގެ ރާގަކަށް އެކުއްޖާއާއި ދިމާލަށް ހޭންފެށިއެއްކަމަކު ވިސާމަށް ނުހެވެއެވެ. އެހެން ބުނުމުން އެކުއްޖާ ކިހާ ދެރަވާނެހެއްޔޭ އޭނަގެ ހިތަށްއެރިއެވެ. އެކުއްޖާގެ މޫނުމަތިން ހިތާމަވެރިކަން ފެނިފައި ވިސާމަށް މަންސޫރާއި ދިމާލަށް ބަލާލެވުނީ ރުޅިވެރި ނަޒަރަކުންނެވެ. ދުވަހުން ދުވަހަށް އެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އެއްދުވަހަކު ވިސާމް ފިހާރައަކަށް ދިޔައިރު މަންސޫރު ކައުންޓަރު ދޮށަށް ގޮސް ސަތޭކަ ރުފިޔާ ދިއްކުރިތަން އޭނައަށް ފެނުނެވެ. ސޭޓު ބާކީ ދިނުމުން އެ ބާކީއަށް ބަލާފައި ތިމަންނަ ދިނީ ފަސް ސަތޭކަ ރުފިޔާއޭ ކިޔާފައި މަންސޫރު މައްސަލަ ޖައްސަން ފަށައިފިއެވެ. އޭނަ އެދުވަހު ފިހާރައިން ނިކުތީ ފަސް ސަތޭކައިގެ ބާކީއާއި އެކީގައެވެ.
ފެންނަމުން ދިޔަ މަންޒަރުތަކުންނާއި އިވެމުން ދިޔަ އަޑުތަކަށް ބުރަވެ ވިސާމަށް ދީނާއިމެދު ތަފާތު ގޮތަކަށް ވިސްނެން ފެށިއެވެ. މަންސޫރަކީ މުޅި މި ރަށުން ވެސް ދީން އެންމެ ރަނގަޅަށް ދަންނަ މީހުންގެ ތެރެއިން މީހަކަށްވެފައި އޭނަގެ ފަރާތުން ފެންނަމުން ދިޔަ ޢަމަލުތަކެއްގެ ސަބަބުން ވިސާމަށް ނިންމެމުން ދިޔަ ނިންމުންތައް އެހާ ރަނގަޅެއް ނޫނެވެ. މަންސޫރުގެ ސަބަބުން އޭނައަށް ދީނާއިމެދު ރަނގަޅަށް ވިސްނަން ދަތިވި ވާހަކަ އޭނަ އެކަކާވެސް ޙިއްސާއެއް ނުކުރެއެވެ. މި ސިފަތައް ފެންނަމުން މި ދަނީ ހަމައެކަނި މަންސޫރުގެ ފަރާތުން ކަމަށް ނިންމަން ވިސާމް ނުކުޅެދުނީ ރާއިފްގެ ބަސްތައް އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވާތީވެއެވެ. ރާއިފްގެ ބަސްތައް އޭނައަށް ހިތުގެ އަޑިން ޤަބޫލު ކުރެވުނެވެ. ހަމަ އެއާއެކު އޭނައަށް ދީނާއި ދުރުވުމަށް އިތުރު ޢުޒުރެއް ލިބުނެވެ. ގޯސްކަމެއް ކުރެވޭ ކޮންމެ ފަހަރަކު އޭނަގެ ހިތް ވަގުތުން ދީނީ މީހުންނަކީ އަދި މާ ގޯސްބައެކޭ ބުނެ ހަޅޭއްލަވައެވެ. ފުރާވަރުގެ ޢުމުރަށް އައިސް އޭނައަށް ދުލުން ވެސް އެފަދަ ވާހަކަތައް ދެކެވެން ފަށައިފިއެވެ. ނަމަވެސް އޭނަގެ މަންމަގެ ކުރިމަތީގައެއް ނޫނެވެ. އެކުވެރިންގެ ކުރިމަތީގައެވެ. އޭނަގެ އެކުވެރިން ވެސް ނުހަނު ޖޯޝާއެކީ އޭނަގެ ވާހަކަތަކާއި އެއްބަސްވެއެވެ. ވިސާމް އޭނަގެ ފުރާވަރުގެ ދުވަސްތައް ވޭތު ކުރަން ފެށީ އެފަދަ ގޮތަކަށް އަމިއްލަ ހިތަށް ހަމަޖެހުން ހޯދައިގެންނެވެ. ފާފަތައް ކުރެވޭއިރު އޭނަގެ ހިތު ތެރެއިން އަންނަ އަމިއްލަ ނަފްސު ކުށްވެރި ކުރާ އަޑު ގަންބާލީ، އޭނަގެ ހިތުގައި މަންސޫރަށްޓަކައި އުފެދުނު ނަފްރަތުގެ ތެރެއަށެވެ.
13 އަހަރު ވީއިރު ވިސާމްގެ އުޅުން ހުރިގޮތް ފެނިފައި އޭގެ ދެ އަހަރު ކުރިން އޭނައަށް ކުރެވުނީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެއްހެން ރަޝީދާއަށް ހީވިއެވެ. ވިސާމް ކިތަންމެ ސިއްރުކުރަން އުޅުނެއްކަމަކު އޭނަ ގެންގުޅޭ ލޯބިވެރިންގެ ވާހަކަ ރަޝީދާއާއި ހަމައަށް ފޯރިއެވެ. ޓީވީއިން ފެންނަ ލަދުކުޑަ ކަންތައްތަކަށް އަނެއްކާވެސް ވިސާމްގެ ހިތުގައި ލޯތްބެއް އުފެދިގެން ދިޔައީ ރަޝީދާ އޭނަގެ ނިމުމެއްނެތް މަސައްކަތަށް ގެއްލިފައި ވަނިކޮށެވެ. ރަޝީދާ މިފަހަރުވެސް ވިސާމަށް ސުވަރުގޭގެ މަތިން ހަނދާން ކޮށްދިނީ ވިސާމް ތައުބާވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް……..
“މަންމާ ޕްލީޒް! މަންމަ ބޭނުންވަނީ އަހަރެން އެ މަންސޫރު ގޮތަށް ވާންތަ؟ ނޯ ތޭންކްސް! ދީނާއިގެން އެހާވަރު ނުވިއްޔާ ކަންނޭނގެ ރަނގަޅުވާނީ. ސުވަރުގެއަށް ދެވިދާނެ އެހާވަރު ނުވިޔަސް. އަހަރެން މިހާރު ވެސް ނަމާދު އެބަކުރަމެއްނު ހުރިހާ ނަމާދެއް ނުކުރިޔަސް؟ ދެން އެހެން ނޫނަސް އަދި އަހަންނަށް ވަރަށް ވަގުތު އެބައޮތް. މި ދުވަސްކޮޅު ފާފަތައް ކުރެވުނަސް އަދި ފަހުން އެ ފާފަތައް ފޮހެވޭވަރަށް ރަނގަޅު ކަންތައް ކުރާނީ. ނައު ޕްލީޒް އިފް ޔޫ އެކްސްކިއުޒް މީ އަހަރެން މިދަނީ ޔައިޝްގެ ގެއަށްދާން.” ވިސާމް އެހެން ބުނެލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“ވިސާމަށްތަ އެނގެނީ މަލަކުލްމައުތުގެފާނު އަންނާނެ އިރެއް؟!” ވިސާމް ދެއްކި ވާހަކަތަކުން ހިތަށް ވެރިވި މާޔޫސްކަމުގެ ސަބަބުން ރަޝީދާއަށް ނުރުހުންތެރިކަމާއެކީ ބުނެލެވުނެވެ. އެ ވާހަކަ އިވުމުން ވިސާމަށް ފުން ނޭވައެއް ދޫކޮށް ކަޅި މައްޗަށް ހިންގާލެވުނީ އެއީ މަންސޫރުގެ ވަޢުޟަކުން ވެސް އިވުނު ވާހަކައެއްކަން ހަނދާން ވުމުންނެވެ. މަރުމަތިން ހަނދާންވުމުން ވެސް އޭނަ މިހާރު ބިރެއްނުގަނެއެވެ. އެއީ ކިތަންމެ ކައިރީގައިވާ އެއްޗެކޭ މީހުން ބުންޏަސް އޭނައަށް އޭނަގެ މަރު ފެންނަނީ ވަރަށް ދުރުންނެވެ. އޭނަ ޞިއްޙަތު ސަލާމަތުން ހުއްޓާ އޭނަ މަރުވާނީ ކިހިނެއްހެއްޔޭ އޭނަގެ ހިތަށްއަރައެވެ. ޒުވާން ކުއްޖަކު ކުއްލި ގޮތަކަށް މަރުވާ ވާހަކަ އިވުމުން އޭނަ ކުޑަކޮށް ބިރުގަތަސް އޭނަ އެ ބިރު ނައްތާލުމަށްޓަކައި ލަވައެއް ޖަހާލައެވެ.
ވިސާމް އެރޭ އޭނައަށް ބަލާލުމެއްވެސް ނެތި އެކުވެރިޔާގެ ގެއަށް ދިޔުމުން ރަޝީދާ ދުވަހަކުވެސް ކަންބޮޑުނުވާ ވަރަށް ކަންބޮޑުވިއެވެ. އޭނަގެ ދަރިފުޅު ހިދާޔަތުގެ މަގުން ކައްސާލައިގެން ދާ މަންޒަރު ފެނިފައި ރަޝީދާ ހަމަ އެރޭ ފިޔަވަޅެއް އަޅަން ބޭނުންވިއެވެ. ވިސާމްގެ ވިސްނުމަށް އެންމެ ބޮޑު ބަދަލެއް ގެނައީ މަންސޫރުކަން އޭނައަށް ނުދައްކަން ހުރެވެސް ދެކެވޭ ވާހަކަތަކުން އެނގިފައިވާތީ ރަޝީދާ އެރޭ މަންސޫރުގެ ގެއަށް ދިޔައެވެ. އަދި ޚާލިދާއި ހަފްސާގެ ހާޒިރީގައި މަންސޫރާއި ވާހަކަ ދެއްކިއެވެ. މަންސޫރުގެ އުޅުން ހުންނަ ގޮތުން އޭނަގެ ދަރިފުޅަށް ނޭދެވޭ އަސަރު ކުރާކަމަށްބުނެ އޭނަ ޝަކުވާ ކުރިއެވެ.
“އެކަމަކު އެއީއެއްނޫން ދޯ އަހަރުމެންގެ ފަރާތުން އަހަރުމެންގެ ދަރިންނަށް ފެންނަންޖެހޭ ސިފަތަކަކީ؟ އަހަރުމެން އެކުދިންނަށް ރަނގަޅު މިސާލެއް ނުދައްކަންޏާ އެކުދިންނަށް ދަސްވާނީ ކޯޗެއް؟” ރަޝީދާ ހިތާމަވެރި މޫނަކާއެކީ އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ. އެއަށްފަހު މަންސޫރުގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. މަންސޫރު އިރުކޮޅެއް ވަންދެން އޭނައަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
“ޤަބޫލު ކުރަން ރަ…..ރަޝީދާ ދެއްތޮ؟ ރަޝީދާ ތި ދެއްކި ވާހަކަ. އަސްލު ރަނގަޅު މިސާލެއްނޫން އަޅުގަނޑުގެ ފަރާތުން ވިސާމަށް ފެނިފައި ވަނީ. އެކަމުން އަޅުގަނޑު ތައުބާވާންޖެހޭ. އެހެންވީމަ މިއަށްފަހު ވަކިން ޚާއްޞަކޮށް ވިސާމަށް ރަނގަޅު މިސާލެއް ދައްކަން އަޅުގަނޑު ބޭނުން. އެކަމަށްޓަކައި އަޅުގަނޑު ވިސާމްގެ ބައްޕައަކަށްވާން ބޭނުން.” މަންސޫރު އޭނަގެ ސީރިއަސް މޫނުގައި އިނދެ އަދަބުވެރި ރާގަކަށް ބުނެލިއެވެ. މަންސޫރު އެ އެދުނީ ކޮންކަމަކަށްކަން އެނގުންވީ ހިނދު ރަޝީދާއަށް ހުއްޓުން އަރާފައި އޭނައަށް ބަލަން އިނދެވުނެވެ. މަންސޫރަކީ އިންނާނެ މީހެއް ނުލިބިގެން ދެބައި ޢުމުރަށް ގޮސްފައި ހުރި މީހެއްކަން ރަށުގެ އެންމެންނަށް ވެސް އެނގެއެވެ. އޭނަ އެ އުޅެނީ ލިބުނު ފުރުޞަތުގެ ބޭނުންހިފަންބާއޭ ރަޝީދާގެ ހިތަށްއެރިއެވެ. ނަމަވެސް މަންސޫރު ޙަޤީޤަތުގައި ވެސް ތައުބާވެއްޖެނަމަ އެއިން ވިސާމަށް ލިބިދާނެ ފައިދާއަކަށް ރަޝީދާގެ ހިތް އެދިއެދި އޮތީތީ އޭނަ މަންސޫރާއި އިންނަން އެއްބަސްވިއެވެ. މި ވާހަކަ އޭގެ އަނެއްދުވަހު ވިސާމްގެ ކަންފަތާއި ހަމަ ފޯރުމާއެކު އޭނަގެ އަޑު ހަރުވިއެވެ.
“ނޯ ވޭއި! މަންމަ ނުއިންނާތި އެ ފިރިހެނާއާ!” ގޭގެ ސިޓިންގް ރޫމުގައި އާދިލާގެ ދެމަފިރިން ވެސް ތިއްބައި ވިސާމް އަޑުގެ ކޮޅަށް ބުނެލިއެވެ.
“ވިސާމް! އެއީ ވިސާމަށްވުރެ ޢުމުރުން ދުވަސްވީ މީހެއް. ވިސާމަށްވުރެ ގިނަ ޢިލްމު ލިބިފައި ހުރި މީހެއް. އެކަހަލަ މީހަކާމެދު ތިގޮތައްތަ ވާހަކަ ދައްކަންވީ؟!” ރަޝީދާގެ ވެސް އަޑު ހަރުވިއެވެ.
“ބޮޑު ތުނބުޅިއެއް ލައިގެން އޭނަ އުޅެނީ މާ ރަނގަޅަކަށްނޫން!” ވިސާމް އެހެން ބުނެލިތަނާހެން ރަޝީދާގެ ހޫނު އެތިފަހަރެއް ވިސާމް ކޯތާފަތްމައްޗަށް އެރިއެވެ. ފުރަތަމަ ފަހަރަށް މަންމަގެ ފަރާތުން އެފަދަ އަނިޔާއެއް ލިބުމުން ވީ ތަދާއެކީ ވިސާމްގެ ލޮލުން ކަރުނަ ހިލުނެވެ. ވިސާމަށް އޭނަގެ މަންމައަށް ބަލާލެވުނީ ޙައިރާންކަމާއި ހިތާމަވެރިކަން އެކުލެވޭފަދަ މޫނަކާއެކީގައެވެ. މަންމަ ފެންކަޅިވެގެން ދިޔަ ދެލޮލާއެކީ އޭނައަށް ފަސްދިނުމުން ވިސާމްގެ މޭގައި ރިހުމެއް އުފެދުނެވެ. އެ ރިހުމާއެކީ މަންސޫރަށްޓަކައި އޭނަގެ ހިތުގައިވި ރުޅީގެ އަލިފާންގަނޑު ބޮޑުވިއެވެ. އޭނައާއި އޭނަގެ މަންމަގެ ދެމެދުގައިވާ ފާރަކަށް މަންސޫރު ވި ކަމަށްޓަކައެވެ.
މަންމަގެ ފަރާތުން ލިބުނު އެ އަނިޔާއަށްފަހު ވިސާމާއި އޭނަގެ މަންމައާއި މެދު މާ ބޮޑު ވާހަކައެއް ނުދެކެވެއެވެ. މަންމައާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު މަންމަ ނުރުހުންވެފައި ހުންނަ ގޮތުން އޭނައަށް ވާހަކަ ދައްކާކަށް ނުކެރެއެވެ. މަންމަވެސް އޭނައާއި ވާހަކަ ދައްކަން ނުއުޅުމުން ވިސާމަށް ފޫ ބައްދާނުލެވޭ ވަރުގެ އެކަނިވެރިކަމެއް އިޙްޞާޞް ކުރެވެއެވެ. އޭނަ އެ އެކަނިވެރިކަން ފިލުވާލެވޭތޯ ބަލަނީ އޭނައަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިންނާއެކީ ޓީވީ ކުރިމަތީގައި ހުރެގެންނެވެ. ލަވަތައް އަޑުއަހާ ގަޑީގައި އޭނައަށް އޭނަގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާއި ދުރުވެވެއެވެ. އެހެނަސް ލަވަތައް ނިމުމާއެކު އަނެއްކާވެސް އޭނަގެ ހިތް ގެނބެން ފަށައެވެ. ގިނަ ވަގުތުތައް އެކި ރާގުތަކުގެ ތެރޭގައި ހޭދަކުރަން ފެށުނީ އެހެންވެއެވެ.
ރަޝީދާއާއި މަންސޫރުގެ ކައިވެނިވެގެން ދިޔައީ ހޮނިހިރު ދުވަހެއްގެ ރެއެއްގައެވެ. ވަލީމާއެއްގެ ގޮތުން މަންސޫރުގެ ގޭގައި އަވަށްޓެރިންނަށް ކުޑަ ސައެއް ދެވުނެވެ. ވިސާމް ހުރި އެ ސަޔަށް ނުދާށެވެ. މަންމަ ވެސް އަންނާށޭ ނުބުނުމުން އޭނަ ހުރީ މަންމަ އޭނައަށްޓަކައި ބަންދުކޮށްދިން ހެދުން ފޮށްޓާއެކީ އާދިލާމެންގެ ގޭގައެވެ. އެހެނަސް އާދިލާ ދައްތަ ބުނިވަރުން އޭނަ ޖެހުނީ ދާށެވެ. އޭނަ ލަސް ހިނގުމެއްގައި އެ ބޮޑު ގޯތި ތެރެއަށް ވަންނަމުން ދިޔަ ވަގުތު ޚާލިދަށް އޭނަ ފެނުނެވެ. ޚާލިދު ނިކަން ހެވިފައިހުރެ އޭނަ ކައިރިއަށް އައެވެ.
“ދޮން ކަލޯ ހާދަ ލަސްލަހުންނޭ ތި އަންނަނީ. ވަރުބަލީތަ؟” ޚާލިދު ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ވިސާމްގެ ކޮނޑުގައި އެއްއަތް އަޅާލަމުން އަހާލިއެވެ. ޚާލިދުގެ އޯގާތެރިކަން އިޙްޞާޞް ކުރެވުމުން ވިސާމް ހިނިތުންވުމަކާއެކީ ބޯހޫރުލީ ނޫނެކޭ ބުނުމަށެވެ. ޚާލިދު ވަގުތު އެހެންވިއްޔާ އަންނާށޭ ކިޔައި އެ ބޮޑު ފެންޑާގެ އެއްފަރާތެއްގައި ކާއެއްޗެހި ބަހައްޓާފައި ހުރި މޭޒަކާއި ދިމާލަށް ވިސާމް ގެންދިޔައެވެ. އެއަށްފަހު ވިސާމް ބޭނުންވާ އެއްޗެހި ތަށްޓަކަށް އަޅާފައި ވިސާމަށް ދިއްކޮށްލިއެވެ. އަދި ވިސާމް ގޮވައިގެން ގޭގެތެރެއަށް ގޮސް ޚާލިދުގެ ކުޑަކުޑަ ޢާއިލާ ތަޢާރަފު ކޮށްދިނެވެ. ހަފްސާގެ ފަރާތުން ވެސް ވިސާމަށް ލިބުނީ ހިތްހެޔޮ ހިނިތުންވުމެކެވެ. އެދެމަފިރިންގެ ކުޑަ ދެކުދިން ވެސް އެމީހުންގެ ކުޅޭ އެއްޗެހި ހިފައިގެން ގޮސް ވިސާމަށް ދިއްކުރަމުން ދިޔަ ގޮތުން އޭނައަށް ހެވުނެވެ. ވިސާމް އޭނަގެ ސައި ބުއީ ޕާޓީއަށް އައި އެންމެނާއި ދުރުގައި ޚާލިދުގެ އެ ޢާއިލާއާއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުންނެވެ. އެ ވަގުތު ކޮޅުގެ ތެރޭގައި އޭނަ އެއްވެސް ކަމެއް ބޭނުންވާނަމަ ޚާލިދު ގާތު ބުނެލުމަށް ޚާލިދު އެދުނު ގޮތުން ވިސާމް ވަގުތުން އެގެއަށް ބަދަލުވާ ހިތްވިއެވެ. އާދިލައްތަގެ ފިރިމީހާ އޭނަގެ ހެދުން ފޮށި ގެނައުމުން އޭނަ އެ ފޮށްޓާއެކީ ޚާލިދު ދެއްކި ބޮޑު ކޮޓަރިއަށް ދިޔައީ އުފާވެފައި ހުރެއެވެ.
ނަމަވެސް ވިސާމްގެ އެ އުފާވެރިކަން މާ ގިނައިރެއް ވަންދެން ދެމިއެއް ނުދިޔައެވެ. އެރޭ އޭނަ އޭނަގެ އާ ކޮޓަރީގައި ނިދިފައި އޮތްވާ ކުއްލިއަކަށް ހޭލެވިގެން ދިޔައީ މީހަކު އޭނަގެ ގަޔަށް ބޮޑު ފިނި ފެން އެއްޗެއް އޮއްސާލުމުންނެވެ. ވިސާމަށް ދެލޯ ހުޅުވާލަމުން ލުއްކެއްޖަހައި ތެދުވެވުނެވެ. އޭނަ ރަނގަޅަށް ބަލާލި ވަގުތު މަންސޫރު އޭނަގެ އަތުގައި ހުރި ބާލިދީއެއް ބިމަށް ވައްޓާލަނީއެވެ.
“ކަލޭ ނަމާދު ނުކުރާ ވާހަކަ ކަލޭގެ މަންމަ ބުނި. އެކަން އެނގިއްޖެ މިހާރު. ދެންވެސް ތެދުވެގެން ނަމާދަށް ދާން އުޅޭ!” މަންސޫރު ހަރުކަށި ގޮތަކަށް ބުނެލިއެވެ. ވިސާމްގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ގޯސްކޮށް އަދަބުދޭން އަދި މި މަންސޫރަކީ ކާކު ހެއްޔެވެ؟ އެއީ ވެސް އޭނަ އެހާ އަރާމުގައި އޮތްވައެވެ. މަންސޫރަށް މަންސޫރުގެ އަސްލު ސިފަ ކިޔައިދިނުމުގެ ޝުޢޫރެއް ވިސާމްގެ ހިތުގައި އުފެދުނެވެ.
“ކަލޭ ބުނީތީވެވެސް މަ ނުދާނަން. ކަލޭ ތިއީ ވައްކަންކޮށް، އޮޅުވާލާ، ރުޅިއިސްކުރާ މީހެއް. ހީ ނުކުރާތި ކަލެއަށް އެއްވެސް ބަޔަކު ޤަދަރެއް ކުރެއޭ. ޤަދަރު ކުރަންޏާ ކުރާނީ މޮޔަ މީހުން.” ވިސާމް އޭނަގެ ރޫރޫއަޅަމުން ދިޔަ އަޑުން ވާހަކަ ދެއްކިއެވެ. އޭނަ އެހެން ބުނެލިތާ މާ ގިނައިރެއްނުވެ މަންސޫރު އޭނައާއި ދިމާލަށް އެނބުރިލައިފިއެވެ. އަދި ބުމަގޮށްޖަހައިގެން ހުރެ އައިސް ވިސާމްގެ ކުރު އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. ވީ ތަދާއެކީ ވިސާމްގެ އަނގައިން ހަޅޭކެއްގެ އަޑު ނިކުތެވެ.
“ކަލޭ ޖެހޭނީ މަ ބުނާ ގޮތަށް ހަދަން!” މަންސޫރު އެހެން ބުނެފައި ވިސާމްގެ އިސްތަށިގަނޑަށް ދަމައި އޭނަ އެނދުން ވައްޓާލިއެވެ. އެރޭގެ އެ ޙާދިސާވެގެން ދިޔައީ އާ ފެށުމަކަށެވެ. އެއަށްފަހު ކޮންމެ ދުވަހަކުވެސް މަންސޫރުގެ ފަރާތުން ވިސާމަށް އެކި އަނިޔާތައް ލިބެއެވެ. އެއްފަހަރު އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިނަމަ އަނެއްފަހަރު މަންސޫރު އޭނަގެ ކަންފަތުގައި ހިފައި އަނބުރާލައެވެ. އެއްފަހަރު އިލޮށިފައްޗަކުން އޭނަގެ ގައިގައި ޖެހިއްޔާ އަނެއްފަހަރު ދަނޑިބުރިއަކުން އޭނަގެ އަތަށް އެތިފަހަރެއް ވިއްލާލައެވެ. ނަމާދު ކުރަން އިންކާރު ކުރާ ކޮންމެ ފަހަރަކު އޭނައަށް ކޮންމެވެސް އެއް އަނިޔާއެއް ލިބެމުން ދިޔައީތީ އޭނަ ނަމާދު މަތިން ފޫހިވެ ރުޅިއައެވެ. މަންސޫރު މަޖުބޫރުކުރުމުން އޭނަ ނަމާދަށް ދަނީ ހިތާއި ދެކޮޅަށެވެ. އޭނަ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އޭނަ މަންސޫރުގެ ބެލުމުގެ ދަށުން މިނިވަންވާނެ ދުވަހަކަށެވެ. މިނިވަންވީ ދުވަހަކުން އޭނަ ބޭނުން ގޮތަކަށް އުޅެ އޭނަ އުފާވާ މަންޒަރު މަންސޫރަށް ދެއްކުމަށްޓަކައެވެ. ވިސާމް ބޭނުންވީ ޚާލިދު ކަހަލަ މީހަކަށްވާށެވެ. ޚާލިދު ނަމާދު ނުކުރިޔަސް އޭނައަކީ ނުލާހިކު އުފަލުގައި އުޅޭ ރަނގަޅު މީހެކެވެ. ނޭނގޭ ސަބަބަކާހުރެ ދީނާއި ނުލާ އުފާވެރި ދިރިއުޅުމެއް ހޯދިދާނެކަމަށް މުޅި ދުނިޔެއަށް ދައްކަން ވިސާމް ބޭނުންވިއެވެ.
މަންސޫރުގެ ސިއްރުވެރި އަނިޔާތަކުން ސަލާމަތްވުމަށްޓަކައި ވިސާމައަށް އެތައް ދުވަހެއް ވަންދެން ފިޔަވަޅެއް ނޭޅި ހުރީ އޭނަ ދައްކާ ބިރުތަކެއްގެ ސަބަބުންނެވެ. އެހެނަސް ވިސާމްގެ ކެތްތެރިކަން ކޮޅުންލީ މަންސޫރު މަންމައަށް ވެސް އަނިޔާ ކުރާކަން އެނގުނު ދުވަހުއެވެ. އެއްރެއެއްގެ ދަންވަރު އޭނަ ކޮޓަރިން ނިކުމެގެން އުޅެނިކޮށް އޭނަގެ މަންމަ އެމީހުންގެ ކޮޓަރީގެ ތެރެއިން ރޮއިރޮއިފައި އާދޭސްކުރާ އަޑު އިވުނެވެ. މާ ގިނައިރެއްނުވެ މަންސޫރު މަންމަގެ ގައިގައި ޖެހި އަޑު އިވިފައި ވިސާމް އައި ރުޅީގައި ވަގުތުން ގޭގެ ފޯނާއި ދިމާލަށް ދިޔައެވެ. އެއަށްފަހު އަވަސްއަވަހަށް ފުލުހުންނަށް ގުޅައި އެގޭގެ ތެރޭގައި އޮތް މައްސަލައެއްގެ ވާހަކަ ބުނުމަށްފަހު އެގެއަށް އައިސްދިނުމަށް އެދުނެވެ. މިނެޓްތަކެއްގެ ތެރޭގައި ފުލުހުންގެ ޖިޕެއް ސައިރަން އަޅަމުން އެގެއަށް އައެވެ. އެ އަޑަށް ޚާލިދުގެ ދެމަފިރިންނާއެކީ މަންސޫރާއި ރަޝީދާވެސް ސިޓިންގް ރޫމަށް ނިކުތެވެ. އެވަގުތު ވިސާމް އެތާހުރި ހުރިހާ ބޮތްކެއް ދިއްލާލާފައި ގޭގެ ދޮރު ހުޅުވާލަނީއެވެ. ފުލުހުން އައުމާއެކު އެކަކަށްވެސް އެއްވެސް އެއްޗެކޭ ނުބުނެވެނީސް ވިސާމް ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދީފިއެވެ. މަންސޫރު އެކަމަށް އިންކާރު ކުރަން އުޅުނެއްކަމަކު ވިސާމް އޭނަގެ އަމިއްލަ ގައިގައި ހުރި ޒަޚަމްތައް ދެއްކިއެވެ. އަދި އެވަގުތު މަންމަގެ މޫނުމަތި ވެސް ރަތްކޮށް ހުރިކަން ފާހަގަކޮށްލިއެވެ. ވިސާމް ދެއްކި ހެކިތަކެއްގެ ސަބަބުން މަންސޫރު ހަމަ އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މަސްތަކެއް ވަންދެން ކޯޓުގައި އެ މައްސަލަ ހިނގިއިރު އެ ރަށުގައި އުޅޭ އެހެން ވިޔަފާރިވެރިން ވެސް މަންސޫރާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް ބެލެވުނެވެ. އެއަށްފަހު މަންސޫރު 8 އަހަރަށް ޖަލަށްލާން ހުކުމް ކުރެވިގެން ދިޔުމުން ވިސާމަށް ލިބިގެންދިޔައީ ބަޔާންކުރަންދަތި އުފާވެރިކަމެކެވެ. އޭނަ އެ އުފާވެރިކަމުގައިހުރެ އެދުވަހު ކޯޓުން ނިކުމެ ރަޝީދާގެ ގައިގައި ބައްދާލިއެވެ. ރަޝީދާ ވެސް އޭނަގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލީ އެ ދަރިފުޅު މި ހުރިހާ ދުވަހު އޭނަގެ ސަބަބުން ތަޙައްމަލުކުރި އަނިޔާތަކުން ސަލާމަތްވި ކަމަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އެހެނަސް ކަންތައް މި ނިމިދިޔަ ގޮތުން ވިސާމްގެ އީމާންތެރިކަން އޮތީ ކިހާ ހިސާބެއްގަތޯ އޭނަގެ ހިތް ސުވާލުކުރި ވަގުތު އެ ހިތް ނުތަނަވަސްވިއެވެ.
ރަޝީދާއަށް ކިތަންމެ ޤަބޫލުކުރަން ދަތިވިޔަސް އޭނައަށް މި ހުރިހާ ދުވަހު ހީވަމުން އައި ބިރު ޙަޤީޤަތަކަށްވިއެވެ. އޭނަގެ ދަރިފުޅަކީ ދީނަށް އެއްވެސް ޝައުޤުވެރިކަމެއް ނުހުންނަ ދީނާއި ދުރު ކުއްޖަކަށްވެ ނިމިގެން ދިޔައީ އޭނަގެ ލޯ ކުރިމަތިންނެވެ. އޭނަ ދީނާއިބެހޭ ގޮތުން ދައްކާ އެއްވެސް ވާހަކައަކަށް ވިސާމް މިހާރު އެއްވެސް ޖަވާބެއް ނުދެއެވެ. އޭނަ ގިނަފަހަރު ވާހަކަ އޮޅުވާލަނީއެވެ. އަދި ވާހަކަ މާ ސީރިއަސްވާނަމަ ތިމަންނަ ތަނަކަށްދާންޖެހެއޭ ބުނެ ދަނީއެވެ.
މަންސޫރުގެ އަތްދަށުން މިނިވަންވުމުން ވިސާމް އުއްމީދު ކުރި ގޮތަށް އޭނައަށް ލިބުނީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެކެވެ. މަންސޫރު ނެތަސް ޚާލިދު އެ މީހުންގެ ގޭގައި ވިސާމްމެން އުޅުމުގެ ހުއްދަދިނެވެ. އަދި އޭނައަށް ލައްކައިން ލިބެމުން ދިޔަ ފައިސާއިން ވިސާމް ބޭނުންހާ އެއްޗެއް ހޯދައިދެމުން ދިޔައެވެ. ވިސާމް މިއުޒިކަށް ޝައުޤުވެރިކަން ހުންނަކަން އެނގުމުން ޚާލިދު އޭނައަށްޓަކައި ގިޓާރއެއްވެސް ގަނެދިނެވެ. ހަފްސާ އޭނައަށް ކުރަމުން ދިޔަ ތަޢުރީފުތަކުން ލަވަ ކިޔުންތެރިއަކަށް ވުމުގެ ޝައުޤެއް ވިސާމްގެ ހިތުގައި އުފެދެމުން ދިޔައެވެ. އޭނަ ލަވަ ކިޔުންތެރިއަކަށްވުމުން ކިހާ ސަޅިވާނެހެއްޔޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ ލަވަ ކިޔުންތެރިއަކަށްވެއްޖެނަމަ އެއީ އެ މަންސޫރުގެ މޫނުމައްޗަށް ވީއްލިދާނެ ވަރުގަދަ އެތިފަހަރެއް ކަމަށް ހިތް ބުނިހިނދު އެކަން ކުރުމަށް އޭނައަށް އިތުރު ހިތްވަރެއް ލިބުނެވެ. އެހެންކަމުން އޭނަ ސްކޫލްގައި ކިޔެވުމުގެ ތެރެއިން ވެސް އެކިއެކި ރާގުތައް ހެދޭތޯ މަސައްކަތް ކުރަމުން ދިޔައީ ހަމައެކަނި މި ދުނިޔޭގެ އެދުންތަކުން އޭނަގެ ހިތް ފުރިގެން ދިޔުމުންނެވެ. އޭނަގެ ބައްޕަ ދެއްކި ސުވަރުގޭގެ ކޯރުތަކާއި ގެތަކުގެ މަތިން މުޅިންވެސް ހަނދާން ނެތިގެން ދިޔުމުންނެވެ. އެ ދުނިޔެ މަތިން ހަނދާން ނުކުރިޔަސް އޭނައަށް މި ދުނިޔޭގައި ދެން އެއްވެސް ހިތާމައެއް ނުކޮށް އުޅެވިދާނެހެން ހީވުމުންނެވެ.
ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ގޮސް ވިސާމް 19 އަހަރުގެ ޒުވާނަކަށްވިއެވެ. އޭނައަށް 19 އަހަރު ވީ ދުވަހަކީ އޭނަ މަތީ ސާނަވީގެ އެންމެ ފަހު އިމްތިޙާން ހެދި ދުވަހެވެ. ފަހު އިމްތިޙާނަށްފަހު ގެއަށް އައިސް ޔުނިފޯމްވެސް ބަދަލުނުކޮށް ވިސާމް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސައި ޓީވީ ހުޅުވާލިއެވެ. އެއަށްފަހު އެކި ޗެނަލްތައް ބަދަލުކުރަމުން ގޮސް އެންމެ ފަހަކަށް ރާއްޖޭގެ ޓީވީ ޗެނަލެއް ޖައްސާލީ އެ ގަޑީގައި ލަވަ ދައްކާ ޝޯއެއް އޮންނާނެކަން ހަނދާންވުމުންނެވެ. ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން މިއަދު ވެސް އެ ޝޯގައި މެހުމާނެއްވިއެވެ. މިއަދުގެ މެހުމާނަކީ އަލަށް މިއުޒިކީ ދާއިރާއަށް ނިކުތް ފަރާތެއްކަމަށް ބުނުމުން ވިސާމަށް އޭނަގެ ހުރިހާ ސަމާލުކަމެއް އެއަށްދެވުނެވެ. އޭނައަށް ޓީވީގެ އަޑުވެސް ބާރުކޮށްލެވުނެވެ.
“އާދެ….މެހެނާޒް .” ޝޯގެ ހޯސްޓް އެހެން ބުނެލުމާއެކު ޓީވީގެ ސްކްރީނަށް އެރީ ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.







Inthizaru koko hutta up kollee .thanx
hehe….Alhamdhulillah! 😀
Vv salhi…
Alhamdhulillah! (All praise and thanks belong to Allah) 😀
Masha allah
😀 <3 <3
Mi story upload kurany kn dhuvas thakakutha? Story varah reethi masha Allah…?
Story up vaany dhe dhuvahun ehdhuvahu ingey pinker? In Sha Allah! 😀 Alhamdhulillah! 🙂
Masha allah varah reethi mi part ves, mi part miothy hinhama jehilaa varah dhigukoffa, mivarah konme part ehves genesdhechey! Dhen oiy partah v inthizaaru
hehe…..hurihaa part ehves dhigu kureveytho balaanan In Sha Allah. ekamaku yageen kameh nudhen ingey. hama dhimaavedhaane kameh neyngeythy 🙂 Alhamdhulillah! 😀
Jana asluves aharumenge ulhun haadha goaskoshey dho mi behetteny, keehvetha abadhu hiyy nubaikoh e visnaidheny, hageegathuga aharumenge eemaantherikan kudaee kanneynge dho! V dherave ladhuganey goas koh ulheveythee, insha allah, meege fahun aharennakeeves suvarugeyge maamui koareh libeytho masahkaiy kuraane meeheh, maai raskalaange mialhaa ashaa enmehaa ahunaai ukhthunah suvarugeyge dhaaimee a niumaiy dhevvaashi! Aameen
hehe….kuree baiga FB Post egga hunnaane keevvegen kan nubaikoh visneny. Adhi eman therikan kudavegen dhany. Kudakamana ah eythi dheyha kuran undhagoovanya jana mithaanga khulaasaa eh dheefaanan. Aslu nubai kanthah kuran aharumen emmenge ves hithah araane. Ekamaku aharumenge therein kaamiyaabu vaany e nubai khiyaaluthakun dhuruve neydhevey ihsaas thakun hiy thaahir kuran beynun vaa meehunnah. Dhen hithah araafaane faafa kuran e edhevey edhun control kurevey varah vure bodey. ehen ihsaas vaanama heyo ‘amal thah hama veehaaves varakah gina kuranvy. heyo kameh kuran hithah araa komme faharaku e furusathu dhoonukoh heyo kanthah kuranvy. Quran kiyavan hithah araafaves dhen mihaareh nooney hithah naaruvaa Quran kiyavanvy. miadhu dhen mi namaadhuge Sunnah namaadhu nukuriyas rangalhuvaane ey hithah naaruvaa sunnah namaadhu kuranvy. Dhen mirey e dhikr nukiyaa nidhaalaaniyyey hithah naaruvaa e dhikr kiyanvy. Ey aharumen heyo amaleh dhookolla komme faharaku nubai kanthahthakun dhuruvumah aharumenge hithah libifai onna baaru nethidhey. E baaru anburaa libeyny Allah attakai kurevey heyo ‘amaluthah gina kurivarakah In Sha Allah. Maai Allah alhamennah faafathakun dhuruvumuge baaru ithurukohdhevvaashi. Ameen!
Kudakamanage emme fahu dua gai jana ves baiverivan. Ameen! suvaruge ah edhey iru varah high koh aim kuran vaany ingey kudakamana. 😉 abadhuves edhenvaany suvarugeyge emme mathee level (Jannatul Firdaus) ah dheveytho. Maai Allah alhamen emmenge faafathah fussavai alhamennah Jannatul Firdaus dhevvaashi. Ameen!
Jana thee girl ehtha boy ehtha!!
Subhanallah Jana mee girl akavveema ehnu hama ekani ukhthunnah ekuverivumuge furusathu midheny? :O kudakamana Jana aai ekuverivaan beynunvaanama 7997991 ah msg eh kolla jana ge number sms kurumah edhi. Jana ge number libeyne In Sha Allah 🙂
Masha Allah.. ♥♥ warah real
hehe…..real kureveytho varah masakkaiy kurin ingey ummu? 🙂 Alhamdhulillah! 😀
FB Post:
This pretty much sums up my teenage years and I’m sure that many of the young brothers and sisters out there can also relate to this. 🙂
https://www.youtube.com/watch?v=bpfJ40W8X88
FB Post:
We can’t call ourselves good people if we just do acts of worship but we are horrible towards other human beings. We can’t call ourselves good people even if we are just good towards other human beings and yet we are not obeying the One Who created us. In ayatul-birr (The ayah about goodness), Allah tells us what it really means to be a good person.
https://www.youtube.com/watch?v=uul55H8iwXQ
FB Post:
We must seriously judge our own behaviour and try to live up to the character of the Prophet (SAW) as much as we can. Especially when people start looking at us as “religious figures”. Because most people will just see our character to reach conclusions about deen. Most people are too engrossed in their own addictions to be willing to find out more about deen on their own.
Its true that every person has his or her own responsibility of learning more about deen. But our character could be discouraging them to do so. May Allah not make us a trial for those who are weak in faith. Ameen!
mi page ah ziyaaraiy kollumaky varah bodu edhumeh. 🙂
https://www.facebook.com/Asr-1445208739121696/
Assalam’alaikum. Jana varah saafukoh bunelan beynun vaahaka eh eba oiy. Ey vaahakaige mi bai kiyaafai aharumenge mujuthamau in fenna evves meehakah mi bain fenunu fadha goas shakhusiyyathegge ilzaam neylhuvumah edhemey. Aharumennah hama eggothakavves neyngey Allah ge hazrathugai emme taqwaavery kaakukan. Ehenvyma egothah aharumennah ekaku anekegge boluga ilzaam neylhuveyne. Aharumen emme furathama ves balan jeheny amilla nafsah. Aharumen muslimunge gothugai thibe aharumenge vashaigen thibi meehunnah mi dhakkuvaidheveny kon kahala misaalekkamaamedhu visnaalan jeheny. Aharumen amilla kushuge zimma amilla ah nagaa bayakah nuvanys mujuthamau dhuvahakuves islaaheh nuvaane. Ehenvyma ehen meehunna medhu vaahaka dhekkumuge kurin aharumen emmenves amilla nafsaamedhu visnaalamaa hinga. Mee emme furathama jana ah handhaan kohdhinumeh…
Jana ge naseyhah thakah varah bodah shukuriyaaaa. ?
Hooooo ah faidha eh kuriyya thee libunu varah bodu hiyvvareh 😀 Jazakallah Khairan! Alhamdhulillah! 🙂
vaaaeh nuvaaeh neynge discusting
dheyha nuvaan feshy vaahakaige kihaa hisaabakun kan buneladhinun edhen. eyrun dho Jana ah e baithah kiyaafa rangalhu kuranvy gotheh dheneganeveyny ves? 🙂 dheyha nuvy hama ekani mi baihen heevanya jana kiyaidheefaanan. mi bain maigandu gothegga mi fenigen dhiyaee akhirah mathin handhaan kuraa mausoom kujjakah fenunu nubai misaalegge sababun akhirah mathin handhaan nethi deenaai dhuruvegen dhiya goiy. adhi ekamaa medhu ekujjaage mamma kuri hithaamathah. ehaavaru dheyha vanya rangalhu ingey hated guy? 😀 komme gothevviyas adhives vaahaka kuriah kiyan jana thiya kiyuntheriyaa ah dhauvathu aruvan 🙂
liyan neyngenyaa liyun therikamah huthuru naaruva huttalan v nu dho
meehaku rangalhu naseyhatheh dhenya thigothah fulah baaru kuraany hithuga eemaan theri kameh nei meehun…. meega koba jana ah loyan neyngifa….. meehunnah thigothah dhera bas bunumaky kihaa varegge kameh kan ves thibaa akah neyngunu…
ehen meehaku thibaa dherakollumah thigothah ehcheh bunefinama faalhunukuriyas hithuga jeheyne dhw…. dhulun bas beyru kollumuge kurin visnaalun muhimmu…
jana ah hama saabas…. 🙂 thigothuga dhemihurey jana…. jana ge thi bura masakkathuge sababun aharenge hithuga v shauguverikan ufedhijje…. Qruaan tharujama dhaskuran ves fashaifin… adhi aharennah e ee bura masakkatheh… ehennamaves gina dhuvahun namaves ekan kaamiyaabu kuraanan…. in sha allah… bura masakkai kohggen dhw bodethi kanthah kaamiyaabu vaany… 🙂 …. maai allah alhamenge emmenge hithuga eemaantherikan varugadha kuravva alhamennah heyo goi minvaru kurahvvaashi… aharen beynun jana aai ekuverivaan… aharenge nuhurey best frndeh…. beynumee jana kahala ekuverieh emme kairyga bahattan…. 🙂 🙂 🙂
ggg: jana hama qabool kuran ingey jana aky ehaa molhu liyuntherieh noonkan? eggothakavves dhekolheh nuvan thi vaahaka akaa. 😀 Ekamaku komme hunaraky ves masakkaiy koffi nama Allah ge iraadhafulhun ithuruvegen dhaane hunareh kan ves jana qabool kuran. 🙂 fashaafaivaa kameh ehaa faseyhain jana huttaala hiy nuvany ehenve. ehenvyma rangalhu kuranvy gotheh ggg ge nazarun buneladheefiyya jana varah shukuruverivaanan. ey jana ge mi hunaru ithuru kurumah libey furusatheh kamugai dhekeynan In Sha Allah 🙂
ya: Aharumennah hama eggothakavves neyngey dho ggg ge hiy oiy goiy? hama vedhaane ehnu ggg ge nazarun jana liyaa goiy reethi noony kamavves? 🙂
Subhanallah….ya ge comment ge fahathu bai kiyaafa jana ge lolun karuna hilunu. Varah varah varah varah ufaavejje ya ah Quran aai gaaivvevunukan engunyma. hidhaayaiy dhakkavany hama ekani Allah swt. ya thibuny thedheh. bodethi kanthah haasil vaany bura masakkaiy koggen. ekamaku ya ah engeytha? Allah handhuma kurumuge niyathugai Quran ungenen masakkaiy koffinama In Sha Allah e massakkaiy vegen dhaany varah varah faseyha kamakah. Jana mi fonuvaa link gai ekamah ishaaraaiy kuraa ayah onnaane. 😀 ya….Quranuge tharujamaa in hama ekani Quranuge maanathah neyngeyne ingey. Quranuge ayaih thakuge fun maanathah engeyny tafseer ilmun. Adhi mi ilmuge vaahaka annaane vaahakaige therein ves In Sha Allah. ekamaku ya furathama kamegge gothun ekkolhun anekkolhah Quranuge tharujama balaalun edhen. Ey khudhu jana ves Quran aai gaaiyvvegen dhiyaee efadha gothakah kamavvaathy. varah dhigu dhathureh kahala kameh mee ingey ya. And i tell you that you will seriously fall in love at the end In Sha Allah 😀 <3 <3
Ehenvyma bismi kiyaafa dhathuru fashaa ya 😀 <3 Jazakallah Khairan ya thi dhin hiyvvarattakai <3 <3 <3
http://tanzil.net/#trans/en.sahih/54:17
Suvarugeyge mamui koarutha libeynee namaadhu ekanikohgenthoa? Dhulukolhun لااله الله dhulukolhun kiyaaliyakas adhi muslimakah nuvaane namaadhu kureema suvarugeyge dhevey yaa seia in ves suvaruge libeyne liyaairu visnaachey e ee v bodu adhi v baru kalimayeh raajey meehun nidhaagadeega kiyaalaa naanaa akah hedhiyas
hmm…..jana ves mihaaru ethankolhu kiyaaleema alhaigaiy ingey? Aslu jana egothah liyuny mamma aku e umuruge kujjakah dheyny efadha naseyhatheh hen heevaathy. ekamaku hama ekani namaadhey othyma ehen gothakah negey kanneyge eythi. Jana qabool kuran shahaadhathuge dhe kalima aky eyge sababun dhiriulhumuge hurihaa kamah asaru kuraane dhe kalimakan. Ekan dhakkuvaidheveytho mi masakkaiy kurany 🙂 Jinaahu faahanga kolladhin kamattakai Jazakallah Khairan. Ethankolhu jana kudakoh edit kollaanan In Sha Allah. Jinaah, raajje meehunney kiyaafa aharumennah generalize eh nukureveyne dho? 🙂 Raajjeyga ves ebathibi e kalimaige muhimmukan dhanna meehun. Adhi nudhanna meehunge therein gina meehunnaky deenaai behey gothun maa bodu ilmeh nulibi thibi meehun. ilmu hoadhan ithurah masakkatheh ves kuran nujeheyhen heevaa meehun. Emeehunnah ehyge atheh dhikkollan jeheny aharumennennu dho? veehaaves varakun aharumennah libifaivaa heyo ilmeh ehen meehunnah foaru kohdhinumaky aharumenge zimma eh 🙂
Janaa vaahaikaiga Shafaq aa Visam marry kohgen ulhefa kulliakah dhen mi bai,, Alhaa nula atleast some ppl like it
alhe Shafaq aa Wisaam ge bayah muhimmu baeh noontha mee? Wisaam ge maazy mihaaru Shafaq ah engemun midhany vaahakaige therein. Adhi miaffahu kuriah othy Wisam aai Shafaq ge bai rangalhah. 😀 Adhives effaharu bunelan kuriah huri baithavves kiyaalan. mashhoorukan gellidhaane thy ve ehnoon mihen mi bunany. mikahala vaahaka akah libey tharuheebu kuda vaanekan jana ah engihure vaahaka mi kuriah gendhany. Ekamaku hated guy kaireega kuriah dhiyumah mi bunany mi vaahakain Allah ge iraadhafulhun hated guy ge hayaathah dhuvahakuves nulibey fadha ufaaverikameh genevidhaane gotheh fahivaanehen heevaathy. 🙂
Ehen liyunee liyun therikan huttu vaakah noon, Umeedhu kuri gothaa hilaafah vaahaka gendhaathee vegen
Nevermind n no hard feelings
Ummeedhu kury kihineh baa? 🙂 Wisaamaky vaahaka feshunu iruves deenah nafrathu kuraa meehegge gothuga sifavegen ai meeheh. Ehen othiyya eyge fahathugai vi sababu annan vaane dho ggg? 🙂
Masha Allah varah furihama..comment nukuriyas kiyah mi vahaka ..varah furihama ..mi site IH kiyaa ehmme reethi vahaka mii..Jana hama ragalhah thibunii mi kahala vahaka thahkah dhey tharu heebu varah kuda vaaaney hn vahaka thakah vureh..hithah araa kivegeh baaa ey ehn ey vanii?? Negative comments mikahala vahaka thakah ginain kohfa huhnaanii..
ragalhu iburah therii vahaka eh viyaaa…Jana keep it up ..varah gina ehchehi dhasvey mihaaru janaa ge thi fb post thakuh ..thankiu janaa..allah thi kuraa mashah kathuga baraakaih lahvaashii..kaaamiyaabu mih varu kurah vaashii aameen..thi gothuga Kuriyah dhaathi..tvvvgc.. Waiting 4 the next part
Ey abadhuves ekan onna gothey Araa 🙂 rangalhu kamakattakai thedhuvaa meehakaa dhathithah kurimathivaane. Ey hageegaiy. Rasoolu beykalun emme gina imthihaanthakaa kurimathilavvan jehuny ves ebeykalun hagguge bas bunythyve 🙂 ehenvyma ey hithaama kuranvy kameh noon. haqeeqathuga jana ufaavany egothah kanthah veema. Rasool (SAW) ge hiyvvarugadhakan thasavvuru kurevey mi masakkathuge therein. Alhamdhulillah! 😀 vvvv ufaavejje Araa avves faidhaa kuraakan engunyma. Araa ge dua gai Jana ves baiveri van. Ameen! 🙂
thives thedheh…
🙂
Jana I will read till end… Thanks n all the best
In Sha Allah. Jazakallah Khairan for the support 🙂