އަޔާން ވަރަށް ބަލައިގެން ކިއާރާގެ އަތުގައި އެކި ވައްތަރުގެ މަލާއި ހިތާއި ރީތި ޑިޒައިންތަކެއް ކުރަހަންފެށިއެވެ.
“100 ކިލޯ…” އޭ އަޔާން ވަކިން ޖަހާލުމުން ކިއާރާ ހޭންފެށިއެވެ. “ދެން ޖަހާ މިއަދުގެ ޑޭޓް އެން ތި ލިޔުނީކާކުކަންވެސް ލިޔަންޖެހޭނެ..” ކިއާރާ އެހެން ބުނެލީ އެ ޕްލާސްޓަރ ގަނޑުގައި އަޔާންގެ ނަން ޖަހަން ބޭނުންވާލެއް ބޮޑުކަމުންނެވެ. އަޔާން މައްސަލައެއްނެތޭ ބުނެފައި ޕްލާސްޓަރ ގައި އެދުވަހު ތާރީހް އާއި އަޔާންގެ ނަން ޖަހާލިއެވެ. “ވެ..ވެއިޓް…” ކިއާރާ އަތަށް ބަލާލާފައި ދެބުމަ ގޮށްޖެހިއެވެ.. “ޖޫން؟ އިޓްސް ނޮޓް ޖޫން… މީ މާޗް..” ކިއާރާ ބުންޏެވެ.. އަޔާން އަނގަމަތީ އަތް އެޅިއެވެ. ބުނާނީ ކީކޭ ބާއޭ އޭނާ ހިތަށް އެރިއެވެ. “ނޯ ކިއާ މީ ޖޫންއޭ… މޮޔަ..” އަޔާން ހަމަޖެހިލަމުން އެހެން ބުންޏެވެ. “ނޯ… އިއްޔެ ނޫން އަނެއްދުވަސް އެއީ މާޗް 10. އަމް ޝުއަރ އައި މީން…” ކިއާރާ ބޮލުގައި ހިފަހައްޓާލިއެވެ. “ކިއާ ތިއުޅެނީ ނުބައިކޮށް ބަލައިގެން….” އަޔާން ވާހަކައިގެ މައުޟޫ ބަދަލުކުރިއެވެ.
އެދެމީހުން އެތަކެއް އިރު އެހެން ވާހަކައިގައި ތިއްބެވެ. ނަރުސް ކިއާރާގެ ބޭސްކާ ގަޑިޖެހުމުން ބޭސް ހިފައިގެން އައެވެ. “ކައިފިންތަ؟” ނަރުސް އަހާލުމުން ކިއާރާ އާއެކޭ ބުނުމުން އޭނާ ބޭސްދިނެވެ.
“ދެން ކިއާ އަށް ނިދޭނީ ބަޓް ބިފޯރ ދެޓް.. އަޔާން އެބައިންތަ ޒާއިންގެ ނަމް؟” ކިއާރާ އެހިއެވެ. އަޔާން ކިއާރާގެ އެނދު ތިރިކުރުމަށްފަހު ހުމް އޭ ބުންޏެވެ. ކިއާރާ ނުބުނަނިސް އަޔާން އޭނާގެ ފޯނު ނަގާ ކިއާރާއާއި ހަވާލުކުރިއެވެ. “ޕާސްވޯޑް؟” ކިއާރާ އެހިއެވެ.. “3655” އަޔާން ލަސްލަހުން ބުނެލީ ކިއާރާއަށް ލިޔެވޭނެހެންނެވެ.. ކިއާރާ ބުމަ ހިއްލާލިއެވެ. “އެޔޯ؟؟” ކިއާރާ އެހިއެވެ.. “ނަމްބަރެއްނު..” އަޔާން ބުންޏެެވެ. “އައި މީން ރެފާރސް ޓު؟” ކިއާރާ އަނެއްކާވެސް އެހިއެވެ. ފޯނު ހުޅުވާލުމަށްފަހުވެސް އެނާ އިނީ އަޔާންގެ އިންތިޒާރުގައެވެ. “އެއީ ސިއްރެއް..” އަޔާން އެހެން ބުނުމުން. ކިއާރާ ލޯ ހަނިކޮށްލުމަށްފަހު ފޯނުގެ ހޯމްސްކްރީންއަށް ބަލައިލިއެވެ.
އޭގާ އިނީ ރިހާނާއާއި އަޔާންގެ ފޮޓޮއެކެވެ. “އެއީ ކޮން ކުއްޖެއް؟” ކިއާރާ އެހިއެވެ.. “އެއީ ހަންކޮ… ދޮންބެ ގެ ދަރިފުޅު..” އަޔާން ބުންޏެވެ. “އޯ ނައިސް..” ކިއާރާ އެހެން ބުނެފައި ފޯނުގައި ޒާއިންގެ ނަމްބަރު ފަރިތަކަމާއި އެކު ޖަހާލީ ކޮންޓެކްޓް އަށް ގޮސް ހޯދަން ބޭނުންނުވާތީއެވެ.
ކިއާރާ ފޯނު ކަންފަތުގައި ޖެހިއެވެ. “ސްވިޗް އޮފް..” ކިއާރާ ބުނެފައި އަޔާންއަށް ބަލައިލިއެވެ.. އަޔާން ދެލޯ ބޮޑުކޮށްލީ އެއްޗެއް ހަނދާންވުމުންނެވެ. އެމީހުން އަދި އުޅެނީ ރާއްޖެއަކު ނޫންތާއެވެ. “އެހެންތަ އާނ މި ވައިބާރ އިންގުޅާބަ އެބައުޅޭ ދިރާގް ގަ މައްސަލައެއް… ތަންކޮޅެއް ކުރިންވެސް މަމް ގުޅިއޭ… ދެން ދެތިންފަހަރު ގުޅާލިތަނާއޯ ގުޅުނީ… ވައިބާއިން ޗެކް ކޮށްބަ..” އަޔާން އަވަސް އަވަހަށް ފޫ ބައްދާލިއެވެ. ކިއާރާ އެހެންހޭ ބުނެލުމަށްފަހު ވައިބާ އަށް ގޮސް މާ ބޮޑު އެއްޗެއް ނުބަލާ ޒާއިންގެ ނަމްބަރ ހޯދާލާފައި ގުޅާލީ އޭނާ އޮންގަ އިނީމައެވެ.
“އޭނާ އަޔާން ނަމްބަރ އިންގުޅީމަ ކިހިނެއްބާވާނީ…” ކިއާރާ އެހެން ބުނެފައި އިނީ ޒާއިން ނަގަންދެންނެވެ. “ހަލޯ؟؟؟” ޒާއިން ގެ އަޑުގައިވަނީ ހިތްހަމަނުޖެހުމުގެ ރާގެކެވެ. ކިއާރާ ދެބުމަ ގޮށްޖަހާފައި ޒާން އޭ ގޮވާލިއެވެ.
“ކިޓީ؟؟” އެކޮޅުން އިވުނެވެ. ކިއާރާ ހުމްމް އަޅުވާލިއެވެ. “ކިހިނެއް އަޔާންގެ ނަމް؟؟ އައި މީން….” ޒާއިން އެހިއެވެ. “އަޔާން މިތާ އިނީމަ… ޒާން ދެންމެ ޒާންގެ ނަމްއަށް ގުޅީމަ ސްވިޗް އޮފް އޯ އެ ކީއްވެ؟؟” ކިއާރާ އެހިއެވެ.. “އެހެންތަ.. އަޔާން ކީކޭ ބުނީ އެކަމާ؟” ޒާއިން އަހާލީ އަޔާން ބުނި އެއްޗެއް އޮޅުން ފިލުވާފައި ޖަވާބުދޭށެވެ. އެހެން ނޫނީ ދެގޮތަށް ބުނިއްޔާ ކިއާރާ އަށް ޝައްކުވާނެއެވެ. “އަޔާން ބުނީ ދިރާގް މައްސަލައެކޭ… ” ކިއާރާ އަޔާންއަށް ބަލާލާފައި ބުންޏެވެ. އޭރު އޭނާގެ ދެލޯ މެރެނީއެވެ. އެ ބޭހުގެ އަސަރު ކުރަމުންދިޔައެވެ.
“އާނ ތެދެކޭ… ދިރާގް ގައި އެބައުޅޭ މައްސަލައެއް.. ކިޓީ މިއުޅެނީ ކިޓީ ކައިރިއަށް ދާން މާދަން އިން ޝާ ﷲ…” ޒާއިން ބުންޏެވެ.. ހިތާހިތުން އަޔާން އެ ދެއްކި ބަހަނާ ގަބޫލުކުރިކަން ނަސީބޭ ކިޔާލަމުންނެވެ. ނަމަވެސް ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. އަޔާން އެތާ އެ އިނީ ކީއްވެބާއެވެ؟
ޒާއިންއާއި ވާހަކަދައްކަމުން ދަނިކޮށް ކިއާރާ ދެލޯ މެރެމުން ގޮސް ވާހަކަދެއްކޭލެއް ލަސްވަމުންދިޔައެވެ. އަޔާން ފޫހިވުމެއް ނެތި އިނީ ކިއާރާއަށް ބަލަންށެވެ. އެ ދެލޯ މެރޭގޮތާއި ވާހަކަ ދައްކަން އަނގަހުޅުވާލާ ގޮތުން އާޝޯހުވެފައެވެ. މިވަރަށް އެހެން މީހެއްގެ އާދަތަކަށް އޭނާ ނުވެސް ބަލައެވެ. ކިއާރާ ފުން ނިންޖަކަށް ގެނބުނީ ޒާއިންއާއި ވާހަކަ ދައްކަ ދައްކަ އޮއްވައެވެ. އަޔާން މަޑު މަޑުން ފޯނު ނަގާލައިފާ ކަންފަތުގައި ޖަހާލިއިރު ޒާއިން ކިއާރާއަށް ގޮވަނީއެވެ. “ދެންމެ ބޭސްކެއީ އެހެންވެ އެ ނިދުނީ..” އަޔާން ބުންޏެވެ.. “އެހެން… ތިތާ ކީއްކުރަނީ؟ ކޮބާ ސޭމް؟ ފަތުހީ ސަރ؟” ޒާއިންގެ ރާގު ވަގުތުން ބަދަލުވިއެވެ. “ވަރަށް ބޮޑު ޒިންމާއެއް އެޅިފައިއޮތީމަ… އޭނާ ހަނދާނެއް ނެތް ސަމާހްއެއް.. ސަމާހް އެދުނީ ރަނގަޅުވަންދެން އިނުމަށް.. އޭނާ ހިތްހަމަޖެހޭނޭ ބުނީމަ…ކިއާރާ ބައްޕަ މިރޭ އޮފީހަށް ދާންޖެހުނީމަ ކިއާ އެކަނިވާނެތީ އިނީ..” އަޔާން ބެލީ ވީހާވެސް މަޑުން ވާހަކަދައްކާށެވެ. “އޯހް… އޯކޭ ޓޭކް ކެއަރ އޮފް ހަރ. އެން ކުޑަ ކަމެއްވެސް ވިޔަސް… އަޔާންގެ ސަބަބުން އޭނާ އަށް ކުޑަ ކަމެއްވިޔަސް ހަނދާން ބަހައްޓާތި… އަޔާން ދިން އަނިޔާ ކުޑައެއްނޫން އިނގިއްޖެއެއްނު… ދެން މިއަދު އެ ހިތަށް އަނިޔާ ދޭން އަޔާން ނުވިސްނާތި…” ޒާއިން އެހެން ބުނެފައި އަޔާންގެ ޖަވާބެއް ނެތި ފޯނު ކަނޑާާލުމުން އަޔާން ފުންނޭވައަކާއި އެކު ކިއާރާއަށް ބަލާލިއެވެ. އަދި އަނެއްކާވެސް އިށީނުމަށްފަހު މޫނުގައި އަތްއަޅިއެވެ.
……………………….
“ހޭ އާލިޔާ އަދުނާން..” ކިއާރާ ދެލޯ ބޮޑުވިއެވެ. އޭނާ ވަގުތުން ސައީދާއަށް ބަލައިލިއެވެ. ސައީދާވެސް ދެބުމަ ގޮށްޖަހާލައިގެން ހުރީ އަޔާންއަށް ބަލަންށެވެ. “ކީކޭ؟؟؟ ކީކޭ ތިބުނީ؟؟” ސައީދާ އަޔާން އާއި ދިމާލަށް ބުންޏެވެ.. ކިއާރާ ތެޅިގަތެވެ. “އެއްޗެކޭ އޭނާއެއް ނުބުނެ… މިހާރު މިތަނުން ދޭ… އަދި ބުނަން އަމް ސޮރީ މީ ތިކަހަލަ ވިޔާނުދާ ކަންކަމު……….” “ސްޓޮޕް އިޓް އާލިޔާ… ތިމާ ރަނގަޅުތޯ ބަލާފަ އެހެންމީހުންނަށް ވިސްނައިދީ…” އަޔާން ބުނެލީ ކިއާރާ ވާހަކަ އޮޅުވާލަން އުޅުމުންނެވެ. ކިއާރާގެ ލޯބިވާ އަޔާން އޭނާ އެ ވައްޓާލީ ކޮންފަދަ ބޮޑު ވަޅުގަނޑަކަށް ކަމެއް އޭނާއަށް ވެސް ނޭނގެއެވެ. ސައީދާ އަޔާންއަށް ބަލައިލާފައި ކިއާރާއަށް ބަލައިލިއެވެ. އެބަލާލުމުން ކިއާރާތެޅިގަތެވެ. އޭނާ ތުރު ތުރުއަޅައިގަތެވެ. “އަ..ޔާން.. ޕްލީސް… ކީ.ކޭ ތި ކިޔަނީ….” ކިއާރާ ސައީދާއާއި ދިމާ ބަލަންހުރެފައި އެހެން ބުނެލިއެވެ. އަދި ވަގުތުން ފަސްއެނބުރި ދާން ހިނގައިގަތީ ކަރުނަތަށް ދޫކޮށްލައިގެންނެވެ. އަޔާންއެވެ. ތިހެންނުހަދާށެވެ. ރީއްޗަށް ބުނެގެންވެސް އަޔާންގެ ދިރިއުޅުމުން ހިނގައިދާނަމެވެ. އެކަމް އަނބުރާ އެ އާލިޔާ ގެދިރިއުޅުމަށް ގެންދަން ނޫޅޭށެވެ. އެވާހަކަތަށް އޮތީ ކިއާރާގެ ހިތުތެރޭގައެވެ.
“ކީއްވެ އާލިޔާ އަދުނާންއޭ ތިބުނީ..؟” ސައީދާ އަޔާން ކައިރިއަހާލިއެވެ. އެއަޑުއަހާފައި ކިއާރާ ފުންނޭވާތަކެއް ލާންފެށިއެވެ. އަދި އަޔާންއާއި ދިމާ ބަލައިލިއެވެ. ދެކޮޅަށް ބޯ ހަރަކާތްކޮށްލީ ނުބުނާށޭ ބުނާފަދަގޮތަކަށެވެ. “ޕްލީސް ނުބުނޭ. ޕްލީސް…” ކިއާރާ ބުނެލީ ސައީދާއަށް ނޭނގޭހެން އަނގައިން އަޑެއް ލައްވައިނުލައެވެ. އަޔާންއަށް އެ މަންޒަރު ފެނުނެވެ. އެ ބުނި އެތިވެސް އިނގުނެވެ. “އާނ މީ އާލިޔާ އަދުނާން.. ކިއާރާ އަކަށް ވެގެން އައިސް އުޅޭ…” އަޔާން އެހެން ބުނެލީ ކިއާރާއަށް ބަލަންހުރެފައެވެ. “ކީކޭ؟؟؟ އާލިޔާ؟؟؟” ސައީދާ އެހެން ބުނެފައި ބަލައިލީ ކިއާރާއަށެވެ. އަޔާން ކިއާރާއާއި ދިމާލަށް ނިއްއަރުވާލިއެވެ. ކިއާރާ އެ ހުރިތާ ހުރެވުނީއެވެ. ނުބުނާށޭ ބުނެ ބޯ ހަރަކާތްކޮށްލިއެވެ. އޭނާ އަށް ރޮވުނެވެ. ސައީދާ ކިއާރާއަށް އޭރުވެސް ބަލަންހުރީއެވެ. “ކީއްވެ އޭނާ އާލިޔާއަށް ވާންވީ؟” ސައީދާ އަހާލިއެވެ. އޭނާ ބޮލުގެ ބޭނުންކުރީ އަދިވެސް ކިއާރާގެ މައުލޫމާތު ހޯދަންށެވެ. “އެހެރީ ވެފައެއްނު…. މީގެ އަހަރުތަކެއް ކުރިން ގެއްލިފަ އަނބުރާ އައީ ކިއާރާއަކަށްވެގެން.. އެހެންނޫނަސް ކީއްކުރަން އޭނާ ކަހަލަ އަސްލު ފޮރުވާ މީހެއްގެ ފަހަތުން ތިއުޅެނީ.. ރަނގަޅުވާނީ އެކަމާ ނޫޅުނިއްޔާ…” އަޔާން އެހެން ފަހު ޖުމްލަ ބުނެލީ ސައީދާ ކިއާރާގެ ފަހަތުން ނައްޓާލާނެކަމަށެވެ.
……………………………………………………………………………
ނިމާލް ގޮވައިގެން ސައީދާ އައުމާއި އެކު ކިއާރާ ފަހަތަށް ޖެހިލިއެވެ. އެ ބައްޕަގެ އަމަލުތަށް ކިއާރާއަށް އިނގެއެވެ. ކިއާރާ ބޯ ދެކޮޅަށް ހަރަކާތްކޮށްލީ ކިއާރާއާއި ދިމާލަށް އައި ނިމާލް އަށެވެ. ނިމާލް އައިގޮތަށް އައިސް ކިއާރާގެ ކަރުގެ އެއްފަޅީގައި ހިފާފާ އެނދާއި ދިމާލަށް އެއްލާލިއެވެ. “ކަލޭ ކީކޭ ހިތާ ތިއުޅެނީ މިތަނަށް އައިންސުރެ އަނގަ ހުއްޓާނުލާ.. ކަލޭ މާ މޮޅު ކަމެއް ކުރެވުނީތަ؟ މާ މުއްސަނދިވީމަ ހީނުކުރައްޗޭ އަހަރެމެންނާއި އައިސް ޖަދަލު ކުރެވޭނެކޭ.. މިތާ ހިނގާނީ އަހަރެންގެ އަމުރު…” ނިމާލް ބުނެލިއެވެ.
ކިއާރާ ގަތްބިރެއްގެ ސަބަބުން އިތުރަށް ރޮވުނެވެ. އޭނާއަށް ސިފަވަމުން ދިޔައީ ނިމާލް އެރޭ އައިގޮތެވެ. އޭގެ އިތުރަށް އައި މީހުންނެވެ. ކިއާރާ ތުރު ތުރުއަޅައިގަތެވެ.
…………………………………………………
“އަޔާން!!!!!!!!!!!!!!!!!!!!!!!!!!!!” ކިއާރާ ދެލޯ ހުޅުވާލާފައި ނިދިން ހޭލެވުނީ ބާރަކަށް އަޔާންއޭ ކިޔާފާ ހަޅޭލަވައިގަންނަމުންނެވެ. އޭނާ އޭރު ދާހިތްލާ ފޯވެއްޖެއެވެ. ހާޓް ބީޓް މެޝިން ދިޔައީ އެލާރޓް އަޅަމުންނެވެ. ދެއަތުން މޫނު ފޮރުވާލައިގެން ނިދިފައި އިން އަޔާން ސިހިފައި ކިއާރާއަށް ބަލައިލެވުނެވެ.. ވަގުތުން ގޮނޑިންތެދުވެވުނީ ގަތްބިރެއްގެ ސަބަބުންނެވެ. އޭނާގެ ނަޒަރު ފުރަތަމަވެސް ދިޔައީ އެލާރޓް އަޅަމުންދިޔަ މެޝިނަށެވެ. “ކިއާ..!! ކިއާ ކިހިނެއްވީ؟؟” އަޔާން ކިއާރާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ކިއާރާ ޖަވާބެއް ނުދީ އޮތްއިރު ދިޔައީ އަވަސް ނޭވާތަކެއްލަމުންނެވެ. އަޔާން ދުވެފައި ބޭރަށް ނިކުތީ ނަރުހަކަށް ގޮވަންށެވެ. އޭރު އޭނާ ތުރުތުރު ލައެވެ. ނަރުސް އާއިރު މެޝިންގެ އަޑު ދިޔައީ އިތުރަށް ގަދަވަމުންނެވެ. އަޔާން ބޭރުގައި މަޑުކުރީ ޑޮކްޓަރު ވަނުމުންނެވެ.
15 މިނެޓަށްވުރެ ގިނައިރު ވީ ފަހުން ޑޮކްޓަރ ނިކުމެލިއެވެ. އަޔާން އިށީނދެ އިންތަނުން ތެދުވެލިއެވެ. “އިންޖެކްޝަން ދީފައި އޮންނާނީ މިހާރު ނިދިއްޖެ… ވަރަށް މަސައްކަތްކުރާތި ވިސްނާވަރުގެ ކަމެއް ނުވޭތޯ..” ޑޮކްޓަރު އެހެން ބުނެލުމުން އަޔާން ބޯޖަހާލާފައި އެތެރެއަށް ވަނެވެ އޭރު މެޝިންގެ އަޑު މަޑު މަޑުން އިވެމުންދިޔައެވެ. ކިއާރާ އޮތީ ފުންނިންޖަކަށް ގެނބިފައެވެ. އަޔާން އަނެއްކާވެސް ކުރިން އިންތާ އިށީނދެލައިގެން އިނެވެ.
ފަތުހީ އައިރުވެސް އަޔާން އިނީ އެހެންނެވެ. ދެންމެ ހިނގި ކަންތަށް ކިޔައިދިނުމަށްފަހު އަޔާން ތަށިތަށް ގެނައި ކޮތަޅު ހިފައިގެން ހިނގައިގަތީ ކިއާރާގެ މޫނަށް ބަލާލާފައެވެ.
…………….
އަނެއްދުވަހުގެ މެންދުރެވެ. ކިއާރާ ދެލޯ ބޮޑުވީ ޒާއިންއާއި މައިޝާ އެކު އެކީ ކިއާރާ ކައިރިއަށް އައިތަން ފެނިފައެވެ. އެންމެ ފުރަތަމަވެސް ޒާއިން އައިސް ކިއާރާ ގެ ގައިގާ ބައްދައިގަތެވެ. “ކިޓީ.. ގޯޑް… ޕްލީސް ޓޭކް ކެއަރ އޮފް ޔުއަރ ސެލްފް މައި ކިއުޓީ ޕައި…” ޒާއިންގެ އަޑުގައިވަނީ ހިތާމައެވެ. އެމީހުން އެއާރޕޯޓުން ގެއަށް އައިގޮތަށް މަޑުވެސް ނުކޮށް އައީ ކިއާރާ ކައިރިއަށެވެ. އޭރުފަތުހީ ހިނިތުންވުމަކާއި އެކު އެމީހުންނަށް ބަލަން ހުއްޓެވެ. ކިއާރާ ވެސް ޒާއިންގެ ގައިގާ ކަނާއަތް ނުޖެހޭނެހެން ބައްދައިގަތެވެ. “ވަރަށް ފޫހިވޭ ނުވެސް ބުނޭ ދެމީހުން ދިޔައީ.. މައިވެސް ނުބުނެ ދިޔައީ.. ދެމީހުން އެކީތަ އައިވެސް މާލެ؟.” ކިއާރާ ޒާއިންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ އެހެން ބުނީ ފެންކަޅިވެފައި ހުރި މައިޝާއަށްވެސް ބަލާލަމުންނެވެ. އޭނާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. މައިޝާ ސޮރީ އޭ ބުނެލިއެވެ. ޒާއިން ކިއާރާ އާއި ދުރަށް ޖެހިލިއެވެ.
“ސަރ ނޯ ނީޑް ޓު ވޮރީ އިތުރަށް މިހާރު އަޅުގަނޑު މިއައީނު ދެން މައްސަލައަކަށް ނުވާނެ… ސަރ އެންމެ ރަނގަޅު ދެން އޮފީހަށް ދިޔަޔަސް” ޒާއިން ބުނެލީ ފަތުހީއާއި ދިމާލަށެވެ. ފަތުހީ ބޯ ޖަހާލާފައި ހިނގައިގަތީ އޭނާވެސް ދާން ލަސްވެފައި ހުރުމުންނެވެ. ޒާއިން އާއި މައިޝާ ކިއާރާ ކައިރި ތިބެގެން އެތަކެއް ވާހަކަތަކެއް ދެއްކިއެވެ. ކިއާރާ ހިނިތުންވުމަކާއި އެކު އަޔާންގެ ވާހަކަ ދައްކަމުންދިޔައެވެ. އޭނާއަށް އައިއްސާވާ ބަދަލެވެ. ޒާއިންވެސް މައިޝާވެސް މަސައްކަތްކުރީ ކިއާރާއަށް އެއްޗެއް ނޭނގޭނެހެން ވިސްނައިގެން ވާހަކަދައްކާށެވެ. “މީ ކާކު ލިޔެފަ؟” ކިއާރާގެ ޕްލާސްޓަރަށް އިޝާރާތްކުރަމުން ޒާއިން އަހާލިއެވެ. ކިއާރާ ޕްލާސްޓަރުގައި ލިޔެފައި އިން އަޔާންގެ ނަން ފެންނާނެހެން ދައްކާލިއެވެ. ޒާއިން މައިޝާއަށް ބަލައިލިއިރު އެ ނަޒަރުގައި ވަނީ ނުރުހުމެވެ. މައިޝާ ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. އަދި ހަމަޖެހޭށޭ ބުނެލީ އިޝާރާތުންނެވެ.
އަޔާންގެ އެބަދަލުގެ ސަބަބުން ކިއާރާ ގެ ހިތަށް ވަނީ ވަރަށް ބޮޑު ލުއިކަމެއް ލިބިފައެވެ. ތިންމީހުން އެކީ އަނެއްކާވެސް ސިހުނީ ދޮރު ހުޅުވިގެން ދިޔުމުންނެވެ. އެއާއި އެކު އެތެރެއަށް ވަދެގެން އައި ހަމްނާއާއި އަނާން އާއި އަޔާން ފެނިފައި ކިއާރާ ކުޑަކޮށް ދެލޯ ބޮޑުވިއެވެ. ޒާއިން އަޔާންއަށް ބަލައިލިއެވެ. އަޔާން ފިޔަވަޅުތަށް ހުއްޓި ބޭރަށް ދާން ހިނގައިގަތެވެ. އެތަން ފެނި ކިއާރާގެ ހިނިތުންވުން ފަނޑުވިއެވެ. ހަމްނާ އައިސް ކޮތަޅު ކަބަޑުމަތީ ބެހެއްޓިއެވެ.. “ޒާންބެމެން އައީތަ މިއަދު؟” އަނާން އެހިއެވެ.. “ޒާންބެ އައީ ދެންމެ…މައި ދައްތައަށްވެސް ދެން އާދެވުނީ ހެނދުނު..” ޒާއިން އަވަހަށް ބުނެލީ ކިއާރާއަށް ބަލާލަމުންނެވެ. އަނާން އަށް އެކަން އިހްސާސްވިއެވެ. “ހޭ ސިސް…” އަނާން ކުޑަކޮށް ކިއާރާ ގައިގާ ބައްދައިގަތެވެ.
“މިއަދު އަނާ ސުކޫލުން އައިގޮތަށް މިއައީ ސިސް އާއި މީޓްކުރަން….” އަނާން ބުންޏެވެ. “ބަލަ މިއައީ މާކަރ އެއްވެސް ހިފައިގެންނޭ..” އަނާން އަނެއްކާވެސް ބުނެލީ ލައިގެން ހުރި ސްކީނީގެ ޖީބުން މާކަރ އެއް ނަގަމުންނެވެ. ކިއާރާ ހޭންފެށިއެވެ. އަދި އަތުގައި އޮތް ޕްލާސްޓަރުގައި ލިޔުމުގެ ފުރުސަތު އަނާންއަށް ދިނެވެ. އަނާން ގުދުވެލާފައި ލިޔަންފެށިއެވެ. ޒާއިންގެ މޫނުމަތިން ފާޅުވާންހުރީ ނުރުހުމެވެ. އޭނާ އެތަނުން ނިކުންނަން ހިނގައިގަތެވެ.
އަނާން ކިއާރާގެ އަތުގައި “ގެޓް ވެލް ސޫން ސިސް” ޖަހާލިއެވެ. ހަމްނާ ކިއާރާ އަށް ގެނައި ކާ އެއްޗެހިތަށް ނެގިއެވެ. ފަތުހީ ކައިރި އޭނާ ވަނީ އެކަމަށް އެދިފައެވެ. އޭނާ ބޭނުންވީ ކިއާރާއަށް އޭނާ ހަދާ އެއްޗެހި ކާންދޭށެވެ. މައިޝާ ހިނިތުންވެލައިގެން ހަމްނާ ކާންދޭތަން ބަލަން އިނދެވުނީއެވެ. ކިއާރާ އެންމެ އެދުނުފަދަ ލޮތްބެއް އެ ލިބުނީ އޭނާގެ ހިތުގެ ރާޖާގެ މަންމަ ފަރާތުންނެވެ. ނަމަވެސް މިހާރު އެ ރާޖާ އަކީ ހިތުގެ އެންމެ އަޑީގައި ފޮރުވާލެވިފައިވާ މީހެކެވެ. އޭނާ އެއް ދެނެއް އެ ރާޖާ ހޯދާކަށް ނޫޅޭނެއެވެ.
އެ ހަތަރު މީހުންވެސް ދިޔައީ ވާހަކަދައްކަމުންނެވެ.
…
ޒާއިން ނިކުތްގޮތުންވެސް އަޔާންއަށް އެއައީ ކީއްވެކަން އިނގުނެވެ. ނަމަވެސް އިށީނދެ އިންގޮތަށް އިނީއެވެ. ޒާއިން އައިސް އަޔާން ކައިރި އިށީނެވެ. “އަޔާން!! އަސްލު އަޔާން ކިތަންމެ އުމުރުން ދޮށީ ވިޔަސް 30 އަހަރަށް އެޅިފައި ހުއްޓަސް އަޔާން އަށް ދުނިޔެއެއް ނޭނގޭ.. އެހެން މީހުންނަށް ވިސްނާކަށް ނޭނގޭ.. އަހަރެމެން މެދުގައި 6 އަހަރު ތަފާތު އޮތަސް ވަރަށް ގާތްކޮށް ދެކުނިން.. އެއީ އަޔާން އަކީ ގަދަރުވެރި ރަނގަޅު އެކުވެރިއެއް ވީމަ ހިއެއް ނުކުރަން އަޔާން އަކީ…….. މިހުރިހާ ދުވަހު އެއްޗެއް ނުބުނެ މި ހުރީވެސް ކިއާގެ ސަބަބުން މިއަދުވެސް ބުނަން ބޭނުންވާ އެއްވެސް އެއްޗެއް ނުބުނެވެ.. ނުވެސް ބުނެވޭނެ ކަންނޭނގެ… ކިއާ ހަނދާނަށް އެއްޗެހި އަންނާނެ ދުވަހުން ފެށިގެން ކިއާ އާއި ވައިވެސް ނޭޅޭތި..” ޒާއިން ބުނެލީ ކިތަންމެ މަޑުންކަމުގައިވިޔަސް އަޑުގައިވަނީ ނުރުހުމެވެ. އަޔާން އަތުގައި އޮތް ފޯނަށް ބަލަން އިނދެފައި ފުންނޭވައެއް ދޫކޮށްލިއެވެ. “ކިއާ ހަނދާނަށް އަންނަ ދުވަހު އަހަރެން ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް އޭނާ އަމިއްލަ އަށް ދުރުވާނެ..” އަޔާން އެހެން ބުންޏެވެ.. އެހެން ބުނިއިރުވެސް އެ ހިތުގައި ވޭންތަކެއް އެޅިއެވެ. އެ ދުވަސް ސިފަކޮށްލެވުނީއެވެ. ހަމައެވަގުތު އެ ހިތް ތެޅިގަތެވެ.
ވަގުތަކަށްފަހު ވަގުތެއް ދުވަހަކަށްފަހު ދުވަހެއް ނިމިގެން ދެއެވެ. ކިއާރާއަށް އޭނާގެ އެ ފާއިތުވެދިޔަ 3 މަހުގައި ހިނގި ކަންތަށް ސިފަވަމުންދިޔައެވެ. ނަމަވެސް އޭނާއަށް އެއިން ކޮންމެ މަންޒަރެއް ފެންނަނީ ބިރުވެރި ހުވަފެނެއްގެ ސިފައިގައެވެ. އޭނާއަށް އެންމެންގެ އޯގާތެރިކަން ލިބެމުންދިޔައެވެ. އެންމެ ލޯބިވާ އަޔާންގެވެސްމެއެވެ. ހިތުގައި އޮތް ލޯބި އިތުރަށް ފުންވެގެން ދެއެވެ. އެ ލޯބި އަޔާންއަށް އަންގަން ބޭނުންވެއެވެ.
ހަވީރެވެ. ކިއާރާ އޮތީ އަޔާން ކިޔައިދެމުން ދިޔަ ވާހަކައަށް ކަނުލާ އަޑުއަހާށެވެ. އެއީ ކިއާރާ މެލޭޝިޔާގައި އުޅެމުންފަށައިގެންވެސް ކިޔަމުން އައި ވާހަކަ ސީރީސްއެކެވެ. ކުރިންދުވަހަކު އޭގެ އާ ސީރިސްއެއް ނެރުނުވާހަކަ ފަތުހީ ފަރާތުން އިނގުމުން ކިއާރާ އެ ކިޔަން ބޭނުންވިއެވެ. އަޔާންގެ ކަންފަތަށް އެ ހަބަރު ފޯރުމާއި އެކު އޭނާ އެފޮތް ގަނެދިނެވެ. އަދި ކިއާރާ ކައިރި ހޭދަކުރާ ވަގުތުގައި އެ ފޮތް ކިޔައިދެން އިނދެއެވެ. ދެންމެއަކު އޮފީސް ނިންމާފައި ކިއާރާ ކައިރި މަޑުކޮށްލާފައި ދިޔަ ސަމާހް އާއި ޒާއިން އާއި ފަތުހީ ދިޔައީ އަންނާނެކަމަށް ބުނެފައެވެ. ކިއާރާ ބަލިވިފަހުން އަޔާން އޮފީހަކަށް ނުދެއެވެ. ދިޔަޔަސް ވަކި އޭނާއަށް ފަރުވާތެރިކަމާއި އެކު ވަގުތެއް ހޭދައެއްނުކުރެވޭނެއެވެ. އެއީ ހަމްނާގެ އެދުމަކަށްވެސް އެކަން ވީތީވެ އޭނާ ކުޑަ ޗުއްޓީއެއް އޮފީހުން ނެގީއެވެ.
10756 Comments
Comments are closed.
Ryn
December 24, 2016 at 8:08 amMorning! And vrh try kurin 7 ge kurin up kureveythw but Even tho its holiday i will b busy ehnve nukurevuny! So tc guys 😉 and i guess edit kurevemun dhaa gwthakun may b 61 part or 60 part ah vedhaane hn! anyway bye bye 😉
ggg
December 24, 2016 at 8:18 amv reethi next part mirey tha Ryn?
?mixoo
December 24, 2016 at 8:30 amvarah reethi.. keep going ryn?
Aika
December 24, 2016 at 8:31 amV reethi. Ryn ah faseyha gadi ehga up kohdhinyma ragalhuvaaney. Waiting for next part??
Myn
December 24, 2016 at 8:33 amV v v ves reethi mihaaru story. Evening n night ga ves innaane parts dho ryn
shara
December 24, 2016 at 8:34 amhi ryn.. gud morning.. adhi nuves kiya mi comment kury ingey rythivaanekan..
hope
December 24, 2016 at 8:35 amRyn thee nohlivaram kuhjeh dho
Kiyaaraaaa
December 24, 2016 at 8:40 amYeyyy…alhey zain ah kn kameh tha… eyna ayaan aaa vaahaka dhekki gothun maes rulhi gdha vejje
?
December 24, 2016 at 8:48 amEhen dho vaany. Ayaan ge amaluthah ves hury ragalhakah noon. Kiyaa aa dheytherey treat kury Vvvv goes koh without any respect at all. So, being her besty, zaain ah Haggu dhw rulhi Annan? ?
Boo
December 24, 2016 at 12:18 pmAyaan ah vaanuvaa neygenya ayaan ge amalutha ves hunaany ehnn dhw..
Zain
December 24, 2016 at 6:29 pmMiha avahah aharen koh dhin kanthahthah handhaan nathaaly dhw.. Enme rangalhey.. Aharen vx dhen noolhen kiaa ah rangalhah kanthahthah kohdheykah
Cutee
December 24, 2016 at 8:43 amV vv salhi..dhn kn ihrakun up kuraane??
Faathee
December 24, 2016 at 8:47 amV reethi. Kiyaa ehkoh rangalhu ve alun Ayaan aa vaki vaan vehjeyaa foohi ingey. Waiting
Hasna
December 24, 2016 at 9:10 amIyye noon aneh dhuwaheh naannaane “iyye noon ihah dhuwas” annaanee nuny” iyye ge kuree dhuwas”
Fareeeaa
December 24, 2016 at 9:29 am3655 e ee doll dhw.ayaan ge phone ge pass word akeee…..nice story ryn
Ly
December 24, 2016 at 2:47 pmKn doll eh??
?zu?
December 24, 2016 at 6:47 pmEi aliyaa ge index num schl ga
Miya
December 24, 2016 at 9:34 amMasha allah speechless ?? varah reethi. U r the best ?
Miya
December 24, 2016 at 9:34 amMasha allah speechless ?? varah reethi. U r the best ???
hyla
December 24, 2016 at 10:08 amayaan and kiyaa plx ryyyyn.. eyrun miah vure rythi vaane
Zuha
December 24, 2016 at 10:32 amMi accident ves mee true story Ge varah tha
Zuha
December 24, 2016 at 10:33 am*baeh
Issa
December 24, 2016 at 11:37 amV nice story.. Keep it up ryn!!??
me
December 24, 2016 at 12:07 pmWow its really nice.
Kalhu handi
December 24, 2016 at 12:34 pmWow… Mihairu dhn mi vaahaka ehkoh kiyaa hithun idheveny ehves noon… V salhi..
Anonymous
December 24, 2016 at 12:47 pmHey ryn haadha gina beyekey adhi vex. So much to happen dw. Aslu v ufaavey ehen liyuntherinna hilaafah ryn komme dhuvahaku two nuvatha three parts up kureveytho balaaathy. Ehenve v kiyaahithun kiyaalevey. Komme dhuvahaku vex beley up vefa in tho part thah. Mi stryhama habeyx. Btw story ga inaanee happy ending ehtha sad ending ethaa? I cant wait ?
Shaaraa
December 24, 2016 at 12:48 pmHeyyy soo tru anonymous. Ryn is the best
Ly
December 24, 2016 at 2:49 pmOf course. Happy ending ekehnnu innany.. Ryn ge hurihaa story eh ga vx hunnany happy endings
Faxoo
December 24, 2016 at 1:04 pmvrh retehi mibaives MaShaAllah, Ryyn keep going forward. yuhre still the best!
Shys
December 24, 2016 at 1:46 pmwAiting for next part. kiyaa n ayaan dhen vAki nukurachey ryn plx….
…..mi bai ves v salhi……
mai
December 24, 2016 at 1:49 pmi will kill zaain cx ayaan aa talk kuri gothun…
nice story
…….
samaah
December 24, 2016 at 1:53 pmma dhera viyas e manje loabi vaa meehakah ingey dheynyii imn ayaanah
Kiaa
December 24, 2016 at 6:18 pmMai Kyve zain maralany… Zain aky mai ge husband ey.. Dhen mashah ma kan dhakkane kameh neh
Ayaan
December 24, 2016 at 2:14 pmRyn varah reethi ingey story. You are the best. Ahannah ingey Kiaa dheyny. She is my doll eh nun ehemvyma Samaah ah nudheythi Kiaa. I am the first one who met Kiaa before that Samaah
Anonymous
December 24, 2016 at 2:53 pmKaleyakah nudheynan… Ingijje.. Ma ma rangalhah emanje balahattanan…
Anonymous
December 24, 2016 at 4:04 pmAyaan kae ah kiyaa haggu vaany ves mi vaahakaaga iam sorry
Saieedhaa
December 24, 2016 at 4:12 pmmee kon kameh??!! mashah eyna beleyne kurin ves beli gothah!!!!!!!!!!!! i want money n baeh faharu nimaal ves balai dheyne………… so i hope u guys will leave her!!!!!!!!!!!
Saieedhaa
December 24, 2016 at 4:17 pmmagey beynun gotheh hadhaanee… kurin dhuvahu fight eh kohfa police ah engiyas….. dhn ekakah ehhkAmeh ves nukureveyne……!!!!!!
Anonymous
December 24, 2016 at 4:22 pmohh sorry we will’nt leave her.
Aaliyaa
December 24, 2016 at 4:43 pmseriousely saieedaa are u even human!!!
by the way it is saeedha not “”saieeeeeedaaaaaaa”
Fathu heee
December 24, 2016 at 6:12 pmSaeedha manje akah nukereyne aaliya gendhaakah madhuniyeyga hurihaa hindhu
Kiaa
December 24, 2016 at 6:14 pmAyan Aharen beynumy ayan.. Kaleymen dhurah dhey.. Thy aharen dhanna baeh nun…
Kiaa
December 24, 2016 at 6:19 pmYay.. Dad aharen e saeedha kairin salaamai kohdheyne
Ayan
December 24, 2016 at 6:25 pmKia.. Aharen vx mihurynun.. Aharen vx Kiaa dhen salamai kohdheynan..
Kiaa ge loabiva ayan
Farth Rau
December 24, 2016 at 2:41 pmAlhe rynooo kobaaa? Kon irakun next part???
Ly
December 24, 2016 at 2:51 pmHave patience.. Adhi upkurane mirey
Fin
December 24, 2016 at 4:03 pmVvvv salhi.. Waiting
Hemdhey
December 24, 2016 at 4:37 pmHey ryn sis I miss you a lot!!!
your story is improving day by day!
Proud to have a sis like that???
Maisha
December 24, 2016 at 6:00 pmStry vvv fab…….kobaatha alhe xaain
Xaain
December 24, 2016 at 6:01 pmHey maii im here
Kiaa
December 24, 2016 at 6:15 pmMai ah miharu aharen eh vx important eh nun dhw.. V foohi vey.. Ok ey zain ehurynu
hamna
December 24, 2016 at 6:16 pmma gendhaany kiyaa ahrnge dhabi dhari ehge gothuga
Fathuhee
December 24, 2016 at 6:22 pmEhnve dhw ma hamdharudhy vegen kan mi fonuvany… Mynage amilla faidha ahttaka… Hurebala… Dhen enme ka ethikolheh vx e manje ah Kaley fonuviya nudheynan..
Maisha
December 24, 2016 at 6:17 pmnooney kiaa vvv important eyy….Inge ehnnu Mai kiyaadheke vvv loabi vaakan
shamaah
December 24, 2016 at 6:54 pmKiyaa ehaa avahaka aharen dhurukohlee…kaleymen beynun haa ehceh nehedheyne….maskah…. mavex ohnanee hithekeyy…kiyaa ekani thrr lwbi vaan ingeyni…bala…mavex v loibeyy…..
Kalhu handi
December 24, 2016 at 7:23 pmSaeedha men v jaluga dho emyhunge habarehves v balaalan beynun emyhunnah aee kihaavarehge hukumeh tha..