Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

“އީދު ހަދިޔާ” އެވާރެއާއި ބާބު 3 ( ނޫރިޔާގެ ޖާދުވީ ރީތިކަން )

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 20, 2026 6 Mins Read
4 Comments

ބިސްމިނުގެ ބަރަކާތުން ލިޔަންފެށީއެވެ.

“ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ

 

ހިތުގެ ގުލްޝަން

މާލެ، ދިވެހިރާއްޖެ

 

 

ލޮބުވެތި އާރިޒައަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

 

މި ސިޓީއަކީ އަހަރެންގެ ހިތުގައި އަނދައަނދާ ހުރި ލޯބީގެ އަލިފާނުގެ ހޫނުކަން ކަލާގެ ހިތަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެވޭ ސިޓީއެކެވެ. ކަލާގެ ލޮލުގެ ނަޒަރު އަހަރެންގެ ހިތުގައި ޖެހުނު ފުރަތަމަ ސިކުންތުން ފެށިގެން، އަހަރެންގެ ހިތުގެ ވެރިކަން ކަލާއަށް ދެވިއްޖެއެވެ.”

 

ލިޔެވުނު އެ ލަފްޒުތަކަށް ބަލާލެވުމުން ރަކި ވެއްޖެއެވެ. މަޅު ނަފްސް ލަދުން އިސްޖަހާލިއެވެ. މަޑުމަޑުން ގަލަމުން ގަޑުގައި ޖަހާލާފައި ދޮންތައަށް ލިޔެލީމެވެ.

 

” ދޮންތާ! އެ ވިއްސާރައިގައި، އާރިޒް އަހަރެން ސަލާމަތްކުރީ އެ ކާރުގައި ޖެހެން އުޅެނިކޮށެވެ. އަހަރެން ހޭނެތިގެން ވެއްޓުނު ވަގުތު، ހިތް ހުއްޓުނެވެ. އޭރު ހަށިގަނޑުގައި ހުރި ހޫނުކަމާއި، އަހަރެންގެ ހިތުގައި އުފެދުނު ކަންބޮޑުވުމާއެކު، ވާނެ ގޮތެއް ޔަގީންނުވާތީއެވެ. އާރިޒުގެ ކާރުގައި އެގެއަށް ގެންދިޔައެވެ. އޭނާގެ މަންމަ އަހަރެންނަށް އެހީވިއެވެ. ހޭއެރި ވަގުތު އަހަރެންގެ ހިތުގެ ވިންދުވެސް އަވަސްވެގެން ދިޔައެވެ.”

 

ލިޔެވެމުންދާ އެއްޗަކުން ލަދުން ވިރިވިރި އިން އަހަރެންގެ ރަތް ޓޮމާޓޯ އެއްފަދައެވެ.

 

“އާރިޒް! އެ ވަގުތުން ފެށިގެން، އަހަރެންގެ ހިތުގައި ކަލާގެ މަޑުމައިތިރި ސިފަ ކަނޑައެޅިގެން ދިޔައެވެ. ކަލާގެ ހިނިތުންވުމުގެ ފޮނިކަމާއި، ވާހަކަދެއްކުމުގެ “މިއުޒިކަލް” އަޑު އަހަރެންގެ ކަންފަތުގައި ޖެހެމުން ދިޔައެވެ. ކަލާގެ މަންމައާއި ގުޅުން ބަދަހިވިއެވެ. ”

 

ހަމަ ރަނގަޅަށް ވެސް މިބުރު އަހަންނަށް ހީލެވިއްޖެއެވެ. އޭނާގެ މަންމަގެ ވާހަކަ ލިޔެވުމުންނެވެ.

 

” އާރީ! ކަލާއާ ދިމާވާވުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއައެވެ. ކަލާގެ ލޯތްބަށް އެދި، އަހަރެންގެ ހިތް ފަޅައިގެން ދާހާ ވޭންދެނިވި އިހުސާސްތަކެއް ކުރެވުންނެވެ. ކަލާގެ ހަމްދަރުދީއާއި އަޅާލުން އަހަރެންނަށް ލިބުމުން އަހަރެންގެ ދިރިއުޅުމުގެ އަގު އިތުރުވެގެންދިއައެވެ. ”

 

ދުވަހަކުވެސް އަހަރެން ހިތުގެ ލޯބި މިހެން ލިޔެއެއް ނޫޅެމެވެ. މީހުންނާއި ހިއްސާކޮށެއްވެސް ނަހަދަމެވެ.

 

” އަހަރެންގެ ހިތް ބުނެއެވެ. ތިލޯބި ލިބޭނެ ނަމައެވެ. އެހެންނަމަ އަހަރެމެންގެ ލޯބި ދުވަހަކުވެސް ނިމުމަކަށް ނާންނާނެއެވެ.”

 

ގަލަން އަތުން ދޫވެގެން ބިން މައްޗަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އެލިޔެވުނީ ލޯބިވެވުނު ވާހަކަ ވިއްޔާއެވެ.

 

އާރިޒް! އަހަރެންގެ ލޯބި ކަލާއަށް އަރުވަމެވެ. އަހަރެމެންގެ ލޯބި ދާއިމަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ކަލާގެ ލޯބި އަހަރެންނަށް ލިބޭނެކަމުގެ އުއްމީދުގައި މި ސިޓީ ނިންމާލަމެވެ.

 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

 

15 ޝައްވާލް 1444

6 މެއި 2023

ޚާދިމްކުމް

(ސޮއި)

ނޫރިޔާ އަޙްމަދު

 

އާރިޒު ނިހާދު ހަނދުވަރީގެ މާލޭ ”

 

 

މިއީ ފާޑަކަށް ލޯބީގެ ސިޓީއެކެވެ. މީގައި މި ލިޔެވުނީ މިހިތުގެ އަޑެވެ. މިހިތް އެދެމުން ދިޔަ ހަމައެކަނި އެދުމެވެ. އެހެން ފޮނި ހިޔާލުތަކުގައި އިނދެ ކުރިމަތީ ހުރި ގަޑިއަށް ނަޒަރު ހުއްޓާލިއިރު ކަމަކު ދާކަށް ނެތެވެ.

 

****************************************************************

 

ގަޑިން 3 ޖަހަނީއެވެ. ފޮތް ލައްޕާލާފައި އެދަށް އަރާ އޮށޯތީމެވެ. މާދަން ހެނދުނު ކޮލެޖަށް ވެސް ދާން ޖެހޭތީއެވެ.

 

ފަތިސް ނަމާދަށް މަންމަ ގޮވިއިރު އަދި އަހަންނަށް ނިދުނީއެވެ. މަންމަ ގޮވުމުން ތެދުވެ ނަމާދުކޮށް ހަދައިގެން ކޮލެޖަށް ދާން ތައްޔާރުވީމެވެ.

 

ކާމޭޒު ކައިރީ އިން އިރުވެސް ނޫރިޔާ އިނީ ޚިޔާލީ ފޯލާ ކައްކާށެވެ. އެއްވެސް އެއްޗެއް ކާކަށް ނޫޅެވެ.

“ދަރިފުޅާއި ނުބައީތަ؟” މަންމަ ކުރި ސުވާލަށް ޖަވާބުދެމުން ކާން ފެށީމެވެ. ޕާނާއި ޖޭމެވެ. މުޅިންވެސް ހެނދުނު އަހަންނަށް ކެވެނީ އެއެވެ. ރޮށީގެ ބާވަތްތަކާއި ހެދިކާވެސް ހެނދުނުގެ ސައްޔަށް ހުންނާނެއެވެ. އަބަދުވެސް ވަރަށް ފުރިހަމަ އަށް ސައިގެ ކަންތައް މަންމަ ކުރާނެވެ. އެއީ ޒަމާންވީ މިގޭގެ އާދައެކެވެ.

 

ދަބަސް އަޅުވައިގެން ނިކުއިން އިރު ދޮންބެ އިނީ ތައްޔާރުގައެވެ. ސައިކަލުމަތީ ގަޑިއަށް ބަލާލަ ބަލާލައެވެ. އަހަރެން ހަމަ ފެނުމާއެކު އަވަސްކުރާށޭ ބުނެފިއެވެ.

“އަވަސް އަވަހަށް އަރާ” ބޯހޫރަމުން ގޮސް ދޮންބެގެ ސައިކަލު ފަހަތަށް އެރީމެވެ. ހިތަށް ސިފަވީ އާރިޒުގެ ފަހަތުގައި އިނދެ ރޭގައި ގެއަށް އައި މަންޒަރެވެ. އެ ހަނދާންވުމާއެކު ފާނޑަކަށް ހިނތުންވެސް ވެވިއްޖެއެވެ.

 

ވިލާ ކޮލެޖުގެ ދޮރު މައްޗަށް އަހަރެން ބާލުވާފައި ދޮންބެ އޮފީހަށް ނައްޓާލިއެވެ. ޒާނާއަށް ވުރެ ކުރިން ކުލާހަށް ވަންނަށް ބާރުލާފައިދިޔައީމެވެ. އެކަމަކު މިއަދުވެސް ފަހުން މި އާދެވުނީ އަހަންނަށެވެ. އަހަރެން ހަމަ ފެނުމާއެކު އޭނާ އެއްލޯމަރާލައިފިއެވެ. މާދަން މިހެން ވިޔަކަ ނުދޭނަމޭ ހިތާ ހިތާ ބުނެލަމުން ގޮޑީގައި އިށީނީމެވެ. އޭރު ކުދިން އަންނަވަރުން އާދެއެވެ. ހަމަޖެހިލުމުގެ ފުން ނޭވައެއް ބޭރުކޮށް ލާފައި ލެޕުޓޮޕު ނަގައި ހުޅުވާލީމެވެ. ލެކުޗާރާ އައީ 2 މިނެޓު ގަޑި ޖެހިގެންނެވެ. ފުރަތަމަވެސް ބުނީ މިއަދު ޚާއްސަ ސެސަނެއް އޮންނާނެ ވާހަކަ އެވެ. ފުލުހުންގެ މީހަކު ގަޑިއެއް ނަގަދިނުން ބޮޑު ހޯލުގައި މިރޭ އޮންނާނެކަމެވެ.

 

“ނޫރީ! މި ހުކުރުގައި މި އުޅެނީ ސިއްރު ޕާޓީއެއް ހަދަން އަންނައްވާނެ” ޒާނާ ހެވިފައި ބުންޏެވެ.

“ސިއްރު ޕާޓީއެކޭ؟” ތަންކޮޅެއް ބާރަށް އަހަންނަށް ބުނެވުނެވެ. އެ އަޑަށް ކިޔަވައިދެމުން ދިޔަ އެދުރު ފުރަގަހަށް އެނބުރި ވާހަކަ ނުދެއްކުމަށް ނަސާހަތްތެރިވިއެވެ.

“ސާބަސް ނޫރިޔާ ދެން ކުލާހުން ކައްނެއް އަހަރުމެން ނެރޭނީ”

 

ދިވެހި ގަޑީގައި އޮތީ އެންމެ ފަހުން ދުވަހު ގުރޫޕު ކޮން ލިޔުނު ވާހަކަ ހުށައެޅުމެވެ. ނޫރިޔާ އާއި ޒާނާ ދިޔައީ އެއް ގުރޫޕަކަށެވެ. ލިޔެވުނު ވާހަކައަކީ އިއްޔެ އަހަންނަށް ދިމާވި ކަހަލަކަމެކެވެ. މިވާހަކަ އަކީ އިއްތިފާގެކެވެ. މިހެން ކަމެެއް ވާނެ ކަމެއް ކުރިއަކު ނޭނގެއެވެ.

 

“ދެން ވާހަކަ ހުށައަޅާނީ ޓީމް ނޫވިލާ!” ލެކުޗަރާ ނަށް އިއްވުމުން އަވަސް އަވަހަށް ދިޔައީމެވެ. މިނޫނީ ޝައުގުވެރި ގަޑިއެއް މިއަދަކު އަދި ނުނެގެއެވެ.

 

“ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ

އަޅުގަނޑު ޒާނާ އަލީ އާއި ނޫރިޔާ އަޙުމަދު މިއުޅެނީ އަޅުގަނޑުމެން ލިޔުނު ވާހަކަ ހުށައަޅައިދޭން

ހުރިހާ ކުދިން އަޑު މަޑު ކޮށްގެން ތިބުން އެދެން

ވާހަކައިގެ ނަމަކީ : ހަޔާތުން އާ ބާބެއްގެ ފެށުން”

 

މުޅި ކުލާހަށް ނަޒަރު ހިންގާލަމުން ނޫރިޔާ ޒާނާ ކުރެން ފެށުމަށް އަންގާލިއެވެ. މައްޗަށް ކަޅި ހިންގަމުން ޒާނާ ކިޔަން ފެށިއެވެ.

 

“ވިއްސާރަ ދުވަހެއްގެ ހަވީރު، އޮފީހުން ނުކުމެ ގެއަށް ދާން ހިނގަމުން ދަނިކޮށް، އުޑުން ވާރޭ ވެހެން ފެށިއެވެ. ފެންފޮދުތައް ރައިނާގެ ނާޒުކު ހަށިގަނޑުގައި ޖެހެމުން ދިޔައިރު، އޭނާގެ ހިތުގައި އެކަނިވެރިކަމުގެ އިހުސާސް ފުރިގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ކުރިމަތިން ކަޅު ކުލައިގެ ކާރެއް ހުއްޓުނެވެ. ކާރުގެ ބޮކި ދިއްލާލުމާއެކު، ރައިނާގެ ލޮލަށް އަނދިރިވެ، ހޭނެތުނެވެ.”

 

ނޫރިޔާ ފުންނޭވާއެއް ލިއެވެ. ކުރިއަށް އޮތް ބައި އޭނާގެ ބާރު އަޑުން ފެށިއެވެ.

 

” ހޭއެރިއިރު ރައިނާ އޮތީ އޭނާއަށް ނޭނގޭ ގެއެއްގައެވެ. ބިރުވެރިކަމާއެކު ވަށައިގެން ބަލާލިއިރު، އޭނާގެ ކުރިމަތީގައި ހުރީ ފުރާވަރުގެ ޒުވާނެކެވެ. އޭނާގެ ލޮލުގައި ހުރި އޯގާތެރިކަމާއި ހަމްދަރުދީ ދެކެ، ރައިނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ.

 

“އަހަރެންނަކީ ޒަމާލް. ކަލޭ ހޭނެތިފައި އޮއްވާ ފެނުނީމަ، އަހަރެންގެ ގެއަށް ގެނައީ. މަންމަ އާއި އެކު ކަލެއަށް އަޅާލައިފިން. ހުން ވަރަށް ގަދަވެފައި އޭރު އޮތީ މިހާރު ރަނގަޅު ވެފައި ތިހިރީ” ޒަމާލް ވާހަކަ ދެއްކިއެވެ.

 

ރައިނާގެ ހިތުގައި ޒަމާލަށް ޝުކުރުވެރިކަން އުފެދުނެވެ. އޭނާގެ މަޑުމައިތިރި އަޑާއި، ހިތްގައިމު ހިނިތުންވުން ރައިނާގެ ހިތުގައި ވަކި ކަހަލަ އިހުސާސްތަކެއް އުފެއްދިއެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔައިރު، ރައިނާ އާއި ޒަމާލް ގިނަގިނައިން ބައްދަލުވާން ފެށިއެވެ. ޒަމާލުގެ ދޮންތަ އާއި ދޮންތަބެ، އަދި އޭނާގެ ރައްޓެހިން ވެސް ރައިނާއާ ވަރަށް ގާތްވިއެވެ. ރައިނާގެ އެކަނިވެރިކަން ފިލައިގެން ދިޔައެވެ.

 

އެއް ދުވަހަކު، ޒަމާލް ރައިނާ ގޮވައިގެން ކަނޑުގެ އައްސޭރިއަށް ދިޔައެވެ. އިރުއޮއްސުމުގެ ރީތި މަންޒަރު ބަލަމުން ދަނިކޮށް، ޒަމާލް ރައިނާގެ އަތުގައި ހިފައި، އޭނާގެ ލޯބި ހާމަކުރިއެވެ. “އިނާ، އަހަރެންގެ ހިތުގައި ކަލާއަށްޓަކައި ވަކި ޚާއްޞަ ޖާގައެއް އެބައޮތް. ކަލާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދިން އަލިކަމާއި އުފާވެރިކަން ބަޔާންކުރާކަށް ބަހެއް ނެތް.”

 

ރައިނާގެ ހިތް އަވަސްވެގެން ދިޔައެވެ. އޭނާގެ ލޮލުގައި އުފާވެރިކަމުގެ ކަރުނަތައް ފެންނަން ހުއްޓެވެ. “ޒަމާލް، އަހަރެންވެސް ކަލާދެކެ ލޯބިވޭ. ކަލާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދިން ބަދަލު ވަރަށް ބޮޑު.”

 

އެ ދެމީހުންގެ ލޯބި ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައެވެ. ޒަމާލްގެ މަންމަ އާއި ބައްޕަ ވެސް ރައިނާއަށް ވަރަށް ބޮޑަށް އަޅާލައި، އޭނާ ޤަބޫލުކުރިއެވެ. ޒަމާލްގެ ދޮންބެ ދައްތަ އާއި ދޮންބެގެ ދަރިފުޅު ވެސް ރައިނާއާ ވަރަށް ގާތްވިއެވެ.

 

ރިހި ހަނދުވަރުގެ އަލީގައި ދެ ލޯބިވެރިންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ފިނިފެންމަލުގެ ހާރުތަކުން ޝަނާ އިއްވިގެންދިޔައެވެ. އުފާވެރި ދިރިއުޅުމަކަށް ހަޔާތުން އާ ބާބެއް ފެށިގެންދިޔައެވެ. ހީވެސް ނުކުރާ ކަހަަލަ ގޮތަކަށެވެ.”

 

އެދިޔަ ބާރުމިނުގައި ގޮސް ނޫރީ ކިޔާނި ންމާލިއެވެ. ކައިރީ ޒާނާ ހުރިކަންވެސް އޭނާ ހަނދާންނެއް ކަހަލައެވެ.

 

ހުރިހާ ގަޑި އެއް ނިމިގެން ގޮއްސިއެވެ. ދިވެހި ގަޑި ފިޔަވައި އެހެން އެއްވެސް ގަޑިއަކު ކިޔެވުމަށް ދޭން ޖެހޭ ސަމާލުކަމެއް ނޫރިޔާއަށް ނުދެވުނެވެ. ވިސްނުމުގައި ދައުރުވަމުން ދިޔައީ އާރިޒުގެ ޚިޔާލުތަކެވެ.

 

“ތިޔަ ޚިޔާލު ކުރާ ހިތްވެޔޭ

މުޅި ރޫޚު ދިރިއްޖޭ މަގޭ

ތެދެކޭ ހުވާ ކިޔައިދެމޭ

ހިތް ނޭނގި ދެވިއްޖޭ މަގޭ

 

ކުރުވަފިޔޭ ފުން އަސަރު

ތި ދެ ލޮލާއި މަސްތީ ބަލާލާ ބަލުމުން

އެ ދެނީ އަހާށޭ މި ދުނިޔޭން ކަލާއޭ

ތެދެކޭ މިއީ އައި ލަވް ޔޫ ”

 

އެސައިމެންޓުތައް ނިއްމާފައި ދޮންތަމެންނާއެކު ހުޅުމާލެއަށް ދާން ތައްޔާރުވީމެވެ. ލުއި ބުއިމުގެ ޖޫގޯ އާއި މޯހީތޯ ވަރަށް މީރުވާނެއެވެ. ބައެއް ދުވަސް ދުވަހު ގޭ އެންމެންވެސް ދާނެއެވެ. ބައްޕަ އާއި މަންމަވެސް ޖޫގޯ ބޯން ވަރަށް ފޯރިހުންނާނެއެވެ. ގޭގެ ތިރީބައިގައި އެދަނީ އޭގެ ތަނެއް ހުޅުވަން ތައްޔާރުވަމުންނެވެ.

 

ކާރުގައި ބުރިޖުމަތިން ލާފައި ހުޅުމާލެއަށް ފޯރިއިރު ހަތަރު ގަޑި ސާޅިސް ވެއްޖެއެވެ. ހިނގާލާފައި ލުއި ބުއިން ކައިރިއަށް ދެވުނު އިރު ފަންސާސް ވެއްޖެއެވެ. ފާރުގައި ހިއްޕާފައި ހުރި މެނޫއަށް ބަލަން ހުރެފައި ނޫރިޔާ ނެގީ މިއަދު އަލާނި ޖޫގޯއެކެވެ. ދޮންތަ ނެނގީ ލެމަން ޓީއެކެވެ. ފަހަރި ނެނގީ ތައި އައިސް ޓީ އެކެވެ. ކުޑަ ކުޑަ ހައިފު ބޭނުންވީ އައިސްކުރީމެވެ. މީގެ އިތުރުން މިތާ ކައިރި ކެފޭ އަކުން ހެދިކާ ވެސް ގަތީމެވެ. ހުރިހާ އެއްޗެއް ހިފައިގެން ދިޔައީ ފޭސް 2 ގެ މޫދުކައިރީ ހަޓަށެވެ. ވަރަށް ގިނަ މީހުން އެތަނުގައި މަޖާ ކުރަން އުޅުނެވެ. އެތަނުން ޖެހޭ ހިތްގައިމު ރޯޅިތަކުން ހިތަށް އުފަލާ ތަސައްލީ ލިބެމުން ދިޔައެވެ.

 

“މަންމަ އަދި ޝަކުވާ ކުރާނެ ޖޫގޯ ބޯން ދިޔައިރު ނުގެނައީމަ” ދޮންތަ ކަމެއް ހަނދާންކޮށްދިނެވެ. އެއީ ހަމަ ކަންތައް ވާނެ ގޮތެވެ.

 

އިރުއޮއްސޭން ކައިރިވީމާ ކާރެއް ހޯދައިގެން މާލެ ދާން ނައްޓައި ލީމެވެ. ބަންޤިއަށް ގެއަށް އާދެވުނީ ހަމަ ކިރިޔާއެވެ.

“ދަރިފުޅުމެން ހާދަ ލަސްވީ މިހާރު އެ އޮތް ބަންޤި ނިމެނީ” ހިނިތުންވެލާފައި މަންމަ އަށް ހެދިކާ ކޮތަޅައި ވެނީލާ ޖޫގޯ ތައްޓެއް ދިނީމެވެ.

“އަން މަންމައަށް! ވަރަށް މީރު މި ހެދިކާވެސް”

ހެދިކާ ކޮތަޅު ދެމުން އިސްވެ އަހަރެން ބުނީމެވެ.

“ދެން ދޭ ލަސްނުކޮށް ނަމާދުކުރަން” ބޯޖަހަޖަހަމުން އެ މީހަކު އެ މީ ހެއްގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

 

މަޢުރިބު ނަމާދު ކޮށް ހަދައިގެން ޤުރުއާން ކިޔަވަން އިންދާ ހައިފު ކޮއްކޮ އަތުވެއްޖެއެވެ. ޚަތިމު ލައްޕާލާފައި އަތުން އިޝާރާތް ކޮށްލީމެވެ.

“ދޮންތާ ހައިފް ފޫހިވަނީ” ލޯބި ލޯބި ހައިފްގެ އަޑު ކަންފަތުގައި ޖެހުމުން ބޯޖަހާލީމެވެ.

“ނަމާދުކޮށް ފިން ޤުރުއާން ކިޔަވައިފިން” އަނެއްކާ ހައިފް ބުނެފިއެވެ. ކުޑަކުދިން އަބަދުވެސް ތިބެނީ ކުޅެން ބޭނުންވެފައެވެ. ކިޔަވަން ހަތަރު މިނެޓު ހޭދަކުރިޔަސް އަނެއް ހަ މިނެޓު ބޭނުން ވާނީ ކުޅޭށެވެ.

 

“ދޮންތަ ކުރަހައި ދިނީމަ ކޮއްކޮ ކުލަލާނީ އިނގޭ ދޭ އަވަހަށް ފޮތް ގެންނަށް” ދުވެލާފައި ފޮތް ބަލައި ދިޔަގޮތުން އަހަންނަށް ހެވެންވެސް ހެވުނެވެ.

 

ތިރީސް މިނެޓު ނޫރިޔާ އާއި ހައިފް ކުރެހުމާއި ކުލަލުމުގައި ހޭދަކުރިއެވެ. ކޮލެޖަށް ދާން އޮތުމުން އަވަހަށް ނަމާދުކޮށް ހެދިއެވެ. ފެންވަރައި އަތުގައި އޮތް އެންމެ ރީތި ހެދުން ލިއެވެ.

 

ވިލު ނޫކުލައިގެ ވަށްތިރީގައި ނޫރީން ފެންނަނީ މިރޭ ވަރަށް ފަރިކޮންނެވެ. ކުދި ފިޔަ ތަކެއް ލާފައި ހުރި އެ ހެދުމުގައި އަޖައިބުކުރުވަނިވި ވިދުމެއް ހުއްޓެވެ. ޓޮއްޓޮއް އަޑު ގޮވާ ހުދު ބޫޓުން އިތުރު ފުރިހަމަ ކަމެއް ގެނެސްދުމުންދިޔައެވެ. މޫނުގައި ކޮށްފައި ހުރި ލުއި މޭކަޕުން ތަފާތު ރީތި ކަމެއް ސިފަވަމުންދިޔައެވެ.

 

ތައްޔާރުވެގެން ދަބަސް ކޮޑުގައި އަޅައިގެން ނިކުމެވުނީ މަންމަގެ ކުރިމައްޗަށެވެ. ވަގުތުގައި ތަޢުރީފުކޮށް ލިއެވެ.

 

“މާޝާ ﷲ މަންމަގެ ދޮންކޮޅު ލޯބިކަން މިރޭ ހާދަހާވާ ރީއްޗޭ” ކުޑަކޮން ލަދުގަންނަށް ގޮތްވެސް ވިއެވެ. ހުދު އޭނާއަށް ވެސް މިހާ ރީތިވެވުނު ސަބަބެއް ނުވިސްނޭތީއެވެ.

 

ބައްޕަ ޚަބަރު ބަލަން އިނދެފައި އަހަރެން ގޮވައިގެން ކޮލެޖަށް ދާން ނިކުތެވެ. 8 ޖެހިއިރު ހުންނާނީ ބޮޑު ހޯލުގައެވެ. އެންމެ ފުރަތަމަ އައި އެކަކަށް ހަމަ ގައިމުވެސް ނޫރިޔާވާނެއެވެ.

 

އަށްގަޑި ފަނަރަ ވިއިރު ކުދިން ހަމަވުމުން ލެކުޗަރާއި އިއުލާން ކޮށްލިއެވެ.

“އައްސަލާމް އަލައިކުމް ވަރަޚު މަތުއް ﷲ ވަބަރަކާތު. ހުރިހާ ކުދިން ކޮޅަށް ތެދުވެލައި ދެން އެވަންނަނީ ޕޮލިސް” ކޮޅަށް ތެދުވެ މައި ދޮރާ ދިމާލަށް ލަސް ލަހުން ބަލައިލީމެވެ. ހިތުގެ ހިނގުން ދިޔައީ ބާރުވަމުންނެވެ. ވާން އުޅޭ ގޮތެއް ރޭކާވެސް ނުލައެވެ. ޕޮލިސް ޔުނީފޯމްގައި އައިސް ހުއްޓާލި ޒުވާނާ ފެނި ވީގޮތް ބުނެދޭންވެސް ނޭނގޭނެވެ. ކުރިމަތީ އައިސް އެ ހުއްޓިލީ ކާކުބާއެވެ؟ ކުރާނީ ކޮންކަމެއްބާއެވެ؟

 

 

 

ނުނިމޭ

 

މި ވާހަކައަކީ އިސްނާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ގެނެސްދޭނީ ރޯދަމަހު  ހަފްތާގެ ހުކުރުދުވަހުއެވެ. ހޮނިހިރު ވިލޭރޭއެވެ. އަޅުގަނޑުގެ މި ވާހަކަވެސް ކިޔުންތެރިންނަށް ރީތިވާނެ ކަމަށް ހީކުރަމެވެ. މިއީ ފިތުރު އީދު ދުވަހަށް ވުމުން “އެވާރެއާއި ބާބު 3″ އަޅުގަނޑުގެ ފަރާތުން ކިޔުންތެރިންނަށް އީދު ހަދިޔާއެއް ގެ ހިއްސާކޮށްލަމެވެ. ތިޔަ އެންމެ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އު

ންމީދުކުރަމެވެ.

” تقبل الله منا ومنكم

عيد مبارك🩷✨️”

 

“އުފާވެރި ހުކުރުދުވަހަކަށް އެދެން!”

♥️🥰🥀😊🫶

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 54

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 4)

Next
March 21, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 4)

Previews
March 20, 2026

އެދިގެން ކަލާ ލިބޭތޯ 54

4 Comments!

  1. Inernu says:
    March 20, 2026 at 11:40 pm

    Heii mi part vess Vrh nice..
    Whn nxt?
    Lysm

    1. Isnaa says:
      March 21, 2026 at 4:32 am

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް

      އާ ބައެއް އަނެއްކާވެސް އަންނަށް ހުކުރުގައި ހޮނިހިރު ވިލޭރޭ އިންތިޒާރު ކޮށްލަވާ

      ހެޔޮ ދުއާ ސަލާމް ވަރަށް ވަރަށް ލޯބިވޭ
      تقبل الله منا ومنكم
      عيد مبارك🩷✨️
      😊🫶♥️🥀🥰

  2. Shaba_73 says:
    March 21, 2026 at 1:06 pm

    Mi part ves vrh Reethi MA! 😍
    Hall ah vadhun police aky aariz I guess…🤔
    Nooriya and zaana hushaelhi vhk vrh salhi…✨
    Curiously waiting for the next part When’s next?
    Lyy and Tc my dear 💗
    ✨ ~ تقبل الله منا ومنكم ~
    ~ عيد مبارك ~ ✨

    1. Isnaa says:
      March 21, 2026 at 11:06 pm

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް

      އާ ހޯލަށް އެވަދުނީ އާރިޒް ސޯ

      އާ ބައެއް އަނެއްކާވެސް އަންނަށް ހުކުރުގައި ހޮނިހިރު ވިލޭރޭ އިންތިޒާރު ކޮށްލަވާ

      ހެޔޮ ދުއާ ސަލާމް ވަރަށް ވަރަށް ލޯބިވޭ

      تقبل الله منا ومنكم
      عيد مبارك🩷✨️
      😊🫶♥️🥀🥰

Comments are closed.

Next Episodeރޯދަ ހާއްސަ “އެވާރެއާއި …” ބާބު 4 ( އެއީ ފުލުހުންގެ އިސް އިމާމެކޭ)←


All Right Reserved!