“ކަލެޔަށް ޖަވާބު ދޭނަން މިތަނަށް ސިފައިން އައިމަ..” އެމީހާގެ ހަރުކަށި ބަސްތަކުން ފާއިދުގެ ހިތަށް އަސަރު ކުރުވިއެވެ. އެތައް އަހަރަކަށްފަހު އެކަހަލަ ހަރުކަށި ބަސްތަކެއް އަޑު އިވުމުން ހަޤީގަތުގައި ފާއިދު ވަރަށް ދެރަވިއެވެ. “ބޭބޭ.. އަހަންނަށް މާފްކުރޭ..” ފާއިދުގެ އަޑުގައިވާ ހާސްކަން ހަމަހިމޭންކޮށްލީ އެތަނަށް އައިސް ސަލާމް ގޮވާލި ޕޮލިސް މީހާގެ އަޑުންނެވެ. “ބައްލަވާ! މިބޭފުޅާގެ ފެންވަރުމަތީ ކާރުކޮޅުން އަޅުގަނޑުގެ ފައިގަ އެޖެއްސީ.. ތިބޭފުޅުން މިކަން މާބޮޑު ކަމަކަށް ހައްދަވަން ނޫޅުނިއްޔާ ރަނގަޅީ.. އަޅުގަނޑު ބޭނުމެއް ނޫން […]
*’އައި ލަވް ޔޫ ޓޫ..’ ޔޫލީން ވައި އަޑުން ބުނެލުމަށްފަހު އޭނާގެ އަތުތެރޭގައި އޮތް ކައިލާންގެ އަތާ ކުޅެން ފެށިއެވެ. ކައިލާން ޔޫލީންގެ ދަތް ދޮޅީގައި ހިފަހައްޓާލުމަށްފަހު މަޑުމަޑުން ޔޫލީންގެ މޫނާއި ދިމާޅަށް ގުދު ވެލިއެވެ. ޔޫލީން އަވަސް އަވަހަށް ދެލޯ މަރާލިއެވެ.* ކައިލާން ލަސލަހުން ޔޫލީންގެ މޫނާއި ދިމާލަށް ގުދުވަމުން ދިޔައެވެ. ޔޫލީންވެސް ލޯ މަރާގެން ގަނޑު ވެފައި ހުރި އައިސް ގަނޑެއް ފަދައިން ހުއްޓެވެ. ނަމަވެސް… ކުއްލިއަކަށް ހޮޓެލް ގެ ބޭރު ދޮރު ހުޅުވުނު […]
* އިޒްކާން އާއި އެއްވަރަކަށް ހިނގަންފެށި ނީޝަލްގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. “އޭނަޔަށް އަހަރެންގެ ނަން އެނގުނީ ކިހިނެތް..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ނީޝަލް އޮޅުންގަނޑެއްގެ ތެރޭގައި ހުރިއިރު ނީޝަލް ސަލާމަތް ކޮށްފައި ހިނގައިގަތް ރޫހާންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލާފައިވަނީ ކާމިޔާބީގެ ފަޚުރުވެރި ހިނިތުންވުމެކެވެ. * ކުރިއަށް އޮތް ޓެސްޓަށް ތައްޔާރު ވާންވެގެން މިއަދު ކޮލެޖުގައި ބައިވަރު ފަރިތަކުރުންތައް ދިނެވެ. ފަހު ފަރިތަކުރުން ދިން ވަގުތު ހިޔާން އާއި ފައިލަމް އައިހަމް ގޮވައިގެން […]
އެތައްސުވާލެއް ސިކިޑިތެރޭގައި ދައުރުވަމުންދާއިރު އެއްވެސް ސުވާލެއްގެ ޖަވާބު ޒާރާ އަށް ނޭގެއެވެ.ގިސްލާ ރޮމުންދިޔަ ޔުއާންގެ ކުރިމައްޗައް ޒާރާ ތިރިވިއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޒާރާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އެދުވަހަކަށް ޒާރާ އިންތިޒާރުކުރަމުން ދިޔަ ދުވަސް އައިސް ޖެހުމުން ޒާރާއައް ކަންތައް ކުަރަންވީ ގޮތެއް ނުވިސްނުނެވެ. ޔުއާންދެކެ ރުޅިއެވެސް ނާދެވުނެވެ. މަޑުމަޑުން ޔުއާންގެ މޫނުގައި އަތް ޖައްސާލަމުން ޔުއާންގެ ކަރުނަތައް ޒާރާ ފޮހެލަދިނެވެ. ކުަރަން ބޭނުން އެތައް ސުވާލެއް ހުރިކަމަކު ފަށަންވީ ދިމާލެއްވެސް ޒާރާއައް ނޭގުނެވެ. “ޒާ […]
“ކޮބާ ތި ދެމީހުން ތައްޔާރު ވާން ފަށައިފިންތަ؟” ސަމާ އަހާލިއެވެ. ތާރާ އަށް ބަލައިލެވުނީ ކިޔާން އަށެވެ. ނަމަވެސް ކިޔާން އޭނައާ ދިމާއަށް ބަލާލުމުން ވަގުތުން ސަމާ އާއި ދިމާއަށް އެނބުރުނެވެ. “ނޫން. އަދި ނުވަން.” ތާރާ ޖަވާބު ދިނެވެ. “ބަލަ މިހާރު އެ މީޓިންގެ ފަހުން ހަފްތާއެއް ވަނިއްޔޭ.” އީކަން ބުނެލިއެވެ. “އަދި ނުވެފައެއް ނެތެއްނު.” ތާރާ ދުރަށް ބަލާލަމުން ބުނެލިއެވެ. “ވެފައެއް ވެސް ނެތެއްނު.” ޔުކްތާ ރައްދުގައި ބުނެލިއެވެ. “އަހަރެމެން މިހާރު 2 ލަވައަށް […]
“އަހަރެންވެސް މިހާރު މިހުންނަނީ އާން ދެކިލާހިތުން ކެއްމަދުވެފައި” ހީލަމުން ޒާރާ ބުނެލިއެވެ. އަދިވެސް އެއްފަހަރު ޒިވާއުރާލުމައްފަހު އަވަސްއަވަހައް ދަބަސް އަޅުވައިގެން ޔާނީ ގެއިންނުކުތެވެ. އެއާޕޯޓުގައި ނުކުނަމީހުން ނާއި ދިމާއައް ބަލަހައްޓައިގެން ހުރެ ޔާނީ އާން އައް ހޯދަމުން ދިއައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު ޔާނީ ފޫހިވެގެން ކުސްތަޅާލިއެވެ. “އަދިވެސް ތިގޮތް ކެޑޭކައް ނޫޅޭތަ… ކުޑަކުއްޖެއްހެން ތި ބޮޑާ ހާކަނީ…” ފަހަތުން އައިސް މީހަކު ޔާނީގެ ކޮޑައް އަތް ވައްޓަލަމުން ސަމާސާ ރާގަކައް ބުނެލިއެވެ. “ދޮންބޭ…..”ޔާނީ ބާރައް ގޮވާލަމުން އާންގެ ގައިގާ އޮޅުލައިގަތެވެ. އާންވެސް ހެވިފައިހުރެ ޔާނީ ގައިގާ ބައްދާލިއެވެ. “ނާންނާށޭ ބުނީމަވެސް އައީ ދޯ….. ކޮބާ ބައްޕަ؟؟” ޔާނީގެ ކޮލުގަ ހިފާލަމުން އާން އަހާލިއެވެ. “އެހެން އަދި ބުންޔަސް އަހަރެން ނައިސް ހުންނާނެތަ؟ ” ކޮލުގަ ފިރުމާލަމުން ހެވިލާފައި ޔާނީ ބުނެލިއެވެ. އެކިވާހަކައިގައި ތިބެ ގެއައް އައިސް ވަތް ދެމީހުން ފެނިފައި ސިޓިންރޫމްގައި އިން އާމިރު އައް ކޮޅައް ތެދުވެވުނެވެ. ހައިރާންވެފައި ބަލަން ހުރެވުނީ ލޮލައް ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައެވެ. ދުވަހަކުވެސް އެދަރިފުޅު ހެވިފައި ހުއްޓާ ނުފެންނާނެކަމައް އާމިރުއައް ހީކުރެވުނު ދަރިފުޅު އެހުރީ ހެވިފަ އާމިރުގެ ކުރިމަތީގައެވެ. އަވަސްއަވަހައް އައިސް އާމިރު އާންގެ ގައިގާ އޮޅުލައި ގަތެވެ. އިރުކޮޅެއް ވަންދެން ދެމީހުންނައް ބަލަން ހުރުމައްފަހު ޔާނީ ސިޑިއާއި ދިމާލައް ހިގައިގަތީ ޒާރާ ބަލައެވެ. ނަމަވެސް ކޮޓަރީގެ ދޮރުހުޅުވާލިއިރު ޒާރާގެ އެއްވެސް ހަބަރެއް ކޮޓަރިން ފެންނަން ނެތެވެ. “ޒާ…. ފާހާނައިގައި ޒާރާ އުޅެދާނެކަމައް ޔާނީ ގޮވާލިއެވެ. ނަމަވެސް ޒާރާގެ އެއްވެސް ހަބަރެއް ނުވިއެވެ. “ބައްޕާ….. ޒާ؟ “ސިޑިން ތިރިއައް ފައިބަމުން ޔާނީ އާމިރުއައް ގޮވާލަމުން އަހާލިއެވެ. “ބައްޕައައް ގުޅިއިރުކޮޅެއް ކުރިން…. ނުޒުހާ ކައިރީގައޯ ހުރީ… ތަންކޮޅެއް […]
ޔައިޝް އެތަން ތަރުތީބުކޮށް ނިމިގެން އެބުރުން ތަނާ ހުދާ އޭނަގެ އަތް ފުރަގަހުން ނަގައި އަތުގައި އޮތް ލިޕްސްޓިކް އިން ޔައިޝްގެ މުޅި މޫނުގަ އުގުޅުން ގޮތަކަށް އުގުޅިއެވެ.އަދި ޕަކަޕަކަލައި ހެމުން ހެމުންގޮސް އެދުމައްޗަށް ވެއްޓިގަތެވެ.އޭރުވެސް ޔައިޝް ހުރީ ހުދާ އޭނަގެ ؟ނޫމުގައި ހޭކީ ކޮންއެއްޗެއްކަމެއް ނޭގި ގަބުވެފައެވެ.މިހެން ހުރެފައި ކުއްލިއަކަށް މޫނުބަލާ ލޯގަނޑުން މޫނުބަލާ ލޯގަނޑުން މޫނު ބެލުމަށްފަހު ހަޅެއްލަވައިގަތެވެ.އަދި ހުދާ އާދިމާލަށް ހިގައި ގަތެވެ.ވަގުތު ހުދާ އެދުން ތެދުވެ ދުއްވައި ގަތެވެ. ހުދާގަނޑާ އައޭމް […]
ހެނދުނުގެ ވަގުތެވެ. ފަތިހު ތެދުވިގޮތަށް ޒީޝާން އުޅެނީ ރައްޓެހިންގެ ކަންކަމާ ހަވާލުވެގެންނެވެ. އެމީހުން ލަފާނެ ގަޑިއަށް އިންތިޒާރުކޮށްގެން އިރުވެސް ނާރަނީސް ދެ ތިން ފަހަރަކު ބަނދަރުމައްޗަށްވެސް ނުކުތެވެ. ލަސްވެގެން ކޮޅުކޮޅަށް ހިނގަހިނގާފައި ރައްޓެހިންނަށް ގުޅަންވެސް ގުޅިއެވެ. އެންމެ ފަހުން މާ ގިނައިރުވާތީ ގަހުގައި އެލުވާފައި ހުރި ޖޯއްޔެއްގައި އިށީނދެ އެ ރީތި ހަށިގަނޑު ދަމާލިއެވެ. ދުރުދުރުން ކޮޅުކޮޅަށް ހިނގަމުންދިޔަ އަންހެން ކުދިންގެ ލޯތައް އެދިމާލަށް ހުއްޓައެވެ. މާގިނައިރުތަކެއް ނުވެ ޒަމާނީ ގޮތަކަށް ހަދާލާފައިވާ ދޯންޏެއް ފަޅުތެރެއިން ލާފައި […]
މޭޒުމަތީ ހުރި ފޯން ރިންގް ވުމުން ޒިއާމް ފޯން ނަގާ ކަންފަތުގައި ޖައްސާލީވެސް އެ ޚިޔާލުގައި އިނދެއެވެ. “ހެލޯ؟” ފޯނުގެ އަތްގަނޑު ދުރަށް ޖައްސާ ބަލާލާފައި އަނެއްކާވެސް ކަންފަތާ ކައިރިކޮށް ޒިއާމް ތަންކޮޅެއް ބާރަށް ގޮވާލީ ކުރިން ދެފަހަރު ހެލޯއޭ ބުނުމުންވެސް އެ ކޮޅުން ޖަވާބެއް ނައުމުންނެވެ. “ޒެޑް!” ފުންމައިގެން ޒިއާމްއަށް ގޮނޑިން ތެދުވެވުނެވެ. އަނެއްކާވެސް ކަންފަތާ ދުރުކޮށް ފޯނުގެ އަތްގަނޑަށް ޒިއާމްއަށް ބަލާލެވުނީ ގަބޫލު ކުރަން ދަތިވެގެންނެވެ. އެ ނަމުން ޒިއާމްއަށް ގޮވާނީ އެންމެ މީހެކެވެ. […]