އައިދަން އައުމުން ކުރިއެކޭ އެއްގޮތަށް ޒިއާމްގެ ވަގުތާ ސަމާލުކަން އަލުން ޔަލްދާއަށް ލިބޭނެ ކަމަށް ހިތަށް ވިސްނައިދީގެން ޔަލްދާ ކެތްކުރިއެވެ. ޒިއާމްގެ ހިތް ހޯދުމަށް ކުރިއަށް ވުރެ ބޮޑަށް ޔަލްދާ މަސައްކަތް ކުރަން ފެށިއެވެ. ކޮންމެ ދުވަހަކުވެސް އައިދަން މައިރާއަށް ގުޅައެވެ. އައިދަން ގުޅާނެ ވަގުތަކަށް މުޅި ދުވަހު މައިރާއަށް އިންތިޒާރު ކުރެވެއެވެ. ހެނދުނު ގުޅައިގެން ވާހަކަ ދެއްކުމަށް ފަހު ދެން އިނދެވެނީ ރޭގަނޑުގެ ކޯލުގެ އިންތިޒާރުގައެވެ. ދެ ހަފްތާ ދިޔައީ އެ ގޮތުގައެވެ. އައިދަން […]
މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އާރްޔަން އެގަޑީ ގޭގައި ނޫޅެނީ ނަސީބެކޭ މަލްދާގެ ހިތައް އެރިއެވެ. ސާރާގެ ދުލުން ބޭރުވަމުން ދިޔަ ހުރިހާ ޖުމްލައެއްހެން މަލްދާގެ ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައެވެ. މަލްދާ އަކީ ހަމަ އެހާ ގޯސް ކުއްޖެއް ހެއްޔެވެ. ހަޔާތުގައި އެންމެ އިތުބާރު ކުރި ދެމީހުންގެ ފަރާތުން މަލްދާއަށް ލިބުނީ ކެއްސެވެ. ދެން އިތުރަށް އިތުބާރު ކުރާނީވެސް ވަކި ކާކަށްހެއްޔެވެ؟ އަޒްހާން އޭނަ ކައިރީ އެހެދީ ހުސް ދޮގުހެއްޔެވެ؟ އަޒްހާން ދުވަހަކުވެސް މަލްދާ […]
ޔައިޝް ރުޅިއައިސް އެއިނީ ފޯނުގައި އިން އެއްޗެއްގެ ސަބަބުންކަން ގާތްގަނޑަކަށް ޔަޤީން ވާތީއެވެ.ފޯނު ބަލައިލުމާއެކު ތާނިމްގެ ދެލޯ އަތަށް ނައީ ކިރިޔާއެވެ.އޭނަ ދެރަވެސް ވިއެވެ.ހަމައެހެންމެ ކޮންމެވެސް ވަރަކަށް ހިންހަމަވެސް ނުޖުނެވެ.ކޮންމެއަކަސް އެންމެ ނުވާން އޭން ދުޢާ ކުރި ކަންތައް މި އޮތީ ވެފައެވެ.އާއެކެވެ.ޔައިޝް އުޅެނީ ހުދާއާ ހެދިންނެވެ.ކޮންމެއަކަސް ތާނިމް މި “ލަވް ޓްރެއެންގަލް” ތެރެއަށް ވަންނާކަށް ބޭނުމެއް ނޫނެވެ.އެއްކޮޅުން އަމިއްލަ ކޮއްކޮއެވެ.އަނެއްކޮޅުން އަމިއްލަ އަބިމީހާގެ ކޮއްކޮއެވެ.ހަމައެކަނި އަބިމީހާގެ ކޮއްކޮއެއް ނޫނެވެ.މިހުރިހާދުވަސް ވަންދެން ކޮއްކޮއެއްގެ ލޯބި އެންމެ ފުރިހަމަ […]
ދަރިފުޅާ ޔަމާނީ ” ހަމްޒާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ޔަމާނީއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ހީކުރި އޭނާ ކުޑައިރު މަންމަ އާއި ބައްޕަ މަރުވީ ކަމަށެވެ. އަނެއްކާ އަހަރެން މީ ހަމްޒާގެ ދަރިފުޅު ބާއެވެ؟ އޭނާ އާއި ހަވަމީ ވައްތަރުވަނީ މިހެން ވެގެން ހެއްޔެވެ؟ ޔަމާނީގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއް ކޮޅުން ހަވަމީ ހުރީ ގަބުކައިފައެވެ. ހަމްޒާ އެންމެންނަށް ކިޔައިދޭން ފެށިއެވެ. ޔަމާނީ ވިހޭ ދުވަހު އައި ތޫފާނެއްގަ ޔަމާނީ ގެއްލުނެވެ. އޭގެ ފަހުން […]
އަހަރެން ތަން ހުރިގޮތަކަށް ބަހައްޓާފައި އަހަރެންގެ އަންނައުނުތައް ނަގާ ފޮއްޓަށް އަޅަން ފެށީމެވެ. އަހަރެންނަށް ބައެއްފަހަރު ހީވަނީ އަމްނާގެ ސޫރަވެސް އަހަރެންގެ ކުރިމަތިންވެސް ފެންނަހެންނެވެ. ފޮއްޓަށް އެޅުނީ ކޯއްޗެއްކަމެއް އަދި އަދި އެޅުނު އެއްޗެހި ހަމަތޯވެސް ނުބަލާ ފޮށި ލައްޕައިލައިގެން އަހަރެން ނިކުތީމެވެ. އެއަށްފަހު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިއޮތް އަހަރެންގެ ކާރަށް އަރައިގެން އަހަރެންގެ ގެ ހުންނަ ސަރަހައްދަށް ދުއްވައިލީމެވެ. ބާރަށް ދުއްވާކަށްވެސް ނުކެރުނެވެ. އެފަދަ ކަމެއް މެދުވެރިވެދާނެހެން ހީވަނީއެވެ. މީހާގައިގައި އަޅަމުން ދިޔަ ތުރުތުރަށް މަޑުކަމެއް […]
“އައްދެ، މިހާރު މަންމި ކުއްޖަކަށް ވީ ދޯ!” ލަތީފާ އަދި މުހައްމަދު އެއްފަހަރާ ބުންޏެވެ. ލައްޔިން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ލައްޔިން ގެ މި ޖަވާބުން އޭނާގެ މަންމަ ދެކެ ލޯބިވާ ވަރު ފަހުމް ވެގެން ދިޔައެވެ. މަޣްރިބު ނަމާދުގެ ބަންގީގެ އަޑަށް އެންމެންވެސް ގޭތެރެއަށް ވަދުނެވެ. މުހައްމަދު ގޭ ތެރެއަށް ވަދެވުމާއި އެކު އަވަހަށް ވުޟޫ ކޮށްލައިގެން ނަމާދަށް ދިޔުމަށް އަވަސް ވެގަތެވެ. ލަމްހާ ވެސް ލައްޔިން ގޮވައިގެން ކޮޓަރިއަށް ވަނުމުން ލަތީފާ […]
އިރުއެރި އަރަމުން ދިޔައީ އަތިރިމަތީގެ ހިމުން ދޮންވެލިގަނޑު ގައި މިހުރިހާ މަންޒަރެއް ބަލަން މިޝްކާ އިންދައެވެ. ބުރުސޫރަ ރީތި ޒުވާން ފަންމިންޏެކެވެ. ބަލާބެލުމައް ފަންސަވީސް ސައްބީސް ވަރަކައް އަހަރުވާނެ ކަމައް ލަފާކޮއްލެވެ އެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނުވާއިރު ، އެރީތި ބޮޑު ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އާދެއެވެ. އެއްވެސް ފިކުރެއް ނެތި މޫދާ ދިމާލައް ބަލަން އިންނައިރު ދޭތެރެ ދޭތެރެއިން އަގައިން މަޑު ގިސްލުމެއް ނިކުމެގެން އާނއެކެވެ. ބަލާބެލުމައް ވެސް ކަމަކާ ހިތާމަކުރަނީ ކަން އިނގެއެވެ. […]
“ބޭބެއަށް ހީވާ އެއްޗެއް ބުނަންތަ.. ވިޝާމް ކޮންމެ ދުވަހަކު އަހަރެންނާ ބައްދަލު ކުރަން އައުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެ.. ދެން ބުނަންވީނުން” ހަމްޒާ އެއްކަނަވާއިން ހީލަމުން ބުނެލިއެވެ. “ހެހެ.. ނޫނޭ އެހެނެއް ނޫން.. އެކަމު އަޅުގަނޑު ކުޑަ ވާހަކައެއް ބުނަން ބޭނުން” ވިޝާމް ފުންނޭވާއެއް ލަމުން ބުނެލިއެވެ. “ކޮން ވާހަކައެއް؟” ހަމްޒާ އަހާލިއެވެ. “އަޅުގަނޑު ބޭނުން ލަމްހާއާ ކައިވެނި ކުރަން.” ވިޝާމް ބުނެލިއެވެ. **** “އަހަންނަށް ހީވީ ހަމަ ރަނގަޅަށް.. ވިޝާމް ކޮންމެ ދުވަހަކު އަހަންނާ ބައްދަލު […]
އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ޓާރމް ޓެސްޓްތައް އޮތުމުގެ ސަބަބުން މި ވާހަކަ ނުގެނެސްދެވި ލަސްވި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. ********** ދުނިޔެ މައްޗަށް އަލިކަމުގެ ކުލަތައް ވެރިވެފައިވީއިރު މުޅި މާހައުލު ފެންނަނީ ހިތްގައިމު ގޮތަކަށެވެ. 15 ބުރިއަށް ނަގައިފައިވީ އެން އޭ ކޮމްޕެނީގެ ކުރިމައްޗަށް ޕާރކްކުރި ކަޅު ކުލައިގެ ލެމްބޮރގިނީ ކާރަށް އެތައް ބައެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ކާރުގެ ދޮރުފަތް ހުޅުވުމަށްފަހު ކާރުން ނުކުތީ ރީތިކަން ހުސްކޮށްގެން ހުރި ޒުވާނެކެވެ. ކަޅު ކުލައިގެ […]