ރޯދަ ހާއްސަ “ކަޅު ހިޔަނި”
ޒިހާންގެ ނަން އިވުމާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. ދެ މީހުން އުޅެ ބޮޑުވީ އެކީގައެވެ. ދިޔައީ އެއް ސުކޫލަކަށެވެ. ކިޔެވީ އެއްކުލާހެއްގައެވެ. އެއް މާއްދާ ތަކެކެވެ. ދެ މީހުން ދެތަން ވާން ޖެހުނީ ޒާން ޕައިލެޓުކަން ކިޔަވަން ރާއްޖޭން ބޭރަށް ފުރުމުންނެވެ. ހަމަ އެ އަހަރު ނަރުސް ކޯސް ލިބިގެން އަހަރެން ޗައިނާއަށް ބަދަލުވީމެވެ.
” ދަރިފުޅާ ޒިހާން އަންނައިރު އަންނަނީ އިންނާނެ ކުއްޖަކުވެސް ގޮވައިގެން ނޯ”
މަންމަގެ އެ ޖުމްލަ އިވި ހިޔާލުގެ ކަނޑުން މިންޖުވެވުނެވެ. ލަސް ހަރަކާތާއެކު އެހެން ހޭ އަހާލީމެވެ. ޖަވާބުގަައި މަންމަ އާއެކޭ ބުނެފައި ދެން ދަރިފުޅު ވެސް މީހަކާ އިންނަށް ވެއްޖެއޭ ބުނެލިއެވެ. ހިތުގައި ޖެހި އިންތިހާ ދެރަވިއެވެ. މީގެ ވަގުތު ކޮޅެއް ކުރިން ކުރުވި އުފާވެރި އިހްސާސްތަކަށް ހިތާމައިގެ ތޫފަނެއް އަތުވެއްޖެއެވެ.
އެގަޑީގައި އަހަރެން އިނީ ބަދިގޭގައި ފިޔާކޮށާށެވެ. ދެ ލޯ ފެންކަޅިވެ ރޮވެން އުޅޭހެން ހީވުމުން ފިޔާ އެތި ބަހައްޓާފައި ދުވެފައި ކޮޓަރިއަށް ވަދެ ތަޅުލީމެވެ. އެނދުމަތީ އިށީނދެވުމާއެކު ކަރުނަ އޭގެ މަގާމު ދޫކޮށް ހިގައްޖެއެވެ.
ދޮރުގައި މަންމަ ތަޅަން ފެށީ އަހަރެން އެހެން ރޯލަ ރޯލަ އިންދައެވެ. ފާޚާނައަށް ވަދެ މޫނު ދޮވެ ހަދައިގެން ދޮރުހުޅުވިއިރު މަންމަގެ އިތުރުން ބައްޕަވެސް ހުއްޓެވެ. އޭރު އަތުގައި ގޭގެ ބޮޑު ތަޅުދަނޑި ފަތިވެސް އޮތެވެ.
އަހަރެން ހަމަ ފެނުމާއެކު ބައްޕަ ވާހަކަދައްކަން ފަށައިފިއެވެ.
” ދަރިފުޅާ ކިހިނެއްވީ ބައްޕަވެސް ކިރިޔާ ހާސްވެގެން މޮޔަނުވީ މަންމަ ގުޅާފަ ދަރިފުޅު ފިޔާ ކޮށަން އިނދެފަ ދުވެފައޭ ދިޔައީ ބުނީމަ އަނެއްކާ އަތެއް ތަނެއް ކެނޑުނީތަ ”
ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ވެގެން އުޅޭ ގޮތް ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ހުރިހާ ކަމެއް ރަނގަޅޭ ބުނާހެން ބޯޖަހާލީމެވެ. ދެން ސުވާލު އައީ މަންމަގެ ފަރާތުންނެވެ.
” މަންމައަށް ނޭނގުން ވީ ގޮތް ވެސް ދަރިފުޅު ދިޔަ ގޮތުން އަވަހަށް ބައްޕައަށް ވެސް ގުޅީ ބިރުގެން ވަރުންނާއި ހާސްވެފައި ހުރި ވަރުން ” ގަދަކަމުން އަހަރެން ހިނިތުންވެލީމެވެ. ދޮގު ހަދަން ބޭނުން ނުވާތީއެވެ.
ރީތި ދުވަހަކަށް އިރު ފެނުން ތޮޅި ލީ އެކި މީހުންގެ ހަޔާތަށް އެކި ކުލަ ގެނުވަމުންނެވެ. އެ ގޮތުން އަހަރެންގެ ދިރިއުޅުމަށް ވެސް މިވަނީ ހިތްދަތިކަމުގެ ސާލެއް ބޯމަތިވެފައެވެ. ޒިހާންދެކެ ވަމުން އައި ފަޑުވުމެއްނެތް ލޯބި ޤުރުބާން ކުރަން ޖެހިފައެވެ.
އަހަރެން ޒިހާން ދެކެ ލޯބިވީ މީގެ ވިހި އަހަރުކުރިންނެވެ. އޭރު އަހަރުމެން އުޅެނީ ގުރޭޑު ހަތެއް ހައެއް ހިސާބުގައެވެ. އެއީ ވަރަށް ކުރިއެވެ. އެއްޗެއް ވިސްނޭ ނުވިސްނޭ އިރެވެ. އެ ހުރިހާ ކަމަކަށް އެކުވެރި ލީލިޔާއަށް އެއްބަސްވާނެއެވެ. ޒިހާން ދެކެ އަހަރެން ލޯބިވާވަރު ލީލިޔާއަށް އެނގޭނެއެވެ. އެއީ އަހަރެންގެ ގާތް އެކުވެރިއެކެވެ. އަވަށްޓެރިއެކެވެ. މަންމަ ފަރާތު ތިމާގެ ކުއްޖެކެވެ. އާއިލާގެ ރުހުން ލިބިފައި ހުރި ހިތް ހޮޔު އަހުލާޤު ރަނގަޅު މިތުރެކެވެ. ދިރިއުޅުގެ ސިއްރުތައް މިވީ ހާތަނަށް ކިޔާދީ އުޅޭ އެންމެ އެންމެ ގާތް ރަހުމެއްތެރިޔާއެވެ.
ކޮންމެ އުފަލާކާއި ހިތާމައެއްގައި ބައިވެރި ލިލިޔާ މިވަގުތު ގާތަކުނެތެވެ. އޭނާވީ ރާއްޖޭން ބޭރުގައެވެ. އާދޭހެވެ. “ފުރާންސު”ގެ “ޕެރިސް”ގައެވެ. ޑޮކުޓަރީ ކޯހެއްގައި ކިޔަވަން ގޯހެވެ. އެންމެ ފަހުން ގުޅި ދުހު ވަނީ މި އަހަރު ކައިވެނިކުރަން އުޅޭ ވާހަކަ ބުނެފައެވެ. އަދި އޭނާގެ އަލަތު ލޯބިވެރިޔާ ވަރަށް ބުރަ މަސައްކަތުން ހާސިލުވި ވާހަކަވެސްމެއެވެ. އެކުވެރިޔާގެ އެ އުފަލުގައި އަހަރެންވެސް އެރޭ ބައިވެރިވީމެވެ.
ލޯބީގެ ކަނޑުގައި އޮޔާ ވަޔާ މިސްރާބެއްނެތި ވޭނުގައި އަހަރެން ދަތުރުކުރަމުން ދިޔައީމެވެ. ހަށިގަނޑަށް ވެސް ދިޔައީ ބަދަލު އަންނަމުންނެވެ. ކުރިން ނަލަކޮން ހުންނަަށް އަހަރެންގެ ހަށިގަނޑު ދަނީ ދުވަހެއް ދުވަހަކަށް ހިކެމުން އަނަރޫފަ ވަމުންނެވެ. ދޮން މޫނުމަތި ވަނީ ދުޅަވެފައެވެ. އެ ރީތި ލޯ ވަނީ ކަޅުވެ ވަޅުވެފައެވެ. މީހަކު ބަލާފައި އެއީ އަހަންނޭވެސް ނުބުނާނެއެވެ. އެހާވެސް ހުތުރެވެ. ހީވަނީ ބޮޑު ބައްޔެއްގެ ވޭނުގައި އަހަރުތަކެއް ހޭދަކޮށްފައިވާހެންނެވެ.
އެހެން އުޅެމުން އެއް ދުވަހުގެ ހަވީރު ގޭގެ ސިޓިންރޫމަށް ނިކުމެލީމެވެ. ޒިހާން ރަށަށް އައި ތާވެސް މަހެއް ވަނީ ނިމި ގޮސްފައެވެ. ހާލު ބަލާލަން ވަދެނުލާ ތާއި ފޯނުން ގުޅާވެސް ނުލައެވެ. ޓިވީ ހުޅުވާލިތަނާ މީހަކު ސަލާމް ގޮވާލި އަޑު އިވިއްޖެއެވެ.
” އައްސަލާމް އަލައިކުމް” ފަހަތަށް އެނބުރި ސަލާމުގެ ޖަވާބުދިނީމެވެ.
” ވާލައިކުމުއް ސަލާމް ވަރަހު މަތުއް ﷲ ވަބަރަކާތު” އެންމެ ފުރިހަމައަށެވެ.
ދޮރުމަތީ ހުރީ ޒިހާނެވެ. މިހިތުގެ ރާޖާއެވެ. އޭނާގެ ފަހަތުން އައިސް އެ އަތުގައި ހިފާލީ ލީލިޔާއެވެ. ބުނާނެ އެއްޗެއް ނޭނގި އަހަރެން ބަސްހުއްޓުނެވެ. ބިންފަޅާ އަޑިއަށް ދެވޭނެ ނަމައޭވެސް ކިތަންމެ ފަހަރަކު ހިތައް އެރިއެވެ. އިސްވެ ޒިހާން އަހަންނަށް ލީލިޔާ ތައާރަފުކޮށް އެރުވިއެވެ.
” މީ މަގޭ ލޯބިވާ ލިލީ ދެން ވާން އުޅޭ އަންހެނުން ”
ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާއި ތިން އަހަރު ފާއިތުވެއްޖެކަން ޒިހާނުގެ ވާހަކައިން ވަރަށް ރީތިކޮން އެނގި ހާމަ ވެއެވެ. އެތައް ތައުރީފުގެ ބަސްތަކެއް ލީލިޔާއަށް ޒިހާނު ބަރުތީލަކޮން ފައްޗަކަށް އަމުނާލިއެވެ.
” ދެން ޒީއްޓޭ ތިވަރަށް ހުސާމަތު ނުކޮށްބަ ލިލީ ލަދު ގަނޭ އެބަ މިހާރު” ޒިހާނުގެ ވާހަކަތައް ނިމުނުތަނާ ލީލިޔާ ބުންޏެވެ.
ކުރިމަތިން ފެންނަމުން ދިޔަ ހިތި ހަޤީޤަތަކުން މި ހިތް ފޮތި ފޮތިވެ ކުދިކުދިވެއްޖެއެވެ. ފަހަރުގަވެސް މިވަރު ލަނޑެއް ދެރައެއް ލީލިޔާ އަހަންނަށް ދީފާނެކަމަށް ހީއެއްނުކުރަމެވެ. އަދިއަމުދުން އިންތިހާ ޒިހާން ދެކެ ލޯބިވާކަން ލީލިޔާ ދެނެހުރެ މިވަރުގެ އަނިޔާއެއް ދިނުމުން ސިކުނޑި ސުމަކަށްދިޔައެވެ. ހަޔާތުގެ ދަތުރުގައި ދިމާވި މި ދެ ގާތް މިތުރުންނަށް މަރުހަބާކީމެވެ. ބާއްޖަވެރި ކައިވެންޏަކަށް އަދާ ބަރަކާތް ލެއްވުން އެދި ދުޢާ ކޮށް ދިނީމެވެ. ފުނޑު ފުނޑުވެފައި އޮތް ހިތެއްގައި ހިލަގަނޑެއް ބާއްވައިގެންނެވެ.
ދިރިއުޅުމަށް ބިންދާލި ބިޔަ ހިތާމަޔައާއި ހިތްދަތިކަމުގެ ރާޅުގައި ޖެހި އަހަރެން މުޅިން ބަލިމީހަކަށް ވިއެވެ. ކެވޭ އެއްޗެއް ވެސް ނެތެވެ. އެއްޗެއް ކެވޭއިރު ހޮޑުލެވެނީއެވެ. ހަސްފަތާލުގައި އަށް ފަހަރު އެޑްމިޓުވެސް ކޮއްފިއެވެ. ނުފިލާ ރިހުމެއް ބޮލުގައި އަބަދުވެސް ހުރެއެވެ. ގޭހުން ބަނޑުވަނީ ފުރިފައެވެ. ލޭ އެހާ މަދެވެ.
ހަފްތާތައް މަސްތަކަށްވެ މަސްތައް އަހަރުތަކަށް ވެގެން ދިޔައެވެ. ދުނިޔެދާމަގުން ހިނގަމުން ބާރު އަޅަމުން ދިޔައެވެ. ޒިހާން އަކީ މިއަދު ބައްޕައެކެވެ. ލީލިޔާއަކީ މަންމައެވެ. އަހަންނަކީ ހާލުދެރަ ބަލިމީހެކެވެ. އިލޮއްޓެއްހާ މީހާ ހިއްކެވެ. ވިންދު ޖަހާތީ ދުނިޔޭގައި ހުރެވެނީއެވެ.
މާދަމާވެސް އަހަރެން މަރުވެދާނޭ އެހާވެސް ހާލު ދެރައެވެ. ހަށިގަނޑު ނިކަމެއްޗެވެ. އެހެންކަމުން ކުރު ކުރު ނޯޓެއް ޒިހާން އަށާއި ލީލިޔާއަށް ލިޔުނީމެވެ. ޒިހާން ދެކެ ލޯބިވާވަރު ލިޔެ ހާމަކުރީމެވެ. މި ސިޓީ އާދެ މި ކުރު ނޯޓު ކޮޅު ލިބޭ އިރު އަހަރެން ދުނިޔޭގައި ނުހުރެވެސް ދާނެއެވެ.
1 ހަފްތާ ފަސް
ނޯޓު ކޮޅު ކިޔަމުން ދިޔައިރު ޒިހާނު ހުރީ ފެން ކަޅިވެފައެވެ. ދެރަވެ މާޔުސްވެފައެވެ. އިނާޔާ މަރުވެގެން އެދިޔައީ ކޮންފަދަ ހާލެއްގައި އުޅެފައި ހެއްޔެވެ؟ ނުހަނު ހިތާމައާއި ވޭނާ ތަކުލީފު އުފުލާފައެވެ. ހަމަ އެންމެ މީހަކަށް ޓަކައެވެ. ޒިހާނަށްޓަކައެވެ. އަލަތު ލޯބި ހާސްލުނުކުރެވުނު ކަމުގެ ހިތާމައިގައެވެ. މި ދުނިޔޭން ޒިހާނުގެ ހައްޤަކަށް ވެވޭނެ އެއްވެސް ގޮތެއް ނެތުމުން ހިތް ފަޅައިގެން ގޮހެވެ.
ކޮންމެ ލޯތްބަކަށް ފެށުމެއް ވާހެން ނިމުމެއް ވެސް ވެއެވެ. ހަމަ އެގޮތަށް މި ފަނާ ވަނިވި ދުނިޔެއާ އަލްވަދާއު ކޮންމެ ފަދަ ހާލެއްގައިވެސް ކިޔަން ޖެހިދާނެއެވެ. މަރަކަށް ބާރެއް ނު ފޯރުވޭނެއެވެ. ހަަމަ އެޔާއެކު ގެއްލިއްޖެ ވަގުތެއް ދުވަހެއް އަހަރެއް ނުލިބޭނެއޭވެ. މީހަކަށް ދެރައެއް ދީފައި އުފަލަކު ނޫޅެވޭނެއެވެ. މިއަދު ލީލިޔާގެ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމަށް ވެސް ވަނީ ކަޅު ހިޔަންޔެއް އެޅިފައެވެ. އެކުވެރި އިނާޔާގެ ރޫޚުގެ އުނދަގޫތައް ފޯރަންފަށާފައެވެ. ވިސްނާށެވެ. އެއްވެސް މީހަކަށް ދެރައެއް ނުދެއްޗެވެ. އޭގެ ހިތާމަ ތިބާ މުޅި އުމުރަށް ކުރަން ޖެހޭނެއެވެ.
ނިމުނީ
(ކިޔުންތެރިންގެ ސަމާލުކަމަށް)
އަޅުގަނޑުގެ ލޯބިވާ ހުރިހާ ކިޔުންތެރިންނަށާއި ދިވެހި ރާއްޖޭގެ މުސްލިމް އަހުންނާއި އުހުތުންނަށް “އީދު މުބާރިކް” ކިޔަމެވެ. ނިމިދިޔަ ރަމަޟާން މަހުގެ ކަންތައްތައް އެންމެ ފުރިހަމައަށް ނިމި އަޅުގަނޑުމެންގެ ދުއާތައް އިޖާބަކުރަށްވައި ފާފަތައް ފުއްސެވުމަށް އެދި ދުޢާ ކުރަމެވެ. އުފާވެރި އަމާން ފިތުރު އީދުގެ ތަހުނިޔާ އަދިވެސް ހިތުގެ އުމުގުން އަރިސްކުރަމެވެ.
ކަންތައްތައް ވެގެންދިއަ ގޮތުން އަޅުގަނޑަށް މާގިނަ ވާހަކަ ތަކެއް ރެސެޕީތަކެއް ލިޔުންތަކެއް ގެނެސްދެވޭގޮތެއް ނުވިއެވެ. މިއާދެވުނީ ފަހު ދިހައިގައި އެވެ. ކިޔުންތެރިންގެ ކިބައިން މިކަމަށް ނިހާޔަތަށް މާފަށްއެދެމެވެ. އެއްވެސް ހާލެއްގައި މީ އަޅުގަނޑު ބޭނުންވި ގޮތެއް ވެސް ނޫނެވެ. މާތް ﷲ ނިޔާފުޅެއް ޤުދުރެއްޕުޅެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ކޮންމެ ކަމެއްވެސް ވާނީ އެކަމެއް ވާން އޮންނަށް އެންމެ ފުރިހަމައަށެވެ. މިއަދު މިހެން ވިޔަސް މާދަން މިހެން ނުވެދާނެއެވެ. އަބަދުވެސް ވިސްނަން ވާނީ ހަމަ އެންމެ ރަނގަޅަށެވެ. ކޮންމެ ވަގުތަކުވެސް ހާލަތު ބަދަލުވެދާނެ އެވެ.
🥰♥️🫶🥀😊
7 Comments!
Comments are closed.






Hii isnaa… How are you.. Long time no seen 😭
I was very bxy Ekm read kuran all parts vess…..
Do you remember me or not!
Yes i remember you dear Inernu _23
I’m fine how’s you doing dear long time no see dhw..🥰
Thank you so much for the lovely comment Inernu_23
Eid Mubarak
🥰🥀♥️😊
ވީއުފާ ބެނެދޭން ދުލާ ގަލަމުން ނުކުޅެދުއްޖޭ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
Wow v reethi MA❤️
Fake friends veema aslu ehen evee😖
other wise inaya miadhu ulheynii zihaan ar ehkoh she will be so happy 🥺
It’s ok every one take time konme kameh gaves ☺️
Ehves meehehge ves dhiriulhun ehgotheh nuvaan 😔
I’m so happy that I got to read ur recipes and stories last 10 ga ves .
TC ISNAA💛
Eid mubaarak 🕌✨️🌙
BTW this story akee hageegee ehcheh veema sheex mi ahaalanee !
Mihaaru liliya ge life kihineh I mean adhives e udhagoothah foaratha?
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
މިފަދަ އިތުރު ވާހަކަތަކާއި ރެސެޕީތައް ކިޔާލަން ކުރިއަށް އޮތްތައިވެސް ލިބޭނެ އިންޝާ ﷲ
ލައްބަ މިފަދަ ކަމެއް ހިނގާފައި ވާނަމަ އެހާލުގައި އަދިވެސް އުޅެނީ
ސީޒް ގެ ހާލު ރަނގަޅު ވާނެ ކަމަށް އުންމީދު ކުރަން އުފާވެރި ފިތުރު 🫶💗 އީދަކަށް އެދެން
😊🫶♥️🥀🥰
ފުލުފުލުން ބަރުތީލަކޮށް އެމުނޭ މަލުގެ މާތް މީރުވަސް
ިފޫހިނެތި ތިޔަ އަދަބީ ފުޅަށް ކަރު ތާއަބަދުވެސް އޮއްސަވާށ
ރޫހު ތާޒާކޮށް މި އީދުގެ ހެޔޮ ދަރުމަ ވެސް ގިނަ ލައްވަވާށި
ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
“ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
😊🫶♥️🥀🥰
تقبل الله منا ومنكم
عيد مبارك🩷✨️
ލޯބިވެތި ލޮބުވެތި މަލުން އަމުނާ ލެވޭ ހާރޭ މިއީ
ފިތުރުގެ މުނާސަބު ހާއްސަވާ ހެޔޮ ދުއާތައް ބަރުތީލަވީ