Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 5

Anaq Level 210 Stories
March 21, 2026 4 Mins Read
3 Comments

ބަރަކާތްތެރި ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން..

އީދު މުބާރިކް…

“ޔެސް… މެޑަމް އަވަސް ކުރަން ޖެހެނީނުން ޑިވޯސް… މިހާރުވެސް މާލަސް ތިބެނީނުން…. އެކަމް މެޑަމް ދިޔާމަ އަހަރެން ދެރަވަނީ އިނގޭ…” ކުޑަކޮށް ދެރަވެފައި ހުރެވެސް އަހަރެންގެ ނިއްމުމަށް މަލާ އިހުތިރާމް ކުރިއެވެ. އެގޭތެރޭގައި މިވީ 7 އަހަރު ދުވަހު މަލާއަކީ އަހަރެންނަށް ދިމާވި ކަންކަމުގައި ވަރަށް އެހީވެދިން މީހެކެވެ.. މަލާ ދޫކޮށްލާފައި ދާން ޖެހޭތީ އަހަރެން ކުޑަކޮށް ދެރަވެސް ވިއެވެ.

މަޑު މުށި ކުލައާއި ހުދުކުލައިން ޑިޒައިން ކުރެވިފައިވާ ގޭތެރެއަށް ބަލައިލަމުން އަހަރެން ކޮޓަރިއަށް ދާން މިސްރާބު ޖެހީ ރުހާމް ގެއަށް އައުމުގެ ކުރިން އަހަރެންގެ ސާމާނުތައްހިފައިގެން އަވަހަށް އެގެއިން ނިކުމެވޭތޯއެވެ. އެގެއަކީ ކޮންމެ އަންހެން ކުއްޖެއްވެސް ދިރިއުޅެން ބޭނުންވާނެ ފަދަ ހިތްގައިމު ރީތި ތަނަވަސް ގެއެކެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީމުއްސަނދި ކަމެވެ.  އެކަމަކު އެއީ ހަމައެކަނި ބޭރަށް ފެންނަ ދަޅައެކެވެ. ރީތި އަވާމެންދުރެކެވެ. އެގޭގެ ހަތަރު ފާރުން އެތެރޭގައި އަހަރެންނަށް ލިބުނީ ހުސް ވޭނާއި ހިތްދަތި ކަމެވެ. ނުފިލާނެ ލަކުނު ތަކެކެވެ.

އަހަރެން ކޮޓަރިއަށް ވަނީމެވެ. އަދި އަލަމާރި ތެރޭގައި ހުރި އަހަރެންގެ ފޮށި ނެރެ އަހަރެންގެ އެއްޗެހިތައް އަޅަން ފެށީމެވެ. އަހަރެންގެ ހެދުންތަކާއި ބައެއް ގަހަނާއާއި އަދިވެސް މުހިންމު އަހަރެންގެ ލިޔެކިޔުންތައް ފޮއްޓައް އަޅާލުމަށް ފަހު ފޮށީގެ ޒިބު ދަމާލީމެވެ. އަދި އަހަރެން އެކޮޓަރިއަށް ބަލައިލީ އެންމެ ފަހު ފަހަރަށް ބަލައިލާ އުސޫލުންނެވެ. ހަޔާތުގެ އެބާބު ނިއްމާލުމަށެވެ. ފޮށި އަހަރެން އަތުން ދަމަމުން ހިނގައިގަތް ތަނާ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކޮޓަރީގެ ދޮރު މަތީގައި ހުރީ ދެވަނަ ދެމީހެއް ނޫނެވެ. ރުހާމް އެވެ. އޭނާގެ މޫނު މަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އެއީ ރަނގަޅު ފާލެއް ނޫންކަން އަހަރެންގެ ޒަމީރު ބުނެލިއެވެ.

ރުހާމް ކޮޓަރިއަށް ވަދެފައި ދޮރު ލައްޕައިލިއެވެ. އަހަރެންގެ މޭގަނޑު ތެޅިގަތެވެ. ކޮޓަރީގެ ދޮރު ތަޅުލަމުން ރުހާމް އަހަރެންނާއި ދިމާއަށް އެނބުރިލިއެވެ. އަދި އަހަރެންނާއި ދިމާއަށް އަންނަން ފެށިއެވެ. އަހަރެން ޖެހިލުންވެފައި ހުރެ ފަހަތަށް ޖެހެން ފެށީމެވެ. ވާން މިއުޅެނީ ކިހިނެތްކަން އަހަރެންނަށް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ.

ޝިކާރައަކަށް ދަހިވެތިވެފައިވާ ސިންގާއެއް ފަދައިން ރުހާމް އަހަރެންނާއި ދިމާއަށް އައެވެ. އަދި އަހަރެންގެ އަތުގައި ހިފައި އެނދު މައްޗަށް އެއްލާލިއެވެ. އަހަރެންނަށް ބިރުން ތެޅިފޮޅި ގަނެވުނީ ރުހާމްގެ ވަކިތަކުން ސަލާމަތް ވުމަށެވެ.

” ޖަނ……..” އަހަރެން ހަޅޭ ލަވައިގަންނަން އުޅުމުން ރުހާމް އަހަރެންގެ އަނގަ މަތީގައި އަތްއެޅިއެވެ. އަދި އަހަރެންގެ މޫނު މަތީގައި ނިކަން ބާރަށް ޖެހިއެވެ. ބޮލަށް އެނބުރުން އަރައިގެން ދިއުމާއި އެކު އިސާހިތަކު ހޫނު ލޭތައް އަހަރެންގެ ނޭފަތުންނާއި އަގައިން އަންނަން ފެށިއެވެ. ލޮލުން ކުދިކޮކާ ބުރައިގެން ދއައެވެ. އަހަރެންނަށް ރޯން ފެށުނީ ވީތަދެއްގެ ބޮޑުކަމުންނެވެ. އުޑުތިލަމަތިން އަހަރެން އެނދުމަތީގައި ބޯއަނބުރައި ގަނެފައި، ވާނުވާ ނޭނގި އޮއްވައި ރުހާމް އަހަރެންގެ ދެއަތް އަހަރެންގެ ބޮލާއި ދިމާއިން މައްޗަށް ގެންގޮސް ރުހާމްގެ އެއްއަތުން ހިފަހައްޓާލިއެވެ. މޫނުގައި އަޅަމުން ދިއަ ވޭނާއި އެކުވެސް އަހަރެން ރުހާމްގެ ކިބައިން ސަލާމަތް ވުމަށް ތެޅިފޮޅި ގަތީމެވެ. އެކަމަކު ރުހާމްގެ ބޮޑު ހަށިގަނޑުގެ ކުރިމަތީގައި އަހަރެންނަށް ދެއްކޭނެ މާބޮޑު ބާރެއް ނެތެވެ. ރުހާމް އަހަރެން ލައިގެން ހުރި ހުދުކުލައިގެ މަތިކޮޅު ހިއްލާލަމުން އަހަރެންގެ މުޅިގައިގާ ބޮސްދޭން ފެށިއެވެ. އޭނާ ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ކަން ވަރަށްވެސް ސާފެވެ.

ރުހާމް ކުއްލިއަކަށް އަހަރެން ބަންޑުން ޖަހައިލިއެވެ. އަދި އަހަރެންގެ ދެއަތް ފުރަގަހަށްލައި ހިފަހައްޓާލަމުން ބާރަށް އައްސާލީ ރުހާމްގެ ކަރުގައި އޮތް ޓައީ ނަގައެވެ. އަހަރެންނަށް ތަދުވެއޭ ދޫކޮށްލާށޭ ބުނެވުނި ރޮމުންނެވެ. އެއާއިއެކު ރުހާމް އަހަރެންގެ ބޮލުގައި ހިފައި ގޮދަނޑިއަށް ގަންބާލިއެވެ. މުޅި މޫނުމަތިން ނަގަމުން ދިއަ ދިލައާއި އެކުވެސް އަހަރެންނަށް ތެޅިފޮޅެން ފެށުނީ ވަމުންދިއަ ތަދުންނާއި ނޭވާ ކޮޅަށް ދާތީއެވެ. އިންތިހާ ބިރުވެރިކަމާއި ހާސްކަން ވަށާލާފައި ވަނިކޮށް ރުހާމް އަހަރެންގެ ބޮލުން ދޫކޮށްލިއެވެ. އަހަރެންނަށް ފުންނޭވާ ތަކެއް ލެވެން ފެށުނީ ނޭވާ ހަމައަކަށް އެޅުވުމަށްޓަކައެވެ.

” އަދިވެސް ތިއީ އަހަރެންގެ އަނބިމީހާ… އެކަން ހަނދާން ކުރައްޗޭ…” އެއްވެސް ރަހުމެއް ނެތި ހަރުކަށި ކަމާއިއެކު ރުހާމް ބުނެލީ އަހަރެންގެ ދިގު އިސްތަށިގަނޑުގައި ހިފައި ލުއްކެއް ޖަހަމުންނެވެ. އަހަރެންނަށް ރޮއެގަނެވުނީ ވީތަދެއްގެ ބޮޑު ކަމުންނެވެ.

“އަހަރެން ބޭނުން ގޮތެއް ހަދާނީ… ” އައިސްފައި ހުރި ރުޅިއާއި އެކު އަނެއްކާވެސް ރުހާމް ބުނެލިއެވެ.

” ތީ މަށަށް ވިއްކާލާފައި ހުރި މީހެކޭ…” ރުހާމްގެ ވިހަބަސްތައް އަތުރަމުން ދިއައީ އަހަރެން ރޮމުންދިޔަ ދިއުމަށް ވިސްނާލަން ހިތަށްވެސް ނާރުވައެވެ. އެބަސްތަކުން އަހަރެންގެ ހިތުގައި ވަރަށް ޖެހެމުން ދިއައެވެ.

” އެދުވަސް ހަނދާން ވޭތަ؟…” އިސްތަށިގަނޑަށް އިތުރަށް ވާންކޮށްލަމުން ރުހާމް ހަޅޭލަވައިގަތެވެ.

” ތަދު…ތަދުވޭ… ޕްލީޒް ދު….ދޫކޮށް….ދޫކޮށްލާ…….” ބޮލުގައި އަޅަމުން ދިއަ ވޭނާއި އެކުވެސް އަހަރެން ވާހަކަ ދެއްކޭތޯ ބެލީމެވެ. އޭރުވެސް އަހަރެންނަށް ދިއައީ ރޮވެމުންނެވެ. ލޮލުން ފައިބަމުން ދިއަ ކަރުނަތަށް ހައްތަހާވީ ގިނައެވެ.

“އޭން… ހަނދާން ވޭހޭ……؟” ރުހާމް އަނެއްކާވެސް ހަޅޭ ލަވައިގަތެވެ. އާއެކެވެ. އަހަރެން އެދުވަސް ހަނދައިން ނެތޭނެ ހެއްޔެވެ؟ އެއީ ދިރި ދުނިޔޭގައި ހުއްޓަސް އަހަރެންގެ ފުރާނައާއި އަހަރެންގެ ހަށިގަނޑު ވަކިވި ދުވަހެވެ. އަހަރެންގެ އަމިއްލަ ރޫހު ކަފުންކޮށްފައި އަހަރެންގެ ދެއަތުން ވަޅުލި ދުވަހެވެ. އެއީ އަހަރެން ހަނދައިން ކުރަން ބޭނުންނުވާ ދުވަސް ތަކެކެވެ. އެދުވަސްތައް ހަނދައިން ކޮށްދީގެން ރުހާމް ސާބިތު ކޮށްދޭން ބޭނުންވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ކޮންކަމެއް ހެއްޔެވެ؟ ވަމުންދިޔަ ތަދުގެބޮޑުކަމުން އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހަމައެކަނި ކުރެވުނު ކަމަކީ ރުއިމެވެ.

ރުހާމްގެ ރަހުމެއްނެތް ބަސްތަކުން އަހަރެންގެ ހިތްވަރު އެލުނު ކަހަލައެވެ. ހިތްދަތި ވެގެން ހިތަ ފަޅައިގެން ހިނގައިދާނެހެން ހީވި ވަގުތު ކޮޅަކީ އެއީއެވެ. ހޫނު ކަރުނަތަށް ހޯސްލާފައި އަހަރެންގެ ކޯތާފަތް ހުއްޓުމެއްނެތި ފައިބަމުން ދިއައެވެ.

އަނެއްކާވެސް އަހަރެން ހަޅޭ ލެވޭތޯ ބަލަން ފެށީ ސަލާމަތް ވެވިދާނެ ކަމުގެ ކުޑަކުޑަ އުއްމީދެއް އޮތީމައެވެ. އަހަރެން ހަޅޭ ލެވޭތޯ ބަލަންފެށުމުން ރުހާމް އަހަރެންގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާލީ ނިކަން ބާރަށެވެ. އައްސާލިލެއް ބާރުކަމުން އަހަރެންގެ މުޅި ދަތްދޮޅިއާއިއެކު އައްސި ވެގެން ދިއައެވެ. އެވަރުންވެސް ރުހާމް ނިންމާލީކީ ނޫނެވެ. އަހަރެންގެ ދެފައިވެސް އެއްސިއެވެ.

ސައިޑް ޓޭބަލް ވަތްގަނޑެއް ހާވާލުމަށްފަހު ރުހާމް ކަތުރެއް ނަގައިގެން އައިސް އަހަރެން ލައިގެން ހުރި މަތިކޮޅު ކަފާލިއެވެ. އޭނާ ހިތްހަމަ ޖެހޭ ވަރަށް އަހަރެންގެ ހަށިގަނޑު ކަޝްފުވުމުން އަހަރެން ލައިގެން ހުރި ޖިންސްވެސް ކަފައިލައިފިއެވެ.

ބަންޑުން އެނދުމަތީގައި އޮތް އަހަރެންނަށް ރުހާމް ލައިގެން ހުރި ފަޓުލޫނުން ބެލްޓު ނައްޓާލި އަޑު އިވުނެވެ. އަދި ފަޓުލޫނުގެ ޒިބު ކަހާލި އަޑުވެސް އިވުނެވެ. ދެން ސަލާމަތް ނުވާނެކަން އެނގި އަހަރެން ހިތްވަރު އެލުވައިލީމެވެ. އެހެނަސް ލޮލުން އަންނަމުން ދިއަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އަމިއްލަ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން ހިތަށް އަރާފައި އިތުރަށް ބޮޑަށް ރޮވެން ފެށުނެވެ. ހިތާހިތާ ދުއާ ކޮށްލެވުނީ މި އަނިޔާވެރިކަމުން ކޮންމެވެސް ގޮތަކުން މިންޖުވާނެ ގޮތެއް މިންވަރު ކޮށްދެއްވާތޯއެވެ.

ގަދަ ނުދައްކައި އޮންނަން އަހަރެން ނިއްމީމެވެ. ގަދަ ދައްކައިންވެސް އިތުރަށް ވާނީ އިތުރު އަނިޔާތަކެއް ކަން އަހަރެންނަށް އެނގޭތީއެވެ. އަހަރެންހުރި ހާލަތާ ދޭތެރެ ރުހާމްގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. އޭނާގެ ކަރުހިއްކުން ފިލުވާލެވެނިކޮށް އޭނާއަށް އެނިމުނީކަން އަހަރެނަނަށް އެނގެއެވެ. ރުހާމްއާއި އިނދެގެން މިވީ އަހަރުތަކުގެ ތެރޭގައި އެކިކަހަލަ އަނިޔާ އޭނާ ވަނީ އަހަންނަށް ދީފައެވެ. ނަފްސާނީ އަނިޔާއާއި ޖިސްމާނީ އަނިޔާއެވެ. އެކަމަކު މިއަދު މި ފެންނަނީ މުޅިން އެހެން ރުހާމް އެކެވެ. މުޅިން އެހެން ހަރުފަތެއްގައި އޭނާ ހުއްޓައެވެ. އަހަރެން ރުހާމް ގާތުން ވަރިވާން އުޅޭތީ އެކަމުގެ ބަދަލެއް ހިފާލަނީ ކަންނޭންގެއެވެ. އިތުރަށް އަނިޔާކޮށްގެން އަދި ބިރު ދައްކައިގެންވެސް އަހަރެންގެ ނިންމުން ބަދަލު ކުރެވިދާނެހެން އޭނާއަށް ހީވަނީ ކަންނޭނގެއެވެ.

ރުހާމް އަހަރެންގެ ގައި މައްޗަށް އެރިއެވެ. އަދި އަހަރެންގެ އިސްތަށިގަނޑުގައި ވަސްބަލައި ލަމުން އަހަރެންގެ ކަނދުރާގައި ބޮސްދޭން ފެށިއެވެ. ގައިގެ އެތަންމިތާ އަތްލާން ފެށިއެވެ. އަހަރެންގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އިތުރުވިއެވެ. ރުހާމްގެ ބީހުންތަކުން އަހަރެންނަށް އުނދަގުވާން ފެށިއެވެ. އެކަމަކުވެސް އެއްވެސް އާރެއް ބާރެއް ނެތި އަހަރެންނަށް ޖެހުނީ ރުހާމްގެ ވަކިތަކުގެ ދަށުވެ އޮންނާށެވެ.

ނުނިމޭ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 16

Next

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ(12)

Next
March 21, 2026

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ(12)

Previews
March 21, 2026

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 16

3 Comments!

  1. Lamtty Lamtty says:
    March 21, 2026 at 11:18 am

    V reethi ❤️

  2. Sheex says:
    March 21, 2026 at 1:05 pm

    Omg mi part kiyaalaafa rovijje v reethi MA
    Alhey ruhaam ge kanthah haadha machakah edhiyaee mi haaru
    Sheex ge hithu eyna ah nafrathu ge hulhukolhu roahifaifi
    Sheex ah yagee future ga roan jeheynee ruhaam kan
    Can’t wait for the next part
    Tc gurll

    1. Anaq says:
      March 21, 2026 at 2:08 pm

      Awwn thanks girrrl.. thankx for the support😚💖

Comments are closed.

Next Episodeގާތުގާ….[ ކިޔުންތެރިންގެ ސަމާލުކަމަށް]←


All Right Reserved!