އެ ކަޅާއި ހުދުން ފަރުމާ ކުރެވިފައިވާ ކޮޓަރި ފެނި އަރީނަށް އަނގަ ޗޭ ކޮށްލެވުނެވެ. ހާދަހާ ރީތި ޝާހީ ކޮޓަރިއެކެވެ. ކުރިއަށް ހިނގާލަމުން ގޮސް އަރީން ފުރަތަމަ އިށީނީ ކަޅުކުލައިގެ ސޯފާމަތީގައެވެ. ހަމަ އިށީން ހެނެއް ނުވެ ތެދުވެއްޖެއެވެ. ބިރު ގަނެ ހާސްވެފައި ހާލު އަރީނަށް ފަހަތަށް ފިޔަވަޅު އަޅަން ފެށުނެވެ. “އާހް” އަރީން ބޮލުގައި ދެއަތުން ހިފަހައްޓާލީ ދުވަހަކު ވޭން ނާޅާ ވަރަށް ރިއްސައިގަތުމުންނެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ މަތަވީ އެނދުގައި ޖެހިފައެވެ. ސިކުނޑި […]
ރާޒިޤު ރިސޯޓުގެ ފާލަމުން އަރައިގެން އޮފީހާއި ދިމާލަށް ހިނގަމުންދިޔައިރު ރިސޯޓުގެ މުޅި މާހައުލު އިހުނާއި ހިލާފަށް އޮތީ ނުހަނު ހަމަހިމޭންވެފައެވެ. ފަތުރުވެރިއެއްގެ ހިލަމެއްވެސް، އެ ރިސޯޓުގައި މަސައްކަތްކުރަން ލާފައި ތިބި މުވައްޒަފުންގެވެސް ހިލަމެއްނެތެވެ. އެހެންޏާ ރާޒިޤު ރިސޯޓަށް އަންނަން ވާއިރަށް އޭނާ ބަލައި އިލެކްޓްރިކް ބަޖީއެއްގައި މީހަކު އައިސް ހުންނާނެއެވެ. އެކަމަކު މިއަދު އޭނާ ލައްޕަންވެސް އެކަކުވެސް އައިހެއްނެތެވެ. އެ ބޮޑު ބަދަލާއެކު ރާޒިޤު ހިތަށްއެރިއެވެ. މިއީ އިއްތިފާގެއްބާއެވެ. ނޫނީ އެމީހުން އެހެން ކަމެއްގައި މާ ބިޒީވީބާއެވެ. […]
“ދުވަސްތައް ފާއިތުވަމުން ގޮސް އަހަރުމެން ގުޅިގެން އުޅޭތާ ހަ މަސް ވެއްޖެއެވެ. އެއިރު ވެސް އެކަކަށް ވެސް އަހަރެން އުޅެނީ ނަވީން އާއި ރައްޓެހިވެގެން ކަމެއް ނޭނގެއެވެ. އެނގޭނީ ވެސް އަހަރެން ބުނިއްޔާތާއެވެ. އެހެނަސް ނަވީން އެކަން އިތުރު މީހަކަށް އަންގާކަށް ބޭނުމެއްނުވިއެވެ. އަހަރެން އަހާ އަހާ ވެސް ކީއްވެ ކަމެއް ނުބުންޏެވެ. އެގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް އަހަރު ވެސް ނިމެން ކައިރިވެއްޖެއެވެ. މަޑުމަޑުން ނަވީންގެ މިޒާޖު އަހަންނަށް ދަސްވަމުންދިޔައެވެ. އަހަރެން އުއްމީދު ކުރި ކުލަވަރެއް […]
ވާހިތުން ލޯބިވާކަމާއި އިންތިހާ ލޯބިވާ ވާހަކަ ތަކުރާރުވަމުން ދިޔައެވެ. ނަޒާން ދުލުން އަޝްބާގެ އަރިހުގައި ހުރެ ކިޔަމުން ދިޔަ ކަހަލައެވެ. “ޖެހިލުންވެ މޭތެޅޭ ގޮއްވޭ ގައިބާރު ދޫވެދާ ގޮތްވޭ މާ ކައިރި ވާގޮތްވޭ ސީދާ ލޮލާ ލޯ ވެލީމާ” ************************************ “ހާދަހާ ލޯބިވޭ ވާހިތުން ލޯބިވޭ ހާދަހާ ލޯބިވޭ” ************************************ އިސްވެ ވާހަކަ ފެށީ ނަޒާނެވެ. އިސްއުފުލާލަމުން އަޝްބާއާއި ސީދާ ވެލިއެވެ. “ނަޒާން: ކިހިނެއް ތައްވީ” މަޑުމައިތިރިކަމާއެކު އޭނާ އަހާލިއެވެ. ދުލުން […]
(ރި-އަޕްލޯޑް) “ދުވަހަކުވެސް ނުދެނަ ހުރިން އަހަރެން ވާހަކަ ދައްކަނީ ތި އަޑުން ކަމެއް؟” ފަހަތުން އިވިގެން ދިޔަ އަޑާއެކު މައިރާގެ މުޅިމޫނުމަތިން ކުލަވަރު ފިލައިފިއެވެ. ފަހަތުގައި މިއުވާން ހުރިކަން ޔަޤީންވީ އެނާގެ ތިން އެކުވެރިން އެއްފަހަރާ، ލޮލުން މައިރާގެ ފަހަތަށް އިޝާރަތް ކުރުމުންނެވެ. ލަދުނުގަންނަންވެގެން މައިރާވެސް މިއުވާނާ ދިމާލަށް އެނބުރުނެވެ. “ނޫނޭ…އެއީ މަށަށް އަޑު އިވޭގޮތް” އެއާއެކު އެފެށުނީ މައިރާއާއި މިއުވާންގެ ކޯޅުމެވެ. “އޯހް. މިހާރު މައިރާގެ ކަންފަތްވެސް ސަކަރާތްވީތަ؟ އީ.އެން.ޓީ އަކަށް ދައްކަން އުޅޭ” “ތި […]
އިޔާޝްގެ ފޯނު ރިންގް ވަމުން ދިޔައެވެ. ޖީބުގައި އޮތް ފޯނު ނަގާ ޑިސްޕްލޭއަަށް ބަލައިލުމަށްފަހު ސައިލެންޓަށް ލަމުން އިޔާޝް އަނެއްކާވެސް ފޯނު ޖީބަށް ލިއެވެ. “އައިޝާ ދޯ ގުޅަނީ؟ ނަގާބަލަ” އަހަރެން ބުނެލީ ޖެހިލުން ކުޑަ ކަމާއި އެކުގައެވެ. އަހަރެންގެ އަޑަށް އިޔާޝް ސިއްސައިން ދިޔައެވެ. އެއީ އިޔާޝަށް މުޅިން އާކަމެއް ކަމުގައި ހީވި ނަމަވެސް އިޔާޝް އާއި އައިޝާގެ ލޯބީގެ ގުޅުން އަހަންނަށް މާކުރިން ވެސް އެނގެއެވެ. ހުއްޓުމެއްނެތި އަހަރެން ބަލަމުން ދިޔައީ އިޔާޝްގެ މޫނަށެވެ. […]
“ދަރިފުޅާ. މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ. ކިޔެވުމަކީ އަންހެން ކުދިންނަށްވެސް ވާނޭ ކަމެއްކަން މިއަދު ދަރިފުޅު ހާމަ ކޮށްދީފި. މާޝާ ﷲ މިއަދު ބައްޕަ ވަރަށް ފަޙުރުވެރި ވެއްޖެ. ހިތައް އަރާ އޭރުވެސް ޔޫއަށް ކައިވެނި ކުރުވަން މަޖުބޫރު ނުކޮށް ކިޔަވަން ފުރުސަތު ދެވުންނަމައޭ. އެ ނުލަފާ ނިކްޔާންގެ ސަބަބުން ކިހާ ބޮޑު ވޭނެއް ދަރިފުޅު ތަހައްމަލު ކުރީ؟ މީ އަހަރެންގެ ކުށް. އަހަރެން ޔޫއަށް ކައިވެނި ކުރަން މަޖުބޫރު ނުކުރުވިނަމަ މިހެން ނުވީސް…” އަދިއަދަައް […]
“މަންމާ… އަޅުގަނޑަށް ކުއްޖަކުދެކެ ލޯބި ވެވިއްޖެ.. މިހާރު 1 މަސް ވެެއްޖެ ރައްޓެހިވެގެން އުޅޭތާ” ނައުރީން ގާތުގައި ލަދުން އިނދެ ޒަވުލް ބުނެލިއެވެ. (54 ވަނަ ބައި) “އެހެންތަ؟ ކޮބާތަ އެ ނަސީބު ވެރިޔަކީ؟ އަޅެ ނުވެސް ބުނޭ ވިއްޔާ” ޒަވުލްގެ އަތުގައި މަޑުމަޑުން ޖަހާލަމުން ނައުރީން ބުނެލިއެވެ. “އެކުއްޖާ ގޮވައިގެން މިއައީވެސް. މަންމައަށް ތަޢާރަފް ކޮށްދޭން” މިހެން ބުނެ ޒަވުލް ބަދިގެއިން ނިކުތެވެ. އަދި ޒުވާން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ. “މަންމާ. […]
”ޝްޝްޝްޝް“ އަހަރެން ޝަފްކާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެއްވެސް އެއްޗެކޭ ނުބުނުމަށް އަންގާލީމެވެ. ޝަފްކާ ހިންދިރުވާލިތަން ފެނި އޭނާގެ ހިތް އަވަސްވެފައި ހުރި މިންވަރު އަހަންނަށް އަންދާޒާ ކޮށްލެވުނެވެ.އެ މަންޒަރު ފެނި އިސާހިތަކު އަހަރެންގެ ތުންފަތް އެއް މިޔަކަނުން ދެމިލީ ބޮލަށް ވަދެގަތް ލާނެތް ޚިޔާލުތަކެއްގެ ސަބަބުންނެވެ. އަހަރެން ޝަފްކާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލާފައި އިނގިލިތަކުގެ ކުރިން މަޑު މަޑުން އެ މޫނުގައި ބީހިލީމެވެ.އެއާއެކު ޝަފްކާ ލައި ލައި ހުރި ނޭވާވެސް […]