އެރޭ މޫންލައިޓް ގެއަށް އެންމެން ދިޔައިރު ވެސް ކިޔާން އަދި ތާރާއެއް ނުދެއެވެ. އެހެންކަމުން އެންމެން ވެސް އަނބުރާ ގެއަށް ދިޔައީއެވެ. ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔަ ނަމަވެސް ކިޔާނަށާއި ތާރާ އަށް އެވީ ގަރުނު ތަކަކަށެވެ. އެކަނިވާ ކޮންމެ ފަހަރަކު ކިޔާން ތާރާ އާއި ވާހަކަދައްކަން މަސައްކަތް ކުރެއެވެ. މިހާރު މާފަށް އެދެވުނު ވަރު ވެސް ނޭނގެއެވެ. ނަމަވެސް ތާރާގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ގިނަފަހަރަށް ކިޔާން ވާހަކަ ދައްކަން އުޅޭހެން ހީވަންޏާމު ދުރަށް […]
“ޔީޝް.. ހުސާމް އެކްސިޑެންޓުވީ ނުގަވާދުން ބާރަށް ސައިކަލު ދުއްވީމަ.. އަހންފައަށް އެހެން ދިމާވި އޭނަގެ އީމާންތެރިން ކުޑަވީމަ.. އެއީ ޔީޝްގެ ކުށެއް ނޫނެއްނު.. ޑޯންޓު ބުލޭމް ޔުއަރ ސެލްފް.. ހިނގާ ދާން ދެން.. މިތަނުގަ ހުންނަން ވެއްޖެއްޔާ ޔީޝް އަނެއްކާ ބޑަށް ވިސްނާނީ.” އަފާ އެހެން ބުނެ ސައިކަލަށް އެރިއެވެ. ޔީޝާއާ އެކު އެތަނުގައި ހުންނާކަށް އަފާ ބޭނުމެއް ނުވިއެވެ. ޖެހިގެން އައި ދުވަހުގެ ރޭގަނޑެވެ. ލޯގަނޑު ކުރިމަތީ ހުރެ ޔީޝާ ތައްޔާރު ވަމުން ދިޔައީ މަލަކާގެ […]
އަހުސަމް ފަދައިން މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ކުޑަ ކުޑަ އަހާން ދެކެމުން ދިޔައެވެ. ބައްޕަ އަހުސަމްއެކޭ އެއްގޮތަށް ފުޓުބޯޅަ ކުޅުމުގެ ހުނަރު އަހާން ގައިގައި ހުއްޓެވެ. ރާއްޖޭގެ ކްލަބް އީގަލްސްގެ އެކަޑަމީގައި އަހާން ދިޔައީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. ރިއަންއަކީ އޭރު އަހާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާ އެންމެ އިތުބާރު ކުރާ އެކަކަށް ރިއަން ވެގެން ދާނެއެވެ. އެނާ އާއި ރިއަންގެ އެކުވެރިކަމުގައި ރިއަން ޒާޔާއާ ވެސް އެކުވެރިވިއެވެ. އެހެނަސް ރިއަންއަށް ވުރެ […]
ކިޔާން ބުނި ހެންމެ އޭނާ ތާރާއަށް އޭނާ ބަދަލު ވެއްޖެ ކަމުގެ ހެކި ދައްކައި ދެމުން ދިޔައެވެ. އާއެކެވެ. ކޮންމެ ދުވަހަކުހެން އާ ކުއްޖަކާ ރައްޓެހިވާ ކިޔާން 2 މަސް ވީއިރު އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވެއެވެ. އަބަދުހެން ރުޅި އައިސް ހުރުމުގެ ބަދަލުގައި މިހާރު ހުންނާނީ ހަމަ ޖެހިގެންނެވެ. އެ ދެކުދިން އެކުވެރިންގެ ގޮތުގައި ތިބި އިރުވެސް އެކަކު އަނެކަކާ ވާހަކަ ދައްކާވަރު މަދެއް ނުވާނެއެވެ. ރޭގަނޑު ގިނަފަހަރަށް ދެމީހުންނަށް ވެސް ނިދޭނީ އެކަކު އަނެކަކާއި […]
“ޝުކުރުވެސް އަދާ ނުކުރާނަންތަ؟” އެމީހަކު ލައިގެންހުރި ސޯޓުގެ ޖީބަށް އަތް ޖަހައިލަމުން ނޫރީން ދާން ފެށުމުން ގޮވައިލިއެވެ. ނޫރީން ހައިރާންކަމާއިއެކު ފަހަތް ބަލައިލީ އެއީ ދަންނަ އަޑެއްހެން ހީވުމުންްނެވެ. އަދިވެސް ނޫރީން އެއަނދި ގޯޅީގައި ހުރުމުންނާއި އެމީހާ ހުޑީއަކުން ބޯނިވާކޮށްގެން ހުރުމުގެ ސަަބަބުން އެއީ ކާކުކަމެއް އިނގޭވަރެއް ނުވިއެވެ. ނޫރީން އެމީހާއާއި ދިމާއަށް ބަލަންހުރިގޮތުން އެމީހާ ހިނިއައެވެ. “މިއީ ކާކުކަން ހަމަ ނޭނގެނީތަ؟” އެމީހާ އެންމެ ފަހުން އެހެން ބުނުމުން ނޫރީން ހައިރާންވިއެވެ. “ނޭނގެ.” ނޫރީން ބުންޏެެވެ. […]
ޕެންޓް ހައުސްއަށް ވަދެވުމާއެކު ޖޫން މަޑުކުރުމެއްނެތި މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. މަންޒަރު ބަލަން ހުރި ނަޖުމާ ނަޒަރު ހިންގާލީ އައިވިން އާ ދިމާއަށެވެ. ކައިވެނި ކުރިތާ އެއްދުވަސް ނުވެ ދެމީހުން މާލެ އަންނާނެ ކަމަކަށް ނަޖުމާ ހީކޮށްފައެއް ނެތެވެ. ފޮށި ދަމަމުން ގޭ ތެރެއަށް ވަތް އައިވިން ނަޖުމާއަށް ހިނިތުންވުމެއް ރައްދުކުރިއެވެ. އެހެނަސް އެހިނިތުން ވުމުގައި ދިރުމެއްނުވާކަން ނަޖުމާއަށް އެނގެއެވެ. ކޮޓަރި ހުޅުވާލަމުން އެތެރެއަށް ވަތް އައިވިންގެ ލޮލުގައި އަޅައިގަތީ އޭނާއާ ފުރަގަސްދީގެން އެނދުގައި އިށީނދެ […]
ޒައިކާން ދެފަރާތް ބަލައިލުމަށްފަހު އުދުއްސައިގަންނަން އުޅުނު ވަގުތު ފާރަވެރިއަކު އެއްލި ތެެރެސްގަނޑެއް ކަހަލަ ތަތްލާ އެއްޗަކުން ދެމީހުން އެއްކޮށް ހައްޔަރުވިއެވެ. ދެން ފާރަވެރިއަކު އައިސް ނޫރީން އާއި ޒައިކާންގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. އެދަނޑިވަޅު ބަލައިފައި ނޫރީން ފާރަވެރިޔާގެ އަތުގައި ދަތް އެޅިއެވެ. ފާރަވެރިޔާއަށް ތަދުވުމުން އޭނާގެ އަތް ނޫރީންގެ އަތުން ނައްޓުވައިލިއެވެ. ނޫރީން ފިލަން އުޅުނު ވަގުތު އަނެއްކާ އެހެން ފާރަވެރިއަކު އައިސް ނޫރީންގެ އަތުގައި ހިފެހެއްޓިއެވެ. އަދި ނޫރީންގެ ނިތްކުރީގައި އޭނާގެ ދިގުވެފައިވާ […]
ކޮލެޖަށް ދިޔުމަށްޓަކާ ތައްޔާރުވާން ހުރި ލުޔޫން ހިތްހަމަ ޖެހޭ ވަރުވުމުން އަމިއްލަ އިސްކޮޅުހުންނަ ލޯގަނޑުން އަމިއްލަ ސޫރައަތް ބަލާލިއެވެ. ކަކުލުން ކުޑަތަންކޮޅެށް ތިރި އަށް އަންނަ ކަޅުކުލައިގެ ހެދުމުގެ މެދުން ރީތި ގޮތަކަށް ބަންދެއް އައްސާލާފައި ވާއިރު އެ ހެދުމުގެ އަތްވަނީ ކުޑަކޮށް ފުޅާ ކޮށްލާފައެވެ. އަޅާފައިވަނީ ޕީޗު ކުލައިގެ ޝޯލް އެކެވެ. ހިނިތުންވެލަމުން ލޯގަނޑުކުރިމަތިން ދުރައްޖެހިލާފައި އެނދުމަތީގައި އޮތް އޭނާ ގެ ކަޅުކުލައިގެ އަތް ދަބަހާ ދަބަސް ކައިރި ބެހެށްޓިފައިވާ ފޮތްތަށް ހިފައިގެން ކޮޓަރިން ނިކުން […]
“އަދިވެސް ޖޯލި ގަތާ ނުނިމެދޯ؟ ވާހަކައެއް އަހާލަންތަ؟” ސަމީރު ޖޯއްޔެއްގައި އިށީންނަމުން މާލިކްއާ ސުވާލު ކުރިއެވެ. އެހެން ނަމަވެސް މާލިކް ވަކި އެއްޗެއް ނުބުނެއެވެ. “ބުނެބަލަ! ތިހާ އެއްކޮށް އުޅެފަ ފަހުދު މާލެ ދިޔަ ހިސާބުން ކީއްވެ ދަރިފުޅު ބަދަލުވީ؟ އަހަންނަށް އެނގޭ ފަހުދު ނެތީމަ މާލިކަށް އައި ހެޔޮ ބަދަލު. އަހަންނަށް މިހާރު ޔަޤީންވެއްޖެ ޔުސްރާ ދެކެވެސް މާލިކް ވަރަށް ރުޅި އައިސްފިކަން. ވީގޮތް ބުނެ ދީބަލަ.. ދެން ނުބުނިއްޔާ އަހަރެން މިވާހަކަތަކެއް ނާހާނަން.” ސަމީރު […]