ރާކިންގެ އެތައް އާދޭހަކާ މަންމަގެ ނަޞޭޙަތުން ނެތް ހިތްވަރުން ނީލަމް ކައިވެންޏާ ކުރިމަތިލިއެވެ. މީހަކު ދިން އިންތިހާ ޔަޤީންކަމަށް އިތުބާރުކޮށް މުޅި ދިރިއުޅުން އެމީހާގެ އަތް މައްޗަށް ދޫކޮށްލީ ފަހަރެއްގައިވެސް، އަމިއްލަ ކަފުން ބަދަލަކަށް ލިބޭނެ ކަމަކަށް ނޫނެވެ.
ކައިވެނީގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިއޮތް ހޯލަށް ދިޔައިރުވެސް ނީލަމްގެ ހިތް ނޭނގޭ ބިރަކުން ތެޅެނީއެވެ. އެކުވެރިންނާއި އާއިލާގެ ބައެއް މީހުންގާތުވެސް އެދެމުން ދިޔައީ ކައިވެނި ނުކޮށް ފިލޭނެ ގޮތެއް ހަދާދިނުމަށެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ. ވަރަށް ބޮޑަށް ލަސްވެއްޖެއެވެ.
ރާކިންގެ އާއިލާގެ މީހުންގެ ނަޒަރު ނީލަމަށް އަމާޒުވަމުން ދިޔައީ ހުތުރުގޮތަކަށެވެ. އެމީހުންގެ ބެލުމުގައިހުރީ ފޫހިކަމާއި ނަފުރަތެވެ. ކުރަމުން ދިޔައީ މަލާމާތެވެ. ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސް، އާދެ! އަލަތު ކައިވެނީގެ ދުވަސްވެސް ނީލަމްއަށްވީ ވޭނީ ދުވަހަކަށެވެ. ހިތުން ނުފިލާނެ ޒަޚަމަކަށެވެ. ޕާޓީގައި ނީލަމްއަށް ރާކިންގެ އާއިލާ ކަންތައްކުރި ގޮތުންނެވެ. އެމީހުން ނީލަމް ދެރަވާނެފަދަ އިހާނެތި ބަސްތައް ބުނެ ރޮއްވާލިއެވެ. ނީލަމް އިތުރަށް ދެރަވީ ރާކިން ހަމަ އެއްވެސް އެއްޗެއް އެމީހުންނަށް ނުބުނީމައެވެ. ޖެހި ބުދެއްހެން ނީލަމްގެ ދިފާޢަށް ނުނިކުމެ ހުރިއިރު، އަދި ރާކިންގެ އަންތްބަކަށް ނީލަމްވީތާ ފަނަރަ މިނެޓުވެސް ނުވެއެވެ. ރާކިންގެ ކުރިމަތީގައި ނީލަމްގެ އަގު އެހާ އަވަހަށް ވެއްޓުނީ ހެއްޔެވެ؟
އެ އާއިލާގެ އެކަކު ނީލަމްއާ ދިމާލަށް ބުންޏެވެ.
“ހާދަހާ ހުތުރޭ..ތި ހެދުންވެސް މިތަންވެސް..” ނީލަމްގެ މަންމައަކަށް ކެތެއް ނުވިއެވެ. މަންމަގެ ދެލޯވެސް ކަރުނުން ފުރުމުން ނީލަމް ސްޓޭޖުން ފޭބިއެވެ. އިތުރަށް ކެތް ނުވެގެންނެވެ.
ނީލަމްގެ އާއިލާގެ މީހުންނާއި އެކުވެރިން ހިތްވަރުދޭން ތިއްބެވެ. އެހެނަސް ހިތަށް ފިނިކަމެއް ނުލިބުނެވެ. ބޯމަތީގައި އޮތް ހައިޖާނުން މިންޖުވާން ހިތް އެދެނީއެވެ.
” ރާކިންދެން.. އެމީހުން ބޭނުންވާ ކަހަކަ ރީތި މީހަކާ އިންނަމަ..މަގޭ ދަރި ނުރޮއްވާ..” މަންމަގެ އަޑު ބެދުނެވެ. ރާކިން ހުރީ ލަދުންނެވެ. ވީކަންތަކާ ދެރަވެފައޭވެސް ހީވެއެވެ.
” ނީލަމް..މިފަހަރު އިހަށް އެކަން ދޫކޮށްލާ..އެކަމަކު ދެން ފަހަރަކުން ދަ މިނެޓް ހީ އިގްނޯ ދެއަރ އިންސާލްޓް އެންޑް ނެވަރ ސްޓޭންޑް އަޕް ފޮރ ޔޫ..ލީވް ހިމް ދެން” ނީލަމްގެ ކުޑާއްތަ ނީލަމްގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ. އެފަދަ ހައިޖާނު ތަކެއްގައި މުޅި ޕާޓީ ނިމެންދެން ނީލަމް ހުރީ ހިތް ހަލާކުވެފައެވެ. ރާކިންއަށް ބަލާވެސްނުލައެވެ. އަނގައިންވެސް ނުބުނެއެވެ. އެއްޗެއް ވިސްނިގެން ކަންކަން ރަނގަޅު ކުރޭތޯއެވެ.
ވެޑިން ނިމިގެން ގެސްޓު ހައުސްއަށް ދިއުމަށް ކާރަށް އެރުމަށް ފަހު ނީލަމް ހަމަޖެހިލިއެވެ. ކާރުގެ ދޮރުފަތުން ބޭރު ބަލަންއިން ނީލަމްގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް، ކައިރީ އިން ރާކިންއަށް ފެނުންހެން ހިޔެއް ނުވެއެވެ. އޭރު އުޑުމަތި ބަނަވެ ވިއްސާރަވެސް ވެއްޖެއެވެ.
ގެސްޓު ހައުސްއަށް ދެވެންދެންވެސް ދެމީހުން ވާހަކައެއް ނުދައްކައެވެ. ހިނގައިދިޔަ ކަންކަމަށްފަހު ވާނީވެސް އެކަހަލަ ގޮތެކެވެ.
ހަމަޖެހިފައިވާ ރޫމަށް ވަދެވުމުން ރާކިން ނީލަމްއާ ކުރިމަތިލިއެވެ. ވާހަކަދެއްކޭތޯ ބެލިއެވެ. ވެދިޔަ ކަންކަމަށް މަޢާފަށްވެސް އެދިފިއެވެ.
” އަހަރެން ވަރިކުރޭ ދެން..” ތުރުތުރު އަޅާ އަޑަކުން، ނީލަމް ބުނެލީ ކަރުނުން ފުރިގެންވީ ދެލޮލުން ރާކިންއާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. އެއީ ނީލަމްގެ އަލަތު ކައިވެނީގެ ފުރަތަމަރޭ ނީލަމްގެ ދުލުން ނިކުތް ބަސްތަކެވެ. އެދުނު އެދުމެވެ. ހިތް ކިހާވަރަކަށް ކުދިވީމަ ހެއްޔެވެ.
ސިހިފައި ރާކިން ބަލައިލިއެވެ.
” ނޫން ޕްލީޒް… އަދިއޭނު މި މެރީ ކުރެވުނީ.. ކަންކަން ރަނގަޅުވާނޭ ފަހުން” ރާކިން ނީލަމްެގެ މޫނުގައި ހިފަހައްޓާލަމުން އާދޭސް ކުރިއެވެ. ނީލަން ރާކިންގެ އަތް ވަކިކޮށްލިއެވެ.
” އަހަރެން ބޭނުންވަނީ ދާން..ރާކިންއާ ދުރަށް ދާން..ހިތް ބުނަނީ މިކުރެވުނީ މޮޔަ ކަމެކޭ..މިހެދުނީ ގޯހެކޭ..” ރޮމުން ނީލަމް ވާހަކަދެއްކިއެވެ.
ނީލަމްއަށް އެކި ގޮތްގޮތުން ވިސްނާދީ ހަމައަކަށް އަޅުވަން ރާކިން މަސައްކަތް ކުރިއެވެ. އެހެނަސް ވަރުބަލިވެ ނިދެންދެންވެސް ނީލަމް ބުނަމުން ދިޔައީ ހަމަ އެވާހަކަތަކެެވެ. އެ ކައިވެނި ބޭނުން ނުވާ ވާހަކައެވެ.
Sorry for the late continuation. As this story is mostly based on true events had to figure out a good way to continue without it being a too much affect on the real figures who faced it. ❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



V reethi mi part MA
It’s a true story wow
Take ur time queen
Tc
Thankooo dear💜
Yeah a very close person experienced it and wanted to write her story.
You take care too
Lots of love❤️🥰