ޝަދާން އާއި މެހެކު ބަބަލް ޓީ އެއް ބޯލަން ބަބަލް އިޓުގައި ތިއްބެވެ. އެންމެ ކަނުގައި ހުރި މެޒުގައި ދެ މީހުން ވެސް ތިބީ އެކަކު އަނެކަކަށް މޫނު ފެންނަހެންނެވެ. ދެ މީހުންގެ ކުރިމަތީގައި ވެސް ޗޮކުލެޓު ބަބުލް ޓީ އެއް ބެހެއްޓިފައިވެއެވެ. މެހެކު އިނީ ބޭރުން ފެންނަ މަންޒަރުތަކަށް ބަލާށެވެ. ޝަދާން ވެސް އިނީ އެފަދަ ހާލެއްގައެވެ. ކޮންމެ ފަހަރަކު ވެސް ދެ މީހުން އެއްތަން ވެއްޖެއްޔާ އަބަދު ވެސް ތިބެވެނީ ފަށާނީ ކާކުތޯ ނޭނގިފައެވެ. […]
ލައިބްރަރީގެ ހިމޭންކަން މުގުރާލީ އިޝްޔާގެ މަލާމާތުގެ ހިނިގަނޑުންނެވެ. ކިޔާނާގެ އަތުގައި އޮތް ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރިއިރު، އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ދިހަ އަހަރު ކުރިން ގެއްލިފައިވާ ލޯބިވާ ބައްޕަގެ ހަނދާންތައް ކުއްލިއަކަށް އައިސް އޭނާގެ ސިކުނޑީގައި ބޮނޑިވެގަތެވެ. “ބުނޭ އަމާރު! މި ފޮޓޯ… މި ފޮޓޯ އަމާރުގެ އަތަށް އެރީ ކިހިނެއް؟” ކިޔާނާގެ އަޑު ވަނީ ކުރަކިވެފައެވެ. އޭނާގެ މޭގަނޑު ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ. އަމާރު ހުރީ އިސްދަށަށް ޖަހައިގެންނެވެ. އޭނާއަށް ކިޔާނާގެ […]
ބާބު 4: ނުފުރި ހިތްތައް އިމްތިހާނުތައް ނިމި، ނަތީޖާގެ އިންތިޒާރުގައި ހޭދަވި ހަފުތާތަކަކީ އައިޝްގެ ހަޔާތުގައި އައި އެންމެ ދިގު، އަދި އެންމެ އުނދަގޫ ދުވަސްތަކެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަނީ ހިތުގައި ބިރުވެރިކަމާއި އުންމީދުގެ މަސްހުނި އިހުސާސްތަކެއް އުފެދިފައިވާ ހާލުގައެވެ. އޭނާގެ ހުވަފެނަކީ “ހައި އެޗީވާސް ސްކޮލާޝިޕް” ކާމިޔާބުކޮށް، ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމެވެ. އެއީ ހަމައެކަނި ތައުލީމީ ކުރިއެރުމެއް ނޫނެވެ. އެއީ ލޫތާ ގާތަށް ދިއުމަށް އޮތް އެންމެ އުންމީދީ މަގެވެ. ލޫތު ރާއްޖެއިން […]
(ރި އަޕްލޯޑް) “އަހަރެމެން ކައިވެނި ކުރަން މިއުޅެނީ ހައްޖުދުވަހުރޭ. ދެން ވަލީމާ އޮންނާނީ ބޮޑު ޢީދު ދުވަސް ނޫން އޭގެ އަނެއްދުވަހު ރޭ. ސްކޫލް ގޯތިގައި ބައްވަނީ. ވާފިރުބޭއާއި އަންމަޑޭ ވާނެ ތަން ތައްޔާރުކުރަން އަންނަން. ދެން އަންހެން ވެރިންވާނެ ކައްކަން އަންނަން. ރޫކަމަނާއަށް އޮތީ ރޮށި ދެމުމުގެ ޑިއުޓީ.” ރޫޔާއަށް ހަމަ ބިމަށް އާދެވުނީ ވަސީމްގެ އަޑުންނެވެ. ކަމެއް ނުވާކަމަށްހެދި ރޫޔާ، އެނާގެ ނަޒަރު ގެންދިޔައީ ޝަފަޤަށެވެ. “މައްސަލައެއް ނެތް. ޝަފް އޯކޭވެއްޖެއްޔާ މަށަށްވެސް އޯކޭ” […]
ބޮޑު ދެތެއްޔާއި ބިސްގަނޑު އަޅާއި ކުޑަ ތަވައެއްވެސް އޭގައި އޮތެވެ. މުލްކު މެންނަށް ގެނައި އަންނައުނާއި ޚުބާބު ގެ ބައެއް ސަމާނުވެސް ހުއްޓެވެ. ރައްޓެއްސަކަށް ގެނެސްދީފައި އޮތް ދެތިން އަތުކުރި ގަޑިއާއި ފޯނު ކަވަރުތަކެވެސް އޮތެވެ. “ސިހުމާ: ދަރިފުޅާ… މީހަމަ މަންމަ އެންމެ ބޭނުންވި ސައިޒުގެ ތެއްޔެއް! މިގޭ ތެލިތަކާއި އެހާ ގުޅޭ ރީތި އެހާމެ ވަރުގަދަ ތެލިތަކެއް. ތަވާވެސް އެހާ ރަނގަޅު” ވަރަށް ބޮޑަށް ހުސީ އަށް ތެލިކޮޅު ކަމުދިޔައެވެ. އުފަލުން […]
މާންވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އެ ހިތުގައި ރިއްސާލިއެވެ. އެ އަންހެންކުއްޖާގެ އަޑުގައިވި އަސަރުންނެވެ. **** އޮފީހުގެ ދެވަނަ ދުވަހެވެ. ޔޫލީގެ ހެދުން އެޅުން މިއަދު ތަފާތެވެ. އޮފީހުގެ މިންގަނޑުތަކަށް ފެތެއެވެ. ފިޔާތޮށި ކުލައިގެ އަތްދިގު ހެދުމެކެވެ. ހެދުމުގެ ދިގު މިން އޭނާގެ ތަބިކައްޓާ ހަމައަށް ހުރިއިރު އެއް ފަޅިން ވަނީ ކަކުލާ ހަމައަށް ފަޅާލާފައެވެ. މޭ މަތިން ހެދުން ވަކިކޮށްލާފައިވާއިރު މޭ މައްޗަށް ހެދުން ވަނީ ހިފާލާފައެވެ. ހެދުމުގެ ގިރުވާނު ސިފަ ކޮށްދެނީ […]
“ވައި އާރ ޔޫ ގިވިން މީ އެ ހާޑް ޓައިމް.” ސުމައްޔާ ބުރުގާ ދަށުން އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އިޙުސާނުގެ އުޅުން ހުންނަ ގޮތަކުން ސުމައްޔާ އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވަނީ އިންތިހާ އަށެވެ. ސުމައްޔާ ދިޔަ މަންޒަރު ބަލަން ގެއްލިފައި އިން އިޙުސާނުގެ މޫނުމަތި ހީވަނީ މޮޅީގެ ތަސްވީރެއް ހެންނެވެ. “ކީއްވެގެންތަ ސުމައްޔާ އަހަރެންގެ ހިތަށް އެހާ ވަރުގެ ވޭނެއް ތި […]
މަންމައަކީ އިންސާނަކަށް މި ދުނިޔެމަތިން ލިބޭނެ އެންމެ އަގުބޮޑު ނިޢުމަތެވެ. މަންމަގެ ލޯތްބަކީ އެއްވެސް ޝަރުޠަކާ ނުލައި ލިބޭ، ދުނިޔޭގެ އެހެން އެއްވެސް އެއްޗަކާ އަޅާނުކިޔޭނެ ފަދަ މާތް ލޯތްބެކެވެ. ދަރިއަކު ބަނޑުގައި އަޅައިގަތީއްސުރެ، އެ ދަރިފުޅު ބޮޑުވެ ތަޞައްރަފު ފުދެންދެން މަންމަ އުފުލާ ތަކުލީފުތަކަކީ އަގުކުރެވޭނެ ކަންކަމެއް ނޫނެވެ. މަންމަގެ މަތިވެރި ޤުރުބާނީ: މަންމައަކީ ދަރިންގެ އުފަލަށްޓަކައި އަމިއްލަ ނަފްސު ޤުރުބާންކުރާ ނަމޫނާއެކެވެ. ރޭގަނޑުގެ ނިދި ނަގާލައި، ބުރަ މަސައްކަތުން ދަރިން ބަލާބޮޑުކުރަނީ އެއްވެސް ފޫހިކަމެއް […]
އެނބުރި ގޮސް ވޭންއަށް އަރަމުން އަހަރެން ރުހާމްއަށް އެނބުރި ބަލައިލީމެވެ. އޭރު އޭނާވެސް ތެދުވެ ކޮޅަށް ހުއްޓެވެ. އަހަރެން ވޭންއަށް އެރުމުން އާކިފްއާއި އިލްޔާސްވެސް އެރިއެވެ. ކާމިޔާބުގެ ފޮނިރަހަ އަހަރެންގެ އަރުގައިލީ ހަމައެކަނި ރުހާމްއަށް ވެފައި އިންގޮތް ފެނިގެންނެއްނޫނެވެ. ޒާނާ މިލްކުވާންވެސް ދެން މާގިން ދުވަހެއް ނެތްކަން އެނގުމުންނެވެ. އެދުވަސް ވަރަށް ކައިރީގައި އެބައޮތްކަން އެނގުމުންނެވެ. ކެތްތެރިކަން ކުޑަވެފައި އަހަރެންނަށް މިހާރު އިންތިޒާރުކުރެވެނީ އެދުވަހަށެވެ. އަބަދަށް ގެނެސް އަހަރެންގެ އަތުގެ ހިމާޔަތް ދެވޭނެ ދުވަހަކަށެވެ. ދުނިޔޭގައިވާ […]